ހުޅުކޮޅު 16
ޒިވާ ސޯފާގައި ނިކަން ހަމަޖެހިލައިފައި އިނުމަށްފަހު ފޯނު އެތާ ބާއްވައިފައި ދިޔައީ ފެން ބޯންވެގެންނެވެ. އަދި ފިނި ފެން ފުޅިއެއް ނަގައިގެން އައިސް ތައްޓަކަށް ފެން އެޅުމަށްފަހު ފެން ކޯވަރެއް ބޯލިއެވެ. “ތިއްތޫ.. ކޮކީއަށްވެސް..” ނަވާރް ކުޑަކޮށް ދުވަމުން އައިސް ޒިވާ ގާތު ބުނުމުން އޭނާ ތައްޓަކަށް ފެން އެލުމަށްފަހު ނަވާރް އާއި އެއްހަމައަކަށް ތިރިވެލިއެވެ. އަދި ނަވާރްގެ ތުނބުގައި އެތަށި ޖެއްސުމަށްފަހު އޭނާއަށް ފެން ބޯންދިނެވެ. “ޒިވްކޮ ފޯނަށް ހާދަވަރަކަށް އެބަ ގުޅައޭ މީހަކު.. އަނެއްކާ ބިޓެއްތަ؟” ނައިޝަމް މަޖާވެލައިފައި ބުނެލި އެއްޗަކުން ޒިވާގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. ނައިޝަމް އެހެން ބުނުމުން ޔަންހާ ނައިޝަމް ގައިގައި ކުޑަކޮށް ޖަހާލިއެވެ. އެހެން ނަމަވެސް މިފަހަރު ޒިވާއަކަށް މަޖަލެއް ނުވިއެވެ. އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ މީހެއް ހެއްޔެވެ؟ ޒިވާ އޭނާއަށް ކޮން ކަމެއް ކުރީހެއްޔެވެ؟ ޒިވާގެ ފަރާތުން އޭނާ ބޭނުން ވާނީ ކޮން ކަމެއް ހެއްޔެވެ؟ ޒިވާގެ ހިތުގައި ވަނީ ހުސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ. ނަމަވެސް އޭނާ އަދި އެކަންތައްވެސް ހޯދާނެއެވެ.
***އެއްހަފްތާ ފަސް***
ނިމިދިޔަ ދެހަފްތާ ކުޅެވުނު ހުރިހާ ކުޅިވަރު މުބާރާތެއް ނިމުނީ އެކި ކުދިންގެ މޫނުތަކަށާއި މުދައްރިސުންގެ މޫނުތަކަށް އުފާވެރިކަން ގެނުވާފައެވެ. އަދި ބައެއް މީހުންނަށް ހިތްދަތިކަން ގެނުވި ނަމަވެސް ހިތްވަރުވެސް އާ ކުރުވާފައެވެ. މިއާ ޚިލާފަށް ހިތްހަމަ ނުޖެހިގެން އުޅުނު ބައެއްވެސް އުޅުނެވެ.
ޒިވާއަށާއި އޭނާގެ ޓީމަށް ލިބުނު ކާމިޔާބީގެ ސަބަބުން އެމީހުން ޕާޓީއެއް ބާއްވަން ނިންމިއެވެ. މިއީ އެތަށް ބައެއްގެ މުޅި ހަޔާތް ބަދަލުކޮށްލާނެ ހާދިސާކަން ނުވެސް އިނގޭ ޙާލުއެވެ. ޒިވާ އާއި ޓީމްގެ ކުދިން ބޭނުންވީ އެމީހުންގެ ކޯޗް ހަލަފް އަށް ސަޕްރައިޒްއެއް ދޭށެވެ. އެމީހުންގެ ކާމިޔާބީގެ އަސްލަކީ ހަލަފް ކަމުގައި އެކުދިން ޤަބޫލު ކުރިއެވެ. އެހެން ކަމުން އޭނާއަށް އެކަމުގެ އިނާމެއް ޙައްޤެވެ. އެއީ އެކުދިންގެ އަދި ބެލެނިވެރިންގެވެސް ހިތުގެ އަޑެވެ.
ޒިވާއާއި އެހެން ކުދިން ވެގެން އެގޭ ޓެރަސް މަތި ޒީނަތްތެރި ކުރަމުން ދިޔައީ މިއަދު ހަވީރު ބާއްވަން އުޅޭ ޕާޓީއަށެވެ. މުޅި ތަން އެމީހުންގެ ހައުސް ކުލައިގެ ފުއްޕާހަންތަކާއި އެކި އެއްޗެހިން ޒީނަތްތެރި ކުރަމުން ދިޔައީ ފޯރީގައެވެ. އެއް ބަޔަކު ތަން ޒީނަތްތެރި ކުރަމުން ދިޔައިރު އަނެއް ބަޔަކު ވަށްކޮށް ހުރި މޭޒުތަކުގައި ފޮތިއަޅަމުން އެއެއްޗެހި ރީތިކުރަމުން ދިޔައެވެ. އަދި އަނެއް ބައި ކުދިން ގޮނޑީގައި ފޮތި އަޅަމުން ދިޔައެވެ. އެކުދިންނަށް ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެން ދެއެވެ. ނަމަވެސް ދެއަތް އުރާލައިގެން ދުރުގައި ލިމްޔާ ހުންނަނީ މަންޒަތު ބަލާށެވެ. ގޮތް ކިޔަން އޭނާ ހުންނަނީއެވެ. އެއްކަމެއްވެސް ނުކުރެއެވެ. އެހެން ކަމުން ބައެއް ކުދިން ދިޔައީ އޭނާއާއި ދިމާލަށް ކުދި ކިޔަމުންނެވެ. ނަމަވެސް މިއަދު އޭނާ ޒިވާއާއި އެއްކަމެއްވެސް ކުރާކަށް ނޫޅެއެވެ. ޒިވާއާއި ވާހަކަ ދެއްކީވެސް ނިކަން ރީތިކޮށެވެ. ހީވާގޮތުން އޭނާ މިއަދު ހުރީ ކޮންމެވެސް ކަމަކާ ނިކަން ހިތްހަމަ ޖެހިފައެވެ.
