ހުޅުކޮޅު 19
ދުވަސްތައް އެގޮތުގައި ހަލުވި ކަމާއެކު ފާއިތުވަމުން ދެއެވެ. އެންމެންވެސް އެމީހުންގެ ދިރިއުޅުމައިގެން އަލުން ކުރިއަށް ދެވޭތޯ ބެލިއެވެ. ދިރިއުޅުމުގައި އާ ހަރުފަތްތައް ގިރާކުރަމުން ދިޔައި ފޯރީގައެވެ. ނަމަވެސް އެއްބަޔަކު އަދިވެސް އުޅެމުން ދިޔައީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެކަމުން މިންޖުވޭތޯ އެމީހުން އެތަކެއް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އަދި ކާމިޔާބުވާގޮތް ހަމަ ނުވަނީއެވެ.
***6 އަހަރު ފަސް***
ހަވީރު ހަތަރެއް ޖަހަން ގާތް ވަނީއެވެ. ޖެއްސި ފްލައިޓުން ފޭބި މީހުންނާއެކީ އަންނަމީހުންގެ ދޮރުން ނިކުމެގެން އެ އަންނަނީ ނުހަނު ފިރިހެން ވަންތަ ޒުވާނެކެވެ. ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ލައިފައިވީ ކަނޑުނޫކުލައިގެ އަތްދިގު ގަމީހުގެ އަތް އުޅަނބޮއްޓާ ހަމަޔަށް އޮޅާލައިފައިވުމުން އޭނާގެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ކުރު އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައިވާއިރު ތިރިން ކުޑަކޮށް ތުނިވެސް ކޮށްފައިވެއެވެ. އާދައިގެ ވަރަކަށް ފަޅާފައިވީ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އަޅައިފައިވި ކަޅުކުލައިގެ އެންމެ މިހާރުގެ އަވި އައިނުގެ ސަބަބުން ދެލޯ ވަނީ ފޮރުވިފައެވެ. ޓްރޮލީއަށް ދަބަސްތަށް އަރުވައިގެން އޭނާ ހިނގާލައިފައި އައީ ނުހަނު ފިރިހެންވަންތަކޮށެވެ. އޭނާއަށް ބަލައިލާ އަންހެން ކުދިންގެ ހިތްތައް ކަތިލާހާވެއެވެ.
“ބްރޯ..” ޒުވާނާގެ ހިނގުން މަޑުޖައްސާލި އޭނާއަށް މީހަކު ގޮވާލައިފައި ހަނާ އަޅާލުމުންނެވެ. ނުހަނު ރީތި ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ އަވަހަށް އެމީހަކާ ދިމާލަށް މިސްރާބު ޖެހިއެވެ. “ޒަޔާން..” އޭނާ ކުރިމަތީ ހުރި ޒަޔާންއަށް ހިނިތުން ވެލުމަށްފަހު ޒަޔާންގެ ގައިގައި ބައްދާލިއެވެ. އޭނާ ޒަޔާންއަށް ގުޅާފައި އަންނަ ވާހަކަ ބުނުމުން ޒަޔާން އެހުރީ އޭނާ ބަލައި ހުޅުލެއަށް އައިހެވެ. “ސީދާ އަންނަންވެގެން ވިއްޔަ ގުޅީ… އެއަށްވުރެ ކުރިން ނޭނގުނު ދޯ ޔައީޝްއަށްވެސް މަށަށް ގުޅާކަށް؟” ޒަޔާން ޔައީޝް ގާތު ޝަކުވާ ކޮށްލިއެވެ. އެދެމީހުން ދިމާނުވާތާ އެއްމަސްދުވަސްވާން ގާތް ވަނީއެވެ. އެހެން ކަމުން ދައްކާނެ ވާހަކަވެސް ހުސްނުވެއެވެ.
ޒަޔާންއަށްވެސް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތުނިކޮށް ފަޅާފައިވި ތުނބުޅިއާއި އާދައިގެ ވަރަކަށް ކުރުކޮށް ހުރި އިސްތަށިގަނޑު ވަނީ ރިތިގޮތަކަށް ސްޓައިލް ކޮށްލައިފައެވެ. މިހާރު އޭނާ ކުރިއަށްވުރެވެސް ޒިންމާދާރުހެން ހީވެއެވެ. އެއީ އުޅޭ ވަޒީފާގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. “ޑިއުޓީ ނިންމާފަ އެއްޗެހި ބަދަލުކޮށްލި ގޮތަށް މިއައީ.. ނުވެސް ކަން.. މާލެ ގޮއްސަ ރެސްޓޯރަންޓް އަކަށް ދާނީ ދޯ..” ޒަޔާން ޔައީޝްއަށް ދޯ ޖަހާލުމުން އޭނާވެސް ބަދަލުގައި ހޫމް ލައްވާލުމަށްފަހު ދެމީހުން އެއްކޮށް ފޮށި ހިފައިގެން ހިނގައިގަތީ ފެރީއާއިދިމާލަށެވެ.
“ކޮބާ އަދްޔަން ނާދޭތަ މާލެ؟” ޔައީޝް ފެރީގައި އިނދެ ޒަޔާންއާއި ސުވާލު ކޮށްލިއެވެ. އެހިނދު އޭނާ ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. ޔައިޝް އެއްބުމަ އަރުވާލި ކިއްވީހޭ އަހާލާ ފަދަ ގޮތަކަށެވެ. “ސުބުހާނައްﷲ.. އެސޮރު އަހަރެމެންނާ ވަރަށް ފިލައިގެން އުޅެނީ.. ސިއްރުން ބޮޑުކަމެއް ކުރާށޭ އެއުޅެނީ.. ނުވެސް ބުނެޔެއްނު އަހަރެމެން ކައިރި..” ޔައީޝްއަށް އަދިވެސް އިނީ ޒަޔާން އެދައްކާ ވާހަކައެއް ނަގައިގަންނަން ނޭނގިފައެވެ. “އާ އޯކޭ ދެން.. މިހާރު މިއޮށް އާދެވުނީ.. ރެސްޓޯރަންޓްއަށް ގޮއްސަ ދޯ ވާހަކަ ދައްކާނީ..” ޒަޔާން އެހެން ބުނުމުން ޔައީޝްއާއި ދެމީހުން ކޮއްޅަށް ތެދުވީ ފެރީން ފޭބުމަށްޓަކައެވެ.
ޒަޔާން އައީ ޔައީޝްގެ ކާރުގައި ކަމުން ދަބަސްތައް އެކާރަށް އަރުވައިގެން އެމީހުން މިސްރާބު ޖެހީ އާންމުކޮށް އެމީހުން ދާ ރެސްޓޯރަންޓް އަށެވެ. ކާރު ޕާކްކޮށްލުމަށްފަހު ދެމީހުން ރެސްޓޯރަންޓް އަށް ވެދެގެން ދިޔައެވެ. އެއްޗެއްސަށް އޯޑަރ ކުރުމަށްފަހު ދެމީހުން ހަމަޖެހިލިއެވެ. “ހެހެ. އޯކޭ.. މިކިޔާދެނީ އިނގޭ…” ޒަޔާން ވާހަކަ ފެށީވެސް ހިނިގަނޑަކުންނެވެ. ޒަޔާންއަށް މިއަދު މިއުޅެނީ ކިއްވެގެން ބާވައޭ ޔައީޝްގެ ހިތަށް އެރިއެވެ. “ޔައީޝް މިކޮޅަށް އަންނަން އެއްދުވަހަށް ވެފަ އޮށްވާ އަދްޔަންގެ އެކަންތައް ފަޅާ އެރީ.. ހެހެ..” ޒަޔާން އަދިވެސް ސީދާ މައުލޫއަށް ދާކަށް ނޫޅެއެވެ.
