Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ރައްސު ގެ އަޙުލުވެރިން

Ali Ihsaan Level 210 Stories100 Login
July 21, 2018 4 Mins Read
6 Comments

 

އަރަހުށި މާތް الله سبحانه وتعالى ވަރަށްގިނަ އަދަދެއްގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެކަލާނގެ އަށް އަޅުކަންކުރަން ގޮވައިލެއްވުމަށްށެވެ. މީސްތަކުންނަށް ތެދުމަގު ދައްކުވައި އެބައިމީހުން ހަމަމަގަށް އެޅުވުމަށްށެވެ. ހަމަހަމަކަމާއި ޢަދުލެވެރިކަން ޤާއިމުކުރެއްވުމަށާއި، ނަހަމައިގައި ތިބި މީސްތަކުންނަށް އިންޒާރު ދެއްވައި ހަމަމަގަށް އެޅުވޭތޯބެއްލެވުމަށެވެ. އެގޮތް ޤަބޫލުނުކޮށްފިނަމަ އެބައިމީހުންނަށް ﷲ ގެ އަޛާބުން ހުރިކަން އަންގަވައެވެ. ނުވަތަ އެޤައުމެއްގެ ނަބީބޭކަލެއްގެ ބަސްޤަބޫލު ނުކުރިބަޔަކަށް މާތް ﷲ ގެ ގަދަފަދަ އަޛާބުދެއްވައި ހަލާކުކުރައްވާނެކަން އަންގަވައެވެ. އެފަދައިން މާތް ﷲ ވަނީ ވަރަށް ގިނަ ޢަދަދެއްގެ ޤައުމުތަކުގެ މީސްތަކުން ހަލާކުކުރައްވާ ނެތިކުރައްވާފައެވެ. އެބައިމީހުންގެ ކާފިރުކަމުގެ އަސަރުތަށް މުޅި މި ބިންމަތިން ފޮހެލައްވާފައެވެ. މަޤުސަދަކީ އެބައިމީހުންގެ ފަހުން އަންނަންއޮތް ބަޔަކަށް ޢިބްރަތެއްކަމުގައި ލެއްވުމެވެ.

ވަރަށްގިނަ ޢަދަދެއްގެ މީސްތަކުން މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް އެކަލާނގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކުރުމުން ދުނިޔެމަތީ އަޛާބުދެއްވައި ހަލާކުކުރެއްވިއެވެ. އޭގެތެރޭގައި نوح‎ عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި هود عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި، صالح عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި شعيب عليه السّلامގެ ޤައުމުގެ މީސްތަކުނާއި، لوط عليه السّلام ގެ ޤައުމުގެމީސްތަކުންވިއެވެ. މިގޮތަށް ޢަޛާބުދެއްވައި ޤައުމުތަށް އެއްކޮށްފާނާ ކުރައްވާފައިވަނީ مُوسَى عليه السّلام ގެ ކުރީގެ ޖީލުތަކުގެ މީސްތަކުންނެވެ. އޭގެފަހުގެ ޖީލުތަކަށް އަޛާބެއްގެ ގޮތުގައި ގިނައިން ފާކުރައްވާފައިވަނީ ހަތުރުންނެވެ. އެބައިމީހުން ވެރިވެގަނެ އެޤައުމެއް ސުންނާފަތިކޮށް ޤައުމުގެ މީސްތަކުން ވިއްސިވިހާލި ކުރާ އުސޫލުންނެވެ.

ކުރިންވެސް ދެންނެވި ފަދައިން مُوسَى عليه السّلام އަށް ތަޢުރާތު ބާވައިލެއްވުމުގެފަހުގައި އުއްމަތްތަކުގެ ކާފިރުންނަށް އަޛާބުދެއްވައި ހަލާކުކުރައްވާފައެއްނުވެއެވެ. މިކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ ޤަޞަޞު ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣﴾{سورة القصص}

އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.

