އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ހަނދަށް ތަންދެމުން ދިޔަ ވަގުތެވެ. ފަތިހުގެ ތެތްފިނިކަން ފަޒާތެރޭގައި އަދިވެސް ހިފާ ލައިފައި ހުރިއެވެ. މި ހިތްގައިމު ވަގުތު ކޮޅުގައި ނިދާ ދާނުގެ އަރާމު ކަމުން ވަކިވެގެން ދާން ބޭނުންވާނީ ވަކި ކާކުތޯއެވެ؟ ނާމަވެސް މިއީ ކޮންމެ ކޮންމެ މީހެއްގެ ނަސީބުގައިވާ ކަމެއް ނޫނެވެ. ކުޑައިރު މުސްކުޅިން ބުނެ އުޅޭ ފަދައިން ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނެވެ. އަދި ހިލޭ ލިބޭ އެއްޗެއް ވެސް ނުމެނޫނެވެ. އެއީ އަގެއްގެ ބަދަލުގައި ލިބޭ އެއްޗެއް ކަން ކަށަވަރެވެ. އެ ހޯދުމަށް މަސައްކަތް ކުރުމަކީ އޭގެ އަގެވެ.
ޔާޒާއަށް މި ކިޔާ ނަސީބަކީ ދުވަހަކުވެސް އޭނާއާ އެއްކޮޅަށް ހުރި ކަމެއް ނޫނެވެ. އުފަންވި އިރުއްސުރެން އެއީ އޭނާގެ ދުޝްމިނެއްފަދަ އެއްޗެކެވެ. ޔާޒާ ގަބޫލުކުރާން ކިތަންމެ ބޭނުން ނުވިޔަސް މީހުން ކިޔަނީ އެހެންނެވެ. މަޑުމަޑުން ޔާޒާއަށް ވެސް އެކަން ގަބޫލު ކުރެވޭން ފެށުނެވެ.
ވިހެއި އިރު ވާހަކަ ދެއްކުމުގެ ނަސީބެއް ނުލިބެއެވެ. ވިހެއުމުގެ ތެރޭގައި މަންމަގެ ލޯތްބާއި އަޅާލުމުން މަހްރޫމްވެ އެކަން ވެސް ނަސީބުގައި ލައްވައިނުލިއެވެ. ނަމަވެސް ޔާޒާ ވަރަށް ހިތްވަރު ގަދައެވެ. އޭނާގެ ހިނިތުންވުމުން އެކަނިވެސް ބަލި ހިތަކަށް ފަރުވާ ލިބޭނެއެވެ.
ބިންމަތީގައި އަޅާފައޮތް ކުނާ ގޮނދަޑީގައި ފުރޮޅިލަމުން ޔާޒާ އާފުރެލިއެވެ. ވީދިފައިހުރި ދޮރުފޮތިތަކުން ފުރޭނިގެން އިރުގެ ދޯދިތައް ޔާޒާ ދޮން މޫނަށް އެޅުނެވެ. ނިދިން ހޭވެރިކަން ނުވެވި އިން ޔާޒާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ހިތާ ހިތުން “އެ ދިޔައީ ދުވަސް” މިހެން ބުނެލަމުން ޔާޒާ އަވަހަށް ތާޒާ ވެލައިގެން ނުކުތެވެ.
އެކަހެރި ކޮށްފައި ހުންނަ އެ ފަނގި ގަނޑުން ނުކުމެ ޔާޒާ މިސްރާބު ޖެހީ އޭނާގެ ބައްޕަގެ ބޮޑު އިމާރާތަށެވެ. އާނއެކެވެ. މިއީ ބުނާގޮތުން ނަމަ ޔާޒާގެ ނަސީބުގައި ވީ އެތިކޮޅެވެ.
ބައްޕަ ޔޫސުފަށް ޔާޒާވީ އޭނާގެ ފުރަތަމަ ލޯބީގެ ގާތިލަށެވެ. ނަމަވެސް އޭނާ އެއްލައި ނުލީތީ ޔާޒާ ބައްޕައަށް ޝުކުރުވެރި ވެއެވެ. ބައްޕަގެ ލޯބީގެ ނަސީބު ނުލިބުނު ޔާޒާ ބަލާ ބޮޑު ކުރީ އޭނާގެ ބޮޑު ދައިތަ އެވެ. ނަމަވެސް ކޮވިޑްގެ ވަބާއަށް އޭނާގެ ބޮޑުދައިތަ ވެސް އޭނާއަށް އަލްވަދާޢު ކިޔެވެ. އޭރުއްސުރެން ޔާޒާ ދިރިއުޅެމުން އެ އަންނަނީ ދޮންމަންމަ އާއި އޭނާގެ ދަރިންގެ ނުހަނު އަނިޔާވެރި ކަމުގެ ތެރޭގައެވެ. އެކަމަކުވެސް އެ ހިތްހެޔޮ ފުރާނައިގެ ހިތުގައި އުންމީދެއް އެބަ އޮތެވެ. އެއީ އޭނާ ދެކެ މީހުން ލޯބިވާ ދުވަހެއް ދުށުމެވެ. ބައްޕަގެ ލޯބި ލިބުމެވެ.
ގެއަށް ވައިން އިރު މީހެއްގެ ހިލަމެއް ނުވުމުން ޔާޒާ ފުން ނޭވާއެއް ދޫކޮށްލި އެވެ. ފަހަރެއްގައި ނަސީބު ޔާޒާގެ ކޮޅަށް އެރީބާއެވެ؟ ލަސްނުކޮށް ޔާޒާ ބަދިގެއަށް ވަދެ މަސައްކަތް ފެށި އެވެ.
“ޔާޒާ!”
-ނުނިމޭ-
3 Comments!
Comments are closed.

Omg this part is epic 👏🏻❤️ keep going 🙌🏻 waiting for next part ❤️❤️💞
Awwwn thank you so much Anonymous. I really appreciate those feedbacks. I’m working on the second part. Much love ❤️
this is good im looking forward for whats gnna happen to yaaza