Skip to content
އެސްފިޔަ

ޔާޒާ- 2ވަނަބައި

*ގެއަށް ވައިން އިރު މީހެއްގެ ހިލަމެއް ނުވުމުން ޔާޒާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ފަހަރެއްގައި ނަސީބު ޔާޒާގެ ކޮޅަށް އެރީބާއެވެ؟ ލަސްނުކޮށް ޔާޒާ ބަދިގެއަށް ވަދެ މަސައްކަތް ފެށި އެވެ.

 

“ޔާޒާ!”*

ޔާޒާގެ ހަށިގަނޑު މުޅިން ފިނިވިއެވެ. އަދި ހަރަކާތް ހުއްޓި އޭނާ ގަނޑުވިއެވެ. “މިއަދު އިރުނޭރީ؟ ސަހާދެއް، މީނާ އަހަރެމެން ބަނޑަށް މަރާނެ. އެއީ ވިއްޔާ ނުވެފައި އޮތް ކަމަކީ! އުފަން މަންމަ މެރިމީހަކު އަހަރުމެން ނަށް އެހާލު ޖައްސާން ފަސް ޖެހޭނެތަ؟” ދޮންމަންމަ ގެ ވިހަގަދަ ބަސްތައް ޔާޒާގެ ހިތަށް ތޫނު ހަންޖަރުތަކެއް ފަދައިން ހޮރާލިއެވެ. ނަމަވެސް ޔާޒާގެ ލޮލަށް އެއް ވަމުން އައި ކަރުނަ ތައް ހިފަހައްޓާ ލެވުނީ ވަރަށް ހިތްވަރާއި އެކުގައެވެ. ދޮންމަންމަ މެން ނަށް އޭނާ ރޯތަން ފެނިއްޖެނަމަ މަލާމާތް އިތުރު ވާނެއެވެ. މި ހުރިހާއިރަކު އޭނާ ވަރަށް ހިތްވަރާއެކު އެކަން ކެތްކޮއްފިއެވެ. ކުރިއަށް އޮތް ތާނގައި ނުކުރެވޭންވީ ވަކި ކީއްވެތޯއޭ ބުނަމުން ހިތަށް ވިސްނައިދިނެވެ.

ޔާޒާގެ ކުޑަ ނޯޓުފޮތް ޖީބުން ނެގުމަށްފަހު ލިޔެލިއެވެ. “ދައްތަގެ ސައި ތައްޔާރު ކޮއްދެންވީތަ؟” އަދި ބިރުން ހުރެ ދޮންމަންމަ ގެ މޫނަށް ބަލައި ލީ އަނިޔާއެއް ނުލިބި މި ދުވަސް ފާއިތުވެ ދިޔުމުގެ އުންމީދު ގައެވެ. ނަމަވެސް ދޮންމަންމަ ދެލޯ ބޮޑުކޮށް ލާފައި ހުރި ތަންފެނި ގަދަޔަށް އަނދަމުންދާ އަލިފާނަށް ޕެޓްރޯލް އެޅުނީކަން ޔާޒާއަށް ކަށަވަރު ވީ އެވެ.

” ކަލޭ މިހާރު ބީރުވެސް ވީތަ؟ އެހިއްޖެދޯ ބަނޑަށް މަރާންހޭ ތިއުޅެނީ! ހަމަ ހުވާ މީނާ އަށް އެއްފަހަރު ބުނީމާ ނޭނގޭނެ. އެނގުނަސް ނޭނގޭކަމަށް ހެދިގެން އުޅޭނީ. ޖެހޭނީ އަމަލުން އެކަން ސިކުނޑިއަށް ވައްދާން.” ދޮންމަންމަ މިހެން ބުނުމާއެކު ހޫނު ދޭފަތް ނެގިއެވެ. ލިބެން އުޅޭ އަނިޔާ ރޭކާލުމުން ޔާޒާ އެތަނުން ސަލާމަތް ވުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޔާޒާގެ ނިކަމެތި ހަށިގަނޑާ އަޅާ ބަލާއިރު ދޮންމަންމަ ވަރުގަދައެވެ. އަދި ޔާޒާގެ އަތުގައި ހިފާ ދޭފަތުގެ ނިޝާން އަރާ ވަރަށް ޔާޒާގެ ހަންގަނޑު ފިއްސާލިއެވެ. ވެވޭ ވަރަކުން ޔާޒާއަށް އޭނާގެ އެހީއަށް މީހަކު އަންނާނެ ކަމުގެ އުންމީދު ގައި އަޑެއް ގޮއްވާލެވުނެވެ.