އިބްނު ޖަރީރާއި އިބްނު އަބީ ޙާތިމް أبو سعيد الخدرى رضى اللّـه عنه އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ތަޢުރާތު ބާވައިލެއްވުމަށްފަހު އެއްވެސް އުއްމަތެއްގެ ބަޔަކު އުޑުންވިޔަސް ނުވަތަ ބިމުންވިޔަސް އަޛާބެއްފޮނުއްވައިގެން ހަލާކު ކުރައްވާފައެއްނުވެއެވެ. އެރަށެއްގެ އަހުލުވެރިން ކުރެބަޔަކު ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ޤައުމުގެ މީސްތަކުންމެނުވީއެވެ. ދެން أبو سعيد الخدرى رضى اللّـه عنه މި އާޔަތްކިޔަވައި ވިދާޅުވިއެވެ.

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣﴾{سورة القصص}

އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.

ކީރިތި ޤުރުއާނުން މޭރުންވާގޮތުގައި رسّގެ އަޙުލުވެރިންވަނީ މާތް ﷲ ހަލާކުކުރެއްވި ޤައުމުތަކުގެ ތެރެއިންނެވެ. رسّ ގެ އަހުލުވެރިންނަށް އެނަމުން ނަންދެވުނު ގޮތާއިމެދު ބުނެވެއެވެ. އެބަމީހުންނަށް އެނަމުން ނަންދެވުނީ އެބައިމީހުން ފެން ރައްކާކުރުމަށްޓަކައި ހެދިބޮޑުވަޅުގަންޑަކަށް ނިސްބަތްކޮށެވެ.

މިބައިމީހުންގެ ވާހަކަ މާތްﷲ ސޫރަތު ޤާފުގައި ވަޙީކުރައްވާފައިވެއެވެ. އެ ސޫރަތުގެ  12ވަނަ އާޔަތުންފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ ﴿١٢﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ﴿١٣﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ ﴿١٤﴾{سورة ق}

އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ.އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.)އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ

ފުރުޤާން ސޫރަތުގައިވެސް އެބައިމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެ ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا ﴿٣٨﴾

އަދި عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، رس ގެأهل ވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.)

ބަޔާންވެދިޔަ އާޔަތްތަކުން ދޭހަވަނީ رسّ ގެ އަހުލުވެރިން ހަލާކުކުރައްވަފައިވާކަމެވެ. ހަލާކުކުރައްވައި އެބައިމީހުންގެ ވަސްވެސް ދުނިޔެއިން ފޮހެލައްވާފައިވާކަމެވެ. އެބައިމީހުންގެ އަސްލުން ނެތިކުރެއްވިކަމެވެ. އިބްނު ޖަރީރުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. عبد اللّـه بن عبّاس ވިދާޅުވެފައިވެއެވެ.” رسّގެ އަހުލުވެރިންނަކީ ޘަމޫދުބާގައިގެ މީސްތަކުންގެ ތެރެއިންވާ ބައެކެވެ. އެބައިމީހުންގެ ޤަބީލާއަކަށް ކިޔުނުނަމެކެވެ.”

އިބްނު އަޝާކިރު ރިވާކުރައްވާފައިވަނީ މި ދަންނަވާފަދައިންނެވެ. رسّ ގެ އަޙުލުވެރިންގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެބައިމީހުންގެ ގާތަށް حنظلة بن صفوان ނަބީބޭކަލެއްގެ ގޮތުގައި ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނަށް ކާފިރުވިއެވެ. ކާފިރުކަމުގައި ހައްދުފަހަނަ އަޅައިގޮސް އެކަލޭގެފާނު ޤަތުލުކުރިއެވެ.

އަބޫބަކުރު ބިން ޙަސަން ވިދާޅުވެފައިވެއެވެ. رسّގެ އަހުލުވެރިންނަށް ވަރަށް ބޮޑުވަޅެއްވިއެވެ. އެވަޅުން އެބައިމީހުން އެބައިމީހުންގެ ބޭނުންތަކަށް ފެންނަގައި އުޅުނެވެ. އެބައިމީހުންގެ ދަނޑުތަކަށް ފެންދިނުމަށް އެވަޅުންފެންނަގައިގެން ބޭނުންކޮށްއުޅުނެވެ. އެބައިމީހުންގެ ރަސްކަލަކަށް އޭރު ހުންނެވީ ވަރަށް ރަނގަޅު އަދުލުވެރި ބޭކަލެކެވެ. ދެން އެރަސްގެފާނު އަވަހާރަވުމުން އެބައިމީހުން އޭނާ އަވަހާރަވިކަމަށްޓަކައި ވަރަށް ދެރަވެ ހިތާމަ ކޮށްފިއެވެ. މިހިތާމަތަށް އެތަށް ދުވަހަކަށް ދިގުދެމިގެން ދިޔައެވެ.

