Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ބަޔާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 25, 2018 5 Mins Read
35 Comments

“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

 

**

 

ޝަރަފް އަފާފާއިއެކީގައި ހޭދަވި ހަފްތާ ވޭތުވެގެން ދިޔައީ އޮމާންކަމާއި އެކީގައެވެ. ދެމަފިރިން އެކީގައި ހޭދަކުރީ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެކީގައި ރެސްޓޯރެންޓްތަކަށާއި ޕާކްތަކަށް ޒިޔާރަތް ކުރަމުން ދިޔައިރު ނުލަފާ ނަޒަރުތަކެއް އެ ދެމީހުންނަށް އަމާޒުވަމުން ދިޔަކަމެއް އެކަކަށްވެސް ރޭކާނުލައެވެ.

 

މާލޭގައި އެ ހޭދަވި ހަފްތާތެރޭގައި ޝަރަފް އެތައް ފަހަރެއްގެ މަތިން “އެލެގެންޓް ހޯމްސް” ގެ ޢިމާރާތަށް ވަދެފައިވެއެވެ. އޭނަ އެ ޢިމާރާތަށް ގޮސް އެއްވެސް ޝައްކުވާފަދަ މީހެއް ހުރިތޯ ހޯދީ ހަމައެކަނި ފިރިހެނުންގެ ބައިންނެވެ. އަފާފަށް ދިމާވި ޙާދިސާވަރުގެ ކަމެއް ކުރެވޭނީ ފިރިހެނަކަށްހެން އޭނައަށް ހީވެފައި އޮތުމުންނެވެ. އަދި އަންހެނުންގެ ބައިގައި ޝައްކުވާފަދަ މީހަކު ހުރިނަމަ އޭނަގެ ދޮންތަ އޭނަގާތު ބުނީހޭ އޭނަގެ ހިތް ބުނަމުން ދިޔައީތީވެއެވެ. އޭނަ ދޮންތަ ކައިރިން އެ ވާހަކަ އަހަންވެސް އެހިއެވެ. އެހެނަސް ޝަބާ އޭނައަށް ޝައްކުވާ މީހެއްގެ ވާހަކަ ނުބުނީ އެއީ ހަމައެކަނި އޭނައަށް ހީވާ ހީވުމެއްކަމަށް ނިންމުނީތީވެއެވެ. އެހެންނޫނަސް އެ އޮފީހުގައި ވަޒީފާ އަދާކުރަން ފަށާ އަންހެން މުވައްޒަފުންގެ ތެރެއިން އަފާފަށް ޙަސަދަވެރިވާ މީހަކަށް ފެނުނީ ހަމައެކަނި މި ދިޔަ މަހު އެ ކުންފުންޏާއި ގުޅުނު އަންހެން ކުއްޖާ ނޫންކަން ޝަބާގެ ހަނދާނުގައި ހުރީތީވެސްމެއެވެ.

 

ޝަބާ ހަނުހުރުމުގެ ސަބަބުންނާއި، ޚުދު އޭނައަށް ވެސް އެ އޮފީހުގެ ތެރެއިން އަފާފަށް ގެއްލުމެއް ދީފާނެހެން ހީވާފަދަ މީހަކު ނުފެނުމުން ޝަރަފް އެހެން ކަންކަމަށް އޭނަގެ ސަމާލުކަން ދޭންފެށިއެވެ. ޝަރަފް މާލެ އައިތާ ހަތަރުވަނަ ދުވަހުގެ ހެނދުނު އަފާފް ހޭލީއްސުރެ އޭނައަށް ދޭތެރެދޭތެރެއިން ލޯމަތިން އަލިކަމެއް ފެންނަ ވާހަކަ އޭނަ ބުނަން ފެށުމުން ޝަރަފް ވަގުތުން ގުޅާލީ އޭނަ އެ ދުވަސްވަރު ވާހަކަ ދައްކަމުން ދިޔަ އިންޑިޔާގެ ޑޮކްޓަރާއި އެވެ. ޑޮކްޓަރާއި އެ ވާހަކަ ޙިއްޞާ ކުރުމުން އަފާފް ރަނގަޅުވާނެކަމުގެ އިތުރު އުއްމީދެއް ޑޮކްޓަރުގެ ފަރާތުން ވެސް ލިބުމުން ޝަރަފްގެ މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއިއެކި އޭނައަށް ހިތުގެ އެންމެ ފުން މިނުން ޙަމްދުކުރެވުނެވެ. އޭނަ އެދުވަހުން އެދުވަހަށް ދެން އަންނަ މަހުގެ ދުވަހަކަށް އެ ޑޮކްޓަރާއި އެޕޮއިންޓްމެންޓެއް ހެއްދިއެވެ. އެއަށްފަހު އެދުވަހަކަށް ފުރުމަށް އޭނަގެ ރައްކާކުރެވިފައިވި ފައިސާ ބޭނުންކޮށްގެން ޓިކެޓް ވެސް ގަތެވެ. ޓިކެޓް ގަނެގެން އޭނަ ގެއަށް އައީ އަފާފަށް އެ ޚަބަރު ދޭން ނިންމައިގެންނެވެ. އެހެނަސް ދުވަސް ކައިރިވުމުން އަފާފަށް ‘ސަޕްރައިޒެއް’ ދޭން ނިންމަމުން ޝަރަފް އެ ޓިކެޓް ޙަވާލުކުރީ ހުސެއިނާއެވެ. ހުސެއިނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ޝަރަފް ހީކުރީ ހުސެއިނާއި ޝާދިޔާ އޭނައާއި މެދު ދެކޭ ގޮތަށް ކުޑަވެސް ބަދަލެއް އަންނާނެކަމަށެވެ. އެހެނަސް އޭނަގެ ވާހަކަ ނިމުނުތަނާހެން ޝާދިޔާގެ ވާހަކަ ފެށުނެވެ.