“ހޫން.. ދެން ތި މަޖާ ވާހަކަ ފަށައިބަލަ.. މިހާރު ވާވަރަށް ހިތް ތެޅުވިއްޖެއެއް ނޫންތަ؟” ޔައީޝް މޭޒުމަތީގައި ބަހައްޓާފައި ހުރި ޓިޝޫ ތަކުން ޓިޝޫއެއް ބޮނޑިކޮށްލުމަށްފަހު ޒަޔާންއާއި ދިމާލަށް އެއްލިއެވެ. “ހެހެ.. ކިޔައިދެނިއްޔޭ މި.. މަޖާ ނުވާ ވަރެއް ނޫނޭ.. އަދްޔަން އެއުޅެނީ އަހަރެމެން ގާތު ނުވެސް ބުނެ މެރީ ކުރަން.. މި ބުނީ ކުރިން އެއްވެސް ވަރަކަށް އަހަރެމެން ކައިރީ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެއްނު.. މެރީ ކުރަން ވިމަ އެ ބުނީ.. މަ ކައިރީ ބުނީ ތިމަންނަ މިއުޅެނީ މެރީކުރަންށޯ.. އަންނަ މަހު.. މީހަކު ހައިރާްނ ނުވިއްޔާ ދެރައެއް ނޫންތަ އަޅެ؟ ހެހެހެ..” ޒަޔާން ހީހީފައި ދައްކަން ފެށި ވާހަކައިން ޔައީޝް ގާތަށްވެސް ހިނިއައެވެ.
“ތިޖެހުނީ އެސޮރަށް ރަނގަޅު ފިލާވަޅެއް ނަގައިދޭން..” ޔައީޝްވެސް ހީހީފައި ބުނެލިއެވެ. “ދެން އޯކޭއޭ.. މެރީ ކުރާކަން އެނގިއްޖެ.. އެކަމް ކާކާތަ އެސޮރު އިންނަނީ؟” ޔައީޝް ނިކަން ޝައުޤުވެރިވެލައިފަ ސުވާލު ކޮށްލިއެވެ. “އަޔާނީ.. ޒި… އުހުނ.. އަޔާނި..” ޒަޔާން ހެވިލައިފައި ވާހަކަ ދައްކަމުން ގޮސް ބުނެވެން އުޅުނު އެއްޗެއް އަނެއްކާ ރަނގަޅު ކޮށްލިއެވެ. އެއަށްފަހު ހިނިތުން ވެލިއެވެ. ނަމަވެސް ޔައީޝްއަށް އޭނާ ބުނަން އުޅުނު އެއްޗެއް ދެނެގަނެވުނެވެ. ޔައިޝްގެ ހަނދާނަށް އަނެއްކާވެސް ޚިޔާލުތައް ވެރިވެގަތެވެ. އެހެން ނަމަވެސް އޭނާ އަމިއްލަޔަށް ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އަދި ހިނިތުންވެލިއެވެ.
“ޒަޔާން ނޫޅެންތަ މެރީ ކުރާކަށް..” ޔައީޝް ނިކަން މަޑުމައިތިރި ކަމާއެކު ސުވާލު ކޮށްލިއެވެ. ޒަޔާން ހިނިގަނޑެއް ޖަހާލަމުން ޖަވާބަކަށް އޭނާ ބުނީ އަދި ކޮންމެވެސް ދުވަހަކުން އިންނާނަން ކަމަށެވެ. “ދެން އެވާހަކަ ބާއްވަމާ.. ކޮން ދުވަހަކުންތަ ނިކުންނަން ޖެހެނީ؟ މިބުނީ އޮފީހަށް..” ޒަޔާން ސުވާލުކޮށްލި ވަގުތު އެމީހުން އޯޑަރް ކުރި އެއްޗެހި ގެނައުމުން ޔައީޝް އިހަށް ވަކި ޖަވާބެއް ނުދީ މަޑުކޮށްލިއެވެ. “މާދަން.. ސިދާ ދުވަހަށޭ މިއައީ..” ހިނިގަނޑެއް ޖަހާލަމުން ޔައީޝް ޒަޔާންގާތު ބުނެލިއެވެ.
ދެމީހުން އެކި އެކި ވާހަކަ ދައްކަން ތިބުމަށްފަހު ގެއަށް ދާން އެތަނުން ނިކުތެވެ. ޔައީޝްވެސް އަދި ތިމަންނާ މެންދުރު ނަމާދު ކުރަން ޖެހޭނޭ ކިޔައިފަ އަވަހަށް ކާރުދުއްވާލިއެވެ. ޒަޔާން ގެއަށް ލައިފަ ޔައީޝް ގެއަށް އާދެވުނު އިރު އެއްގަޑި ބައިވަނިއެވެ. އެ ބޮޑު އެޕާޓްމެންޓްގެ ތެރެއަށް އޭނާ ފިޔަވަޅު އަޅާލުމަށްފަހު ދަބަސްތައް އެތެރޭގައި ބަހައްޓާލިއެވެ. އަދި ދޮރުލައްޕާލުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.
އެ އެޕާޓްމެންޓުގައި ޖުމުލަ ތިން ކޮޓަރި ހުރެއެވެ. ނަމަވެސް އެތާ އުޅެނީ ޔައީޝް އެކަންޏެވެ. ޔައީޝްގެ މައިންބަފައިން މިހާރު ދިރިއުޅެނީ ކެނެޑާގައެވެ. ނޫރީންމެންވެސް އެމިހުންނާއެކީ މިހާރު އުޅެނީ ކެނެޑާއަށް ބަދަލުވެގެންނެވެ. ދެފަރާތު މައިންބަފައިން އުޅޭ ތަނެއްގައި ދިރިއުޅުމުގެ ބޭނުމުގައި ޔަންހާމެންވެސް އެކޮޅަށް ބަދަލުވިތާ މިހާރު ހަތަރުވަރަކަށް އަހަރު ވަނިއެވެ. ޔައީޝް މިއަދު މާލެ އެއައީ އަހަރީ ޗުއްޓީގައި މަންމަމެން ގާތަށް ގޮހެވެ. އަވަހަށް ފެންވަރާލައިގެން ކޮޓަރިން ނިކުމެ އޭނާ މިސްރާބު ޖެހީ މިސްކިތަށެވެ.
ގެއަށް އައިސް ވަތް އިރު ޔައީޝް ނިދިއައިސްގެން ގޮސް ހުރީ ތާއްޔާ ޖެހިޖެހިއެވެ. އެހެން ކަމުން އަވަހަށް ކޮޓަރިއަށް ދިޔައީ ނިދިގެންގޮސް ވެއްޓުމުގެ ކުރިން އޮށޯވެލުމަށެވެ. އެލާމް އޮން ކޮށްލުމަށްފަހު ކިންގް ސައިޒްގެ އެނދުގައި އޭނާ އޮށޯވެލިއެވެ. އިސާހިތަކު ނިދީގެ ފުންކަނޑަށް އޭނާ ޣަރަޤުވެގެން ހިނގައްޖެއެވެ.
ކުޑަކުޑަކޮށް ދެލޯ ހުޅުވާލުމަށްފަހު ޔައީޝް އޭނާގެ ފޯނުގެ އެލާމް އޮފްކޮށްލިއެވެ. އެއަށްފަހު ކަންނެއްކާމާއެކު ތެދުވެގެން ގޮސް ފާޚާނާއަށްވަދެ ފެންވަރާލައިގެން ނިކުތެވެ. އަލަމާރީގައި އިސްތިރިކޮށްފައި ހުރި އެއްޗެހިން ކަޅުކުލައިގެ ގަމީހަކާއި މުށިކުލަ ފާޑެއްގެ އަލި ކުލައެއްގެ ފަޓުލޫނެއް ލިއެވެ. އެއަށްފަހު ލޯގަނޑުކުރިމަތީގައި ހުއްޓިލިއެވެ. އެނާގެ ގަމީހުގެ އަތުކުރި އުޅަނބޮއްޓާހަމައަށް އޮޅާލުމަށްފަހު އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެއަށްފަހު ކަޅުކުލައިގެ މޫނުމަތިބޮޑު އަތުކުރީގަޑި އަލާލުމަށްފަހު ގަޔަށް ސެންޓުބުރުވާލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު އެނދުމަތިގައި އޮތް އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔައެވެ.