“ޒިވް.. ބަލާބަ އެހެރަ އަންހެނެއް… މީނާއެކޭ މިތަނުގެ ރާނީއެކޭ އެއްވަރުވިއްޔަ.. ތިއްތިހެދިގެން އައިސް ތިއްތިދެއްކެން ދެއަތް އުރާލައިގެން ހުންނަނީ.. އެއްކަމެއްވެސް ނުކުރޭ.. އަހަރެމެން ހޭވައްޓާލައިފަ މިހުރިހާ ކަމެއް ކުރާއިރު މީނާ ހުންނަނީ އިރުކޮޅަކާ އެ ގެންގުޅޭ ބޭގުން ފުއްދަޅެއް ނަގައިފަ މޫނުގަ ފުއްޖަހަން.. ނޫނީ ލިޕްސްޓިކް ނަގައިފަ ތުންފަތުގަ އޭގެން ޖައްސަން.. ހުވާ ޔާނީ އަށް އަދި އޭނައާއި ދިމާލަށް އެއްޗެކޭ ބުނެވޭނެ.. ބުނެވޭނިއެއް ނޫން.. މި ދަނީ ބުނަން..” އަޔާނީ އައި ގޮތަށް އައިސް ރުޅި އައިސްގެން ޒިވާ ގާތު ދެއްކީ ލިމްޔާގެ ވާހަކައެވެ. ޒިވާ ހުރީ އޭނާ ވާހަކަ ދެއްކި ގޮތުން މަޖާވެސްވެފައެވެ. ނަމަވެސް އޭނާ އަޔާނީ ހުއްޓުވީ އަޅާނުލާށެ ކިޔައިފައެވެ.
“ލިމްޔާ.. އާދެބަ މި ޓޭބަލް އެކޮޅަށް ގެންދަން..” ޒިވާ އެތާ އިން ވަށް މޭޒެއް އެއް އަރިއަކަށް ޖައްސަން އުޅެފަ އެކަނިން އެކަންތައް ނުވުމުން ލިމްޔާއަށް ގޮވާލިއެވެ. އެއީ އެވަގުތު ހުހަށް ހުރީ ލިމްޔާ ކަމުގައި ވާތީއެވެ. “އަޅޭ..ނޯ ނޯ ނޯ.. ލިމް އަކަށް ނުވާނެ.. މިއުޅެނީ އަތަށް ތަދުވެގެން.. ދެން އުނަގަނޑަށްވެސް ފާޑެއްގެ ތަދެއް އަރައިގެން.. އޭތް ނައިރާ.. ދޭބަ ޒިވާއަށް ހެލްޕް ވެދޭން އޭތި އެތަނަށް ގެންގޮސްދޭން.. ޕްލީޒް..” ޒިވާ އަށް އާދެވުނީ ލިމްޔާ ދެއްކި ވާހަކައިން ހިންޏެވެ. ނަމަވެސް އަޅާނުލައި އޭނާގެ މަސައްކަތައިގެން އޭނާ ކުރިއަށް ދިޔައެވެ.
ވަގުތާއެއްވަރަށް މަސައްކަތްތައް ނިންމަމުން ގޮސް ހުރިހާ ކުދިން ޕާޓީ ފެށެންވާ ގަޑިއަށް އައުމަށްޓަކައި ގެޔަށް ދިޔައީ ތައްޔާރުވުމުގެ ގޮތުންނެވެ. ހަލަފްއަށް ކުރިން ގުޅުމަށްފަހު އެގަޑީގައި ހުރިހާ ކުދިންނާއި ބައްދަލުވުމަށް އައިސްލަން ބުނުމުން ހަލަފްވެސް އެއްބަސްވިއެވެ. އެކުދިން ގެއަށް ދިޔައީ އެކަމުގެވެސް ހިތްހަމަ ޖެހުމާއެކުއެވެ.
ހަވީރު ހަތަރުގަޑި ސާޅީސް ފަހެއް ވީއިރު ޒިވާއައިސް ހުރީ ގޭގެ ޓެރަސް މަތީގައި އެހެންކުދިންގެ އިންތިޒާރުގައެވެ. ކަޅު ކުލައިގެ ވައްތިއިރެއް ލައިފައި އެއްކޮށް ދިގުކޮށް ހުރި ހެދުމުގައި ޒިވާ ފެންނަލެއް ނުހަނު ފުރިހަމައެވެ. އެ ހެދުމުގެ މަތީބައި އެކި ވައްތަރުގެ ކަޅު އެސްތަކުން ޖަރީކޮށްފައި ވީއިރު ޒިވާ އަޅައިގެން ހުރި ގަދަފެހިކުލައިގެ ޝޯލްއިން އޭނާ އިތުރަށް ފުރިހަމަ ކޮށްދެއެވެ. ޒިވާ އައިސް އެތާ ތެރެއަށް ނަޒަރު ހިންގާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީ ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހޭ ޙާލުއެވެ.
“ޕޮއް” ޒިވާ ދެއަތް އުރާލައިގެން ހިނިތުންވެފައި ހުއްޓާ ސިހުނީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ. ޒިވާ ފަހަތަށް އެނބުރިލީއިރު އަޔާނީ ހަމަ ހެނީއެވެ. ޒިވާވެސް އޭނާއާއި އެއްކޮށް އެ ސަމާސާގައި ބައިވެރިވެލިއެވެ. “ހޫން ދެން ހުއްޓާލާ.. ހީހީ މިހާރު ދެލޮލުން ފެން އައިސް ތިހުރީ.. އެހެން ކުދިން ހީކުރާނީ ޒިވް ކަމަކާ ދެރަވެގެން ރޮއެރޮއެ ބަލިވަނީ ކަމަށް.. ހެހެ.. މާ ޝާ ﷲ ވަރަށް ރީތި ޒިވް މިއަދު..” އަޔާނީ ޒިވާ ގާތު ބުނުމަށްފަހު އޭނާއަށް ތަޢުރީފް ކޮށްލިއެވެ. އެއިރު އެހެން ކުދިންވެސް އެތަނަށް ވަދެގެން އަންނަނީއެވެ. އަދި އަޔާނީވެސް ވަރަށް ފުރިހަމަ ކަމަށްބުނެ ޒިވާ އަޔާނީއަށްވެސް އެވަގުތު ތަޢުރީފް ކޮށްލިއެވެ.
