Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 44

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 31, 2023 4 Mins Read
33 Comments

ޒާރާއާ ނީލާއާ ވާހަކަ ދައްކަމުން ދިޔަ ވަގުތު ޔައިނާއަށް ބަލައިލެވުނީ މިލާންއާ ދިމާއަށެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ އާދޭހުގެ ކުލަވަރުތަކެވެ. އޭނާ ޔައިނާ ބޭނުންވާ މިންވަރެވެ. ޔައިނާއަށް އެދޭ މިންވަރެވެ. ޔައިނާ ދެކެ ލޯބިވާ މިންވަރެވެ. މިލާން މިއަދު އޭނާއަށް އެ ކޮށްދިނީ ހާދަ ބޮޑު ހެޔޮ ކަމެކެވެ. އެ ހެޔޮ ކަންތަކުގެ ބަދަލުގައި ނަމަވެސް، އޭނާގެ މަޢާފު މިލާނަށް ޙައްޤެވެ.

ސޯފާއިން ތެދުވެގެން ގޮސް، ޔައިނާ ހުއްޓުނީ މިލާންގެ ކައިރީގައެވެ. އެއާއެކު، މިލާންވެސް އިންތަނުން ތެދުވިއެވެ. ޔައިނާއަށް ކެތްކުރެވުނީ އެހާ ވަރަށެވެ. ވަގުތުން މިލާންގެ މޭތެރޭގައި ބޮނޑިވެގަތް އިރު، އެ ރީތި ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. މިލާންވެސް ވަގުތުން އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޔައިނާ ހައްޔަރު ކޮށްލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުން ނުވާ ފަދައަކުންނެވެ.

“ތެންކިޔު މިލާން.. ތެންކިޔު ސޯ މަޗް..” އެ ހުރި ގޮތަށް ހުރެ ޔައިނާ ބުނެލިއެވެ. “އަހަރެން މިގަޑީ އަޑު އަހަން ބޭނުންވަނީ ތެންކިޔުއެއް ނޫން..” މިލާން ޔައިއާ ދުރުވެލާފައި، ޔައިނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. “ސޭ އިޓް ޔައިނާ… ޕްލީޒް..” މިލާން ހީވީ ސިއްރެއް ބުނެލި ހެންނެވެ. ޔައިނާއަށް ކެތްވީ އެހިސާބަށެވެ. “ވަރަށް ލޯބިވޭ މިލާން.. އަހަރެން ބޭނުމެއް ނޫން މިލާންއާ ވަކިވާކަށް.. ޕްލީޒް.. އަހަރެން ވަރި ނުކުރާތި.. އަހަރެން ބޭނުމެއް ނޫން ވަރިވާކަށް..” ޔައިނާއަށް ގިސްލެވެން ފެށުނެވެ. “ޔައިނާއަށް ހީވޭތަ ޔައިނާ ވަރިކުރާނެހާ ހިތްވަރު އަހަރެންގެ ހުރެދާނެހެން..؟” މިލާން އަހައިލިއެވެ. އެއާއެކު، ޔައިނާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. “އަހަރެން ޔައިނާ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. ދުވަހަކުވެސް ތިނޫން ލޯތްބެއް ހޯދާކަށް އަހަރެން ބޭނުމެއް ނޫން.. ދެން އަހަރެން ކިހިނެއް ޔައިނާ ވަރިކުރާނީ..؟” މިލާން ބުނެލިއެވެ. “އަހަރެންވެސް.. ވަރަށް ލޯބިވޭ… ބޭނުމެއް ނޫން މިލާންއާ ދުރަށް ދާކަށް..” އެހެން ބުނެފައި، ޔައިނާ އަނެއްކާވެސް މިލާންގެ އަތުތެރެޔަށް ވަނެވެ. މަންޒަރު ބަލަން ތިބި ޒާރާއާ އަފާންގެ އިތުރުން ނީލާގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

“އެހެންވީމަ މިހާރު ހުރިހާ ކަމެއް އޯކޭއޭތަ މާނައަކީ..؟” ކުއްލިއަކަށް ދޮރު ކައިރިން މީހަކު ވާހަކަ ދެއްކި އަޑު އިވުމުން އެންމެ އެކީ އެދިމާއަށް ބަލައިލިއެވެ. އޭރު ހިނިތުންވުމަކާއެކީ، ލައުރާ ދޮރުކައިރި ހުއްޓެވެ.