 

“މީ ހިތުން ކަލެއާމެދު އަހަރުމެންގެ ހިތް ސާފުވާނެކަމަށް ކުރިކަމެއްތަ؟ އެއީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއްނޫން. އަހަރުމެންގެ ދަރިފުޅު ކަނުކޮށްލާފަ މަޢާފު ލިބޭނެކަމަށްތަ ކަލޭ ހީކުރަނީ؟ ތިމަންނަ ދިޔަ ވެސް ދޭނަމޯ ކިޔާފަ އެ ފައިސާ ދީފަ މިހާރުވެސް އަފާފްގެ ލާރިން ތި ކައިބޮއި ހަދަނީ. މީނަ ކޮންމެވެސް ގޮތެއް ހަދާފަ މިގެއިން ނެރެބަލަ ހުސެއިން! އަފާފަށް ލިބިދާނެ މިއަށްވުރެ ރަނގަޅު މީހަކު.” ޝާދިޔާ ރުޅިވެރިކަމާއެކީ އާދައިގެ މަތިން މާ ބޮޑު ވިސްނުމެއްނެތި ވާހަކަ ދެއްކިއެވެ. ޝަރަފް ހުސެއިނަށް ބަލާލީ އޭނަ އިތުރު އެއްޗެކޭ ބުނޭތޯއެވެ. އެހެނަސް ހުސެއިންގެ މޫނުމަތިން ވެސް ނުރުހުންތެރިކަމެއް ފެނުނެއްކަމަކު އޭނަ އެ ޓިކެޓަށް ބަލާފައި އިތުރު އެއްޗެކޭ ނުބުންޏެވެ. ޝަރަފް ވެސް އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ.

 

އަފާފް ބަހައްޓާފައި ޝަރަފް އަނެއްކާވެސް ފުރަން އޮތީ ބުރާސްފަތި ދުވަހެއްގެ ހަވީރު ވަގުތެވެ. ކުރީ ފަހަރެކޭވެސް އެއްފަދައިން އަފާފް އެދުވަހު ވެސް މާޔޫސްވާގޮތްވިއެވެ. ޝަރަފް އަފާފްގެ ހިތް ފުރެންދެން އެންމެ ފަހު ވަގުތުގައި ވެސް އަފާފްގެ ގައިގައި ބައްދައިގެން ހުއްޓެވެ. އޭނަ އަފާފްގެ ގައިން ދޫކޮށްލީ އޭނަ އަނެއްކާވެސް އަނބުރާ އަންނާނީ ހަފްތާއެއްހާ ދުވަސްފަހުން ކަމަށް ބުނަމުންނެވެ. ޝަރަފް، އަފާފަށް ފަސްދީފައި ދާން ހިނގައިގަތީ އަންނަން އުޅޭ ޠޫފާނެއްގެ ހިލަމެއްވެސް ނުވެއެވެ. އަފާފް ޝަރަފަށްޓަކައި ހެޔޮ ދުޢާކުރީ މިއަށްފަހު އޭނައަށް ޝަރަފް ސިފަކުރެވޭނީ އެހެން ނަޒަރިއްޔާތަކުންކަން ނޭނގިއެވެ.

 

އޭގެ އަނެއްދުވަހުގެ މެންދުރު ވަގުތު ކެއުމަށްޓަކައި ޝާދިޔާ އަފާފް ގޮވައިގެން ކާ މޭޒުދޮށަށް ދިޔަ ވަގުތު ގޭގެ ބެލް ޖަހާލި އަޑުއިވުނެވެ. ގޭގަ އުޅޭ މަސައްކަތު މީހަކު ގޮސް ހުޅުވާލުމާއެކު ފެނިގެން ދިޔަ އާ މޫނުގެ ސަބަބުން ޝާދިޔާއާއި ހުސެއިންގެ ނިތްތަކަށް ރޫގިނަވިއެވެ. އެއީ އިސްކޮޅުން ހިސާބަކަށް ކުރުކޮށް ހުރި އަންހެން ކުއްޖެކެވެ. ކޮނޑާއި ހަމައަށް އޮތް އިސްތަށިގަނޑު ފަންކޮށްފައިވީއިރު މޫނުގެ އަސްލު ސޫރަ ފޮރުވޭނެ ވަރަށް މޭކަޕް ކުރެވިފައިވިއެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އޮތް އަތްކުރު ހެދުމުގެ ސަބަބުން ޝާދިޔާއާއި ހުސެއިން ވެސް ނުރުހުންވީ އެއްވަރަކަށެވެ. އެއްކޮނޑުގައި އެޅުވިފައިވި އަތްދަބަހުން އޭނަ އައީ އޮފީހެއްގައި ހުރެފައިހެން ހީވެއެވެ.

 

“ހާއި!” އެ އަންހެން ކުއްޖާ ހިނިތުންވުމަކާއެކީ ބުނެލި އަޑު އަފާފަށް ވެސް އިވުނެވެ.

 

“ތިއީ ކާކު؟” އެންމެންގެ ހިތަށް ވެސް ވެރިވެފައިވި ސުވާލު ޝާދިޔާ ކޮށްލިއެވެ. އެ ސުވާލާއެކީ އެ އަންހެން ކުއްޖާ އިސްޖަހާލީ އަސްލު ޖަވާބު ދިނުމުގެ ކުރިން ވިސްނާލާ ފަދައަކުންނެވެ. ހިމޭންކަމުގެ ސިކުންތުތަކަށްފަހު އެ އަންހެން ކުއްޖާ އިސްއުފުލާލިއެވެ.

