Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ތިންވަނަ ބައި)

azzadhil Level 210 Stories100 Comments
July 7, 2017 3 Mins Read
14 Comments

އެއާއެކު އެމީހާގެ ކަރުތެރެއިން ނިކުތީ ވޭނީ އަޑެކެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލުމަށްފަހު ބޯމަތީ އަތް އަޅައިގެން ހުރެ ދުވެފައި އެތަނުން ނިކުތެވެ.

ބިރުގަނެފައިވާ އަރުޝީ އެމީހާ ފަހަތުން ދުއަވައިގަތީ އެމީހާ މާނައަށް ކަމެއް ކޮށްފާނެތީއެވެ. ކޮޓަރިން ނިކުތްއިރު އެމީހާ ބޮޑުދޮރު ހުޅުވާލާފައި ނިކުމެގެން ދަނީއެވެ. އަރުޝީ ބިރުގަނެފައި ހުރެ ދުވެފައި ގޮސް  ދޮރުގައި ތަޅުލިއެވެ.

އެއީ ކާކުބާއެވެ. އަދި އެމީހާ ގެއަށްވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުންވެސް ގެއަކީ ކުޑަދޮރެއްވެސް ހުންނަ ގެއެއް ނޫނެވެ. ކުޑަދޮރެއް ހުއްޓަސް ހުންނާނީ ބަދިގޭގައެވެ. ނަމަވެސް އަރުޝީ ބަދިގެއިން ނިކުންނަމުން އެތަނުގައި ތަޅުލި ހަނދާންވެއެވެ. އަދި ބޮޑުދޮރުވެސް ރަނގަޅަށް ތަޅުލި ހަނދާން އެބަހުއްޓެވެ. ކައިސަން ދުނިޔޭގަވެސް އަބަދުވެސް ނިދަން ދިއުމުގެ ކުރިން ބަދިގޭގައި ތަޅުލުމަށް ބުނެފައިވެއެވެ. އަރުޝީ ގޮސް ބަދިގޭ ދޮރުގެ ތަޅުގައި ހިފާލީ ތަޅުލާފަތޯ ޔަގީން ކޮށްލުމަށެވެ. އަރުޝީ ހީކުރިގޮތާ އެެއްގޮތަށް ބަދިގޭ ދޮރުގައި ހުރީ ތަޅުލާފައެެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެމީހަކު ވަނިއްޔާ ވަނީ ގޭގެ ބޮޑުދޮރުންނެވެ. ގޭގެ ބޮޑުދޮރުގެ ތަޅުދަނޑި އޮންނާނީ އަރުޝީގެ އިތުރުން ނަދީމާ އަތުގައެވެ. ދެން އެހެންވިއއްޔާ އެމީހާ ވަނީ ތަޅުހަލާކުކޮށްލާފައޭ ހިތަށް އެރުމުން އަރުޝީ ގޮސް ތަޅުވެސް ޗެކް ކުރިއެވެ. ނަމަވެސް ތަޅުހުރީ ހަމަ ރަނގަޅަށެވެ. ދެން އެހެންވިއްޔާ އެމީހާ އެވަނީ ކިހިނެއްހެއްޔެވެ. ވިސްނާ ވިސްނާވެސް އަރުޝީއަކަށް އެމީހާ ގެއަށް ވަންގޮތެއް ނޭނގުނެވެ. އެންމެ ފަހުން އެކަނި ކޮަޓަރީގައި އޮންނަން ނުކެރިގެން އަރުޝީ ގޮސް އޮށޯތީ މަރިޔަމް ކައިރީގައެވެ.

އުޅެ އުޅެ ވެސް އަރުޝީއަށް ނިދޭ ގޮތެއް ނުވިއެވެ. މިރޭ ދިމާވި ކަންތަކުން އަރުޝީ ވަނީ ބޮޑު ވިސްނުމެއްގެ ތެރޭގައެވެ. އެވަރުގެ ކަމެއް ކުރަން ކެރޭނީ ކާކަށް ހެއްޔެވެ. އަރުޝީ އަކީ އެކަނި އުޅޭ އަންހެނަކަށް ވީމަ ހެއްޔެވެ. ނޫނީ އަންހެނަކަށް ވީތީ ހެއްޔެވެ. އަންހެނުނާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރާއިރު ކީރިތި  ޤުރުއާނުގައި އަންހެނުންނަށް ހާއްސަކޮށް ބޮޑު ސޫރަތެއް އޮންނަކަންވެސް ނޭނގެނީ ހެއްޔެވެ. އިސްލާމްދީނުގައި އަންހެނުނަށް އޮންނަ މަތިވެރި މަގާމް އެނގޭނަމަކަ އެހެނެއް ކަންތަކެއް ނުކުރާނެއެވެ. އެމީހަކު އެކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އެމީހަކަށް އަރުޝީ ހިތުން ދުވަހަކުވެސް މައާފެއް ނުކުރާނެއެވެ.