“ހޭ ނީލާދައްތާ.. ވަރަށް އުފާވެއްޖެ ދިމާވީމަ.. މިލާން ބުންޏޭ ނީލާދައްތަގެ ވާހަކަ.. އިޓްސް ސޯ ނައިސް ޓު ފައިނަލީ މީޓް ޔޫ.. މީ ލައުރާ.. މިލާންއާ ޔައިނާގެ ވަރަށް ގާތް އެކުވެރިއެއް..” ލައުރާ އައި ގޮތަށް އައިސް، އެންމެ ފުރަތަމަވެސް ނީލާއާ ސަލާމްކޮށްލިއެވެ. “ވަރަށް އުފާވެއްޖެ ލައުރާއާ ދިމާވީމަވެސް..” ނީލާވެސް ހިތްހެޔޮކަމާއެކީ ލައުރާއާ ވާހަކަ ދެއްކިއެވެ.

“ސޯ މިއްލުއާ ޔައިއާ ދޭތެރޭ މިހާރު ހުރިހާ ކަމެއް އޯކޭ..؟” ލައުރާ ދެން އެނބުރުނީ، މިލާންއާ ޔައިނާއާ ދިމާއަށެވެ. އެއާއެކު، ދެމީހުން އެއްފަހަރާ ބޯ ޖަހައިލިއެވެ. ލައުރާއަށް ހިނިތުންވެވުނީ ހިތުގެ އެންމެ ފުންމިނުން މިލާންއާއި ޔައިނާއަށްޓަކައި އުފާކުރާ ޙާލުގައެވެ. އޭނާ ހަނދާންވިއެވެ. މިލާންގެ ލޯތްބަށް އެދެވުނު ވަރުން ޔައިނާއާ މިލާންއާ އެކީގައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު އޭރު އެހިތުގައި ހާދަ ވޭން އެޅިއެވެ. އެހެންނަމަވެސް މިއަދު އެދެމީހުން އެކުގައި ފެންނަ ކޮންމެ ފަހަރަކު ލައުރާގެ ހިތަށް ލިބެނީ ހިތްހަމަޖެހުމެވެ. އޭނާ މިއަދު ބޭނުންވަނީ މިލާންއަށްޓަކައި ކުރިން އެ ހިތުގައި އޮތް ލޯބި އެންމެނަށް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އަޒާންގެ ލޯބިން އެ ހިތް އެކީ ފުރައިލާށެވެ.

“ޔައި ގެއަށް ދާންވީނު..” މިލާން އެހެން ބުނުމުން ޔައިނާ ދެފަރާތަށް ބޯ ހޫރުވައިލުމާއެކީ މިލާންގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ދެންމެގައި އެހާ އުފާވެފައި ހުއްޓާ ކުއްލިއަކަށް އެ އުފާވެރިކަން ބުރައިގެން ދިޔަ ތަނެއްވެސް ނޭނގުނެވެ. “އިހަށް މަޑުކޮށްބަލަ..” ޔައިނާ ބުނެލިއެވެ. “އެކަމަކު ދެންމެ އިނާ ބުނީމެއްނު….” މިލާންގެ އަޑު ކުރަކިވެގެން ދިޔައެވެ. “ސާބަހޭ މިލާން.. މަގޭ އެއްޗެހި ހިފައިގެން އަންނަންދެން މަޑުކޮށްބަލަ..” ޔައިނާ އެހެން ބުނުމާއެކު، އެތަނުގައި ތިބި އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވަގުތުން ރަކިވެފައި ހުރެ، މިލާން އިސްތަށިގަނޑުގެ ތެރެޔަށް އަތް މަހައިލިއެވެ. “ނޫނޭވާ ވަރުތަކެއް ވެފަ މިއްލުއަށް ތިހުރީ..” ލައުރާ ބުނެލުމުން މިލާން އިތުރަށް ރަކިވިއެވެ.

