ލައުރާވެސް އެ ބުނީ ތެދެކެވެ. މިލާންގެ މަގާމުގައި އޭނާ ހުރި ނަމަ އޭނާވެސް ކަންތައް ކުރާނީ ހަމަ މިލާން ކަންތައް ކުރި ފަދައިންނެވެ. ޔައިނާއާ ދިމާއަށް މިލާން ބުނި ކޮންމެ ލަފްޒަކީ މިލާންގެ ލޯ މައްޗަށް ހަގީގަތް ފަރުދާ ކުރެވިފައިވީ އަނދިރިގަނޑެއްގެ ތެރޭގައި ހުރެ، މިލާން ބުނި ކޮންމެ ލަފްޒެކެވެ. ލައުރާ ބުނި ފަދައިން މިލާން ކެނެޑާއަށް ދިޔުމުގެ ކުރީގައި ކަންތައް ކުރި ގޮތަށް އޭނާއަށްވެސް ކަންތައް ނުކުރެވޭނޭކަން ޔަޤީނެވެ. މިލާން އޭނާއަށް އިތުބާރު ނުކުރެޔެކޭ ބުނާނެ އެއްވެސް ޖާގައެއް މިއަދަކު ނެތެވެ. އެހެންނަމަވެސް، އޭނާ އަދި ވިސްނައިލަން ވަގުތުކޮޅެއް ބޭނުންވެއެވެ. ވަރިޔަށް އެދުމަކީ ބޮޑު ކަމެކެވެ. އެހާ ބޮޑު ނިންމުމެއް ނިންމާ އިރު، ވިސްނައިލާނެ ފުރުސަތެއް އޭނާ ބޭނުންވެއެވެ.
*** ** ***
ޢިޝާ ނަމާދު ކޮށްގެން މިސްކިތުން ފޭބި ގޮތަށް، މިލާން ދިޔައީ ގެއަށެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް އެއްޗެއް ކާހިތް ނެތުމުން މިލާން ހަމައެކަނި ކޮފީއަކުން ފުއްދައިލިއެވެ. އެެއަށްފަހު، ކޮޓަރިއަށް ވަން ވަގުތު މިލާންގެ ލޮލުގައި އަޅައިގަތީ އޭނާގެ އެނދު ކައިރީގައި ބަހައްޓާފައި ހުރި ގިޓައެވެ. އެ ގިޓާގައި އޭނާ އަތްނުލާތާ މިހާރު ހައެއްކަ މަސް ދުވަސް ވެދާނެއެވެ. އެހެންނަމަވެސް، އެއް އިރެއްގައި އެ ގިޓާ އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ އުފާވާ ވަގުތުތަކުގަޔާއި އެންމެ ދެރަވާ ވަގުތުތަކުގައި ކިޔާ ލަވަތައް ފުރިހަމަކޮށްދޭ ބައިވެރިޔާއެވެ. އެ ހަނދާންތައް އައު ވުމުން، މިލާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ގިޓާ ނަގައިގެން، އޭނާ ނުކުތީ ބެލްކަންޏަށެވެ. ބެލްކަނީގައި ހުރި އުނދޯލީގައި އިށީނދެލަމުން، އޭނާ ގިޓާގެ ނަރުތަކާ ކުޅެލިއެވެ.
ކިޔާނެ ލަވައެއް ހިތަށް ގެންނަމުން، ދެލޯ މަރައިލި އިރު އެންމެ ފުރަތަމަވެސް އޭނާއަށް ސިފަވީ ޔައިނާއެވެ. އެ ރީތި މޫނެވެ. އެ އުޖާލާ ހިނިތުންވުމެވެ. ދެލޯ ހުޅުވައިލި ވަގުތު އުޑުމަތިން ފެނުނު ބުރުހަމަ ރީތި ހަނދަށްވެސް އޭނާއަށް މަލާމަތް ކުރެވުނެވެ. އޭނާގެ ޔައިނާ އެ ހަނދަށްވުރެ ވެސް ރީތިކަން ގައިމުތާއެވެ. ހަނދަށް ނަޒަރު ހުއްޓާލައިގެން އިނދެ، މިލާން އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރުކުރަން ފެށިއެވެ.
