Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

އަޖައިބެއްފަދަ ލޯބި 3

Bint Ibrahim Level 1100 Login
June 2, 2018 4 Mins Read
11 Comments

ނަމަވެސް ހުއްޓުން އެރީ ކުރިމައްޗަށް ނަޒަރު ހިންގާލި ވަގުތުއެވެ. އެފެނުނު ސޫރައަކުންނެ. އެވަގުތު އޭނަގެ ހިތުތެރޭގައި އެތަކެއް ދުވަސް ވަންދެން ނުތެޅި އޮތް ބަޔެއް ތެޅިލިއެވެ. އެތަކެއް އަހަރުވަންދެކަށް ނިދާފައިވި އިހްސާސްތަކެއް އުތުރި އަރައިގަތެވެ. ހަމަ އެއްމެ ކުއްޖަކު ފެނިލުމުންނެވެ. ދެލޯ ބޮޑުކޮއްލެވުނީ އޭކާކުކަން ނަގައިގަނެވުމުންނެވެ. އިސްދަށަށް ޖަހާލެވުނީ އެގޮތައް ބަލަން ހިތްނޭދޭތީއެވެ. އަދި ބާރު ސްޕީޑެއްގައި ދުއްވާލީ އޭނަޔާ ވީހާވެސް ދުރަށް ދިއުމަށެވެ.

އެދިޔަގޮތަށް މަޑުކޮށްލީ އަލިވާގޭގެ ދޮރުމައްޗަށެވެ. އޭރު ގޭ ދޮރުމަތީގައި މިންހާއާއި އޭނަގެ ކުޑަ ދެކުދިންގެ އިތުރަށް ފިރިމީހާ ޝާމިންވެސް ހުއްޓެވެ. އެމީހުން ތިބީ އަބީރު އާދޭތޯ ބަލަ ބަލައެވެ. ސައިކަލު އަދި މަޑުކުރެވުނު ކަމެއް ނޭނގެއެވެ. ވަގުތުން ނީކް ތިއްތި ތިއްތީއޭ ކިޔާ ދުވެފަ އައިސް ސައިލަށް އެރިއެވެ. އަދި ބާރަށް ފުރަގަހުން އަބީރުގައިގަ ބައްދާ ބެލްޓު އަޅުވައިލިއެވެ. ނީކް ގެ މި ހަރަކާތުން އެ އެއްމެންނަށްވެސް ހެވުނެވެ. އެއްމެ މީހަކު ފިޔަވައެވެ. އެވަގުތު މިންހާގެ އުރުގައި ހުރި ނީމް ރޯންފެށިއެވެ. ނީކްއަށް އިޝާރާތްކުރަމުނެވެ. އޭނަވެސް އެސައިލަށަ އަރަން ބޭނުންވީއެވެ. ވީގޮތް ނަގައިގަނެވުމުން އެއްމެންވެސް ބަލަލެވުނީ އަބީރުގެ ފަހަތުގަ އިން ނީކް އަށެވެ. އޭނައިނީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ. އަދި ކުރިއަށްވުރެންވެސް ބާރަށް އަބީރުގައިގަ ހިފެހެއްޓީ ތެދު ނުވާނަމޭ ބުނާފަދައަކުންނެވެ. ނީމް ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. އަބީރުގެ ހިތަށް އެރިއެވެ. މިދެން ކަންތަކާޖެހުނީއެވެ. ދެމީހުން ކުރެ އެކަކުވެސް ދުލެއް ނުކުރާނެއެވެ. ދެމީހުންވެސް ބޭނުންވީ އަބީރާއެކީ ދާށެވެ. މިންހާ ނީކް ގާތު ބައްޕި އާއި އެކީ ދާން އަންނާށޭ ބުނެބުނެ އޭނައެއް އެ ސައިކަލަކުން ނުފޭބިއެވެ. އޭނަ ދާނީ ތިއްތިއާއި އެކީ ކަމަށް ބުނެ ހަމަ ގަދަހަދާލާފަ އިނީއެވެ. ނީމް ވަކި ދުލެއް ނުކުރިއެވެ. ދެމީހުން ކުރެ ކުޑައީ އޭނައެވެ. ދެން އޭނަވަކި ދޫކުރާނެ ހެއްޔެވެ. އޭނަވެސް ބުނީ ތިއްތިއާއި އެކީ ނޫނީ ނުދާނެކަމަށެވެ.
އެންމެ ފަހުން އަބީރު އެއީ މައްސަލައެއް ނޫންކަމަށް ބުނެ ނީމް ވެސް އުރައިލައިގެން ސައިކަލު މަޑީގެ އެންމެ ކުރިމަތީގައި ބޭންދިއެވެ. މިންހާ އެކަން މަނާކުރުމުންވެސް ކުދިން ހިތުގަޖައްސާކަށް ނުވާނެކަމަށް ބުނެ އަބީރު ސައިކަލު ދުއްވާލީ އެ ދެމީހުން ގޮވައިގެން އޭނަގެ ގެއަށް ދިއުމަށެވެ. ފަހަތުން ޝާމިން އާއި މިންހާވެސް އެހެން ސައިކަލެއްގާ ދިޔައެވެ.

