Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 45 (ފަހުބައި)

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
January 1, 2024 10 Mins Read
45 Comments

“ކައިވެނީގެ ފަހުން އަދި އިނާއާ ދިމާއަށް ރީތިކޮށް ބަލައިވެސްނުލެވޭ.. އަހަންނަށް ކުރިން ނުކުރެވުނު ބައިވަރު ކަންތައް މިއަދު އަހަރެން ބޭނުން ކުރަން.. މި ވޭތުވެދިޔަ ހަތަރު މަސްދުވަސް ތެރޭ ނުދެވުނު ލޯބި މިއަދު އިނާއަށް ދޭން އަހަރެން ބޭނުން..” މިލާންގެ ވާހަތަކާއެކީ، ޔައިނާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. ލަދުން ގޮސް މިލާންގެ މޭގައި މޫނު ފޮރުވައިލެވުމާއެކު، މިލާންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “އަދި ލަދު ގަންނާކަށް ނުވޭނު.. އަހަރެން އަދި ނުވެސް ފަށަން ވިއްޔަ..” މިލާން ދައްކަމުން ދިޔަ ވާހަކައިން ޔައިނާ އިތުރަށް ލަދުގަތުމުން މިލާންގެ ނަމުން ގޮވައިލެވުނެވެ. ލުއި ހުނުމަކާއެކީ، މިލާން ޔައިނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި މުޅި ދުވަސް ހޭދަވެގެން ދިޔަ އިރު، އެތައް ފަހަރަކު ލޯބިވާ ވާހަކަ ދެމީހުން އެކަކު އަނެކަކަށް ބުނެދިނެވެ. އެ ލޮބުވެތި ފިރުމުންތަކުން އެކަކު އަނެކަކުގެ ހިތަށް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނެވެ. ދުވަހަކަުވެސް ވަކިވާން ނޭދޭކަން އެތައް ފަހަރަކު ހާމަކޮށްދިނެވެ. ދިރިއުޅުމުގައި މި ފެށުނު އައު ބާބުގެ ފޮނިމީރުކަން އޭގެ އެންމެ ފުރިހަމައަށް ޙާސިލް ކުރިއެވެ.

**ހަތް އަހަރު ފަސް**

“ޒާ އަދިވެސް ތައްޔާރު ނުވަންތަ..؟” ފާޚާނާއިން ނުކުތް އަފާން ވާހަކަ ދެއްކީ ހަ އަހަރުގެ އަޒާގެ އިސްތަށިގަނޑުގައި ފުނާ އަޅުވަން އިން ޒާރާއާއެވެ. “މަށަށް ތައްޔާރު ވެވޭނީ އަޒް ނިންމާފަ އެއްނު..” އަތްމަތި އަވަސްކުރަމުން، ޒާރާ ބުނެލިއެވެ. “ދަރިޔަކު ލިބި މުސްކުޅިވާ އިރުވެސް ގަޑި ޖެހިގެން ނޫނީ ތަނަކަށް ނުދެވޭ ދޯ..” އިސްތަށިގަނޑުގައި ޖެލް ލަމުން، އަފާން ޒާރާއަށް މަލާމަތް ކޮށްލިއެވެ. އެއާއެކު، ޒާރާ ބަލާކަށް ނުހުރެ އަތުގައި އޮތް ފުނާ، އަފާންއާ ދިމާއަށް އެއްލިއެވެ. އަފާންގެ ހާމަޔަށް އޮތް ބުރަކަށީގައި ފުނާ ޖެހުމާއެކު، އަފާންއަށް ހަޅޭއްލަވައިގަނެވުނެވެ. “އެހެންނޭ ވާނީ މަށާ ދިމާއަށް އެއްޗެހި ކިޔަންޏާ..” ޒާރާ މޫނު ކުނިކޮށްލިއެވެ. “ދެން މަގޭ ލޯބި ޒާ.. އަދި ތިހާ ރުޅި އަންނާކަށް ނުވޭނު..” ޒާރާގެ ކޮލުގައި ހިފައިލަމުން، އަފާން ބުނެލީ ޒާރާގެ ރުޅި މަޑު ކުރާށެވެ. އެހެންނަމަވެސް، އަފާންގެ އަތް ފޮޅުވައިލަމުން، ޒާރާ މޫނު ކުނި ކޮށްލިއެވެ.

“ޒާ ދޭ ރެޑީ ވާން.. އަހަރެން އަޒް ރީތި ކޮށްލާނަން.. އާދޭ ދަރިފުޅޫ.. މިއަދު އަޒް ރީތި ވާނީ ބައްޕިއާ އެކީ ދޯ..؟” އަޒާ އުރާލާފައި، އެ ކުޑަކުޑަ ނޭފަތުގައި ހިފައިލަމުން އަފާން ބުނެލިއެވެ. ވަގުތުން އަޒާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ޔޭ!! ބައްޕިއަކީ އަޒްގެ ފޭވަރިޓް..” އަފާންގެ ކަރުގައި އޮޅުލައިގަންނަމުން އަޒާ ބުނެލި ވާހަކައިން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ރުޅިގަނޑު އިތުރުވީ އަފާން އޭނާއާ ދިމާއަށް ބަލައިލާފައި، ދޫ ނެރެލުމުންނެވެ.

“އަޒްގެ ފޭވަރިޓްއަކީ މަންމިއެއްނު..؟” ވަގުތުން ޒާރާ ގޮސް އަފާންގެ އަތުތެރޭގައި އިން އަޒާގެ އަތުގައި ހިފައިލަމުން އެއްސެވެ. “މަންމި ކުރިން.. މިހާރު ބައްޕި އަޒްގެ ފޭވަރިޓްއަކީ..” ތުއްތު ތުއްތު އަޒާ ބުނެލީ، ލޯބިގޮތަކަށް ހީލަމުންނެވެ. “އެ ކީއްވެތަ ބައްޕިއަށް ޗޭންޖްވީ..؟” ޒާރާ އެހެން އަހައިލި އިރު، އަޒާއަށްވުރެ ޅަހެން ހީވެއެވެ. “އެއީ މަންމި ކޮންމެ ރެޔަކު އަޒްގެ މެޓާފުޅި ފޮރުވީމަ މަންމިއަށް ސިއްރުން ބައްޕި އަޒްއަށް ކޮންމެ ރެޔަކު މެޓާ ދޭތީ..” އަޒާ ހަމަ އެހެން ބުނެލުމާއެކު، ޒާރާގެ ލޮލުން ހީވީ އަލިފާންކަނި ބުރައިގަތް ހެންނެވެ. އަފާންއަށް ހިންދިރުވައިލެވުނީ ޒާރާ އޭނާ ދެކެ ރުޅި އަންނާނެ ވަރު ވިސްނައިލެވުމުންނެވެ. “އަޒް ދޫނީ.. ބައްޕި ބުނީމެއްނު އެއީ ސީކްރެޓްއެކޭ.. މަންމި ކައިރި ނުބުނާށޭ..” ސިއްރުސިއްރުން އަފާން އަޒާގެ ކަންފަތް ދޮށުގައި ބުނެލި ވާހަކަ ޒާރާއަށް އަޑު ނީވި ނުދިޔައެވެ. “އެހެންތަ..؟ މިފަހަރު ރަނގަޅަށް ސީކްރެޓް ކިޔައިދޭނަމޭ..” ކައިރީގައި ހުރި ފިހިގަނޑު އަތަށް ހެޔޮވަރު ކޮށްލަމުން ޒާރާ އަފާންއާ ދިމާއަށް ލޯ އަޅައިލިއެވެ. ވަގުތުން، އަޒާ ތިރީގައި ބަހައްޓާފައި، އަފާން ދުއްވައިގަތެވެ. އަފާންގެ ފަހަތުން ޒާރާވެސް ދުއްވައިގަތެވެ. ދެމީހުން މުޅި ގޭތެރެ ކުޑަ ކުރަމުން ދިޔަ އިރު، ކުޑަކުޑަ ދެކުދީންނެކޭ އެއްވެސް ތަފާތެއް ނެތެވެ. މަންމައާއި ބައްޕަގެ މަޖާ ޢަމަލުތަކަށް ބަލަހައްޓައިގެން އިން ކުޑަކުޑަ އަޒާވެސް އިނީ ހެވިފައެވެ.

އެނދުމަތީގައި އޮތް ޒާރާގެ ފޯނު ރިންގުވާން ފެށުމުން، އަޒާ ފޯނު ނެގިއެވެ. އެ ލޯބިލޯބި އަޑުން ހަލޯއޭ ބުނެލި އިރު، އަޒާގެ ލޯބިކަން ވަނީ އިންތިހާއަށެވެ.

“އަޒް ދަރިފުޅޫ.. ކޮބާ މަންމަ..؟” އެކޮޅުން އަހައިލި އަޑު އިވުނެވެ. “ޔައި ދައްތީ.. މަންމިއާ ބައްޕި މުޅި ގޭތެރޭގަ ދުވަނީ.. މަންމި އެބަ ދުވޭ ފިހިގަނޑު ހިފައިގެން ބައްޕި ފަހަތުން..” އަޒާ އެހެން ބުނެލުމާއެކު، ޔައިނާ ޕިސްތަޅައިލި އަޑު އިވުނެވެ. “އަޒްގެ މަންމިއާ ބައްޕިވެސް ދޯ.. ދޫނީ.. މަންމި ކައިރި ބުނޭ ޔައި ދައްތަމެން އެބަ ތިއްބޭ މިހާރު ލަސްވެފަ.. އަވަހަށް އަންނާށޭ.. އިނގޭ..؟” ޔައިނާ އެހެން ބުނުމުން އަޒާ ލައްބައޭ ބުނެފައި ފޯނު ކަނޑައިލިއެވެ. އެއަށްފަހު، އޭނާގެ ކުދި ފިޔަވަޅުތަކުގައި ސިޓިންރޫމަށް މިސްރާބު ޖެހިއެވެ.

