Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޔާޒާ – 3 ވަނަބައި

VivaLaGloria
VivaLaGloria Level 1
January 2, 2024 4 Mins Read
5 Comments

*މެންދުރުގެ ކުރިން ގެއިން ނުކުންނާން ބުނެފައިވުމުން ގޭތެރެ ރީތިކޮށް ނިންމާފައި ޔާޒާގެ އެކަހެރި ކޮޓަރިއަށް ދިޔައެވެ. ބޮޑުދައިތަ ވަކި ވުމަށްފަހު ޔާޒާއަށް ގެއިން ބޭރަށް ދިއުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދުވަސް ކަމުން އޭނާ ހުރީ ވަރަށް އުފަލުން ނެވެ. ރީތިވެލައިގެން ޔާޒާ ނުކުތް ތަނާ… *
ކަޅުކުލައިގެ ކާރެއް ގޭޓުން ވަންނަނީއެވެ. ފިލަން އުޅުނު ކަމުގައި ވިޔަސް ކާރު ގައި ތިބި މީހުންނަށް ޔާޒާ ފެންނާނެ ކަން ޔަގީނެވެ. “އަމިއްލަ ކަށްވަޅަށް ފުންމައިލެވުނީ މި” ޔާޒާ ހިތާ ހިތުން ކިޔައި ލިއެވެ.” އެ މީހުން އަންނާނެކަމަށް ދޮންމަންމަ ބުނި ގަޑިއަށް އަދި 1 ގަޑީރު އެބަ އޮތް. އަޅޭ. ދޮންމަންމަ އަހަރެންގެ ދުވަސް ދުއްވާލާނެ. އަޅާނުލާ. އެހާ ވަރަށް ނުވިސްނާ. އިރާދަކުރެއްވިއްޔާ މި މީހުން އަހަރެން ނުފެންނަ ކަމަށް ހަދައިފާނެ. ހެޔޮކޮށް ވިސްނާ ޔާޒާ، ހެޔޮކޮށް ވިސްނާ.” ޔާޒާގެ ހިތް ބިރުގެންފައިވާ ވަރުން ޔާޒާއަށް ހިތާ ހިތުން އެއްފައްޗަކަށް އަމުނައިލެވުނެވެ. އަދި ހިތުގެ ތެޅުން މައިތިރި ކުރެވޭތޯ މަސައްކަތް ކުރި އެވެ.
ކާރު ގޮސް ބޮޑު އިމާރާތުގެ ކުރިމަތީ މަޑުކުރުމުން ޔާޒާ އިތުރު އެއްޗެކޭ ނުވިސްނާ އަދި ފަހަތަށް އެނބުރި ނުބަލާ ގޭޓުން ބޭރަށް ދުއްވައިގަތެވެ.
ބޭރުގެ ދުނިޔެ ނުފެންނަ ތާ 3 އަހަރު ވެފައި ހުރި ޔާޒާއަށް ފެންނަމުން ދާ މަންޒަރު ތަކުން ހުރެވުނީ މުޅިން އާޝޯހު ވެފައެވެ. ގޭގެ ހުރީ އެކި މާމެލާ މެލީގެ ގަސްތަކުން ޒީނަތްތެރި ކުރެވިފައެވެ. ކޮންމެ ގެއެއްގައި ވެސް އުސް ބޭރުފާރު ރާނައި އެންމެ ފަހުގެ ޑިޒައިން އަށް ދޮރާށި ރާނާފައި ހުއްޓެވެ. އެކި ޑިޒައިން ތަކަށް އެލްމިނިއަމް ދޮރާއީ ލަކުޑި ދޮރުތައް ހަރުކޮށްފައި ހުއްޓެވެ. “ކުރީގައި މަދު ގެއަކުން މިހެން ހުންނަނީ. ވާއޯ. ރަށުތެރެ ހާދަ ވަރަކަށް ތަރައްގީ ވެއްޖެއޭ.” ޔާޒާއަށް ހިތާ ހިތުން ކިޔައިލެވުނެވެ.
