އިސްލާމްދީނުގެ މާތް އަހުލާގު ތެރެއިން ޒައްރެއްގެ މިންވަރުވެސް ތަނާގެ ކިބައިގާ ނެތް ކަން ނަދީމް ދެއްކި ވާހަކަ ތަކުން ނޫރަށް އެނގުނެވެ. އެވާހަކަތައް ސާއިގާ އަށް ކިޔައިދީފިނަމަ ވަގުތުން އެކަމަށް މަނާ ކުރާނެކަން ނޫރަށް ކަށަވަރެވެ. ” ދަރިފުޅާ އަނެއްކާވެސް އެމަންޖެ ހިޔާލަށް ގެއްލުނީތަ… ” ނޫރުގެ ދެކޮލުގައި ހިފާ ސާއިގާ އާއި ދިމާއށް އަނބުރުވާލަމުން ސާއިގާ ބުންޏެވެ. އެވަގުތު ނޫރު ހިނިތުންވެލަމުން ލޯތްބާއެކު ސާއިގާގެ އަތުގައި ހިފާ ތިރިކޮށްލުމަށްފަހު ސާއިގާގެ އަތްތިލައަށް ބޮސްދިނެެވެ. ” މާމާ… […]
ވިދަވިދާ ހުރި ރިހި ދޯދިތައް އޮއްސުނު އިރާއެކު ކަނު އަދިރިކަން ދުނިޔެއައް ވެރިވެއްޖެއެވެ. ގޭގެ ބޮޑު ފެންޑާ ތެރެއިން ސިފަ ވަނީ އާ ދުވަހަކަށް ދުނިޔެ ދޮން ކުރަމުން އަންނަ މަންޒަރެވެ. އެކިދިމާދިމާގައި ހަރުކޮއްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަން ރިހީގެ ތަށި ތަކާއި މެޑަލް ތަކުން އެޅިފައިވާ ދަޅައިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަންނަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ގަޑީގެ ކަށި ނުވަތަށް އެބުރޭނަމަ ހާދަހާ ރަނގަޅޭ […]
އަހަރެން ހިތަށް އަރައެވެ. އަހަރެންގެ އެއްބަނޑު މީހުންނަށް މިތިބެނީ ކިހިނެތް ވެފަބާއެވެ! އެމީހުން ހިތްހަމަޖެހޭ ގޮތަކަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އަޅެ މީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއްނޫން ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ބައްޓަންކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށެވެ. އަހަރެން މީގެ ކުރިންވެސް ދިރިއުޅުމުގެ ކަންތައްތައް ނިންމީ އަހަރެން ބޭނުންވާ ގޮތަށެވެ. އެއީ އަހަރެންގެ ވިސްނުން ހުރިގޮތެވެ. އަހަންނަކީ ކުޑައިރުއްސުރެވެސް ރީތި އެއްޗެއްސަށް ލޯބިކުރާ މީހެކެވެ. ހިތްކިޔާ ކޮންމެ އެއްޗެއް ހޯދުމަކީ އަހަރެން ބޭނުންވާގޮތެވެ. މަންމައާއި […]
އަދި ބައެއްފަހަރު އެންމެ ބޮޑެތި އުފާތައް ލިބިގެންދާނީ ހިތްދަތި އިމްތިޙާންތަކެއްގެ ތެރެއިންކަން ނޭނގިއެވެ. ޝަރަފަށް ރިސޯޓާއި ހަމައަށް ދެވުނީ އެދުވަހުގެ ހަވީރުގެ ވަގުތުގައެވެ. އޭނަ ދިޔައިރު ރިސޯޓުގެ މުޅިން ނިމިފައިހުރި ލޯންޖެއްގައި ނަބީހް އިނީ ޠޮލާލާއި އޭނަގެ ފިރިހެން ކޮއްކޮއާއި އެކީގައި ބައްދަލުވުމެއްގައެވެ. ތިން މީހުންވެސް ހިނިތުންވުމެއްގައި ތިބިތަން ފެނިފައާއި، އޭނަ ދިޔައިރު ނުނިމި ހުރި ލޯންޖް އެހާ ފުރިހަމައަށް ނިމިފައި ހުރިތަން ފެނިފައި ޝަރަފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެތާ ވަށައިގެން ބަލަމުން ބަލަމުން […]