“ހިތްހަމަ ޖެހޭ ވަރުވޭ.. އަން، ކޮންމެ މީހަކު މީގެން ބެލޫންއެއް ހިފައިގެން ހުރޭ.. ކޯޗް ވަންނަތަނުން ފަޅާލާނި..” ނައިރާ ހުރިހާ ކުދިންނަށް ފެހިކުލައިގެ ފުއްޕާހަން ބަހަމުން ބުނެލިއެވެ. އެންމެންގެ މޫނުމަތިގައިވީ ހިނިތުންވުމުންވެސް އެކުދިން ތިބީ އުފާވެފައިކަން އިނގެއެވެ. ނަމަވެސް ލިމްޔާގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. ކީއްވެބާވައެވެ؟
“ސަރ ވަދެއްޖެ ގެއަށް.. އިރުކޮޅަކުން މައްޗަށް އަރާނެ..” ކޮންމެވެސް ކުއްޖަކު ރެއިލިން ކައިރީ ހުއްޓި ހުރުމަށްފަހު ދުވެފައި އައިސް ހުރިހާ ކުދިންނަށް ޚަބަރު ދިނެވެ. އެންމެންވެސް އެވަގުތުކޮޅު އަވަހަށް ތައްޔާރުވެލީ ހަލަފް އެތަނަށް ވަންނަންވާއިރަށް އެމީހުންގެ ޕްލޭން މަސައްކަތް ކުރުވުމަށެވެ. ކޮންމެވެސް މީހަކު އައިސް ޓެރެސްއަށް ވަދެވެން ހުރި ދޮރުގެ ތަޅުގައި ހިފާލި ވަގުތު ހުރިހާކުދިންވެސް ނޭވާ ހިފަހައްޓާލިއެވެ.
“ސަޕްރައިޒް!” ހުރިހާކުދިން އެއް އަޑަކުން ބާރަށް އެހެން ބުނެ ފުއްޕާހަންތައް ފަޅާލީ ހަލަފް އެތެރެއަށް ވަތް ވަގުތުއެވެ. އޭނާ ހުރީ ލިބުނު ހައިރާން ކަމުގެ ސަބަބުން އަނގަ ހުޅުވާލި ގޮތަށް ލައްޕާލަންވެސް ނޭނގިފައެވެ. އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އޭނާ ހިނިތުން ވެލީ އޭނާގެ ދަރިވަރުންގެ މި ފުރިހަމަ ހަދިޔާއަށް ޝުކުރުވެރިވާ ޙާލުއެވެ. އަދި އެކުދިން ގާތު ހެވިލައިފައި އޭނާ އެހެން ބުނެލިއެވެ. ޕާޓި ފެށިގެން ދިޔައީ އެވަގުތުއެވެ.
އުފާވެރި ވަގުތުތައް އެންމެން ގުނަމުން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. “ކޮބާތަ؟ ޕާޓީ ނިމެނީ މިހާރު.. ގަޑިއަށް އަންނައްޗޭ..” ލިމްޔާ އެހެން ހުރިހާ ކުދިންނާ ދުރުވެލުމަށްފަހު ކޮންމެވެސް މީހަކަށް ގުޅައިފަ އެހެން ބުނެލިއެވެ. އަދި އެ ކޯލް ނިންމާލުމަށްފަހު އަނެއްކާވެސް އެހެން މީހަކަށް ގުޅާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
ފަސް ގަޑި ބައި ވާން ގާތްވެފަ ވުމާއެކު ޔައީޝްވެސް ގެއިން ނިކުމެ ނޫރީންމެން ގެއަށްދާން މިސްރާބު ޖެހީ ޔަންހާ އާއި ނައިޝަމް އަދި ނަވާރްވެސް އެގެއަށް ގޮސް ވިތީއެވެ.
***
“ޔާނީ ވެސް ދަނީ އިނގޭ ދެން.. ހުރިހާ ކުދިން ދިޔައީއެއްނު..” ޕާޓީ ނިމުމުން އަޔާނީ އާއި ޒިވާއާއި ދެމީހުން ވާހަކަ ދައްކާލަން ތިބުމަށްފަހު އަޔާނީ ޒިވާއަށް ބުނެލިއެވެ. ޒިވާވެސް ހިނިތުން ވެލައިފައި ބޯ ޖަހާލުމުން އަޔާނީ އެތަނުން ދިޔައެވެ. ހުރިހާ އެންމެން އެތަނުން ދިޔައިރު އުޑުމަތީގައި މަދުމަދުން ރަތްވިލާ ލާން ފަށައިފައިވިއެވެ. ޖެހޭ މަޑު ވައިރޯޅިތައް ދިޔައީ ޒިވާގެ ބޮލުގައި އަޅާފައިވި ޝޯލް އާއި ކުޅެމުންނެވެ. ޒިވާގެ މޫނުގައިވީ ހިނިތުނވުން ފުންވެގެން ދަނީ ފިނިފިނި ވައިރޯޅިތައް އޭނާގެ މޫނުގައި ބީހިލުމުންނެވެ. ރެއިލިންގައި އަތް އަޅުވާލައިގެން އެހެން ހުރިއިރު އޭނާގެ ވިސްނުމުގައި އެއްވެސް ކަމެއް ނުވެއެވެ. ދެން ވާނީ ކިހިނެއް ކަމާމެދުވެސް އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. އޭނާއަށް ނޭނގުނު ކަމަކީ ޕާޓިން އެންމެން ދިޔަ ނަމަވެސް އޭނާއަށް ފާރަޔަށް އެތާ މިހަކު ހުރިކަމެވެ.