ޔާޒާ ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ދާންވީ ތަނެއް ނޭނގި ފައެވެ. މަގުމަތިން ދާހާ މީހަކު ޔާޒާއަށް ބަލަމުން ދެއެވެ. ހީވަނީ ބީރައްޓެހި ކުއްޖަކަށް ބަލާހެންނެވެ. ބައެއް މީހުން ޔާޒާއަށް ބަލަމުން ސިއްރުން ވާހަކަ ދައްކަމުން ދެއެވެ.” މަ ހީއްކުރީ މީނާ ނުކުޅެދޭ މީހުން ބަލާ ތާކަށް ލީކަމަށް ނުފެނި ގިނަ ދުވަސް ވީމާ.” ގެއެއްގެ ކަންމަތީ ބަހައްޓާފައި ހުރި ޖޯއްޔެއްގައި އިން އަންހެނަކު ބުނެލި އެވެ. “ބަލާ އޭނަ މަންމަނީއޭ. ބީރެއްނޫން. އެކުއްޖާއަށް އަޑު އިވޭނެ.” އެ އަންހެން މީހާ ގާތުގައި އިން ދެވަނަ އަންހެނަކު ބުނެލި އެވެ.
ޔާޒާ ބާރު ބާރަށް ހިނގައި ގަތެވެ. ދެން އެމީހުން ޔާޒާ އޭ ކިޔައިގެން ކިޔާނީ ކީކޭތޯ އަޑު އަހާ ހާ ހިތްވަރު ޔާޒާގެ ގަޔަކު ނެތެވެ. ޔާޒާ ގެއަށް ދާން ބޭނުން ވިއެވެ. ނަމަވެސް މިގަޑީ ގެއަށް ދެވޭ ކަށް ނެތެވެ. ޔާޒާ ހިނގައިގަތީ އަތިރިއާ ދިމާލަށެވެ. ހިތް ހަމައަކަށް އަޅުވާލުމުގެ ގޮތުން މީހުން މަދު ތާކަށް ދިއުމުގެ އުންމީދު ގައެވެ. ނަމަވެސް ބިންމައްޗަށް ބަލަމުން ދިޔަ ޔާޒާގެ ހިމަ ދެ އަތުގައި މީހަކު ހިފައި އޭނާ އަބުރާ ލައިފައި ބައްދާލިއެވެ. “ސުބުޙާނައް ﷲ. ޔާޒާ؟ އަހަރެން ހީއްކުރީ ޔާޒާ މުޅިން އަހަންނަށް ގެއްލުނީ ކަމަށް. އައި މިސްޑް ޔޫ ސޯ މަޗް!” ޔާޒާ މަޑުމަޑުން ދުރަށް ޖެހިލަމުން އެ މީހާގެ މޫނަށް ބަލައިލި އިރު ކުރިމަތީގައި ހުރީ އޭނާގެ ކުޑައިރު ގެ އެންމެ ގާތް ރަހުމަތްތެރިޔާ ލީން އެވެ. ލީން މީހާ ދުވަސް ފަހުން ފެނި ޔާޒާ ހުރީ ހައިރާން ވެފައެވެ. ލީން އަށް މިހާރު ވަނީ ބައިވަރު ބަދަލުތައް އައިސްފައި. ކުރިން ލޫޅާފަތި ލީން ހުރީ ކުޑަކޮށް ފަލަވެލާފައެވެ. އެ ދޮން މޫނުގައި ކުރިން ހުރި ބިހިތައް މަދެވެ. ހިތިފަގު ބުމައެކެވެ. މަޑު މުށި ކުލައެއްގެ ކަޅިރަވައެކެވެ. އެ ދެލޯ ޔާޒާ ފެނުމުން އުފަލުން ފެންކަޅި ވެފައި އެެވެ. ޔާޒާ އޭނާގެ ނޯޓުފޮތް ނަގާ ލިޔެލިއެވެ. “ލީން. އައި މިސްޑް ޔޫ ޓޫ. ވަރަށް ބައިވަރު ވާހަކަ ކިޔައި ދޭން އެބަ އޮތް. ހިނގާ އެއްކަލަ ފާލަމަށް ދަމާ؟ އައި ވިލް އެކްސްޕްލެއިން އެވްރީތިންގް.” ޔާޒާ ލިޔެފައި ހުރި އެއްޗެހި ކިޔާ ލުމަށް ފަހު ލީން ބޯ ޖަހައިލިއެވެ. އަދި ޔާޒާގެ އަތުގައި ހިފައިގެން އެތަނަށް ދިޔައެވެ.