 

“އަހަންނަށް ކިޔަނީ އައިޝާ.” ލިޕްސްޓިކް ލެވިފައިވި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން، ހަނާ އޭނަގެ އަސްލު ނަން ފޮރުވިއެވެ. އޭނަގެ އަސްލު ނަން އަފާފްގެ ކުރިމަތީގައި ހާމަކޮށްފިނަމަ އޭނަ ބޭނުންވާވަރަށްވުރެ އަވަހަށް އަފާފް ވާހަކަ ދައްކަނީ އޭނައާއިކަން ޝަރަފަށް އެނގިދާނެކަމުގެ ބިރު ހަނާގެ ހިތުގައި އޮތެވެ. ޝަރަފަށް އޭނަގެ ނަން އިވިއްޖެނަމަ ވެސް ކަންތައް ގޯހުން ގޯހަށް ހިނގައިދާނެކަން ހަނާއަށް އެނގެއެވެ. އެކަން އެނގުންވީ މީގެ ދެދުވަހެއްހާ ކުރިން ޝަރަފް އޮފީހަށް ގޮސް ކުރި ސުވާލުތަކުގެ ވާހަކަ، ބައެއް ފިރިހެން މުވައްޒަފުންގެ ފަރާތުން އޭނައަށް އިވިފައިވާތީވެއެވެ. އެހެންކަމުން އޭނަ އޭނަގެ ރޭވުމުގެ ކާމިޔާބީއަށްޓަކައި އޭނަގެ ނަން ބަދަލުކުރިއެވެ.

 

“ކޮން އައިޝާއެއް؟” ޝާދިޔާއާއި އަފާފް ޙައިރާންކަންމަތީ ތިއްބާ އެ ސުވާލުކޮށްލީ ހުސެއިނެވެ.

 

“ހެހެ…..ބޭބޭ އަޅުގަނޑަކީ އަފޫގެ އޮފީހަށް އަލަށް ޖޮއިން ކުރި އެކައުންޓެންޓް. ކުޑަކޮށް އަފޫއާ ބައްދަލުކޮށްލާ ހިތުން މިއައީ. އަޅުގަނޑަށް އަފޫއާ ބައްދަލުކުރެވިދާނެތޯ؟” ހަނާ ނުހަނު އަދަބުވެރިކަމާއެކީ އެދުނެވެ. އެއާއެކު ޝާދިޔާއާއި ހުސެއިން އެކަކު އަނެކަކަށް ބަލާލުމަށްފަހު އަފާފް އައިޝާއާ ބައްދަލުކުރަން ބޭނުންތޯ ސުވާލުކުރިއެވެ. އަފާފް ވަގުތުން އެއްބަސްވުމުގެ ގޮތުން ‘އައިޝާ’ ގާތު އައިސް އިށީނުމަށް އެދުނެވެ. އައިޝާ ގޮސް ސޯފާގައި އިށީން ވަގުތަކީ ޝާދިޔާ ވެސް އަފާފް ގެންގޮސް އެ ދިގު ސޯފާގައި ބޭންދި ވަގުތެވެ.

 

އަފާފް ހީކުރި ގޮތާއި ޚިލާފަށް އައިޝާ އައީ އޮފީސް ކަމަކުއެއް ނޫނެވެ. އޭނައައީ އަފާފްގެ ޙާލު ބަލާށެވެ. ކުރު ގޮތަކަށް އޮފީހުގެ މި ދުވަސްވަރުގެ ހިސާބުތަކުގެ ވާހަކަ ދެއްކުމަށްފަހު އައިޝާ މުޅިންހެން ދެއްކީ އަފާފަށް ދިމާވި ޙާދިސާގެ ވާހަކައާއި މެދުގައެވެ. އެކަމާމެދު ހިތާމަ ފާޅުކޮށް އެފަދަ ކަމެއް ހިނގީވެސް ކިހިނަކުންތޯ ބުނެ ސުވާލުކުރިއެވެ. އަދި އެފަދަ ކަމަކުން ސަލާމަތް ވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ވެސް އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ ދެއްކީ މުޅި ކުންފުންޏާއިވެސް އަޅާލާ މީހަކު ފަދައިންނެވެ.

 

ބައިގަޑިއިރެއްހާއިރު ވަންދެން އެދުވަހު އައިޝާ އަފާފާއި ވާހަކަ ދައްކަން އިނުމަށްފަހު ދިޔައީއެވެ. އޭނަ ދާން އުޅުމުން އައިޝާ މިގެއަށް އައިސް އޭނައާއި ބައްދަލުކުރަން ޖެހުނީ ކީއްވެތޯ އަހާލަން އަފާފް ބޭނުންވިއެވެ. އެހެނަސް އޭނަ ޚިޔާލު ބަދަލުކޮށްލީ އޭނައާއި ގުޅުން ބަދަހިކުރަން ބޭނުންވާ މުވައްޒަފެއްގެ ކިބައިން އެ ފުރުޞަތު ނިގުޅައިނުގަތުމަށެވެ. ބަޔަކު މީހުންނަށް މަސައްކަތެއް ކުރުމަށް ހިތްވަރެއް ދެވޭނީ އެމީހުންނާއި ރަނގަޅު ގުޅުމެއް ޤާއިމްކޮށްގެންކަން އަފާފަށް ޤަބޫލު ކުރެވޭތީވެއެވެ.

 