ދީވާނާ ކޮށްލާފައި ވާތީ
ލޯތްބަށް އެދިގެން، ރޯލީމޭ
ނޭނގޭހާވެސް ބުނެދެން ލޯތްބޭ
ވާތީ ހިތުގައި، ވާނަން ޤުރުބާން
ފޮނި އުންމީދެއް, އިހުސާސް ވާތީ
ތި ޚިޔާލޭ ފިނި, ރޯޅީގައި ވީ
ދީވާނާ ކޮށްލާފައި ވާތީ
ލޯތްބަށް އެދިގެން، ރޯލީމޭ
ހޯދަން ނޭދެން، ލޯތްބެއް ތިޔަ ނޫން
ލިބެން ނެތުމުން، ރޯލީމޭ
ފުރަގަސް ދީފައި، ތިޔަހެން ދާތީ
ހިތުގައި ޖެހިދޭ، ކަރުނައިން ފުރިދޭ
ދާކަށް ނޭދެން، އާދޭސް ކުރަމުން
ބާރެއް ނުވެޔޭ، ފަހަތުން ދެވެޔޭ
ދީވާނާ ކޮށްލާފައި ވާތީ
ލޯތްބަށް އެދިގެން، ރޯލީމޭ
ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން
ލިބެން ނެތުމުން، ރޯލީމޭ
ލޯ ކަރުނުން ފުރާ، ވާ ޙާލުގާ
ލޯތްބަށް ޖަހާ މީ ސަލާމޭ ހުވާ
ލޯތްބާ ރުހުން، ދީފައި ނެތަސް
ހެވޭ ހިތް ހަވާލު ކުރަން ހެޔޮ ހިތުން
ދީވާނާ ކޮށްލާފައި ވާތީ
ލޯތްބަށް އެދިގެން، ރޯލީމޭ
ހޯދަން ނޭދެން، ލޯތްބެއް ތިޔަ ނޫން
ލިބެން ނެތުމުން، ރޯލީމޭ
ލަވަ ކިޔައި ނިންމައިލި އިރު މިލާންގެ ދެލޯ ވަނީ މެރިފައެވެ. އޭނާގެ ހިތުގެ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭރުކޮށްލެވުމުން، އެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އިރުކޮޅަކު އެ އިން ގޮތަށް އިނދެފައި، މިލާން ފޯނު ނަގައި، ޔައިނާއަށް ގުޅައިލިއެވެ. ތިންފަހަރު މަތިން އޭނާ ގުޅީމައިވެސް ޔައިނާ ފޯނު ކަނޑާލުމުން، މިލާން ހިތުގައި ޖެހުނެވެ. ޔައިނާ ދެން އޭނާއަށް މައާފު ކުރާނީ ކޮން ދުވަހަކުން ބާވައެވެ؟
ޔައިނާ ފޯނު ނުނެގުމުން މިލާން ދެން ގުޅައިލީ ޒާރާއަށެވެ. “ހަލޯ ޒާ.. ޔައި ކޮބާ..؟” މިލާން އެއްސެވެ. “ވެއްޖެ ކޮޓަރީގަ..” ޒާރާ ވާހަކަ ދެއްކި ގޮތުން އެ އުޅެނީ ގޭގައި ކަން އެނގެއެވެ. ފަހަތުން އޭނާއަށް އަފާންގެ އަޑުވެސް އިވެމުން ދިޔައެވެ. “ޔައި ކައިފިތަ..؟ ބޭސް ކޭތަ..؟ މިހާރު ރަނގަޅުތަ..؟” މިލާންއަށް އަމުނައިލެވުނީ ސުވާލު ފައްޗެކެވެ. “ޑޯންޓް ވޮރީ މިލާން.. ޔައި ހަމަ ރަނގަޅޭ.. ފުރަތަމަ ހުރީ ނުކާންވެގެން.. އެކަމް އަހަރެން ވަރަށް ގިނައިން ކިޔައިގެން އޭނަ އެތިކޮޅެއް ކައިފި.. ބޭސްވެސް ކައިގެން އެ ދިޔައީ ނިދަން ދަނީއޭ ކިޔާފަ.. މިލާން ގުޅާލަބަ ޔައިއަށް.. މިލާން ކުޑަކޮށް ވާހަކަ ދައްކާލީމަވެސް އޭނަ އޯކޭ ވެދާނެ އެއްނު..” ޒާރާ ބުނެލިއެވެ. “އަހަރެން ގުޅައިފިން ދެތިން ފަހަރު.. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީ.. އެނީވޭސް.. ޓޭކް ކެއަރ އޮފް ޔައި އިނގޭ.. އަހަރެން ފަހުން ގުޅާނަން.. އަދި އާނ.. އަފާން ކައިރި ބުނެލަދޭތީ މާދަމާ ހެނދުނު ނުވައެއް ޖަހާ އިރު، ހޮސްޕިޓަލުން އަހަންނާ ބައްދަލު ކޮށްލާށޭ.. ދެން ބާއްވަނީ އިނގޭ..” މިލާން ބުނެލިއެވެ. އާނ އޯކޭއޭ ބުނެފައި ޒާރާ ފޯނު ކަނޑައިލިއެވެ.
ޒާރާ ސިއްސައިގެން ދިޔައީ، ކުއްލިއަކަށް ފަހަތުން އައިސް، އަފާން ޒާރާގެ ގައިގައި އޮޅުލައިގަތުމުންނެވެ. އަފާން ޒާރާގެ ހާމަޔަށް އޮތް އޮމާން ކަނދުރާގައި މޫނު ފޮރުވައިލުމާއެކު، ޒާރާއަށް ދެލޯ މަރައިލެވުނެވެ.