“ހެލޯ..” މިސްކިތުން ނިކުތް ވަގުތު ޔައީޝްއަށް ފޯނުކޯލެއް އައުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. އަދި ފޯނު ބޭއްވުމަށްފަހު ކާރުގައި ކޮންމެވެސް ތާކަށް ދިޔައެވެ. “ބަލައިލަބަލަ މަކަރުން އުޅޭ ވަރު.. ފޮނި ފިރިހެނެއް އިނގޭ ތީ.. ފިލަ ފިލައިގެން ތިއުޅެނީ.. މިއަދުތަ ތިއައީ ރިސޯޓުން؟” ޔައީޝް އޭނާގެ ގާތުގައި ހުރި ޒުވާނާއާއި ވާހަކަ ދެއްކިއެވެ. އެ ޒުވާނާ ހުރީ އަތްކުރު ޓީޝާޓަކާއި ފަޓުލޫނެއްގައެވެ. ކުޑަކޮށް ތުނބުޅި ފަޅައިފައިވިއިރު ފިރިހެންވަންތަކަށް އިތުރުކުރުވައެވެ. އޭނާ ހުރީ ހިނިއައިސްފައެވެ. “ސަޕްރައިޒް ދޭކަށްނު.. ހޫމް މިއައީ ހަމަ ރިސޯޓުން.. އެހެންވެ ގެއަށް ގެންގޮސްދެށޭ ބުނާށޭ މި ގުޅީ..” އޭނާ ޔައީޝް އާއި ވާހަކަދައްކަމުން ދިޔައެވެ. “އަދްޔަނޫ.. ވާނެ މިރޭ ކޮފީއަކަށް ދާން.. ޒަޔާން ކައިރީވެސް ބުނާނަން.. މިރޭ ހިއެއް ނުވޭ އޭނާ ޑިއުތީ އޮންނާނެހެނެއް.. މަވެސް މާދަން ނިކުންނަން ޖެހެނީ..” ޔައީޝް އޭނާގެ ގާތުގައި ހުރި އަދްޔަންއާއި ވާހަކަ ދައްކަމުން ގޮސް ކާރަށް އަރައި ދުއްވާލިއެވެ.
ސިޓިންގްރޫމުގައި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން އިން އަޔާނީ ސޯފާއިން ތެދުވެލީ ގޭގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކި ޖަހާލި އަޑަށެވެ. ލައިގެން އިން ކަލުކުލައިގެ ދޫ އަބާޔާ ރީތިކޮށްލަމުން ގޮސް ދޮރު ހުލުވާލިއެވެ. އެވަގުތު މައިހާ އައިސް އޭނާ ގައިގައި ބައްދައިގަތެވެ. “މަރުޙަބާ ކުއްޖާގަނޑާ..” މައިހާ ހެމުންހެމުން އަޔާނީ ކައިރިބުނެލިއެވެ. އަދި އަޔާނީ ކީއްވީހޭ ސުވާލުކޮށްލިއެވެ. “ކީއްވީހޭ އެބައަހައެއްނު.. އަފްރާއްތަ މައިގެ މަންމަކައިރީ ބުންޏޭ ތިކުއްޖާގަނޑު މީހަކާ އިންނަން އުޅޭ ވާހަކަ.. ނޫންކަމަށް ނަހާދާ އިނގޭ..” މައިހާ ހެމުން ހެމުން ބުނެލިއެވެ. “މިވަގުތު.. ޒިވް ހުރިނަމަ އޭނާ ހާދަ އުފާވީހޭ.. މިވަގުތުކޮޅު އިތުރަށް އުފާވެރިވިސް ޒި.. ޒިވް ހުރިނަމަ..” މައިހާ ބުނަން ނުބުނަން ހުރެފަ ފުން ނޭވާއެއް ލަމުން ބުނެލިއެވެ.
ހަ އަހަރުދުވަސް ފާއިތުވެގެން ދިޔައިރުވެސް އެމީހުން ޒިވާގެ މަތިން ހަނދާން ނުނެތެއެވެ. ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ ޒިވާއަކީ އެ ދެމީހުންގެވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެންމެ ތުއްތު އިރުއްސުރެ އެއްކޮށް އުޅުނު އެކުވެރިޔާއެވެ. ކޮންމެ ވަގުތަކުވެސް އެމީހުންނަށް ހިތްވަރުލައިދޭ އަންހެން ކުއްޖާއެވެ. މިހާރުވެސް އޭނާގެ ހަނދާން އާވާއިރަށް އެމީހުންގެ ލޯތަކުން ކަރުނަ ހިލެއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ތޮއް ޖެހިފައިވިއެވެ. ހަމައެކަނި އެ އެއްޗިއްސާއި ފިހާރަތަކުގެ އަލިން މުޅި ތަން އަލިވެފައި ވާއިރު ބަލައިލަން ހިތްގައިމެވެ. ޔައީޝް ހުރީ އޭނާގެ ގޭގެ ބެލްކަނީގައި އުޑުމައްޗަށް ބަލަހައްޓައިގެންނެވެ. ހީވަނިހަމަ ކަޅުކުލައިގެ ފޮތިގަނޑަކަށް ހުދުކުލައިގެ އެސްތަކެއް އުކާލައިފައި ވާހެންނެވެ. އެހާވެސް ފުރިހަމައެވެ. ކަޅުކުލައިގެ ސާފު އުޑުމަތީގައި ތަރިތައް ވިދާ ބަބުޅަމުން ދިޔަ އިރު ސާދަވިލޭރޭގެ ހަނދު އޭގެ ވާޖިބު އަދާކޮށްދެމުން ދިޔައެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް އައިސް ޔައީޝްގެ ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. އޭނާ ލައިގެން ހުރި ޓީޝާޓްވެސް ވަނީ ޖެހެމުން ދިޔަ ވައިގެ ސަބަބުން ގައިގައި ތަތް ލަވައިފައެވެ. އޭނާ ތިރިން ލައިފައި ހުރީ ކަނޑުނުލަށްވުރެވެސް އަނދިރި ކުލައެއްގެ ސޯޓެކެވެ. އެއީ އޭނާ ނިދަން ލާއެއްޗިއްސެވެ.
ޔައީޝް އުޑުމައްޗަށް ނަޒަރުހުއްޓާލައިގެން ހުރިގޮތުން ހީވަނި ޚިޔާލަކަށް ގެއްލިފަ ވާހެންނެވެ. އޭނާގެ ޚިޔާލުގައި ވަނީ ޒިވާއެވެ. އަދިވެސް ޒިވާ ދިޔަކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާއާއި ވަރަށް ގާތުގައި ޒިވާއުޅޭކަހަލަ އިޙުސާސެއް އަބަދުވެސް އޭނާއަށް ކުރެވެއެވެ. އެއީ ކީއްވެކަމެއް ކުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެން ހުރުމަށްފަހު އެތެރެއަށް ވަދެ ބަދިގެއަށްގޮސް އަމިއްލައަށް ކޮފީއެއް ހަދާލިއެވެ. އަދި ކޮފީތަށި ހިފައިގެން އަނެއްކާވެސް ބެލްކަންޏަށް ނިކުތެވެ. އޭނާގެ ހުރިހާކަމެއްވެސް ޔައިޝް މިހާރު ކުރަނީ އަމިއްލައަށެވެ. ކައްކާ ދޮވެ އިސްތިރިކުރުމަށް ދާންދެންނެވެ. އޭނާއަށް އެ ހުރިހާކަމެއް ކުރަން ވަނީ ދަސްވެފައެވެ. އެހެން ކަމުން ގޭގައި ގެންގުޅެން މަސައްކަތު މީހެއްވެސް އޭނާ ނުގެނެއެވެ.
ބެލްކަނީގައި ހުރެގެން ކޮފީތަށި ހުސްކޮށްލުމަށްފަހު ތަށި ދޮވެލައިފައި ކޮޓަރިއަށް ދިޔުމުގެ ކުރިން ބެލްކަނީގައި އިން ބޮޑު ބިއްލޫރި ދޮރު ޔައީޝް ލައްޕާލިއެވެ. އެއަށްފަހު ދޮރުފޮތިތައް ކުޑަކޮށް އެއްކައިރިއަށް ޖައްސާލުމަށްފަހު އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.
ލެޕްޓޮޕް ނަގައިގެން އިރުކޮޅެއް ވާންދެން ޔައީޝް އިނީ ޔޫޓިއުބްއިން ދަރުހެއް އަޑުއަހާށެވެ. އެއި ކޮންމެރެއްގެވެސް އޭނާގެ އާދައެވެ. އެ އަޑުއަހާ ދަރުސް ނިމުމުން ލެޕްޓޮޕް ސައިޑް ޓޭބަލް މަތީ ބާއްވާލުމަށްފަހު ކޮޓަރީގެ ލައިޓްތައް އޮފް ކޮށްލިއެވެ. އެއަށްފަހު އޮށޯވެލީ މާދަން ހެނދުނު ޑިއުޓީ އޮތުމުން އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ.