“އަހަރެން ވާހަކަ ނުދައްކާ އިހަށް ލައު ބުނެބަލަ.. ކޮންއިރަކުންތަ އަޒާންއާ ލައުގެ ވެޑިން އޮތީ..؟ ދެން އެންމެ އިންތިޒާރު ކުރެވެނީ މިހާރު އެދުވަހަކަށް..” މިލާން އަޒާންގެ ވާހަކަ ދެއްކުމުން ލައުރާގެ މޫނުމަތި ވަގުތުން ރަތްވެގެން ދިޔައެވެ. “އެޔޮށް ބްލަޝްވާ ވަރެއް ދޯ.. އަޒާން ހަމަ އެހާ ރޮމޭންޓިކްތަ..؟” ޒާރާއަށްވެސް ނުހީ ނުހުރެވުނެވެ. “ތެދެއް.. އަދި މަށަކަށްވެސް ނޭނގެ މަގޭ ކޮއްކޮ ލޯބީގެ ކުޅި ކުޅެން އެހާ މޮޅު ކަމެއް.. ލައުރާއާ ހަދައި އެސޮރު އުޅުނު ގޮތް ދޯ.. ޕިސް ޕިސް..” ދެފަރާތަށް ބޯ ހޫރުވައިލަމުން އަފާން ޕިސްތަޅައިލިއެވެ. “ނޫނޭ ދެން އަސްލުކޮށްވެސް.. ކޮންއިރަކުންތަ ތި ދެމީހުން މެރީ ކުރާނީ..؟” މިލާން އަނެއްކާވެސް އަހައިލިއެވެ. “އަދި ނޭނގެ.. އަޒާން ރާއްޖެ އައީމަ ދެން އެނގޭނީ.. އެކަމަކު މާ ލަހެއްވެސް ނުވާނެ އިންޝާﷲ..” ލައުރާ ބުނެލުމުން އެތަނުގައި ތިބި އެންމެގެ ހިނިތުންވުންވެސް ފުޅާވެގެން ދިޔައީ، ހިތުގެ އެންމެ ފުންމިނުން ލައުރާއާއި އަޒާންއަށްޓަކައި އުފާކުރާ ޙާލުގައެވެ.

“މިލާން.. މަންމާ.. ހިނގަ ދާން..” ޔައިނާ އޭނާގެ ދަބަސް ހިފައިގެން ކޮޓަރިން ނުކުތީ އެވަގުތެވެ. އެއާއެކު، ނީލާވެސް އިންތަނުން ތެދުވެ، މިލާންއާ އެކީ އެގެއިން ނުކުންނަން ހިނގައިގަތެވެ. ނުކުތމުގެ ކުރިން ޔައިނާ ގޮސް ޒާރާގެ ގައިގައި ބައްދައިލިއެވެ. “ތެންކިޔު ޒާ.. ތެންކިޔު އަފާންއަށްވެސް.. އަހަންނަށް ދިމާވާ ކޮންމެ ކަމެއްގަ އަހަންނަށް ތިހާ އެހީވެދޭތީ ވަރަށް އުފާވޭ..” އަފާންއާ ސަލާމް ކޮށްލަމުން ޔައިނާ ބުނެލިއެވެ. “އެއީ ތެންކިޔު ބުނާ ވަރު ކަމެއް ނޫން.. ރަހުމަތްތެރިން ތިބެނީ ކޮންމެވެސް ކަމަކުއެއްނު ދޯ..” އަފާން ހިނިތުންވެލިއެވެ. ޔައިނާވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން، މިލާންއާއި ނީލާއާ އެކީ ގެއިން ނުކުތެވެ. ޒާރާއާ އަފާންއާ ވާހަކަ ދައްކައިލުމަށް، ލައުރާ އިރުކޮޅަކު އެގޭގައި މަޑުކޮށްލީއެވެ.

