Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 34

hygge Level 510 Stories100 Comments100 Login500 Comments
June 29, 2018 10 Mins Read
83 Comments

ޒިވާ އާއި ރިފާވެސް އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމަށްފަހު އެކުވެރިންނަށް ވެއްޖެއެވެ. އެކި ވާހަކަ ތަކުގައި އެމީހުން މަސްއޫލުވެފައި ތިބި އިރު އެހެން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ވާހަކަ ތަކަށް ގެއްލިފައި ތިބި މީހުންނަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ.

ގޭގެ ދޮރު ތަޅުލައިފައި އެނބުރިލި ރައިފާއަށް މަޑުޖެހިލެވުނީ ސިޓިން ރޫމުގައި ތިބި އެންމެންގެ ލޯތައް އޭނާއާއި އަމާޒުވެފައި ހުރުމުންނެވެ. ރައިފާގެ މިސްރާބު އެހެން ކަމުން އެދިމާލަށް ޖެހިއެވެ. ނަމަވެސް އެތާ އެތިބި މީހުން ފެނި އޭނާގެ ހިތުގެ ހިނގުންވެސް އިރުކޮޅަކަށް މަޑުޖެހިލި ފަދައެވެ. ކުރިމަތީގައި އެތިބީ އެއްގޮތަކަށްވެސް ފެންނާނެ ކަމަށް އޭނާ އުންމީދުކޮށްގެން ތިބި ބައެއް ނޫނެވެ. “ލިމްޔާ.. ލަމާން..” ރައިފާއަށް ހިތާހިތުން ކިޔާލެވުނެވެ.

އެތަނަށް އައިސް ހުއްޓިލީ ރައިފާއަށް ޒިވާ ހިނިތުންވެލި ނަމަވެސް އެކަން އިނގެނީ ޒިވާގެ ކުޑަ ވެފައިވާ ދެލޮލުންނެވެ. ލަމާން އާއި ލިމްޔާ ޒިވާމެންނާއި ދިމާލަށް ބަލައިލީ އެއީ ކާކުކަން އެނގެން ބޭނުންވީ ފަދައަކުންނެވެ. “މިއީ އަރޫފާ.. ރައްޓެއްސެއް.. އަރޫފާ މިއީ ލަމާން އާއި ލިމްޔާ.. ސްކޫލް ދައުރުގެ އަހަރެމެން ދެމީހުންގެވެސް ރައްޓެހިން.. ދެން އެއީ ރިފާ.. ލަމާންގެ ވައިފް..” ޒިވާ ރައިފާއަށް ލަމާން މެން ތަޢާރަފް ކޮށްދިނެވެ. އެކަން އޭނާ ނުކުރި ކަމުގައި ވީ ނަމަވެސް ރައިފާއަށް އެއީ ކޮން ބައެއްކަން ހަމަ ރަނގަޅަށްވެސް އިނގޭނެއެވެ. އެމީހުންނަށް އައިސްފައި ހުރި ބަދަލުން ރައިފާގެ ހައިރާންކަން އިތުރުވިއެވެ. ނަމަވެސް ލިމްޔާ އާއި ލަމާންގެ ކުރިމަތީގައި ހުންނަންވުމުން އޭނާއަށް ތަފާތު އުނދަގޫ ވަމުން ދިޔައެވެ. އެހެން ކަމުން އިރުކޮޅަކު ހުރުމަށްފަހު އޭނާ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކޮޓަރިއަށް ވަތް ގޮތަށް ދޮރު ތަޅުލުމަށްފަހު އެނދާއި ދިމާލަށް ރައިފާ އައެވެ. އެއަށްފަހު ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ނަގާ ހޫރާލިއެވެ. “އަހަރެންގެ ފަހަތުން އެންމެން މިއުޅެނީ ކީއްވެތަ؟ ހުރިހާ އުނދަގުލެއް މަށަށް ޖެހެނީ ކީއްވެތަ؟ އެންމެ ހިނދުކޮޅަކަށްވެސް ހަމަ ނޭވަ ނުލެވެޔޭ.. މީ ހުސް ހަމަ އެ ޒިވާ އާ ހެދި ވާ ކަންތައް.. އެކަމަކު އަދިވެސް ނާއިޝްވެސް ބުނާނެ މަ ކައިރީ މިކަން ހުއްތާލާށޭ ޒިވާގެ ކޮން ކުށެއްހޭ އޮތީ.. އެންމެންނަށްވެސް ގޯސް ވާނީ އަހަރެން.. އެކަމަކު މިފަހަރު އަހަރެން އެކަކުގެވެސް އަޑެއް ނާހާނަން.. ޒިވާ.. އަހަރެން ކުރިންވެސް ބުނީމެއްނު އަދި އަންނާނަމޭ.. ހެހެ.. މިހާރު މިހުރީ އައިސް.. ދެން މާ ގިނަ ދުވަހެއް ނެތް އަހަރެންގެ ބަދަލު ފުރިހަމަ ކުރާކަށް..” ވިހަ ހިނިތުންވުމަކާއެކު ރައިފާ އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ދިޔައެވެ.

“ރައިފާ އަށް އިނގޭތަ ރައިފާއަށް ހަމަޖެހުމެއް ނުލިބިގެން އުޅޭ ސަބަބު؟ ރައިފާ ގެ ތި އުޅުމާ ހުރެ މި ހިތަށް ހަމަ ޖެހުމެއް ނުލިބެނީ.. ރައިފާ އެއްފަހަރުވެސް ވިސްނާލީންތަ ތިމާގެ އުޅުމާ މެދު.. ކުރެވުނު ކަންކަމާމެދު ވިސްނާލަން ކުޑަ ވަގުތު ކޮޅެއް ނަމަވެސް ހޭދަކޮށްލިންތަ؟ ނުކުރޭ.. ދީނާއި ދުރުވީ ވަރަކަށް މި ހިތުގެ ހަމަޖެހުން ދާނީ ގެއްލެމުން.. ﷲ މަތިން ހަނދުމަ ނުކުރިހާ ހިނދަކު މި ހިތަކަށް ހަމެޖެހުމެއް ނެތް..” ރައިފާއަށް ހުރި ގޮތަށް ހުރެވުނީއެވެ. އޭނާގެ ހިތް ބުނަނީ އެހެންނެވެ. ނަމަވެސް އޭނާ މިފަހަރުވެސް ދެކޮޅަށް ބޯ ހުރުވާލީ އެކަހަލަ ޚިޔާލު ކުރާކަށް ބޭނުމެއް ނޫނޭ ބުނާ ފަދައަކުންނެވެ.

“ހެލޯ.. ހޫމް.. ނެތޭ މިހާރު މަ އަތަކު އެޔެއް.. އާނ.. އެކޮޅުގަ ހުންނާނީ.. މަ ނުގެންނަން މާލެ އައި އިރަކު.. އެކަމު ވަރަށް އަވަހަށް އަހަރެން އެކޮޅަށް ދާން ކަމަށް މި އުޅެނީ.. އޭރަށް ފޮނުވޭތޯ ބަލާނަން..” ރައިފާ އަށް އެ ގުޅީ އޭނާ ކުރާ ވިޔަފާރީގެ ‘ކަސްޓަމަރެކެވެ’. ރައިފާ އެމީހާއާއި ވާހަކަ ދައްކާލީ ހިތްހަމަ ޖެހިލައިގެން ހުރެއެވެ. ދެން ވާނެ ގޮތަކާމެދު އޭނާ ކުޑަކޮށްވެސް ވިސްނާނުލައެވެ.

