Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 39

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 26, 2023 9 Mins Read
25 Comments

މަޑުމަޑުން އެސްފިޔަތައް ތަޅުވައިލުމަށްފަހު، ޔައިނާ ދެލޯ ހުޅުވައިލިއެވެ. ތަޅުންގަނޑުގައި އަތް ވިއްދައިލަމުން، އުނދަގޫކަމާއެކީ ނަމަވެސް، ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އަދިވެސް ބޮލުގައި މަޑު ރިހުމެއް ހުރުމާއި އެކު، ކޮޅަށް ތެދުވުންވެސް ޔައިނާއަށް ވީ އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް، ފާރުގައި އަތް ވިއްދާލައިގެން ޔައިނާ ކޮޅަށް ތެދުވެ، ދެ އަތުން މޫނު ފުހެލިއެވެ. ގޭގެ ބެލް އެޅި އަޑު ޔައިނާއަށް އިވުނީ އެވަގުތެވެ. ޔަގީނެވެ. މިލާން ގެޔަށް އައީއެވެ. އެހެން ހިތަށް އެރުމާއެކު، ޔައިނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުމެ، ގޭ ދޮރު ކުރިމަތީގައި ހުއްޓުނެވެ. ފުން ނޭވާއެއް ދޫކޮށްލީ މިލާންއާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވައިލި އިރު ފެނުނު ސޫރަ އަކުން، ޔައިނާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. މުޅި ހަށިގަނޑު ރޫރޫ އަޅައިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. ބިރުވެރިކަމުން އެ ހިތް ވަށައިލެވުނު ކަހަލައެވެ. އެ ނާޒުކު ވަގުތުކޮޅު، ޔައިނާގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތީ އެންމެ ނަމެކެވެ.

“ޝިޔަލް…”

“އުފާ ވެއްޖެ ދޯ އަހަރެން ފެނުނީމަ..؟” ނުލަފާ ގޮތަކަށް ހިނިތުންވަމުން ޝިޔަލް ޔައިނާ ކުރެން އެއްސެވެ. އެއާއެކު، އިތުރަށް އެންމެ ސިކުންތެއްވެސް ލަސްކޮށްނުލައި، ޔައިނާ ދޮރު ލައްޕަން އަވަސްވެގަތެވެ. ނަމަވެސް ޝިޔަލް އެޔަށްވުރެ މާ ހުށިޔާރެވެ. ޔައިނާ ދޮރު ލެއްޕުމުގެ ކުރިން، ދެއަތުން ދޮރުގައި ހިފަހައްޓައި، އެތެރެޔަށް ދެމިގަތެވެ. އެޔާއެކު، ޔައިނާއަށް ބިރުން ފަހަތަށް ޖެހެވުނެވެ.

“މިހާ ދުވަސް ފަހުން ދިމާވީމަވެސް އަހަރެން ފޮނުވާލަންތަ ތި އުޅެނީ..؟ އެންމެ ފަހުން ހަމަ އެ މިލާންއާ ކައިވެނި ކުރީ ދޯ..؟ ވަރަށް އުފަލުގަ ދޯ ތި އުޅެނީ..؟ ޔައިނާ ހީކުރީތަ އަހަންނަށް ދެރަ ދީފަ ވަކި ޔައިނާއަށާ މިލާންއަށް އުފަލުގަ އުޅެވޭނެ ކަމަށް..؟ އޭނ..؟” ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ޔައިނާއާ ކައިރިޔަށް އަޅަމުން ދިޔަ ޝިޔަލް ދައްކަމުން ދިޔަ ވާހަކަތަކުން އިންތިހާއަށް ޖެހިލުންވެފައި ހުރެ ޔައިނާވެސް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ދިޔައެވެ. ޝިޔަލްގެ މަޤްސަދު ރަނގަޅު ނޫންކަން ޝިޔަލް ދައްކަމުން ދިޔަ ވާހަކަތަކުންވެސް ސާފުވެގެން ދިޔައެވެ.

“އަ.. އަހަރެން… އެއްވެސް… މީހަކަށް.. ދެ.. ދެރައެއް ނުދެން…” ޔައިނާގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. އެއާއެކު، ޝިޔަލް ފެށީ ހޭށެވެ. އެ ހުނުމުގައި އެކުލެވިގެންވީ ނުރައްކާތެރިކަމާއި، ބިރުވެރިކަމެވެ.

“ހާދަ ހެއްވައޭ ދޯ.. އަހަރެން ޔައިނާ ހޯދަން ކުރި ހުރިހާ މަސައްކަތަކަށް ފަހުވެސް އަހަރެންގެ ލޯތްބާ ދެކޮޅު ހަދާފަ ހަމަ އެންމެ ފަހުން ގޮސް އިނީ މިލާންއާ.. އައި ރުޅީގަ އަހަރެން ހިތަށް އެރި އެ މިލާންގެ ވަސްވެސް ދުނިޔެއިން ފުހެލަފާނަމޭ..!” ޝިޔަލްގެ އެންމެ ފަހު ޖުމްލަ އޭނާ ބުނީ ހަޅޭއް ލަވައިގަންނަމުންނެވެ. އެޔާއެކު، ޔައިނާ އިތުރަށް ޖެހިލުންވެ، އޭނާގެ ގިސްލުމުގެ އަޑު ބާރުވާން ފެށިއެވެ.

