Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 12

Ushaali Level 810 Stories100 Comments100 Stories500 Comments
March 14, 2016 8 Mins Read
9 Comments

މިހަބަރު ޒޯހަންއަށް ލިބިއްޖިއްޔާ ވާނެ ގޮތެއް ވެސް  ނޭނގެއެވެ. އެފަކީރުގެ ހިތް ކުދިކުދި ވާނެއެވެ. ޒޯހަން އަށް ގުޅާ މިހަބަރު ދޭންވީ ހެއްޔެވެ؟ ނޫނީ އަދި މަޑުކުރާނީ ހެއްޔެވެ؟ “ބޮޑުބޭ ޒޯން އަށް އެނގޭތަ؟” ޝަޒަންއަށް އަނގަ ނުލާ ނީނދެވުނެވެ. ބޮޑެތި މީހުން ދައްކަމުން ދިޔަ ވާހަކައަށް އަނގަ ލެވުނީކަން އެނގުނީ ސާރާ ޝަޒަންގެ އަތުގައި ހިފާލުުމުންނެވެ. “ސޮރީ މަންމާ” ޝަޒަން ހަމައެހާ އަވަހަށް މާފަށް އެދުނެވެ. އެމީހުން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ހުސްނީީ މީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަން މަޝްހޫރު ފަރާތެކެވެ. ޒޯހަން އެނބުރި މާލެ އައިހާ އަވަހަކަށް ކައިވެނީގެ ކަންތައްތައް ހަމަޖެހިގެން ދާނެ ވާހަކަ ވެސް ބުނެލިއެވެ. ނިއާއަށް ޒޯހަންގެ ފޮޓޯއެއް ދައްކާ އަދި މީ ޒޯހަންއަށް ސަޕްރައިޒެއް ކަމުގައި ބުނެލިއެވެ. ޒޯހަން އަކީ މައިންބަފައިންގެ އެދުމުގައި ކޮޅުފައިން ޖަހާނެ ކުއްޖެއް ނޫންކަމުގައި ބުނީ ފަހުރުވެރިވެލާފައެވެ.

 

ރޭގަނޑު ނިދަން އޮށޯންނަމުން ލަތާގެ ހިތަށް އުނދަގު ކުރި ސުވާލު ނޫރީއާއި ކޮށްލިއެވެ. “ކުރިން ބުނީ އެހެން ރައްޓެއްސެއްގެ ދަރިފުޅުގެ ވާހަކަ. އެކަމަކު މީ އެހެން ބައެއްނު” ޑްރެސިންޓޭބަލް މަތީގައި ލަތާގެ އަތުކުރީގައި އޮތް ގަޑިނަގާ ބާއްވަމުން ލަތާ ސުވާލުކޮށްލިއެވެ. އެނދުމަތީގައި ލެޕްޓޮޕް ބަހައްޓައިގެން އިން ނޫރީ ލެޕްޓޮޕް ލައްޕަލުމަށްފަހު ލަތާއަށް ދިއްކޮށްލިއެވެ. “އާނ އެވީގޮތަކީ އޭރުގަ ޒޯން އަމިއްލައަށް އަންހެންކުއްޖެއްގެ ވާހަކަ ބުނޭތޯ ދުވަސްކޮޅަކަށް މަޑުކޮށްލަދޭށޭ ބުނުމުން އޭނައަށް ކަމުނުދިޔައީ. ދެން މީހެއްގެ ފަހަތުން އާދޭހެއް ނުކުރެވޭނެތާދޯ” އެނދުގައި ހަމަޖެހިލަމުން ކައިރީގައި އޮށޯތް ލަތާގެ ބަނޑުމަތީގައި އަތް ބާއްވާލަމުން ނޫރީ ބުނެލިއެވެ. “އެކަމަކު މަށަށް ފެންނަނީ ޒޯހަން ކައިރީގައ ބުނެލަން. ކުޑަކޮށް ވިޔަސް. މިހެން މިބުނީ އެދަރިފުޅުގެ ހިތްހަލާކުވާތަން ބަލާކަށް މަށަކަށް ކެތެއް ނުވާނެ” ލަތާ ބުނެލިއެވެ. “ބަލަ މަ ބޭނުންވާނެތަ އެގޮތް. އޮންލައިންގަ ވެސް ދެންމެ ބަލާލިއިރު ނެތް. ދެން ކޮންމެސް ގޮތަކަށް އަންގާލާނީދޯ” ލަތާގެ ހިތްހަމަޖައްސާލަދެމުން ބައްދާލީ ލޯބިންނެވެ.

 

ލިބުނު ހަބަރަކުން ޝަޒަންގެ ދެފައި އެއްތާކު ހަރުލާގޮތެއް ނުވިއެވެ. ގެއަށް ވަދެ ޝަޒަން އުޅުނު ގޮތުން ސާރާ ވެސް ކަންބޮޑުވެފައި ވީގޮތް އޮޅުންފިލުވަން ތިން ފަހަރު އެހުމުން ވެސް ޝަޒަންގެ ފަރާތުން އެނގޭގޮތެއް ނުވިއެވެ. ޒޯހަން އަށް އެހަބަރު އިއްވާލަން ބޭނުން ވެގެން ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ނަންބަރުތަކަށް އޮށްބަމުން ދިޔައެވެ. “ހޭއި ޒޭން މިރޭ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ” ޒޯހަން އެބުނި އެއްޗެއްގެ މާނާ މާރަނގަޅަށް ވެސް ޝަޒަންއަށް އެނގުނެވެ. އެކުވެރިޔާގެ އެއުފާވެރި މޫޑް އޮފްކޮށްލާނީ ކިހިނެއްހެއްޔެވެ؟ އޯލް ދަ ބެސްޓްއޭ ބުނުމަށްފަހު ޝަޒަން ފޯނު ކަނޑާލީ ހިތާއި ދެކޮޅަށެވެ. ޒޯހަންގެ ލޯބި ޒޯހަންއަށް ދެއްވާތޯ ކަލާނގެ ހަޒްރަތަށް ދުޢާ ދަންނަވާ ހާލުގައި ދެލޯމަރާލިއެވެ.