“އަހަރެންގެ އެދުމަށް ދެކޮޅު ހެދީ ކީއްވެ؟” ދެލޯ މަރާލައިގެން ހުރި ޒިވާއަށް ހައިރާންކަން ވެރިވީ މީހަކު އެއްޗެކޭ ބުނެލިހެން ހީވެގެންނެވެ. ނަމަވެސް އިރުކޮޅެއް ވީއިރުވެސް އަޑެއް ބަޑެއް ނީވުމުން އޭނާ އަޅާނުލައި ހަމަ ކުރިން ހުރި ގޮތަށް ހުއްޓެވެ. “އަހަންނަށްވުރެ މޮޅު ވާން އުޅެނީ ކީއްވެހޭ؟” އަނެއްކާވެސް އެހެން އަޑެކެވެ. މިފަހަރު ޒިވާ ކުޑަކޮށް ސިހުނުވެސް މެއެވެ. ނަމަވެސް ފަހަތަށް އެނބުރިލަން އޭނާގެ ހިތް އެދުނު ނަމަވެސް ސިކުނޑި އެއްބަހެއް ނުވިއެވެ. އެހެން ކަމުން ހުރި ގޮތަށް ހުރީއެވެ. އަޑަށް ސަމާލުކަން ދީގެންނެވެ. “ކުޑައިރުއްސުރެ އަހަންނަށްވުރެ ކުރިހޯދަން އުޅެނީ ކިއްވެތަ؟” މިފަހަރުވެސް އެހެން އަޑެކެވެ. ޒިވާގެ ހިތާއި އެއްގޮތަށް ސިކުނޑިވެސް މިފަހަރު އެއްބަސްވީ ފަހަތަށް އެނބުރި އެއީ ކޮން ބައެއްތޯ ބަލާށެވެ. ޒިވާއަށް ހައިރާންކަން ލިބިގެން ދިޔައީ އޭނާގެ ކުރިމަތީގައި މިހާރު އެތިބި މީހުންތައް ފެނިފައެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެން ދެއްކި ވާހަކަތައް އިތުރު އެއްވެސް މީހެއް ގާތު ނުބުނީތީ.. އަހަރެމެންނަށް ވަރަށް ބޮޑު ހެލްޕެއް ތި ވެދިނި.. ދުވަހަކުވެސް ތި އިޙުސާންތެރިކަން ހިތުން ނުފިލާނެ.. ހެހެ..” ވިހަ ހިނިތުންވުމަކާއެކު ލަމާން ޒިވާއަށް ބުނެލިއެވެ. އެހިނދު އޭނާގެ ވާތް ފަރާތުގައި ހުރި ރައިފާ އަދި އަދި ރައިފާގެ ވާތް ފަރާތުގައި ހުރި ލިމްޔާވެސް ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. ޒިވާއަށް ހުރީ ވާނުވާ ނޭނގިފައެވެ. އަދި އޭނާގެ ހައިރާންކަން އިތުރުވީ ލިމްޔާއާއި ލަމާންގެ މެދުގައި ހުރި ރައިފާ ފެނިފައެވެ. ރައިފާ މާލެ އައި ކަމެއް ރަށުމީހެއްގެ ފަރާތުންވެސް އޭނާއަށް އެނގިފައި ނުވެއެވެ.
“ރަ..” ޒިވާ ރައިފާގެ ނަން ބުނަން އުޅެނިކޮށް ރައިފާ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން އަދި އަންނާނަމޭ ކުރިން ބުނިން ދޯ؟ އެހަނދާން އެބަ ވޭތަ؟ މިފަހަރުވެސް ފެއިލް ވެއްޖިއްޔާ ދެންވެސް އަންނާނަން އިނގޭ.. ހަނދާން ކުރާތި..” ޒިވާ އާއި ކައިރިއަށް އައިސް ޒިވާގެ ކަންފަތް ދޮށުގައި އެހެން ބުނެލުމަށްފަހު ރައިފާ އަނެއްކާވެސް ކުރިން ހުރި ތަނަށް ދިޔައެވެ. “އަމްމް.. މިއަދު އަހަރެމެންވެސް އެބައޮތޭ ޒިވާއަށް ސަޕްރައިޒްއެއް ދޭންވެފަ.. ދޯ ލަމާން.. ދޯ ލިމްޔާ.. އެހެންވީމާ ދެކުދިން ކުރިޔަށް ގެންދަންވީނު އެބައި.. ދޯ؟” ރައިފާ އޭނާގެ ދެފަރާތުގައި ތިބި ލަމާން އާއި ލިމްޔާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. އެމީހުން ކުރަން އެއުޅެނީ ކީއްބާވައެވެ؟
“އަޅޭ.. ހާސްނުވެބަލަ ދޯ.. ނޫޅެމޭ މާ ބޮޑު ކަމެއް ކުރާކަށް… ޒިވާއަށް ވަރަށް މުހިއްމު ކަމެއް އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތު މި ދެނީ.. ހަމަ ހަމަޖެހިލައިގެން ހުރެލަންވީ އިނގޭ.. އަނެއްހެން ދެން ވަރަށް ކުޑަކުޑަ ފުރުސަތެއް ޒިވާއަށް ފަހިކޮށްދޭން މިއުޅެނީ.. ދެވަނަ ފަހަރަށް ނުލިބޭނެކަހަލަ..” ނިކަން އަޅާލާ މީހެއް ފަދައިން ލިމްޔާ ވާހަކަ ދެއްކިއެވެ. އެއިރު ޒިވާވެސް ހުރީ ކުޑަކޮށް ބިރުގަނެފައެވެ. އެއް އުމުރެއްގެ ކުދިން ކަމުގައި ވިޔަސް އެމީހުންގެ ހިތް އޭނާއަށްޓަކައި ހެޔޮ ނުވާނެކަން ޒިވާއަށް އިނގެއެވެ.
“ޒި.. ޒިވް..” ޒިވާ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ބޭނުންވިއެވެ. ކުރިން އޭނާއަށް ކަމެއް ނުވެ ސަލާމަތް ވީއެވެ. އެއިރު ތިބީ ދެމީހުންނެވެ. ނަމަވެސް މިފަހަރު މިތިބީ ތިން މީހުންނެވެ. އޭނާއަށް ކުރެވެން އޮތް ހަމައެކަނި ކަންތައް އޭނާ ކުރިއެވެ. މާތް ﷲއަށް ދުޢާ ކުރިއެވެ.
“”އަނހަ ހަ ހަ… އިހަށް މަޑުކޮށްލާ.. ވަރަށް ދުވަސް ޒިވާއަށް ވާހަކަ ދައްކަން ދިނީމެއްނު.. މިއީ އަހަރެންގެ ދުވަސް.. އެހެން ވީމަ މިއަދު އަހަރެމެންނަށް ވާހަކަ ދައްކަން ފުރުސަތު ދިނިއްޔާ މާ ރަނގަޅު ވާނެހެން ހީވަނީ..” އެމީހުންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދެނެގެނަންނަށް ޒިވާއަށް ހުރީ އުނދަގޫވެފައެވެ. ފަހަތުން ރެއިލިންގައި ދެއަތުން ބާރަށް ހިފަހައްތާއިލައިގެން ހުރިއިރުވެސް އޭނާގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. މޭ ފަޅައިފަ ނުކުމެދާނެހެން ހީވާ ފަހަރުވެސް އަންނަނީ މަދެއްކޮށެއް ނުނެވެ. ނަމަވެސް ހިތްވަރުކޮށްލައިފައި މަޑުކޮށްލައިގެން ހުރީއެވެ. އެއިރު އޭނާގެ ހިތަށް އަރަމުން ދިޔަ ބައެއް އެއްޗެހީގެ ސަބަބުން ބޯ ކުޑަކޮށް ދެފަރާތަކަށް ހޫރުވާވެސް ލައެވެ.