“މަންމީ.. ބައްޕީ.. ހަމަ މިހާރު ސްޓޮޕް!!!” އަފާންގެ އިސްތަށިގަނޑަށް ދަމަމުން ދިޔަ ޒާރާއަށް ބަލައިލެވުނީ، އަޒާގެ އަޑަށެވެ. އަފާންވެސް ހަށިގަނޑު ބެލެންސް ކޮށްލަމުން، އަޒާއާ ދިމާއަށް ބަލައިލިއެވެ.

“މަންމިއާ ބައްޕިއާ ކުޑަކުދިންނަށްވުރެ ބަސްނާހައެއްނު ތި އުޅެނީ.. މިގޭގަ ހުރިހާ ކަމެއް ކުރަން ޖެހެނީ އަޒްއަށް.. މަންމި ދޭ އަވަހަށް ޝޯލް އަޅަން.. ބައްޕި ދޭ ގަމީސް ލާން.. އަޒް އެކަނި ރީތިވާނަން.. މިހާރު އަޒްމެން ލަސްވެގެން ޔައި ދައްތިވެސް ގުޅައިފި..” ވިސްނޭ ބޮޑު މީހެއް ފަދައިން، އަރިކަށީގައި އަތް ވިއްދައިލައިގެން ހުރެ، އެހެން ބުނެފައި އަޒާ ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ޒާރާއާ އަފާން ތިބީ ތިބި ގޮތަށް އަނގަ ހުޅުވިފައެވެ.

“ހަމަ ޒާރާގެ ކޮޕީއެއް.. އެއްވެސް ތަފާތެއް ނެތް.. ބޮޑު އަނގައެކޭ އޮންނަނީ..” އަޒާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ، އަފާން ބުނެލިއެވެ. “އަހަރެންގެ ކޮޕީއެއް ނޫންތަ އަފާން ބޭނުންވީ..” ޒާރާ ބުނެލިއެވެ. އެއާއެކު، ދެމީހުންނަށްވެސް ހެވުނެވެ. އަސްލުގައިވެސް އަޒާ ހީވަނީ ހަމަ ޒާރާގެ ކޮޕީއެއްހެންނެވެ. އެ ފަންފަން އިސްތަށިކޮޅެވެ. ބުމައިގެ ބައްޓަމާއި، ނޭފަތާއި ތުންފަތްވެސް ހީވަނީ ހަމަ ޒާރާ ހެންނެވެ. އެހެންނަމަވެސް، އަޒާގެ ދެލޮލަކީ އަފާންގެ އެ ކަޅުކަން ގަދަ ދެލޮލެވެ. އަޒާ އުޅޭ ގޮތުންވެސް މީހަކަށް ސިފަ ވާނީ ހަމަ ޒާރާއެވެ. އެހާ ހަލަނި ވެފައި، އެހާ އަނގަ ގަދަ ވާނެއެވެ.

“އަހަރެން މި ދަނީ ތައްޔާރު ވާން..” އެހެން ބުނެފައި، ޒާރާ ދާން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވީ، އަފާން ޒާރާގެ އަތުގައި ހިފައި ގެނެސް އޭނާގެ މޭގައި ތަތްކޮށްލުމުންނެވެ. ވަގުތުން ޒާރާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔަ އިރު، އިސްދަށަށް ޖެހި މަންޒަރު އަފާންއަށް ނުހަނު ކަމުދިޔައެވެ.

“ކައިވެންޏަށް ހަތް އަހަރު ވީ އިރުވެސް ޒާގެ ތި ލަދު ނުކެނޑޭ ދޯ..؟” އަފާން އެހެން އަހައިލުމާއެކު، ޒާރާ އަފާންގެ މޭތެރޭގައި މޫނު ފޮރުވައިލިއެވެ. “އަހަރެން ވަރަށް ލޯބިވޭ އިނގޭ ޒާ ދެކެ..” ޒާރާގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން، އަފާން ބުނެލިއެވެ. “އަހަރެންވެސް..” ލަދުން ހުރެވެސް، ޒާރާ ޖަވާބު ދިނެވެ. އެއީ ކޮންމެ ދުވަހަކުވެސް އެދެމީހުންގެ ޙާލަތެވެ. ކުޑަ ކުދިންހެން ތޮޅެތޮޅެފައިވެސް، ލޯބިވާ ވަރު ޢަމަލުންނާއި ބަހުން އެތައް ފަހަރަކު ދައްކުވައިދެއެވެ. ބުނެދެއެވެ. ކައިވެންޏަށް އަހަރެއް ވީތަނާ ލިބުނު ލޯބިލޯބި އަޒާއާ އެކުގައި ހަތް އަހަރު ވޭތުވެގެން ދިޔަ އިރު، އެ ދެމެދުގައިވީ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.

“މަންމީ..!! ބައްޕީ..!! އަވަސް ކުރާށޭ..!!” ދެމީހުންނަށް ދުރުވާން އެނގުނީ، ކޮޓަރިން އަޒާ ގޮވައިލި އަޑު އިވުމުންނެވެ. އެއާއެކު، ޒާރާ ދުވެފައި ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން އަފާން ހުރީ ހެވިފައެވެ. އެ ގޮތްދޫނުކުރާ، ބޯހަރު އަންހެން ކުއްޖާ ދެކެ އޭނާ ހާދަހާ ލޯތްބެއް ވެޔެވެ.

*** ** ***

“އިނާ.. ނިމުނީތަ..؟” ކޮޓަރިއަށް ވަން މިލާން އެއްސެވެ. “އާނ.. މި ނިމުނީ..” ޝޯލްގައި އެންމެ ފަހު ޕިން ޖަހައިލަމުން، ޔައިނާ ބުނެލިއެވެ. އެވަގުތު މިލާން އައިސް، ފަހަތުން ޔައިނާގެ ގައިގައި ބައްދައިލިއެވެ.

“އަހަރެންގެ އަންހެނުން ހާދަ ރީއްޗޭ މިއަދު..” ލޯގަނޑުން ފެންނަން ހުރި ޔައިނާގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުރެ، މިލާން ބުނެލިއެވެ. އެއާއެކު، ޔައިނާގެ މޫނު ރަތްވާން ސިކުންތެއްވެސް ނުނެގިއެވެ. “މިއަދު އެކަނިތަ..؟” މިލާންއާ ވީ ފަރާތަށް އެނބުރިލަމުން، ޔައިނާ އަހައިލިއެވެ. “ނޫނޭ.. މިއަދު އެކަންޏެއް ނޫން.. ކޮންމެ ދުވަހަކުވެސް.. ތިހާ ރީތި އަންހެން ކުއްޖެއް ލާހިކެއް ނޫން އެއްވެސް ތާކުން ހޯދާކަށް..” މިލާންގެ ތައުރީފުގެ ބަސްތަކުން، ޔައިނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. މިލާންގެ މޭމަތީގައި ބޯ އަޅައިލަމުން، ޔައިނާ ދެލޯ މަރައިލިއެވެ.

“މަންމީ.. ބައްޕީ.. އިއްލު ރެޑީ ވެފިން.. ހިނގާބަ ދެން ދާން..” ޔައިނާއަށާ މިލާންއަށް ދުރުވެވުނީ އެދެމަފިރިންގެ ހަ އަހަރުގެ ކުޑަކުޑަ ދަރިފުޅު، ޔައިލްގެ އަޑަށެވެ. “ޔެސް ބޭބީ.. މި ދަނީ އިނގޭ.. އަވަހަށް ގޮސް ބޫޓަށް އަރާ.. ދަރިފުޅު ބޫޓަށް އަރާ ނިމެންވާ އިރަށް މަންމަމެން ދާނަން..” ޔައިނާ ހަމަ އެހެން ބުނުމާއެކު، ޔައިލް ކޮޓަރިން ނުކުތެވެ.

“ކޮބާ އަފާންމެން..؟ ޒާއަށް ގުޅާލަބަ..” މިލާން ބުނެލިއެވެ. “ދެންމެ ގުޅިން.. އަޒް ފޯނު ނެގީ.. ބުނީ މަންމަ އެބަ ދުވެޔޯ ފިހިގަނޑު ހިފައިގެން ބައްޕަ ފަހަތުން..” ޔައިނާ ހަމަ އެހެން ބުނުމާއެކީ މިލާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ދަރިން ލިބި މުސްކުޅިވާ އިރުވެސް އެދެމީހުން ބަދަލެއް ނުވާނެ..” މިލާން އެހެން ބުނުމުން، ޔައިނާ ކައިރިޔަށްވެސް ހިނި އައެވެ.

“މަންމީ.. ބޫޓަށް އަރައިފިން..” ޔައިލް އައިސް ކޮޓަރި ދޮރުމަތީގައި ހުއްޓިފައި ބުނެލިއެވެ. “ބައްޕިގެ ޗޭމްޕް.. ހާދަ މޮޅޭ.. ހިނގާ އަވަހަށް ދާން ދޯ..” ޔައިލްއާ އަތާއަތާ ޖަހައިލަމުން މިލާން ބުނެލިއެވެ. މިލާންއާއި ޔައިލްވެސް ހުދުކުލައިގެ ގަމީހަކާ އެއްކޮށް ނޫކުލައިގެ ޖިންސެއް ލާފައި ހުރުމުން ވަރަށް ވައްތަރު ކަމަށް ދައްކައެވެ. ޔައިލްއަކީ ހަމަ މިލާންއެވެ. ޔައިނާގެ ފަރާތުން ލިބިފައިވާ މުށިކުލައިގެ ކަޅި ފިޔަވާ އެހެން ހުރިހާ ސިފަތަކެއްވެސް ޔައިލްއަށް ވާރުތަ ވެފައިވަނީ މިލާންގެ ފަރާތުންނެވެ.