އާދުވަހަކަށް އިރުއެރީ އެކި މިހުންގެ ޙަޔާތުގެ އެކި ބާބުތައް ހުޅުވެމުން އަނެއް ބައެއްގެ ޙަޔާތަށް ތޫފާންތައް އަރަމުންނެވެ. ޔައީޝް ފަތިސްނަމާދުކޮށްގެން އައިސް އެއްޗެހި ބަދަލުކޮށްލުމަށްފަހު ދިޔައީ ޖޮގިން އަށެވެ. އެއަށްފަހު އައިސް ކުޑަގޮތަކަށް ސައިބޯލުމަށްފަހު އޭނާ ކޮޓަރިއަށް ވަނީ އޮފީހަށް ދާން ތައްޔާރުވާށެވެ. ފެން ވަރައިގެން ނިކުތް ޔައީޝް އަލަމާރީގައި ހުރި އޭނާގެ ޔުނީފޯމް ނެގުމަށްފަހު އޭތި ލިއެވެ. އަދި އިސްތަށިގަނޑު ރީތކޮށްލުމަށްފަހު ޔުނީފޯމު ފުރިހަމަ ކޮށްލިއެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަތުގައި ގަޑިއަޅާލިއެވެ. ކޮޓަރިން ނިކުމެގެން ދިޔަ ގޮތަށް ގޮސް އަނެއްކާ އަނބުރާ ކޮޓަރިއަށް އައީ ފޯނާއި ސައިކަލު ތަޅުދަނޑި ބާއްވާފައި އާދެވުމުންނެވެ. ބޫޓަށް އަރައިގެން އޭނާ ލިފްޓުން ފޭބިއިރު ލޮލުގައި އަވި އައިނު އަޅާލައިފައިވިއެވެ.
އެމް.އެން.ޑީ.އެފް ޔުނީފޯމުގައި ޔައީޝް ފެންނަލެއް ނުހަނު ފުރިހަމައެވެ. ކާރު އޮތްތާ ބޭއްވުމަށްފަހު ޔައީޝް މިއަދު ދާން ނިންމީ ސައިކަލުގައެވެ. ޙަޤީގަތުގައި އޭނާގެ އެއްޗަކީ ސައިކަލެވެ. ކާރަކީ ކުރިން ނައިޝަމް ގެންގުޅުނު ކާރެވެ. އެމީހުން ބޭރުގައި ދިރިއުޅޭތީ މިހާރު އެކާރު ބަލަހައްޓަނީ އޭނާއެވެ. ވަޒީފާއަށް ނިކުތުމުން ޔައީޗްގެ ފޫހިކަންވެސް ފިލައިގެން ދިޔައެވެ. އޭނާ ގޭގައި އޮންނަ ނަމަ އެހާ އެކަނިވެރިވާނެއެވެ. ވާނިވެސް އެހެން ނޫންހެއްޔެވެ؟ އެޔޮށް ބޮޑު އެޕާޓްމެންޓްގައި އުޅެނީ އޭނާ އެކަނި ވިއްޔާއެވެ. ޒަޔާންމެންނަށްވެސް ވަޒީފާ ހުންނަގޮތުން އެއްތަން ވެވޭ ގޮތެއް ނުވެއެވެ. އަދްޔަން މަސައްކަތްކުރަނީ ރިސޯޓެއްގައެވެ. ޒަޔާން މަސައްކަތް ކުރަނީ ޕޮލިހެއްގެ ގޮތުގައެވެ. އެންމެންވެސް ވަޒީފާތަކަށް ދާން ފެށުމުން ބިޒީކަމުން އެއްތަން ނުވެވެނީއެވެ.
ޑިއުޓީ ނިންމައިފަ ގެއަށް އައި ޔައިޝް ހުރީ ވަރުބަލިވެގެން ގޮސް ފިޔަވަޅެއްވެސް އަޅާލަން ދަތިވެފައެވެ. ވަޒީފާގައި އުޅުމަކީ ބުރަކަމަކެވެ. ނަމަވެސް އޭނާއަށް އެވަޒީފާ ނުހަނު ކަމުދެއެވެ. ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާ ކުޑައިރުއްސުރެ ދެކޭ ހުވަފެނެކެވެ. ޔައީޝް ދިޔަ ގޮތަށް ގޮސް ސޯފާއަށް ވެއްޓިގަތެވެ. ޔުނީފޯމުވެސް ބަދަލުނުކޮށެވެ. މިވަގުތު މީހަކު އައިސް އޭނައަށް ކާއެއްޗެއް ގެނެސްދޭނެ ނަމައޭ އޭނާ ހިތަށް އަރައެވެ. ނަމަވެސް މަންމައެއްވެސް ނެތެވެ. ދޮންތައެއްވެސް ނެތެވެ. ހުރިހާކަމެއް ކުރަން ޖެހޭނީ ހަމަ އޭނާ އަމިއްލައަށެވެ. އޭނާގެ ސިކުނޑިއަށް ނާންނަނީ އެ އެކަނިވެރިކަން ފިލުވޭނޭ ގޮތެކެވެ. ޔައީޝް އޮތްތަނުން ހަށިގަނޑު ހިއްލާލީ އަސުރު ނަމާދުވަގުތު ގާތް ވާތީއެވެ.
“ހެލޯ..” އަސުރު ނަމާދުކޮށްގެން ހަވީރުފިންޏަށް މާލެވަށާ ބުރެއް ޖަހަމުން ދިޔަ ޔައީޝް ސައިކަލު މަޑުކޮށްލީ އޭނާގެ ފޯނަށް މިހަކު ގުޅުމުންނެވެ. ގުޅީ ޒަޔާން އެވެ. “ޔައީޝް.. ފްރީތަ؟” އެކޮޅުން ޒަޔާން ޔައީޝްއާއި ސުވާލުކުރުމުން ޔައީޝް ތެދުތެދަށް ޖަވާބުދިނެވެ. އޭނާ އެދުނީ އަދްޔަން މެން ގެއަށްވަރަށް އަވަހަށް އައިސްލަދިނުމަށެވެ. އެހެން ކަމުން ޔައީޝް އޭނާގެ ސައިކަލުގެ މިސްރާބު އަދްޔަންމެންގެ ގެއާއި ދިމާލަށް ޖެހިއެވެ.
“ކީކޭ..” ގޭތެރެއަށް ވަދެގެން ދިޔަ ޔައީޝް އަދްޔަން އާއި ސުވާލު ކުރިއެވެ. ޔައީޝް އެގެއަށް ދިޔަ އިރު އެމީހުން ތިބީ ބޮޑު މަޝްވަރާއެއްގައެވެ. “މިސޮރު ވެޑިންގެ އެކި އެކި ކަންކަން ނިންމަން އެހީވެދޭށޯ..” ޒަޔާން މަޖާވެލައިފައި ޔައީޝް ގާތު ބުންޏެވެ. އެމީހުން އެކި ކަންކަން މަޝްވަރާކުރުމުގައި އެތާ އެތައް އިރެއް ވާންދެން ތިއްބެވެ.
ޔައީޝްމެން އެކި ކަންކަމާ އުޅުނު އިރު އަޔާނީ އާއި މައިހާވެސް އަޔާނިގެ ކައިވެނީގެ ކަންކަމުގައި އުޅެއެވެ. މުޅި އާއިލާއަށްވެސް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ދޭތެރެއަކުން އަމާންވެސް އަޔާނީއާއި ދިމާކޮށްލައެވެ.
އަދްޔަންގެ ކައިވެނީގެ އެކި ކަންކަމުގައި ހޭބޯނާރާ އުޅުމަށްފަހު ޔައިޝްއަށް ގެއަށް އާދެވުނު އިރު ދިހައެއް ޖަހަނީއެވެ. އޭނާ އިރުކޮޅެއް ވާންދެން ސޯފާގައި އިނުމަށްފަހު ހައިފާމެންނަށް ގުޅާލަންވެގެން ބެލްކަންޏަށް ނިކުތެވެ.