ޔައީޝް އާއި ޒިވާ ލަމާންމެންނާއި އެތަކެއް ވާހަކަތަކެއް ޙިއްސާ ކުރަމުން ދިޔައެވެ. އެ ދެމެދުގައި ވީ ދުރުކަން މިހާރު އެތައް ހާސް މޭލެއް ކައިރި ވެއްޖެއެވެ. އެންމެންވެސް ދިޔައީ އުފާވެރި ވަގުތުތައް ގުނަމުންނެވެ. ސައި ބުއިމަށްޓަކައި ކާމޭޒުކައިރިއަށް ފަސް މީހުން ދިޔައެވެ. ޒިވާ އެންމެންނަށް ސައި އަޅައިދީ ހެދިއެވެ.

“ދެން ދަމާ ދޯ.. ދެން ދުވަހަކުން ޔައީޝްމެން ގެންދާނީ އަހަރެމެން ގެއަށް…” ލަމާން ރިފާ އަށް ބަލައިލަމުން ބުނެލިއެވެ. “ޔައީޝް ވާނެ އިނގޭ ޒިވާ ގޮވައިގެން އަހަރެމެން ގެއަށް ދާން..” ލަމާން ޔައިޝް އަށް ބަލައިލަމުން ހިނިތުން ވެލައިފައި ބުނެލިއެވެ. އެހިނދު ޔައީޝްވެސް ބަދަލުގައި ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ލަމަން މެން ދިއުމުން ޒިވާ އައިސް ސޯފާގައި އިށީނދެލިއެވެ. ޔައީޝްވެސް ގާތުގައި އިށީނދެލިއެވެ. “ޒިވް… މިހާރު ކުޑަކޮށް ލަސްވެއްޖެ ޗުއްޓީ ލިބޭ ދުވަސް.. ޖެނުއަރީ ހިސާބުގަ މިހާރު ލިބެނީ..” ޔައީޝް މާޔޫސް ވެލައިފައި ޒިވާ ގާތު ބުނެލިއެވެ. ޒިވާވެސް ހިނިތުންވެލައިފައި އެއީ މައްސަލައެއް ނޫންކަމަށްބުނެލިއެވެ. “ދެން މިހާރު މި އަހަރު ނިމެނީއޭ.. ވަރަށް އަވަހަށް ޖެނުއަރީ އާއި ހަމަޔަށް ދާނެ.. އެއީ ދެން އެވަރުކަމެއް ނޫނެއްނު.. ބާކީ ހަތަރު މަސް ދުވަސް އޮތީ..” ޒިވާ ޔައީޝް އަށް ބަލައިލަމުން ބުނެލިއެވެ.

އެންމެން އުފަލުގައި އުޅެމުން ދިޔަ އިރު ޒަޔާންވެސް އޭނާގެ މަސައްކަތަށް ކުޑަވެސް ހުރަހެއް އެޅިޔަކަ ނުދެއެވެ. ނަތީއްޖާއަކަށް ވެގެން ދިޔައީ ތަޙުޤީގަށް ދުވަހެއް ދުވަހަކަށް ކުރިއެރުން ލިބެމުން ދިޔުމެވެ.

ދުވަސްތައް އޭގެ ހަލުވި މުނުގައި ފާއިތުވަމުން ގޮސް ޒިވާމެން ބޭރަށް ފުރަން ދާން އޮތް ދުވަސްވެސް ކައިރިވެއްޖެއެވެ. އެމީހުން އެކި ތައްޔާރީތައް ވަމުން ދިޔައީ މަންމަމެން ގާތަށް ދެވޭތީއެވެ. ޒިވާ ހުރީ އެތަށް ދުވަހަކަށްފަހު ލޯބިވާ މަންމައާއި އާއިލާ މީހުންނާއި ބައްދަލުވާތީ ނުހަނު އުފަލުންނެވެ. “ދެން ވަރަށް އަވަހަށް މަންމަމެން ކައިރިއަށް ޒިއްޕުޑިންއަށް ދެވޭނެ.. މާދަން ފުރުން އޮތީ..” ޔައީޝް ޒިވާ ކައިރިއަށް އައިސް ހުއްޓިލަމުން ބުނެލިއެވެ. ޒިވާ ޔައީޝްގެ ގައިގައި ބައްދާލީ އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. މިއަދު ހެނދުނު އިރު އެރީއްސުރެ އުފަލުން އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ. ޔައީޝްވެސް ހުރީ ޒިވާގެ މޫނަށް އުފާވެރިކަން ވެރިވެފައި ވުމުން ހިނިތުންވެފައެވެ. “އަރޫފާ ކައިރިވެސް ނުބުނެވެއެއްނު އަދި.. އަންނާނަން ބުނެލައިފަ..” ޒިވާ ޔައިޝް ކައިރިން ދުރަށް ޖެހިލަމުން ހިނިތުންވެލައިފައި ބުނެލިއެވެ. ޔައީޝްވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ޒިވާ ކޮޓަރިން ނިކުތް އިރު މުޅި ސިޓިން ރޫމު އޮތީ ފަޅަށެވެ. މުޅި ތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭން ކަމެކެވެ. އެހެން ކަމުން ރައިފާ ވާނީ ކޮޓަރީގައި ކަން ޒިވާ ދެނެގަތެވެ. އެ ކޮޓަރީގެ ދޮރު ކުރިމަތީ ހުއްޓިލުމަށްފަހު އޭނާ ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލީ ރައިފާއެވެ. އެއިރު އޭނާގެ މޫނު ވަނީ އަޅައިގެން ހުރި ނީޤާބުން ފޮރުވާލައިފައެވެ. ނަމަވެސް ޒިވާ ހުރީ ގޭގައި އަޅާކަހަލަ އާދައިގެ ބުރުގަލެއް އަޅާލައިގެންނެވެ. ޒިވާ ފުޅާ ހިނިތުންވުމެއް ރައިފާއަށް ދިނެވެ.

“އައްދޭ.. ހާދަ އުފާވެފަ ތިހުރީ ކިހިނެއްވީ އަނެއްކާ؟ އާދޭ އެތެރެއަށް..” ރައިފާ އަޑު ހަމަޔަކަށް އަޅުވާލަމުން ބުނެލިއެވެ. ޒިވާވެސް ރައިފާގެ ބުނުމަށް އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ހުރިހާ ދިމާލެއްގައިވެސް ވަނީ ސާފުތާހިރު ކަމެވެ. އެހެން ކަމުން ރައިފާއަށް ޒިވާ ހިތާހިތުން އެކަމަށްޓަކައި ތައުރީފް ކޮށްލިއެވެ. “ވަރަށް ބޮޑަށް ސޮރީ އިނގޭ ކުރިން މިވާހަކަ ނުބުނެވުނީމަ.. އެކަމަކު ކަންތައްތައް ހަމަނުޖެހިގެން ހަމަ ނުބުނެވުނީ.. މިއުޅެނީ މާދަން ކެނެޑާއަށް މަންމަމެން ގާތަށް ފުރަން..” ޒިވާ ވާހަކަ ދައްކަން ފެށި އިރު މޫނުމަތީގައި މާޔޫސްކަން ވީ ނަމަވެސް ނިންމާލި އިރު ހުރީ ފުޅާ ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ.