“އެރޭ އަހަރެން ޔައިނާއަށް އަނިޔާއެއް ނުދީ ދޫކޮށްލިން.. އެއީވެސް އަހަރެން ޔައިނާ ދެކެ ވާ ސާފު ސީދާ ލޯބީގެ ހެއްކެއް.. އެކަމަކު ޔައިނާ އަހަރެންގެ ލޯތްބަށް ފުރަގަސް ދިނީމަ ދެން އަހަރެންވެސް ވަކި ކީއް ކުރަން ޔައިނާއަށް ހެޔޮ އެދިގެން އުޅެންވީކީ.. ދޯ..؟ މިރޭ އަހަރެން ނުބަލާނަން ޔައިނާއަށް ކޮންމެ ގޮތެއް ވިޔަސް.. މިރޭ ކަންތައް ވާނީ އަހަރެން ބޭނުންވާ ގޮތަކަށް..” އިތުރަށް ޔައިނާއާ ކައިރިވަމުން ޝިޔަލް ބުނަމުން ދިޔަ ވާހަކަތަކުން ޝިޔަލްގެ މަޤްސަދު އިތުރަށް ސާފުވަމުން ދިޔައެވެ. ޝިޔަލް ހީވަނީ ދުނިޔޭން މޮޔަވެފައި ހުރި މީހަކު ވާހަކަ ދައްކާ ހެންނެވެ. އެއާއެކު، ބޮލުގައި ހުރި ރިހުމާއެކުގައިވެސް ހުރި ހިތްވަރެއް ލައި، ޔައިނާ ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. ޝިޔަލްއަށް އާދެވުމުގެ ކުރިން ކޮޓަރިއަށް ވަދެ، ދޮރު ތަޅުލަން އޭނާ މަސައްކަތް ކުރިއެވެ. ޔައިނާއަށް ދޮރު ތަޅުލެވުނީ ކިރިޔާއެވެ. އެޔާއެކު، އިވެން ފެށީ ދޮރުގައި ބާރުބާރަށް ޓަކި ޖަހާ އަޑެވެ. ދޮރު ތަޅުލީ ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި ދޮރު ވައްޓާލާފައި ނަމަވެސް، ޝިޔަލް ކޮޓަރިތެރެޔަށް ވަދެފާނެކަމުގެ ބިރު އޮތެވެ.

“ޔައިނާ ހީ ނުކުރައްޗެ މިރޭ ދެން އަހަރެން ކައިރިން ސަލާމަތް ވެވިދާނެ ކަމަށް..!” ޝިޔަލް ދޮރުގައި ޖެހިގަންނަ އަޑާ އެކީ ހަޅޭއް ލަވަމުން ދިޔަ އަޑު އިވުނެވެ. އެއާއެކު، ޔައިނާ އަވަސްވެފައިވީ ހިތަކާއެކު، ކޮޓަރިތެރެޔަށް ނަޒަރު ހިންގައިލިއެވެ. އެނދުމަތީގައި އޮތް އޭނާގެ ފޯނު ފެނުމުން އެތައް ފަހަރަކު ހެއްދެވި ފަރާތަށް ޝުކުރު ކޮށްލެވުނެވެ. އަވަސްއަވަހަށް ފޯނު ނަގައި، އޭނާ ފުރަތަމަވެސް މިލާންގެ ނަމްބަރަށް ގުޅައިލިއެވެ. ފުރަތަމަ ފަހަރަށް ފޯނު ކެނޑުމާއެކު ދެވަނަ ފަހަރަށްވެސް ގުޅިއެވެ. ދެންވެސް ފޯނު ކެނޑުނީއެވެ. ދެން ޔައިނާ ގުޅީ ޕޮލިހަށެވެ.

“މި.. މިގޭގަ… އެބަ އުޅޭ.. މި.. މީހަކު.. ވަ.. ވަދެ..” ޔައިނާއަށް ބުނެވުނީ އެހާ ވަރަށެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނީއެވެ. “ބައްލަވާ.. ސްޓޭ ކާމް މޭމް.. ކޮން ހިސާބެއްގަތޯ ތި އުޅުއްވަނީ..؟” އެކޮޅުން ފުލުސް މީހާ ވާހަކަ ދެއްކި އަޑު އިވުނެވެ. “ހެ.. ހެންވޭރު.. ބްރީޒް ވިލާ… އަށްވަނަ ފްލޯރ…” ޔައިނާ އަވަސްއަވަހަށް ބުންޏެވެ. “އަޅުގަނޑުމެންގެ ޓީމެއް އެބަ ފޮނުވަން ތިކޮޅަށް.. މިހާރު ތިބުނާ މީހަކު ފެންނަ ހިސާބެއްގައި އެބަ ހުރިތޯ..؟ ފުލުސް މީހާގެ ސުވާލާއެކީ، ޔައިނާއަށް އަނެއްކާވެސް ގިސްލެވެން ފެށުނެވެ. “ދޮ.. ދޮރު.. ދޮރުގަ ޖަ.. ޖަހަނީ…” ޔައިނާއަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ގިސްލެވެން ފެށުނީއެވެ. ބރުން ގޮސް މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔަ އިރު ވާހަކަ ދެއްކުން ވީ ނިކަން ދަތި ކަމަކަށެވެ. “ސްޓޭ ކާމް މޭމް.. އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިފިން ތިކޮޅަށް.. އަޅުގަނޑުމެން ތިފަރާތަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން..” ފުލުސް މީހާއަށް އެހާ ތަނަށް ބުނެވުމާ އެކީ، ޔައިނާގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. ބަލައިލި އިރު ގުޅަނީ މިލާންއެވެ. ވަގުތުން ފުލުސް މީހާ ބުނަމުން ދިޔަ އެއްޗަކަށް ސަމާލުކަން ދިނުމެއްވެސް ނެތި، ޔައިނާ މިލާންގެ ކޯލް ނެގިއެވެ.

“ހަލޯ.. ޔައިނާ އަހަރެން-” މިލާންއަށް ފުރިހަމަ ކުރާނޭ ފުރުސަތެއް ނުދީ ޔައިނާ ވާހަކަ ދައްކަން ފެށިއެވެ. “މި.. މިލާން.. ޝިޔަލް…” ޔައިނާއަށް ބުނެވުނީ އެހާ ވަރަށެވެ. އެޔާއެކު، މިލާންގެ ހިތް އާދަޔާ ޚިލާފަށް ތެޅިލިއެވެ. ވެގެން މި އުޅެނީ ކީއްބާވައެވެ؟ ޔައިނާގެ އަޑުގައިވީ ބިރާއި، ސިހުން މިލާނަށް ސިއްރު ނުވެ ނުދިޔައެވެ.