“ހެލޯ މަންމާ..” ޔައީޝް ހިނިތުންވެލުމަށްފަހު ހައިފާ އާއި ސުވާލު ކޮށްލިއެވެ. ހައިފާވެސް އޭނާގެ ދަރިފުޅާ ވާހަކަދައްކާލެވޭތީ ހުރީ ހިތްހަމަ ޖެހިފައެވެ. “މަންމާ.. އެއްކަލަ އަދްޔަން އެބައުޅޭ ކައިވެނިކުރަން..” ޔައީޝް އޭނާގެ މަންމަގާތު އެކުވެރިޔާއަށްޓަކައި އުފާކުރާ ޙާލު ބުނެލިއެވެ. އޭނާގެ މަންމަ ދެން ފެށީ ކައިވެންޏާ ގުޅޭ ވާޙަކަތަކެވެ. ޔައީޝް ކުޑަކޮށް ފޫހިވިނަމަވެސް މަންމަ ވާހަކަ ދައްކާތީ ކެތްތެރިވެލީއެވެ.
“ދަރިފުޅު ނުކުރަންތަ މީހަކާ އިންނަ ޚިޔާލެއް؟” ހައިފާ ދެން ކުރީ ޔައީޝް އެންމެ ޖަވާބުދޭން ބޭނުން ނުވާ ސުވާލެވެ. ޒިވާގެ ވަކިވުމަށްފަހު އޭނާ އަދިއަދަށް ދާންދެންވެސް އަންހެން ކުއްޖަކަށް ނަޒަރުވެސް ހުއްޓާލައިފައި ނުވެއެވެ. އޭނާގެ އެ ޢަމަލުގެ ސަބަބުން އެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައި ވެއެވެ. ޒިވާގެ ބޭރުން އެހެން އަންހެން ކުއްޖެއްގެ ޚިޔާލު ކުރުމަކީވެސް އޭނާއަށް ޒަހަރު ބުއިން ފަދަ ކަމެކެވެ. އެއީ އޭނާ ކުރަން ނުހަނު ބޭނުންނުވާ ކަމެކެވެ.
“ރަނގަޅު ކުއްޖަކު ފެނުނީމަ އިންނާނަން.. އިން ޝާ ﷲ..” ޔައީޝް މަޖުބޫރުވެގެން ޖަވާބު ދިނެވެ. އޭނާ އެހެން ޖަވާބެއް ދިންނަމަ މަންމަ ކުރުނުކުރާނެކަން އިނގޭތީއެވެ. ނަމަވެސް ޔައީޝްއަށް ނޭނގުނު ކަމަކީ އޭނާއަށް ދެންމެ އެ ބުނެވުނު ބަހުގެ ސަބަބުން އޭނާގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ކަމެވެ.
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް އެއްމަސްދުވަސް ވޭތުވެއްޖެއެވެ. އަދްޔަން އާއި އަޔާނީގެ ކައިވެނި ކުރެވޭ ދުވަސްވެސް އައިސް ޖެހިއެއްޖެއެވެ. ނޫރީންއާއި ޒައިފް އަދި ހައިފާ އާއި ޔާސިންވެސް އެ ޕާޓީގައި ބައިވެރިވާންވެގެން މާލެ އައެވެ. ޔައީޝް ހުރީ އެހެންވެ ނުހަނު އުފަލުންނެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އޭނާގެ އެކަނިވެރިކަން ފިލާތިއެވެ. ޔަންހާ އާއި ނައިޝަމް އަށް ނާދެވުނީ ނަވާރްގެ ސްކޫލް ކަންކަމުގައެވެ. އަނެއްކޮޅުން ނައިޝަމްއަށް ޗުއްޓީވެސް ނުލިބުނީއެވެ.
ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. ޔައީޝް އާއި ޒަޔާން ތިބީ ހެކިންގެ ގޮތުގައެވެ. ކައިވެނީގެ ކުލަޔަކަށް އޮތި ކަނޑު ނޫކުލަ ކަމުން ޔައީޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެއީ އޭނާ އެންމެ ގިނައިން ލާ އެއްކުލަ ކަމުގައި ވާތިއެވެ. އަދި އެއީ އޭނާއަށް އެހާ ރީތި ކުލައެއްވެސް މެއެވެ.
އިރުގަނޑެއް ފަހުން ޕާޓީ ފެށިގެން ދިޔައެވެ. ޕާޓީ އޮތީ ގޭގެ ޓެރަސްގައި ކަމުން ހާމަ އުޑު ނިކަން ފަސޭހައިން ފެނެއެވެ. ޔައީޝް ރެއިލިން ކައިރިއަށް ޖެހިލައި މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު އުޑުމައްޗަށް ބަލައިލިއެވެ. ތަރިތައް ވިދާ ބަބުޅަމުން ދިޔައިރު ހަނދު އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ.
“ޒިވް.. ޒިވްގެ ބެސްޓް ފްރެންޑްވެސް މެރީކޮށްފި.. ޒިވް މިއަދު މިތާ ހުރިނަމަ ވަރަށް އުފާވާނެ.. ދެން ހުރީ މައި.. އޭނަވެސް ދުވަސްކޮޅަކުން މެރީކޮށްފާނެ.. ޒަޔާން ވެސް.. ހުހަށް މިހުރީ ޔައި.. ކީއްވެކަން އިނގޭތަ؟ ޒިވް ނޫން އެހެން ކުއްޖެއް ބޭނުމެއް ނޫން މި ޔައީޝް އެއް.. ކުޑައިރުއްސުރެވެސް ލޯބިވީ އެންމެ ކުއްޖެއްދެކެ.. ލޯބި ވެވުނީވެސް އެންމެ ކުއްޖެއް ދެކެ.. އިނގޭތަ އެއީ ކާކުކަން؟ ތީ އެކުއްޖަކީ.. ޒިވާ.. ތި ލޯބިލޯބި މޫނަކީ ދުވަހަކުވެސް މިހިތުން ފިލައިގެން ދާނެ އެއްޗެއް ނޫން.. ތި ހިނިތުންވުން.. އެ ހުރިހާ ކަމެއްވެސް ވަނި މި ހިތުގައި ބިންވަޅު ނެގިފަ.. ދެން ކިހިނެއް ޒިވް މަތިން ހަނދާން ނައްތާލައިފަ އެހެން ކުއްޖަކާއެކީ އުޅޭނީ؟” އެހާ ހިސާބަށް ބުނެވުނު އިރު ޔައިޝްގެ އަޑު ކުރެހިއްޖެއެވެ. އޭނާގެ އެކަންކަން ހަނދާންވުމުން އޭނާގެ ހިތަށް ހަމަ ތަދުވަނިއެވެ. “ޔައި އަކަށް ނޭނގެ ކީއްވެ ކަމެއް އަބަދު މިހެން މި ކިޔެނީ.. ޔައި އަށް ހަމަ ހީވަނީ ޒިވް ޔައި ގާތުގަ އުޅޭހެން.. ވަރަށް ކައިރީގަ.. ޔައި އަށް އަދިވެސް ހިއެއް ނުވޭ ޒިވް ދިޔަ ހެންނެއް.. އެކަމަކު ކީއްވެ؟” ޔައީޝް އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.
އެކަނި ހުރެގެން ވާހަކަދައްކަމުން ދިޔަ ޔައީޝް ސިހުނީ އޭނާގެ ކޮނޑުގައި މީހެއްގެ އަތް ބާއްވާލުމުންނެވެ. އެހެން ކަމުން އަވަހަށް ލޮލުން ފޭބި ކަރުނަތައް އެމީހަކަށް ނޭނގޭނެހެން އޭނާ ފުހެލިއެވެ. “ޔައީޝް.. ކިހިނެއް ވީ މާ ދުރުގަ ތިހުންނަނީ؟” ޒަޔާން ހައިރާންވެފައި ޔައީޝް އާއި ސުވާލުކޮށްލިއެވެ. ޔައީޝް ހިނިތުންވެލުމަށްފަހު ކަމެއް ނުވާކަމުގައި ބުނެލިއެވެ.