“ކޮބާތަ ޔައީޝް؟ އެސޮރު މިއަދު ދައްކާވެސް ނުލައޭ ދޯ… ކުރީފަހަރުވެސް ހަމަ މި ވަގުތު އެތަނަށް ފުންމާލައިފަ ޒިވާ ސަލާމަތްކުރި ހީރޯ ނެތީމަ ފަޅު ދެން…” މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލަމުން ރައިފާ ބުނެލިއެވެ. “އެކަމަކު މިފަހަރު އަހަރެމެންނެއް އެކަކަށްވެސް ނުހުއްޓުވޭނެ.. އެއަށްވުރެ ވަރުގަދަ ޢަޒުމަކާއެކީ މިއައީ.. ހީނުކުރައްޗޭ އަހަރެމެންނަށް އެއްކަމެއްވެސް ކުރަން ނުކެރޭނެޔޭ.. އެކަން ދައްކާނަން މިއަދު.. ވަރަށް އަވަހަށް… މިވަގުތު..” މަޑުމަޑުން ދައްކަމުން ދިޔަ ވާހަކައިގެ އަޑު ބާރުވަމުންގޮސް ރައިފާގެ އަޑުގައި ރުޅިވެރިކަން އެކުލެވުނެވެ. އެހިނދު ދެން ތިބި މީހުންގެ މޫނުމަތިންވެސް ރުޅީގެ އަސަރުތައް ފާޅުވާން ފެށިއެވެ. ނަމަވެސް ޒިވާއަށް އެއްކަމެއްވެސް ނުކުރެވުނެވެ.
އެތަނުން ސަލާމަތް ވާނޭގޮތެއް ހިތަށްވެސް ނައީއެވެ. އެހެން ހުއްޓާ އެ ތިން ކުދިން އޭނާ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔައިރު ޒިވާއާއި އެމީހުންގެ ދެމެދުގައިވީ ދުރުކަންވެސް ދިޔައީ ކުޑަކޮށްދެމުންނެވެ. އެ އައި ގޮތަށް އައިސް ތިން މީހުން ތިން ފަރާތުން ޒިވާ ބައްދާލިއެވެ. “އެންމެ ފަހު ވަގުތު ބުނަން ބޭނުންވަނީ ކީކޭ؟” ނުލަފާ ހިނިގަނޑަކާއެކު ލިމްޔާ ޒިވާއަށް ބުނެލިއެވެ. ޒިވާ ދެފަރާތަށް ބޯހޫރުވަން ފެށީ މަޑުމަޑުން ނޫނެކޭ ކިޔަމުންނެވެ. އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނަމަވެސް އެ ކަރުނަތަކެއް އެމީހުންގެ ހަރުހިތްތައް ފޯކޮށްދޭނެހެއްޔެވެ؟ އެ ހިތްތައް މަޑުކޮށްދޭނެހެއްޔެވެ؟ އެ ހުރިހާ މަންޒަރުތަކެއް ބައްލަވާ ވޮޑިގެންވާ ފަރާތެއް ވާކަން އެމީހުން ހަނދާން ނައްތާލައިފައިވިއެވެ.
“ގުޑް.. ބާއި.. ޑިއަރ”ލިމްޔާއާއި ރައިފާ އާއި ދެމީހުން ޒިވާގެ މޭގައި އަޅާ ފަހަތަށް ކޮށްޕާލިއެވެ.
***
މަޑުމަޑުން ދެޖީބަށް އަތް ޖަހާލައިގެން ޔައީޝް ހިނގާފައި އައީ ނުހަނު ފިރިހެން ވަންތަކޮށެވެ. އެހެން ކަމުން މަގުމަތިން ހިނގާފައި ދިޔަ ޒުވާން އެތަކެއް އަންހެން ކުދިންގެ ކަތި ނަޒަރުތައް އޭނާއަށް ހުއްޓެމުން ދިޔައެވެ. ނަމަވެސް އެކަމަކަށް ޔައީޝްގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާގެ މަންޒިލަކީ ހެންވޭރުގައި ހުރި ގެއެއް ކަމުން އޭނާ ހިނގާފައި އައި އިރު އަތިރިމަތީގައި ހަރަކާތްތެރިވާ މީހުންތައް ފެނެއެވެ. އެކި އުމުރުފުރާތަކުގެ މީހުން އެތާ އުޅެއެވެ. އެމީހުންގެ އުފާވެރި މޫނުތައް ފެނި ޔައީޝްއަށް ހިނިތުން ވެލެވުނީ ބޭއިޚްތިޔާރުގައެވެ.
އާދައިގެ ހުދުވިލާތަކުގެ މައްޗަށް ރަތްވިލާތަށް އަތްގަދަ ކުރަމުން ދިޔަ މަންޒަރަށް ގެއްލިފައި ޔައީޝްއަށް ހުރިތާ މަޑުކޮށްލެވުނެވެ. އެއަށްފަހު ފޯނުމަތިން ހަނދާންވުމުން ޖީބުގައި އޮތް އަތް ފޯނާއެކު ނެގުމަށްފަހު އެ މަންޒަރު ފޯނުގައި ރައްކާކޮށްލީ ހިނިތުންވެ ހުރެއެވެ. އޮށްސެމުން ދިޔަ ރަތްވިލާތަކާއެކު އޭނާގެ ޙަޔާތުން ދުވަހެއްވެސް ނިމި ދަނީއެވެ.