މިއީ ލީން އާއި ޔާޒާ ކުޑައިރުއްސުރެއް ފެށިގެން އަންނަ ތަނެވެ. ބޭނުން ނުކުރާ ތާ ގިނަދުވަސް ވެފައިވާ މި ފާލަމަކީ ގަސްތައް ހެދި ބޯވެފައި ވާ ތަނަކަށް ވުމުން މަދުން ނޫނީ މީހުން ނާންނަ ތަނެކެވެ. ގަސް ބޯ ނަމަވެސް ސާފު މޫދެއް އޮންނަ ތަނަކަށް ވުމުން މުރަކައިގެ ބަގީޗާ ފެނެއެވެ. އޭގެ ތެރޭގައި ދިރިއުޅޭ މަސް މަހާ މެހި ފެންނައިރު ނުހަނު ޗާލެވެ. މި ހިތްގައިމު މަންޒިލުގައި މި ދެކުދިން އެކަކު އަނެކަކަށް ދިމާވާ ދެރައެއް ވިޔަސް، އުފަލެއް ވިޔަސް، ކަމަކާ ހިތްހަމަ ނުޖެހުނަސް އަބަދުވެސް މިތަނުގައި އިނދެ އެކަކު އަނެކަކަށް ކިޔައިދީ ލަފާ ހޯދައެވެ. ފާލަމުގެ އެންމެ ކޮޅުގައި އިށީނދެ ހަމަޖެހި ލުމަށް ފަހު ޔާޒާ އޭނާގެ ނޯޓުފޮތުގެ ޒަރީއާއިން ލީން އަށް ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. ބޮޑުދައިތަ ނިޔާވުމަށް ފަހު ދޮންމަންމަ ކުއްލިއަކަށް ބަދަލުވެ އޭނާގެ އަސްލު ސިފަތައް ދައްކާލި ވާހަކައެވެ. ބައްޕަ ދޮންމަންމަ އަށް އޭނާއަށް އަނިޔާ ކުރަން ހިތްވަރުދޭ ވާހަކައެވެ. އަނިޔާ ނުލިބި އެންމެ ދުވަހެއް ވެސް ނުދާ ވާހަކައެވެ. ލީން އޭތި ކިޔާ ނިމުނު އިރު ހުރީ ފެންކަޅި ވެފައެވެ. “އެ ގެއަށް އަނބުރާ ދާނެކަމައް ނެތް. އަހަންނާ އެކު ހިނގާ އަހަރެންގެ ގެއަށް. އަހަރެން ބޭނުމެއްނޫން ޔާޒާއަށް އިތުރަށް އަނިޔާ ލިބޭ ތަން ދެކޭކަށް.” ލީން މަސައްކަތް ކުރީ ޔާޒާ ސަލާމަތް ކުރެވޭ ތޯއެވެ. “ނޫން ލީން. އަހަރެން އަހަރެންގެ ހާލައިގެން ދޫކޮއްލާ. ލީން އަށް އެނގޭނެ ބައްޕަގެ ގޮތް. ލީން ބައްޕައާ ދެކޮޅަށް ނުކުމެއްޖެއްޔާ ލީން ގެ ދުވަސް ދުއްވާލާނެ.” ޔާޒާ ލިޔެލިއެވެ. އާނއެކެވެ. މުއްސަނދިންގެ ކުރިމަތީގައި ލީން ކަހަލަ ކުދިންނަކީ ނިކަމެތިންނެވެ. މުއްސަނދި ކަމުގެ ޒަރީޢާއިން ޔޫސުފްގެ އަތުގައި ލީން މުޅިން ހަލާކު ކޮއްލާހާ ބާރު އެބަ އޮތެވެ. ޔާޒާ އާދޭސް ކުރާ ވަރުން ލީން ގޮތް ހުސްވެ އެންމެފަހުން އެއްބަސް ވި އެވެ. ދެކުދިން އެކުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް އިރު އޮއްސެން ފަށައިފިއެވެ. ޔާޒާއަށް މި މަންޒަރު ނުފެންނަތާ އެހާ ގިނަ ދުވަސް ވުމަށް ފަހު ފެނުމުން އޭނާގެ ހިތް އުފަލުން ފޮޅުނެވެ.
އިރު މަޑުމަޑުން ކަނޑުގެ ތެރެއަށް ގެނބެމުން ދިޔައީ އުޑުމަތި އޮރެންޖް ކުލައިގެ ޝޭޑް ތަކާއި ފިޔާތޮށި ކުލަ އާއި މަޑު ދަނބު ކުލައާ އެއްވެފައިވާގޮތަށް ކުލަޖައްސަމުން ޖަރީ ކުރަމުން ނެވެ. މައިތިރި ވެފައޮތް ސާފު މޫދުމަތިން ރަން ކުލައެއް އެޅިފައި ވެއެވެ. މަޑުމަޑުން ރާޅު ބާނިތައް ސާފު ދޮންވެލިގަނޑު މަތީ ބީހިލަމުން ދިޔަވަގުތު އިރުގެ އެންމެ ފަހު ދޯދި ގެއްލުނެވެ. ހަމަހިމޭން މި މާހައުލުގައި ހަމަ އެކަނި އިވެމުން ދިޔައީ ދުރުން ކާޅެއް ގޮވާލާ އަޑު އެކަންޏެވެ. މިއީ ބަލި ހިތަކަށް އަވަސް ޝިފާ ލިބޭނެ މަންޒަރެކެވެ. ޔާޒާ މެން ދާން ބޭނުން ނޫނަސް އަނދިރިވުމުން ގެއަށް ދާން ހިނގައިގަތެވެ.