ކައިވެނި ޕާޓީ ނިމުމުން ޔައީޝްމެންނަށް ގެއަށް ވަދެވުނު އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ޔައީޝް އައި ގޮތަށް އައިސް ސޯފާއަށް ވެއްޓިގަތެވެ. “ޕިސް ޕިސް.. ދުވަހަކުވެސް މި ސޮރުގެ ޅަކަމެއް ނުކެނޑޭނެ..” ހައިފާ ގޭތެރެއަށް ވަދެގެން އަންނަމުން ކުދި ކިޔާލިއެވެ. ޔައީޝް އޮތި ލާނެއް ފާޑަކަށް ހިނި އައިސްފައެވެ. “ދެން އަޅާ ނުލާބަލަ ހައިފާ.. ކުދިންނާ ދޭތެރޭ އެހާ ހަރުކަށި ވާކަށް ނުވާނޭ..” ނޫރީން ހުރީ ޔައީޝްގެ ކޮޅަށް ކަމުން އޭނާ ނޫރީންއަށް ޝުކުރުވެރިވިއެވެ. ޒިވާގެ ވަކިވެ ދިޔުމަށްފަހު ޔައީޝްއާ ދޭތެރޭވެސް ނޫރީން ދެކެނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
އެންމެން އިހަށް ކޮޓަރިތަކަށް ނުވަދެ އައިސް ސޯފާގައި ތިއްބެވެ. ކެނެޑާގައި އުޅޭއިރުވެސް ނޫރީންމެން ނިދުމުގެ ކުރިން ކޮންމެ ރެއަކު އަނގަ ތަޅުވާލަން ސިޓިންގް ރޫމުގައި މަޑުކޮށްލާނެވެ. ކޮންމެ ތާކަށް ދިޔަ ނަމަވެސް އެގޮތަށް އެމީހުންނަށް ކަންތައް ކުރެވެނީ އެ އާދަ ގައިގައި ހަރުލާފައި ވާތިއެވެ. ގޭތެރޭގެ އެ ސަގާފަތް އެމީހުން ދިރުވާ އާލާކުރެއެވެ.
“ޔައި ކޮން އިރަކުންތަ މީހަކާ އިންނަނީ؟” ހެވިލައިފައި އިން ޔައީޝްގެ މޫޑު ޚަރާބުވީ ނޫރީން ކޮށްލި ސުވާލުންނެވެ. “ރަނގަޅު ކުއްޖެއް ފެނުނީމަ..” އޭނާގެ ޖަވާބު ވަރަށްވެސް ކުރެވެ. އެއީ އޭނާ އަބަދުވެސް ދޭ ޖަވާބެވެ. އޭނާ އެހެން ބުނުމުން އެ ހަތަރު މީހުން ހަތަރު މީހުންނަށް ބަލާލައިފައި ހިނތުން ވެލި ގޮތުން ހީވަނީ މޮޅު ޕްލޭން އެއް ކާމިޔާބު ވީހެންނެވެ. އެމަންޒަރު ޔައީޝްއަށް ނުފެނުނީ އޭނާ އިސްދަށަށް ޖަހައިގެން އިނުމުންނެވެ.
“ހައިފާ.. އެބައޮތޭ އަހަރެމެންނަށް ދަޢުވަތެއް ލިބިފަ ގެޔަކަށް ދާން.. ހަވީރު ސަޔަށް ދާށޯ ބުނީ..” ދެމީހުން ދެމީހުންނަށް ބަލާލައިފަ ޔައީޝް އަށް ބަލައިލަމުން ނޫރީން ބުނެލިއެވެ. ޔައީޝް ބަލައިލި ވަގުތު ނޫންކަމަށް ހަދައިފަ އެމީހުންގެ ވާހަކަޔައިގެން ކުރިޔަށް ދިޔައެވެ. ޔައީޝް އިނީ ވާނުވާ ނޭނގިފައެވެ. “ޔައީޝްވެސް ތައްޔާރުވައްޗޭ އެގެއަށް މަންމަމެންނާއެކީ ދާން.. ދޮންތަމެންވެސް ނާދޭ.. ދޮންބެމެންވެސް މިތާ ނެތް.. އެހެން ވީމަ ހުރި ހަމައެކަނި ދަރިއަކީ ތީ.. ޔައީޝް ނުދަންޏާ ދެން އެމީހުން ހީކުރާނީ ކީކޭ.. ތައްޔާރުވާތި އެހެން ވީމަ.. ދާންވާނެ އިނގޭ…” ހައިފާ ޔައީޝް ގާތު ވިސްނައިދޭން އުޅޭފަދައަކުން ބުނެލިއެވެ. ޔައީޝް ހަމައެކަނި ބޯޖަހާލިކަމެވެ. އޭނާ ނުދަންނަ ގޭގެއަށް ދިޔުމަކީ ޔައީޝް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޔައީޝް ނިދިއައިއްސި ކަމަށް ބުނެ އަވަހަށް އެތަނުން އަތް ފޮޅާލިއެވެ. މަންމަމެންނާ ޖެހިއްޖެނަމަ ބޮޑު ނިންމުމެއް ނުނިންމާ ވަރުގެ ކަމަކާ ލައްވާނުލައި ނުދާނެއެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅެލައިފިއެވެ. އިރުގެ ރަން ދޯދިތައް އިމާރާތް ތަކު މަތިން އެޅިފައި ވާއިރު ބަލައި ފޫހިނުވާނެއެވެ. ދޭތެރެއަކުން ޖެހިލާ މަޑު ވައިރޯޅިތައް ގަސްގހަުގެ ފަތްތަކުގައި އެޅޭ އިރަށް މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ޔައީޝް އާދައިގެ މަތިން ޖޮގިން އަށް ގޮސް ގެއަށް އައި އިރު ނޫރީން އާއި ހައިފާ އުޅެނީ ބެލްކަންޏަށް ނިކުމެއެވެ. އެއިރު ގޭތެރެއިން ކޮންމެވެސް ކާއެއްޗެއްގެ މީރުވަސް ދުވައެވެ. ޔައީޝް އެތެރެއަށް ނޭފަތް ދަމާލި ވަސްމީރުކަމުންނެވެ. ޔާސީން އެއިރު އިނީ ސޯފާގައި ފޯނާއި ކުޅޭށެވެ. ޔައީޝް ހުރިތާ ހުއްޓާ ޒައިފްވެސް އޭނާގެ ކޮތަރިން ނިކުމެގެން ގޮސް ސޯފާގައި އިށީނދެ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ. ޔައީޝް ހުރިތަނުގެ ގޮތުން ޒައިފައަށް އޭނާ ނުފެނުނީއެވެ. ނޫންނަމަ ބޮޑުތަކުރުފާނު ވާހަކަ ފައްޓާނެއެވެ. ޔައީޝް އޭނާގެ ބޫޓު ހަރުގަނޑަށް ލުމަށްފަހު ގޮސް ބެލްކަންޏަށް ނިކުތީ މަންމަމެން މާ ބިޒީވެގެން މިއުޅެނީ ކޮންކަމެއްގައިތޯ ބަލައިލާށެވެ.
“ކީކޭ ކީކޭ.. ހާދަ ވަރަކަށް ހީހީފަ މަންމަމެން ތިއުޅެނިއްޔޯ؟” ޔައީޝް ދިޔަ ގޮތަށް ގޮސް ބެލްކަންޏަށް ނިކުމެވެން ހުރި ދޮރުގެ ކަނީގައި އަތް ވިއްދާލަމުން ބުނެލިއެވެ. އޭނާގެ ބެލްކަނި މިއޮތީ މުޅިން ބަދަލު ކޮށްލައިފައެވެ. ވިނަ ވައްތަރުގެ ކާޕެޓް އެތާ ތިރީގައި އެއްކޮށް އަޅާފައި ވިއިރު އެ ބޮޑު ބެލްކަނީގެ ދެކޮޅުގައި ހުރީ ހުސް މާގަސް ޕޮޓު ބަހައްޓައިފައެވެ. ބަލައިލަން ނުހަނު ހިތްގައިމެވެ. ތަފާތު ކުލަ ކުލައިގެ މާގަސް ހުރުމުން ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “މީ މަންމަމެން މިފަހަރު އައި އިރު އެކޮޅުން ގެނައި ގަސް.. އެކޮޅުގަ ގޭގެ ގާޑެންގަ ހުރި ގަސްތަކުން ކޮންމެ ގަހަކުން ކުރިއެއް ގެނައީ.. މާ ބޮނޑިއަކަށް ހަދައިގެން.. ހެހެ..” ނޫރީން ހިނިއަންނަމުން ޔައީޝް ގާތު ބުނެލިއެވެ. “ޕިސް ޕިސް.. ބައްޕަމެން ބަލައިބަލަ.. މި މަންމަމެން މިހާރު ނިކަން ބޯހަރު ވެއްޖެޔޭ.. ސިއްރު ސިއްރުން ބޭރުން އެއްޗެހިވެސް ގެންނަން ފަށައިފިޔޭ.. ގަދަ ކޮށްލައިފި މަންމަމެންވެސް..” ޔައީޝް ހައިފާމެންނަށް ޖެއްސުމަށް ސަމާސާ ބޮޑުކޮށަލަމުން ގޭތެރެއަށް ވަދެފަ ބުނެލިއެވެ.