 

ހާލާ ބުނިބުނުމަކަށް ޖެހިގެން ހުރި ކޮޓަރިއަށް ޝިޔާރާ ވަނީ އިތުރު ބާލީހެއް ހޯދަންވެގެންނެވެ. ކޮޓަރީ ދޮރުހުޅުވާލިތަނާ ޝިޔާރާގެ ފިޔަވަޅަށް ހުއްޓުމެއް ގެނުވީ ނޭފަތުގައި ޖެހުނު ސެންޓެއްގެ ވަހުންނެވެ. މީކާކު އުޅޭ ކޮޓަރިއެއް ބާއެވެ؟ މި ސެންޓުގެ ވެރިޔަކީ ހަމަ އެންމެ އިންސާނެކެވެ. ޒޯހަންއެވެ. ޒޯހަން މިތާ އުޅޭނީ ކިހިނެއްހެއްޔެވެ؟ ޒޯހަންވީ މާލޭގައެވެ. ދެން އެހެންވިއްޔާ މިތާ އުޅެނީ ކާކުހެއްޔެވެ؟ އެއްއަތުން މޭގައި އަތް އަޅާލައިގެން ހުރި ޝިޔާރާ ކޮޓަރިއަށް ވަދެލުމަށްފަހު ދެކޮޅަށް ބަލާލިއެެވެ. އެނދުގައި އޮތީ ވެސް ދެބާލީހެވެ. މިތަނުން އިރު ބާލީހެއް ގެންދާނީ ކިހިނެއް ހެއްޔެވެ؟ އެހެންނޫނަސް ހާލީ އަތުގައި ދެބާލީސް މިހާރުވެސް އޮވޭއެވެ. ވީއިރު އިތުރު ބާލީހެއް ބޭނުންވަނީ ކީއްވެހެއްޔެވެ؟ ވިސްނުމަެއްގައި ހުރި ޝިޔާރާ އަށް ހުއްޓިލެވުނީ ހުޅުވާފައި ހުރި ކުޑަދޮރެއް ކައިރީގައެވެ. މާދުރުން ފެންނަން ހުރި ގުދިރަތީ ރީތި މަންޒަރަށް ބަލަން ޝިޔާރާއަށް ހުރެވުނީ އާޝޯހްވެފައެވެ. ބޭރުން އިވެމުންދާ ދުއްވާ އެއްޗެހީގެ އަޑުތަކަށް ހިތާއި ސިކުނޑި ދޫކޮށްލައިގެން ހުރި ޝިޔާރާއަށް ކައިރިން އިވެމުންދާ އެއްވެސް އަޑެއްގެ ހިލަމެއް ވެސް ނުވޭއެވެ. ކުއްލިއަކަށް ޝިޔާރާގެ ކަންފަތުގައި އެޖެހުނު އަޑަކުން ސިހުނެވެ. މޭގައި އަތް ހުރަސްކޮށްލެވުނީ ބޭރުން ޖެހިލި ފިނިވައިރޯޅިން ހަށިގަނޑު ތުރުތުރު އަޅާލުމުންނެވެ. އެއިވުނު އަޑަކީ ހީވުމެއް ކަމަށް ނިންމާ ހިނިތުންވެލެވުނީ ހަށިގަނޑަށް އަރާމުވީ ވަރުންނެވެ. ދެވަނަ ފަހަރަށް އަޑުއައީ ޝިޔާރާއާއި ވަރަށް ކައިރިންނެވެ. ޝިޔާރާގެ ދެލޯ ބޮޑުވީ އެއީ ޒޯހަންގެ އަޑުކަން ޔަގީން ކުރެވުމުންނެވެ. ޝިޔާރާއަށް އިތުރު ސިހުމެއް ގެނުވީ ޒޯހަން ކިޔަމުންދާ އެއްޗަކުންނެވެ. އާއެނކެވެ. އެއީ ޒޯހަން ދެކެ ލޯބިވާވަރު ހާމަކޮށް ޝިޔާރާ އަމިއްލައަށް ހަދާފައިވާ ޅެންބައިތެކެވެ. އޭގެ ކޮންމެ ޖުމްލައެއް ނިމޭ ހިސާބުގައި ޒޯހަންގެ ނަން އިންނާނެއެވެ. ލަސްލަހުން އެނބުރެވުނު އިރު ކުރިމަތީގައި ޖެހޭ ނުޖެހޭ ހިސާބުގައި އެހުރީ ޝިޔާރާގެ ހިތުގެ ވެރިޔާއެވެ. ކުއްލިއކަކަށް އެތެރެއަށް ވަން ވައިރޯޅިން ޝިޔާރާގެ ފަހަތަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑުގައި ބީހުމުން ދެފަރާތަށް ހަނާ އަޅާލިއެވެ. ޒޯހަންއަށް ހީވީ ފިލްމެއްގެ މަންޒަރު ކުރިމަތިން ސިފަވި ހެންނެވެ. ޝިޔާރާ މިރޭ ލާފައި ހުރި ހެދުމަކީވެސް ޒޯހަންއަށް ޝިޔާރާ ބެލްކަނި ކައިރިން ފެނުނު ދުވަހު ލާފައި ހުރި ހެދުމެވެ. އެރޭ އުޑުން އައިސް ބިމަށް ތިރިކޮށްލި ޕަރީ މިހުރީ ޒޯހަންގެ ކުރިމަތީގައެވެ. މިރޭ ވެސް ހަމަ އެޕަރީއެވެ. މީއަނެއްކާ އިއްތިފާގެއް ހެއްޔެވެ؟ ޒޯހަންއަށް ހެވުނެވެ. ޝިޔާރާއަށް ޒޯހަން އަށް ބާލާލެވުނީ ގަބޫލުނުކުރެވިިފައެވެ. ޒޯހަންގެ ދެއަތް ފުރަގަހަށް ލާފައި ހުރުމުން ވެސް ޝިޔާރާއަށް އެނގިއްޖެއެވެ. އެފޮތް ޒޯހަންގެ އަތުގައި ޖެހުނީއެވެ. ނޫނެކެވެ. މީހާލީގެ ކަމެކެވެ. ޝިޔާރާ އިސްދަށަށް ޖަހާލީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. “ސޮރީ ޕްރިންސަސް. އެނގޭ މީހުންގެ އެއްޗެހީގަ އަތްލާއިރު ހުއްދައެއް ހޯދަން ޖެހޭނެކަން. އެކަމަކު ބައެއް ކަހަލަ ހާލަތްތަކުގައި ހިތް މަޖުބޫރު ކުރީމަ ކުށްވެސް ކުރެވޭނެ. އެއްގޮތަކަށް ވެސް ޕްރިންސަން ބޭޒާރު ކުރަން ކުރި ކަމެއް ނޫންމީ” ޝިޔާރާގެ އަތްތިލަ ހުޅުވާލާ އެއަތަށް ފޮތްލާދެމުން ޒޯހަން ބުނެލިއެވެ. އޭރުވެސް ޝިޔާރާ ހުރީ ތިރިއަށް ބަލަހައްޓައިގެންނެވެ. ޒޯހަން ކައިރިވެލާ ޝިޔާރާގެ އިސްޖެހިފައިވާ މޫނުގެ ދެފަރާތުގައި ހިފާ އުފުލާލިއެވެ. އެވަގުތު ޒޯހަން ކަރުއެލުވާލީ ޝިޔާރާގެ ދެލޯ ކަރުނަތަކުން ވިދާތަން ފެނުމުންނެވެ. “ޕްލީޒް ޝިޔާ އަހަރެން ހިތްވަރުދެރަ މީހަކަށް ހަދަން ނޫޅޭ. މިހިސާބަށް އަންނަން އަހަރެން ހާދަ ހިއްވަރެއް ކުރީމޭ. ތިދެލޮލުން ތިނޫން އެއްޗެއް ދުވަހަކު ވެސް މަށަށް ނުފެންނާނީތަ؟ އައި ހޭޓް ޓިއާރސް. އެވެސް ޝިޔާގެ ލޮލުން” ޝިޔާރާގެ ދެލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ފޮހެލަދިނީ ޒޯހަންގެ ދެއަތުންނެވެ. “އެން ފަހަރަކު ބަލާލަބާ މަށާދިމާލަށް” ޝިޔާރާގެ ދަތްދޮޅީގެ ކޮޅުގައި ހިފާ އުފުލާލަމުން ޒޯހަން ވަރަށް ލޯބިން ބުނެލިއެވެ. އެބުނެލުމުގައި ވެސް އެކުލެވިގެންވާ ވޭނާއި ފުން އަސަރު ޝިޔާރާއަށް އިހުސާސް ކުރެވުނެވެ. ޒޯހަންއަށް ބަލާލުމަށްފަހު ހަމަ އެހިނދުކޮޅުގައި ޝިޔާރާ މޫނު އެހެން ދިމާލަކަށް އަނބުރާލިއެވެ. “ވަރަށް ވަރަށް ލޯބިވޭ. މިހާރު ކުރިއަށް ވުރެ ވެސް ބޮޑަށް. ބޭނުވަނީ ޕްރިންސަސްގެ އެންމެ ބަހެއް. އެއަށް ފަހު ތީ ހަމައެކަނީ މިހަށިގަނޑުގެ މިލްކެއް ކަމުގައި ހަދާތަން މަންޒަރު ބަލަން ތިބި އެންމެންނަށް ދައްކާނަން. އާދޭސްމިކުރީ. މިދުނިޔޭން ހަމައެކަނި ހިތްކިއި އަންހެންކުއްޖާތީ” ޒޯހަންގެ ވާހަކަތަކުން ޝިޔާރާއަށް އުނދަގޫވިއެވެ. އެހާ ފަސޭހައިން ދެވަނަ ފަހަރަށް ރޮނވުނީ އެހެންވެއެވެ. ޒޯހަން ދެކެ ޝިޔާރާ ވެސް ލޯބިވެއެވެ. އެކަމަކު ޝިޔާރާ މީ އަދިވެސް މީހެއްގެ އަންބެކެވެ. އެކަން ޒޯހަން އަށް އެނގޭ ހެއްޔެވެ؟ ޔަގީނެވެ. ޒޯހަން އަށް އެކަން އެނގޭނަމަ އެމޭރުމުން ވާހަކައެއް ނުދެއްކީހެވެ. ޝިޔާރާގެ ހިތާއި ސިކުނޑިއަށް ޖަމާވަމުން ދިޔަ ޝަކުވާ ތަކުން ބޮލަށް އެނބުރުން އަރާ ކޮޓަރިން ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ދޮރާއި ހަމައިން ޝިޔާރާ ހުއްޓެވުނީ ޒޯހަން ބުނެލި އެއްޗަކުންނެވެ. “އެނގޭ މީހެއްގެ އަނބެއްކަން. އެނގޭ އެމީހާ މިހާރު ނުުކުޅެދޭ މީހަކަށް ވެފައި އޮތްކަން ވެސް. އަދި އެނގޭ މިފަހަރު ޝިޔާ ގެންދިޔައީ ބަކުރުގެ ދަރި ކަން ވެސް. އަދިވެސް އެނގޭ އެއްޗެހި އެބުހުރި. އެކަމަކު ދުލުން ބޭރު ކުރާކަށް ބޭނުމެއްނޫން. ޝިޔާ ހީކުރީދޯ މިހުރިހާ ހަގީގަތެއް