ރައިފާއަށް އެ އަޑެ އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާ ޒިވާއަށް ކުރާ ކަމެއް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ޒިވާ އެ ކުރީ ކީއް ހެއްޔެވެ؟ ރައިފާގެ ބޮލަށް އެނބުރުން އަރައިގަތެވެ. “އެހެންތަ؟ ކާމިޔާބު ދަތުރަކަށް އެދެން.. ކޮން ދުވަހަކުން ދެން އަންނަނީ؟” ރައިފާ ހިތާ ދެކޮޅަށް ވާހަކަ ދެއްކިއެވެ. ނަމަވެސް ޒިވާ އަންނާނެ ތާރީޚެއް ބަލަން އޭނާ ހުރީ ޙަޤީގަތުގައިވެސް ބޭނުންވެފައެވެ.

“އެއްމަސް ފަހުން..” ޒިވާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ރައިފާގެ މުނުމަތީގައި ހީވީ މީހަކު އެތިފަހަރަކުން ޖެހި ހެންނެވެ. އޭނާގެ ހުރިހާ ރޭވުމެއް ފެނަށް ވެގެން ދާތަން ދެކޭކަށް އޭނަގެ ހިތަކަށް ކެތެއް ނުވާނެއެވެ. އަނެއްކާ އޭނައަށް އެ ޖެހުނީ ދިގު އިންތިޒާރެއް ކުރާށެވެ. ރައިފާގެ ބޯ ހާސްވިއެވެ. އޭނާއަށް މިވަގުތު ޒިވާއާއި ވާހަކަ ދައްކަންވެސް އުނދަގުލެވެ. ނަމަވެސް އިރުކޮޅަކު ޒިވާއާއި ވާހަކަ ދައްކާލަން އިނީއެވެ. އެއީވެސް ޒިވާއަށް ޝައްކުވެދާނެ ކަމުގެ ބިރަށްޓަކައެވެ. “ފޫހިވަންޏާމު މައި އާ ޔާނީ ކައިރިއަށް ދައްޗޭ..” ޒިވާ ރައިފާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރައިފާވެސް ބޯ ޖަހާލިއެވެ. އަދި ޒިވާ އަވަހަށް އެ ކޮޓަރިން ފޮނުވާލެވޭނެ ކަމަކާއި މެދު ވިސްނަން ފެށިއެވެ.

“ފެން ވަރާލަން މިދަނީ.. ފާޚާނާއަށް ވަންނަން ދަނިކޮށް އައިޝާ ގޮވީމަ އަނބުރާލައިފަ އަނެއްކާ އައީ.. ހެހެ..” ރައިފާ ވާހަކައެއް ހަދާލިއެވެ. ޒިވާވެސް އެހެން ހެއްޔޭ ކިޔައިފަ އިން ތަނުން ތެދުވެލަމުން ދޮރާއި ދިމާލަށް ދިޔައީ އެކޮޓަރިން ނިކުންނާށެވެ.

“ޕްރީތީ.. އަހަރެމެން ދިޔަޔަސް ހަމަ ޕްރީތީއަށް މީރުހާ އެއްޗެހި ހަދައިގެން ކައްކައްޗޭ.. ހަމައެކަނި އަހަރެމެންނަކަށް ނޫނެއްނު ދޯ މީރު އެއްޗެހި ހަދައިދޭން ޖެހޭނީ.. ޕްރީތިވެސް ވާނެ ރަނގަޅަށް ކާން.. މިހާރުވެސް ކާ ހެން.. އަހަރެމެން ދިޔައީމަ ނުކައި ނުހުންނައްޗޭ.. އަރޫފާވެސް ހުންނާނެއްނު ދޯ.. އެކަނި ވަންޏާ އަރޫފާ އާއެކު އުޅޭ އިނގޭ.. ބަދިގޭގަ ރުފިޔާ ބަހައްޓާ ތާނގަ ހުންނާނެ ރުފިޔާ ބަހައްޓައިފަ… އެއްޗެއް ގަންނަން ވެއްޖިއްޔާ އެތަނުން ނަގާ އިނގޭ..” ޒިވާ ހިނިތުން ވެލައިފައި ވާހަކަ ދައްކަމުން ދިޔައީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ އިންޑިއާ ކުއްޖާ އާއެވެ. އޭނާގެ އުމުރުން އަދި ވާނީ ވިހި ވަރަކަށް އަހަރެވެ. ނަމަވެސް ހީވަނީ ސަތާރަ ވަރަކަށް އަހަރުގެ ކުއްޖެއް ހެންނެވެ. އެހާ ހިތްކެވެ. އެހެން ކަމުން އޭނާގެ ސިއްޙަތަށް ފަރުވާތެރިވުމަށްޓަކައި އަބަދުވެސް ޒިވާ އޭނާއަށް ނަސޭޙާތް ދެއެވެ.

މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް ޒިވާ އާއި ޕްރިތީ ވަނީ ވަރަށް ބޮޑަށް ރައްޓެހި ވެފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒިވާ އޭނާއާއި ދޭތެރޭ ކަންތައް ކުރަމުން އަންނަނީ އެއްބަނޑު އެއްބަފާ ކޮއްކޮއަކާއި ދޭތެރޭވެސް ކަންކުރާނެ ގޮތަށެވެ. ޕްރީތި އާއި ރައިފާއެއް ތަފާތެއް ނުކުރެއެވެ. ކައްކާއިރުވެސް ޒިވާ ޕްރީތީ ކައިރި ހުރެގެން އޭނާއަށް އެހީތެރިވެދެއެވެ. އެއްވެސް ކަހަލަ ބޮޑާ ކަމެއް ނުބަހައްޓައެވެ. އެހެން ކަމުން ޕްރިތީވެސް ޒިވާ އާއި ދޭތެރޭ ދެކެނީ ދައްތައެއް ފަދައިންނެވެ.

“އޯކޭ ދައްތާ… ކޮން އިރަކުން ދައްތަ އަންނަނީ؟” ދިވެއްސަށް އެންމެ ފަރިތަ ނޫނަސް ޕްރީތީއަށް އިނގުނު މިންވަރަކުން ޒިވާ ގާތު ބުނެލިއެވެ. ޒިވާވެސް ހިނިތުންވެލިއެވެ. އޭނާ އަންނަނީ ޕްރިތީއަށް ދިވެހި ބަސްވެސް ދަސްކޮށްދެމުންނެވެ. ޒިވާ ހިނިތުންވެލައިފައި ޕްރީތީގެ ސުވާލަށް ޖަވާބުދިނެވެ. އެހިނދު ޕްރީތީގެ މޫނަށް ވެރިވި އަސަރު ޒިވާއަށް ވަރަށް ރީތިކޮށް ފެނުނެވެ.

“އަޅޭ.. އެހާ ދެރަ ނުވައްޗޭ.. ވަރަށް އަވަހަށް އަންނާނަމޭ އިރާދަކުރެއްވިއްޔާ.. ޕްރީތީ ކައިރިއަށް ދައްތަ އަންނާނަމޭ.. ދައްތަ މަންމަ ކައިރިއަށް ގޮސްލަންވެގެން މި ދަނި.. ޕްރިތީވެސް ދާނަމެއްނު ދޯ މަންމަ ކައިރިއަށް.. އެގޮތަށް ހަމަ..” ޒިވާ ޕްރީތީގެ ކޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެވަގުތު ޕްރީތީ ޒިވާއަށް ރީތި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އަދި ޒިވާވެސް ބަލައިގެން އުޅުމަށް އޭނާ ބުނެލިއެވެ.