އަފާފް ހީކުރީ އެދުވަހަށްފަހު އޭނަ ދެން އައިޝާއާއި ބައްދަލު ނުވާނެ ކަމަށެވެ. އެހެނަސް އެދުވަހަށްފަހު ކޮންމެ ދުވަހަކުހެން އައިޝާ އޭނައާއި ބައްދަލުކުރަން އަންނަން ފެށިއެވެ. އައިޝާ ގިނައިރު ވަންދެން އޭނައާއި ވާހަކަ ދައްކަން އިނުމުން އަފާފަށް ހިސާބަކަށް އުނދަގޫވިއެއްކަމަކު އޭނަ އައިޝާގާތު ބުނެ ފޮނުވާލަން ޖެހިލުންވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް މަންމަ، އައިޝާގެ ސިފަތައް އޭނައަށް ކިޔައިދިން ފަހުންނެވެ. އައިޝާވާނީ ދީނާއި ދުރު، ލަދުކުޑަ ކުއްޖަކަށޭ މަންމަމެން ބުނަމުން ދިޔަ ގޮތުން އަފާފްގެ ހިތްދަތިވަމުން ދިޔައެވެ. ލާފައި ހުންނަ ހެދުމެއްގެ ސަބަބުން މީހެއްގެ ހިތުގެ ޙާލަތު އެނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ކުރު ހެދުން ލައިގެން ވެސް އޭނަ އަފާފް ކައިރިއަށް އަންނަނީ ތައުބާވުމަށް ހިތްވަރެއް ލިބޭތޯ ނޫންކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ އައިޝާގެ އެ ބައްދަލުވުންތައް ހުއްޓުވަން އަފާފް ބޭނުމެއްނުވީ އެހެންވެއެވެ. ތައުބާވާން އެދޭ ހިތެއްގެ ވެރިއަކަށް ކުޑަވެސް ހަރުކަށިކަމެއް ދައްކަން އަފާފް ބޭނުމެއް ނުވީތީވެއެވެ. އޭނަ އައިޝާއާއި ބައްދަލުވާން ފެށިތާ ހަތަރު ވަނައަށް ވީ ދުވަހު ލޯތްބާއި އެކުވެރިކަމާއެކީ އައިޝާއާއި ބައެއް އާޔަތްތައް ވެސް ޙިއްޞާކުރަން ފެށީއެވެ. އައިޝާ ނުހަނު ޝައުޤުވެރިކަމާއެކީ އަޑުއަހައި ‘ސުބްޙާނަ ﷲ’ ފަދަ ބަސްތައް ބޭނުން ކުރަމުން ދިޔަ ގޮތުން އަފާފްގެ ހިތުގައި އައިޝާއަށްޓަކައި ލޯތްބެއް އުފެދުނެވެ. އެންމެ ފަހުން ޚުދު އޭނަ އަމިއްލައަށް ވެސް އައިޝާއާއި ބައްދަލުކުރަން އެދެވެން ފެށިއެވެ.

 

އެއްދުވަހު އައިޝާ އަފާފާއި ބައްދަލުކުރަން އަފާފްގެ ކޮޓަރިއަށް އައިއިރު އޭނަ ހުރީ މާޔޫސްވެފައިކަން އަފާފަށް އޭނަގެ އަޑުން އެނގުނެވެ. ކުރީކޮޅު އެއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ. އެހެނަސް އައިޝާ އައިތާ މިނެޓްތަކެއް ފަހުން އަފާފް ވާހަކަ ދައްކަމުން ދިޔައިރު ވެސް އޭނަ ނޭވާ ދަމަމުން ދިޔަ ގޮތުންނާއި، އެތައް އިރެއްފަހުން އައިޝާ ވާހަކަ ދެއްކިއިރު އޭނަގެ އަޑު ކުރެހިފައިވި ގޮތުން އަފާފަށް އެކަމާމެދު ސުވާލުކޮށްލެވުނެވެ. އައިޝާ ކަމެއްނުވެއޭ ބުނެ ވާހަކަ ދޫކޮށްލަން އުޅުނެވެ. ނަމަވެސް އަފާފް ދޫނުކޮށް އައިޝާގެ އަތުގައި ހިފައި ތިމަންނައަށް ކިޔައިދޭށޭ ބުނެލިއެވެ. އެއަށްފަހު އައިޝާ ހިމޭންކަމެއްގެ ވަގުތުކޮޅަކަށްފަހު ޖަވާބުދިނެވެ.

 

“އަ….އަހަންނަށް…..ފް…ފިރިހެނަކާއެކީ…..” އައިޝާ ކުރެހިފައިވާ އަޑަކުން އެހާ ހިސާބަށް ބުނެލިތަނާހެން އަފާފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މިއީ އޭނަ މީހެއްގެ ފަރާތުން މިފަދަ ވާހަކައެއް އަޑުއެހި ފުރަތަމަ ފަހަރެއްނޫނެވެ. އެހެނަސް މިއީ އޭނަގެ ކުރިމަތީގައި ހުރެގެން މީހަކު އެފަދަ ވާހަކައެއް ޙިއްޞާކުރި ފުރަތަމަ ފަހަރެވެ.

 

“އަހަރެން….އޭނަ…” އައިޝާ އޭގެ އިތުރަށް ވެސް ކިޔައިދޭން ފެށުމުން އަފާފް އޭނަ ހުއްޓުވިއެވެ.

 

“ޕްލީޒް އައިޝް….އައިޝްއަށް ކުރެވުނު ފާފަތަކަކީ އައިޝްއާ ﷲ ދެމެދުގަ ވާ ކަންތައް. އެ ވާހަކަތައް ތިންވަނަ މީހަކަށް ކިޔައިދިނުމުގެ ބޭނުމެއްނެތް. އެ ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ﷲ އަށް ތައުބާވީމަ އެ ނިމުނީ.” އަފާފް ނަޞޭޙަތްތެރިވިއެވެ. އެ ނަޞޭޙަތް ނިމުނުތަނާހެން އައިޝާ ވާހަކަ ދެއްކިއެވެ.

 

“ނު….ނޫން އަފޫ. މިކަމުގަ އަހަރެން ވަރަށް ހެލްޕް ބޭނުން. އަފޫއަށް ހެލްޕް ދެވޭނީ ކަންވީ ގޮތް ރަނގަޅަށް އެނގިގެން.” އައިޝާ ރޮވިފައިވާ އަޑަކުން ބުންޏެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ އައިޝާ އެނދުން ތެދުވެލީކަން އަފާފަށް އެނގުނެވެ. އައިޝާ ކޮޓަރިން ނިކުމެގެން ދަނީހެން ހީކުރެވުނުތަނާހެން ޑީވީޑީ ޕްލޭޔަރު ބެހެއްޓިފައި ހުންނަ ކަބަޑު ހުޅުވާލެވުނު އަޑު އަފާފަށް އިވުނެވެ. އޭގެ މާގިނައިރެއްނުވެ މިއުޒިކެއްގެ އަޑު އިވެން ފެށުމުން އެއީ އެ ޕްލޭޔަރަށް އަޅުވާލެވުނު އެތި ޓީވީއިން ފެންނަން ފެށީކަން އަފާފަށް އެނގުންވިއެވެ. އޭނަ ހުރި ތަނެއްގައި އޭނަ ނުރުހުންވާނެތޯ ވެސް ނުބަލައި އެފަދަ އެއްޗެއް ޖަހާލުމުން އަފާފަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އެހެނަސް މާ ގިނައިރެއްނުވެ އިވިގެން ދިޔަ އަޑުން އަފާފަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ.

