“ހަހަ. ކަލެއަށް ފެނުނީކީ ހުވަފެނެއް ނޫން. އެއީ ހަމަ ހަގީގަތް. ކަލޭ ގުޅުން ހިނގީ މަށާއި އެކު” އަޑަށް ބާރު ލަމުން މިލީން ބުންޏެވެ. މިޒިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދެން ވާނީ ކިހިނެތް ހެއްޔެވެ؟ މިކަމުގެ ސަބަބުން އިވްޔާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ނުވަތަ އީވާއަށް ގެއްލުމެއް ވެދާނެބާއެވެ؟ ނުވަތަ އޭނާއަށް ގެއްލުމެއް ވެދާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލުތަކެކެވެ. (17 ވަނަ ބައި) ޖެހިގެން އައި ދުވަހު ހެނދުނު މިޒިޔަލްގެ އޮފީސް އެންމެން […]
(3 ވަނަ ބައި) “ޔުމްނު…” މައްޗަށް ދެވޭގޮތަށް އިން ލަކުނޑި ސިޑިމަތީން ދުވެފައިކަހަލަގޮތަކަށް ފައިބައިގެން އައި އަންހެންކުއްޖާގެ ފިޔަވަޅުތައް އަމާޒުކުރެވިފައިހުރީ ތިރީގައި ހުރި ކައުންޓަރާއި ދިމާލަށެވެ. މާނޭވާލަމުން އެ އަންހެންކުއްޖާ ކައުންޓަރާއި ކައިރިވީއިރު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ އިސްއުފުލާ ބަލާލީއެވެ. އެ ދެއަންހެންކުދީންގެ ދެމެދުގައި ދެކެވިގެންދިޔަ ވާހަކަަކޮޅަކަށްފަހު ކައުންޓަރު ކައިރީގައި ހުރި އަންހެންކުއްޖާ ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ. ސިޑީ ގެ ފައްތަރުތަކުންލާފައި މައްޗަށް އަރަމުން އެ އަންހެންކުއްޖާ ފަސްއެނބުރިބަލާލިއެވެ. އެ ކުޑަ ހަރަކާތާއިއެކު ނިއްކުރި މައްޗަށް […]
ދިރިއުޅުމުގައި އެތަކެއް ކަމަކާ ކުރިމަތި ލާން ޖެހެއެވެ . އެތަކެއް ވޭނެއް ތަހައްމަލް ކުރަން ޖެހެއެވެ . އެކުވެރިން ހަސަދަ ވެރިންނަށް ވެ ހަސަދަ ވެރިން އެކުވެރިކަމަށް ބަދަލު ވެގެން ދެއެވެ . މިއީ ދުނިޔޭގެ އާދައެވެ. އެތަކެއް ފަހަރު ރޯން ޖެހޭ ފަހަރު ވެސް އާދެއެވެ . އަނެއް ބައިފަހަރު އުފާވެރި ކަމުގެ ކުލަ ވަރު ފެނިގެން ދެއެވެ . ނަމަވެސް ކުޑަ ވަގުތުކޮޅެއް ތެރޭގައި އެ އުފާވެރި ކަން ބަދަލު ވެގެން ދެއެވެ . […]
“ދެން އެހެންވެ ނަން ބުނެލަންވީނުން؟” މިޒިޔަލް ހިނިތުންވެލާފައި އެކުއްޖާ ގާތަށް ޖެހިލިއެވެ. “ހީވޭތަ ހަމަ އެކަނި ބޮހަކުން ޗަލާނެހެން؟” ބަދަލުގައި އެކުއްޖާވެސް ކޮއްލީ ސުވާލެކެވެ. އެކުއްޖާ އެބުނީ ކީކޭކަން މިޒިޔަލްއަށް ނަގައިގަނެވުނެވެ. އެކަން އެކުއްޖާއަށްވެސް އެނގުނެވެ. އެހެނަސް މިޒިޔަލްގެ މޫނު މަތިން ފެނުނީ އެކުއްޖާ ފެންނާނޭ ކަމަށް އުންމީދު ކުރި އިހުސާސްތަކެއް ނޫނެވެ. (16 ވަނަ ބައި) މިޒިޔަލްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމެވެ. އެކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމެވެ. އެކަމަށް އޭނާވެސް […]