“ޔައިނާ.. ހުރިހާ ކަމެއް އޯކޭތަ..؟” މިލާން އަހައިލިއެވެ. “ނު.. ނޫން.. މިލާން.. ޝިޔަލް.. އަހަރެން… އަހަރެން ސަލާމަތް ކޮށްދީ ޕްލީޒް…” ޔައިނާއަށް އެވަރަށް ބުނެވުނު ތަނާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ލިބުނު ސިހުމާއެކު، ޔައިނާގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ މުށިތަކު މައްޗަށެވެ. ޖެހުމާއެކު، ފޯނުގެ ބައިތައް ވަކިވެ، ފޯނު އެކީ ހަލާކުވިއެވެ. އޭނާއަށް ދެން ބަލައިލެވުނީ ދޮރާ ދިމާއަށެވެ. ދޮރުގެ ތަޅު އެކީ އެކައްޗަކަށް ހަލާކުވެފައި ވީތަން ފެނުމުން ޔައިނާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެޔާއެކު، އޭނާއާ ކައިރިޔަށް އަންނަމުން ދިޔަ ޝިޔަލް ފެނުމުން ބާރުބާރަށް ރޮއެގަނެވުނެވެ.

*** ** ***

ކާރު ޕާކު ކުރުމަށްފަހު، ގެއަށް ވަންނަން މިސްރާބު ޖެހި މިލާން ފޯނު ނެގީ ގަޑިން ވީ އިރެއް ބަލައިލުމުގެ ނިޔަތުގައެވެ. އެވަގުތު ޔައިނާގެ ފަރާތުން ދެ މިސްޑްކޯލް އިނުމާއެކު، މިލާންގެ ދެބުމަ ގޮށްޖެހުނެވެ. ޔައިނާ އޭނާއަށް ގުޅާނީ ކޮންމެވެސް ބޮޑު ކަމެއް ވީމަކަން ޔަޤީނެވެ. ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކާއެކު މިލާނަށް ގެއަށް ވަދެވެންދެން ވެސް މަޑެއް ނުކުރެވުނެވެ. ގެއަށް ވަންނަމުން ވަގުތުން ޔައިނާއަށް ގުޅައިލިއެވެ. ސިކުންތެއްވެސް ނުވެ ޔައިނާ ފޯނު ނެގުމާއެކު، މިލާން ފޯނު ކަންފަތުގައި ޖަހައިލިއެވެ.

“ހަލޯ.. ޔައިނާ އަހަރެން-” މިލާން އުޅުނީ މިހާރު ގެއަށް އައި ވާހަކަ ބުނާށެވެ. އެހެންނަމަވެސް، ބުނަން ބޭނުންވި ވާހަކަ ފުރިހަމަ ނުކުރެވުނީ ޔައިނާ ވާހަކަ ދައްކަން ފެށުމުންނެވެ.

“މި.. މިލާން.. ޝިޔަލް…” ޔައިނާގެ ދުލުން ބޭރުވި އެ ނަން އިވިފައި، މިލާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އެ ނަން އިވުނީމަކައި ނޫނެވެ. އެހެންނަމަވެސް، އެ ނަން ކީ އިރު ޔައިނާގެ އަޑުގައި ވީ ބިރާއި، ސިހުމުގެ ސަބަބުންނެވެ. އެޔާއެކު، ދޮރުގައި ބާރު ބާރަށް މީހަކު ޖަހަމުން ދާ އަޑު އިވުމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެހެން މިލާންއަށް ހީވާން ފެށިއެވެ.

“ޔައިނާ.. ހުރިހާ ކަމެއް އޯކޭތަ..؟” އަވަސްވެފައިވީ ހިތަކާއެކު މިލާނަށް އަހައިލެވުނެވެ. “ނު.. ނޫން.. މިލާން.. ޝިޔަލް.. އަހަރެން… އަހަރެން ސަލާމަތް ކޮށްދީ ޕްލީޒް…” ޔައިނާއަށް އެހާ ހިސާބަށް ބުނެވުނު ތަނާ ފޯނު ކެނޑުނެވެ. މިލާނަށް ކެތްވީ އެހިސާބަށެވެ. ދުވެފައި ގޮސް ލިފްޓު ހުޅުވާ ފިތަށް އޮބަން ފެށިއެވެ. އެހެންނަމަވެސް، ލިފްޓު ނައިސް ގިނަ އިރު ވާން ފެށުމުން އޭނާ ފަޔަށް ލެވުނުހާ ބާރެއް ލާފައި، ދުވެފައި ދިޔައީ ސިޑި ބަރިޔާ ދިމާއަށެވެ. އަވަސް ފޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ދިޔަ އިރު، ޔައިނާ ހެޔޮ ޙާލުގައި ލައްވާތޯ ދުޢާ ކުރެވުނު ޢަދަދުވެސް ނޭނގުނެވެ.

*** ** ***

ޝިޔަލް އައި ގޮތަށް އައިސް ޔައިނާގެ އަތުގައި ހިފައި، ޔައިނާ އެނދުމައްޗަށް ކޮއްޕައިލިއެވެ. އެއަށްފަހު ޝިޔަލް ލައިގެން ހުރި ޓީޝާޓު ބާލާ، އިތުރަށް ޔައިނާއާ ކައިރިވެލިއެވެ. ޔައިނާގެ ދެއަތުގައި ހިފައި ހައްޔަރު ކޮށްލި އިރު، އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ.