އާ ދުވަހަކަށް އިރު އަރައިގެން އައެވެ. ޒިވާ ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭ ހެންނެވެ. އެއްތާ މަޑެއް ނުވެއެވެ. “ކަލޭނޭ މަގޭ ޒިއްޕުޑިން ކިހިނެއްވެފަ ހުރި ދުވަހެއްތަ؟ ދޭ އޮށޯވެލަން.. މިހާރު މާ ގިނައިރު ތިހެން ތި  އުޅެނީ.. އިރު އެރީއްސުރެ އެއްތާ ދެފައި ނުޖަހާ ވިއްޔަ..” ޔައީޝް ޒިވާ ގާތު ހުއްޓިލަމުން ބުނެލިއެވެ. އެއިރު ޒިވާ އުޅެނީ މައިހާ އާއެކު ކޮންމެވެސް ފޮށިގަނޑެއް ތައްޔާރު ކުރާށެވެ. މައިހާ އާއި ޒަޔާން އަދި އާޔާނީ އާއި އޭނާގެ ކުޑަ ކުޑަ ޢާއިލާވެސް އެ ދެވުވަހު ޒިވާމެން ގެއަށް އައިސް އުޅުނީ ޒިވާމެންނަށް އެހީތެރިވެދޭށެވެ.

“ހެހެ.. ސްކޫލުގައވެސް ޔައީޝް ޒިވް އާ ދިމާލަށް ކިޔާނީ އެހެން.. ހެހެ..” މައިހާ ސްކޫލުގެ ހަނދާނެއް އާކޮށްލަމުން ބުނެލިއެވެ. އެވަގުތު އެންމެންވެސް ހިނި އައެވެ. “ތެދެއް ޒިވް.. ދެން ދޭބަލަ.. ލީން ގޮވައިގެން ދޭ އެހެން ވިއްޔާ.. އަހަރެމެން މިކަން ކޮށްލަފާނަން.. ޔައީޝް އަށް އިނގޭތަ؟ އަހަރެމެންވެސް އެތަށް އިރެއް ވާންދެން މިހާރު ތިހެން ކިޔައިފީމޭ.. ދެން އަރާމުކޮށްލަން ދާށޭ.. އެކަމަކު މިކުއްޖާގެ ބޯ ހަރުކަމުން ނުދިޔަ ވިއްޔަ..” އަޔާނީ ޒިވާގެ ބޮލުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. އެންމެން ކިޔަން ފެށުމުން ޒިވާ ހަތިޔާރު ބެހެއްޓިއެވެ. އެއަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަލީނާވެސް ގޮވައިގެންނެވެ. ޒިވާ އެނދުގެ ފަޑީގައި ލައްވެލުމަށްފަހު އަލީނާ އެނދުގައި ބައިންދާލިއެވެ. އަލީނާވެސް ނުހިނގިއެއް ކަމަކު މިހާރު ތަންތާ އިނދެވެއެވެ. އޭނާގެ ޅަ ހަރަކާތްތައް ކުރަން އަލީނާ އިނީ އަޑު ލައްވާލަ ލައްވާލައެވެ. ޒިވާވެސް ހިނިތުން ވެލައިފައި އިރުކޮޅަކާއި އަލީނާ އާއި ލޯބިކޮށްލައެވެ.

އެ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ރޭގަނޑު އަށެއް ޖަހަނީއެވެ. ޒިވާވެސް ތައްޔާރު ވެލުމަށްފަހު ކޮޓަރިން ނިކުތެވެ. އެއިރު ޔައީޝްވެސް ސިޓިން ރޫމުގައި އިނެވެ. ހަމަ އެއާއެކު މައިހާ އާއި ޒަޔާންގެ އިތުރުން އަދްޔަންވެސް އިނެވެ. އަޔާނީ އަށް ނާދެވުނީ އަލީނާ އެކަނިކޮށްފައި ނާދެވޭނެތީއެވެ. ޕްރީތީ އާއި ރައިފާ އާއި ވެސް ސަލާމް ކޮށްލުމަށްފަހު ޒިވާ އެންމެންނާ އެއްކޮށް ގެއިން ނިކުތެވެ. ނަމަވެސް އޭނާއަށް ފާހަގަ ނުވި ކަމަކީ ރައިފާ އާއި ސަލާމް ކުރި އިރު އެ ދެލޮގައި ވީ ނުރުހުމެވެ.

ފަސް ވަރަކަށް މިނެޓުގެ ދަތުރަކަށް ފަހު އެމީހުން ތިބި ފެރީ ހުޅުލެއާއި ގާތް ކުރިއެވެ. ޔައީޝްގެ އެހީގައި ޒިވާ ފެރީއިން ފެބިއެވެ. އެންމެން އެއާޕޯޓް ތެރެއަށް ވަދެގެން ދިޔައީ އިރުކޮޅަކުން ޒިވާމެންގެ ޗެކިން އޮތީމައެވެ. ޒިވާ އާއި ޔައީޝް އެކުވެރިންނާއި ވަދާޢީ ސަލާމް ކުރިއެވެ. އެއަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

ޗެކިން ވުމަށްފަހު ޒިވާމެން ތިބީ ފުރާނެ އިރެއްގެ އިންތިޒާރުގައެވެ. ޒިވާ މިހާރު ނުދެވިގެން ހީވަނީ އެހެން ފަދަ ކަމައް ހެންނެވެ. ޔައީޝް ހުރީ ޒިވާ އުޅާ ގޮތުން މަޖާވެފައެވެ. “ހިނގާ އަނބުރާ ގެއަށް ދާން.. މިހާރު ކޮން އިރެއް މިތާ ތިބޭތާ..” ޔައިޝް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައި ބުނެލިއެވެ. ކަންތައް ވީވެސް އެހެންނެވެ. “އަލަށްތަ ތި ދަތުރެއް ކުރަނީ؟ ހާދަ ކެތްތެރިކަމެއް ނެތޭދޯ.. ނުދާނަން ގެޔަކަށް..” ޒިވާ ލޯ އަލާލަމުން ހަށަން ބަނދެލައިފައި ބުނެލިއެވެ. ޔައިޝްގެ ހިނިގަނޑު ފަޅައިގެން ދާން އުޅުނު ނަމަވެސް ގަދަކަމުން އެތެރެއަށް ހިންދާލިއެވެ. ނަމަވެސް އޭނާއަށް ހުރެވުނީ ހިނިތުންވެފައެވެ. “އަދި އެބަ ހެޔެއްނު..” ޒިވާ އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ޔައީޝް އަކަށް ކެތެއް ނުކުރެވުނެވެ. ހިފަހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ.

އޭނާ ޒިވާގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ހެހެ.. ނޫޅެމޭ ގެޔަށް ދާކަށް.. ދެން ޒިވް ވެސް ދޯ.. ހާދަ އަވަހަކަށޭ ތި ރުޅިވެސް އަންނަނީ.. ރުޅި މޫނު ހަދައިގެން މަންމަ ކުރިމައްޗަށް އެރީމަ ވާނީ ކޯންޗަކަށް؟ އެއިރަށް މަންމަ ހުރިހާ ކަމެއް ޖަހާނީ ޔައި ގެ ބޮލަށް ކަންނޭނގެ..” ޔައީޝް ޒިވާ ގާތު ހިނި އައިސްފައި އިނދެ ބުނެލިއެވެ. ޒިވާވެސް ހަމަ ޖެހިލިއެވެ.