 

“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތާ ފުރާނައިން… (53)

Next

ބޭނުންވަނީ ޔާރާ… (ޓްރެއިލަރ)

Next
February 26, 2018

ބޭނުންވަނީ ޔާރާ… (ޓްރެއިލަރ)

Previews
February 25, 2018

ހިތާ ފުރާނައިން… (53)

35 Comments!

  1. Jana says:
    February 25, 2018 at 10:46 pm

    Assalaam’alaikum. dhen oiy bai angaara dhuvahu In Sha Allah. kureebaige comment thakah reply nukurevuneethee v bodah maafah edhen. v muhimmu kameh jehigen reply nukurevuny. mifaharu hurihaa comment thakah reply koh fb post thah ves genesdheynan In Sha Allah. hurihaa kiyuntherin fb post thah kiyaalumaky varah bodu edhumeh. Jazaakumullah Khairan 😀 <3
    PS: jana ge haalu mihaaru rangalhu Alhamdhulillah! 🙂

  2. Shaima says:
    February 25, 2018 at 10:57 pm

    Alhugadu first tha?wow varah rethi.maashaa allah

    1. Jana says:
      February 26, 2018 at 11:25 pm

      labba shaima thee first Ma Sha Allah 😀 Alhamdhulillah! (All praise and thanks belong to Allah) 🙂

  3. Shaima says:
    February 25, 2018 at 11:01 pm

    Varah Gina iru vehje Jana dhahtha ge story ge inthiaaru ga innathaa.knme faharaku comment nukuriyas abadhuves mi vaahaka kiyan.varah Gina iburahthakeh libihje .jazaakahallah

    1. Jana says:
      February 26, 2018 at 11:26 pm

      hehe….comment nukuriyas ibratheh libenya e nimuny. ibratheh libeykan engunyma varah bodu hiyvvareh libey Alhamdhulillah! 😀 Baarakallah Feeki!

  4. Shaai says:
    February 25, 2018 at 11:10 pm

    Alhamdhulillah.. Thankyou jana.. Mi hana ashiwes noolheytha islaahuwaakah.. Ragalhah ulhemun ai dhemafirieh dheythereah vadhe haklaaku kurannoolhe islaahu webala dhw…

    1. Jana says:
      February 26, 2018 at 11:28 pm

      dho Shaai? hehe….jana ah haqeeqathuga neyngey e baavathuge meehunna medhu maa bodakah 😛 ekamaku hama meehegge dhahivethikamuge sababun koffaane kanthahthakeh dho ey shaai?

  5. Shifa says:
    February 25, 2018 at 11:36 pm

    Masha Allah, thibaa kuraa masahkathu gai barakaaih lahvaa ithuru kaamiyabee minvaru kurahvaashi. Ibrathun furigenva Vaahaka eh.

    1. Jana says:
      February 26, 2018 at 11:28 pm

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi! Ameen! Alhamdhulillah! 😀

  6. ss says:
    February 26, 2018 at 12:14 am

    Masha Allah. janage vaahakathah v furihsma. next part miahvure dhigu kolladhechay. if u can

    1. Jana says:
      February 26, 2018 at 11:29 pm

      try kurany ingey hama try kurany In Sha Allah. heevany maadhamaa ge bai dhigu kureveynehen In Sha Allah. dhen balamaa. Alhamdhulillah! 😀

  7. Hana says:
    February 26, 2018 at 12:20 am

    Afaaf and sharaf dhuru nukurahchey story vvv nice

    1. Jana says:
      February 26, 2018 at 11:30 pm

      dhuruvaanehentha hana ah heevany. hehe…balamaa vaagotheh In Sha Allah. Alhamdhulillah! 😀

  8. Zaaraa says:
    February 26, 2018 at 7:52 am

    V reethi mi part vex ??? waiting for next part ???

    1. Jana says:
      February 26, 2018 at 11:31 pm

      Alhamdhulillah! Next part tuesday ga In Sha Allah 😀 <3

  9. humey says:
    February 26, 2018 at 8:28 am

    Masha allah. Vara reethi vaahaka eh. Alhugadu jana kairyga or kiuntherikairy vara bodukamaku dhen. Merry nukuraa gud anhen kujjaku hury aa alhugada msg koladhevidhaanetho alhugaduge fb id ah. Ummu abudhrahuman wa khubaib plx

    1. Jana says:
      February 26, 2018 at 11:33 pm

      Alhamdhulillah! 🙂 hehe….good luck with that ingey humey? Maai Allah alhamen emmennahves ekalaange ruhivodigen vaa fadha hayaathuge baiverin minvaru kuravvaashi. Adhi emeehunnakay aharumenge loluge finikan kamugai lavvaashi. Ameen!

  10. ?Lam? says:
    February 26, 2018 at 9:19 am

    Mi storyge shauguverikan mihaaru varah kuda vejjehen hyvany. Jana make it interesting. You can do it Inshah Allah

    1. Jana says:
      February 26, 2018 at 11:35 pm

      aan dho lam. shauquverikan gellenvy varah baivaru factors eba thibi. ekkamaky jana ah kurukoh genesdhevun. dhen genesdheveyleh lasves vun. plus mihaaru vaahakaiga hingaa kanthahthakuga ulheny madhu characters eh. ekamaku adhi characters ginavaane ingey In Sha Allah 🙂 adhi bodu kanthahgandeh hingan eba oiy. dhen huri kanthah ves rangalhu kureveytho mi balany. Jazaakillah Khairan for sharing your opinion and the support 😀

  11. Pinky shifoo says:
    February 26, 2018 at 10:45 am

    Oh nooooo ???… Dhn afoo ah kihineh baa vaanee??? Mi hana vx haadha gohey ???… Mi part vx v v v reethi Maasha Allah ❤️❤️❤️… N v v ufaavehje mifaharu fb posts thah vx kiyaalan libeynethy ???… V v kiyaahihvey jana ge fb post thah ❤️❤️❤️???… It gives me a lot of information ??????… Curiously waiting for the next part n for the fb posts ???… Keep up the good work jana ???…