ތިން މީހުން އެކީ ކޮޓަރިން ނުކުތް އިރު ސޯފާގައި އިން ނީލާ ފެނުމުން، ޔައިލް ދުވެފައި ގޮސް، ނީލާގެ އުނގަށް އެރިއެވެ. “މާމަގެ ހޭންސަމް ޔައިލް.. ކޮންތާކަށް ދާން ތި އުޅެނީ..؟” ޔައިލްގެ ކޮލުގައި ހިފައިލަމުން ނީލާ އެއްސެވެ. “މި އުޅެނީ ލައު ކައިރިޔަށް ހޮސްޕިޓަލަށް ޖައްސާލަން ވެގެން.. ދޯ ދޫނީ..” ޔައިނާ އެހެން ބުނުމާއެކު، ޔައިލް ބޯ ޖަހައިލިއެވެ. “ލައުރާއަށް މަންމަގެ ސަލާމް ބުނެދެއްޗޭ..” ނީލާ އެދުނެވެ. ވަގުތުން ޔައިނާ ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ. “އާދޭ ދަރިފުޅު ދެން ދާން.. ދަނީ އިނގޭ މަންމާ..” ޔައިލްގެ އަތުގައި ހިފައިގެން ޔައިނާ ނުކުތުމާއެކު، ފަހަތުން މިލާންވެސް އައެވެ.

ކާރުގައި ގޮސް މިލާން މަޑުކޮށްލީ އަފާންމެން އުޅޭ ބިލްޑިންގެ ކުރިމަތީގައެވެ. އަފާންއަށް ގުޅައިލުމުން މިހާރު މި ތިރިޔަށް ފައިބަނީ ކަމުގައި ބުންޏެވެ. އިރުކޮޅެއް ނުވެ، އަފާންއާ ޒާރާއާ އަޒާ ގޮވައިގެން ތިރިޔަށް ފޭބިއެވެ. އަޒާއަށް ޔައިލް ފެނުމުން ވަގުތުން ގޮސް ޔައިލްގެ އަތުގައި ހިފައިލިއެވެ. އެހާ ކުޑައިރުވެސް އެދެމެދުގައި އޮންނަނީ އެކުވެރިކަމުގެ ވަރުގަދަ ގުޅުމެކެވެ. ދެކުދިން އެކުގައި ކާރުގެ ފަހަތަށް ސީޓަށް އެރުމުން، އެކުދީންނާ އެކުގައި ޒާރާއާ ޔައިނާވެސް އެރީ ފަހަތަށެވެ. މިލާން ޑްރައިވިން ސީޓުގައި އިން އިރު، އަފާން އިނީ މިލާންއާ ޖެހިގެން ހުރި ސީޓުގައެވެ.

“އަޒް ބުނި މިއަދުވެސް ދެމީހުން ހިފާލައިގެން އުޅުނު ވާހަކަ..” މިލާން ބުނެލީ ހިނިގަނޑު މަތަކުރަމުންނެވެ. “އެއީ ލޯބިންނޭ ދޯ ޒާ..” އަފާން ޒާރާއަށް ދޯ ދިނުމާއެކީ، ޒާރާ ވަގުތުން މޫނު ކޮށްލިއެވެ. “ކޮން ލޯބިންނެއް ކިޔާކަށް.. ދެން އަޒްއަށް ރޭގަނޑު ގަޑީގަ މެޓާ ދިންކަން އެނގިއްޖެއްޔާ އެޔަށްވުރެ ބޮޑު ވަރު ކޮށްލާނަން..” ޒާރާގެ ޖަވާބުން އަފާންއަށް ހިންދިރުވައިލެވުނު އިރު، މިލާންއާ ޔައިނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އަޒާއާއި ޔައިލް ތިބީ އެކުދިންގެ އަމިއްލަ ދުނިޔޭގައެވެ. “އަފާންއާ ޒާއާ މުސްކުޅި ވިޔަސް އުޅޭނީ އެހެން..” ޔައިނާ ބުނެލި ވާހަކައާ އެއްބަސްވުމުގެ ގޮތުން މިލާންވެސް ބޯ ޖަހައިލިއެވެ.

ކާރު ހުއްޓުނީ، ކެއަރލޫޕް ހޮސްޕިޓަލުގެ ކުރިމައްޗަށެވެ. އެންމެން ބާލުވާފައި، މިލާން ގޮސް ކާރު ޕާކް ކޮށްލިއެވެ. ހޮސްޕިޓަލުގެ ތެރެޔަށް ވަނީ އެންމެން އެކީގައެވެ. އެމީހުން ފެނުމާއެކު، ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންހެން ތެދުވެ، ހެނހުނު ތަހުނިޔާ ކިޔައިލަނީ އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އަފާންއަކީ ހޮސްޕިޓަލުގެ ސީއީއޯއަށް ވެފައި، ޒާރާއަކީ މިއަދު ރެޖިސްޓަރޑް ނަރުހެކެވެ. ޔައިނާއަކީ ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ، އަންހެނުންގެ ޚާއްސަ ޑަކުޓަރެކެވެ. މިލާންގެ ކުންފުނިވެސް ބައިންލައަޤުވާމީ ލެވެލްގައި ފުޅާވަމުން ދާ އިރު، ވަރަށް ކާމިޔާބެވެ. އެންމެންވެސް ކުޑައިރު ދެކުނު ހުވަފެންތައް މިއަދު ޙަޤީގަތަކަށް ވެފައިވާ އިރު، އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް ނެތެވެ.

ޔައިނާ ކުރީގައި ހުރެގެން، ގޮސް ހުއްޓުނީ ލައުރާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމްގެ ދޮރު ކައިރީގައެވެ. ދެފަހަރަކު ޓަކި ޖަހައިލުމުން، އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވުނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ވަން އެންމެން ފެނުމާއެކު، ލައުރާގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ.

“ހޭ ލައޫ… ކިހިނެއްތަ..؟ ކޮބާތަ މަގޭ ލޯބިލޯބި ފުށްގަނޑު..؟” ލައުރާގެ ބޮލުގައި ފިރުމައިލަމުން، ޔައިނާ އެއްސެވެ. “ހަމަ ބަރާބަރު އަލްޙަމްދުލިﷲ.. އެ އޮތީނު އެތާ ކުޑަ އެނދުގަ..” ލައުރާ ބުނުމާއެކު، ޔައިނާ މަޑުމަޑުން ހިނގާލާފައި ގޮސް، ކުޑަ އެނދު ކައިރީގައި ހުއްޓުނެވެ. “އަސްތާ.. މި އޮތީ ހޭލައެއްނު.. ނުވެސް ރޮއޭ ދޯ..” އެނދުގައި އޮތް އެންމެ ހަ ދުވަހުގެ ކުޑަ ދަރިފުޅު ނަގަމުން، ޔައިނާ ބުނެލިއެވެ. “ތީ ވަރަށް ބަސްއަހާ ކުއްޖެކޭ.. ދޯ ދަރިފުޅޫ..” ލައުރާ ބުނެލިއެވެ.

ފަހަރަކު މީހަކު އެ ދަރިފުޅު އުރަމުން ދިޔަ އިރު، ކޮންމެ މީހެއްގެ މޫނުމަތިވެސް ވަގުތުން އުޖާލާވެގެން ދަނީ ލައުރާއާއި އަޒާންގެ ތުއްތު ތުއްތު ދަރިފުޅު އޮތްލެއް ލޯބިކަމުންނެވެ. ޔައިލްއާއި އަޒާގެ އަތަށް އެ ކުއްޖާ ލައިދިނުމުން ދެކުދިންވެސް ތިބީ ނުހަނު އުފާވެފައެވެ.

“ކޮބާތަ އަޒާން..؟” އަޒާން ފެންނަން ނެތުމުން އަފާން އެއްސެވެ. “ކާއެއްޗެއް ގެންނާށޭ ކިޔާފަ ބޭރަށް ދިޔައީ.. އަދި ނުވޭ ދިޔަފަހުން ދިހަ މެނެޓުވެސް.. މިހާރު އަންނަން އުޅޭނީ..” ލައުރާ ޖަވާބު ދިނެވެ. އަޒާން އެތެރެޔަށް ވަނީ އެވަގުތެވެ. އެތެރޭގައި ތިބި އެންމެން ފެނުމުން އޭނާއަށްވެސް ހިނިތުންވެވުނެވެ.

“އަދި ކިރިޔާ ދޯ އެންމެންނަށް އެއްކޮށް އާދެވޭ ވަރު ތިވީ..” ގެނައި ކޮތަޅު މޭޒުމަތީ ބަހައްޓައިލަމުން، އަޒާން ބުނެލިއެވެ. “ޑިސްޗާޖް ކުރުމުގެ ކުރިން މި އައީނު.. ކޮންގްރޭޓްސް އަޒާން އެންޑް ލައުރާއަށް އަނެއްކާވެސް..” މިލާން ބުނެލީ ހިނިތުންވަމުންނެވެ. “ތެންކިޔު ގައިސް.. ވަރަށް އުފާވެއްޖެ އެންމެން އެއްކޮށް އައީމަ..” ލައުރާގެ ކައިރީގައި އިށީންނަމުން އަޒާން ބުނެލިއެވެ. “ބޭބީ ވައްތަރީ ހަމަ އަޒާންއާ ދޯ.. އެއްވެސް ތަފާތެއް ނެތް..” ޔައިނާ އެހެން ބުނެލުމުން އަޒާންއާ ލައުރާވެސް ހިނިތުންވެލާފައި، އާއެކޭ ބުންޏެވެ.