ހަތަރެއް ޖެހިއިރުވެސް އަރުޝީއަކަށް ނުނިދުނެވެ. މިރޭ މާބޮޑަށް ކައިސަން މަތިން ހަނދާންވަނީއެވެ. މިއަދު ކައިސަން ހުރިނަމަ މިހެނެއް ކަންތައް ނުވީހޭ ހިތަށް އަރަމުންދިޔައެވެ. ކައިސަންގެ ހިމާޔަތަށް އެދި ހިތް ރޮނީއެވެ. އެންމެފަހުން ނުނިދޭނެކަން އެނގުމުން ތެދުވެ ވުޟޫކޮށްގެން ނަމާދަށް އެރީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.

ފަތިސް ނަމާދުކޮށް ނިންމާލުމަށްފަހު އިރުއަރަންދެން ޤުރުއާން ކިޔަވާން އިނީ ދެންއިތުރަށް ނިދަން ބޭނުން ނުވާތީއެވެ. އޮފީހަށް ސަލާމް ބުނުމަށްފަހު މަރިޔަމް ތެދުވާން ވާއިރަށް ސައި ތައްޔާރުކޮށްލިއެވެ. އެއަށް ފަހު ފެންވަރާލައިގެން އައިސް މަރިޔަމް ފެންވެރުމަށްފަހު ކާންދިނެވެ. އެއަށް ފަހު ވުޟޫކޮށްލައިގެން އައިސް ޤުރުއާނުގެ ތަރުޖަމާ ހިފައިގެން އައިސް މަރިޔަމް ކައިރީގައި އިށީނީ އަޑު ހަރުކޮށް މަރިޔަމް އަށް އިވޭ ވަރަށް އޭގައިވާ އާޔަތްތަކާއި މާނަ ކިޔައިދިނުމަށެވެ. މީ ކައިސަން ނިޔާވިފަހުން އަރުޝީ ގޭގައި ހުންނަ ދުވަހެއް ފަހުން މަރިޔަމްއަށް ކޮށްދޭ ކަމެކެވެ. އެހެނީ މިކަން ކުރުމުން މަރިޔަމްގެ މޫނުމަތިން ފެންނަމުންދާ ހިތްހަމަޖެހުމަކީ ބަޔާން ނުކުރެވޭނެ ފަދަ ހިތްހަމަޖެހުމެކެެވެ.

ގޭ ދޮރުގައި ޓަކި ޖަހާ އަޑުއިވުނީ މިކަމުގައި މަޝްއޫލުވެ އުޅެނިކޮށެވެ. ފޮތްލައްޕާލަމުން މަރިޔަމް ކައިރިން ހުއްދަ ހޯދުމަށްފަހު އަރުޝީ ދޮރުހުޅުވަން ދިޔައެވެ. ބޮޑު ދޮރުގެ ތަޅުގައި ހިފާލުމާއެކު ހަނދާންވެގެން ދިޔައީ ރޭގެ ހާދިސާއެެވެ. ހުޅުވަން ފަސްޖެހިފައި ހުރެވުނީ އަނެއްކާވެސް އެގޮތް ނޭނގޭ މީހާއަށް ވެދާނެތީއެވެ. އެހެން އިރުކޮޅަކު ހުރުމަށް ފަހު ހިތްވަރުކޮށްފައި ދޮރުހުޅުވީ ބޭރުން އައިދަންގެ އަޑު އިވުމުންނެވެ.  އައިދަން ފެނުމުން ހީލާފައި އެތެރެއަށް ވަންނަން އުޅުނު ވަގުތު މަޑުޖެހެވުނީ އައިދަންގެ ނިތްކުރިމަތީގައި އަޅާފައިވާ މަލަން ގަނޑު ފެނުމުންނެވެ.