އެގޮތުގައި ދުވަސްތަށް ވޭތުވިފަހުން އެރަސްގެފާނުގެ ސިފަޖެހިގެން ޝައިތާނާ އެބައިމީހުންގެ ގާތަށްއައެވެ. އައިސް ބުނެފިއެވެ. “އޭ މީސްތަކުންނޭވޭ! ތިމަން އަދި މަރެއްނުވަމެވެ. އަދި ކިއެއްތަ ތިޔަބައިމީހުން ތިމަންގެ ފަހުގައި ކަންތަށް ކުރާގޮތެއްބެލުމަށްޓަކައި ދުވަސްކޮޅަކަށް ޣައިބުވީއެވެ”. މިވާހަކަތަށް އިވި މީސްތަކުން ވަރަށް އުފާކޮށްފިއެވެ. ދެން ބުނެފިއެވެ.”ތިމަންރަސްގެފާނާއި ތިޔަބައިމީހުނާ ދެމެދުގައި ފާރެއްލައިދެއްވާށެވެ! ތިމަން ރަސްގެފާނު ދުވަހަކުވެސް މަރުނުވާހުށީމެވެ!” ވަރަށް ގިނަ ޢަދެއްގެ މީސްތަކުން އޭނާގެ ބަސްއަހައި ފިތުނަވެރިވެއްޖެއެވެ. އަދި އެބައިމީހުން އޭނާގެ ބަސްއަހައި އޭނައަށް އަޅުކަންވެސް ކުރަންފެށިއެވެ. ދެން މާތްﷲ އެބައިމީހުންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެރަސޫލާ އެބައިމީހުންނަށް، ފާރުގެ އަނެއްފަރާތުގައި ފަރުދާވެ ނިވާވެގެން މީސްތަކުން ހައްލަމުން ގެންދަނީ ޝައިތާނާކަން ބާޔާންކޮށްދިނެވެ. އެ ޝައިތާނާއަށް އަޅުކަން ނުކުރުމަށް އެންގެވިއެވެ. ހަމައެކަނި މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ.

الإمام سهيلى ވިދާޅުވެފައިވެއެވެ. رسّ ގެ އަހުލުވެރިންގެ ގާތަށް ރަސޫލުބޭކަލަކު ކަމުގައި ފޮނުއްވުނީ حنظلة بن صفوان (ހަންޟަލަތު ބިން ޞަފްވާން) އެވެ. އެކަލޭގެފާނަށް ވަޙީ ލިބިވަޑައިގަންނަވަނީ އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށްނެވެ. ދެން އެޤައުމުގެ މީސްތަކުން އެނަބީކަލޭގެފާނަށް އަދާވާތްތެރިވެ، އެކަލޭގެފާނު ޤަތުލުކޮށްފިއެވެ. ޤަތުލުކޮށް އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅެއްގެތެރެއަށްލިއެވެ. އެއަށްފަހު އެވަޅުގެ ފެންތަށް އެއްކޮށް ހިނދި އެބައިމީހުންނަށް ފެނުގެ ދަތިކަމާއި ކުރިމަތިލާން ޖެހުނެވެ. ބޯނެފެނާއި ދަނޑުތަކަށް ޖަހާނެފެނެއް ނުލިބުނެވެ. އެގޮތުގައި އެބައިމީހުން ފެނަށްޖެހިތިބެ ފަހަރަކުބައެއް މަރުވަމުންގޮސް އެބައިމީހުންގެ އެންމެން ނެތިހިނގައްޖެއެވެ.