“ކޮބާ.. ދެން ޔައިނާ ކޮންތާކަށް ދާނީ..؟” ޔައިނާ އަޅައިގެން ހުރި ވަށްބުރުގަލަށް ދަމައިގަންނަމުން ޝޔަލް އެހެން އަހައިލުމާއެކު، ޔައިނާއަށް ހަޅޭއް ލަވައިގަނެވުނެވެ. “ޕްލީޒް އަހަންނަށް ތިހެން ނުހަދަބަލަ.. ޝިޔަލް!!” ޔައިނާގެ އާދޭސް ޝިޔަލްގެ ކަންފަތަށް އިވެމުން ދިޔައީ ލުއި މިޔުޒިކެއް ފަދައިންނެވެ. “އަހަރެންގެ ލޯތްބަށް ފުރަގަސް ނުދިނުމަށް އެދި އަހަރެން ޔައިނާ ކައިރި ތިގޮތަށް އާދޭސް ކުރި ދުވަހު ޔައިނާވެސް އަހަންނަށް ދިނީ ބީރު ކަންފަތެއްނު.. އެހެންވީމަ މިއަދު އަހަރެންވެސް ކަންތައް ކުރާނީ އެހެން..” ޝިޔަލްގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނުވާ ކަހަލައެވެ. “ޝިޔަލް..! ތިހެން ނުހަދާށޭ!!” ޝިޔަލް ގުދުވެ، ޔައިނާގެ ކޯތާފަތުގައި ތުންފަތް ޖައްސައިލުމުން ޔައިނާ ޝީޔަލްގެ މޭގައި އަތް އަޅައި، ޝިޔަލް ދުރަށް ލާން މަސައްކަތް ކުރިއެވެ. ޝިޔަލްގެ ރުޅިގަނޑު ދެގުނަވީ ދެނެވެ. އަތުގައި ހުރި ބާރެއްލައި ތިންފަހަރު ޔައިނާގެ މޫނުމަތީގައި ބާރަށް ޖެހީ ތަދުވެގެން ގޮސް ޔައިނާ އަނބުރައިގަންނާނެހާ ބާރަށެވެ. އެވަގުތު ވީ ތަދުން ޔައިނާއަށް ބާރަށް ހަޅޭއް ލަވައިގަނެވުނު އިރު އެ ދޮން މޫނު ވަނީ އެކީހެން ނޫފައިގަނެފައެވެ.

“މިލާން!!” ޔައިނާއަށް މިލާންގެ ނަމުން ގޮވައިލެވުނީ ޝިޔަލް ޖެހުމުން ވީ ތަދެއްގެ ބޮޑުކަމުންނެވެ. އެއާއެކު ޝިޔަލް ޔައިނާގެ ދެކޮލުގައި ހިފައި ފިއްތައިލިއެވެ. “ކަލޭ ކިތަންމެ ވަރަކަށް މިލާންއަށް ގޮވިޔަސް މިރޭ މިލާންއެއް ނާންނާނެ.. އެއްވެސް މީހަކަށް ލާހިކެއް ނޫން މިރޭ ޔައިނާ އަހަރެން ކައިރިން ސަލާމަތް ކުރާކަށް..” ޔައިނާގެ ހެދުމުގައި ހިފައި، ޝިޔަލް އެ ހެދުން ވީދައިލުމާއެކު ޔައިނާއަށް އިހުނަށްވުރެ ބާރަށް ގިސްލެވެން ފެށުނެވެ. ސަލާމަތުގެ ހުރިހާ ދޮރުތަކެއް ބަންދުވީކަމަށް ނިންމުނެވެ.

“ޔައިނާ މައިތިރިވެގެން ރީތިކޮށް އޮވެބަލަ.. މާ ގަދަ ދައްކަން އުޅެންޏާ ތަދުވާނީވެސް ހަމަ ޔައިނާއަށް.. އަހަރެން ކިތައް ފަހަރު ރީތިކޮށް ލޯބިން ޔައިނާ ކައިރި ފުރުސަތެއް ދޭން ބުނިންތަ..؟ އެދުވަހު އަހަރެން ދެއްކި ވާހަކަ އަޑު އެހި ނަމަ މިއަދު ޔައިނާއަށް ތި ހާލެއް ނުޖެހުނީސް.. އަހަރެން ހާދަ ވަރަކުން ރޭވި ރޭވުމެކޭ އެއީ…” އެހާ ހިސާބަށް ބުނުމަށްފަހު، ޝިޔަލް ކުއްލިއަކަށް ޔައިނާގެ ގައިން ދޫކޮށްލާފައި، އެނދުން ތެދުވިއެވެ.

“ޔައިނާގެ އެކުވެރިޔާ ޒާރާ އަހަންނަށް މެސެޖު ކޮށްފަ އެދުނީ މިލާން ޔައިނާއަށް ޕްރޮޕޯޒް ކުރުމުގަ އެހީވާން.. އަހަރެން ކައިރި އެދުނީ މިލާން އަންނަ ވަގުތު ޔައިނާގެ ގޭގެ ދޮރު ހުޅުވާފަ ބެހެއްޓުމަށް.. މިލާން އައީ ޔައިނާ ކައިރި އިންނަން އަހަން ވެގެން.. އަހަރެން ދެކުނީ އެއީ އަހަންނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ގޮތުގަ.. ހަނދާންވޭތަ އެރޭ އަހަރެން ޔައިނާއަށް ދިން ކޯކުފުޅީގެ މަތިން..؟؟” ޝިޔަލް ވާހަކަ ދައްކަމުން ދިޔަ ގޮތުން ހީވަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅެމުންދާ މީހެއް ހެންނެވެ. ޝިޔަލްގެ އެ ވާހަކަތައް އަޑު އިވިފައި ޔައިނާގެ ހިތް ދިޔައީ ޝިޔަލްއާއި މެދު ޝަކުވާއިން ފުރެމުންނެވެ.

“އެ ކޯކުފުޅިޔަށް އަހަރެން ބޭސް އެޅީ.. ޔައިނާ ނިންދުވަން ވެގެން.. އެރޭ ޔައިނާ ނިދިގެން ވެއްޓުނީމަ އަހަރެން ސީން ކްރިއޭޓް ކުރީ.. އަހަރުމެން ދެމީހުންގެ އަންނައުނުތައް އުކާލާފަ.. ޔައިނާގެ ކޮޓަރި އެފުށް މިފުށަށް ޖަހާފަ.. އެ މަންޒަރު މިލާންއަށް ފެންނާނެ ގޮތަށް އަހަރެން ރޭވީީ.. ހަހާ.. މޮޅު ދޯ އަހަރެން..؟ އެކަމަކު… އެކަމަކު ކީއް ކުރާނީ… މިލާން ޔައިނާ ދޫކޮށްލާފައި ދިޔައީމާވެސް ޔައިނާ އަހަރެންނާ ގުޅޭކަށް ބޭނުމެއް ނުވި.. އަހަރެން އެ ވަރަށް އާދޭސް ކުރީމާވެސް…” އެންމެ ފަހު ޖުމްލަ ބުނެލި އިރު، ޝިޔަލްގެ އަޑުގައިވީ މާޔޫސީ ކަމެވެ. އެހެންނަމަވެސް، އަނެއްކާ ވާހަކަ ދައްކަން ފެށި އިރު އެ އަޑުގައިވީ ރުޅިވެރިކަމުން ފުރިގެންވީ ނަފްރަތުގެ އަލިފާނެވެ.