އަބީރުމެނަށް ގެއަށް ދެވުނުއިރު އެ އާއިލާގެ އެންމެން އެގެއަށް ޖަމާވެފައި ތިއްބެވެ. ހުރިހާ އެއްމެންވެސް ތިބީ ދަތުރުދިއުމަށް ވާންޖެހޭ ތައްޔާރީއެއްވިއްޔާ ވެ ނިއްމައިގެންނެވެ. އޭރު އަބީރުގެ މަންމަ ހުރީ އެމީހުން ލަސްވެގެން ކުދި ކިޔާލަ ކިޔާލައެވެ. މިންހާ މެން އައުމާއެކު އެންމެން އެކީ މިސްރާބުޖެހީ ބަނދަރަށެވެ. އޭރު އަތުފާގެ ފިރިމީހާ ހުޒާމް އެމީހުންގެ އިންތިޒާރުގައި ޑިންގީގައި އިނެވެ. އޭނަޔާ އަބީރާ އަދި ސަމީރުގެ ތިން ވެރިން ވެގެން ހުރިހާ އަންހެނުންނާ ކުދިން އެއަށް އެރުވިއެވެ. އެއަށްފަހު ޑިންގީ ދުއްވަލީ އެންމެން ހަމަތޯ ބަލާފަ އެއަށްފަހުގައެވެ.

ދަތުރުގެ ބައިބެރިންނަކީ އަބީރުގެ އާއިލާ ބެންބަރުންނެވެ. މަންމަޔާ ބައްޕަޔާ އަދި އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން ރަށުގަ ތިބި މީހުންނާ އެމީހުންގެ ދަރިންނާ ފިރިންނެވެ. އުފާވެރި ބޮޑު އާއިލާ އެކެވެ. އަދި އެހާ އެއްބައިވަންތަވެސް މެއެވެ. މިޒަމާނުގައި މަދުން ނޫނީ ނުފެންނަކަހަލަ މަންޒަރެކެވެ.