ޤުދުރަތީ މަންޒަރުތަކަކީ އޭނާ ނުހަނު ލޯބިކުރާ އެއްޗެކެވެ. އިންސްޓަގްރާމް އަށް އޭނާ އަޅައިފައި ހުންނަ ފޮޓޯތަކުންވެސް މީހުންނަށް އެކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ކޮންމެޔަކަސް ފޯނު ޖީބަށް ލުމަށްފަހު އަނެއްކާވެސް ހިނގައިގަތީ އިރުއޮއްސުމުގެ ކުރިން އޭނާގެ މަންޒިލަށް ފޯރާތޯއެވެ. މިއަދު ޒިވާމެން ޕާޓީއެއް ބާއްވާތީ ތަންކޮޅެއް ފަހުން ނަމަވެސް ސައިބޯން އައުމަށް ނޫރީން އޭނާއަށްވެސް ދައުވަތު ދީފައިވެއެވެ. އަނެއްކޮޅުން ނަވާރް އެގެއަށް ދިޔައީވެސް ޔައީޝްގާތު ނުހަނު ގިނައިން އެގެއަށް އޭނާއާއެކު ދިޔުމަށް އާދޭސް ކޮށްފައެވެ. ނަމަވެސް އޭނާ ފިލާވަޅުތަކައިގެން އެއިރު އުޅުމުން ދެވޭގޮތް ނުވީއެވެ.
ކުރިއަށްވުރެ އޭނާގެ ހިނގުން ބާރުކޮށްލުމަށްފަހު ކުރިއަށް ދިޔައެވެ. އެގެއާ އަރާ ހަމަވަނިކޮށް ޔައީޝް އަށް ހުއްޓުން އެރީ އިވުނު އަންހެން ކުއްޖެއްގެ ބާރު ހަޅޭކުގެ އަޑުންނެވެ. ދެބުމަ ގާތް ކޮށްލަމުން އޭނާ ކުޑަކޮށް އިސް އުފުލާލުމަށްފަހު މަތި ބަލައިލިވަގުތު ފެނުނު މަންޒަރުން ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ޚަބަރު ތަކުންނާ ވާހަކަތަކުންވެސް މީހުން ތަންތަނުން ވެއްޓޭ ވާހަކަ އޭނާ ވަނީ އަޑުއަހައިފައެވެ. ނަމަވެސް ހަމަލޮލުން އެކަހަލަ ތަނެއް ދުއް މިއީ ފުރަތަމަ ފަހަރުކަމުން އޭނާގެ ހިތަށްވެސް ގޮތެއް ވެލިއެވެ. ބާރުބާރަށް ދުވެފައި އެދިމާލަށް ދެވުނީ މަގުމަތިން ކާރާއި އެހެނިހެން ދުއްވާއެއްޗެހިވެސް އަންނަ ކަން ހަނދާން ނައްތާލަމުންނެވެ. ޙަޤީގަތުގައި އޭނާއަށް މަގުމައްޗަށް ބަލައިވެސް ނުލައި ދުއްވައިގަނެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އޭނާއަށް އެހާ ހިސާބަށް ދެވެން ވީއިރު އެ އަންހެން ކުއްޖާ އެތަނަށް ވެއްޓިއްޖެއެވެ. އެއާއެކު ޔައީޝްވެސް އެހުރިތަނަށް ހުއްޓުން އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައިވެސް އެކުއްޖާ ކައިރިއަށް ދުއްވައިގަތެވެ. ޔައީޝް ދުވެފައި ދިޔަގޮތަށް ގޮސް އެކުއްޖާ ގާތު ހުއްޓުނެވެ. އެއިރު އެކުއްޖާގެ ބޯ ފެޅި މުޅި އެސަރަހައްދުގައި ވަނީ ލޭގެ ކޯރު ހެދިފައެވެ. އެކުއްޖާގެ މޫނުވަނީ އަނެއްފަރާތަށް ކަމުން ބިރުންހުރެ ނަމަވެސް ޔައީޝް ގުދުވެލުމަށްފަހު އެމޫނުމައްޗަށް ރަނގަޅަށް ނަޒަރެއް ހިންގާލިއެވެ.
(ނުނިމޭ)
72 Comments
Comments are closed.
Alhey dhn kihineh vaany mi part ves varah reethi maasha Allah
jazakillah khairan Fathimath dear.. 🙂 hingaa dhw balamaa dhn vaagotheh.. 🙂
Masha Allah
Vvv reethi
When next part
And I am first dho
jazakillah khairan Nunnu dear.. 🙂 in sha allah maadhan up kureveyhtho noor try kurany.. in sha allah.. 🙂 mifaharu ehn kujjeh dear.. dhn faharakun dear try kollaany dhw.. 🙂
Wow
Amazing
When is next part
jazakillah khairan Nunnu dear.. 🙂 in sha allah maadhamaa ah up kohdheveytho try kurany ingey.. 🙂 in sha allah..
Alhe dhn xeevaa maraa nulaaa..ekanthah kuri myhun vx falhaa aruvaalaathi avahah..pls…?
Next part avahah upkh dheebaa..kiyaa hithun keii nuvey mihaaruvx..plx..avahah upkh dhehchey
alhey mixuhaan dear.. 🙁 noor ves hama masahkaiyy kurany mee emyhun falhaa aruvaaleveytho.. 🙂 mihaaru on the way ga nxt episode… 🙂 hehe.. vrh bodah sorry ingey nxt part las vaathy.. 🙁 ekm in sha allah miadhu up vaane 17th episode.. 🙂
Kuree part ge thankolhu nugenes new part dhigu kollanama mia vure…. Hehe…. Meethi kiyaa hithun
dear mennah faseyha akah noor ehn hadhany… hehe.. e part ga vygoiyy handhaan vaanehnu ethankolhu inyma.. dhw? 🙂 mi part hama kuru v.. vrh bodah sorry ingey dear.. dh part eh dhigukolleveytho v varakun noor balaanan try kureveytho.. in sha allah.. 🙂 asluvestha? hehe.. it’s ok dear.. vrh ufaavehje dear mi story kiyaa hiyyvaa vaaahaka bunyma.. 🙂
assalaamu a’laikum my dear readers.. 🙂 al’hamdhulillaah, iruthakakah fahu mi part ves up vehje.. 🙂 emme furathamaves readers ge faraathun vrh vrh vrh vrh vrh bodah maafah edhen mibai kuruvyna plus mibai ehaa las v ma.. 🙂 vrh bodah sorry ingey.. mi part dhigukoh genesdheyn ulhefi nama maa las vey.. anehkolhun lahun genesfinama readers vrh dhera vaane.. ehnve noor emme fahun las vaathyve mi part avahah mi up kolladhiny dhn kuruvi kamuga vynamaves.. 🙂 nxt part dhigukollaafa genesdhevytho noor masakkaiyy kuraanan, in sha allah.. 🙂 hurihaa readers ah ves mi part kamudhaane kamah ummeedhu kuran.. 🙂 and thank you all for the support.. 🙂
Alhey don’t kill her pls noor
alhey dear.. noor ah ves eh kameh ves nukurevuney evaguthu ziv salaamaiyy kuran.. vrh bodah sorry ingey.. 🙁 dhn hingaaba dhe dhn vaagotheh balailan.. 🙂
WAAT? i almost had a hrt attack!!! alhey haadh dheraey.. but zeev ah dhera gothe nuvaane dhw In sha allah.. keep up the gud wrk dear???