“ކުޑޭ!!!” ކުއްލިއަކަށް އަޒާ އައިސް އަޒާންގެ އުނގަށް އެރިއެވެ. “އަނހަ މިއޮށް އައީނު ކުޑޭގެ ޕްރިންސެސް.. ކިހިނެއްތަ ދޫނި..؟” އަޒާގެ ކޮލުގައި ހިފައިލަމުން އަޒާން އެއްސެވެ. އަޒާ އަޒާންއަށް ފޯރި ހުންނަނީ މާ ވަރަކަށެވެ. އަޒާންވެސް އަޒާ ދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ދެކެ ވާހާ ބޮޑަށެވެ. “އަޒް ހަމަ ބަރާބަރު.. ކުޑޭގެ ބޭބީ ވަރަށް ލޯބި.. އަޒް ބޭނުމީ ހަމަ މޮޑެލަން..” އަޒާގެ ވާހަކައިން އަޒާން ކައިރިޔަށް ހިނިއައެވެ. “ކުޑޭ ދައްތާ.. ބޭބީ ނުކުތީމަ މިހާރު ކުޑޭދައްތަގެ ބަނޑު ވަރަށް ކުޑަވެއްޖެ ދޯ..” އަޒާ ދެން ބުނެލި ވާހަކައިން އެތާ ތިބި އެންމެ ކައިރިޔަށްވެސް ހިނި އައެވެ. “ޔެސް ބޭބީ.. މިހާރު ކުޑަވެއްޖެ ދޯ..” ހިތްހެޔޮކަމާއެކީ ހިނިތުންވެލަމުން، ލައުރާ އަޒާގެ ކޮލުގައި ހިފައިލިއެވެ. “ހަމަ ޒާގެ އަނގަ ދޯ..” ހިނި އައިސްފައި އިނދެ ލައުރާ ބުނެލި ވާހަކައިން ފޯރި އެރީ އަފާންއަށެވެ. “އެހެންނެއްނު މި ކިޔަނީ.. ތަފާތެއްވެސް ނެތޭ..” އަފާންގެ ވާހަކައިން ޒާރާ މޫނު ކުނިކޮށްލި އިރު، އެހެން އެންމެންގެ ގާތަށް އައީ ހިންޏެވެ.

“އަޒާންބެގެ ޔައިލް ކޮބާތަ މިއަދު.. ނުވެސް ފެނޭ..” އަޒާން ހަމަ އެހެން ބުނުމާއެކީ، ޔައިލް އައިސް އަޒާންގެ ކައިރީގައި ހުއްޓުނެވެ. “މި ހުރީއޯ..” ނިކަން ލޯބިކޮށް ހިނިތުންވަމުން، ޔައިލް ބުނެލި ގޮތުން އަޒާންގެ ހިތް ލޯބިން ފުރިގެން އައެވެ. “އިއްލުއާ އަޒްއާ ދާންވާނެ ދޯ މިއަދު އަޒާންބެއާ އެކީ އައިސްކޯން ބޯން..” އަޒާން ހަމަ އެހެން ބުނުމާއެކީ، އެ ދެކުދިން އުފާވެގެން ފުންމަން ފެށިއެވެ.

“ސާބަހޭ އަޒާން.. އަޒާން ހުންނާތި އެކުދިން ސްޕޮއިލް ކުރަން..” ހިނިއައިސްފައި ހުރެ، ޒާރާ ބުނެލިއެވެ. “ދެން އެއީ މަގޭ ވާޖިބެކޭ.. ކިހާ ލޯބިތަ އެކުދިން..” އަތުގުޅުވާލައިގެން ތިބެ އެތަނުން ނުކުމެވެން ހުރި ކުޑަ ބެލްކަންޏާށް ނުކުތް އަޒާއަށާއި ޔައިލްއަށް ބަލަހައްޓައިގެން އިނދެ އަޒާން ބުނެލިއެވެ.

“ކިޔާނެ ނަމެއް ނިންމައިފިންތަ މިހާރު..؟ މާދަމާ ޖެހޭނެ އެއްނު ނަން ކިޔަން..” މިލާން އެއްސެވެ. “އާނ.. ޒައުލް.. ޒައުލް އަޒާން އަކްމަލް..” އަޒާން ބުނި ނަން އެންމެންނަށްވެސް ވަރަށް ރީތިވިއެވެ. ދެން ދެކެވުނީ ނަން ކިޔާ ދުވަހު ކައްކާ ވާހަކައެވެ.

“ބައްޕީ…” ދުވެފައި އައި ޔައިލް މިލާންގެ އަތުގައި ހިފައިލުމުން އެންމެންގެ ސަމާލުކަން ޔައިލްއަށް ހުއްޓުނެވެ. “ލައްބަ ބައްޕަގެ ހޭންސަމް..” މިލާން ބުނެލިއެވެ. “އިއްލު ބޭނުމީ ބޮޑުވެގެން އަޒްއާ މެރީ ކުރަން..” ޔައިލް ބުނެލި ވާހަކައިން އެތަނުގައި ތިބި އެންމެންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. “އެހެންތަ..؟ އެއީ ކީއްވެ..؟” ޔައިނާ އަހައިލިއެވެ. “އެއީ އަޒް ވަރަށް ވަރަށް ވަރަށް ޕްރިޓީ.. އަދި ވަރަށް ކައިންޑް.. އެހެންވެ..” ޔައިލް އެހެން ބުނެލުމުން ކައިރީގައި ހުރި އަޒާވެސް އަނގަމަތީގައި އަތް އަޅައިލަމުން ހޭންފެށީ، ރަކިވެފައި ހުރެއެވެ.

“ދަރިފުޅޫ.. އިހަށް އަފާންބެ ކައިރި އަހާބަ އަޒް ދީފާނަންތޯ ދަރިފުޅަށް.. އަފާންބެ ހުއްދަ ދިނީމަ އެއްނު އަޒް ގެންދެވޭނީ..” މިލާން ހަމަ އެހެން ބުނުމާއެކު، ޔައިލް އަފާންއާ ވީ ދިމާޢަށް އެނބުރުނެވެ. “އަފާންބޭ.. އޯކޭތަ އިއްލު އަޒް ގެންދިޔަޔަސް..؟ އައި ޕްރޮމިޒް އައި ވިލް ޓޭކް ރިއަލީ ގުޑް ކެއަރ އޮފް ހަރ..” ޔައިލް އޭނާގެ މައުސޫމު ޅަ އަޑުން ބުނެލިއެވެ. “އަވަހަށް ގެންދޭ.. ދީފަ އެހުރީ އިއްލުއަށް..” އަފާން ހަމަ އެހެން ބުނުމާއެކު، ޔައިލްއާއި އަޒާ އަތުގުޅާލައިގެން ފުމެން ފެށިއެވެ. އެ ދެކުދިންގެ ލޯބިވެތި ޙަރަކާތްތަކަށް ބަލަން ތިބި އެންމެންގެ ހިތްތައްވެސް ދިޔައީ ލޯބިން ފުރި ބަންޑުންވަމުންނެވެ.

“އަފޭ.. ރަނގަޅު ކަމެއްނު މީ ކުރަން..” ޔައިލްއާއި އަޒާއަށް އިޝާރާތް ކޮށްލަމުން، މިލާން ބުނެލިއެވެ. “އަސްލުވެސް ދޯ.. އަހަރެމެންގެ ލެގަސީ ވިއްޔަ ދެމެހެއްޓޭނީ އޭރުން..” އަފާން އެހެން ބުނުމާއެކު، އަނެއްކާވެސް އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެގޮތުގައި އެތައް އިރަކު ވާހަކަ ދެއްކުމުގައި ހަ މީހުން ތިއްބެވެ.

އޭގެ ގަޑިއެއްހާ އިރު ފަހުން އެންމެން ދިޔުމުން އަޒާން ދޮރު ލައްޕާލާފައި އައިސް ލައުރާގެ ކައިރީގައި އިށީނެވެ. ލައުރާގެ އަތުތެރޭގައި އޮތް އެދެމީހުންގެ ލޯބީގެ ނިޝާނަސް ލޯބިން ފުރިގެންވީ ނަޒަރެއް ދިނުމަށްފަހު، އަޒާން ލައުރާގެ ނިތުގައި ބޮސްދިނެވެ. “ލާރާ އަހަންނަށް ތި ދިނީ މި ދުނިޔެމަތީގަ ފިރިހެނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް.. އަހަރެން މިއަދު ބައްޕައަކަށް ވެއްޖެ.. ތެންކިޔު ސޯ މަޗް ލާރާ.. އަހަންނަށް އެނގޭ މިކަމާ ޑީލް ކުރަން ވަރަށް އުނދަގޫވިކަން.. ބަޓް ތެންކިއު ސޯ މަޗް ފޯރ ސްޓޭއިން ސޯ ސްޓްރޯންގް.. އައި ލަވް ޔޫ ލާރާ.. އަހަރެން ވަރަށް ވަރަށް ލޯބިވޭ ލާރާ ދެކެ..” އަޒާން ބުނެލިއެވެ.