“އަފާން…” ޒާރާ ގޮވައިލިއެވެ. “ހޫމް…” އަފާންގެ އަޑުގައިވީ ވަރުބަލިކަމުގެ އިހުސާސެކެވެ. “މިލާން ބުނީ އަފާން ކައިރި ބުނާށޯ މާދަމާ ހެނދުނު ނުވައެއް ޖަހާ އިރު ހޮސްޕިޓަލުން އޭނަޔާ މީޓް ކުރާށޭ..” އަފާންއާ ވީ ފަރާތަށް އެނބުރިލަމުން، ޒާރާ އަފާންގެ ކަނދުރާގައި އަތް އަޅުވައިލިއެވެ. “އެ ކީއްކުރަން ހޮސްޕިޓަލުން.. އޭނަ އަހަންނާ ބައްދަލު ކުރަންވީނު ބޭރުންވެސް.. އޭނަ އެއީ ދެން އަހަންނާ ބައްދަލު ކުރަން ހޮސްޕިޓަލަށް ދާން ޖެހޭހާ ދުރު މީހެއްތަ..؟” އަނގަ ޗޭކޮށްލަމުން އަފާން އެހެން ބުނެލި ގޮތުން ޒާރާ ކައިރިޔަށް ހިނި އައެވެ. ނަމަވެސް، އެއްވެސް އެޗެއް ނުބުނެ ޒާރާ އަފާންގެ އިސްތަށިކޮޅު ހާވައިލިއެވެ.
“ޒާރާ…” ޒާރާގެ ފަރާތުން ޖަވާބެއް ނައުމުން އަފާން ގޮވައިލިއެވެ. ޒާރާ ހަމައެކަނި ހޫމްއެއް އަޅުވައިލީއެވެ. “އަހަރެމެން ކުއްޖަކު ހޯދާނީ ކޮން އިރަކުންތަ..؟” އަފާން ކޮށްލި ސުވާލުން، ޒާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން އެ މޫނުމަތި ރަތްވެގެން ދިޔަ މަންޒަރު ފެނި، އަފާން ގާތަށް ހިނި އައެވެ. “ހާދަ އަވަހަކަށް..؟” ޒާރާއަށް އަހައިލެވުނީ އެހެންނެވެ. “ޒާރާ ކުއްޖަކު ބޭނުން ނުވަނީތަ..؟” އަފާންވެސް ކޮށްލީ ސުވާލެކެވެ. “ނޫން.. އެހެންނެއް ނޫން.. އެކަމް އަފާން ކުއްލިއަކަށް ތިހެން ބުނީމަ.. މީގެ ކުރިން ދުވަހަކުވެސް ދެއްކި ވާހަކައެއް ނޫނެއްނު..” ޒާރާ ބުނެލިއެވެ. “ކުރިން ނުބުންޏަސް އަހަރެން އަބަދުވެސް ވިސްނަމޭ.. އިމޭޖިން.. މި ގޭތެރެ ހާދަ ފަޅުފިލާނެޔޭ.. އަހަރެން ވަރަށް ބޭނުން ކުޑަކުޑަ ޒާރާއެއް.. ހަމަ ޒާރާ ކަހަލަ.. ވަރަށް ގޮތް ދޫނުކުރާ، ބޯހަރު، ހަލަނި، އެކަމަކުވެސް ވަރަށް ލޯބިލޯބި ބޭބީގަރލް އެއް.. އަހަންނާ ދިމާއަށް ބައްޕާއޭ ކިޔާލާފަ ގޮވައިލާނެ ކުއްޖެއް.. އަހަރެން އޮފީހުން އަންނަ އިރު ދުވެފަ އައިސް އަހަރެންގެ އަތުތެރެޔަށް ވަންނާނެ ކުއްޖެއް..” އަފާން ދައްކަމުން ދިޔަ ވާހަކައިން ޒާރާ ގާތަށް ހިނި އައެވެ. އަފާންގެ ވިސްނުން ހުރި ގޮތް އޭނާއަށް ވަރަށް ކަމުދިޔައެވެ. ކުޑަކުދިން ދެކެ އަފާން ލޯބިވާ މިންވަރު ޒާރާއަށް ކުރިންވެސް އެނގެއެވެ. ނަމަވެސް، އަމިއްލަ ދަރިޔަކަށް އަފާން މިހާ ބޭނުންވާކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ.