“އެކަމަކު މިރޭ އަހަރެން އެކަމުގެ ބަދަލު ހިފާނަން.. މިރޭ ޔައިނާއަށް އަހަރެން ކައިރިން ސަލާމަތެއް ނުވެވޭނެ..” އެހެން ބުނުމަށްފަހު، ޝިޔަލް އަނެއްކާވެސް ޔައިނާގެ ގައިގައި ހިފަހައްޓައި، ޔައިނާގެ މައްޗަށް ގަދަކުރަން އުޅުނެވެ. ދެންވެސް ޔައިނާ ސަލާމަތްވާން ވެގެން ތެޅެން ފެށުމުން ޝިޔަލް ޔައިނާގެ އިސްތަށިގަނޑުގައި ހިފައި، އެނދުގެ ހެޑްބޯޑުގައި ޔައިނާގެ ނިތްކުރި ބާރަށް ދެފަހަރު ޖެއްސެވެ. “މިލާން!!!” ނިތްކުރި ފަޅައިގެން ގޮސް، ލޭތައް އޮހިގަތުމާއެކު، ޔައިނާއަށް އަނެއްކާވެސް މިލާންގެ ނަމުން ބާރަށް ގޮވައިލެވުނީ، މިވަގުތު މިލާންގެ ހިމާޔަތަށް އެދވިފައިވީ ވަރުންނެވެ.

*** ** ***

އެޕާރޓްމެންޓަށް ވަދެވުނު ގޮތަށް މިލާން ފުރަތަމަވެސް ދެކޮޅު ހޯދައި ބަލައިލިއެވެ. އެވަގުތު މީހަކު ވާހަކަ ދައްކާ އަޑު އޭނާއަށް އިވުނެވެ. ކޮޓަރިއާ ދިމާއަށް ބަލައިލެވުނު އިރު ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލާފައިވާ ތަން ފެނުމުން މިލާންގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. ވަގުތުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަންނަން ދިމާކުރި ވަގުތު އިވުނު ވާހަކައަކުން މިލާންގެ ފިޔަވަޅުތައް މަޑުޖެހުނީ އަމިއްލަ އިޚްތިޔާރަކައި ނުލައެވެ.

“ޔައިނާގެ އެކުވެރިޔާ ޒާރާ އަހަންނަށް މެސެޖު ކޮށްފަ އެދުނީ މިލާން ޔައިނާއަށް ޕްރޮޕޯޒް ކުރުމުގަ އެހީވާން.. އަހަރެން ކައިރި އެދުނީ މިލާން އަންނަ ވަގުތު ޔައިނާގެ ގޭގެ ދޮރު ހުޅުވާފަ ބެހެއްޓުމަށް.. މިލާން އައީ ޔައިނާ ކައިރި އިންނަން އަހަން ވެގެން.. އަހަރެން ދެކުނީ އެއީ އަހަންނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ގޮތުގަ.. ހަނދާންވޭތަ އެރޭ އަހަރެން ޔައިނާއަށް ދިން ކޯކުފުޅީގެ މަތިން..؟؟ އެ ކޯކުފުޅިޔަށް އަހަރެން ބޭސް އެޅީ.. ޔައިނާ ނިންދުވަން ވެގެން.. އެރޭ ޔައިނާ ނިދިގެން ވެއްޓުނީމަ އަހަރެން ސީން ކްރިއޭޓް ކުރީ.. އަހަރުމެން ދެމީހުންގެ އަންނައުނުތައް އުކާލާފަ.. ޔައިނާގެ ކޮޓަރި އެފުށް މިފުށަށް ޖަހާފަ.. އެ މަންޒަރު މިލާންއަށް ފެންނާނެ ގޮތަށް އަހަރެން ރޭވީީ.. ހަހާ.. މޮޅު ދޯ އަހަރެން.. އެކަމަކު… އެކަމަކު ކީއް ކުރާނީ… މިލާން ޔައިނާ ދޫކޮށްލާފައި ދިޔައީމާވެސް ޔައިނާ އަހަރެންނާ ގުޅޭކަށް ބޭނުމެއް ނުވި.. އަހަރެން އެ ވަރަށް އާދޭސް ކުރީމާވެސް…”

ޝިޔަލްގެ ދުލުން އިވިގެން ދިޔަ ބަސްތަކާއެކު، މިލާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެއްވެސް ޙަރަކާތެއް ކުރަން ނޭނގިފައި އޭނާއަށް ހުރެވުނެވެ. ވަގުތުގެ ބިރުވެރިކަމާއި ނާޒުކު ކަމުގެ މަތިންވެސް ހަނދާން ނެތުނެވެ. އިވިގެން އެ ދިޔައީ އެދުވަހު ކަންތައް ވެގެން ދިޔަ ގޮތުގެ ޙަޤީގަތެވެ. މިލާންގެ ލޯމައްޗަށް ފަރުދާކުރެވިފައިވާ ވާހަކަތަކެވެ.