“އަޒާން ނެތް ނަމަ އަހަންނަށް މިއިން އެއްވެސް ކަމަކާ ޑީލް ކުރާނެ ހިތްވަރު ނުލިބުނީސް.. އައި ލަވް ޔޫ މޯރ އަޒާން.. ތީ ހަމަ އަހަރެންގެ ނަސީބު.. ތިކަހަލަ ފިރިއެއް ލިބޭނީ ވަރަށް މަދު ނަސީބުވެރިޔަކަށް..” އަޒާންގެ މޭގައި ބޯ ޖައްސައިލަމުން، ލައުރާ ބުނެލީ، އެފަދަ ރަނގަޅު ފިރިއެއް އޭނާއަށް ދެއްވީތީ މާތްﷲއަށް ޝުކުރު ކުރާ ޙާލުގައެވެ. ދެމަފިރިންވެސް އެދެމީހުންގެ އަލަތު ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން ތިބި އިރު، އެ ނިޢުމަތް ދެއްވީތީ އެތައް ފަހަރަކު ﷲއަށް ޙަމްދު ކުރަމުން ދިޔައެވެ. މުޅި ދިރިއުޅުން އެކީ ފުރިހަމަވެފައިވާ ކަމުގެ އިޙުސާސް ލައުރާއަށާ އަޒާންއަށް ކުރެވެމުން ދިޔައެވެ.

*** ** ***

ޔައިނާ ފާޚާނާއިން ނުކުތް އިރު، މިލާން އިނީ ޔައިލްއާއެކީ ޔައިލްގެ ކުޅޭ އެއްޗެހިތައް ނަގައިގެންނެވެ. އެ މަންޒަރު ފެނުމުން އިޚްތިޔާރަކައި ނުލައި ޔައިނާއަށް ހިނިތުންވެވުނެވެ. މިލާންހާ ރަނގަޅު ފިރިއެއްވެސް، އަދި ބައްޕައެއްވެސް މުޅި ދުނިޔެ އަތްފުނާ އަޅައިގެން ހޯދައި ބެލިޔަސް، ނުލިބޭނެކަން ކަށަވަރެވެ.

“މިލާން.. އަހަރެން އެބަ އޮތް ވާހަކައެއް ބުނަންވެފަ..” މިލާންގެ ކައިރީގައި އެނދުގައި އިށީންނަމުން، ޔައިނާ ބުނެލިއެވެ. “ބުނެބަ..” ޔައިނާއަށް ހިނިތުންވުމެއް ދެމުން މިލާން ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ، ޔައިނާ އޭނާގެ އަތުގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ދައްކައިލިއެވެ. ވަގުތުން މިލާންދެ ދެލޯ އުފަލުން ވިދައިގަން އިރު، އެނދުން ފައިބާފައި، ޔައިނާ ގެނެސް އެ އަތުތެރޭގައި ހައްޔަރު ކޮށްލިއެވެ. “އަހަންނަށް މި ފެނުނީ ރަނގަޅަށްތަ..؟” މިލާން އަހައިލުމާއެކު، ޔައިނާ ބޯ ޖަހައިލިއެވެ. “ޔެސް މިލާން.. އައިމް ޕްރެގްނެންޓް އެގެއިން..” ޔައިނާ އެހެން ބުނުމާއެކު، މިލާން އޭނާގެ އަތްދަނޑި މައްޗަށް ޔައިނާ ނަގާފައި ކޮޓަރިތެރޭގައި އެނބުރިލިއެވެ. މަންމައާއި ބައްޕަގެ ލޯބިވެތި ޙަރާތްތަކަށް ބަލަން އިން ކުޑަކުޑަ ޔައިލްގެ ހިތްވެސް ދިޔައީ އުފަލުން ފުރެމުންނެވެ.

“ތެންކްޔޫ ސޯ މަޗް ޔައީ.. ޔައި އަނެއްކާވެސް އަހަންނަށް ހަމަ އެ އުފާ ޑަބަލްކޮށް ދޭން ތި އުޅެނީ.. އަހަރެން ކިހިނެއް ޔައިއަށް ޝުކުރު އަދާކުރާނީ.. އައި ލަވް ޔޫ ސޯ މަޗް ޔައީ.. ސޯ ސޯ ސޯ މަޗްޗްޗް!!” އެހެން ބުނެފައި، މިލާން ޔައިނާ ބަހައްޓައިލިއެވެ. ދެއަތުން ޔައިނާގެ މޫނުގައި ހިފަހައްޓާފައި، އެ މޫނުގެ އެތައް މިތަނަށް، އެތައް ފަހަރަކު ބޮސްދިނެވެ. “އައި ލަވް ޔޫ މޯރ މިލާން..” މިލާންގެ މޭގެތެރޭގައި ބޮނޑިވެލަމުން ޔައިނާ ބުނެލިއެވެ.

“މަންމީ.. ބައްޕީ.. ކިހިނެއްވީ..؟” ޔައިލްވެސް ވެގެން އުޅޭ ގޮތެއް އެނގެން ބޭނުންވެއްޖެއެވެ. “ދަރިފުޅާ.. ދަރިފުޅަށް ކޮއްކޮއެއް ލިބެން އުޅެނީ..” ޔައިލް އުރައިލަމުން، މިލާން ބުނެލިއެވެ. “ޔޭ!!! އިއްލުއަށް ކޮއްކޮއެއް ލިބެނީ!!!” މިލާންގެ އަތުތެރެއިން ފައިބާފައި، މުޅި ކޮޓަރިތެރޭގައި ޔައިލް ދުވަމުން ދިޔަ މަންޒަރު ބަލަން ޔައިނާއާ މިލާން ތިބީ ހެވިފައެވެ. “ބައްޕީ ކޮބާތަ ކޮއްކޮ..؟” އިރުކޮޅަކަށްފަހު، ޔައިލް އަހައިލިއެވެ. “ކޮއްކޮ ފެންނާނީ އަދި މީގެ ނައިން މަންތްސް ފަހުން.. މިހާރު ކޮއްކޮ އޮތީ މަންމިގެ ބަނޑުގަ..” ޔައިނާގެ ބަނޑުގައި އަތް ޖައްސައިލަމުން، މިލާން ބުނެލިއެވެ. އެއާއެކު ޔައިލް އައިގޮތަށް އައިސް، ޔައިނާގެ ގައިގައި އޮޅުލައިގަނެފައި، އެ ބަނޑުގައި މޫނު ޖައްސައިލިއެވެ. “އޭގެ މާނައަކީ މަންމިގެ ބަނޑުވެސް ލައުރާ ދައްތިގެ ބަނޑު ގޮތަށް ވަރަށް ބޮޑު ވާނެއޭތަ..؟” ޔައިލްގެ ސުވާލުން މިލާންއާއި ޔައިނާއަށްވެސް ހެވުނެވެ. “ޔެސް ބޭބީ.. ދެން މަންމިގެ ބަނޑުވެސް އެގޮތަށް ބޮޑުވާނީ..” ޔައިލް ނޭފަތުގައި މަޑުމަޑުން ހިފައިލަމުން، ޔައިނާ ބުނެލިއެވެ.

ޔައިލް ޔައިނާގެ ބަނޑުގައި ކަންފަތް ޖައްސައިގެން ހުރެ، އެއްވެސް އަޑެއް އިވޭތޯ ބަލަމުން ދިޔަ ވަގުތު މިލާން، ޔައިނާއާއި ޔައިލް އެކުގައި އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. “ތެންކިޔު އިނާ… އަހަރެން ވަރަށް ވަރަށް ލޯބިވޭ އިނާ ދެކެ.. އިރާދަ ކުރެއްވިއްޔާ މުޅި އުމުރުގަވެސް އިނާ އުފަލުގަ ގެންގުޅޭނަން.. ދުވަހަކުވެސް ތި ނޫން ލޯތްބެއް ހޯދާކަށް ނޭދެން..” ޔައިނާގެ ކަންފަތް ދޮށުގައި މިލާން ބުނެލީ ސިއްރެއް ފަދައިންނެވެ. ވަގުތުން ޔައިނާގެ ގައިން ހީބިހި ނަގައިގެން ދިޔަ އިރު، އިތުރަށް މިލާންއާ ކައިރިވެވުނެވެ. “އަހަރެންވެސް.. ވަރަށް ލޯބިވޭ މިލާން ދެކެ.. ދުވަހަކުވެސް ތި ނޫން ލޯތްބެއް ހޯދާކަށެ ނޭދެން..” މިލާންގެ މޭމަތީގައި ބޯ އަޅައިލަމުން، ޔައިނާ ބުނެލީ، މި އުފާވެރި ދުވަސް އޭނާއަށް ދެއްކެވީތީ، މާތްﷲއަށް ޙަމްދު ކުރާ ޙާލުގައެވެ. މާޒީގައި ކުރިމަތިލާން ޖެހުނު އެތައް އަޑިގުޑަންތަކަކަށް ފަހު، މިއަދު ދުނިޔޭގައި ވާހާ ހުރިހާ އުފަލެއް އޭނާއަށް ލިބިއްޖެ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. މި ކުޑަކުޑަ ޢާއިލާ އަބަދުވެސް މިހާ އުފާވެރިކަމާ އެކުގައި ލަހައްޓަވާތޯ މާތްﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން، މިލާންއާއި ޔައިނާގެ ލޯބީގެ ވާހަކަ މިހާ ހިސާބުން ކުރުކޮށްލާނަމެވެ.