އަންހެނުން އެމީހުންގެ ސިއްރު އޮލަވާހަކުގައި ތިބޭ އިރު ފިރިހެނުން މި ތިބެނީ އެމީހުންގެ ފޮނިބާސާ ކެޑުމުގައި ގޮސް ހުސްވެފައެވެ. މި ދެބައިގައިވެސް ނުހިމެނޭ ބަޔަކަށް ތިބީ އަބީރާ އޭނަގެ ކޮއްކޮ ސުރާގެ އިތުރަށް ކުދިވެރިންނެވެ. ސުރާ ފޯނަށް ގެއްލި ހުސްވެފަ އޮތްއިރު އަބީރު އީނީ ހުރިހާ ކުޑަކުދިން އެއްތަން ކޮއްގެން އެމިހުންނާ ކުޅޭށެވެ. އަބީރާ ކުދިވެރިންނާ އޮންނަނީ ވަރަށް ގާތްގުޅުމެކެވެ. އެކުދިން އަބީރު ދެކެ ވަރަށް ލޯބިވެއެވެ. އަދި އަބީރުވެސް އިންތިހާޔަށް އެކުދިން ދެކެ ލޯބިވެއެވެ. މިކަމަކީ އޭނަގެ ދައްތަޔާ ބޭބެވެއިންވެސް އުފާވެ އަދި ހައިރާންވެސް ވާކަމެކެވެ. އެހެންޔާ އޭނަ އެވަރުން އުޅެނީ އެކުދިންނާ ހެދި އެކަންޔެއް ނޫނެވެ. ކުޑަކުޖައްކަކު ފެންނައިރަށް އޭނަޔަށް އެވާގޮތެކެވެ. އޭނަ ހުންނަނީ ލޯބިން ގޮސް އެ ކުދިން އުޑަށް އަރުވާފައެވެ. އެމީހުން އޭނަޔާ ހެދި އެވަރުން އުޅޭކަމަކީ އެއީތާއެވެ.
ދޯނިތެރެގައިވެސް އޭނަ އިނީ އެއްވެސް ފޫހިކަމެއްނެތި އެކުދިންގެ ހަރަކާތްތައް ބަލާށެވެ. އޭރުވެސް އަރީން މެން ދިޔައީ އޭނަޔާ ދިމާ ކުރަމުންނެވެ. ” އަބީ ބަލާފަ ޖަހަނީ ޅަ ސޮރެއް ވައްތަރު. އެކަމަކު އުޅޭގޮތުން ހިވަނީ އެކުދިންގެ ބައްޕަ ހެން…” “އާނ .. މަހިތަށް އަރަނީ އަބީއަށް އަމިއްލަ ދަރިޔަކު ލިބުނު ދުވަހަކުން ކިހާވަރެއް ވާނެބާއޭ.. އަންހެނުން އަތުގަ ނުވެސް ޖެހޭނެކަންނޭގެ އެދަރިފުޅު… ހަނހަ.. ހަ…” އަތުފާ ހީގަންނަމުން ބުނެލި އެއްޗަށް އެންމެންވެސް އެއްބަސްވިއެވެ. ”އާނއެކޭ ކޮބާ ސަމީރުމެންވެސް ދަސްކޮށްބަލަ އަބީކައިރިން..” ސަމީރުވެސް އާނ ދޯ އޭ ބުނެލީ ބޯޖަނހާލަމުންނެވެ.

މިހުރިހައިވަރެއް ވި އިރުވެސް އަބީރު އެކަށްޗެކޭވެސްށ ނުކިޔައެވެެ. ހަމައެކަނި އޭމީހުން ކިޔާއެއްޗެއްސަށް ހީލަހީލާ އިނީ އެެވެ. އަޖައިބެއްފަދަ ފިރިހެނެކެވެ. އަނގައިވެސް ބޭރުކޮށް ނުލިތާއެވެ. އޭނަގެ ހިތުގަ އޮތް އެއްޗެއް އިނގޭނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. ހިތުގަ އޮތް އެތި ބޮޑުކަމުން މަޑުން ނީދެވިގެން އުޅުނީ ސާރާ އެވެ. އޭނަ ހަމަ ބިނދި ިބިނދިފައި ހެނީއެވެ. މިދެން ނިމުމެއް ނެއްކަމަކީއޭ އަބީރުހެ ހިތަށް އެރި އެވެ.

އާއެކެވެ. ޑިންގީ ގެ ބާރު ދުވެއްޔާ އެއްވަރަށް އެމީހުންގެ ސަކަރާތްވެސް ދިޔައީ ކުރިއަށެެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ދެފަރާތަށް ފޮނު ބުރުވަމުން އަނގަތައް ތަޅުވަމުން ފޯރިނަގަމުމްނެވެ. ދެބައިބެސް ދިޔައީ އެކު އެކީގައެވެ.