“އަފާން ވަރަށް ބޭނުން ދޯ ބޭބީއެއް..؟” ޒާރާ އަހައިލުމާއެކު، އަފާން ވަގުތުން ބޯ ޖަހައިލިއެވެ. “ޔެސްސް.. އެކަމަކު އަހަރެން ބޭބީއެއް ބޭނުން ވަނީ ޒާރާވެސް އެކަމަށް ރެޑީވީ ދުވަހަކުން..” ޒާރާގެ ނޭފަތުގައި މަޑުމަޑުން ހިފައިލަމުން، އަފާން ބުނެލީ، ހިނިތުން ވަމުންނެވެ. އެއާއެކު، ޒާރާގެ ހިނިތުންވުންވެސް ފުޅާވެގެން ދިޔަ އިރު، އަފާންގެ މޭތެރޭގައި މޫނު ފޮރުވައިލީ، އެފަދަ ރަނގަޅު ފިރިއެއް އޭނާއަށް ދެއްވީތީ މާތްﷲއަށް ޝުކުރުވެރިވާ ޙާލުގައެވެ.
ކޮޓަރި ދޮރު ކައިރި ހުރި ޔައިނާއަށް ޒާރާއާ އަފާން އެކަކު އަނެކަކުގެ އަތުތެރޭގައިވީ މަންޒަރު ފެނުމުން ހިނިތުންވެވުނެވެ. އޭނާ ކޮޓަރިން ނުކުތީ، ނިންމަން އުޅޭ ނިންމުމުގައި ޒާރާގެ ލަފައެއް ހޯދަން ބޭނުންވުމުންނެވެ. އެހެންނަމަވެސް، ޒާރާއާއި އަފާން އެގޮތަށް ތިއްބާ އުނދަގޫ ކުރާކަށް ޔައިނާ ބޭނުމެއް ނުވިއެވެ. އެދެމީހުންނަށް ހިލަމެއްވެސް ނުވާހާ މަޑުމަޑުން ޔައިނާ ކޮޓަރިއަށް ވަދެ، ދޮރު ލައްޕައިލިއެވެ.
އޭނާއަށާ މިލާންއަށްވެސް އެފަދަ ނަސީބެއް ލިބެން އޮތީ އޭނާ ނިންމާ ނިންމުމަކުންނެވެ. މިއަދު މިލާންގެ އަނބިމީހާގެ މަޤާމުގައި ހުރެ މިލާންގެ ކައިރިޔަށް ގޮއްސި ނަމަ ދުނިޔޭގައި ވާހާ ހުރިހާ އުފަލެއް މިލާން އޭނާއަށް ދޭނެކަން ޔައިނާއަށް ޔަގީންވިއެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ހިތް ބިރުގަންނަނީއެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ކަންތައް ވެގެން ދިޔަ ގޮތުން، އަލުން މިލާންގެ ކައިރިޔަށް ދިޔުމަށް ފަސްޖެހެވެނީއެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް، ޔައިނާ އޭނާގެ އެނދުގައި އިށީނެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި، ހުޅުވައިލިއެވެ. ރޭގައި ވީ ކަންތަކަށް ފަހު އޭނާ ކުރިން ގެންގުޅުނު ފޯނު އެކީ ހަލާކުވެފައި ވުމުން، މިއަދު ޒާރާއާ އެކީ ގޮސް އޭނާ އެހެން ފޯނެއް ގަތީއެވެ. އެ ފޯނު ފެނުމުންވެސް ރޭގެ ބިރުވެރި ހަނދާންތައް އައުވާން ފެށުމުން ޔައިނާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ފޯނު ހުޅުވައިލި އިރު، މިލާން ކޮށްފައި ހުރި މެސެޖުތަކެއް ފެނުނެވެ. ޔަގީނެވެ. މިލާން ގުޅުމުން ޔައިނާ ފޯނު ކަނޑައިލީމާ، މެސެޖު ކުރީއެވެ. އެނދުމައްޗަށް އަރައި، ހަމަޖެހިލަމުން ޔައިނާ މިލާންގެ މެސެޖުތައް ކިޔައިލިއެވެ. އޭނާ ދެކެ ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް، ނުކައި ނުހުރުމަށާއި، ރަނގަޅަށް އަރާމު ކުރަން ބުނެފައި އޮތެވެ. ނިދުމުގެ ކުރިން ބޭސް ކާންވެސް ހަނދާން ކޮށްދީފައި އޮތެވެ. އެއަށްފަހު އޮތީ، ޝިޔަލްގެ މައްޗަށް ކުށް ސާބިތުވެގެން ޝިޔަލް ހައްޔަރު ކުރި ޚަބަރެވެ. އެއާއެކު، ޔައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެންމެ ފަހު މެސެޖުގައި، ޔައިނާ ދެކެ ވަރަށް ލޯބިވާކަން ހަނދާން ކޮށްދީފައި، އޭނާއަށް މައާފް ކޮށްދިނުމަށް މިލާން އެދިފައި ވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ފޯނު ނިއްވައިލީ، މިލާންގެ މެސެޖަށް އެއްވެސް ޖަވާބެއް ނުދީއެވެ. ސައިޑް ޓޭބަލް މަތީގައި ފޯނު ބާއްވައިލާފައި، ރަޖާގަނޑުން ހަށިގަނޑު ނިވާކޮށްލަމުން، ޔައިނާ ދެލޯ މަރައިލީ، ނިދީގެ ފުން ޢާލަމަށް ދަތުރު ކުރެވޭތޯއެވެ.