އެނގުމަށްފަހު ޒޯހަންގެ ހިތް ބަދަލުވާނޭ. އެކަމަކު އެހެނެއްނުވި ދޯ. ބޭނުންތަ އެގެން އެހެންނުވީ ކީއްވެގެންކަން. އެއީ ތީ މިހަށިގަނޑުގައި ޖަހާ ވިންދު ކަމަށްވާތީ. އެއީ ތީ މަގޭ ދިރިހުރުމުގެ ބާރު ކަމަށްވާތީ. ތީ މަ ދިރިހުރުމަށްޓަކައި ލާން ބޭނުން ނޭވާ ކަމަށް ވާތީ” ޒޯހަންއަށް ފުރަގަހަށް އެނބުރި ހުރި ޝިޔާރާ ހުރީ ހުއްޓުން އަރާފައެވެ. ޒޯހަން އެވަރަށް ލޯބި ނުވާއިރު އެގޮތަށް ނޫޅުނީހެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޒޯހަންގެ ހަޔާތަށް އަހަރެން ގެނައުމުގެ ކުރިން ވިސްނަންޖެހޭ ބައިވަރު ކަންތައް އަދިވެސް އެބަހުއްޓެވެ. އެކަންތައް ޒޯހަންއަށް ނުވިސްނެނީ ހެއްޔެވެ؟ ޒޯހަންގެ އަންބަކަށް ވެގެން އަހަރެން އެގެއަށްދާ ދުވަހަކުން ޒޯހަންގެ މައިންބަފައިން ކަންތައް ކުރާނެ ގޮތެއް އެނގެނީއެއް ވެސް ނޫނެވެ. ނޯކަރަކާއި އެމީހުންގެ ދެލޮލުގެ ނޫރު ފަދައިން ލޯބިވާ ދަރިފުޅު ދެވަން ބޭނުންވަނީ ކޮން މަންމައެއް ހެއްޔެވެ؟ ނުވަތަ ކޮން ބައްޕައެއް ހެއްޔެވެ؟ އޭރުން ވެސް ހުރިހާ ހިތާމަތަކާއި ތަކުލީފެއް އުފުލަން ޖެހޭނީ ހުދު ޝިޔާރާއެވެ. އަނެއްކަމަކީ މައިންބަފައިންނާ ގުޅުން ކަނޑުވާލާ ޒޯހަން އަމިއްލަ މީހަކަށް ހަދާކަށް ޝިޔާރާ ދުވަހަކު ވެސް ނުވިސްނާނެއެވެ. މައިންބަފައިންނަށް ދަރިން ބޭނުންވާވަރު ޝިޔާރާއަށް ވުރެ ބޮޑަށް ވަކި އެނގޭނީ ކާކަށް ހެއްޔެވެ. މައިންބަފައިންގެ އެހީއަށް ދަރިން ބޭނުންނުވާނެ އެއްވެސް އުމުރެއް ނާންނާނެއެވެ. ޔާﷲ އެވެ. މިއަޅާއަށް ހިނގަންވީ ރަނގަޅު މަގު ދައްކަވާށެވެ. މިއަޅާ ޖެހެންވީ ކޮން ކޮޅަކަށް ހެއްޔެވެ؟ މިއަޅާދެކެ އިންތިހާއަށް ލޯބިވާ ފަރާތާއި އެއްކޮށް ވާންވީ ހެއްޔެވެ؟ ނުވަތަ މިއަޅާ އެމީހަކު ދެކެ ހިތާ ފުރާނައިން ލޯބިވާ ފަރާތަށް ދުނިޔޭގެ  ހުރިހާ އުފާތައް ހޯދާ ދިނުމުގައި ޖާނުން ގުރުބާންވި ފަރާާތްތަކާއި މާދުރަށް ގެންދަންވީ ހެއްޔެވެ؟ ތިރިއަށް ބަލަހައްޓައިގެން ދެލޯ މަރައިގެން ރޮއެރޮއެ ހުރި ޝިޔާރާ ސިއްސައިގެން ދިޔައީ ދެވަނަ ފަހަރަށް ޒޯހަން ވާހަކަދެއްކުމުންނެވެ. “އަހަރެމެން ދެމީހުން ދޭތެރެއަށް މެއްސަކަށް ވެސް ވަންނާކަށް ނުކުރޭނެ. އެނގޭ މަންމައާއި ބައްޕަ މިގުޅުމާއި އެއްބަސްވުމަށް ވުރެ ގާތީ ނުވުންކަން. އެކަމަކު އަހަރެން ޕްރޮމިސް މިކުރީ. މަންމައާއި ބައްޕަ ހިތުގައި ޖެހޭ އެއްވެސް ކަމެއް ނުކުރާނަން” ޝިޔާރާގެ ހިތުގައި އޮތް އެއްޗެއް ޒޯހަން އެނގުނީ ކީހިނެއްބާއޭ ޝިޔާރާގެ ހިތަށް އެރިއެވެ. މީ ވެސް ލޯބިހެއްޔެވެ؟ ޝިޔާރާއަށް ޒޯހަންއާއި ވީ ދިމާލަށް ބަލާލެވުމާއެކު ޒޯހަން ދެއަތް ފޭކޮށްލީ އަވަހަށް އައިސް އަތުތެރެއަށް ވަންނާށޭ ބުނާކަހަލަ ގޮތަކަށެވެ. ޒޯހަން ހީކުރި ގޮތާއި ހިލާފަށް ޝިޔާރާ ފަހަތަށް ފިޔަވަޅު އަޅަމުން ކޮޓަރިން ނިކުމެ ނިވާވެލީއެވެ. މާޔޫސްވެފާއިވާ ހާލު ޒޯހަން ހުރި ދިމާލުން ތިރިއަށް ދެކަކޫ މައްޗަށް ވެއްޓުނީއެވެ.