ޑިންގީގައިތިބި މީހުންނަށް ހޭވެރިކަންވީ ދޯނި ކުޑަ މަރޮޝީގެ ގޮނޑުދޮށަށް ޑިންގި ބީއްސާލުމުންނެވެ. ފަހަރަކު މީހަކު ކަމަށް ފައިބަމުންގޮސް އެންމެ ފަހަކަށް ތިބީ އަބީރާއި އޭނަގެ ކުޑަ ޖަމާއަތުގެ މީހުންނެވެ. އޭނަ ދިޔައީ ފަހަރަކު މީހަކު ބާލަމުންނެވެ. އެންމެ ފަހަކަށް ހުރި އައިކާ ބިމަށް ބާލައިފައި ބަލާލިއިރު ދެން ތިބި ކުދިންނެއް ޖެހިތާ ލަކުނެއްވެސް ނެތެވެ. އަބީރު މާދުރަށް ނަޒަރު ހިނަގާ ބަލާކިއިރު ހިނގާފަ ދާ މީހުންގެ އެންމެ ކުރީގަ ތިބެގެން ދުވެފަ ދަނީއެވެ. އޭނަ ދެން މާބޮޑަކަށް އަޅާނުލީ އެމީހުންގެ މައިންބަފައިން ތިބުމުންނެވެ. އޭނަވެސް ރަށުތެރެއަށް ހިނގައިގަތީ ތަށުތެރެ ބަލާލުމަށެވެ.

ރަށުގެ މަލަމަތި ވަރަށްވެސް ރީއްޗެވެ. ވިލުނޫ ފަޅަކާ ބޮޑު ދޮންވެލި ގޮނޑުދޮށެއް އޮންނަ އެ ރަށަކީ ގުދުރަތުގެ ފުރިހަމަ ނަމޫނާއެކެވެ. ފެހިކަން ގަދަ ބިޔަ ގަސްތަކާ ދިގު ރުއްތަކުން މުޅި ރަށް ވަނީ އެކީ ހިޔާ ކޮއްފައެވެ. ހޭޅި ފަށުން ފެށިގެން ރަށު ތެރެއަށް ފެތުރިފަ ހުންނަ ވިނަތައް ވަރަށްވެސް ހިތްގައިމެވެ. ހޭޅިފަށުގަ ހުންނަ ތަފާތު ވަޢްތަރުގެ ގަސްތައް ވަރަށްވެސް ފުރިހަމައެވެ.
ހިންހަމަޖައްސާލަން މިކަހަލަ ދަތުރުތަކުގައި އަންނަން މީ އެއްމެ ރަނގަޅު ރަށޭ އަބީރުހެ ހިތަށް އެރިއެވެ.

ރަށަކީ ފުދޭވަރަކަށް ގިނައިން މީހުން އައިސް ގޮސްވެ އުޅޭ ރަށެއްކަމުން ރަށުތެރޭގައި ވަނީ މަގުތައް ކޮށާލާފައެވެ. އޭގެ މަގަކުން ހިނގަމުން ހިނގަމުން އަބީރަށް ނިކުމެވުނީ ރަށުގެ ފުއްޓަރު ފަރާތު އަނތިރިއަށެވެ. އޭނަ ހައިރާންވީ އެހާ އަވަހަށް ރަށުގެ އަނެއް ކޮޅަށް އާދެވުމުންނެވެ. ކުރިއަކުން ދުވަހަކުވެސް އެ ރަށަށް އައިސްފައި ނުވަތީ އެރަށް ކުޑަވަރެއްވެސް ނޭނގުނީއެވެ. ރަށުގެ މިފަރާތުން މާ ހިތްގައިމު ވައި ޖެހޭތީ އަބީރަށް އަރާމު ވަމުން ދިޔައެވެ. ދޮންވެލިގަނޑު މަތީގައި ޖައްސާލީ އެ ހަމަހިމޭން މާހައުލުގައި ކުޑަ ހިނދުކޮޅަކަށް އެކަނިވެލުމަށެވެ. ޖެހެމުން އެ ދިޔަ ފިނި ވައިރޯޅީގެ ފިނިކަން އިހްސާސް ކޮއްލުމަށެވެ.