ނަދީމްގެ ވާހަކަ ހުރިގޮތުން އަރާޝް ކައިރިއަށް ރުޅިއައެެވެ. ރުޅިގަނޑު އިތުރުވެގެން ދިޔައީ އަރާޝްގެ ދިފާއުގައި ތަނާ އެއްޗެއް ނުބުނުމުންނެވެ. އައި ރުޅިމަތީގައި އަރާޝްއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެެވެ. ތަނާ ސިއްސައިގެން ގޮސް އަރާޝްއަށް ވައި އަޑަކުން ގޮވާލުމުން އަރާޝްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. ” އަހަރެން ހިއެއް ނުކުރަން އަހަރެން މިގެއަށް ގެނައީ މިގޮތަށް އަހަރެން ލަދުގަންނަވާލަން ކަމެއް… ތީ ހަމަ މުއްސަނދިންގެ ގޮތް… އަހަންނަކަށް ނޫން އެއްޗެއް ނޭނގިގެން މިއުޅެނީ ކަލެއަށް…” އަރާޝްގެ ފަހު […]
މިއީ މީހަކަށް ދިމާވި ހަޤީޤީ ހާދިސާތަކެކެވެ. އެ ނާމާން ދުނިޔެ އަހަރެން ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އެއީ މުޅިންވެސް އަނދިރިކަމެވެ. އާނއެކެވެ. އަހަރެންގެ ވަށައިގެންވީ އަނދިރިކަމެވެ. ދުނިޔޭގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންވީ އެނާމާންކަމުގެ ތެރެއަށް ގެއްލިފައެވެ. އަހަރެންވީ އެތައް އިހްސާސެއްގެ ތެރެއަށް ޣަރަޤުވެފައެވެ. ބިރުވެރިކަމުގެ އިހްސާސެވެ. ހިތާމަވެރި ކަމުގެ އިހްސާސެވެ. އެކަނިވެރިކަމުގެ އިހްސާސެވެ. އެތަނުން އަހަރެން ސަލާމަތް ކޮށްދޭނެ މީހެއްގެ އިންތިޒާރުގައި ކަރުނަ އޮހޮރީމެވެ. އަލިކަމެއް ފެންނަން ނެތުމުން ރުޅިވެރިކަންވެސް ދެއްކީމެވެ. އެ […]
“ސިހުރެއް ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް […]
ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ދަސްވެފައިވާ އެންމެ ބޮޑު ކަމަކީ މާތްﷲ އެންގެވި ގޮތަށް އުޅުމާއި ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރުމެވެ. މޫނުމަތީގައި ވާތް ފަރާތުގެ ކަންފަތާއި ހިސާބުން ފެށިގެން މަތީ ތުންފަތާއި ހަމައަށް ރޮނގެއްހެން ބޮޑު ލަކުނެއް ހުއްޓަސް ބަލާލަން ހަޑިއެއް ނޫނެވެ. ދަތް ދޮޅިން ފެށިގެން ތިރިއަށް ތިންއިންޗި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ނޫރުގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ބެލްކަނިން ތިރި ބަލަހައްޓައިގެން ހުރި ނޫރަށް ފަހަތަށް ބަލާލެވުނީ ހުރި ހަމައެކަނި […]
“އެއީ އަސްލު އެއްޗެއް، އަފާފް.” ނެތް ހިތްވަރެއް ހޯދައިގެން ޝަރަފް ސާބިތު އަޑަކުން ބުނެލިއެވެ. އެއާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. އެމީހުން އުއްމީދު ކޮށްގެން ތިބިފަދަ ބަސްތަކެއް ނޫންފަދަ ބަސްތަކެއް އިވިގެން ދިޔުމުން ޝާދިޔާއާއި ހުސެއިނަށް ވެސް ބުނާނެ އެއްޗެއް ނޭނގުނުއިރު، އަފާފަށް ހުރެވުނީ ގަނޑުވެފައެވެ. އޭނަގެ ހިތަށް އެތައް ސުވާލަކާއި އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވާން ފެށުމުން އޭނައަށް ބުނާނެ ބަހެއް ކުރާނެ ޙަރަކާތެއް ނޭނގުނެވެ. އަފާފްގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި […]