އަނބުގަހަށް އެރުމުން ލިބުން ލަނޑު
މިއީ ރޯދަމަހެއްގައި ކުއްޖަކު އަނބުގަހަކަށް އެރުމުން ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ.
މިވާހަކައިގައި އުޅޭ ޝަރަފުގެ ޢުމުރަކީ އޭރު ބާރަ އަހަރެވެ.އެއްދުވަހެއްގެ ހަވީރު ޝަރަފު ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން ގޮސް ހިތަށް އެރިއެވެ. ފޫހިފިލުވާލަން އަނބުގަހަށް އަރަން ވީ އެވެ. ޝަރަފުގެ ޢުމުރުން ބާރަ އަހަރުގައި ވެސް އުސް ތަންތަނަށާއި ގަސް ގަހަށް އަރަން ވަރަށް ފަރިތައެވެ. އަދި އެއީ ޝަރަފު ވަރަށް ކުރާ ހިތުން ކުރާ ކަމެވެ.
ހަވީރު ޢަސުރު ނަމާދުކޮށްލައިގެން އައިސް ހެދުން ބަދަލުކޮށްގެން އަނބުގަހަށް އެރި އިރު ގޭގެ އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
އަނބުގަހަށް އަރާ ގޮފިގަނޑެއްގައި ރަގަޅަށް ހަމަޖެހިގެންހުރެ ލަވައެއްކިޔާލަން ފެށިތަނާ ވަރަށް ރީތިކޮށް ދޮންވެފައި އޮތް ބޮޑު ދޮން އަނބެއް ފެނިއްޖެ އެވެ.
އަނބުގަހުގައި މާގިނަ އަނބެއް ނެތެވެ.ގަހުގެ އެކި ހިސާބުގައި ހުރި މަދު އަނބުގެ ތެރެއިން ޝަރަފުއަށް ފެނުނު އަނބު އޮތީ ވަރަށް ފަސޭހައިން އަތްފޯރާ ހިސާބުގައެވެ.
އަނބު ފެނުމުން ހިތަށް އެރިއެވެ.އަނބުގައި އަތްޖައްސާލަންވީ އެވެ. ރޯދަޔަށް ހުއްޓަސް އަނބުގައި އަތްޖައްސާލިޔަސް ރޯދަ ނުގެއްލޭނެތާއޭ ހިތާ އަނބުގައި އަތްޖައްސާލިއެވެ. ވަރަށް ރީތި ދޮން އަނބެކެވެ. ޝަރަފަށް އެންމެ މީރު ވަރަށް ދޮންވެފައިވާ އަނބެކެވެ.
ކޮންމެއަކަސް އަނބު ފެނުނު ފަހުން އަނބު ނޫން އެހެން ދިމާއަކަށް ޝަރަފުގެ ނަޒަރު ހުއްޓޭގޮތް ނުވިއެވެ.
ގަހުގައި ބާއްވައިގެން މަޑުމަޑުން އަނބުގެ ވަސް ބަލާލިއެވެ.
” ހާދަމީރު ވަހެކޭ” ޝަރަފު ހިތަށް އެރިއެވެ.މިހާމީރު އަނބެއް މީދަލަށް ދޭން ބާއްވައިގެން ނުވާނެއެވެ.
އެކަމަކު މިހާރު ބިނދެގެން ރޯދަވީއްލައިގެން ކާން ބާއްވައިފިއްޔާ އެހެން މީހުންނަށްވެސް ދޭން ޖެހިދާނެތީ ހަދާނެ ގޮތަކާމެދު ފިކުރު ކުރަން ފެށިއެވެ.
އަދި ކުއްލިއަކަށް ހިތަށް އެރިއެވެ. ގަހުގައި ބާއްވައިގެން ކުޑަކޮށް ރަހަ ބަލާލަން ވީއެވެ. މިހެންހިތަށް އަރާ ރަހަ ބަލާލިއެވެ.