“އައިދަން ބޮލަށް ކިހިނެއްވީ” ޝައްކެއްގެ މަތީގައި ހުރެ އަރުޝީ އަހާލިއެވެ.

” އެއީ ސައިކަލުން ވެއްޓުނީ..” ނުގޮތަކަށް މިހެން ބުނަމުން އައިދަން އެތެރެއަށް ވަނެވެ. އަދި އަތުގައި އޮތް ތަރުކާރީ ކޮތަޅު މޭޒުމަތީގައި ބެހެއްޓިއެވެ.

” އަރުޝީ ބަލީތަ.. މިހެން މިއެހީ އޮފީހަށް ނުދާތީ” އައިދަން ސޯފާގައި އިށީންނަމުން ސުވާލުކޮށްލިއެވެ.

” ހްްމްްްމްމްމް” އަރުޝީ ކުރުގޮތަކަށް ބުނުމަށްފަހު އައިދަން ގެނައި ތަރުކާރީތައް ވަކިކޮށް ފުރިޖަށްލުމުގައި މަޝްއޫލުވިއެވެ. އައިދަންއާއި ވާހަކަ ދައްކަންވެސް އަރުޝީ ބޭނުންނުވާ ކަހަލައެވެ.

“އަރުޝީ އާދެބާ މިތާ އިށީންނަން.. ވާހަކައެއް ދައްކާލަންވެގެން މިއައީ” އައިދަންގެ ޖުމްލައިން އަރުޝީ ހިސާބަކަށް ކަންބޮޑުވިއެވެ. އައިދަން ކައިރިއަށް ދިޔަނަމަވެސް ކައިރީގައި އިށީންނަން ފަސްޖެހުނެވެ.

” ކައިސަން އާއި ބެހޭގޮތުންް.. އަރުޝީ.. ކައި،،ކައިސަން އެއީ އަސްލު އަހަރުމެން ހީކުރި ކަހަލަ މީހެއްނޫން” އައިދަން ޖުމްލައިން އަރުޝީއަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ.

” އައިދަން ކީކޭ ކިޔަން ތިއުޅެނީ..” އަރުޝީ ނުރުހުިފައި ބުންޏެވެ. އައިދަން ފުންނޭވައެއް ދޫކޮށްލިއެވެ. އަދި އިންތަނުން ތެދުވެ އަރުޝީ ކުރިމައްޗަށްވާގޮތަށް ހުއްޓުނެވެ.

” އަރުޝީ.. ކޮންމެވެސް އެއްދުވަހަކުން ހަގީގަތާ ކުރިމަތިލާން ޖެހޭނެ.. ކައިސަން އެއް އިރެއްގަވެސް އަރުޝީދެކެ ލޯތްބެއް ނުވޭ.. ” އައިދަން ޖުމްލައިން އަރުޝީއަށް ހީވީ ކަންފަތަށް ތޫނު އެއްޗެއް ހެރުނު ހެންނެވެ. އައިދަންގެ ކޯމަތީގައި އަތު ހުރިހާ ބާރެއްލާފައި ޖެހުނީ ބޭއިހްތިޔާރުގައެވެ. އައިދަން ކޯމަތީގައި ފިރުމާލުމަށްފަހު އައިސްފައިވާ ރުޅިގަނޑު ހިންދާލިއެވެ. އެއަށް ފަހު ޖީބުން ފޯނު ނަގާފައި އޭގެއިން ވީޑިއޯއެއް އަޅުވާލުމަށްފަހު އަރުޝީއަށް ދައްކާލިއެވެ. އައިދަންގެ ފޯނުން އަޅުވާފައި ހުރި ވީޑިއޯއިން ކައިސަން ފެންނަން ފެށުމުން އަރުޝީ ކައިސަން އަތުން ފޯނު އަތުލާ ކައިރިން ބަލާލީ ކައިސަންތޯ ޔަގީން ކުރުމަށެވެ.  ވީޑިއޯ އިން ފެނިގެންދަނީ ކައިސަން އާއި އައިދަންއެވެ. އެމީހުން ވާހަކަދައްކަން ތިބީ ކައިސަންގެ ކެބިން ތެރޭގައެވެ. ކައިސަން ދައްކަމުން ދިޔަ ވާހަކައިން އަރުޝީ އަށް ލިބެމުން ދިޔަ ހިތްދަތިކަން ބޮޑުވާން ފެށިއެވެ.