އިރުގަނޑަކަށް ފަހު ޒިވާ އާއި ޔައީޝްވެސް ފުރަން ދާން ޖެހުމުން ތިބިތަނުން ތެދުވެލިއެވެ. އެއަށްފަހު ހިނގައިގަތެވެ.

ބޯޓަށް އަރަން ދިޔައިރު ޒިވާ ހުރީ ޔައީޝްގެ އަތުގައި ހިފާލައިގެންނެވެ. ބޮޑު ބޯޓަށް އެރުމަށްފަހު ޒިވާ އާއި ޔައީޝް އެމީހުންނަށް ޚާއްސަ ކުރެވިފައިވި ސީޓުގައި ހަމަޖެހިލިއެވެ. ޒިވާ ބޭނުން ވެގެން އޭނާ އިނީ ބިއްލޫރި ކުޑަ ދޮރާއި ވީ ފަރާތަށް އިން ސީޓުގައެވެ. އެއީ އޭނާއަށް ބޭރު ފެންނާނީ އެއިރުން ކަމުގައި ވާތީއެވެ. ޔައީޝް ހިނި އައިސްފައި އިނދެ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ އެއީ ޒިވާ ކުޑައިރުވެސް އުޅޭ ގޮތް ކަމަށް ނޫރީން ބުނެފައި ވާތީއެވެ. އޭނާއަށް ނޭނގޭ ޒިވާގެ އެތަށް ވާހަކައެއް ފަހުން ނުރީން ވަނީ ޔައީޝްއަށް ކިޔައިދީފައެވެ.

ޒިވާ ބޯޓަށް އެރުމަށްފަހު ޔައިޝް އެއީ އިން މީހެއް ކަމަށްވެސް ހަދާނުލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައ ވަނީ ބޭރަށެވެ. ކުޑަވަމުން ދިޔަ މުތީތަކެއްފަދަ ރާއްޖޭގެ ރީތި މަންޒިލް ބަލަން އޭނާ އިނީ ހިނިތުންވެލައިގެންނެވެ. ﷲގެ ކުޅަދުންވަންތަ ކަމެވެ. ޒިވާ މާ ވަރަކަށް ބޭރަށް ގެއްލިފައި އިނުމުން ޔައީޝް އޭނާއަށް ޖެއްސުން ކޮށްލިއެވެ. ޔައިޝް ޒިވާގެ ކޮލުގައި ހިފާލުމުން ސިއްސައިގެން ގޮސް އޭނާ ޔައީޝް އާއި ދިމާލަށް އެނބުރިލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކުރިން އިން ގޮތަށް އިނެވެ. ޔައީޝް މިފަހަރުވެސް ޖެއްސުން ކޮށްލިއެވެ. ޒިވާ ދެލޯ ހަނިކޮށްލިއެވެ. ޔައީޝް ގާތަށް އައީ ލާނެއް ހިންޏެކެވެ. އޭނާވެސް އެންމެފަހުން އަޅާނުލައި އިނީއެވެ.

އެހެން އިނުމަށްފަހު ރާއްޖެވެސް ލޮލުކޮޅަށް އޮބާލުމުން ޒިވާ ސީޓްގައި ހަމަޖެހިލިއެވެ. އެއަށްފަހު ގާތުގައި އިން ޔައީޝްގެ އަތުގައި ހިފާލިއެވެ. އެއިރު ޔައީޝް އިނީ ކުރިމަތީގައި އިން ސީޓުން މަޖައްލާއެއް ނަގައިގެން އެ ކިޔާލާށެވެ. ޒިވާ އެއިން އެއްޗެއް ކިޔާކަށް ނޫޅުނެވެ. ޔައީޝްވެސް އެހެންވެ ދެން އިތުރަށް އެކަމާއި އަޅާ ނުލީއެވެ. ފޮތަށް ގެއްލިފައި އިން ޔައީޝްއަށް ހޭވެރިކަމެއް ވީ އޭނާގެ ކޮނޑިގައި އެއްޗެއް ޖެހުމުންނެވެ. ބަލައިލި އިރު ޒިވާ އޮތީ އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އޭނާއަށް އެ އޮތީ ނިދިފައެވެ. ޔައީޝް ޒިވާއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އެއަށްފަހު ޒިވާގެ ނިތްކުރިމައްޗަށް އޭނާ ބޮސް ދިނީ ޒިވާގެ ކޮނޑުގައި އަތް ވަށާލުމަށްފަހު އޭނާ އާއި އިތުރަށް ގާތް ކޮށްލަމުންނެވެ.

ދިގު ދަތުރަކަށްފަހު ކެނެޑާގެ އެއާޕޯޓަކަށް އެ ބޮޑު ބޯޓު ޖެއްސިއެވެ. އެއިރު ޒިވާވެސް ހޭލައިފިއެވެ. އޭނާގެ ހިތް އުފަލުން ނަށާލީ މަންމަ މެން ގާތަށް ދެވެން ދެން މާގިނައިރެއް ނެތޭ ހިތަށް އެރުމުންނެވެ. ޒިވާ ޔައީޝްއަށް ބަލައިލިއެވެ. އެއިރު ޔައީޝްވެސް އިނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދެމީހުން ހިނިތުންވެލުމަށްފަހު ބޯޓުން ފޭބުމަށްޓަކައި އިށީނދެ އިން ސީޓުން ތެދުވެލިއެވެ. އެރި އިރެކޭ އެއްފަދައިން ޒިވާ ފޭބީވެސް ޔައީޝްގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ. އޭނާގެ ފަސްމަހުގެ ބަނޑުގައި ވެސް ކުޑަކޮށް އަތުން ހިފަހައްޓާލައިގެން ހުރެއެވެ.

ޓްރޮލީ އަކަށް ދަބަސް ތަކާއި ފޮށިގަނޑުތައް އަރުވައިގެން ދެމީހުން މިސްރާބު ޖެހީ އެ ބޮޑު އެއާޕޯޓުން ނިކުންނާށެވެ. ޒިވާއަށް އެތަން އާ ނަމަވެސް ޔައީޝްއަށް މުޅި އެތަން އެއްކޮށް ހިތުދަސް ކަހަލައެވެ. ދެމީހުން އެއާޕޯޓުން ނިކުތުމަށްފަހު މަޑުކޮށްލިއެވެ. “ކިހިނެއްވީ ތި މަޑު ކުރީ؟” ޒިވާ ޔައީޝް ގާތު އަހާލީ ފިނިކަން އިޙުސާސް ކުރެވުމުން ދެއަތް ދެއަތާއި މޮޑެލަމުންނެވެ. “ކާރު އަންނަންދެން.. އެޔޮށް އަންނަނީނު..” ޔައީޝް ޒިވާއަށް ބަލައިލަމުން ބުނެލުމަށްފަހު އެދިމާލަށް އަންނަމުން ދިޔަ ކާރަކަށް އިޝާރާތް ކޮށް ބުނެލިއެވެ.