“މިލާން!!!” މިލާންއަށް ހަމަބިމަށް އާދެވުނީ، ވޭނީ ގޮތަކަށް ޔައިނާ އޭނާގެ ނަމުން ގޮވައިލުމުންނެވެ. އޭނާއަށް ހަމަވިސްނުން ލިބުނީ ދެނެވެ. އަވަސްއަވަހަށް ކޮޓަރި ތެރެޔަށް ވަން އިރު ފެނުނު މަންޒަރުން މިލާންގެ ލޭ ކެކިގަތެވެ. ދެއަތް މުއްކެވިގެން ދިޔަ އިރު، އެ ދެލޮލުގައި ވިދަމުން ދިޔަ ނަފްރަތުގެ އަލިފާނުން މީހަކު ފިއްސައިލާނެކަން ގައިމެވެ.

ދިޔަ ގޮތަށް ގޮސް މިލާން ޔައިނާގެ ގައިމަތީގައި އޮތް ޝިޔަލް ނަގައި، މުށިތަކުގެ މައްޗަށް އެއްލައިލިއެވެ. އެއްށްފަހު، ޝިޔަލްއަށް އެއްވެސް ފުރުސަތެއް ނުދީ ގޮށްމުށުން ޝިޔަލްގެ މޫނުމަތީގައި އެތައް ފަހަރަކު ޖެހިއެވެ. ޝިޔަލްގެ މުޅި މޫނު ލެއިން ކަޅިވަންދެން މިލާން އެ ޢަމަލު ތަކުރާރު ކުރަމުން ދިޔައެވެ. އެއަށްފަހު، ޑްރެސިން ޓޭބަލް މަތީގައި ހުރި އޭނާގެ ބިއްލޫރި ސެންޓު ފުޅި ނަގައި، ޝިޔަލްގެ ބޮލުގައި އޭގެން ޖަހަން ތައްޔާރުވިއެވެ. ފުލުސް ޖިޕުގެ ސައިރެންގެ އަޑު އިވެން ފެށީ ދެނެވެ. ކޮޓަރިއަށް ދެ ފުލުހަކު ވަދެ، މިލާން ކުރަން އުޅުނު ޢަމަލު ހުއްޓުވިއެވެ. އެކަމާވެސް، މިލާންގެ ގާތަށް އައީ ރުޅިއެވެ.

“ދޫކޮށްލާ އަހަރެން ގައިން!! މި ބުނީނު ދޫކުރާށޭ!! އަހަރެންގެ އަންހެނުން ގަޔަށް އަރާފަ އޭނަ ހީކުރީތަ ވަކި ދުނިޔޭގަ އުޅެވޭނެ ކަމަށް؟؟ އަހަރެންގެ މި ދެ އަތުން އޭނަ މަރާލާނަން!!!” ފުލުސް މީހާގެ ކިބައިން ސަލާމަތް ވެވޭތޯ ބަލަމުން މިލާން ގޮވަމުން ދިޔައެވެ.

“ބައްލަވާ.. ކާމް ޑައުން ސަރ.. މިފަދަ ކުށްވެރީންނާ ޑީލް ކުރާނީ އަޅުގަނޑުމެން.. ތިފަރާތުން ތިގޮތަށް ކުރައްވާ އަމަލަކުން ކުށްވެރިޔެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅިގެން ދިޔުމަކީ އެކަމުގެ އަދަބު ތިބޭފުޅާއަށްވެސް އަންނާނެ ކަމެއް.. އެހެންވީމަ އަޅުގަނޑުމެންނަށް މީނަ ދޫކޮށްލާ..” މަޑުމައިތިރިކަމާ އެކީ ފުލުސް އޮފިސަރު ދެއްކި ވާހަކައިން މިލާން ކޮންމެވެސް ވަރަށް ހަމަޖެހުނެވެ. “އަޅުގަނޑަށް ހީވަނީ މިވަގުތު ސަރގެ ވައިފްއަށް ސަރ މާ ބޮޑަށް ބޭނުންވާނެހެން.. ވީ ވިލް ޑީލް ވިތް ހިމް.. މިކޮޅުގަ އިތުރު ދެ ފުލުހުން އިންސްޕެކްޓް ކުރަން އިރުކޮޅަކަށް މަޑު ކުރާނެ.. ޔޫ ޝުޑް ޓޭކް ޔުއަރ ވައިފް ޓު ދަ ހޮސްޕިޓަލް އޭޒް ސޫން އޭޒް ޕޮޒިބްލް..” އެހެން ބުނުމަށްފަހު، ފުލުސް މީހާ ނުކުމެގެން ދިޔައީ، އިތުރު ދެފުލުހުން ވެގެން ޝިޔަލް ގޮވައިގެން ނުކުތުމުންނެވެ. އޭރުވެސް ޝިޔަލްގެ ތުންފަތް މަތީގައި ވީ ހިނިތުންވުމެކެވެ. ޝިޔަލްއެކޭ ދުނިޔޭން މޮޔަވެފައިވާ މީހެކޭ އެއްވެސް ތަފާތެއް ނެތެވެ.

އެންމެ ފަހު ފުލުސް މީހާ ކޮޓަރިން ނުކުތުމުން މިލާންއަށް ޔައިނާއާ ދިމާއަށް ބަލައިލެވުނެވެ. އެއްވެސް ހަރަކާތެއް ނެތިފައި އޮތް އިރު މަޑުމަޑުން އެ ދެލޯ މެރެމުން ދިޔުމާއެކު، މިލާންއަށް އެދިމާއަށް ދުއްވައިގަނެވުނެވެ. ޔައިނާގެ ނިއްކުރިން އޭރުވެސް ހުއްޓުމެއް ނެތި ލޭ އަންނަމުން ދިޔައެވެ.