ޔާޒާ މެން ހިނގައިގަތީ ލީން ގެ ގެއަށް ދިއުމަށެވެ. ލީންމެންގެ ގެއާ އަރާ ހަމަވުމުން ލީން މެންގެ ގޭ ކުރިމަތީ ފިރިހެނަކު ހުއްޓެވެ. އޭނާގެ ބޯ ނަމަވެސް ކުރު އިސްތަށިގަނޑު ވަނީ އެއްފަރާތަށް ސްޓައިލް ކުރެވިފައެވެ. ކަޅު އަތްދިގު ޓީޝާޓަކާއި ޖީންސް ލައިގެން ހުރި އެ މީހާ ފިރިހެން ވަންތަ އެވެ. “ލީން” އޭ ކިޔާ ގޮވާލަމުން ހީނލާފައި އޭނާ ހަނާއަޅާލިއެވެ. ލީން އެ ފިރިހެން މީހާގެ ގާތުގައި މަޑުކޮއްލައިފައި ދެއަތް ގުޅުވާލިއެވެ. އެމީހާ ޔާޒާއަށް ބަލާލަމުން ދެބުމަ ގޮށް ޖަހައިލިއެވެ. “އޯހް. އަޝާން، މީޓް މައި ބެސްޓީ ޔާޒާ. އޭނާ ވަރަށް ދުވަހަށް ފަހު ގެއިން ބޭރަށް ނުކުތީ. ޔާޒާ، މިއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ އަޝާން. ސޮރީ ވާހަކައިގެ ޖެހުނީމަ ހަނދާން ނެތުނީ ބުނަން އަހަރެން އެންގޭޖް ވި ވާހަކަ.” ޔާޒާ ހުރީ ހައިރާން ވެފައެވެ. ” ވަރަށް އަޑު އަހަން ޔާޒާގެ ވާހަކަ. ވަރަށް އުފާ ވެއްޖެ އަސްލަށް ބައްދަލު ވީމާ.” އަޝާން ސަލާމް ކޮއްލަން އަތް ދިއްކުރިއެވެ. ސަލާމް ކޮށްލުމަށް ފަހު ޔާޒާ ނޯޓުފޮތް ނަގާ ލިޔެލިއެވެ.” މަރުޙަބާ ލީން! އަހަރެން އުންމީދު ކުރަން ތި ދެކުދިންނަށް ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް.” ލީންމެން ކިޔައިލިތަނާ ސައިކަލެއް އައިސް ޔާޒާ ގެ ކައިރީ މަޑުކޮއްލިއެވެ.
ކާކުތޯ ބަލައިލި އިރު އެއީ ޔާއިޝްއެވެ. އޭނާގެ މޫނުމަތިން ފޫހިކަމާ ރުޅިވެރިކަން ފެންނަން ހުއްޓެވެ. “އަރާ” ޔާއިޝް ޔާޒާއަށް ބައިލަމުން ބުނެލި އެވެ. ވާހަކަ ގިނަކުރާން ބޭނުން ނުވާ ފަދައެވެ. ޝޮކެއްގައި ހުރި އެ އެންމެންގެ ތެރެއިން އެކަކު ވެސް ގުޑެނުލައެވެ. “އަރާށޭ ޔާޒާ!” މިފަހަރު ޔާއިޝް ބާރަށް ބުންޏެވެ. ޔާއިޝްގެ އަޑުގައި ހުރި ނަފްރަތު ވަރަށް ސާފު ވެއެވެ. ޔާއިޝް ގެ މިޖާޒަށް އައި ކުއްލި ބަދަލުން ޔާޒާ ދެކޮޅު ނުހަދާ ޔާއިޝްގެ ފަހަތަށް އެރި އެވެ. ދެކޮޅު ހަދައިފިނަމަ ދެން ލިބޭނީ ކޮންކަހަލަ އަދަބެއް ކަން ނޭންގޭތީއެވެ. ރަނގަޅަށް ނުވެސް އެރެނީސް ޔާއިޝް ބާރު ސްޕީޑަގައި ސައިކަލް ދުއްވާލިއެވެ.
-ނުނިމޭ-