“ހާދަ މިރުވަސް ދުވައޭ.. ކޯންޗެއްތަ މަންމަމެން ކައްކައިގެން ތިއުޅެނި؟” ޔައީޝް ބަދިގެއަށް ވަންނަމުން އެއްޗެހީގެ މަތި ނަގަމުން ކިޔަމުން ދިޔައެވެ. ކާއެއްޗެހިން ދުވި ވަހުގެ ސަބަބުން އޭނާ ހުރީ ކުޅު ދިޔާވެފައެވެ. ހައިފާމެން ހަދާ އެއްޗެއް އޭނާއަށް ނުކެވޭތާ ދުވަސްގަނޑެއްވެސް ވެއްޖެއެވެ. އޭނާ މާލޭގަ އުޅޭއިރު ކަންނެއް ވުމުގެ ސަބަބުން ބައެއްފަހަރަށް ބޭރުން އޯޑަރ ކުރިޔަސް ގިނައިން އޭނާ ކަނީ އަމިއްލައަށް ކައްކައިގެންނެވެ. އެހެން ނަމަވެސް މަންމަމެން ކައްކާއެއްޗެހީގަ ހުންނަ މީރު ރަހަގަނޑު އޭނާ ކައްކާއެއްޗެހިގަ ނުހުންނާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
“ހުރީ ކޯންޗެއްތޯ ބަލާނީ ފަހުން.. ފުރަތަމަ ފެންވަރަން ދޭ.. ތިހުރި ގޮތަކަށް މަންމައެއް ކާކަށް ނުދޭނަން.. އަވަސް އަވަސް.. ފެންވަރައިގެން އަންނަންދޭ..” ހައިފާ ހިނި އަންނަމުން ޔައީޝް ގާތު ބުނެލިއެވެ. އޭނާވެސް މިދަނިއޭ ކިޔައިފަ ހައިފާގެ ދެކޮލުގައި ހިފާލުމަށްފަހު އެތަނުން ދިޔައެވެ. އެއިރު މަންޒަރު ބަލަން ތިބި އެންމެން ތިބީ ހެވިފައެވެ.
ހަވީރުވެގެން އައި އިރު ނުރީންމެންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ނަމަވެސް ޔައީޝްގެ ހިތަށް ވެރިވެފައި ވަނީ ފޫހިކަމެވެ. އޭނާ އެދާ ގެއަކަށް ދަނިވެސް މަޖުބޫރުވެގެންނެވެ. ނޫންނަމަ އޭނާ މިގަޑީގަ ހުންނާނީ ކޮންމެވެސް އެހެން ކަމެއްގައެވެ. ޔާސީންމެންނަށް ކާރު ދީފައި އެމީހުން ފަހަތުން ޔައީޝް ދިޔައީ ސައިކަލުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވާންދެން ދުއްވުމަށްފަހު ޔާސީންމެން ކާރު މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ނޫރިންމެން ކާރުން ފޭބުމުން އެމީހުން ކާރު ޕާކު ކޮށްލަން ދިޔައެވެ. ޔައީޝްވެސް ސައިކަލު ޕާކުކޮށްލުމަށްފަހު އޭގެން ފައިބައިގެން ގޮސް އެމީހުން ކައިރީ މަޑުކޮށްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.





Varah foohi zeev maruveema. Mirey ge part in maa bodu kameh ves nubingaa dho. Koniraku next part up vaany? Hope next part reethi vaane kamah.
hehe.. 🙂 it’s ok.. thafaathu kanthah experience kureveynennu dhw stories kiyaa iruves.. 🙂 thi suvaaluge javaabaky “surprise”.. hehe.. 🙂 jazakillah khairan dear.. 🙂
Alhe noor pls yaish ehen kuhjakaa nugulhuvaba alhe ziv geneba plsss nooor! Plssssss
alhey dear.. 🙂 noor keekey bunaany thiah? dhn vaagotheh balamaa dhw.. hehe.. 🙂
Slm. Alhe nooor yaish ehen girl akaa nugulhuvahcheyy. Ziv geneba plsss. Btw story vv reethi mihaaru mi site Ga in enme reethi story myky. Ly noor
alhee i was hoping i was first so sad
sad wait i’ll comment later…… after reading
noor kobaitha cover pic… nethyma v odd… ziv dhiumuge hithaamaaga dhw its ok…..
alhey dear.. aee mistake eh.. 🙂 nxt part ga in sha allah cover pis fennaane kamah mi balany.. 🙂
Ma sha Allah varah reethi. Heevey thafaathu vaanehen mifaharu.. ❤❤
The worst story of noor
dear miee noor ge furathama story ingey.. 🙂 migothah story liyan noor adhi mi feshy.. ekamaku massalaeh noon ingey dear ge thi comment aky ves.. 🙂 noor ah hiyy vareh thy.. jazakakillah khairan dear.. 🙂 kuriyah huri baithah reethi kuramun gendheveytho noor mi masahakaiyy kurany.. in sha allah.. 🙂
Yaish gothah xid ah ves gabooleh nukurevey adhives ziv dhiyaee kamakah? Yaish diya gein dhimaves vedhaane dho?. Adhi yaish ah yaish ge zippudin libeyne. انشاء الله
alhey dear.. 🙂 neynge dear… hehe.. 🙂 hingaabala dhw dhn vaa gotheh balailan.. 🙂
?????☺☺☺☺☺finally up
hehe.. yess dear.. 🙂
varah reethi vaahaka… i didnt lose hope i still believe ziv is not dad like yaish believe….. ehaa avahah umeedhu kadaalaakah nuvaane dhw… emme fahuvaguthaa jehen dhenves ummeedhu kuran vaane… heheh anyways its awesome hama best
jazakillah khairan unique dear.. 🙂 aww.. rangalhu vaahakeh.. evves kamehga ehaa avahah ummeedhu kandaalaakah nuvaane.. 🙂 jazakillah khairan dear.. 🙂
dead***
Insha aĺlah yaish ah adhi zivv
Libeynekan yageen..??Noor. .zivaa terece mathin vehttun iru yaish balailaafaa..zivv..ge istashi gandu thereah aii mahaaliehnu…zivv vehtunii kithah vana floor in?…ekam zivv..huree shawl eh alhaafaehnu?..ethanun Marsha ah kudakon confuse vaatheeeve ?…Anyways I love the new twists in your story❤❤❤its incredibly amazinggg..?????..????????????ur amazing…????????keep it up?looking forward for the next part..?
Vvv dhigu inthixaaraka fahu mibai vs up vejje….vv reethi hama as usual.. veehaa ves avahaka nxt part up kodhechayy…LY Noor??❤❤?????
hehe.. yess dear.. 🙂 jazakillah khairan dear.. 🙂 in sha allah.. <3<3<3 🙂
the stry is still owsome n adhi ziv annaane dhwwh
jazakillah khairan eekko.. 🙂 thi suvaaluge javaabu noor ah ves neynge dear.. 🙂 balamaa dhn vaagotheh.. 🙂
Alheyy! Ziv nethyma v falhu hen heevany??. Ekam story hama vvv reethi ?❤❤❤. Mai men geyah kanneynge dho yaeesh e dhiya ee. Hehehe. That’s what I think inge. ☺☺?. Noor, you are one of the best writer in this site.
When is the next part?? Curiously waiting….
thiee surprise eh.. hehe.. 🙂 keep waiting dear.. 🙂
Finally up vejje dho
Varah falhu ziv nethyma
Ekam Varah reethi Ingey
When next part
yess dear.. 🙂 hehe.. jazakillah khairan dear.. 🙂 thi suvaalu ge javaabakah bunelan othy aee surprise ekey.. 🙂
Reethi miprtves ekam ziva maruveema ehai reehcheh nun
jazakillah khairan Shaa dear.. 🙂 hehe..ekam vrh ufaavehje dear mennah mi part ves reethikan engunyma.. 🙂
varah falhu ziv netheema. i think ziv hunnaanee e geygga hen hunnaanee.anyways varah reethi vaahaka.keep it up.