    1. Jana says:
      February 26, 2018 at 11:38 pm

      shifoo haadha rulhiekey hana ah. calm down! 😛 hehe…Alhamdhulillah! mifaharu fb post thakun ves faidhaa kuri kamah ummeedhukuran. adhi vaahakain ves In Sha Allah. Jazaakillah Khairan for the support <3 😀

  12. Xxxx says:
    February 26, 2018 at 12:21 pm

    V.nice..keep it up ?? waiting

    1. Jana says:
      February 26, 2018 at 11:39 pm

      Alhamdhulillah! Next part tuesday ga In Sha Allah 🙂 <3

  13. Xeyboooo says:
    February 26, 2018 at 7:36 pm

    No
    Pls Jana help sharaf and afu??

    1. Jana says:
      February 26, 2018 at 11:40 pm

      thikan veytho eba balan..dhen balamaa vaagotheh In Sha Allah 😀 kehkollahchey Xeybooo 🙂

  14. Jana says:
    February 26, 2018 at 11:05 pm

    FB Post (Related to part 41)

    At times, you may feel like the good that you do is not worth anything. It may feel like there is no end to your struggle. It may feel like no one ever appreciates the good you do. And you see little to no impact of what you do. Hence you always feel a resistance when you are about to do something good. When you are about to do something that pleases Allah. And sometimes, that resistance is too much that you want to give up.

    But before you do, imagine the resistance that Rasool (SAW) must have felt. When he first got the revelation to get up and warn his people. What was the likelihood that those people would listen to him? With him being the only person to have experienced that an angel came to him to reveal the ayahs of Allah? Wouldn’t he have an idea that he will be mocked for such a claim even before he opened his mouth? Yes! Sallallaahu ‘alaihi wasallam!

    And yet, even against all odds, that man had the courage to get up, go to the people and warn with a firm heart. Where did he find that courage? There are many ayahs that give him courage but this one ayah is one of the earliest of revelations.

    وَلِرَبِّكَ فَاصْبِرْ

    “But for your Master, have sabr.” Surah Al-Mudhdhaththir, ayah 7

    This ayah is powerful because it gives Rasool (SAW), and by extension to all of us, a reason for us to keep going (having sabr means, being consistent with good deeds, staying away from bad deeds, staying patient when something bad happens). No matter how hard it seems. No matter how many people criticize us, mock at us, spread lies about us we still have a reason to hold on to our struggle for the sake of Allah. And that is none other than our Master Himself. We don’t do good, looking for praise or some worldly gain. We do it for the One Who created and maintains everything in our existence. We do it for the One to Whom we will be returned anyway. We do it in hope that it will please Him, rather than the people.

    So the next time you feel weak, because of what people say when you get yourself to start praying or reciting Quran or you trying to give others some good advice, remember.

    “But for your Master, have sabr”

    May Allah make us of those who have sabr. Ameen!

  15. Jana says:
    February 26, 2018 at 11:05 pm

    FB Post (related to part 42)

    When we see ourselves as a relatively ‘religious figures’, and someone who doesn’t look so religious on the outside comes to us, what do we do? Do we have the shortest conversation with them and get away from them after showing a frown? Or do we just ignore them, pretending that we did not see the smile that they gave? And then write a long status about how we hate a certain group of people who wear certain kind of clothes and pass a fatwa on them, while we have the image of that brother or sister who showed a smile to us?

    Subhaanallah this is a painful subject to talk about. And all us who feel close to the deen in anyway must feel this pain. Why? Because dear brothers and sisters, that could have been us. That girl who is wearing a short dress and walking on the road late at night chatting with a man, could have been you, sister. That boy who has chains around his neck and is suspected to have drugs with him, could have been you, brother. They could have been you. But its only by Allah’s favour upon you that He guided you. You were at the very edge of the Fire and He saved you. He swt says:

    وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا

    “……And you were on the edge of a pit of the Fire, and He saved you from it…..” Surah Ale Imran, ayah 103

    The next time we see a brother or sister who is away from deen, it should remind us of our own selves. And if it does, we would necessarily feel an empathy towards those brothers and sisters instead of judging them. We would want them to be pulled away from the Fire, just like Allah sent someone for us to be pulled.

    May Allah grant us a deeper understanding. Ameen!

    PS: By this I don’t mean that we must have friends who are away from deen. We must seek good friends. But in a case where we are surrounded by people away from deen, either at school or work, we must care about them, instead of passing a judgement on them. Perhaps, the only reason they might want to befriend us is that they want to make tawba. And they need support. They can only get that support if we make the best of ourselves available for them.

    #Selfreminder

  16. Jana says:
    February 26, 2018 at 11:06 pm

    އެފްބީ ޕޯސްޓް (41 ވަނަ ބަޔާއި ގުޅޭ)

    ތިބާ ކުރާ އެއްވެސް ހެޔޮ ކަމެއްގައި އަގެއްނުވާހެން ތިބާއަށް ބައެއްފަހަރު ހީވެދާނެއެވެ. ތިބާގެ ބުރަ މަސައްކަތަށް ނިމުމެއް ނާންނާނެހެން ތިބާއށް ހީވާ ދުވަސްތައް އަންނާނެއެވެ. އެއްވެސް މީހަކު ތިބާ ކުރާ ހެޔޮ ކަމެއް ބަލައިނުގަންނަހެން ހީވެދާނެއެވެ. ތިބާ ކުރާ ހެޔޮ ކަމުގެ އަސަރު ތިބާއަށް ފެންނަނީ ވަރަށް ވެސް ކުޑަކޮށެވެ. މިހެންކަމުން ތިބާ ﷲ ރުހިވޮޑިގެންވާފަދަ ހެޔޮ ކަމެއް ކުރަން ޖެހިލުންވެއެވެ. އެ ޖެހިލުންކަން ބޮޑުވެގެން ގޮސް ތިބާ ކުރާ ހެޔޮކަމެއް ހުއްޓާލަން ބޭނުންވާ ހިސާބަށްވެސް ދެއެވެ.