 

ޓީވީ ރެކް މަތީގައި ބަހައްޓާފައި ހުރި ވާރސް އަމާޒުވީ ކުރިމަތީގައި ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑަށެވެ. ކުޑަދޮރުގެ ފަހަތުގައި ބެލްކަނި ނުވާނަމަ ވާރސް މަގުމައްޗަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ލެޕްޓޮޕް ހިފައިގެން ސޯފާގައި އޮށޯވެގެން އޮތް ޝަޒަންއަށް ފުންމައިގެން ތެދުވެވުނީ ބާރުގަދަ އަޑުފައްގަނޑަކާއެކުއެވެ. ބަދިގޭގައި ޝަޒަންއަށް ކޮފީތަށި ހަދަން ހުރި ސާރާ ވެސް ސިއްސައިގެން ގޮސް އަތު ތެރޭގައި ހުރި ކޮފީތަށި ވެސް ވެއްޓުނީއެވެ. އެވަގުތު ދޮރުންވަން އިބްރާހީމް ވެސް ހުރީ ޝިފްނީ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވިފައެވެ. “މަންމާ ޝިނީ ބޭބީން ކުރާ ކަހަލަ ކަންތައް މިހާރު ކުރަންވެސް ފެށީތަ؟” ޝަޒަން ސަމާސާއަކަށް ބުނި ނަމަވެސް މިފަހަރު ޝިފްނީގެ ހިތުގައި އަދަމުންދާ އަލިފާންގަނޑަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ. ޓީވީ ރިމޯޓް ވެސް ނަގާ އެއްލާލިއެވެ. ސާރާއަށްއާދެވުނީ ދުވެފައެވެ. ޝިފްނީގެ ފަރާތުން މިކަހަލަ ކަމެއް ފެނުނު މީ ފުރަތަމަ ފަހަރެވެ. “ޝިނީ..މަންމަގެ ދޫނީ…ކިހިނެއްވީ؟” ސާރާ ހުއްޓުނީ ޝިފްނީ އަތުން އިޝާރާތްކޮށް ހުއްޓެން އެންގުމުންނެވެ. “މަންމަ ނާންނާތި ކައިރިއަށް. ބޭނުމެއްނޫން އެއްވެސް މީހަކާއި ވާހަކަދައްކާކަށް. ބައްޕަ ވެސް ނާންނާތި” މޮޔައެއްހެން ޝިފްނީ އެންމެންނަށް އަންގަމުން ދިޔައެވެ. “ދަރިފުޅު ބުނީމަ ދޯ އެނގޭނީ ވީކަމެއް ވެސް. އޭރުން ދޯ މަންމަމެންނަށް ހެލްޕެއް ވެވޭނީވެސް” ސާރާ މަސައްކަތްކުރީ ޝިފްނީއާއި ވީހާވެސް ލޯބިން ވާހަކަދެއްކެތޯއެވެ. “މަންމަމެން ޝިނީ ދެކެ ނުވޭ ލޯތްބެއް. މަންމަ ވެސް ބައްޕަވެސް ލޯބިވަނީ ދޮންބެ ދެކެ. އެހެންވެގެއްނު ދޮންބެއަށް ދޮންބެ ލޯބިވި ކުއްޖާ ހޯދަދިނީ” ޝަޒަން ހުރީ ދެލޯ ބޮޑުވެފައެވެ. “ކީކޭ ޝިނީ ތިކިޔަނީ..އާދެބާ މަންމަ ކައިރިއަށް. ހިނގާ ވަރަށް ލޯބިން ވާހަކަދައްކަން” ސާރާގެ ލޯބިވެތި ބަސްތަކުން ވަރަށް ފަސޭހައިން މިފަހަރު ޝިނީ އައިސް ސާރާގެ އަތުތެރެއަށް ވަނެވެ. ޝިފްނީގެ ހަށިގަނޑުގައި ބައްދާލައިގެން ހުރި ސާރާ އިބްރާހީމަށް ބަލާލީ އަނެއްކާ ވީކީއްބާއޭ ހިތަށް އެރުމުންނެވެ. “މަންމާ ޝިނީވެސް ވަރަށް ލޯބިވަން. ޝިނީއަށް ވެސް އެނގެޔޭ ލޯބިވާން” ޝިފްނީ ސޯފާގައި ބައިންދަމުން ކައިރީގައި ސާރާ ވެސް އިށީނެވެ. ޝިފްނީގެ ބޯ ގެނެސް ސާރާގެ ކޮނޑުގައި އަޅުވަމުން އަނެއް އަތުން ޝިފްނީގެ ކޮނޑުގައި ފިރުމަމުން ދިޔައެވެ. “މަންމަގެ ޝިނީ ކޮންއިރަކު ބޮޑުމީހަކަށްވީ. މަންމަ ހީކުރީ ތީ އަދިވެސް މަންމަގެ ކުޑަކުޑަ ޝިނީބޭބީ ކަމަށް” ސާރާ ބުނެލިއެވެ. “:މަންމަ ޝިނީ މީ މިހާރު ބޭބީއެއް ނޫނޭ. އެންމެން އެހެން އަބަދު އެކިޔަނީ ކީއްވެތަ؟ ޝިނީ ވެސް ބޮޑުވެއްޖެ. ޝިނީ ބޭނުން ޒޯހަން އާއި ކައިވެނިކުރަން. ޝިނީ ލޯބިވަނީ ޒޯން ދެކެ. އެކަމު މަންމަ އާއި ބައްޕަ އަދި ދޮންބެ ވެގެން ތިއައީ ބޮޑުބެދައްތައާއި ވެގެން ޒޯހަންގެ އެހެން ގާރލްއަކަށް ދީފަ” ޝިފްނީގެ ވާހަކަތަކުން އެތަނުގައި ބޮމެއް ގޮށްވާލިފަދައެވެ. “ކީކޭ ޝިނީއަށް އެބަ އެނގޭތަ ތިކިޔޭ އެއްޗެއް. މިފަހަރު ސުވާލުކޮށްލެވުނީ ޝަޒަންއަށެވެ. “އާނ. މިބުނީ ޝިނީ ލޯބިވަނީ ޒޯންދެކެއޭ. ވަރަށް ކުރިން ފެށިގެން އެކޮޅުގައި އުޅުނުު އިރުން ފެށިގެން. ޝިނީއަށް އެނގޭ ޒޯން ވެސް ޝިނީ ދެކެ ލޯބިވާކަން. ޒޯން ހުންނަނީ ނުބުނަން ވެގެން” ޝިފްނީގެ ވާހަކަތައް އަޑުއަހަން ސާރާއަށް އިދެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އިބްރާހީމް ވެސް ހުރީ ހަމައެހާލުގައެވެ. ބޮލުގެ ދެފަރާތުގައި ހިފައިގެން ޝަޒަން އަށް ގޮނޑީގައި އިށީނދެވުނެވެ. “ދަރިފުޅު މަންމަ މިދައްކާ ވާހަކަ އަޑުއަހައްޗެ. ޒޯންގެ ކައިވެނި ހަމަޖެއްސީ އެއީ ބޮޑުބެގެ ނިންމުމެއް. އެހެންނޫނަސް ޝިނީ ތިއީ ޒޯންގެ ކަޒިން ކޮއްކޮއެއް. ދަރިފުޅު ތިކަންތައް ހަނދާންނައްތާލާފައި ކިޔެވުމާއިގެން ކުރިއަށް ދާންވީ” ސާރާ މަސައްކަތްކުރީ ޝިފްނީއަށް ވިސްނާދީގެން ހަމައަކަށް އަޅުވާށެވެ. “އެހެންވެގެންނޭ ޝިނީ ބުނަނީ މަންމަ ޝިނީދެކެ ލޯބިނުވެޔޭ” ކުއްލިއަކަށް ސާރާ ކައިރީގައި އިން ޝިފްނީ ތެދުވެގެން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ފަހަތުން ސާރާވެސް ދުއްވައިގަތެވެ. ޝަޒަން އިނީ ބުނާނެ އެކައްޗެއް ވެސް ނޭނގިފައެވެ. އެކުވެރި ޒޯހަންގެ ހާލު ޝަޒަންއަށް ވުރެ ބޮޑަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ޒޯހަން ޝިފްނީދެކެ ލޯބިވާނީ ކިހިނެއްހެއްޔެވެ؟ ޝިޔާރާއެއީ ޒޯހަންގެ މުޅި ދުނިޔެއެވެ. ޝިނީދެކެ ޒޯހަން ލޯބިވެޔޭ އެބުނަނީ ޒޯހަންގެ ފަރާތުން ކޮންކަހަލަ ނިޝާނެއް ފެނިގެންބާއޭ ޝަޒަންގެ ހިތަށް އަރަމުން ދިޔައެވެ. އެތައް އިރަކު ވިސްނުމަށްފަހު ގޭ ހުރިހާ މީހުން ނިންމީ މިއަދު އެގޭތެރެގައި ހިނގަމުން އެދިޔަ ކަންތައް އެގޭ ހަތަރު ފާރުން ބޭރުވިޔަ ނުދިނުމެވެ.