ނިމުނީ

*** ** ***

ލިޔުންތެރިޔާގެ ބަސް: އަނެއްކާވެސް އެހެން ވާހަކައެއް ކާމިޔާބުކަމާއެކީ ނިންމައިލުމުގެ ނަސީބު ދެއްވީތީ މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަން.. މި ވާހަކަ ފެށިގެން، ނިމެން ދެން ވާހަކަ ކިޔުއްވާ، ލައިކް ދެއްވި، އަދި ކޮމެންޓް ކުރެއްވި ހުރިހާ ކިޔުންތެރީނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.. ތެދުތެދަށް ދަންނަވާ ނަމަ، މި ވާހަކަ ލިޔަން ފަށާފައި، ވަކި ހިސާބަކަށް ލިޔެވުނުތަނާ ވާހަކަ އެއްކޮށް މެދުކަނޑައިލަންވެސް ހިތަށް އެރި.. އެހެންނަމަވެސް، ތިޔަ ލޮބުވެތި ކިޔުންތެރީން ދެއްވަމުން އައި ހިތްވަރުން، އަޅުގަނޑުގެ ހިތްވަރު އާލާވި.. މި ވާހަކައިގެ މެދުތެރެޔަށް އައި އިރު އެއްކޮށް ވާހަކަ ނިންމޭނެކަމާއި މެދުގައި އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދުނު.. އެހެންނަމަވެސް އަލްޙަމްދުލިﷲ، ހިތުގެ ޝަކުވާއެކޭ އެއްފަދައިން މި ވާހަކަވެސް ކާމިޔާބު ކަމާއެކީ ނިންމައިލެވިއްޖެ.. އުންމީދު ކުރަނީ މި ވާހަކައަކީ ހިތުގެ ޝަކުވާއަށް ވުރެވެސް ފުރިހަމަ ވާހަކައަކަށް ވެގެން ދިޔަ ކަމަށް.. ކިޔުންތެރީން ކިޔާ ހިތުން ކީ ވާހަކައަކަށް މި ވާހަކަ ވެގެން ދިޔަ ކަމަށް އުންމީދު ކުރަން.. މިހާ ހިސާބުން އަޅުގަނޑުގެ ގަލަމުގެ ދެލި ހުސްވީކަމަށް ނުނިންމަވާތި.. ﷲގެ އިރާދަފުޅުން އަޅުގަނޑުގެ އޯލެވެލް އިމްތިޙާނު ނިމުމަށްފަހު، މި ފެށޭ އައު އަހަރުގެ ޖޫން މަހުގެ ފަހުކޮޅު، މުޅީން އައު ވާހަކައަކާ އެކީ ތިޔަ ލޮބުވެތި ކިޔުންތެރީންނާ އަޅުގަނޑު ބައްދަލު ކޮށްލާނަން.. ނަމަވެސް މިވަގުތަށް އަޅުގަނޑު ތިޔަ ލޮބުވެތި ކިޔުންތެރީންނާ މި ވަކިވަނީ ކިޔުންތެރީން ހިތްހަމަޖެހޭ ފަދަ، ރީތި ވާހަކައެއް ގެނެސްދެވިއްޖެ ކަމަށް އުންމީދު ކުރަމުން.. މި ވަކިވުމަކީ ދާއިމީ ވަކިވުމެއް ނޫން.. އިންޝާﷲ އަދި އަޅުގަނޑުގެ ވާހަކައެއް މި ސައިޓުން ކިޔާލަން ލިބޭނެ.. ވަރަށް އަވަހަށް އެހެން ވާހަކައަކުން ބައްދަލު ވުމުގެ އުންމީދުގައި ވަކިވެލަން..

♡♡♡

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯބިވެވުނީ 11

Next

ގަނޑުވަރުގެ ސިއްރު 6

Next
January 2, 2024

ގަނޑުވަރުގެ ސިއްރު 6

Previews
January 1, 2024

ލޯބިވެވުނީ 11

45 Comments!

  1. vempire girl says:
    January 1, 2024 at 12:42 am

    Alhey vaahaka nimuny dhw.so, sad 😭😭. Maasha Allah mi part vx varah varah reethi 🤗 dhn june mahu dhw anehkaa vx nayaa ge mikahala reethi vaahaka eh kiyaalan libeyny 😭. Ekm vx alhugandu inthizaaru kuraanan. Nayaa thee hama alhugandu ge emme favourite writer and mee 2023 ga mi site in kee emme reethi vaahaka. Mee dhogehnoon hama thedheh 😉. Adhives eh faharu bunelan. Mi vaahaka varah varah reethi. Nayaage aa vaahaka akah inthizaaru kuran and you are my favourite writer.

    ! HAPPY NEW YEAR !
    💞💞💞 LYSM 💞💞💞

    1. Nayaa Nayaa says:
      January 1, 2024 at 9:32 am

      yessss.. vhk vs nimunyyy… thank youuu dearrr <333
      yeahhh dhen june ga.. hehe..
      aww alheyyyy thats soooo sweeet darling.. hama vrh vrh ufaa vejje.. tysm <333
      awwww once again thanks a lotttt!!! hama vh vrh ufaa vejje mi comment kiyaalaafa
      happy near ear to u too my dear <333
      love you more <333

  2. Reader says:
    January 1, 2024 at 12:53 am

    OMG NAYAA THIS IS SO NICE. hama speechless! Azaa and yail are the cutest hama 🥺. Dhen liyaa story ga azaa and yail ge love story liyeba. Kihaa reethi vaane eyrahh. Ma Sha Allah. Vrh vrh reethi mi story. Tbh hithuga shakuvaa ah vure vs maa reethi. Ekm dhn liyaa story mi ah vure vs reethi vaane kamah unmeedhu kurann. Thank you for writing such a lovely story❣️. Hope we’ll get to read another story of you pretty soon. Love you Naya 🤍

    1. Nayaa Nayaa says:
      January 1, 2024 at 9:41 am

      awww thank you sooo muchhh Reader <333
      well, to be honest thy alhugandu dhen plan ves kohfa oiy goiy.. haha.. aza and yail main characters ge gothuga mi story ge season 2 eh different name akaa ekee gennan..
      ahahaha thankiu thanku darla.. insha allah next story adhi miyah vureves reethi vaane
      awww ur welcome <333
      love more dear <3333

  3. Cute girl says:
    January 1, 2024 at 1:07 am

    Happy new year
    Mi part vx v Reethi masha allah
    Lysm
    Nayaa ge ithuru vaahaka akah intizaaru kuran

    1. Nayaa Nayaa says:
      January 1, 2024 at 9:44 am

      happy new year to u too <333
      shukuriyyaa cute girl <3
      lym <3
      ehen vaahaka eh june mahuge medhuthereyga kiyaalan libeyne insha allah

  4. Reem says:
    January 1, 2024 at 3:19 am

    Masha Allah, The whole story was just hama perfect. Foohi kameh nethi varah intrest aa ehkoh mulhi story ehkoh kiyaa levunu. Thanyou so much nayaa darling mihaa intrest aa ehkoh story genes dhineethee. Unmeedhu kuran Nayaa ge new story eh fenigen dhaane kamah. Will wait for that. Best of luck your hard works darling. My dua is always with you Insha Allah. Lots of love ❤️

    1. Nayaa Nayaa says:
      January 1, 2024 at 9:47 am

      awwww thank youuuu soo muchhh Reem darlinggg <333
      ahaha wlecome dear
      yesss insha'allah june mahu nayaa ge ehen story eh kiyaalan libeyne
      thank youuu <333
      insha'allah dua kohdheyne kudhin thibiyyaa my results hama vrh rangalhu vaane.. hehe once again thank you <333
      much luvs <333

  5. Kokki💖 says:
    January 1, 2024 at 4:07 am

    Finally..nimuny dhww….. masha allah v reethi mi vhk…well done naayaa❤️

    1. Nayaa Nayaa says:
      January 1, 2024 at 9:49 am

      shukuriyyaa kokki <333
      ahaha yeahhh finnaly nimuny mi story ves

  6. Kim taehyung(v) says:
    January 1, 2024 at 6:45 am

    wooow hama speechless vrh vrh reethi mi episode and vhk. and yhhh nayaa dhn liyaa vhk eh liyaaru hoadhan neydhen loaiybeh thiya noon season 2 eh liyeba azaa, yail and zaullaigen eyrun vrh rethi vananr once again this story was very very nice
    HAPPY NEW YEAR 2024
    WISH U ALL TH BEST FOR UR O LEVEL EXAMS

  7. Lily says:
    January 1, 2024 at 6:48 am

    Masha Allah.. Shauguveri kamaaeku kiyaalevunu vrh vrh reeethi vahka eh.. Keep it up dearr.. I have no idea what to say.. And it’s like there is nothing to improve your writing skill… Literally the whole story is amazing!! The way u describe each scene makes the story more interesting and beautiful.. You are soo talented.. Masha Allah.. vrh misss vaane inge.. Unmeedhu kuran kuriyah oehthanuga nayaa ge ithuru vahak eh kiyaalan libeyne kamah.. Ekm gina kudhin olevel ah break eh nagaafa fahun habareh ves nuvaane.. Siss ehen nahadhaane kamah unmydhu kuran.. U aky bunaa bahuga hama vrh vrh ithubaaru hunna liyuntherieh.. June ah vrhh inthizaaru eba kurevey.. And yessss alhugandu ves vrh beynun Yail n Azaa ge love story kiyaalan.. Btw gooodd luck with your exams <33

    1. Nayaa Nayaa says:
      January 1, 2024 at 9:55 am

      awww mioh loabi comment eh masha allah
      alheyyyy thank you sooo muchhh darlx.. hama bunaane ehcheh ves neynge.. mi comment kiyaalaafa im on cloud 9 hama… ehaaves ufaa vejje hehe..
      nayaa ves vrh miss vaane Lily mathin ves adhi ehen hurihaa readers mathin ves..
      gina kudhin olevel ah break eh nagaafa dhen habareh nuviyas nayaa ehenneh nuhadhaanan insha allah.. nayaa kuraanamey bunefi kameh kuraanan insha allah..
      june ah nayaa ah ves eba vrh inthizaaru kurevey.. dhen liya hama jehifa oiy story ge trailer ves liyefin mihaaruves haha.. vhk liyuun dhuru vaan vrh undhagoo. ekm i have to do it for the sake of my studies
      yail and azaa ge love story dhen anna story egga liyan ninmaafa mi othy mihaaru.. ahaha
      thank youuuu <33333
      much loves Lily dhoony <333