ވެއްޓެން ކައިރިވެ ލެނބިފައި އޮތް ރުކެއްގައި ލެނގިލައިގެން ބިންމަތީގައި އަބީރު އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދިމާ ކުރިމަތީގައި އޮތް ކަނޑަށެވެ. އޭރުވެސް ޖެހެމުން ދިޔަ ވައި އެއްވެސް ހުރަހެއް ނެތި އޭނަގެ މޫނުގައި ބޮސްދެމުން ދިޔައެވެ. އަދި އޭނަގެ ފަން ކުރު އިސްތަޝިގަނޑާ ތޮޅެމުން ދިޔައެވެ. ނަމަވެސް މީގެ އެއްވެސް ކަމަކަށް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ ވަނީ އެއަށް ވުރެ ދުރުގައި ވާ ހިޔާލުތަކަށް ގެނބިގެންގޮސްފައެވެ. ޖެހެމުން ދިޔަ ވަޔާއެެއްވަރަށް އޭނަގެ ހިޔާލުތައްވެސް ހުރީ ހަޔާތުގެ އެކި ދިމަދިމާލަށެވެ. އިސާހިތަކު އޭނަގެ ހިޔާލަށް ވެރިވެގަތީ މިއަދު އޭނަޔަށް ފެނުނު އަންހެން ކުއްޖާއެވެ. އޭނަޔަށް އެކަމާމެދު ފުންކޮށް ވިސްނެން ފެށުނެވެ. ” އެއީހަމަ އޭނަހެއްޔެވެ.؟ ނޫނީ އަހަންނަށް ހީބިގޮތެއްބާވައެވެ؟. އަނެއްކާ މިހާރު އަހަންނަށް އެހެންމީހުންވެސް ފެންނަނީ އޭނަގެ ސިފައިގައި ހެއްޔެވެ؟.. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ ހިތުންވެސް އޭނަ ނެރެލިތާ މީ ކިތައްމެ ދުވަހެކެވެ. އަރެން އޭނަޔާމެދަކު ނުވިސްނަމެވެ. އޭ މިހާރު އަހަންނަށް މާ މުހިންމުމީހެއް ނޫނެވެ. ކުރިން އެގޮތަށް އުޅެވުންކަންވެސް އެއީ އަހަރެންގެ މޮޔަކަމެވެ….

”ލިއު.. މަޑުކޮއްބަލަ..” ސްކޫލުން ގެއަށް ދިއުމަށް ހިނގައިގަތް ލިއުޝާ ސިހުނީ ފުރަގަހުން މީހަކު ގޮވާލިއަޑަށެވެ. އޭނަޔަށް އެއީ ކާކުކަން ނަގައިގަންނަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ފަހަތަށް އެނބުރިލީ ތުއި ހިނިތުން ވުމަކާއެކުއެވެ. އެ ހިނިތުންވުން ފެންނަ ކޮންމެ ފިރިހެން ކުއްޖެއްގެވެސް ހިތް އޭނަޔަށް ފިދާވާނެކަން ގައިމެވެ. ކުރިމަތީގައި ހުއްޓިގެން ހުރީ ވަކި މަލާއިކަތު ނޫނިއްޔާއެވެ. އޭނަޔަށްވެސް ވީހަމަ އެވަރެވެ. ސުކޫލު ޔުނީފޯމުގައި ނުހަނު ފުން ހިނިތުންވުމަކާއެކު ލައިޝާޔާ ދިމާއަށް ހިނގާފަ އެ އަންނަނީ އަބީރު ނޫން ދެވަނަ މީހެއް ނޫނެވެ. ”އެކަނިތަ ދަނީ؟ ” އަބީރުގެ އެސުވާލުން ލައިޝާގެ މޫނުމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ” ހުމްމް… މިއަދު ހިބާ ނާދެ އެކްސްޓްރާއަކަށް.. ދެން އެހެންވީމަ އެކަންޔެއްނުން ދާނީ…” އަބީރު ތިމަންނަ ގެއާ ހަމަޔަށް ގެންގޮސްދެންހޭ ބުނުމުން އޭނަގެ ޖަވާބަކަށްވީ އަބީރު ބޭނުމިއްޔާ އޯކޭ ކަމަށެވެ. އޭގެ މާނަ އަބީރަށް ނެނގުނީ އޭނަ ރުހޭ ކަމަށެވެ. އެހެންކަމުން އޭނަ ލައިޝާގެ ގެއާހަމަޔަށް  އޭނަ ގެންގޮސްދިނެވެ. އަދި އެޔަށްފަހުވެސް ގޭ ދޮރުމަތީގައި އެތަން އިރެއްވަންދެން ދެމީހުން ވާހަކަ ދައްކަންތިއްބެވެ. އެއްމެފަހުމް އަބީރު އެތަނުން ދިޔައީ ނަމާދަށް ބަންގިގޮވަން ކައިރުވުމުންނެވެ. ލައިޝާއާއަށް ވަދާޢު ކިޔާފައި އަމިއްލަ ގެއަށްދާން ހިނގައިގަތީ ވަރަށް އުފާވެފަ ހުރެއެވެ. އޭނަގެ ހިތުގެ ރާނީއާއި އެކު ވަގުތުކޮޅެއް ހޭދަކޮއްލެވުނީތީ ހިތާހިތުން ނަށަމުންނެވެ.