“ޔައިނާ…” ދެފަހަރަކު ޔައިނާގެ މޫނުގައި މަޑުމަޑުން ޖަހައިލަމުން މިލާން ޔައިނާއަށް ގޮވައިލުމުންވެސް ހެޔެއް ނޭރިއެވެ. އެއާއެކު، މިލާން އެންމެ ސިކުންތެއްވެސް ލަހެއް ނުކުރެއެވެ. އަލަމާރިން އޭނާގެ ގަމީހެއް ނަގައި، އޭގެން ޔައިނާގެ ހަށިގަނޑު ނިވާކޮށްލިއެވެ. އެއަށްފަހު، އަތްދަނޑިމައްޗަށް ޔައިނާ އުފުލާލައިގެން ދުވެފައި އެޕާރޓްޕެންޓުން ނިކުތެވެ. ލިފްޓަށް އެރި އިރުވެސް، އެ ހިތް ދިޔައީ އިންތިހާއަށް ތެޅެމުންނެވެ. ޔައިނާއަށް ގޮތެއް ނުވޭތޯ ހިތާހިތުން ދުޢާ ކުރެވެމުން ދިޔައެވެ. ލިފްޓު ހުއްޓުމާއެކު، ގެއިން ނުކުމެގެން ގޮސް، އަވަސްއަވަހަށް އޭނާގެ ކާރަށް އެރިއެވެ. ޔައިނާ ފަހަތު ސީޓުގައި ބާއްވައިލަމުން އޭނާ ކުރިޔަށް އެރިއެވެ. ހޮސްޕިޓަލަށް ދާން މިސްރާބު ޖެހި އިރުވެސް މިލާންއަށް އިރުއިރުކޮޅާ ޔައިނާގެ މޫނަށް ބަލައިލެވެއެވެ.

ހޮސްޕިޓަލަށް ދެވުމާއެކު، އަނެއްކާވެސް ޔައިނާ އަތްދަނޑިމައްޗަށް ނަގައިގެން މިލާން މިސްރާބު ޖެހީ އެތެރެޔަށް ވަންނާށެވެ. ނަސީބު ރަނގަޅު ކަމުން އެންމެ ފުރަތަމަވެސް ދިމާޒީ ޒާރާއާއެވެ. ޒާރާ މިރޭ ދަންވަރު ޑިޔުޓީ އޮތްކަން ހަމަ ނަސީބެކޭ މިލާން ހިތަށް އެރިއެވެ. މިލާން ފެނުމާއެކު ޒާރާގެ ދެލޯ ބޮޑުވީ ޔައިނާ އޮތް ޙާލު ފެނިފައެވެ. އަވަސްއަވަހަށް މިލާން ކައިރިޔަށް ދެވުނެވެ.

“މިލާން.. ޔައިއަށް ކިހިނެއް ވީ..؟” ޒާރާއަށް ފުރަތަމަވެސް އަހައިލެވުނީ އެހެންނެވެ. “ޒާ ތި ވާހަކަ ފަހުން.. އިހަށް ޔައި ރަނގަޅު ކޮށްދީ.. ޕްލީޒް..” އެހެން ބުނެވުނު އިރު މިލާންގެ ދެލޯ ފެންކަޅިވެގެން ދިޔަ މަންޒަރު ފެނި، ޒާރާގެ ހިތަށްވެސް އަސަރު ކުރިއެވެ. ވީހާވެސް އަވަހަކަށް ނަރުހުންގެ ޓީމެއް ތައްޔާރު ކޮށް، ޔައިނާއަށް ފަރުވާ ދެވެން ފެށުނީ، ޒާރާގެ ބެލުމުގެ ދަށުންނެވެ.

ޔައިނާއަށް ފަރުވާ ދެވެމުން ދިޔަ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި މިލާން އިށީނދެ އިނީ، ދެ އަތުން މޫނު ފޮރުވާލައިގެންނެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި ވީ ކަންތަކާއި މެދު، އޭނާއަށް ފުންކޮށް ވިސްނެމުން ދިޔައެވެ.

ވެ ނިމިދިޔަ އެއްވެސް ކަމެއްގައި ޔައިނާގެ ކުށެއް ނެތެވެ. ނަމަވެސް އޭނާ ޔައިނާއާ ދޭތެރޭގައި ކަންތައް ކުރީ ހާދަ އިހާނެތި ގޮތަކަށެވެ. ޝިޔަލްއަށް ވުރެ އޭނަ ގޯހެއް ނޫންހެއްޔެވެ؟ އެންމެ ލޯބިވީ ފަރާތަށް އިތުބާރު ނުކުރެވުމަކީ އޭނާގެ ކުށެއް ނޫން ހެއްޔެވެ؟ އެންމެ ފަހަރަކުވެސް، ހަމަ އެންމެ ފަހަރަކުވެސް ޔައިނާ ދެއްކި ވާހަކަ އަޑު އެހުނު ނަމައެވެ. ޔައިނާއަށް ވާހަކަ ދައްކަން ފުރުސަތެއް ދެވުނު ނަމައެވެ. ޔައިނާއަށް އިތުބާރު ކުރެވުނު ނަމައެވެ.

ޔާސިރުއާ ދޭތެރޭގައި މިލާންއަށް ވިސްނައިލެވުނެވެ. މަރުގެ ތަންމަތީގައި އޮވެ އެ ބައްޕަ މިލާންގެ ކައިރިން އެދުނީ އޭނާ މަންމައަކާ ނުލައި ބަލައި ބޮޑު ކުރި ހަމައެކަނި ދަރިފުޅާ އެކީ ރަނގަޅު ޖަވާޒީ ޙަޔާތެއް ފެށުމަށެވެ. އެ ދަރިފުޅު ރަނގަޅަށް ބަލައިދިނުމަށެވެ. ޔާސިރު އޭނާއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ނަމަވެސް އޭނާ ޔާސިރުގެ އިތުބާރުގެ އަގު ދިނުމަށްވެސް ނުކުޅެދުނީއެވެ. ރަނގަޅެވެ. ޔައިނާއާ ކައިވެނި ކުރެވުނެވެ. ނަމަވެސް ފިރިއެއްގެ ފަރާތުން އަންބަކަށް ލިބެން ޖެހޭ ލޯތްބާ އުފާ ޔައިނާއަކަށް ނުދެވުނެވެ. އަޅާލުމާއި އޯގާތެރިކަމެއް ނުދެވުނެވެ. ބަދަލުގައި ޔައިނާއަށް ދިނީ ވޭނާއި ކެކުޅުމެވެ. ހިތްދަތިކަމާއި އަނިޔާއެވެ. އޭނާ މީ ކޮން ކަހަލަ ފިރިޔެއް ހެއްޔެވެ؟ އޭނާ މިހާ ރަހުމް ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އޭނާ ޔައިނާއާ ދޭތެރޭ ކަންތައް ކުރި އަނިޔާވެރި ގޮތާ ބަލާފައި، ޔައިނާ އޭނާއަށް ކިހާ އޯގާތެރި ހެއްޔެވެ؟ އޭނާ ޔައިނާ ކައިރިން މަޢާފަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޔައިނާ އޭނާއަށް މަޢާފު ކުރާނެ ބާވައެވެ؟ ޔައިނާ އޭނާއަށް ދެވަނަ ފުރުސަތެއް ދީފާނެ ބާވައެވެ؟ ޔައިނާ އޭނާއާ އެކީ އުޅެން ބޭނުންވާނެ ބާއެވެ؟