ހާލާ އެތައް ގޮތަކަށް ވިސްނަދީގެން ވެސް ޝިޔާރާގެ ވިިސްނުން ބަދަލު ނުކުރެވުނެވެ. ޖަވާބުގައި ޝިޔާރާ ބުނަނީ ޝިޔާރާ ވެސް ޒޯހަން ދެކެ ވަރަށް ލޯބިވާ ކަމުގައެވެ. އެކަމަކު ވެސް ޒޯހަންގެ ހަޔާތަށް ގޮސް އެދިރިއުޅުން ބަރުބާދު ކުރަން ބޭނުންނުވާ ކަމުގައެވެ. އެރޭގެ ފަހަށް ޝިޔާރާއަށް އެގޭތެރަކުން ޒޯހަންއެއް ނުފެނެއެވެ. ޝިޔާރާ ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް ނާޅައެވެ. ޝިޔާރާގެ ކަމަކީ އަބަދު އެނދުގައި އިނދެގެން ހިތާމަ ކޮށް ރުޔުމެވެ. ޒޯހަންގެ އަތުގެ ހިމާޔަތް ޝިޔާރާ ނިހާޔަތަށް ބޭނުމެވެ. އެކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޯލުމަށް ޝިޔާރާ ހިތާ ފުރާނައިން ބޭނުމެވެ. އެކަމު ޒޯހަންގެ މައިންބަފައިންގެ ދުލުން ޝިޔާރާއަށް ބޭރުވާ ނުރުހުމުގެ ކޮންމެ ލަފްޒަކުން އެހިތް ފިއްސާލާނެކަން އެނގިހުރެ ޒޯހަންގެ ބައިވެރިއަކަށް ވާނީ ކިހިނެއްހެއްޔެވެ؟ ޝިޔާރާގެ ހިތަކީ ދުވާލަކު އެތައް ސަތޭކަ މަރަކުން މަރުވެފައިވާ ހިތަކަށް ވިޔަސް އިތުރު ވޭން ލިބޭކަށް އެހިތް ނޭދޭއެވެ. ޒޯހަންއަށްޓަކައި އެހިތުގައި ލޯބި ލައެްވާފައި ވިޔަސް އެލޯބި ލެއްވުމަށް މެދުވެރިކުރެއްވި ފަރާތަށް ދުޢާ ކުރަނީ އަނބުރާ ގެންދަވާތޯއެވެ. ހަމަ އެފަދައިން ޒޯހަންގެ ހިތުގައި ވެސް ޝިޔާރާއަށްޓަކައިވި ލޯބި ފަނޑުކޮށްދެއްވުމަށް އެދި ދުޢާ ކުރެވެއެވެ. ޒޯހަންއަށް އުފާވެރި މުސްތަގުބަލެއް މިންވަރު ކުރެއްވުމަށް ޝިޔާރާ އަބަދުވެސް އެދޭއެވެ. ދެކަކުލުގައި ބޯއަޅާލައިގެން ގިސްލަން އިން ޝިޔާރާ ސިހުނީ ހާލާ ވާހަކަދެއްކުމުންނެވެ. “ޝިޔާ. ހާލީ ބުނަންތަ ވާހަކައެއް. ރަނގަޅަށް އަޑުއަހައްޗެ. މިވަގުތު ތީ މީހެއްގެ އަންބެއްކަން އެނގޭ. އެވެސް އަނބިންނަށް ހުތުރު އަރުވާ ޝިޔާރާގެ ދެދުނިޔޭގެ އަދާވާތްތެރިއެއްގެ. ތިކަމުން މާލެ ދެވުނުހާ އަވަހަކަށް ސަލާމަތް ވެވިދާނެ. ޝިޔާގެ މުސްތަގުބަލް އުޖާލާކޮށްދިނުމަށްޓަކައި އެފަރާތުން ޒޯހަންގެ ހިތުގައި ޝިޔާއަށް ލޯބި ޖެއްސެވީ. އެއީ މާތްﷲގެ ރަހްމަތްފުޅު. އަހަރެމެން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ބަދަލެއް ނުވާނެ. ހެޔޮނުވާނެ ޝިޔާ. ތިގޮތް ދޫކޮށްލާ. ޒޯހަންގެ އަތުގައި ހިފާ. ޝިޔާ އުފަލުގައި ހީލާފައި އުޅޭ މަންޒަރު ބަލާ ހިތުން އަހަރެންގެ ހިތަށް ކެއްނުވޭ. ފުރަތަމަކޮޅު ޒޯހަންގެ މަންމަ ބައްޕަ ނުރުހުނަސް ފަހުން ހަމައެމިންވަރަށް ލޯބިވެސް ވެދާނެ. ބޭނުންވަނީ ކެތްތެރިވުން. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ޒޯހަން ޝިޔާއަށް ދެރަގޮތެއް ނުހަދާނެކަން ސަތޭކަ ޕަސެންޓް ގެރެންޓީ މަަށަށް. ޝިޔާއަށްޓަކައި އެއޮށް ބޮޑު މީހާ ރޮއެރޮއެ އަވަދިވަނީ. ޕްލީޒް ޝިޔާ. އަހަރެމެންގެ ދެމީހުންގެ އެކުވެރިކަމަށްޓަކައި” ޝިޔާރާގެ ފައިގާ އަތްލައިގެން އިން ހާލާ އިސްޖަހާލީ ބޯދެކޮޅަށް ތަޅުވާލުމަށްފަހު އެނދުގެ ހެޑްބޯޑުގައި ލައްވެލި ޝިޔާރާ ގޮތްދޫނުކާރާނެކަން އެނގުމުންނެވެ. އެންމެފަހަށް ހާލާ ޖެހުނީ އިންތަނުން ތެދުވެގެންދާށެވެ. އެހިތުގައި އަދިވެސް ކުޑަކުޑަ އުއްމީދެއް އޮތަތީ ޝިޔާރާއަށް ވިސްނަދޭން އަދި އެއްފަހަރު އަންނާނެއެވެ.