އޭނަޔަށް އެ ކުރެވޭ ކަމުގެ ގޯސްކަން ރޭކާވެސް ނުލައެވެ. އޭނަ ހިތުގައި ކޮންމެ އެއްޗެއް އޮތަސް އޭ ރައްޓެހިންތާއެވެ. އޭނަ ލޯބިވިޔަސް ދެ ލޯބިވެރިންނަށް ނުވޭތާއެެވެ. ވިޔާނުދާ އަމަލެއް ނުކުރޭތާއެވެ. ހަމައެކަނި ވާހަކަ ދައްކަނީތާއެވެ. އޭހަރާމްކަމަކަށް ނުވޭތާއެވެ. މީއޭނަގެ ހިތަށް ވިސްނޭގޮތެވެ.

އޭނަޔަށް ނޭގުނު ކަމަކީ އެއީ އަދި ފެށުން ކަމެވެ. އެންމެ ފުރަތަމަ ގޯސް އަމަލަކަށް އަރައި ނުގަތަސް އެ ކޮށެނީ އެއަށް މަގުކަމެވެ. އެ ދެ މީހުންގެ މައުސޫމު ސިކުނޑިތަކާ ކުޅެލާނެ ވަރަށް ހުސިޔާރު ތިންވަނަ ފަރާތެއް އެ ދެމެދުގައި ވާކަމެވެ…

(ނުނިމޭ)

Share Article

Follow Me Written By

Bint Ibrahim

Level 1100 Login

Other Articles

Previous

އެ ވަޢުދު (3)

Next

އައިރާ 1

Next
June 2, 2018

އައިރާ 1

Previews
June 2, 2018

އެ ވަޢުދު (3)

11 Comments!

  1. rishu says:
    June 2, 2018 at 10:09 am

    ❤

    1. Aisha Binth ibrahim says:
      June 2, 2018 at 10:17 am

      ?

  2. Aisha Binth ibrahim says:
    June 2, 2018 at 10:18 am

    ?

  3. unique says:
    June 2, 2018 at 11:51 am

    vvv reethi hope to see next part soon

    1. Aisha Binth ibrahim says:
      June 2, 2018 at 3:36 pm

      Alhamdhlillah! Thank unique?. In sha Allah I Will try to post the next part soon.

  4. Mate says:
    June 2, 2018 at 12:22 pm

    Vrh reethi…..

    1. Aisha Binth ibrahim says:
      June 2, 2018 at 3:37 pm

      Alhamdhlillah!?

  5. noor says:
    June 2, 2018 at 1:11 pm

    ma sha allah.. vvvvvvv furihama mi part ves.. 🙂 neiyy hama bunaane ehcheh ves.. Aisha heevany vrh majaa kuhjeh hen.. mibuny enmennaa ves vrh gulhey samaasaa mizaajehge kuhjeh henney heevany.. hama guess kolly ingey.. 🙂 story kiyamun dhiya iru baeh than than kolhun hama hini aadhevey.. 🙂 vrh vrh vrh furihama vaahakeh.. good job dear, and keep it up.. 🙂

    1. Aisha Binth ibrahim says:
      June 3, 2018 at 6:09 pm

      Yess noor.. thi guess kohley hama rangalhah.. ?I’m like that.. many people say that. Alhamdulillah! Varah ufaavehjje noor ah vaahaka kamudhiyaema.. jazak Allah khairan for ur support ??

  6. No one says:
    June 2, 2018 at 4:20 pm

    Maasha allah.. vr furihama..♥️♥️

    1. Aisha Binth ibrahim says:
      June 3, 2018 at 6:10 pm

      Alhamdulillah!?

Comments are closed.



All Right Reserved!