*** ** ***

ގެއަށް އައިސް ވަދެވުމާއެކީ ޔައިނާ އަވަސްވެގަތީ އެޕާރޓްމެންޓުގައި ހުސްކޮށް ހުރި ކޮޓަރި ސާފުކުރާށެވެ. ނަމަވެސް މިލާން އެކަން މަނާ ކުރުމުން ޔައިނާ ބުމަ އަރުވައިލީ ކީއްވެހއްޔޭ އަހާ ފަދައަކުންނެވެ. “އަހަރެން ހުންނާނީ މިއަދު އެ ކޮޓަރި ސާފުކޮށްފަ މަންމަގެ އެއްޗެހިވެސް ކޮޓަރިއަށް ލާފަ..” މިލާން އެހެން ބުނުމާއެކު، ޔައިނާއަށް ވަގުތުން ހިނިތުންވެވުނެވެ. އޭނާގެ މަންމަ ބުނީ ތެދެކެވެ. މިލާންހާ ރަނގަޅު ފިރިއެއް ލިބޭނީ ހަމަ ނަސީބުވެރިޔަކަށެވެ.

“މަންމަ ކާންވީނު..؟” ޔައިނާ އަހައިލީ ނީލާ ބަނޑުހައިވެފައި ހުރެދާނެތީއެވެ. “ނޫނޭ.. މަންމަ ސައިބޮއެފިން.. އިހަށް މި ދަނީ ޖައްސައިލަން އިނގޭ.. ވަރަށް ވަރުބަލި..” ނީލާ އެހެން ބުނެފައި، ޔައިނާއާއި މިލާންގެ ބޮލުގައި ފިރުމައިލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެފައި، ނީލާ އޭނާގެ ފޮށި ހުޅުވައިލިއެވެ. އެ ފޮށީގެ އެންމެ އަޑިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. ވަގުތުން ނީލާގެ ދެލޮލުން ކަރުނަތައް އޮހިގަތުމާއެކު، ތުރުތުރު އަޅަމުން ދިޔަ އަތުން އެ ފޮޓޯގަނޑުގައި ފިރުމައިލެވުނެވެ.

“ޔާސިރު… އަހަރެންނަށް މަޢާފް ކުރޭ.. މިއަދު ޔާސިރު ފެނިލުމުގެ ނަސީބު އަހަންނަށް މިންވާރު ކުރައްވާފައި ނެތީ.. ޔާސިރުގެ މަތިން އަހަރެން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް ނުދޭ.. އަދިވެސް އަހަރެން ޔާސިރު ދެކެ ވީ ލޯތްބަށް އެއްވެސް ބަދަލެއް ނާދޭ.. އިރާދަކުރެއްވިއްޔާ އަހަރެން މަރުވާނީވެސް ޔާސިރުގެ ހަނދާނުގައި.. އަހަރެން ނެތަސްވެސް އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު ރަނގަޅަށް ބަލައިދނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. ޔާސިރު މަތިން ވަރަށް ހަނދާންވޭ.. މިއަދު ޔާސިރު ދުނިޔޭގައި ހުރި ނަމަ..” ފޮޓޯއިން ފެންނަމުން ދިޔަ ޔާސިރުގެ ސޫރަޔާ ނީލާ ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު، މޫނު ފުހެލާފައި، އެ ފޮޓޯގަނޑު ގެންގޮސް އަލަމާރިއަށް ލައި ފޮރުވިއެވެ. މިއަދު ޔާސިރު ފެންނަން ނެތްކަމުގައި ވިޔަސްވެސް، ޔައިނާ އެބަ ހުއްޓެވެ. ޔާސިރުގެ ހަނދާނެއްކަމުގައި ޔައިނާ އަބަދުވެސް އޭނަޔާ އެކުގައި ވާނެއެވެ.