*** ** ***
ސޯފާއަށް ވެއްޓިގަނެގެން އޮތް މިލާން ފޯނު ހިފަިގެން އޮތީ، ޔައިނާގެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ. އެހެންނަމަވެސް، މެސެޖު ކިޔާފައި ފަނަރަ މިނެޓު ވީ އިރުވެސް ޔައިނާގެ ޖަވާބެއް ނައުމުން، މިލާންގެ ހިތުގައި ވޭން އެޅިއެވެ. ފޯނު ނިއްވައިލެވުނު އިރު، އެއް އަތުން، އިސްތަށިގަނޑުގައި އަތް ހިންގައިލެވުނީ، ބޮލުގައި ހުރި މަޑު ރިހުމެއްގެ ސަބަބުންނެވެ. ހިތަށް ތަދުވަމުން ދިޔަ ވަގުތު މިލާން ހިތަހަމަ ޖައްސައިލީ މާދަމާ އޭނާ ޔައިނާއަށް ކޮށްދޭން އުޅޭ ކަމުގެ ސަބަބުން، ޔައިނާގެ ރުހުން އޭނާއަށް ލިބުން ވަރަށް ގާތްކަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.
*** ** ***
ޖެހިގެން އައި ދުވަހެވެ. ހެނދުނު ނުވައެއް ޖެހި އިރު އަފާންއާ މިލާން ތިބީ އަފާންގެ އޮފީހުގައެވެ. މިލާން އޭނާ ގެނައި ލެޕްޓޮޕަކުން އަފާންއަށް އެއްޗެހިތަކެއް ދައްކަމުން ދިޔަ އިރު، އަފާންގެ ދެލޯ ވަނީ ބޮޑުވެފައެވެ. ހީވާ ގޮތުން ކޮންމެވެސް ބޮޑު ކަމެއް، އަފާންއަށް އެނގުނީއެވެ.
އެގޮތުގައި އެ ދެމީހުން އިރުކޮޅަކު ތިބުމަށްފަހު، އަފާން އޮފީހުން ނުކުތެވެ. ފަހަނަރަ ވަރަކަށް މިނެޓު ފަހުން އަފާން އެނބުރި އައި އިރު އޭނާގެ އަތުގައި ގަނޑުތަކެއް ހުއްޓެވެ. މިލާންއާ ދެމީހުން ވެގެން އޭގައި ހުރި ލިޔުންތައް ކިޔައި ނިންމައިލި އިރު، ދެމީހުންގެ މޫނުމަތީގައިވެސް ވީ ކިޔަން އުނދަގޫ ކުލަވަރެކެވެ. މިވީހާ ދުވަހު ސިއްރު ކުރެވިފައިވީ ބޮޑު ހަގީގަތެއް އެނގުމާއެކު، ދެމީހުންގެ ހިތަށްވެސް ވެރިވަމުން ދިޔައީ، ބަޔާން ކުރަން ދަތި އިހުސާސް ތަކެކެވެ. އިރުކޮޅެއް ފަހުން ދެމީހުން އެކީ ނުކުމެފައި، މިސްރާބު ޖެހީ ބަލި މީހުން ބައިތިއްބާ ވޯޑާ ދިމާއަށެވެ.
*** ** ***
ބެލްކަނީގައި ހުރި އުނދޯލީގައި ޔައިނާ އިށީނދެ އިން އިރު، އަތުގައި އާވި އަރަ އަރައި ހުރި ހޫނު ކޮފީތަށްޓެއް ހުއްޓެވެ. ފެންނަމުން ދިޔަ އުސް އިމާރާތްތަކަށް ގެއްލިފައި އިން އިރު، އިރުއިރުކޮޅާ ކޮފީ ޖޯޑުން އެތިފޮދެއް ބޮއެލައެވެ. އަދިވެސ ްއޭނާއަށް ވަކި ގޮތެއް ނުނިންމުނެވެ. އެހާ ބޮޑު ފިކުރެއްގައި އެ އިނދެވެނީ އެހެންވެއެވެ.
ބެލްކަންޏަށް ނުކުތް ޒާރާއަށް ޔައިނާ ފެނުމާއެކު، ގޮސް، ޔައިނާ ކައިރި އިށީނެވެ. ޒާރާ ގޮވައިލުމާއެކު، ޔައިނާއަށް ޚިޔާލީ ދުނިޔެއިން ބޭރުވެވުނެވެ. ޒާރާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން، ޔައިނާ ހެނދުނު ތަހުނިޔާ ކިޔައިލިއެވެ.