ބަދިގޭގައި އަޑުގަދަވުމުން ބަދިގޭގެ ދޮރު ކުރިމައްޗަށް ދޮންމަންމަގެ 3 ދަރިން ކަމަށްވާ ޔާއިޝް، ޔަނާ އަދި ޔަޝް އެއްވިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއް ޔާޒާ އަށްޓަކައި ބަހެއް ނުބުނެ އެވެ. އެއިން ޔަޝްއަކީ ޔާޒާއާ ލޭގެ ގުޅުން ހުރި ހަމައެކަނި މީހާއެވެ. ނަމަވެސް ޔަޝްއަށް މިތަން ބަލާކަށް އުނދަގުލެއް ނުވިއެވެ. އޭނާއަށް އެތަން ފެނުމުން ހިތްހަމަ ޖެހުން ލިބޭ ފަދައެވެ. ޔަނާއަށް މަންޒަރު ބަލަން ކިތަންމެ ދައްޗަސް އޭނާގެ މަންމައާއި އެއްކޮޅަށް ހުރިކަމަށް ދެއްކިގެން ހުރުން ނޫން ހެން ގޮތެއް ނެތެވެ. ޔާއިޝް ހުރީ ފަޅައިގެން ދާހާ ރުޅިގަދަ ވެފައެވެ. ނަމަވެސް މަންމައާއި ދެކޮޅަށް ބަހެއް ބުނެފިއްޔާ ގެއިން ނެރޭނެ ކަމުގެ އިންޒާރު އޭނާގެ ދޮންބައްޕަ ދީފައި ވުމުން ޔާއިޝް އެއްޗެކޭ ނުބުނެ އެވެ. ބަހެއް ނުބުނެވުނު ތާނގައި ބަލަހައްޓައިގެން ހުރުމަކީ ބޭކާރު ކަމެއް ކަމުން އެތަނުގައި ނުހުރެ ޔާއިޝް ގެއިން ނުކުމެގެން ދިޔައެވެ.

ދޮންމަންމަ ހިތްހަމަ ޖެހޭ ވަރު ވުމުން ޔާޒާ ބިންމައްޗަށް ވައްޓާލުމަށްފަހު 5 މިނެންޓު ތެރޭގައި ނާސްތާ ތައްޔާރުކުރުމަށް ބުނަމުން އިންޒާރު ދެމުން ބަދިގެއިން ނުކުތެވެ. މަންމަ ފަހަތުން ފިޔޮކެއްދާ ފަދައިން ޔަޝް ދިޔައީ ޔާޒާއާ ދިމާލަށް ކުސްތަޅާލާފައެވެ. ޔަނާ އޭނާގެ ލޮލުން ޔާޒާއަށް އޮތް ހަމްދަރުދީ ދައްކަމުން އަދި ބޭސް ހިފައިގެން އަންނާނަމޭ ބުނަމުން ކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ. ހިތްވަރެއް ލާފައި ޔާޒާ ތެދުވެ މަސައްކަތް ކުރާން ފެށި އެވެ. އިތުރަށް ދޮންމަންމަ ރުޅި އަރުވާ ކަށް ޔާޒާ ނޭދެއެވެ.

ސައިބުއި ތަށިތަށް ނަގަމުން ދިޔަ ޔާޒާގެ އަތުގައި ދޮންމަންމަ ހިފާ ލިއެވެ. އިތުރު އަނިޔާއަކަށް ހުށިޔާރު ވެގެންހުރި ޔާޒާއަށް ދެން ދޮންމަންމަ ބުނި ބަސް ތަކަކީ އޭނާގެ ކަންފަތް ކުޅެލި ސަމާސާއެއްބާއޭ ހިތަށް އަރިއެވެ. “މިއަދު ގޭގައި މަޑު ކުރާނެ ކަމެއް ނެތް. ބޭރަށް ދޭ.” ޔާޒާގެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުރުމުން ދޮންމަންމަ ބުންޏެވެ. “އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެބަ އާދޭ މިއަދު. އޭނަގެ އާއިލާއާއެކު. އަހަރެން ބޭނުމެއް ނޫން ކަލޭގެ ހުތުރު މޫނު އެމީހުންނަށް ފެނި އެމީހުން ދެން ނާންނަ ވަރު ކުރާ ކަށް. އެހެންވީމަ 12 ޖެހުމުގެ ފަހުން މި ގެއިން ފެނިގެން ނުވާނެ. އެމީހުން އަންނާނެ 12:15 އެހާކަންހާއިރު.” ދޮންމަންމަގެ އަސްލު މަގުސަދު އެނގުމުން ޔާޒާ ބޯޖަހައިލިއެވެ. އަދި ބަދިގެއަށް ތަށިތައް ހިފައިގެން ވަނެވެ.