ދެދުވަސް ފަހެވެ. މިހާރަކަށް އައިސް ޝިފްނީގެ އުޅުން ހުންނަ ގޮތުން ކަންބޮޑުވެފައިވާ ސާރާ އިނީ އުނގުމައްޗަށް ހަނޑޫ ދޮލަނގު ލައިގެން ބޭރު ބެލަކްނީގައި ބަހައްޓާފައި ހުރި ތިން ޖޯލީގެ ޖޯލިފަތީގައެވެ. ޝިފްނީއަށް ވިސްނާދީދީ ސާރާ ވަރުބަލިވެއްޖެއެވެ. ޝިފްނީގެ އެގޮތްދޫނުކުރުމަކީ ކާކުގެ ފަރާތުން ވާރުތަވެފައިވާ ކަމެއްބާއޭ ބައެއް ފަހަރު ސާރާ ހިތަށް އަރައެވެ. ޔަގީނުން ވެސް އެއާއިލާގައި މިހާރު ފެންނަން އެތިބި އެއްވެސް މީހަކީ ގޮތްދޫނުކުރާ މީހުންނެއް ނޫނެވެ. ޒޯހަން ދެކެ ޝިފްނީ ލޯބިވާކަމަށް އެންމެން ކުރިމަތީގައި ފާޅުގައި ބުނި ދުވަހުން ފެށިގެން ޝިފްނީ ރަނގަޅަށް ކައިފައެއް ވެސް ނެތެވެ. ކޮޓަރިން ނިކުންނަނީ ހަމައެކަނީ ކޮލެޖަށްދާން އެކަންޏެވެ. ނަމާދު ކުރަނީވެސް ސާރާ އަދޭސް ކުރުމުންނެވެ. އެއްވެސް މީހަކާއި ކުރިން ވާހަކަދައްކައެއް ނޫޅެއެވެ. ޝިފްނީ އެންމެ ހިތްހަމަނުޖެހިފައި ހުންނަނީ ޝަޒަންދެކެއެވެ. ޝަޒަންގެ ލޯބި ލިބިފައި ޝިފްނީގެ ލޯބި ނުލިބި ގެއްލެއް އުޅޭތީއެވެ. ސާރާ ސިއްސައިގެން ދިޔައީ އެވަގުތު ގެއަށް އައިސްދާނެކަމަށް އުއްމީދު ނުކުރާ އިބްރާހީމް ކުރިމަތިން ފެނުމުންނެވެ. “މިގަޑީގައި ކިހިނެއްވެގެން ގެއަށް ތިއައީ؟” މޫނުމަތިގައިވާ ހާސްކަން ފިލުވާލަން މަސައްކަތްކުރަމުން ސާރާ ސުވާލުކޮށްލިއެވެ. “ނައިސް ކީއްކުރާނީ. ސާރާ ތިއުޅޭ ހާލުގައި މަވެސް މިއުޅެނީ” ކައިރީގައި އިށީންނަމުން އިބްރާހީމް ބުނެލިއެވެ. “އަހަރެން އެއްވެސް ހާލަކު ނޫޅޭން. ތީ ހީވާގޮތް. މިތަނުން ވަރަށް ފިނިވައި އެބަޖެހޭ. އެހެންވެ ހަނޑޫސާފުކޮށްފަ ވެސް މަޑުކޮށްލެވުނީ. ކާންހަދަންވީ ދޯ” ސާރާ ވާހަކަދެއްކީއިރު އިބްރާހީމްއާއި ހަތަރުކަޅި ހަމަނުކުރަން އުޅޭހެން އިބްރާހީމްއަށް ހީވިއެވެ. ” އަހަރެން މިއަދު ވަރަށް ދެރަވެއްޖެ. މިހުރިހާ ދުވަސްވީއިރު ވެސް ސާރާގެ އެއްވެސް ކަމެއް މަށަށް ސިއްރުވެފައެއް ނެތް. އަހަރެންނަށް ކަމެއް ސިއްރު ކުރުމުގައި އަދި މިހާތަނަށް ސާރާއަށް ނެތް ކާމިޔާބުވެފައެއް. އެހެންވެ މިހާރު ތިބޭކާރު ދޮގުތައް ތިހަދަނީ ކީއްވެ؟ އެނގޭ ޝިފްނީގެ ކަންތަކާއި ބޯގޮވަނީކަން. އެދަރިފުޅު ދެކެ ކިތަންމެ ލޯބިވިޔަސް މިހާރު އެއެދޭ ކަންތަކަކީ ކޮށްދެވޭނެ ކަމެއް ނޫން” ސާރާއަށް އިބްރާހީމްގެ ކޮނޑުގައި ބޯއަޅާލެވުނެވެ. “ހިތަށް އަރަނީ އަހަރެމެންގެ ކުޑަކުޑަ ޝިނީ އެހާ ބޮޑުވީ ކޮންއިރަކުބާއޭ. އެމަންޖެގެ ހިތްހަލާކުވެދާނެތީ އަހަރެން ވަރަށް ބިރުގަނޭ. މިހާތަނަށް އެމަންޖެ ބޭނުންވެގެން ބުނީ ކޮންމެ އެއްޗެއް އޮންނާނީ ހޯދަދީފަ. އެކަމަކު މިފަހަރު އިބްރާހީމް ތިބުނާހެން މިފަހަރު ހަމަ ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް” ސާރާ ކަންބޮޑުވެފައިވާ ވަރު ހުސްއެކަނި އެއަޑުން ވެސް އެނގޭއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46