“ޔައި… ގޮތެއް ނިންމައިފިންތަ..؟” އަހަން ނާހަން އިނދެފައިވެސް ޒާރާ އެންމެ ފަހުން އެއްސެވެ. “ނޭނގެ… އަހަރެން… އަހަންނަކަށް ނޭނގެ ޒާ..” ޔައިނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ޔައީ.. އިއްޔެ ލައުރާވެސް އަސްލުގަ އެ ބުނީކީ ދޮގު ވާހަކައެއް ނޫން ދޯ.. އަހަރެންވެސް ކުރީގަ ކުށްވެރި ކުރީ ހުސް މިލާން.. އެކަމަކު އެ ޝިޔަލްގެ ކަންތަކުގެ ކުރިން މިލާން ޔައިއަށް ހާދަ އިތުބާރެކޭ އެ ކުރީ.. ލޯބިވެރިޔާއަށް މީހަކު އިތުބާރު ކުރާނެ އެންމެ ބޮޑަކަށް މިލާން ޔައިއަށް އިތުބާރު ކުރި.. ޔައީ.. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން.. ޔައި ތިހެން ވަރީގެ ވާހަކަ ދެއްކިޔަސް އަހަންނަށް އެނގޭ ޔައި އަދިވެސް މިލާން ދެކެ އިންތިހާއަށް ލޯބިވާ ކަން.. ބުނެބަލަ.. މިލާންގެ ދުލުން ޔައި ވަރި ކުރާ އަޑު އަހަން ޔައިއަށް ކެތް ވާނެތަ..؟” ޒާރާގެ ސުވާލަށް ދޭނެ ޖަވާބެއް ޔައިނާއަކަށް ނޭނގުނެވެ. “ބުނެބަލަ ޔައީ.. އަހަރެންގެ ދެލޮލަށް ބަލާފަ ބުނެބަލަ.. ތެދަށް ބުނޭ.. މިލާންގެ ދުލުން ތީ އޭނަގެ އަންބެއް ނޫނޭ ބުނާ އަޑު އަހަން ޔައިއަށް ކެރޭނެތަ..؟” ޔައިނާގެ އަތްތިލައިގައި ހިފައިލަމުން ޒާރާ އަނެއްކާވެސް އަހައިލިއެވެ. އެއާއެކު، ޔައިނާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނީ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. އޭނާއަށް ރޮވެން ފެށުނީ ދެނެވެ. ޔައިނާއަށް ރޮވެން ފެށުމާއެކު، ޒާރާ ޔައިނާގެ ގައިގައި ބައްދައިލިއެވެ. ޒާރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، ޔައިނާ ހިތް ފުރެންދެން ރޯލިއެވެ.
“އެކަމަކު… އަހަންނަށް ހާދަ އުނދަގުލޭ ޒާ… އަނެއްކާވެސް އެކަންތައް ތަކުރާރު ވެދާނެތީ އަހަރެން ހާދަ ބިރު ގަނޭ..” އިރުކޮޅަކަށްފަހު، ޒާރާއާ ދުރުވެލަމުން، ޔައިނާ ބުނެލިއެވެ. “ޔައި އަލުން މިލާންގެ ހަޔާތަށް ގޮސްފިއްޔާ އަހަންނަށް ޔަގީން ދުވަހެއްގެ ކޮޅުންވެސް ޔައި ދެރަވާ ކަހަލަ އެއްވެސް ކަމެއް މިލާން ނުކުރާނެކަން.. އޭނަ ޔައި ދެކެ ވަރަށް ލޯބިވޭ.. ދެން އޮތީ ޔައި ނިންމާ ނިންމުމެއް.. ކޮންމެ ގޮތަކަށް ނިންމިޔަސް، އަހަރެން މި ހުރީ ޔައިއާ އެކުގަކަން ހަނދާން ކުރައްޗޭ.. ޔައި ނަގާ ކޮންމެ ޑިޒިޝަންއެއްގަވެސް އަހަރެން ފުލީ ސަޕޯރޓް ދޭނަން.. އައިލް އޯލްވޭޒް ބީ ވިތް ޔޫ..” ޒާރާގެ ވާހަކައިން ޔައިނާއަށް ހިނިތުންވެވުނެވެ. އަނެއްކާވެސް، ޒާރާގެ ގައިގައި ބައްދައިލެވުނީ، ޒާރާއަށް ޝުކުރުވެރިވާ ޙާލުގައެވެ.
