ދުންފިނިގަނޑުގެ ތެރެއަށް އަހަރެންގެ ލޯ މަޑުމަޑުން ހޭނެމުން ދިޔައެވެ. އަނދިރި ނަމަވެސް މަންޒަރުތައް ދިޔައީ ސާފުވަމުންނެވެ. އިރުގެ ދޯދިތައް ވިލާގަނޑަށް އެޅި އަލިވާން ފެށުމުން އަހަންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން އޮތް ވިލާގަނޑަށް އެޅިފައި އޮތް ހިޔަނި ފިލުމުން މަތީގައި އޮތް ބޯ ވިލާގަނޑު ދަތުރުކޮށް އެއްފަރާތަށް ޖެހުނީކަން އެނގުނެވެ. އެވަގުތު އަހަރެން ހިތަށް އެރިއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެއްލިކަޅިއަކުން އަހަންނަށް ފެނުނު މަންޒަރަކުން އަހަރެންގެ އެއް ލޯ ދިޔައީ ތަރަތަރަޖަހައިގެންނެވެ. އަނެއް ލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. ތަންކޮޅެއް ދުރުގައި ނިދާލާފައި އެއޮތީ ފަނަރަ ސޯޅައިގެ ހަނދުހާ ފުރިހަމަ އަންހެން މަހެކެވެ. ކުރުކޮށް ފޮނިކޮށްބުނާނަމަ އެއީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ޗާލު ސޫރައެކެވެ. ނިގުލާއި ލޯވެސް އެހާ ފުރިހަމައެވެ. ވިއްސާރަދުނީގެ ކުލަތަކުން ޖަރީވެފައިވާ ހަށިގަނޑެކެވެ. އަހަރެންގެ ހިތް ވިރިގެން ދިޔައީ އިރުގެ ހޫނަށް ކަމަށް ނުވަތަ އެ ޖިންސުއްލަތީފްގެ ރީތިކަން ފެނިފައި ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އުމުރުން އެންމެ 2 ދުވަހުގައި އަހަންނަށް އަދި އަލަށް ކުއްޖަކު ދެކެ ލޯބިވެވުނު ކަމެވެ. އަހަންނަށް ކުއްލިއަކަށް ވަރަށް މޮޅު ޚިޔާލެއް އައެވެ. އަވަސް ޙަރަކާތްތަކަކާއެކު އަހަރެންގެ 2 ދުވަހުގެ ތަޖުރިބާގެ އަލީގައި މާބިނޑިއެއް ހެދީމެވެ. ވިލާ ބޭނުންކޮށްގެންނެވެ. ތެޅިތެޅިއޮތްހިތަކާއެކު މަޑުމަޑުން ނިގޫ ތަޅުވަމުން ގޮސް އެއަންހެން ކުއްޖާއާ އަރާހަމަވެފައި ޕޮއް ކިޔާ ސިއްސުވާލީމެވެ. އަދިހޭލުމުން މާބޮނޑި ދިއްކޮށްލަމުން ބުނީމެވެ. ” ދީވާނާ ވޭ މޫސުން ތިޔަހެން ބަލާލުމުން.. ހިނިތުން ވީމާވެސް މާފޮޅޭ”…
ދުވަސްވަރަކީ ވަރަށް ވެސް ހޫނުގަދަ ދުވަސްވަރެކެވެ. މޫސުމަށް ޤަބޫލުވެސް ކުރަން ދަތި ބަދަލުތަކެއް އަންނަމުން ދިޔަ ދުވަސްވަރެކެވެ. ވާރޭ ވެހެނީ ގަރުނަކުން އެއްފަހަރު ކަހަލަ ގޮތަކަށެވެ. ހޫނުގެ ސަބަބުން ކަނޑުން ގޭސް އަރާ މިންވަރު އާދަޔާޚިލާފަށް ވަނީއިތުރުވެފައެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 2 ދުވަހެވެ. އަހަރެން އޮތީ އަހަރެން ގޭގައި ނިދާށެވެ. އަހަރެންގެ ގެއަކީ ކުލަގަދަ މުރަކަތަކުގެ ބަގީޗާއެކެވެ. އަހަރެން އޭރު ވަރަށް ކުޑަވާނެއެވެ. ދުނިޔެއަށްލޯ ހޮޅުވާލި ފަހުން އެންމެ ދެ ދުވަސް ވިއްޔާއެވެ. ކުއްލިއަކަށް އަހަރެންގެ އަރާމު ނިދިން ހޭލެވުނީ އަހަރެން މައްޗަށް އަރާކަމުގެ އިޚްސާސް ކުރެވިގެންނެވެ. އަހަރެންގެ އެއްވެސް އާރެއް ބާރެއް ނެތި އަހަރެން ދިޔައީ މައްޗަށް ދަމަމުންނެވެ. ވާނުވާ ފަހުމްވީ މޫދުގެ ލޮނުގަނޑު ދޫކޮށް ވައިގެ ތެރެއަށް އެރުމުންނެވެ. ކަމަކުދާކަށް ނެތެވެ. ވަޔަށް އަރައިގެންދާ ގޭހާއި އެކު އަހަރެންވެސް މިއޮއް ދަނީ މައްޗަށް އަރައިގެންނެވެ. އާއިލާއާ ގެދޮރު ދޫކޮށް އެކަނިވެރި ދުނިޔެއަކަށެވެ. އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގައި އަހަރެން އޮތީ އުޑުމަތީގައވެ. ބޮޑު ކަޅު ވިލާގަނޑެއްގެ ތެރޭގައި ހައްޔަރު ވެފައެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގޭ ޙާލު އަހަރެން ރޯން ފެށީމެވެ. ނަމަވެސް އެވިލާގައި ފެން ހުރުމީ އަހަރެންގެ ނަސީބެވެ. އަދި އަހަރެންގެ އަޖަލު ނުޖެހެނީއެވެ.
މީހެއްގެ ހިތް ހަލާކުކޮއްލުމަށް ފަސްނުޖެހޭ އެތައްބަޔަކު މި މުޖްތަމާއުތެރޭ އުޅެއެވެ. ދޮގެއް ހަދައިގެން ވިޔަސް މީހެއްގެ ހިތައް އަނިޔާއެއް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭންގޭ މީހުން މަދެއްނޫނެވެ. ޒުލޭހާއަކީ ގްރޭޑް ބާރާގައި ކިޔަވަމުން އަންނަށް ކުއްޖެކެވެ. ކިޔެވުމުގައި މޮޅެތި ވަނަތައް ހާސިލްކޮއްފައިވާ ދަރިވަރެކެވެ. ނަމަވެސް ޒުލޭހާއަކީ ނުކުޅެދޭ ކުއްޖެކެވެ. އުމުރުން 10 އަހަރުން ފައްޓާން ފައިގެ ނާރުތަކުގެ މައްސަލަޖެހި ފުރޮޅުލީ ގޮނޑިއެއްގައި ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ކުއްޖެކެވެ. ސްކޫލަށް އަންނަނީ މަންމަގެ އެހީތެރިކަމުގައެވެ. އެއަށްފަހު […]
އުޑު އޮތީ މަތީގައެވެ. ބިން އޮތީ ތިރީގައެވެ. އަބްސީ ހުރީ ރަށުގެ އުތުރުފަރާތު ތުނޑީގައެވެ. އެކަނިމާއެކަނި ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ ޙިޔާލުގައި ވަނީ ކުރީގެ ހަނދާންތަކެވެ. ކުއްލިއަކަށް މަތިން ވެއްޓުނީ ތަރިއެކެވެ. އަބްސީ ދިޔައީ ސިއްސައިގެންނެވެ. މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ރަނގަޅަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ވެއްޓިފައި އޮތީ ތަރިއެއް ނޫނެވެ. ސްޓާއެކެވެ. އެ ސްޓާގައި ކުރެހި ބިންވަޅުނެގިފައިވާ ސޫރަ ފެނިފައި އަބްސީ އާޝޯޚުވިއެވެ. ހިތަށް ވެރިވެގެން ދިޔައީ ނޭނގޭ އިހުސާސްތަކެކެވެ. އާނއެކެވެ. އެ ސްޓާގައި ވަނީ އޭނާގެ ލޯބިވާ އެކްސް ބިޓުގެ ސޫރައެވެ. ފިސްފިސްވެފައިވާ ހިތަކާއެކު އަބްސީ ހިނގައިގަތީ ގެޔަށް ދިޔުމަށެވެ. ދިޔަ މަގުމަތީގައި އޭނާއަށް އަންހެން ކުއްޖެއް ފެނުނެވެ. ހަނދެއް ފަދަ މޫނުގެ ވެރި ޖިންސުއްލަތީފް ފެނިފައި އޭނާގެ އަނގަވެސް ވެއްޓުން ކަހަލައެވެ.