“ހެލޯ ސަރ..” ކާރުން ފޭބީ ފިރިހެނެކެވެ. އޭނާ ޔައީޝްއާއި ސަލާމް ކޮށްލިއެވެ. އޭނާއަށް ބަލާލައިފިނަމަވެސް އެއީ ރާއްޖޭ މީހެއް ނޫންކަން އިނގެއެވެ. ދޮން މޫނެކެވެ. ކަޅުކަން ގަދަ އިސްތަށިގަނޑެކާއެކު އޭނާއަށް ލިބިފައިވަނީ އަޅި ކުލައެއްގެ ލޮލެކެވެ. ބަލާބެލުމަށް ތިރީހަކަށް އަހަރު ވެދާނެއެވެ. އޭނާ ވާހަކަ ދެއްކުމުން ޒިވާ ހުރީ ހައިރާން ވެފައެވެ. ސާފު ދިވެހި ބަހުން އޭނާ ވާހަކަ ދައްކަނީ އެންމެ ހުއްޓުމެއްވެސް ނައިހެވެ.

“ޒިވް މިއީ ޖެކް.. ގޭގެ ޑްރައިވަރ.. ޖެކް.. މިއީ އަހަރެންގެ ވައިފް ޒިވާ..” ޔައީޝް ދެމީހުން ދެމީހުންނަށް ތަޢާރަފް ކޮށްދިނެވެ. ޖެކް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު ކާރަށް އަރައިގެން ގެއަށް ދާން މިސްރާބު ޖެހިއެވެ. “މަންމަމެންނަކަށް ހަމަ ނޭނގޭނެތަ؟” ޒިވާ ޔައީޝް ކައިރީ ބުނެލީ ޖެކް އެމީހުން ބަލައި އައުމުންނެވެ. “ހޫމް.. އަހަރެން ހަމައެކަނި ޖެކް ކައިރިއޭ ބުނީ އަންނާށޭ.. ޖެކް ނުބުނެޔޭ ދޯ މަންމަމެން ކައިރީ އެއްވެސް ވާހަކައެއް..” ޔައީޝް ހިނިތުންވެލައިފައި އިނދެ ޖެކް އަށް ދޯ އެއްލުމުން އޭނާވެސް ބޯ ޖަހާލިއެވެ. ޒިވާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ޒިވާގެ ނަޒަރު ހުއްޓިފައިވަނީ ސާފުކޮށް އޮތް މަގަށެވެ. ގަސްތަކުގައި ވަނީ ސްނޯ ހަރުލައިފައެވެ. އެއީ ޒިވާ އެންމެ ލޯބިކުރާ މޫސުން ކަމުން އޭނާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އިރުގަނޑެއް ވާންދެން ދުއްވުމަށްފަހު ކާރު ހުއްޓާލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. ޒިވާ ކާރުން ފޭބިއެވެ. އެއިރު ޔައީޝްވެސް ހުރީ ކާރުން ފައިބައިގެންނެވެ. ބޮޑު ފުޅާ ގޭޓެއް ލައިފައި ވާއިރު އެތެރޭގައި ބޮޑުކޮށް ހުސް ޖާގަ އޮތެވެ. ގެއަށް ވަދެވެން އިނި ވޯކްވޭއެއް ހަދައިފައެވެ. މުޅި ގޭގައި ވަނީ ކާޕެޓް ވިނަ ހައްދާފައެވެ. ގެއާއި ތަންކޮޅެއް ދުރުގައި ބޮޑު ހިޔާދޭ ގަހެއް އިނެވެ. އެގަހުގެ ދަށުގައި ބެންޗެއް ބައިންދާލައިފައި ހުއްޓެވެ. ގޭގެ ވަށައިގެން އެތެރޭގައި މާގަސް ހައްދާފައިވެއެވެ. މުޅި ގޭވަޅު ތެރެއިން ފެންނާނީ ފެހިކަމެވެ. ނަމަވެސް އެ ފެހިކަން ވަނި ސްނޯ ތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޮރުވިއެވެ.

ޒިވާ ހައިރާންވެފައި މުޅި ތަނަށް ބަލަން ހުރެވުނީއެވެ. ޔައީޝް ޒިވާގެ އަތުގައި ހިފާލިއެވެ. އެއަށްފަހު ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ދުވާލުގެ ވަގުތު ކަމުން އެންމެން ގޭގައި އުޅޭނެ ކަންވެސް ދެމީހުން ހަނދާނުގައި ބެހެއްޓިއެވެ. ވޯކް ވޭއިން ލައިފައި ބޮޑު ގެއާއި ދިމާލަށް ޒިވާ އާއި ޔައީޝް މިސްރާބު ޖެހިއެވެ. ޔައީޝް އޭނާގެ އަތުގައި އޮތް ތަޅުދަނޑިން މަޑުމަޑުން ގޭގެ ދޮރު ހުޅުވާލިއެވެ. އެއަށް ފަހު އެތެރެއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ގެއެކެވެ. އެ ތަނަވަސް ގޭގައި މެދުގައި ސޯފާ ސެޓެއް ބަހައްޓާގައި ވެއެވެ. ދެފަރާތުން ބޮޑު ދެ ސިޑިން އެރެން ހުރީ ކޮޓަރިތައް ހުންނަ ބަޔަށެވެ. އެބައިގައި ސިޓިން ރޫމަށް ވީ ފަޅީގައި ކުޑަ ބެލްކަންޏެއް ވަށައިގެން ލުމަށްފަހު އޭގެ ފަހަތުގައި ދެން ހުރީ ހުސް ކޮޓަރިތަކެވެ. ސޯފާސެޓްގެ މަތީގައި ވާގޮތަށް އުސް ސީލިންގުގައި ބޮޑު ބޮޑު ޗާންދަލިއާއެއް ހަރުކޮށްފައި އިނެވެ. ވަރަށް ރިތި ގެއެކެވެ. އަދި އެހާމެ ބޮޑެވެ.

ގޭތެރެއިން އެކަކުވެސް ފެންނަން ނެތުމުން ޔައީޝް ހައިރާން ވިއެވެ. އޭނާ ގަޑި ބަލައިލީ އެއްޗެއް ޔަގީން ކުރާ ފަދަ ގޮތަކަށެވެ. “ނަސީބެއްނު.. މަންމަމެން ވާނީ ސައިބޮއެގެން މިގަޑީގަ ކޮޓަރީގަ.. އެކަމް އިރުކޮޅަކުން ނިކުންނާނެ.. ނަވޫ މެން ސްކޫލަށް ދާން ރެޑީ ވާން އުޅޭނީ މިހާރު.. ހިނގާ އަވަހަށް ދެންވެސް ކޮޓަރިއަށް ދެވޭތޯ ބަލަން..” ޔައީޝް ޒިވާ ގާތު ބުނެލިއެވެ. އެއަށްފަހު ކާރު ކައިރީ ހުރި ޖެކް އަށް އިޝާރާތް ކޮށްލީ ފޮށިތައް ނެގުމަށެވެ. ޒިވާ ހުރިތާ ބަހައްޓާފައި ޔައީޝްވެސް ދިޔައީ ޖެކް އަށް އެހީތެރިވުމަށެވެ. ދެ ފިރިހެނުން ވެގެން ދަބަސްތަކާއި ފޮށިގަނޑު ހިފައިގެން ގޮސް ސިޑިން އަރަން ފެށިއެވެ.