*** ** ***

ނީލާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު، މިލާން އޭނާގެ އަތްދަނޑިމައްޗަށް ޔައިނާ ނަގައި، އުފުއްލައިލިއެވެ. “ކައިވެނީގެ ފަހުން އަދި އިނާއާ ދިމާއަށް ރީތިކޮށް ބަލައިވެސްނުލެވޭ.. އަހަންނަށް ކުރިން ނުކުރެވުނު ބައިވަރު ކަންތައް މިއަދު އަހަރެން ބޭނުން ކުރަން.. މި ވޭތުވެދިޔަ ހަތަރު މަސްދުވަސް ތެރޭ ނުދެވުނު ލޯބި މިއަދު އިނާއަށް ދޭން އަހަރެން ބޭނުން..” މިލާންގެ ވާހަތަކާއެކީ، ޔައިނާގެ މުޅި މޫނު އެކީ ރަތްވެގެން ދިޔައެވެ. ލަދުން ގޮސް މިލާންގެ މޭގައި މޫނު ފޮރުވައިލެވުމާއެކު، މިލާންގެ ލުއި ހުނުމުގެ އަޑު އިވުނެވެ. “އަދި ލަދު ގަންނާކަށް ނުވޭނު.. އަހަރެން އަދި ނުވެސް ފަށަން ވިއްޔަ..” މިލާން ދައްކަމުން ދިޔަ ވާހަކައިން ޔައިނާ އިތުރަށް ލަދުގަތުމުން މިލާންގެ ނަމުން ގޮވައިލެވުނެވެ. ލުއި ހުނުމަކާއެކީ، މިލާން ޔައިނާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި މުޅި ދުވަސް ހޭދަވެގެން ދިޔަ އިރު، އެތައް ފަހަރަކު ލޯބިވާ ވާހަކަ ދެމީހުން އެކަކު އަނެކަކަށް ބުނެދިނެވެ. އެ ލޮބުވެތި ފިރުމުންތަކުން އެކަކު އަނެކަކުގެ ހިތަށް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނެވެ. ދުވަހަކަުވެސް ވަކިވާން ނޭދޭކަން އެތައް ފަހަރަކު ހާމަކޮށްދިނެވެ. ދިރިއުޅުމުގައި މި ފެށުނު އައު ބާބުގެ ފޮނިމީރުކަން އޭގެ އެންމެ ފުރިހަމައަށް ޙާސިލް ކުރިއެވެ.

**ހަތް އަހަރު ފަސް**

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 43

Next

ބަދަލުވި ޙަޔާތް – ޓްރެއިލަރ

Next
December 31, 2023

ބަދަލުވި ޙަޔާތް – ޓްރެއިލަރ

Previews
December 30, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 43

33 Comments!

  1. Nayaa Nayaa says:
    December 31, 2023 at 12:12 pm

    salaam dear readers
    first of all, yes i know mi part varah kuru kan but dhen onnaany vaahakaige enme fahu episode.. so e episode thankolheh dhigu koh genesdheyn vegen alhugandu mi episode kurukohlee.. mi episode kuruveema aa ves ekeega alhugandu mi episode 43 vana episode aa ekeega submit kohlee.. ekamaku sadly, mi episode upload vefa eynee e episode ah vure fahun.. unmeedhu kuran hurihaa kiyunytherinves mikamaa dheytherey hiy hama jeheyne kan.. vaahakaige enme fahu episode alhugandu hama dhenme submit kohlaifin.. insha allah, maa lasthakeh nuve kiyaalan libidhaane <333

  2. Lily says:
    December 31, 2023 at 12:22 pm

    It’s okay dearr..
    Mi part ves hama vrh vrh furihama.. Masha Allah..

    1. Nayaa Nayaa says:
      December 31, 2023 at 12:44 pm

      thank you so much Lily <333

  3. Reader says:
    December 31, 2023 at 12:28 pm

    Ma Sha Allah vrh vrh furihama. Milaan and yaina finally!!! This is going to be one of my favourite story. Hama ehaa Vs reethi. Vrh vrh inzithaaru kureveyy dhen Inn part ahh. 💞

    1. Nayaa Nayaa says:
      December 31, 2023 at 12:46 pm

      awww thank you Reader <333
      means a lot to me <3
      much luvs

  4. vempire girl says:
    December 31, 2023 at 12:29 pm

    Maasha Allah mi part vx varah varah reethi 🤗 wow hurihaa emnenah vx loabi kaamiyaabu vee dhw. Dhn okay mi part kuruviyas. Thibunynu next part dhiguvaaney. Dhn aneh part upload vaane irakakah vaguthu gunan fashaifin. Reyga vx evarah belin mi part up vehje thw. Heyli gothah vx belin. Mi haaru neyge belun adhadheh vx. Dhn mihaaru inthizaaru kureveny aneh part ah. Nayaa submit kohfymey bunyma dhn iru kolhakaa beleyny up vehje thw. Ehn nu vaany mi vaahaka ehaa vx reethi viyya. Mee hama first.