” އަސްތާ! ހާދަ ފޮނި އަނބެކޭ. ކާލަންވީ” މިހެންހިތަށް އަރާ ފިކުރެއްނެތި އަނބުކައި ނިއްމާފިއެވެ.
އަދި ހަމަޖެހިލައިގެން ގަހުން ފައިބައިގެން ގޮސް އެނދުގައި ޖައްސާލިއެވެ. އިރުކޮޅަކުން އޭނަ ނިދިއްޖެއެވެ.ބައިގަޑިއެއްހާ އިރު ފަހުން ޝަރަފުއަށް ހޭލެވުނީ ކޮއްކޮ ނިންދަވަން ބައްޕަ ނާނާކިޔާ ދޭ އަޑު އިވިގެން ނެވެ.
ޝަރަފުހޭލެވުމާއެކު ބައްޕަގާތު އެއްސެވެ.ބައްޕާއެވެ.މިއަދު އިރުއޮއްސެނީ ކިހާއިރަކު ހެއްޔެވެ؟ ޖަވާބުގައި ބައްޕަވެސް ކުރެއްވީ ސުވާލެކެވެ.ޝަރަފު ރޯދަ ހެއްޔެވެ؟
ޝަރަފު ކުއްލިއަކަށް ޙައިރާން ވިއެވެ.ޝަރަފު ރޯދަނޫންކަން ބައްޕަޔަށް އެނގިލެއްވީ ކިހިނެއްބާވައެވެ.ސުވާލު އުފެދި ޖަވާބެއް ނުދެވިފައި ބައްޕަޔަށް ބަލަހައްޓައިގެން ހުއްޓާ ބައްޕަ ބުނުއްވިއެވެ. ބައްޕަ ބޭރަށް ނިކުތްއިރު ގަސްދޮށަށް ދޮން އަނބު ތޮށި ފައިބާތީ ބަލާލިއިރު
ޝަރަފު ގަހުގައި އޮވެގެން އަނބު ކަނީއެވެ. ބައްޕަ މިހެން ބުނުއްވުމުން ޝަރަފު ބުންޏެވެ. ބައްޕާ އެވެ. އަޅުގަނޑު ގަހަށް އެރީ އަނބު ކާކަށް ނޫނެވެ. ފޫހިފިލުވާށެވެ. ރޯދަހިފައިގެން ހުރެ އަނބުގަހަށް އެރުމުން ……………………..
ބައްޕަ ބުނުއްވި އެވެ. ރޯދަ ހިފައިގެން ހުންނައިރު ކުދިންގެ ރޯދަ ގެއްލުވަން ޝައިތާނާ ވަރަށް މަސައްކަތް ކުރާނެއެވެ.
ޝައިތާނާ އިންސާނާ މަގު ފުރައްދަން ވަރަށް މަސައްކަތް ކުރާނެއެވެ.އަބަދުވެސް އެކަން ދަނެގެން އުޅޭށެވެ.އަނބުގަހަށް އެރުމުން މިއަދު ހެއްލުންތެރިކުރުވިގޮތް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ބައްޕަ ނަސޭޙަތް ދެއްވި އެވެ. އެ ނަސޭޙަތް މިހާރުވެސް ޝަރަފުގެ ސިކުނޑީގައި ވެއެވެ.
މިރަމަޟާންމަހު ކޮއްކޮމެންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއްދޭށެވެ.ރޯދަޔަށް ވަރަށް ފަރުވާތެރިވާށެވެ.
8 Comments
Comments are closed.
Yayy me frst
Wat ever masheh nukiyan .kaley kiyakas nukiya meehakah kiyeyne dhw adhi copy catakas ??
varah reethi adhi iburaitheri
mi vaahaka
hehe dhen namanama roadha yah heregen anbu gaha kah naaraanan
masha allah aharemen rashu kudhin haadha molhey
What is this? Dude, write something original ?
Nonsense ???
Nice
Meehun liyefa hunna vaahakathah amilla nan mathy liyumaky konkahala kameh?!! Fikury mudhalun vakkan kurun noon ehchekey buneveynebaa!!