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޔާޒާ

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 40

Next
December 27, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 40

Previews
December 26, 2023

ޔާޒާ

25 Comments!

  1. Rifoo says:
    December 26, 2023 at 9:22 am

    Wow mi bai vx varah reethi Masha Allah 💗💕❤️
    Kon irakun next part kiyaalan libeyni
    Lysm nayaa

    1. Nayaa Nayaa says:
      December 26, 2023 at 10:40 am

      varah bodah shukuriyyaa Rifoo <333
      next part liye nimeny dhen mi mihaaru.. kuda irukolhegge threyga eba submit kohlan
      lym darla <3

  2. imko 💕💕 says:
    December 26, 2023 at 12:17 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    💞💞💞 Lysm 💞💞💞💞💞

    1. Nayaa Nayaa says:
      December 26, 2023 at 12:24 pm

      thank you imko <333
      next part hama dhenme submit kohlaifin
      lym <3

  3. Cute girl says:
    December 26, 2023 at 12:24 pm

    Hurihaa part eh vex v Reeth I masha allah ❤️
    When next part can’t wait

  4. Cute girl says:
    December 26, 2023 at 12:24 pm

    Hurihaa part eh vex v Reeth masha allah ❤️
    When next part can’t wait

  5. Cute girl says:
    December 26, 2023 at 12:25 pm

    Hurihaa part eh vex v Reethi masha allah ❤️
    When next part can’t wait

    1. Nayaa Nayaa says:
      December 26, 2023 at 1:37 pm

      thank you so much Cute girl <333
      next part submit kohlaifin.. upload veema kiyaalan libeyne

    2. Nayaa Nayaa says:
      December 26, 2023 at 1:37 pm

      its okay <3

  6. Cute girl says:
    December 26, 2023 at 12:29 pm

    Sorry olhigen repeat kohl liyevifa

  7. Cute girl says:
    December 26, 2023 at 12:30 pm

    Sorry olhigen repeat koh
    liyevifa

  8. malaa says:
    December 26, 2023 at 1:05 pm

    masha allah vrh reethi when next part kiyaalan libeyni

  9. Hajja says:
    December 26, 2023 at 1:15 pm

    Masha Allah mi part ves v reet Allah tibaage masahkatugaa barakaay lahvaashi

    1. Nayaa Nayaa says:
      December 27, 2023 at 12:41 pm

      varah bodah shukuriyyaa Hajja <333

  10. Aal says:
    December 26, 2023 at 1:26 pm

    Yai maraanulahchey…Milan ah hageegai ingun iru…. next part kiyaa hithun nuves hurevey….vrh reethi mi part ves

    1. Nayaa Nayaa says:
      December 26, 2023 at 1:40 pm

      thank you Aal <333
      next part submit kohlaifin.. avahah upload kohdheythoa dua kurey.. hehe <3

  11. vempire girl says:
    December 26, 2023 at 2:55 pm

    Maasha Allah mi part vx varah varah reethi 🤗 haadha dheraey dhw yaina ah v goii… Wow mi part vx varah varah reethi 🤗

    Lysm

    1. Nayaa Nayaa says:
      December 26, 2023 at 3:38 pm

      tysm vempire girl <333
      lym <3

  12. ifoo says:
    December 26, 2023 at 3:09 pm

    vv reethi mi part vs maashaa allah …

    1. Nayaa Nayaa says:
      December 26, 2023 at 3:38 pm

      shukuriyyaa ifoo <333

  13. Me says:
    December 26, 2023 at 9:08 pm

    Vrh vrh reethi mi part maasha allah . Hama roevijje kiyaafa . Vrh avahah aneh part kiyaalan libeyne kamah ummeedhu kuran . Mihaaru esfiya site in alhugandu kiyamundhaa emme reethi vhk mi . Maasha Allah ❤💗 anna part ah vrh inthizaaru kurevey

    1. Nayaa Nayaa says:
      December 27, 2023 at 12:39 pm

      awwww thank youuu sm Me <333 means a lot to me inge <3
      next part ebain mihaaru upload vefa.. hope you'll like it <3

  14. kiyuntheriyaa says:
    December 26, 2023 at 9:35 pm

    Maasha Allah mi part vx varah varah reethi 🤗 mee hama 💯 ge vaahaka eh… Kyhve thw upload vaaleh ehaa lahy

    1. Yaal says:
      December 27, 2023 at 9:14 am

      She is a student.. exam dhuvaskolhuga vaahaka nuliyeveynehnu.. ehn noonee kiha avahah genesdhey.. admin approve kuri nama miadhuge bai ves mihaaru kiyaalan libunees..

    2. Nayaa Nayaa says:
      December 27, 2023 at 12:36 pm

      varah bodah shukuriyyaa kiyuntheriyaa <333 mi visnany mi chutty therey vhk ekkoh ninmaalan.. ekamah masakkaiy kurany mi.. bcs anna aharu feshey irah nuvaane vagutheh.. mock ves mihaaru avas kohfi feb ah.. so varah rangalhah prepare vaan aane ennu.. i have really high hiopes olevel ah.. thats why

      baeh episodes upload vaaleh las vee sababu Yaal e othy kiyaidheefa ennu.. hehe.. thanks yaal for understanding inge.. varah varah ufaa vejje yaal ge thi cmnt kiyaalaafa <3

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 40←


All Right Reserved!