Share Article

VivaLaGloria
Follow Me Written By

VivaLaGloria

Level 1

Living my fantasies through stories.

Other Articles

Previous

ގަނޑުވަރުގެ ސިއްރު 6

Next

ވެވުނީ ލޮތްބޭ….

Next
January 2, 2024

ވެވުނީ ލޮތްބޭ….

Previews
January 2, 2024

ގަނޑުވަރުގެ ސިއްރު 6

5 Comments!

  1. Lily says:
    January 2, 2024 at 2:02 pm

    Heyyy dear
    Miadhu hama mi kiyaaly vahaka feshigen mi part aa hama ah.. Vahaka vrh reethi. Masha Allah.. But haadha kureyy konme part eh vess😭😭 unmeedhu kuran kuriah oeh part miah vure dhigu vaane kamahh..

    1. VivaLaGloria VivaLaGloria says:
      January 3, 2024 at 5:55 pm

      Yeah I noticed vrh kurukan. I’ve tried mi part dhigu kuran. Inshallah I will try to make 4th part ves miavuren dhigu kureveytho. Thanks for the feedback ❤️❤️

  2. QWEENROSE says:
    January 2, 2024 at 2:17 pm

    masha allah mi part ves vrh reethi when is next part cant wait to see next part

  3. Rifoo says:
    January 2, 2024 at 6:43 pm

    Mi part vx varah reethi Masha Allah
    When next part

    1. VivaLaGloria VivaLaGloria says:
      January 3, 2024 at 5:57 pm

      Inshallah vrh avahah upload kureveytho balaanan. I’m trying hama. Sorry for the wait tho

Comments are closed.



All Right Reserved!