” އޭނަ ދެކެ އަހަރެން ލޯތްބެއް ނުވޭ.. މަޖުބޫރުވެގެން އިނީ.. މައިރާ އަހަންނާ އިންނަން އެއްބަސްވި ދުވަހަކުން އަހަރެން އޭނަ ވަރިކުރާނަން” ކައިސަންގެ އަނގައިން ބުނި މިޖުމްލަ އެތައް ފަހަރަކު އޮޅައިގެން އަރުޝީ ބެލީ ގަބޫލުނުކުރެވިގެންނެވެ. ނަމަވެސް އެހެން އެބުނަނީ ހަމަ އޭނަގެ ކައިސަންއެވެ.

“ނޫން.. އަހަންނެއް ގަބޫލެއް ނުކުރާނަން” އަރުޝީއަތުން ފޯނު ދޫވިއެވެ. އައިދަންއަށް ފޯނުގައި ހިފުނީ ހަމަ ކިރިޔާއެވެ. އޭރު އަރުޝީއަށް ރޮވެނީއެވެ. ދެންވެސް އައިދަން ވީޑިއޯ އަޅުވާފައި ދެއްކިއެވެ. އެވީޑިއޯއިން ފެނިގެން ދަނީ ކައިސަން އާއި އަންހެން ކުއްޖަކާ ގައިގޯޅިވާ މަންޒަރެކެވެ. އަރުޝީއަށް ބަލަން ކެތް ނުވެގެން އެތަނުން ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

Next

ވާށެ އޯގާ ހިތާ 14

Next
July 7, 2017

ވާށެ އޯގާ ހިތާ 14

Previews
July 7, 2017

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

14 Comments!

  1. Shaa says:
    July 7, 2017 at 6:08 pm

    Nice … good job

    1. azzadhil says:
      July 7, 2017 at 6:15 pm

      jazakallah khair

  2. Adha? says:
    July 7, 2017 at 6:11 pm

    Hey wasn’t it too short?? Next part thankolheh dhigu kohlahdhechey… ? varah reethi mi stry..

    1. azzadhil says:
      July 7, 2017 at 6:16 pm

      in sha allah next part tonite upkohdheveytho balaanan

  3. reen says:
    July 7, 2017 at 7:16 pm

    Wow????

  4. maroon says:
    July 7, 2017 at 7:25 pm

    Aidhan dhw ehenvyma ei .. eagerly waiting ?

  5. raiii says:
    July 7, 2017 at 7:28 pm

    wawawa nice

  6. Reader says:
    July 7, 2017 at 7:33 pm

    Mashah ves heevanee Aidhan hen. @Maroon. Dhen technology ge zamaanegga kithanme gothakah ves edit kurevidhaane. Dhen neynge. Mi bunee Kaisan ge vaahaka.

    1. maroon says:
      July 7, 2017 at 7:38 pm

      Yup. It ruins us sometimes.. hope arushee ah dhera gotheh nuvun..

  7. Anna says:
    July 7, 2017 at 8:34 pm

    Varah kuh gina. Badhigeygai dhoru thalhulaafa…. Migothakah nuninnaanyeh badhige dhoru thalhulaafa…. Egothah varah ginain ebahuri. Story nice. Mistakes rangalhu kohlyma furihama vaane.

  8. Xxxx says:
    July 7, 2017 at 9:24 pm

    Story genesdhey goi v.kamudhey..v.nice n interesting.keep it up dear.. waiting 4 next part…??

  9. khajja says:
    July 7, 2017 at 10:29 pm

    Alhe haadhakurey ?? stry ekam v rythi masha allah mi ee aidhan kulhey game ennoontha arushee kaamiyaab kuran haadhahyveyey ekahala kamenhen but stry v luvly thanks n gud nyt??????❤❤❤?????

  10. sam♥ says:
    July 8, 2017 at 12:25 am

    nice

  11. Mazuw says:
    July 8, 2017 at 3:35 pm

    Alhe Alhe …..haadha kurey mi prt?? Eagerly waiting fr the nxt prt

Comments are closed.


All Right Reserved!