  8. Maash says:
    January 1, 2024 at 7:37 am

    Hiii naayaa, I’m pretty sure you won’t remember me cause I dont even remember in which names I commented to you stories lol😭 I always loved your stories and now mi site in kiyaa hama ekani vhk akey mi vhk ey bunyas dhogakah muvaane.. I do read this story gavaidhun but don’t comment cause it’s really busy with my college exams and assignments.. And because I did my O level not so long ago I know how hard it must be balancing extras, homeworks, exams and this story… I also started writing a story but I couldn’t upload it cause of the stress. I’m very proud of you for not giving up tho even if you don’t know me🙃. Not gonna lie this story is sooo gooooooddd I love it so much, I wish season 2 eh innaane nama ey, you know milaan men ge legacy yail and azaa continue kuran lol😭. And I wanna say keep up the hard work.. Focus on your extras and O level.. Best of luck from me for your exams and hopping to see a great story like this from you in the future😊
    Take care darlll❤
    HAPPY NEW YEAR🎇🎉

    1. Nayaa Nayaa says:
      January 1, 2024 at 10:02 am

      heyyyy Maash… ahahah e ok vaane
      aww thats sooo sweet dear
      oohh yeah its fine i understand hama.. regular koh comment nukuriyas baraabarah story kiyaalaafa adhi last part ah mihaa dhigu comment eh kohleema ves hama vrh ufaa vejje <333
      yeahhhh its vrh hard asluga.. mi site ah vhk liyan alhugandu enme furathama feshee grd 7 ga or 8 ga ey alhugandu handhaan vany.. eyru mikan kury vaguthu gina vaathy foohi filuvailan vegen.. but grd 9 ah ai fahun jehuny mikan kuran vaguthu hoadhan.. as time went on i realised this isnt just a hobby for me.. so i cant just quit whenever i wanted to.. cs baivaru baivaru readers are waiting for my story dhw.. so vaahaka liyumuge journey ga mihaa hisaabah aadhevunu iru vrh gina kanthah thah badhalu vejje..
      awww alhey.. its fine i understand hama stress ge sababun ehen ves vaane.. nayaa ve svrh vrh hivvarun story quit nukoh mi ninmaalevuny
      alheyyyy thank youuuu again dearrr <333
      ahahah season 2 eh dhw gina readers beynun vegen mi ulheny.. insha allah season 2 eh innaane.. ahaha yeah milaan menge legacy continue kuran jeheyne ennu dhw yail and azaan ah.. hehe
      yesss insha allah i will give my best and achieve vrh rangalhu result eh olevel ga
      insha allah adhi fennaane miyah vure ves maa reethi vaahaka eh
      u too take care <333
      happy new year to u too <333
      much luvs from me <33333

  9. Cute girl says:
    January 1, 2024 at 7:41 am

    This story is v interesting
    Will wait for new story
    Good luck for exams work hard

    1. Nayaa Nayaa says:
      January 1, 2024 at 10:04 am

      thank you Cute girl <333
      Insha allah june mahu kiyaalan libeyne
      thanksssss <333

  10. imko 💕💕 says:
    January 1, 2024 at 8:42 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran Nayaa ge aa vaahakae libeeney kama
    I miss you so much
    All the best for your olevel
    Happy new year 🎊🎊

  11. Nayaa Nayaa says:
    January 1, 2024 at 10:09 am

    ގިނަ ކިޔުންތެރީންގެ އެދުމުގެ މަތިން އަޅުގަނޑު މިހާރި ނިންމާފައި ވާނީ، އަޅުގަނޑު ދެން ލިޔާ ވާހަކައިގެ ގޮތުގައި، މި ވާހަކައިގެ ސީޒަން 2 ގެނެސްދިނުމަށް.. އެހެނަސް، ވާހަކައިގެ ނަމަށް ބަދަލު އަންނާނެ.. އިންޝާﷲ، “ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން” ގެ ސީޒަން 2 އާ އެކީ ޖޫން މަހު އަޅުގަނޑު ކިޔުންތެރީންނާ ބައްދަލު ކޮށްލާނަން..

  12. Cute girl says:
    January 1, 2024 at 11:33 am

    Thanks
    Can’t wait for season2

  13. ReeshA CoronA says:
    January 1, 2024 at 12:17 pm

    YAAAAAA RAHBEEEEEEEEE
    MIOH NIMUNEEEEE😲😲😲😲
    NUVES ENGI HUTTAAAAA
    KALOOOOO AFAAN AA ZARA GE DHARIFULHU KALOOO🔥🔥🤣🤣🤣BODU ANGAEH. YAGEENEY EII MANJE GE DHARI KAN..
    KOYAA KON KAHALA BAEH THA MEEEE. DHSRIN KURI MATHY VES ROMANCE 🙈🙈🙈🙈🤣🤣🤣🤣 BODU VARU KALOO🤣🤣🤣 MILAAN AA YAINAA AA 🤣🤣🤣🤣 KALO EY MI AFATTE KANTHAH HAADHA BODEY DHW. HAMA SAHAADHEH MAGEYMETAA FULHI FORUVAANY AFAAN AH VES NEYNGEY THANEHGA MASHAKY ZARA VEHJJEYYAA.. LANDAALAA DHAHKAALAANAN. KOYAA EY MI BAHCHAA THAH VES HAADHA ADVANCE EY DHW MIHAARU🤦🤦🤣🤣 MIHAARU E FESHEE INNA VHK. PSPSPPS KALEY EKAHALA KANKAN KURAAKAH NUVANEHNU..
    EY VRH SALHI HIYAALEH THEE INGEY SEASON 2 NEREN. EKM THINESKAN LOEHBEH NAHADHAATHI. HAMA HUVAA MIBUNEE😠😠
    EY EKM DHEN EHEN VEEMA DHW VHK AKAH VES VAANY. OHOAN KONME HEN THINESKAN LOEHBEH NUGENEYAS VHK AKAH VAANE..
    EY THIEH NOONEY. MANJE GE DHEVANA VHK DHW MI NIMUNEE😃😃MASHA ALLAH BROTHER KALEY THI KURI HIYVARAH HAMA AHSARI BAHAA SAABAS.. HITHUGE SHAKUVAA AH VURE MI VHK IN IMPROVEMENT FENIJJE.. EKM RAI AA MAAISH MATHIN VRHHH MISS (ey anehkjaa maaish tha kiyany? Ma mihaaru ehaa bodakah handhaaneh nethey sorry bro) EY UHN KOYAA MANJE THIN VHK DHW MIHAARU THI LIYUNEE?? MAGEY HANDYAANEH VEY KONMES EHEN VHK EHGA RAI MEN AI THAN. MI VHK THA EII?? KALO MIHAARU HANDHAANEH NETHEY
    EY MIHAA HISAABUN CMNT KURU KOLLAN MI VISNANY.. MANJE VES LAHKA GINA CMNT AH REPLY DHEYN HUNNAANE THAA
    VRH SALAAM
    VRH LOABI VEY
    OL AH GOOD LUCK
    💕💕💖💝💞❤️👏👏👏🤝💐✨✨⭐⭐🎇🎆🎉🎊

    1. Riyaash says:
      January 3, 2024 at 6:53 am

      EYYY KOBAA REESH GE STORY

    2. Nayaa Nayaa says:
      January 3, 2024 at 4:21 pm

      Reesh buny bunedheyshoa iraadha kurevviyaa olevel exam nimunuhaa avahakah vaahaka continue kuraanamey 🙂

  14. Rifoo says:
    January 1, 2024 at 1:06 pm

    Nayaa mi vaahaka varah reethi Masha Allah 💗❤️💕. ummeedhu kuran aa season aa ekee june mahu anneh kaa vx nayaa ge vaahaka eh kiyaalan libeyne kamah 🤗.mi vaahaka varah varah reethi Masha Allah 💗💕❤️. HAMA speachless vafa rifoo mi iny.

    kurin vx rifoo buni hen dho mivi.hama rifoo nubalaa gadi ga vaahaka up kuran nimaigen kanneynge admin team in e thiby.

    Rifoo vaahaka ge episode 1 liyelaa fin.mi buny rifoo ge vaahaka ge.