ގޭގެ ބެލް އެޅި އަޑު އިވުނީ އެވަގުތެވެ. ޒާރާ ތެދުވެގެން ދާން އުޅެން ފެށުމުން، ޔައިނާ އެކަން މަނާ ކުރިއެވެ. ޒާރާ އެތަނގައި ބައިންދާފައި، ދޮރު ހުޅުވަން ދިޔައީ ޔައިނާއެވެ. ދޮރު ހުޅުވި ވަގުތު ދޮރުމަތީގައި އަފާންއާއި މިލާން ތިބިތަން ފެނުމުން ޔައިނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެހެންނަމަވެސް، ހިނިތުންވާން މަސައްކަތް ކުރަމުން، ޔައިނާ އެ ދެމީހުންނަށް ވަންނާނެ ޖާގަ ދިނެވެ. ދެންވެސް، އެދެމީހުންކުރެ އެކަކުވެސް ވަންނާކަށް ނޫޅުނެވެ. ޔައިނާގެ ދެބުމަ ގޮށްޖެހުނީ އެހެންވެއެވެ. އަފާންއާ މިލާންއާ ދެމީހުން އެއްފަރާތަށް ޖެހުނީ ދެނެވެ. އެއާއެކު، އެދެމީހުންގެ ފަހަތުގައި ހުރި އަންހެން މީހާ ޔައިނާއަށް ފެނުނީ ދެނެވެ. ރަނގަޅަށް އެ މީހާއާ ދިމާއަށް ބަލައިނުލެވި އުޅެނިކޮށް، އެ އަންހެން މީހާ އައި ގޮތަށް އައިސް ޔައިނާގެ ހަށިގަނޑުގައި އޮޅުލައިގަތުމުން، ޔައިނާއަށް ލިބުނީ ސިހުމެކެވެ. ނަމަވެސް، ދެން އެ އަންހެން މީހާގެ ދުލުން ނުކުތް ދެ ލަފްޒާއެކީ، ޔައިނާގެ ސިހުން ދެގުނަ ވިއެވެ.
“މަންމަގެ ދަރިފުޅާ…”
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Mi part vx v Reethi
Keep it up
Can’t wait for next part
Nayaa ge hurihaa vaahaka eh vex v Reethi
thank you so much Cute girl <333
next part maadhamaa submit kohlaanan insha allah
aww thank you <333
Nice
thank you <3
OMG. OMG. Alhe yaina bahpa hurinama dhw dhuniyeyga. Eyrah haadha reethi veessey. ekm Ma Sha Allah. Vrhh vrhh reethi mi part vss. Dhen Inn part ah vrh inthizaar kureveyy. ✨💞
thank youuuu Reader <333
alhey ingeytha Nayaa ves hithah eri mi part liyamun diya iru yaina ge bappa dhuniyeyga huri nama ey.. ekamaku life ga enme beynunvaa gothah hurihaa kameh nuvaane dhw.. hehe
next part maadhamaa submit kohlaanan insha allah
Milan aa yaina aa vaki nukurachey
Eyee V Loabi dhekudhin mi vaahakaiga
dhen lets see dhw vaa gotheh
thanks for the comment Cute girl
Maasha Allah mi part vx varah varah reethi 🤗 wow yaina ah yaina ge mamma libuny dhw e. Dhen yaina aa milaan aa gulhuvaba.. you are my best writer. Ingeytha kyhvegen kan. Eii ehn writer’s Komme dhuvahaku part eh genesdhenyya genesdheyny varah kurukoh. But you Komme dhuvahaku part eh genesdhey iru vx varah dhigukoh genesdhey. Ehnve varah varah ufaavey ☺️
Once again mi part vx varah varah reethi 🤗
💞💞💞 LYSM 💞💞💞
awwww tysssm vempire girl <333
ahaha it wasnt always like this.. kuda vaguthukolhegge thereyga bodu baeh type kuran it took a lot of practice for me.. thanks a lot <3 aammukoh part egga alhugandu himanany 2000 words.. thats my word limit for a part.. but mi part ga i think eyah vure madhu vaane kanneynge.. vaahaka nimen gaaiy vefa otheema aa ekuga migothah mi episode genaee mi.. once aain thanks <3 thihaa support dheythee alhugandu ves vrh ufaa vey..
lym dear <333
Vv reethi mi part vs maasha Allah ❤️💯
thank you ifoo <333
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
💞💞💞 Lysm 💞💞💞
Take care 💕
shukuriyyaa imko <333
next part maadhamaa insha allah
lym <3
u too take care <3
Vrh vrh reethi mi part vs . Maasha allah 😍😍. Yaina mamma vs libuny . Wow . Aslu vs vrh vrh reethi mi vhk . Mihaaru alhugandu mi site in kiyaa emme reethi vhk meekii. Keeh vaany dhn oiy part ga milaan aa yainaa aa gulhen. 💗💗💗💗❤
varah bodah shukuriyyaa Me <333
awwwnn alheyy thats soo sweet <333 thank you so muchhh darling <3
ahaha lets see dhw dhen next part ga milaan and yaina gulheythoa
Masha Allah 💗 mi part vx varah reethi..yai ah yai ge mom libuny dho.yai mom ah kihinei vaani yai ge dad Mary vi kan inguny ma.dhen ekam yai goi dhiokohfa milaan as gulhi ba dho.milaan won’t hurt you.i can’t wait for the next part nayaa.kon irakun next part kiyaalan libeyni. curiously waiting for the next part.mi hama rifoo ge favourite vaahaka.nayaa exam ge fahunney dhen up kuraani bunyma vx konme dhuvahaku rifoo balan up vey tho.ehaa vx mi vaahaka kiyaa hiy vey.once again mi part varah reethi Masha Allah 💗💕❤️
Lysm nayaa
awwwwn thankss for this lovely comment rifoo <333
yess yai ah yai ge mom libuny
lets see dhw dhen milaan and yai ah vaa gotheh.. next part ga engigen dhaane insha allah
alheyyyy that meant a lot to me darlinggg <333 thank youuuu.. rifoo ge comment ves thee hama one of my fav comments.. hehe
once again thanks a lottt for this comment ingey darling <3
lym my dear <333
Yai ge dad Mary Vikan inguny ma.e comment ga einy spelling wrong koh.