އެމީހުން މަޑުކޮށްލީ ޔައީޝް ދިން ތަޅުދަނޑިން ކުރިމަތީގައި ހުރި ކޮޓަރި ޒިވާ ހުޅުވަންދެނެވެ. މަދު ސިކުންތުކޮޅަކަށްފަހު ޒިވާ ދޮރު ހުޅުވާލުމުން އަވަހަށް އެމީހުން އެތެރެއަށް ދެމިގަތެވެ. ދަބަސްތައް ބެހެއްޓުމަށްފަހު ޖެކްވެސް ކޮޓަރިން ނިކުތެވެ. އެވަގުތު ޔައީޝް ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. ޒިވާ ހުރީ އެ ބޮޑު ކޮޓަރިއަށް ބަލާށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެ ކޮޓަރި އެހާވެސް ބޮޑެވެ. ޔައީޗްވެސް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭނާ ނެތް ނަމަވެސް މަންމަ އެ ކޮޓަރި ސާފުކުރާކަށް ޔައީޝްއަށް އިނގުނީ ކޮޓަރިގައި އެންމެ ހިރަފުސްކޮޅެއްވެސް ނެތުމުންނެވެ. އެ ބޮޑު ތަނަވަސް ކޮޓަރީގެ ހަތަރު ފާރުގައި ލައިފައިވަނީ ގަދަ ނޫކުލައެކެވެ. ހުދާއި އެކި ނޫ ކުލަތަކުން ރީތި ޑިޒައިނަކުން ފާރު ޒީނަތްތެރިކޮށްފައި ވެއެވެ. ބޮޑު ކިންގް ސައިޒްގެ އެނދުގައި އަޅާފައި އޮތީވެސް ނޭވީ ބްލޫ ކުލައިގެ ބެޑުޝީޓެކެވެ. ބާލިސްތައްވެސް ހުރީ އެކުލައިގައެވެ.

އެއްފަރާތުގައި ބޮޑު ބޮޑު ހެދުން އަޅުވާ އަލަމާރިއެއް ހުރި އިރު އެޔާ ކައިރީގައި ނޫ ކުލައިގެ ސޯފާ ސެޓެއް ހުއްޓެވެ. އެނދު އިން ބިތާ ދެން އެންމެ ކައިރިކޮށް އިނީ ބޮޑު ބެލްކަންޏެވެ. އެ ތާ އެއްކޮށް ވަނީ ބިއްލޫރި ޖަހައިފައަވެ. އެތަން ފޮރުވާލެވިފައވަނީ ކަނޑު ނޫކުލައިގެ ދިގު ދިގު ދޮރުފޮތި ތަކުންނެވެ. މުޅި ކޮޓަރިގައި ވަނީ ކާޕެޓު އަޅައިފައެވެ. މިހާރު ކެނެޑާއަށް ފިނި ކަމުން ކޮޓަރީގެ އޭސީވެސް ހުރީ ނިއްވާލައިފައެވެ.

ޒިވާ ސިހުނީ ޔައީޝް އޭނާގެ ދެކޮނޑުގައި ހިފާލުމުންނެވެ. ޔައީޝް ޒިވާ ގޮވައިގެން ގޮސް އެނދުގައި ބޭނދިއެވެ. “ކަމުދޭތަ މި ކޮޓަރި؟” ޔައިޝް ޒިވާ އާއި ސުވާލު ކޮށްލިއެވެ. އެވަގުތު ޒިވާ ބޯ ޖަހާލިއެވެ. “ދެން ދޭ ފްރެޝް ވެލައިގެން އަންނަން.. އެޔަށް ފަހު މަންމަމެން ސަޕްރައިޒް ކޮށްލަން ދާނީ ދޯ؟” ޔައީޝް ހިނިތުންވެލައިފައި ބުނެލިއެވެ. އެހިނދު ޒިވާވެސް އެކަމާއި އެއްބަސް ވަމުން ފެންވަރަން ބޭނުންވާނެ ސާމާނުތައް ބަލައި ފޮށްޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޒިވާ ފާޚާނާއަށް ވަނުމުން ދެއަތް ފުޅާ ކޮށްލަމުން ޔައީޝް އެނދުގައި އޮށޯވެލިއެވެ. އަދި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ނަމަވެސް އޭނާ އެހެން އޮށްވާ ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ބިންނަން އެދޭ މާ

Next

ކިޔުންތެރިން

Next
June 29, 2018

ކިޔުންތެރިން

Previews
June 29, 2018

ބިންނަން އެދޭ މާ

83 Comments!

  1. unique says:
    June 29, 2018 at 1:48 pm

    hei sis, thanks sis. upload kuryma

    1. noor says:
      June 29, 2018 at 3:15 pm

      Hei dear.. 🙂 aww.. marhabaa dear.. e varu kameh noonehnu aee… hehe.. 🙂

  2. Kokee says:
    June 29, 2018 at 1:53 pm

    maasha allah…vrh vrh reethi mi part ves…thanks noor sis for uploading…and i am 2nd right….ly sis

    1. noor says:
      June 29, 2018 at 3:16 pm

      jazakillah khairan dear.. 🙂 alhey, its ok dear.. marhabaa.. 🙂 yess dear.. hehe.. congratulations dear.. 🙂 <3<3<3<3<3

  3. kitty says:
    June 29, 2018 at 2:07 pm

    vv nyc. me third dhw.. whn is nxt part??

    1. noor says:
      June 29, 2018 at 3:17 pm

      jazakillah khairan dear.. 🙂 yess dear, congrats.. 🙂 maadhan up kolladheveytho noor try kuraanan in sha allah.. 🙂

  4. maya says:
    June 29, 2018 at 2:20 pm

    mi part ves vvvvvvvv reethi….

  5. Reen says:
    June 29, 2018 at 2:28 pm

    Masha allah…vvvvv reethi mi part ves..thanx a lot for uploading this part…when next part??curiously waiting….

    1. noor says:
      June 29, 2018 at 3:19 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 aww.. aee evaru kameh nooney dear.. hehe.. 🙂 maadhamaa up kohdheveytho noor try kuraanan ingey.. in sha allah.. 🙂

  6. Amee says:
    June 29, 2018 at 2:29 pm

    Vrh vrh reethi❤❤?… masha allah…. when next part noor………..

    1. noor says:
      June 29, 2018 at 3:20 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 maadhamaa up kolladheveytho noor try kollaanan ingey.. in sha allah.. 🙂

  7. GREEN ?? says:
    June 29, 2018 at 2:43 pm

    Oh noor m sorry comment nukurvunima v busy koh miulhuni ehnve gen eii ??????????ekam huriha part ehves kyn n its awesome as always???????????????????????????????btw my favourite color is blue too ekam comment kuraairu name ga green jehy blue eh ulheythy vgn love ya v miss vi please ehn inpart avahah up kohlaba noor dear??????????

    1. noor says:
      June 29, 2018 at 3:23 pm

      alhey dear.. thy sorry bunaavaruge kameh noonehnu dhw? noor ah ves bxy v ma baeh faharah episode thah up ves nukolleveyehnu dhw? ehn v ma aee evves massala eh noon ingey.. :-)aww.. asluvestha? vrh vrh vrh ufaavehje dear ehaa bxy koh ulhemun ves episode thah kiyaalyma.. 🙂 jazakillah khairan dear.. 🙂 hehe.. ehn tha dear? ohh.. ehn tha dear? vrh ufaa vehje dear ehn kudhinnah ves respect kuraa kan ingunyma.. 🙂 aww.. <3<3<3<3<3 missed u too.. 🙂 in sha allah noor ah v emme avahakah up kolladheveytho try kollaanan.. 🙂 ingey dear.. 🙂

  8. Mishy says:
    June 29, 2018 at 3:16 pm

    Hei noor.. vrh vrh bodah sry cmnt nukureveythy.. schl hulhuvunym vrh bx… vrh vrh sry ngh..??????? btw hurihr prt eh s kiyan ngh… they r awsm???????vrh vrh lwbi..❤❤❤❤❤❤❤.. mhr vrh beynun vey xiv nooreen mn suprise khlr goiyy..hehe.. alhey e raifaa ah hrdh nuvisneyey dhwh.. so sad for her… whn nxt? Curiously waitnn… plus cn i gt ur mail? I jxt wnna to be a frnd of u… btw as yu wish ngh dear…????????????????????????⚘⚘⚘???????????

