މަރުވުމަށްފަހު މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެމައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުމެވެ. މައްޔިތާގެ މަތިން ގިނަގިނައިން ޞަދަޤާތް ކުރުމެވެ. އެމީހުންނަށް ހެޔޮ ދުއާކޮށް އެމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމެވެ. އަދި އެމީހުން ކޮށްފައިވާ ހެޔޮ ވަޞިއްޔަތް ފުރިހަމަކޮށް އެމީހުންގެ ގާތް ތިމާގެ މީހުންނަށް އިހްތިރާމްކޮށް ކަމޭހިތުމެވެ. މުހީތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަދީމްއަށް ދެމުން ގެންދިޔައީ މިފަދަ ނަސޭހަތް ތަކެވެ. އެންމެ ލޯބިވާ އަނބިމީހާ ދުނިޔެއަށް އަލްވަދާއު ކިޔުމުން ނަދީމްއަށް […]
އޭނައަށް ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ. އަފާފަށް ނޭނގުނު ކަމަކީ ޝަބާ އޭނަ ކައިރިއަށް އައީ ވެސް ޝަރަފްގެ ފަރާތުން އެފަދަ ޚަބަރެއް ލިބިގެން ކަމެވެ. އަދި އޭނަ އައީ ހުރިހާ ކަމެއް ސާފުކޮށް އަފާފަށާއި ޝަރަފަށް ވެސް އެހީވުމުގެ ނިޔަތުގައި ކަމެވެ. ޝަބާ ގޮސް އަފާފްގެ ކައިރީގައި އިށީންކަން އެނގުމުން އަފާފަށް ދައްކާލެވުނީ ފަނޑު ހިނިތުންވުމެކެވެ. މީގެ […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ ދެކެވުނެވެ. “އަފޫ ކީއްވެ ރޮނީ؟” ޝަރަފް ކަންބޮޑުވެފައިވި މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް […]
5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ޝަރަފްގެ އަޑު އިވޭނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނީ ދެލޯ މަރާލަމުންނެވެ. އެހެނަސް އެކޮޅުން، ޝަރަފް ނޫން އެހެން ފިރިހެނެއްގެ އަޑު އިވުމުން އަފާފްގެ ދެލޯ ހުޅުވި، އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. “ހެލޯ؟ ޝަރަފް ހުރީ މި ވަގުތު ވަރަށް ބިޒީކޮށް. ފޯނު ނެގޭ ޙާލަތެއްގައެއްނޫން ހުރީ. ފްރީވީމަ ބުނެލާނަން ގުޅި ވާހަކަ.” އެކޮޅުން އެ ފޯނަށް ޖަވާބުދާރީވީ ނަބީހެވެ. […]
އެހެނަސް އޭނަ ހަނާގެ އެ ‘ހެކި’ ވެސް ބަލަން ބޭނުންވެފައިވި މިންވަރުން އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނެވެ. އެ ހެކި ބަލާފައި ވެސް އޭނަ ހަނާގެ އިލްޒާމްތަކާއި ދެކޮޅަށް ޝަރަފް ދިފާޢުކުރަން ބޭނުންވި މިންވަރުން އޭނައަށް ހިނގާށޭ ބުނެލެވުނެވެ. އެ ހިނދު އޭނަ ޝަރަފްގެ ބަސްތަކުގެ މަތިން މުޅިން ހަނދާން ނެތުނެވެ. ހަނާ އަފާފް ގޮވައިގެން ކޮޓަރިއަށް ދާން ފެށި ވަގުތު މަންޒަރު ބަލަން ހުރި ޝާދިޔާވެސް ހުރީ މި ވާ އެއްޗެއް ދެނެގަންނަން ނުހަނު […]
“ޔަޤީން!” ހަނާ އެހެން ބުނެލީ ސާބިތުކަމާއިއެކީގައެވެ. ** އެރޭ އަފާފްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ޝަރަފާއި ދެކެވުނު ވާހަކަތަކަށްފަހު އޭނަ ޝަރަފްގެ ބަސް އަހަން ނިންމިއެއްކަމަކު ދެންވެސް އޭނަގެ ސިކުނޑި ހާސްވެފައިވިއެވެ. އިތުބާރު ކުރަންވީ ޝަރަފަށްކަމެއް ނޫނީ ހަނާއަށް ކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އެރޭ ގުޅާނަމޭ ބުނެފައި ޝަރަފް ގުޅިއެއްކަމަކު އޭނަ ‘ހަނާ’ އާ ގުޅޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ކުޑަ އިރުކޮޅަކަށް ގުޅާފައި މިއުޅެނީ ކަމެއް ދިމާވެގެން ކަމަށްބުނެ ފޯނު […]
“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ނުބައި ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. އެހެނަސް ޖެހިގެން އައި ހިނދުކޮޅުގައި މިއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ. “މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ. މިއީ އައިޝާ އަޅުވާލި ނޭދެވޭ ފިލްމަކަށް ވެސް ވެދާނެއޭ އަފާފްގެ ހިތް ބުންޏެވެ. އެހެނަސް ވީޑިޔޯ ޕޯޒްކޮށްލަމުން އައިޝާ ދައްކަން ފެށި […]
“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ** ޝަރަފް އަފާފާއިއެކީގައި ހޭދަވި ހަފްތާ ވޭތުވެގެން ދިޔައީ އޮމާންކަމާއި އެކީގައެވެ. ދެމަފިރިން އެކީގައި ހޭދަކުރީ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެކީގައި ރެސްޓޯރެންޓްތަކަށާއި ޕާކްތަކަށް ޒިޔާރަތް ކުރަމުން ދިޔައިރު ނުލަފާ ނަޒަރުތަކެއް އެ ދެމީހުންނަށް […]