ohh its okay i figured that
Mi part ves vrh vrhh reethi.. Masha Allah.. Keep going dearr!! Siissss i wassss soooo surprised!! Hama vrh vrh ufaaavi. Bcz 5 part ves up vefa iny alhugandah neyngi.. Miadhu mi kiyaalevuny adhi enme fahun in 5 parts.. Aslu mee mihaaru alhugandu esfiya site in kiyaa hama ekani vahaka😭😭 ehenve alhugandah ves school ge kiyevumah samaal kan dhemunn esfiya site check kohlaane vaguthu nuvany.. Chutteega ves kuran eba othey lakka masehkaih dheefa😭🤣 Exam ge kurin upload kohladhin part ves fenuny last week ga.. cmnt eh ves kohlin🙂😅 hama aslah ves inge hiyeh nukuran hafthaa eh fahun vanyma mihaa baivaru kiyaalan libeyne kamakah😅 thikuraa masehkathah hama ahsari bahaa saabas kiyan😭❤️❤️ thank youuu smmmmm dearrr <33
asthaa miyoh aeenu nayaa ge loabi loabi Lily.. hithah araifi ey midhiya part thakuga Lily comment eh nufeney.. hehe.. vrh vrh vrh ufaa vejje anekkaaves lily ge comment eh fenuneema ingey <3
ahaha yeah dhen school busy vaanethaa dhw chutty viyas.. alhugandu ves hama mulhin hen kiyevumuga and vaahakaiga mi chutty ekkoh mi dhany.. hehe
no dear THANK YOU for motivating me aslu mi varah.. Lily ge comment thah kiyaalaafa abadhuves vrh ufaavey.. varah varah varahhh bodah thank you Lily.. vrh loabivey <333
Alheyyyy mi part vx vrh reethi maasha Allah 😍❤️
Adhi kithah part ebain?
Waiting for next part…..🥺
Nayaa is one of my favorite story writer
LYSM NAYAA♥️🥰♥️
thank youuu sooo much Lim <333
ahaha dhen oiy part thakuge adhadhu eii sirreh.. hehe
next part mi liyany mihaaruves.. fathis vaan vaa irah submit kohleveyne hen heevany
awww ehentha?? thank youu my dear.. so glad to hear it <333
lym darling <3
Masha Allah mi episode ge ninmun hama varah tough. it was so unexpected and satisfying. Alhamdhulillah, finally yai’s mom is with her now. And yeah, hageegathuga ves Milaan ah shukuru haggu. cant wait to see next part dear. Plus one thing i need to mention, Nayaa ge mi story kiyaafa i have more interest to read and write stories. Insha Allah Reem ge story eh mi site in fenigen dhaane. You are my biggest inspiration don’t forget it.. LYSM darling. 💗
here is another one of my favorite readersss.. hehe.. hiii Reem dearr <333
mi part ge nimun reethi viyyaa dhw next part ah meehun curious vaany.. hehe.. yeah asluves dhw milaan ge masakkaiy eii hama.. next part mihaaru mi liyany.. fathihu submit kohleveythoa mi ulheny..
awww alheyyy vrh vrh vrhhh ufaa vejje ingeyy.. hama aslugaves.. reem ge mi comment kiyaalaafa vee ufaa bunedheyn ves neyngey.. nayaa ge masakkathun ehen kujjakah inspire vee kan enguneema hama vrh ufaa vejje.. unmeedhu kuran vrh avahah Reem ge vhk eh fenigen dhaane kamah.. insha allah, reem ge vaahaka ah nayaa ge full support abadhuves libeyne.. ekan handhaan kurahchey ingey.. work hard and you can do it insha allah <333
LYM my dear <33333
Kobaa next part upload nujurantha nayaa?
submit kohlaifin miadhu.. upload vaany admin approval libuneema
OMGG OMG WOW 😭❤️ CAN’T WAIT FOR THE NEXT 🤍 MI PART VX VRHH VRHH VRHHH RYTHI MASHA ALLAH <3
thank youuuu Eeeevs <333
next part submit kohlaifin