    އެހެނަސް އޭގެ ކުރިން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް އިޙްޞާޞްކުރެވުނު ޖެހިލުންކަމުގެ މަތިން ވިސްނާލަމާ ހިނގާށެވެ. އެކަލޭގެފާނު ތެދުވެވަޑައިގެން މީސްތަކުންނަށް އިންޒާރު ދެއްވަން އަމުރު ކުރެވުނު އާޔަތްތައް އައި ހިނދެވެ. އެކަލޭގެފާނުގެ އެ ވާހަކަފުޅު އަޑުއަހާނީ ފަހެ ކާކު ހެއްޔެވެ؟ މަލާއިކަތަކު ފެނިވަޑައިގެންފައިވަނީ ހަމައެކަނި އެކަލޭގެފާނަށް ކަމަށްވެފައެވެ. އެކަލޭގެފާނު މި ދަޢުވަތު ދެއްވުމުން މީހުން އެކަލޭގެފާނަށް މަލާމާތް ކުރާނެކަން އެކަލޭގެފާނަށް އަންދާޒާ ނުކުރެވޭނެ ހެއްޔެވެ؟ ކުރެވޭނެއެވެ! ޞައްލަ ﷲ ޢަލައިހި ވަސައްލަމް!

    ނަމަވެސް އެކަލޭގެފާނު އެ ހުރިހާ ގޮންޖެހުންތަކާއި އެކީގައި ވެސް ސާބިތު ހިތަކާއެކީ ތެދުވެވަޑައިގެން މީސްތަކުންނަށް އިންޒާރު ދެއްވިއެވެ. އެފަދަ ހިތްވަރެއް އެކަލޭގެފާނަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އެކަލޭގެފާނަށް ހިތްވަރު ދެއްވުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެތައް އާޔަތެއް ބާވައިލެއްވިއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ނަބީކަމުގެ ވަރަށް ކުރީކޮޅު ބާވައިލެއްވުނު އާޔަތެކެވެ.

    وَلِرَبِّكَ فَاصْبِرْ

    “އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ‘ޞަބްރު’ ކުރައްވާށެވެ.” ސޫރަތުލް މުއްދައްޘިރު، 7

    މި އާޔަތް އެހާ ބާރުގަދައީ، މިއިން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށާއި އެކަލޭގެފާނަށް ތަބާވި މީހުންނަށް (އަހަރުމެންނަށް) ވެސް ހެޔޮ ކަންތައް ކުރުމުގައި ދެމިހުރުމަށް ސަބަބެއް ބުނެދެވޭތީވެއެވެ. (ޞަބްރު ކުރުމުގެ މާނައަކީ ހެޔޮ ކަންތައް ކުރުމުގައި ދެމިހުރުމާއި، ފާފަތަކުން ދުރުވުމާއި، ދެރަކަމެއް ދިމާވުމުން ކެތްތެރިވުމެވެ.) އެހެންކަމުން ކޮންމެ މީހަކު ކިތަންމެ ފާޑެއް ކިޔުނަސް، މަލާމާތް ކުރިޔަސް އަދި ދޮގުތައް ފެތުރިޔަސް، ﷲ އަށްޓަކައި ކުރެވޭ ހެޔޮ ކަމުގައި ދެމިހުރުމަށް އަހަރުމެންނަށް ސަބަބެއް ލިބެއެވެ. އެއީ އަހަރުމެންގެ ވެރި ރަސްކަލާނގެއެވެ. އަހަރުމެންގެ ވުޖޫދުގައިވާ ހުރިހާ އެއްޗަކާއި ކަމެއް ހައްދަވައި އެކަންތައް ބަލަހައްޓަވާ ރަސްކަލާނގެއެވެ. އަދި އެހެންނޫނަސް އަހަރުމެން އެނބުރި ދިޔުންވާ ފަރާތެވެ. އަހަރުމެން ހެޔޮ ކަންތައް ކުރަނީ މީހުން ރުއްސުމުގެ ބަދަލުގައި އެކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ.

    ދެން ތިބާ ނަމާދުކުރަން ފެށުމުން، އެހެންނޫނީ ޤުރުއާން ކިޔަވަން ފެށުމުން، އެހެންނޫނީ އެހެން މީހަކަށް ހެޔޮ ނަޞޭޙަތެއް ދިނުމުން ތިބާއާއި ކުރިމަތިވާ ހިތްދަތިކުރުވާ ފަދަ ބަސްތަކުން ތިބާ ބަލިކަށި ވެއްޖެނަމަ ހަނދުމަކުރާށެވެ.

    “އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ޞަބްރުކުރާށެވެ.”

    މާތް ﷲ އަޅަމެންނަކީ ޞަބްރުގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!

  17. Jana says:
    February 26, 2018 at 11:24 pm

    އެފްބީ ޕޯސްޓް (42 ވަނަ ބަޔާއި ގުޅޭ)

    އަހަރުމެންނަކީ ‘ދީންވެރި’ ބައެއްކަމަށް އަހަރުމެންނަށް އިޙްޞާޞް ކުރެވޭ ޙާލުގައި، ދީނާއި ދުރުހެން ހީވާ މީހަކު އަހަރުމެން ގާތަށް އައުމުން އަހަރުމެން ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނާއި ކުރުގޮތަކަށް ވާހަކަ ދެއްކުމަށްފަހު ރުޅިވެރި މޫނެއް ދައްކާލާފައި ދަނީ ހެއްޔެވެ؟ އެހެންނޫނީ އެ އަޚާ ނޫނީ އެ އުޚްތާ އަހަރުމެންނަށް ދެއްކި ހިނިތުންވުން ނުފެންނަ ކަމަށް ހަދާލަނީ ހެއްޔެވެ؟ އެއަށްފަހު އެ އަޚާ ނޫނީ އެ އުޚްތާގެ ސޫރަ ޚިޔާލުގައި ބަހައްޓައިގެން ހުރެ އެފަދަ ގޮތަކަށް ހެދުން އަޅާ ބަޔަކާއި ބެހޭގޮތުން ދިގު ސްޓޭޓަސްއެއް ލިޔެ، އެމީހުންގެ މައްޗަށް އޮތް ފަތުވާ އިއްވާލަނީ ހެއްޔެވެ؟