alhey dear.. 🙁 in sha allah, dua kurun dhw othy.. 🙂 hingaaba dhw hurihaa kudhin dua kollan ziv salaamaiyy veytho.. 🙂 jazakillah khairan dear.. 🙂 vrh ufaavey dear men thihaa supportive v ma.. 🙂
Plx plxxx…don’t do this to zivv..?????.v v v v reethi mi part???
alhey dear, nuroe ingey ehaa varah.. 🙁 noor eyrah varah dhera vaane.. noor ves aslu ziv ah e v gothun vrh dhera vefaey mihury.. 🙁 jazakillah khairan dear.. 🙂
cant wait for the next part!
dear ihah keiyytheri kamaaeku madukollaa ingey.. 🙂 in sha allah miadhu nxt part up vaane kamah noor ves mi balany.. 17 vana bai on the way ga.. 🙂
Xiv ah thihen nuhadhaba?
alhey dear noor ves vrh masahkaiyy kuramey eba ziv salaamaiyy kureveytho.. dua dhw hurihaa ves ehchaky.. 🙂 dhn hingaabala dhw balailan kihinetho vany.. 🙂 thoo dear ehaa varah nuroe ingey.. noor ves vrh dhera vaane dear mn thihaa varah ronyaa.. noor ves aslu vrh dhera vefaey mihury ziv ah ehn vaathy.. 🙁 kuhverin insaaf ge kurimahchah geneveytho hama try kurany.. in sha allah, adhi kaamiyaabu vaane.. 🙂
Alhey… zivaa dhw e vettuny?? Avahah aneh part nereba… dhn vaane gotheh vs ngeyny eyrunnehnu… pls avahah nerehchey…
hingaaba dhw yageen kollan kaakutho e vehttuny.. in sha allah miadhu nxt part up vaane.. 🙂 on the way ga 17th episode… 🙂 vrh rangalhu vaahakaeh dear thi bunely.. dhn vaanegotheh ingeyny hama nxt episode kiyaa levunyma.. dhw? ehnve noor ves e episode up kohdheyn miulheny hama.. 🙂
Alheyy zivv ah ehen nahadhaa..
Aneh part avahah genes dheeba plxxx waiting waiting..
alhey dear, noor ves hama try kurany ziv salaamaiyy kuran help eh vedheveytho.. in sha allah miadhu up vaane nxt part.. 🙂
Wonderful..⚘⚘⚘???when next part?kiyaahithun hurevenyky ves noon……
jazakillah khairan Mate dear.. 🙂 in sha allah miadhu.. 🙂
hahahah hama rangalhah evee zivaa ah…ehenney vaany maa molhu vegen ulhennyaa..btw vaahaka varah varah salhi ingey…hama habeys
alhey dear.. meehakah dheraeh veema heykah nuvanehnu? dhw? 🙂 zivaa masahkaiyy kurynu kaamiyaaby hoadhan.. ehn veyey zivaa molhu v… buneyehnu kaamiyaaby aky masakkaiyytherynge haggekey.. ehnve zivaa ves masahkathehnu kury kaamiyaaby aa hamayah vaasil vaan.. dhw? 🙂 aw, jazakillah khairan dear.. 🙂 vrh ufaavehje dear mennah story kamudhiyaeema. 🙂
Vvvvv reethi…….. Wait for next…Zevaa maruvee tha… No ehen vegen nuvaane. Zevaa maruvee ma vaahaka ves hadi vane…..no or sis.. Mi vaahaka reethi but…
jazakillah khairan ira dear.. 🙂 hingaabala dhw balailan dhnvaagotheh.. 🙂 alhey dear, noor story hadi viyaka nudheynan, in sha allah.. 🙂 yess dear, jazakillah khairan sis.. but??? ohh! i guess what you’re gonna say.. 🙂 ziv maruvedhaanethy dhw dear? in sha allah noor ah kurevunu haa masakkaitheh kuraanan ingey ziv salaamaiyy kohdheveytho.. hama expect nukuraa kahala gothakah ves kanthah vegen hingai dhaane.. surprises ebahuri sis mennah baivaru. 🙂
jazakillah khairan ira dear.. 🙂 hingaabala dhw balailan dhnvaagotheh.. 🙂 alhey dear, noor story hadi viyaka nudheynan, in sha allah.. 🙂 yess dear, jazakillah khairan sis.. but??? ohh! i guess what you’re gonna say.. 🙂 ziv maruvedhaanethy dhw dear? in sha allah noor ah kurevunu haa masakkaitheh kuraanan ingey ziv salaamaiyy kohdheveytho.. hama expect nukuraa kahala gothakah ves kanthah vegen hingai dhaane.. surprises ebahuri sis mennah baivaru. 🙂 ingey.. 🙂
alhey noor dear ….stry varah reethi…masha allah……
ziva molhu vany ehn hurefa eh noon….molhuvaan masakkai kohgen….raifa vx ekamaa hasadhaveri nuve kehtherikamaa eku masakkai kuraa nama ziva hn molhu vys ….dhw noor
yess nau dear.. 🙂 jazakillah khairan dear.. vrh ufaavehje noor.. dear men kahala ehaa rnagalhu, visney kudhin ulheykan engunyma… 🙂 yess dear.. 🙂 maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂
waaaaaaaaat………… zeev ah kihineih thihedhy oh no!!! zeev 🙁 🙁 🙁
hehe.. alhey dear ziv ah iraadhakurevviyyaa dhera gotheh nuvaane.. 🙂 in sha allah.. 🙂
Alhey noor kihineh thi hedhee????
Zivaa maraalai fiyaa mi vaahakai ga ehves story eh neenane….
Maigandu charater maraalai fiyaa story eh neenane ?
Waiting for the next part?
alhey dear… 🙁 alhey dear, story hadivaa kahala gotheh in sha allah noor nahadhaanamey.. 🙂 rangalhu vaahakaeh dear thi buneladhiny.. 🙂 vrh thaaeedhu! ekam noor mi vaahaka hadinukollaanamey.. in sha allah.. ok nu? 🙂 keep waiting dear.. miadhu nxt part up vaane.. in sha allah.. 🙂
Alhefahe haadha nulafaakan dhakkan ulhey baekey dhw…. Ziv keevetha mom aa vaahaka that share nukurany
hehe.. aan dhw dear.. 🙁 noor ves dhera viyey ziv hurihaa kameh sirru kuraathyve.. 🙁
Kurin partehgga in dhw ziv ey kiyain adu fathuraafa e kn vaahakaeh tha ..mi buny eyru e dhekky ziv ey kiyain kn vaahakaeh hey ziv he main bafainnah vx e habaru nulibey ekm Emmen he fn thakuga vx e habaru ulhuno . e kn ehchetha ziv ey kiyain kn vaahakaehtha eyru e dhekky
nooney adu nufathuraa… ziv ah gulhaigen jessun kurynu.. sweety ey loaby ey kiyain.. dhw? ziv ey kiyaigen ehchekey nukiyaa.. ziv ah jessun kury ingey der? 🙂 mihaaru get vehjedho.. 🙂
alheyyyy.noor dear…kihineh evii…cant wait for
next part…
mihaaru mihirii kehmadhuvefa nezt part kiyaalan….
.avas kolla dhecheyyy dear
alhey dear.. hingaabala dhw e v gotheh balailan.. 🙂 ihah madukollaa ingey, miadhu konmeves irakun nxt part up vaane.. in sha allah.. 🙂 in sha allah, avas kuraanan ingey.. on the way ga nxt part hama.. 🙂
Dhan kihena vane.
hingaa dhw dhn vaany kihinehtho balailan.. 🙂
Alhey noo. ??.. Kihineh that dhn vaanii.. Vaahaka varah interesting… Varah reethi.. Masha Allah .. Next part avahah up kurahchey☺??
hingaabala dhw dhn vaany kihinehtho balailan.. 🙂 jazakillah kahiran dear.. 🙂 in sha allah.. 🙂
nooooooo..alhe noor kihineih thihedhy..?????alhey ziva hama vahtaalythr??/alhe zivaa ah dhera gotheh hadhan noor ah keihvey thr..maya ah rovije hama …..dhen ziva molhu viey kiyaafa jelus vaa myhun ves work kohgen molhu vebala dhw .. yaeesh,ayaany n maiha haadha dheravaaney..aneh part kiyaa hithun mihaaru hureveny ky noon ..avahah up kohdhehchey noor>3>3
alhey dearrrr.. 🙁 hingaabala dhw e v gotheh yageen kollaafa dhn vaa gotheh balailan.. 🙂 alhey noor nahadhamey ziv ah dhera gotheh.. noor hama vrh masahkaiyy kuramey eba ziv salaamaiyy kureveytho.. 🙁 allhey dear nurohchey.. in sha allah adhi ziv ves salaamiyy vaaney.. 🙂 aan dhw dear.. kaamiyaabee aky masahkaiyy therynge haggekey dhw… 🙂 vrh happy vehje dear ah visnunyma.. 🙂 in sha allah vrh avahah up kohdheveytho try kurany mee.. 🙂 miadhu iraadhakurevviyyaa ebai up vaane.. 🙂
Alhey noor derr, kihineh thi hedhy.I think it maybe ziv pudding. Hehe, Just waiting for the next part ???
alhey dear, hingaaba dhw dhn vaagotheh balamaa.. 🙂 hehe…
Alhayyy noooooo….kihiney ehedhy…..in sha allah adhi ziv salaamai vaane dhw….stry is soo amazing….wen nxt part…..???❤
alhey dear.. in sha allah. vrh happy vehje dear ah understand v ma… jazakillah khairan dear.. 🙂 in sha allah miadhu.. 🙂
Maai allah ah vakeel kurun mathee dhemi thibun dhw emme rangalhu gothakyy
salaam readers.. 🙂 noor kiyaalaifin hurihaa kudhinge comments ves.. noor ah vagutheh libunyma hama reply kollan madukolly.. 🙂 noor ah heevany noor mi story in readers ah bunedheyn beynunvi vaahaka baeh kudhinnah nubai koh kanneynge dhw negifa iny? ehn vehje nama vvvvvvvvvv bodah sorry ingey.. 🙁 noor bunan beynun vy hasadha verikamuge goaskan mi episode aa hamayah ves.. aee kihaa nubai kameh kan.. ehn visney kudhinnah rangalhah visnaidhinumah.. noor varah bodah edhn readers ah ves ekahala kuhjakaa meet vefa hurinama ekuhjakah visnaidhinumah.. hasadhaige nubai kan bunedhinumah.. ingey readers.. 🙂 LY all.. 🙂
Ziv eh nun dho aslu evehtuny
hingaabala dhw balaalan kaakutho vehtuny.. 🙂
Noor ur amazing ????
I ❤ this story so much . Curiously waitin 4 next part
jazakillah khairan Hail dear.. 🙂 vrh ufaavehje dear ah story kamudhiya vaahaka bunelyma.. 🙂
Oh i think its not zivaa limyqa noony raeefa and emyhun zivage boluga alhucaany dho
hingaa dhw balamaa dhn vaa goiyy.. 🙂
Haadha lahey up vaaleh
yess dear, vrh bodah sorry ingey ekamathtakaa.. 🙂
Masha Allah
Varah reethi mi part ves ?
I don’t think that is ziv ??
?
jazakillah khairan sana dear.. 🙂 hingaabala dhw aee kaakutho balamaa.. 🙂
Kobaa next part ?????????
alhey dear evarah nurohcey.. noor varah dhera vaane dear en evarah ronyaa.. 🙁 nxt part up vefa innaany mihaaru. 🙂
Noor. Kobaa?
up vefa innaany mihaaru dear.. 🙂
Alhey noor dear
Koba Tha next part
V vvv kiyaahiy vey eba
Adhives MI hire vaahakaige inthizaarga ga nunidhifa
Konirakun Tha next part genesdheynee née
Alhey noor Avahah up kohladhechey
Please noor please
Ingey
alhey dear.. noor ves iyye iny hama irukolhakaa balaila balaalaa.. up veytho.. vrh vrh vrh bodah sorry ingey ehaa lahun up v ma.. 🙁 alhey dear.. i’m really very sorry.. ;-( 🙁