🙂 hehe.. hingaaba dhw balailan dhn vaagotheh.. 🙂 jazakillah khairan dear.. 🙂
Nama aku riha eh nukekeyne ekm mihen vaane nama kihaa ragalhu.. yaee ge mom men e ulhenee yaee ah grl eh hoadhadheyn egein.. e grl kujja ragalhu kamunnaai mom men kiyaa varu emme fahun yaee ok dheynee e grl ah.. but in the end that grl turns out to b zeev who didnt die 6 yrs bek but suffrd frm memory loss or somthin.. yaee ah hama zeev aa vatharu vaanee e kujjaa.. Zeev ulhey gotha ulheynee.. so he wil b confused but she wil b sayin she is anothr grl but in the end she wil remembr that she is actualy zeev whom yaee loved with all his hrt…hehehe just my imagination.. keep goin my dear waitin fr nxt prt. Pls upload soon???
hehe.. 🙂 vrh ufaavehje dear ge khiyaal faalhukolla dhinythy.. 🙂 jazakillah khairan dear.. in sha allah.. aha! aee surprise eh ingey.. hehe.. 🙂
lotus thi buni gotha vaanama kihaa rangalhu? i hope ziv is not dead? and ekaku vx ziv maruvee a hithaa unmeedhu kadaa nulaathi ?ziv ney part v. hadi ?dhera vey mihen bunan vx? plx ziv ah gothe hedheytho visnaabala noor? plx ziv akeey vaahakage bathalu? if she is dead how can this story be nice ?? noor just think about it? anyway mi part vx kiyaalan libuneyma ok dhen ?
🙂 hehe.. hehe.. 🙂 hehe.. haadha loabi comment ekey kweeny dear.. 🙂 jazakillah khairan dear.. 🙂
Aslu mi story varah reethi ekam mihaaru ziv maruvefa dhen in 3 charater baeh nugenes dhey???
Mi story miah vure dhigu ves kureveene ❤ ziv ge mom ithaama thakun araiganan masahkah kurigoh ves gensdheveene ❤
But nice
Waiting for next part???
al’hamdhulillaah! vrh bodah sorry ingey dear.. 🙁 dhn balamaa dhw vaa gotheh.. 🙂 yess.. vrh rangalhu idea eh.. khiyaal faalhukollythy vrh bodah shukuriyya ingey dear.. 🙂 jazakillah khairan dear.. 🙂
Ziv netheema heevanee story ge ehbai madhu hen????
Varah dhera ziv maruveema and police ge thahugeegah vee goh neh bunedheefa eh ????
Ekam ves reeti mi part ❤❤
alhey dear.. 🙁 dhn hingaa dhw kuriyah oiyy thaa vaagotheh balailan.. 🙂 jazakillah khairan dear.. 🙂
Mi vaahakaaga adhi emme foohi kohdhiya part mii.. Ekam goahehnun☺… Important kanthathakeh ebahuri mi part ga ves… ❤…. Hope next part varah interesting vaane kamah☺????.. Keep up the good work noor.??
hehe.. 🙂 jazakillah khairan dear.. 🙂
alhe edhaa gein ziv aa dhima vaanama dhw..maya believe eh nukuran yaish gotheh ziva maruvy kamakah…ziv nuvaane mareh dhen ekamu maybe ziv ge bolah libunu gehlumuga memory loss vefa hunnay… dhen eii rangalhu grl eh vyma n yaish mom men bunyma marry kuran yes jahaany ..ekam yaish eh shahku vaany e grl ulhey gothun eii ziv kan and in the end her memory will be recovered …hehe eii maya ge view .ehen vijihyaa vv salhi vaane..dhen mi part ga ziv nethyma hyvany stry ge eh bai madhu hen ..bt dhen reethi
hehehe.. 🙂 balamaa dhw dhn vagotheh.. jazakillah khairan dear.. 🙂
Zeev maraaleema vaahaka hadivehje v v kada
🙂 kuriyah oiyy thaa story ithurah reethi kureveytho noor balaanan.. in sha allah.. 🙂
ziv nethyma haadha dheraveyey. hama heevany story ge baeh madhuhen. :,-( dhn yaeesh ves ulhey gothun varah dheravey. dhn mibaivx varah reethi. waiting for next part.:-)
alhey dear.. 🙁 jazakillah khairan dear.. 🙂
Nice…..keep it up……
jazakillah khairan Mate dear.. 🙂
Alheeyy noor dear ziv geneba. yaish and ehen girl eh nugulhuvaba plssss. Ziv come back. Ziv mareh nuvey dho noor
alhey dear.. 🙂 noor akah neynge thi in evves suvaalakah adhi javaabeh dheykah.. 🙂 kuriyah huri part thakun dear ge thi suvaaluthakah in sha allah javaabeh libeyne… 🙂
assalaamu a’alaikum my dear readers.. 🙂 noor kiyaalaifin hurihaa kudhinge comment thah ves.. vrh vrh vrh thafaathu comments ebahuri.. hehe.. mivaguthu noor ah thikudhinge comments thakah reply nukurevidhaane ingey.. ekam noor try kuraanan miadhu konmes irakun reply kolleveytho.. 🙂 ekam hurihaa kudhinge khiyaalu thakahves hama maruhabaa ingey.. noor vrh vrh vrh masahkaiyy kuran eba kuriyah huri baithah vrh reethi kureveytho.. in sha allah ehn vaane kamah mi ummeedhu kurany.. 🙂 and, dhn vaane gothaamedhu noor ah neiyy hama ekahcheh ves buneveykah.. vvvv bodah sorry ingey ehnve.. 🙁 ekam noor eh kame yageen kohdheynan hurihaa readers ah ves.. in sha allah, story kuriyah mi dhany adh dhaany ves noor vsinaafa oiyy gothah ingey.. 🙂 dhn keiyytherivelaigen thibemaa dhw vaagotheh balailan.. 🙂 noor hama vvvvv burakoh masahkaiyy kurany mee readers kiyaa hiyy vaa kahala part thakeh genesdheveytho.. in sha allah.. 🙂 jazakumulah khairan hurihaa kudhinnah ves, thihaa supportive v ma… 🙂 vvvv ufaavey noor aslu thikahala readers thibeythyve.. 🙂 and ufaaveri kahabreh eboiyy hurihaa kudhinnah ves… ekam surprise eh.. noor ah ekan vaanekamuge yageen kan dheykah nukereyne.. iyye v gothun.. mihaaru faharuga get vedhaane thikuthinnah noor bunan miulhey ethi.. dhw? 🙂 jazakumullah khairan… LY all 🙂
hehe… my dear noor ur the best heheh……. n thikuraa bura masakkathah hama asseri bahaa saabas n i knw u’ll never spoil the story n thanks for the surprise dear
asluvestha? vvvvv ufaavehje dear thihen bunelyma.. 🙂 jazakillah khairan dear.. 🙂 aww, vrh ufaavehje dear mn noor ah trust kuraa kan ingunyma.. 🙂 thank you all for the support my dear readers.. 🙂 hehe.. 🙂
vvvvvvv nice mi part ves…….wait for next……keep it up noor sis……….
jazakillah khairan ira dear.. 🙂 🙂
Mi part ves reethi ekam ziv netheema kiyaahitheh nuvey…Waiting for the next part
jazakillah khairan dear.. 🙂 ehn tha? it’s ok.. noor vrh try kuran eba dear mn kiyaa hiyyvaa kahala part eh genesdheveytho.. 🙂
Noor Where is next part
Vvv kiyaahiy vey eba
Supreme ves balaalaahiy vey eba hehe
alhey dear.. aee surprise aky.. hehe.. 🙂 noor ves mi balany hama surprise up vefa intho.. 🙂
alhey.. noor ah mihaaru mi bunevuny.. 🙂 hehehehe..
alhey.. noor ah mihaaru mi bunevuny.. 🙂 hehehehe…
Masha Allah varah reethi mi part????
Waiting for next part ❤❤❤❤❤❤❤❤❤
jazakillah khairan dear.. 🙂
❤?Can’t wait for the surprise!? Omg Ziv will be back kanneynge.????.
dear.. kuriyah huri baithah kiyaalumun vaaoiyy ingeyne.. in sha allah.. hehe 🙂
so today dhw story upvany heheh…….. so thats our surprise
hehe… 🙂