Next

ނިމިދާނެ ޖާނާ ހިތާ 19

Next
March 15, 2016

ނިމިދާނެ ޖާނާ ހިތާ 19

Previews
March 14, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 46

9 Comments!

  1. Ushaali says:
    March 14, 2016 at 11:16 pm

    avahah kiyaala………… énjôy☺☺☺☺

  2. Shew says:
    March 14, 2016 at 11:38 pm

    V reethi… Aneh bai avahah up kohdhy…

  3. Appy says:
    March 14, 2016 at 11:50 pm

    V rythi. Avahahh up kurahchey

  4. Sumey says:
    March 14, 2016 at 11:54 pm

    Yey….Im the first…v nice… Kon irakun next part up koh dheyny….?

  5. Sumey says:
    March 14, 2016 at 11:56 pm

    Unfortunately not ?

  6. Zaanaa says:
    March 15, 2016 at 12:59 am

    Mefaharu thankolheh kuru story akamaku story vvvv furehama

  7. blue says:
    March 15, 2016 at 11:05 am

    next part,,,plx plx plx 😀 varah reethii

  8. zeee says:
    March 15, 2016 at 8:16 pm

    Reethi reethi….☺?

  9. Aayaa says:
    March 15, 2016 at 9:14 pm

    V reethi. Up kuraale lahy

Comments are closed.

Next Episodeފުންއަސަރު 13←


All Right Reserved!