    މި މަޢުޟޫއަކީ އެއާއިބެހޭގޮތުން ވާހަކަ ދައްކަން ހިތްދަތިވާފަދަ މަޢުޟޫޢެކެވެ. އެއްވެސް ވަރަކަށް ދީނާއި ގާތްހެން ހީވާ މީހަކަށް އެ ހިތްދަތިކަން އިޙްޞާޞްކުރެވެން ވާނެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ އެ އަޚުންނާއި އުޚްތުންނަކީ އަހަރުމެންނަށް ވެސް ވެދާނެތީވެއެވެ. އުޚްތާއެވެ! ކުރު ހެދުމެއް ލައިގެން މާ ދަންވަރެއްގެ ވަގުތެއްގައި ފިރިހެނަކާއެކީ ހިނގާފައިދަނީ ތިބާއަށް ވީހެވެ. އަޚާއެވެ! ކަރުގައި ޗޭނު އަޅުވައިގެން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުޚުމަތު ކުރެވޭ އެ ފިރިހެން ކުއްޖަކީ ތިބާއަށް ވީހެވެ. އެހެނަސް ﷲ ގެ ރަޙުމަތްފުޅުން އެކަލާނގެ ތިބާއަށް ހިދާޔަތް ދެއްކެވިއެވެ. ތިބާ ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައިވަނިކޮށް އެކަލާނގެ ތިބާ އެއިން ސަލާމަތް ކުރެއްވިއެވެ.

    وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا

    “….އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ…” ސޫރަތް އާލު ޢިމްރާން، 103

    ދީނާއި ދުރުހެން ހީވާ އަޚެއް ނޫނީ އުޚްތެއް ދެންފަހަރަކު އަހަރުމެންނަށް ފެންނައިރު އަހަރުމެންގެ އަމިއްލަ ނަފްސުތަކުގެ މަތިން އަހަރުމެން ހަނދާންވާންވާނެއެވެ. އެގޮތަށް ހަނދާންވާނަމަ އަހަރުމެންގެ ހިތުގައި އެ އަޚުންނާއި އުޚްތުންނަށްޓަކައި ކުލުނެއް އުފެދޭނެއެވެ. (އިން ޝާ ﷲ) އަހަރުމެން ނަރަކައިގެ އެ ވަޅުގަނޑުން ސަލާމަތް ކުރެއްވުމަށް ﷲ މީހަކު މެދުވެރި ކުރެއްވި ފަދައިން އެ އަޚުންނާއި އުޚްތުންނަށްޓަކައި އެފަދަ މީހަކަށްވުމަށް އަހަރުމެންނަށް އެދެވޭނެއެވެ.

    މާތް ﷲ އަޅަމެންނަށް ފުންކޮށް ފަހުމްވުމުގެ ޤާބިލުކަން ދެއްވާށި! އާމީން

    ނޯޓް: މި ޕޯސްޓުން ގޯސް އެކުވެރިން ހޯދުމަށް އަޅުގަނޑު ހިތްވަރެއް ނުދެމެއެވެ. އަހަރުމެން ވީހާވެސް ވަރަކުން ރަނގަޅު އެކުވެރިން ހޯދަން ޖެހެއެވެ. މަތީގައި ބަޔާން ކުރެވުނު ފަދަ ގޮތަށް އުޅެންޖެހެނީ އަހަރުމެންނާއެކީ ކިޔަވައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ދީނާއި ދުރުހެން ހީވާ އަޚުންނާއި އުޚްތުން ތިބިހެން ހީވާ ނަމައެވެ. އެމީހުންގެ ހިތުގެ ޙާލަކީ ކޮބައިކަން ނިންމުމުގެ ބަދަލުގައި އަހަރުމެން އެމީހުންނަށް އަޅާލާންވާނެއެވެ. އެހެނީ އެމީހުން އަހަރުމެންނާއި ވާހަކަ ދައްކާ ހަމައެކަނި ސަބަބަކީ ތައުބާވުމަށް ހިތްވަރެއް ހޯދުން ކަމުގައި ވެދާނެތީވެއެވެ. އެ ހިތްވަރު އަހަރުމެންނަށް ދެވޭނީ އަހަރުމެންގެ އެންމެ ރަނގަޅު އަޚްލާޤު އެމީހުންނާއި ހަމައަށް ފޯރުކޮށްދީގެންނެވެ..

  18. Unique says:
    February 27, 2018 at 1:58 pm

    Oh soo cute so emotional so awesome nd varah vx reethi

    1. Jana says:
      February 27, 2018 at 9:57 pm

      Alhamdhulillah Alhamdhulillah Alhamdhulillah! 😀

  19. ayesha says:
    February 27, 2018 at 5:39 pm

    Assalam Alaikum Jana. vahaka vrh hihgaimu. jazakillah Khairan mi fadha vaahaka eh genesdheythee. btw kuda kusheh fenigen comment kohlan mi hithah eree. verse number 6 kamah bunefa othee muddathir surah ge but its 7 <3 vrrh vrhh bodah thankew mi fadha vahaka eh adhi thi fb posts genesdheythee 😀

    1. Jana says:
      February 27, 2018 at 9:52 pm

      Wa’alaikumussalaam. Jazaakillah Khairan sister. will edit it right away. Alhamdhulillah that you are benefiting from it 🙂

  20. Eekko says:
    February 28, 2018 at 3:48 pm

    varah reethi mi part ves … waiting for the next part

  21. Berry says:
    March 2, 2018 at 2:47 pm

    Veryy nice. ??

Comments are closed.

Next Episodeނޫރު (ތެޔާޅީސްވަނަ ބައި)←


All Right Reserved!