ތަށި ދޮންނަންހުރި ޔާޒާ އިނީ ޚިޔާލުގެ ތެރެއަށް މުޅިން ގެއްލި ފައެވެ.” ބޮޑުދައިތަ ހުރިނަމަ… ބޮޑުދައިތަ ހުރިނަމަ އަހަންނަށް ލިބެމުން މިދާ އަނިޔާ ތަކުން ސަލާމަތް ވީސް. ލިބޭ އަނިޔާ ތަކުގެ ވޭން ކުޑަވީސް. ލޯބިވާނޭ މީހަކު މި ދުނިޔޭގައި ހުރީސް. އެހެނަސް ދުނިޔެއަކީ ވަގުތީ ތަނެއް. މިތަނުގައި އޮތީ އިމްތިހާން. އެއާ ކުރިމަތި ނުލައިފިނަމަ އެއީ ދިރިހުރުންތަ؟ އަނިޔާ ނުލިބޭ ނަމަ ދިރިހުރިކަމުގެ ހެއްކަކީ ކޮބާ؟” ޔާޒާ އަބަދުވެސް އޭނާ އަމިއްލަ އަމިއްލައަށް ކިޔާ ޖޯކު ކަނޑައިލިއެވެ.” އަނިޔާ ނުލިބޭ ނަމަ ދިރިހުރިކަމުގެ ހެއްކަކީ ކޮބާ؟” މި ސުވާލަކީ މިހާރު ޔާޒާގެ މާޒީގެ ބޮޑު ބަކެވެ. އަދި މުސްތަގުބަލަށް ދަތުރު ކުރުމަށް އޮތް އާރުކާޓީ އެވެ. އެހެން ނޫންނަމަ ޔާޒާ މިހާތަނަށް އައީސްހެއްޔެވެ؟

މާޒީގެ ހިޔާލުތަކުގެ ތެރެއަށް ގެނބިފައިން ޔާޒާއަށް މީހަކު ބަދިގެއަށް ވައިން ކަމުގެ ހިލަން ވުމުން އަވަސް އަވަހަށް ލޯ މައްޗަށް އެއްވެފައި ހުރި ކަރުނަ ތައް ފުހެލިއެވެ. ކަރުނަ އައިސްފައި ހުރިކަން ހުދު އޭނާއަށް ވެސް ވީ ހައިރާން ކުރުވަނިވި ކަމަކަށެވެ. އެނބުރެލާ ބަލައިލި އިރު ޔަނާ ބޭސްފުޅި ދައްކާލަމުން ހިނިތުން ވެލިއެވެ. “ވަރަށް އަޑިން ފެނުނީ. ދައްތައަށް އެނގެއެއްނު ޔަނޫ ނުލާހިކު ބަސް އަހާ ކަން. ޔަނޫ އިސް ނޮޓް މެސީ. ޖަސްޓް އަ ބިޓް އަން އޯރގަނައިޒްޑް.” ޔާޒާ ހެއްވާލުމުގެ ނިޔަތުގައި ޔަނާ ބުނެލި އެވެ. އަދި ބޭސް އުނގުޅައިދިނުމަށް ޔާޒާގެ އަތުގައި ހިފާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. “އޭންޑް ޑަން” ޔަނާ ލަވައެއް ހެން ރާގުލާފަ ކިޔާލަމުން ހީލިއެވެ.

މެންދުރުގެ ކުރިން ގެއިން ނުކުންނާން ބުނެފައިވުމުން ގޭތެރެ ރީތިކޮށް ނިންމާފައި ޔާޒާގެ އެކަހެރި ކޮޓަރިއަށް ދިޔައެވެ. ބޮޑުދައިތަ ވަކި ވުމަށްފަހު ޔާޒާއަށް ގެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދުވަސް ކަމުން އޭނާ ހުރީ ވަރަށް އުފަލުން ނެވެ. ރީތިވެލައިގެން ޔާޒާ ނުކުތް ތަނާ…

 

-ނުނިމޭ-

Comments (6)

  1. vempire girl

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun??

    1. VivaLaGloria
      vempire girl

      Yeah I’m still working on it. Most probably after new year

  2. Anonymous

    I have a question Yana yaaish Yash mee siblings tha… Yaazaa aai Yash akeee hama ekani leyge gulhun huri 2 meehunneh inyma

    1. VivaLaGloria
      Anonymous

      Yeah. Yaazaa and Yash aky ehbafaa dhemeehun. Yash, Yanaa and Yaaish eii ehbandu meehun. E thin meehunnaky Yaazaage dhonmamma ge dharin but Yaaish and Yanaa aky Yaazaage bahpage dharinneh noon. I hope you understand and it’s not confusing anymore 🥹😊

  3. QWEENROSE

    mi episode ves vrh reethi kon irakun next part kiyaalan libeyny

    1. VivaLaGloria
      QWEENROSE

      It’s uploaded now. I hope you’ve found it 😊

Comments are closed.