ބެލްމާރޭ އަވަށަށް ފަސް އަހަރު ވަންދެން ސްނޯ ޖެހިފައި ނުވި ނަމަވެސް އެވްލިން ޑްރޫގެ ޖަނާޒާގެ ރޭ އެ އަވަށަށް ފައިބައިގެން ދިޔައީ ބަރު، ހަމަހިމޭން ފަށަލަތަކަށެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ލީލާ ގަބުރުސްތާނުގައި ހުއްޓިލައިގެން ފްރޭމްކޮށްފައިވާ ފޮޓޯއެއް ހިފައިގެން ހުއްޓެވެ- އެވްލީން ހިނިތުންވެލައިގެން، އިސްތަށިގަނޑު ނުކެނޑި، ދެލޯ ސިއްރުތަކުން ފުރިގެން ދިޔައެވެ. އެވްލީން ފެނުނީ އޭނާގެ އެޕާޓްމެންޓުން، ފާރުގައި ޖަހާފައިވާ ލަޔާ މި ލަފުޒު، އޭނާގެ ޖާނަލްތައް ނެތިގެންނެވެ. ފުލުހުން ބެލީ އެއީ އަމިއްލައަށް […]
“ފަރާ ދަރިޔާ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟” ކާންތިބި އެންމެންގެ ލޯތަށް ފަރާއަށް އަމާޒުވިއެވެ. މީ އޭނާގެ މަންމަވެސް އެތަށް ފަހަރަކު ފަރާ ގާތުގައި އަހާފައި އޮތް ސުވާލެކެވެ. ނަމަވެސް އަދިވެސް ފަރާ ހިތްހަމަޖެހޭ ކުއްޖަކު ނުފެންނާތީ ފަރާ ހުރީއެވެ. “އަދި…ނޭނގެ” ފަރާ ބުނެލިއެވެ. “ތިކަހަލަ ގެވެހި ރީތި ކިޔަމަންތެރި މޮޅު އަންހެންކުއްޖަކު ނުވާނެއްނު ތިހެން އަބަދު ހުންނާކަށް؟ މަގޭ ސަރީފާވެސް ނުވާނެ ފަރާ ހާ މުރާއްޔެއް”. ހަރީރާ ބުންޏެވެ. ފަރާ ސަރީފާއަށް ބަލާލިއެވެ. އޭރު ސަރީފާގެ […]
އޭނާ ބަލާ ބޮޑުކުރި މަންމަ އޭނާގެ ގަޔަށް ކިޔެވި އިރު ކުއްލިއަކަށް ފާޅުވި ގޮތް ނޭނގޭ ޖިންނި އަންހެން ކުއްޖަކަށް އޭނާ އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟ ޔުމްނާ ފަރާއާއި ދިމާއަށް ޝައްކުގެ ނަޒަރަަކުން ބަލާލިއެވެ. “ކުރިން ދުވަހު ބުނީމެއްނު ފަރާ ބޭނުންވަނީ އަހަރެންނަށް އެހީވާށޭ؟ އެއީ ކީއްވެގެން؟” ޔުމްނާ ސުވާލުކުރިއެވެ. ފަރާ އިނީ ޔުމްނާގެ މި ސުވާލަށް ތައްޔާރުވެގެންނެވެ. “އެއީ….އަހަރެންނަކީ…ޔުމްނާގެ މާމަގެ ބޮޑުދައިތަ.” ފަރާ މަޑުމަޑުން ބުނެލިއެވެ. ******* 10 ވަނަ ބައި ******* ޔުމްނާގެ ދެލޯ […]
އާދައިގެ މަތިން ދުވަހެކެވެ. ޒާން ސްކޫލަށް ލާފައި ނައިނާއައީ ހިނގާލާފައެވެ. ނަމަވެސް ގެއާ ހިސާބަށް އެރިތަނުން ހުއްޓެން މަޖުބޫރުވީ މީހަކު ގޮވާލުމުންނެވެ. “އޮހް… ޒިޔާން؟… މިތާ ކީއްކުރަނީ؟… ނައިނާ އަހާލިއެވެ. “މި ދެން ހަމަ ނުކުމެލީ… ނައި ކީއްކުރަނީ؟…” ޒިޔާން ނައިނާއާ އެކީ ހިނގައިގަންނަމުން އަހާލިއެވެ. “މިއައީ ދަރިފުޅު ސުކޫލަށް ލާފަ…” އެއާއެކު ޒިޔާންގެ މޫނަށް ދިޔައީ ފާޑެއްގެ ގޮތެއް ވެގެންނެވެ. “އޭން؟… ޔޫ ހޭވް އަ ކިޑް؟… މީހަކާ އިނދެގެންތަ ތިއުޅެނީ؟…” ރައްޓެހިންގެ ގޮތުގައި ދުވަސް […]
“ނޫ މިތަނަށް މިގެނައީ އަސްލު ވާހަކައެއް ބުނަން ވެގެން..” ކައި ނިމުމުން ހިޔާން ފުން ނޭވާއެއް ދޫކޮށްލާފައި ބުންޏެވެ. “ޔެސް…؟” ނުހާ ނިތް ހިއްލާލަމުން އެއްސެވެ. ހިޔާން ފުން ނޭވާއެއް ދޫކޮށްލާފައި ގޮނޑިން ތެދުވިއެވެ. އަދި ނުހާ ގާތުގައި އެއްފައި މައްޗަށް ތިރިވަމުން ޖީބުގައި އޮތް އަނގޮއްޓި ނެގިއެވެ. “ނޫ.. އަހަރެމެން ދެމީހުން ދިމާވެ، އަދި ނުވޭ މާ ގިނަ ދުވަހެއްވެސް.. އެކަމަކު.. ނުވެސް އެނގޭ ކިހިނެތް ކަމެއްވެސް.. އެކަމަކު.. ޔާންއަށް ނޫދެކެ ލޯބި ވެވިއްޖެ.. ވަރަށް […]