ބަޔާންވެ ދިޔަ ހުރިހާ ވާހަކަތަކަކީ ތާރީޚީ ވާހަކަތަކެކެވެ. އެވާހަކަތަކަކީ ކިހާ ޞައްޙަ ވާހަކަތަކެއްކަމެއް އެނގިފައެއްނުވެއެވެ. މިނޫންވެސް އެތަށް ވާހަކައެއް އެޤައުމާއި ދޭތެރޭގައި ލިޔެވިގެންވެއެވެ. އެގޮތުން އެޤައުމަށް ރަސޫލަކުކަމުގައި ފޮނުއްވުނީ ސަލާމްލެއްވި ޝުޢައުބުގެފާނުކަމުގައިވެސް ބުނެވިފައިވެއެވެ. މުފައްސިރުންގެ މެދުގައި އެފަދަ އިޚްތިލާފްތަށް އުފެދިފައިވަނީ އެޤައުމުގެ ވާހަކަ ޤުރުޢާނުގައި އާއި ކައުސާހިބާ صلّى اللّـه عليه وسلّم ގެ ހަދީޘުފުޅުތަކުގައި އެވާހަކަތަށް ތަފްސީލުކޮށް ބަޔާންވެފައިނެތުމުން ކަމަށް ޢިލްމުވެރިން ލިޔުއްވައެވެ. ނަމަވެސް ކީރިތި ޤުރުޢާނުގައި ބަޔާންވެފައިވާ އެ ވާހަކައަކީ މުޅިން ތެދު ޙަޤީޤަތެކެވެ.

تفهيم القرآن‎ ގައި ابو الاعلی مودودی (އަބުލް އައުލާ މައުދޫދީ) ލިޔުއްވާފައިވެއެވެ. رسّގެ އަހުލުވެރިންނާމެދު ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ލިޔުއްވާފައިވެއެވެ. އެލިޔުއްވުންތަކުން ދޭހަވަނީ އެބައިމީހުން އެބައިމީހުންގެ ގާތަށް ފޮނުއްވި ނަބިއްޔާ ދޮގުކޮށް އެކަލޭގެފާނު ޤަތުލުކޮށް ވަޅަކަށް އެއްލައިލިކަމެވެ.

+++++++++++++++++++++++++++++++++++++++

އަޅުަގަނޑުގެ އުއްމީދަކީ  އަޅުގަނޑު މިޔުނު ލިޔުމަށްވުރެ ފުރިހަމަ ލިޔުންތަކެއް ދިވެހިބަހުން “އެކަމަށް ޤާބިލު” ފަރާތްތަކުން ލިޔެ ޝާއިއުވެގެން ދިޔުމެވެ.

ޙަވާލާ

  1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
  2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
  3. ތަފްހީމުލްޤުރްއާން ސައްޔިދު އަބުލް އަޢުލާ މައުދޫދީ
  4. ތަފްސީރު ޢިބްނު ކަޘީރު ޞަފިއްޔުއް ރަޙްމާނު މުބާރަކް ޕޫރީ

 

 

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ނުހައްގުލޯބި 11

Next

“ހިތް” ލޭ ކޮށެވިފައި……11

Next
July 22, 2018

“ހިތް” ލޭ ކޮށެވިފައި……11

Previews
July 21, 2018

ނުހައްގުލޯބި 11

6 Comments!

  1. Dandelion says:
    July 21, 2018 at 6:31 pm

    Varah iburaitheri vaahaka eh mi..
    Meege ithuru vaahaka eh Ali Ihsaan ge faraathun fennaane kamah heekuran..Varah kiyaa hithun indha e nimuny…

  2. Xihko?? says:
    July 21, 2018 at 7:53 pm

    Alhamdhulilahi… varah furihama liyumeh..gina gina in mikahala vaahaka uploade kohdhyba…allah thiba yah heyo jazaa dhehvaashi. Aameen

  3. friend says:
    July 21, 2018 at 8:06 pm

    Aameen

  4. luv jungkook says:
    July 21, 2018 at 9:26 pm

    Ameen. Maasha allah vrh intresting..allah thibaa ah heyo jazaa dhehvaashi..mikahala baivaru iburaitheri strys adhi insha allah fennane kamah ummedhukuran

  5. Snow says:
    July 21, 2018 at 10:11 pm

    Jazakallah Khairan. I feel so peaceful reading these things… 🙂

  6. Kyleen says:
    July 21, 2018 at 10:22 pm

    Varah Ibraiiytheri.. ehen noonee abadhu hunnaanee loabige vaahaka.. this is different and unique. and varah hithah amaan kamaa hiyhama jehun genas dheefi.. thanks Ali Ihsaan

Comments are closed.



All Right Reserved!