    💞💞💞 LYSM 💞💞💞

    1. Nayaa Nayaa says:
      December 31, 2023 at 12:55 pm

      aww tyssssm vempire girl <333
      konme part akah ves mihaa loabi comment eh kohlaathy vrh ufaa vey.. hehe
      ahaha hama esfiya team in upload kohdhinhaa avaheh othy dhen
      alheyyyy thankiuuuu my dearrrr.. aslugaves vrh vrh ufaa vejje ingey
      lym my dear <333

  5. Cute girl says:
    December 31, 2023 at 1:05 pm

    It’s ok
    Masha allah mi part vx v Reethi
    Milaan aa gulhuni finally
    Can’t wait for next part
    Lysm 💓💓💓

    1. Nayaa Nayaa says:
      December 31, 2023 at 1:15 pm

      thank youuu sm Cute girl <333
      next part submit kohlaifin
      lym <3

  6. Cute girl says:
    December 31, 2023 at 1:05 pm

    It’s ok
    Masha allah mi part vx v Reethi
    Milaan aa yaina gulhuni finally
    Can’t wait for next part
    Lysm 💓💓💓

  7. Cute girl says:
    December 31, 2023 at 1:07 pm

    Sorry repeat koh liyevuneema

    1. Nayaa Nayaa says:
      December 31, 2023 at 2:26 pm

      its okay darla <3

  8. LIM🖤 says:
    December 31, 2023 at 1:15 pm

    It’s okay nayaa
    hama mipart vx vrh reethi maasha Allah ❤️

    1. Nayaa Nayaa says:
      December 31, 2023 at 1:19 pm

      shukuriyyaa lim <333
      means a lot <3

  9. kokki💖 says:
    December 31, 2023 at 1:49 pm

    wooow…v v reethi mi episode vx

    1. Nayaa Nayaa says:
      December 31, 2023 at 2:22 pm

      thank you sm kokki <333

  10. Eeeevs says:
    December 31, 2023 at 2:22 pm

    Ohh myy cantt wait for the next part ♥️ ALHEY vhk vexx nimenyy eyy mi 😭 Anyways vrhh vrhh rythi mi part vex maasha allah <3

    1. Nayaa Nayaa says:
      December 31, 2023 at 2:24 pm

      thank youuu Eeeevs <333
      ahaha yeah vhk vs nimeny dhwww.. will miss yall sm <333
      much luvs <3

  11. Rifoo says:
    December 31, 2023 at 2:26 pm

    Mi part vx varah reethi Masha Allah 💗❤️❤️. next part kiyaalan libeyni kon irakun.hama inthizaaru ga.finally milaan and yai gulhuny dho.milaan and yai ge part varah reethi 😁😄. curiously waiting for the next part.miadhu vx rifoo evarah beleema vx up eh nuvi.hama rifoo nubalaa iru dho mi up v.mihaaru dhen mi vaahaka nimeny dho.dhen mi kahala reethi vaahaka eh kiyaalan libeyni nayaa olevel nimunyma dho.ingey tha nayaa ah mi vaahaka kiyaalaafa rifoo vx vaahaka eh liyelaa hiy vee😉.

    Once again mi part vx varah reethi 😁

    Love you nayaa 🤗❤️<3

    1. Nayaa Nayaa says:
      December 31, 2023 at 2:36 pm

      awww tysm my dear Rifoo <333
      next part miadhu hendhunu submit kohlaifin.. admin approval libunuhaa avahakah kiyaalan libeyne
      ahaha hama rifoo nubalaa gadi baalafa ey admin team in e story upload kurany.. hehe
      yeahhh dhen nayaa ge olevel nimuneema ehen vaahaka eh kiyaalan libeyny.. vrh dhera vey vhk ninmaalaafa kiyunherinnaa vakivaan jeheythy ves.. writing stories for this site and reading u guys ge sweet comments has become a daily routine of me lmao.. so vrh dheravey asluves vhk nimeythy
      awwww alheyyy i hope to see your story on this site varah avahah ingey.. rifoo nayaa ah thi dhey support hama nayaa ves rifoo ah dheynan.. insha allah rifoo ge vhk kiyaafa comment ves kuraanan.. lmk when u start writing a story ingey <3
      once again thankiuuu <333
      love you more Rifoo <333