    Once again mi bai varah reethi
    Mi part vx

    Lysm nayaa 🤗😘😘

  15. Nayaa Nayaa says:
    January 1, 2024 at 1:08 pm

    in reply to @Kin taehyung(v)’s pending comment..
    awww thank youuu my dearr<333
    yess dhen innaany mi vaahakaige s2
    happy new year to u too darla..
    thankss <333

  16. Nayaa Nayaa says:
    January 1, 2024 at 1:09 pm

    in rpely to @imko’s pending comment..
    shukuriyyaa imko <333
    vrh ufaa vejje
    ehen vaahaka eh anekkaa ves june mahu kiyaalan libeyne insha allah
    i will miss you more darla <3
    thanksss <333
    same to you too <333

  17. Nayaa Nayaa says:
    January 1, 2024 at 1:17 pm

    in reply to my dearest friend @ReeshA CoronA’s comment..
    AAEKEYYYY MIYOH NIMUNYYYY EYY VHK VESSS
    AHAHAHA IKRRR AZA EII HAMA BODU ANGA EH.. AAN DHEN THIHEN VES BUNEVIDHAANE DHWW.. MA VES EHAA ANGA GADHA VIYYA
    EY DHEN DHARIN KURIMATHY VES ROMANCE KURAN JEHEYNE OA MILAAN BUNY.. EYRUN NOON HOA YAIL BODU VEGEN MEEHAKAA INNA DHUVAHU VES ANBIMEEHAA AH HEYO KOH HITHAH DHAS VAANY
    BAHCHAA THAH VES ADVANCE VAANE ENNU AMAYAA BAFAYAA E VAHTHARAH ULHENYYAA.. EY EKM ALSUVES YAIL AA AZA AA HAMA VRH LOABI INGEY.. MA VES E SCENE LIYAN INDHEFA HEEHEE KALO GAYAA
    THIESKAN LOEBBEH VES FAHAREGGA AISDHAANE S2 GA.. DHEN NEYNGE ADHI EKKOH VAANE GOIY PLAN EH NUKURAN.. EKAMAA ULHEYNY DHEN OLEVEL NINMAAFA
    YESSS BUROOOO MAGEY DHEVANA VHKKK!! SHUKURU SHUKURU BROTHER <333
    AAN AAN BRO MA VES RAISHA AA MAAISH GE MATHIN HAMA VRH MISS VEY.. HOON RANGALHASHEY THI KIYANY
    NOONEY NOONEY BURO MIFAHARU THI DHIYAEE GOAS KOH.. MAGEY DHEVANA VAAHAKA EY MEE.. HAMA MI VAAHAKAIGA EY RAISHA AA MAAISH AA GUEST APPEARANCE INY VES
    AAN DHEN VRH BODAH SHUKURIYYAA MI VHK FESHIGEN NIMEN DHEN MASHAH ENME GAATHUN HIVVARU DHINEETHY.. THY HAMA ENME LOABI GOLAA.. VRH SALAAMEY
    MA VES VRH LOABI VEY
    MANJE AH VES OLEVEL AH GOOD LUCKKK!!!

  18. Rifoo says:
    January 1, 2024 at 1:49 pm

    Mi vaahaka varah reethi Masha Allah 💗❤️❤️
    Thank you nayaa 🤗 mi bai vx varah reethi Masha Allah 💗❤️💕❤️❤️💕💗❤️❤️
    Lysm nayaa 🤗😘

    1. Nayaa Nayaa says:
      January 1, 2024 at 3:49 pm

      thank you sm Rifoo <333
      lym <3

    2. Nayaa Nayaa says:
      January 1, 2024 at 3:51 pm

      ahaha thanks again Rifoo <333
      sameee… vrh dhera vey vhk ninmaalaafa gina dhuvasthakakah kiyunthereennaa vakivaan jeheythy

  19. Rifoo says:
    January 1, 2024 at 1:52 pm

    Once again mi vaahaka varah varah reethi Masha Allah 💗💕❤️
    S2 ge inthizaaru ga.
    So sad 😭 mi vaahaka nimeny thi

  20. Nayaa Nayaa says:
    January 1, 2024 at 3:44 pm

    In reply to @Rifoo’s pending comment
    awww tysssm darla <333
    yesss insha allah june mahu mi vaahakaige s2 kiyaalan libeyne
    ahaha aan hama ehenney dhw e vany
    awwwhhh wowww rifoo ge sory upload vi haa avahakah kiyaalaafa cmnt eh kohlaanan ingey dear
    thank youuu Rifoo <333
    lym <3

  21. Shaa says:
    January 1, 2024 at 6:46 pm

    Alheyy vhk nimuny dhw…mi vhk aky mi fahun kiyunu emme rythi vhk…. I rlly enjoyed it… Abadhu esfiya page refresh koh koh innany up vey thw…
    Komme episode akah vakin comment nukurevunas hurihaa ep eh vx Hama gavaaidhun keenn…
    Love ya sissss…. Waiting for another amazing vhk from you

  22. Ifoo says:
    January 1, 2024 at 7:35 pm

    Aww 😍..vv reethi mi vhk maasha Allah ❤️💯..unmeedhu kuran nayaa ge ehn vhk eh kiyaalan libeyne kamah..n mi vhk ge season 2 ifoo vs ehnme dhn kiyaalan beynun vanee..unmeedhu kuran June ga season 2 kiyaalan libeyne kamah ..n good luck for your exam🤍👍…
    Happy new year everyone✨🎉😊

    1. Nayaa Nayaa says:
      January 1, 2024 at 8:00 pm

      awwww thank youuu sm ifoo dear <333
      vrh vrh ufaa vejje
      yeahhh s2 insha allah june ga kiyaalan libeyne.. keep waiting <3
      yeahhh thanksss <333
      happy new year to u too <3

  23. ana says:
    January 1, 2024 at 7:37 pm

    cant believe mi vaahaka is over have been reading this since you first started one of the best stories i read on this site hope to see more stories from you would love to see a teen horror story tho since i havent read one from this site for a long time anyways looking forward to your next story in june right good luck for your o levels <<3

    1. Nayaa Nayaa says:
      January 1, 2024 at 8:05 pm

      awww thank youuu sm ana <333
      vrh ufaa vejje mi comment kiyaalaafa..
      horror story eh dhw.. i've never tried writing a horror story.. scl ga vhk liyunas mubaaraathegga vhk liyunas i always go for sad love stories cuz i feel like im the best at describing heartbreaking scenes.. hehe.. i've never even considered writing a horror story.. but since you said it, i certainly will do consider it ingey.. vrh visnaanan thikamaa.. plot eh raavaafa if im satisfied with the plot, then for sure i will write a horror story.. after all, we all shud be up for new adventures right..? hehe.. but mi vaahakaige s2 ninmaafa dhw.. hehe
      yeahhh this story ge s2 june ga
      thank you <333

  24. Nayaa Nayaa says:
    January 1, 2024 at 8:08 pm

    In reply to @Shaa’s pending comment
    yeahhh vhk nimunyy..
    awwwhh thats soo sweet of you to say.. thankiuu <33
    ahaha gavaidhun cmnt nukuriyas ehaa shauguverikamaa eku vhk kiyaalaafa adhi enme last part ah comment eh kohleema ves hama vrh ufaa vejje.. thankiu darl <3
    love yuh more dear <3
    insha allah june ga.. keep waiting <3

  25. Aayaa says:
    January 2, 2024 at 7:59 am

    Mi vaahaka ves v rythi adhi ehaame shauguveri.. Medhukendumah fahu ves vaahaka nimmalyma v ufaa vejje. Ummydhaky Kuriah oeh thanugaives nayaa ge vaahaka thah kiyalan libun..
    Bas ahaigen kiyavaathi ingey.. All the best!
    May your future be filled with success and happiness..!!❤️😊

    1. Nayaa Nayaa says:
      January 2, 2024 at 11:58 am

      varah bodah shukuriyyaa Aayaa <333
      yeah insha allah june mahu mi vaahakaige s2 kiyaalan libeyne
      yesss insha allah <3
      i wish you the same and thanks!!

  26. Me says:
    January 2, 2024 at 1:34 pm

    Haadha dhera eh veye vhk nimunyma vs 😭😭💀🤣. Maasha allah vrh vrh vrh rythi mi vhk. Dhn neynge nayaa vhk nuliyanyaa rythi vhk eh vs kiyaalan libeyne kameh . Hama 💯 . Dhn liyaa vhk akah vrh inthizaaru kuraanan 💗💗💗😍😍😍❤😭

    1. Nayaa Nayaa says:
      January 2, 2024 at 5:39 pm

      thankiu so much Me <333
      aww hehe nooney hama esfiya ah mihaaru mi liyaa kudhin ves can do really well with yu all ge support.. im sure.. talented young writers eba ulhe hama mihaaruves mi site ga..
      yesss keep waiting <333

  27. kiyuntheri eh says:
    January 4, 2024 at 7:41 pm

    nayaa ge vaahaka thah abadhuves evves foohi kameh nethi kiyaalevey… thy hama alhuganduge enme fav auothorrr…. nayaa ge vaahaka thakuga heevany abadhuves vaahakaige thereyga ulheveyhen.. ehaaves reethi….. thi gothuga masakkaiy kohfiyyaa thee hama yagynun ves raajjeyga vidhaalaa fadha molhu liyuntheri akah veveyne kujjeh…. ehaaves molhu…… hope to see more of these amazing works of urs…. varah miss vaane mi story mathin… and season 2 ah waiting.. i saw season 2 ge trailer eh kahala note eh from ur instagram story hehe….. vvv reethi ingey……. v aesthetic…. mihaarun feshigen hama inthizaaruge vaguthu thah gunany mi…. love you nayaa….. will miss you… olevel in rangalhu natheejaa eh haasil kurahchey

    1. Nayaa Nayaa says:
      January 5, 2024 at 12:31 pm

      varah varah bodah shukuriyyaa kiyunyheri eh <333
      awww vrh ufaa vejje <3
      alheyyyy that means sm to me.. thats my dream hehe.. rajjeyga hama mash'hooru liyuntheri akah vun.. thanksss <333
      yeahhh nayaa ves vrh miss vaane mi story mathin and hurihaa readers mathin vssss
      ahaha u follow me dhw insta ga.. ehnve e fenuny.. hehe thank youu.. that was my plot planner eh.. thats how i plan the plot for all my stories
      love you more <3
      yessss IA <333

  28. ❤️❤️❤️ says:
    January 7, 2024 at 5:04 pm

    Vvvvvvvvvvvvvvvvvvvvv reethi Mi vaahaka vx

Comments are closed.



All Right Reserved!