  12. ReeshA CoronA says:
    December 31, 2023 at 2:40 pm

    EYYYYYYYYY OBINEX TO THE MAX👌👌👌
    MANJE VAREH NEH👏👏👏
    KOYAAAAAAAAAAAAAAAAA MILAAN EYOH DHEHKI VHK EH DHWWWW🙈🙈🙈 MA VES LADHU GANEJJEYYYY. MANJE VES NUVAANE DHW MEEHUNGE PRVT VHK PUBLIC GA HAAMA KURAAKAH🤣🤣(ey ekm mw vrh kiyaa hiy vey ekahala romantic bai bai. Gina ginain laathi ekahala tha kolhu kolhu!)
    EYYY AZAAAN GENNAASHEYYY. EY MANJEYYY AZAAN WEDDING GA MASHAA YAASH DHONBE GENNA KAHALA EHNU HAASSA MEHEMAANUN GOTHUGA😀😀 MA DHEN VHK QUIT KOLLEEMA MANJE VAANEHNU E DHEMEEHUN GENGULHEN.. NIKAN MASHAA YAASH DHONBE LAHVAA LAVA EH ALHUVAALABALA AZAAN MEN WEDDING GA. M EY EKM MANJE MIHAARU LIYE NINMAAFA SUBMIT VES KOHFIN DHW? EY EKM NEW YEAR SPECIAL EPISODE EH GOTHUGA E BAI GENNAGA. NOONEE ADHI FAHU BAI PUBLISH NUVANGNAA DELETE KOHLAAFA ALUN LIYELAGA
    MAGEY VRH UFAAVAANE
    EY VRH SALAAN. VAAREAA THEMEN DHAAN KAMAH

  13. imko 💕💕 says:
    December 31, 2023 at 2:52 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    💞💞💞 Lysm 💞💞💞

    1. Nayaa Nayaa says:
      December 31, 2023 at 3:00 pm

      thank you sm imko <333
      next part hendhunu submit kohlaifin
      lym <3

  14. kim taehyung(v) says:
    December 31, 2023 at 3:03 pm

    OMG milaan ves dhn yai ladhu gahnnu vaakah nuvaane dhw cant wait to see next part vrh reethi mi episode and vh ves may god bless ur hard working once again thanks a lot vhk baraabarah up kohdheythyve curiously waiting for next part

  15. kim taehyung(v) says:
    December 31, 2023 at 3:04 pm

    OMG milaan ves dhn yai ladhu gahnnu vaakah nuvaane dhw cant wait to see next part vrh reethi mi episode and vh ves may god bless ur hard working o

  16. kim taehyung(v) says:
    December 31, 2023 at 6:37 pm

    mi part vrh reethi cant wait to see next part. and may god bless ur hard work and wish u all the best for o level exam ekeep working insha allah u will be success

  17. Ifoo says:
    December 31, 2023 at 10:00 pm

    Vvv reethi mi part vs maasha Allah

    1. Nayaa Nayaa says:
      December 31, 2023 at 10:27 pm

      shukuriyyaa Ifoo <333

  18. Lily says:
    December 31, 2023 at 10:13 pm

    Mihaaru 100 ah vure gina faharu vahaka up vehje tho belifa onnaanii😭😭

    1. Nayaa Nayaa says:
      December 31, 2023 at 10:43 pm

      nayaa ah vs vrh ginain belijje story up vefa inthoa.. ekm keeh kuraany.. hama admin team in kohdhinhaa avaheh othy

  19. eyna says:
    December 31, 2023 at 11:19 pm

    Kyhve thw admin teamun vaahaka up kohdheyleh ehaa lahy. Kiyuntherin mithiba inthizaaru koh koh varubali vany. Admin teamun comments submit kohlan vaairah hama publish kohdhey. Dhn kyhve thw vaahaka ehaa lahun publish kohdheny.

  20. ReeshA CoronA says:
    January 1, 2024 at 12:20 pm

    Manje ey magey cmnt ge reply kobaa

  21. Me says:
    January 2, 2024 at 1:06 pm

    Kithamme kuru koh othas milaan aa yaina gulhunyma hiyy hama jehijje 😂 vrh rythi mi part vs maasha allah 😍😍💗

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 45 (ފަހުބައި)←


All Right Reserved!