    1. noor says:
      June 29, 2018 at 3:27 pm

      hei dear.. 🙂 alhey its ok yey dear.. evaru kameh noon aee ky.. noor ah ves dear mennah reply nukurevey faharuves aadheyehnu dhw? eh episode ga innaane noor ah evves comment akah reply nukurevi ves.. ehn v ma aee evves massala eh noon ingey.. 🙂 school ga ulhey kudhin bxy vaane kan noor ah vrh rangalhah ingeyey dear.. ehn ve noor mibuny aee evves massala eh nooney.. ingey.. 🙂 asluvestha? vrh ufaavehje dear ehaa bxy kon ulhemun ves e part thah kiyaalyma.. 🙂 aww.. jazakillah khairan dear.. 🙂 hehe.. maadhamaa up kolla dheveytho noor try kuraanan.. in sha allah.. 🙂 aww.. dear you’re so sweet.. 🙂 noor ans eh dheynan fahun ingey.. in sha allah.. 🙂

    2. Niher says:
      June 30, 2018 at 12:45 pm

      Noor dear. Alhugr vx ??

  9. Mal says:
    June 29, 2018 at 3:21 pm

    Data huss v ma adhi mikiyaalii kurii dhuvahuge part ves… Ehn be comment nukurevunii…. But v v reethi vaahaka mihaaru mi dhaagoi…. Curiously waiting for next part..

    1. noor says:
      June 29, 2018 at 3:29 pm

      alhey ehn tha dear? it’s ok dear.. mihaaru kiyaalevihje ehnu dhw? 🙂 it’s ok dear.. 🙂 asluvestha? vrh vrh vrh vrh ufaavehje dear ah story kamudhaathyve.. 🙂

    2. noor says:
      June 29, 2018 at 3:29 pm

      jazakillah khairan dear.. 🙂

  10. Maya says:
    June 29, 2018 at 3:37 pm

    Woah… MashaAllah ?????vvv reeethi.. Alhe so sad for raifa.. Adhives nuvisney dhww????nooreen men surprise kohlaa goih balaalan mihaaru enme beynumyy?????????????????vv habeys… Waiting for Next part… Vvvvvvvvv Curious… ?????luv yah bodukoh ????

    1. noor says:
      June 29, 2018 at 3:42 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 alhey.. balamaa dhn vaagotheh.. 🙂 hehe.. aww.. <3<3<3<3<3

  11. Nunnu says:
    June 29, 2018 at 4:27 pm

    amazing
    hama vvvv reethi mi part ves
    kihineh baa ziv emeehunnah surprise dheynee
    alhey vv kiyaahiy ve eba
    kiyaahithun thanaku madun hureveny ehves noon
    maadhan kon irakun tha next part genes dheynee
    noor

    1. noor says:
      July 3, 2018 at 4:39 pm

      jazakillah khairan dear.. 🙂 balamaa dhw vaagotheh.. 🙂 hehe.. alhey vrh bodah sorry ebai las v ma.. noor vrh masahkaiyy kurin ebai vrh avahah up kolladheveytho.. ekam hama nuvy.. 🙁

  12. Blue ? says:
    June 29, 2018 at 5:51 pm

    Alheyy haadha furihama ey hama speechless???❤️❤️??. Varah lowbi zivaa mn ge part thah.??? . Dear kon irakun tha next part? Vvvv kiyaalaa hithun mihury… Noor dear you are the best and this story is awesome ly sis??????❤️❤️❤️❤️?????.

    1. noor says:
      July 3, 2018 at 4:41 pm

      jazakillah khairan dear.. 🙂 hehe.. dhn varah avahah up vaane kamah mi balany.. 🙂 aww.. ekam noor ah thi words hama worth tha? noor ah haadha dhuvahe vehjeyey nxt episode up nukureveythaa.. vrh vrh vrh bodah sorry.. 🙁 jazakillah khairan dear.. vrh vrh vrh bodah.. 🙂 <3<3<3<3<3

    2. Blue ? says:
      July 3, 2018 at 9:47 pm

      Of course worth vey hama it’s ok ey busy ves vaanennu dho dear ❤❤??.

  13. Jinn says:
    June 29, 2018 at 9:07 pm

    Varah reethi mi part ves. Nooreen ah kihineiba vaany Ziva fenunyma? Waiting for next part.

    1. noor says:
      July 3, 2018 at 4:42 pm

      jazakillah khairan dear.. 🙂 hehe.. balamaa dhw… 🙂

  14. Twinkle? says:
    June 29, 2018 at 9:26 pm

    Wow… alhe dear kihineh thr ehaa molhah stry liyany… masha allah vvvv rythi…❤❤❤??? maya ebuni hn nooreen mn surprise khlaa goih balaalan mihaaru beynumy… curiously waiting for the nxt part…

    1. maya says:
      June 30, 2018 at 5:33 pm

      hey mizu darls ….

    2. Twinkle? says:
      June 30, 2018 at 8:05 pm

      Alhey maya ma buni vaahaka hndhaan nethuny ehaa avahah??????

    3. noor says:
      July 3, 2018 at 4:46 pm

      jazakillah khairan dear.. 🙂 alhey… 🙂 always try.. no matter what others say, try to reach your goal.. 🙂 misraabeh nethi dhuvvaa odiakah manzileh noannaanehnu dhw.. ehn v ma target eh abadhuves kanda alhaigen kudakoh hama masahkaiyy kollan jeheynee emme best aa hama ah reach vaan.. 🙂 al’hamdhulillaah, miadhu noor ah mi hunaru maaiyy allah dhevvythy.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂

  15. unique says:
    June 29, 2018 at 11:06 pm

    vvv loabi just luv it curiously waiting to read next part

    1. noor says:
      July 3, 2018 at 4:46 pm

      aww.. jazakillah kahiran dear.. 🙂 vrh vrh vrh bodah sorry ingey 35th part las v ma.. 🙁

  16. Rash says:
    June 30, 2018 at 12:19 am

    Very very nice ❤️ waiting for next part

    1. noor says:
      July 3, 2018 at 4:48 pm

      jazakillah khairan dear.. 🙂 keep waiting dear.. 🙂

  17. Panda?❤ says:
    June 30, 2018 at 1:25 am

    Hi noor dear. Sorry ingey Panda handhaaney nuhurey hurihaa part thakah cmmnt kuraakah. Masha Allah vvvvvvvvvvvvvvvvvv reethi mi part wes. Alheyyyy Dhen waany kihineh baa????????❤❤❤❤❤❤❤❤❤❤❤❤

    1. noor says:
      July 3, 2018 at 4:50 pm

      salaam dear.. 🙂 alhey it’s ok ingey.. noor ah ves nxt part up nukurevi haadha laheh vehjeyey.. aharemennaky insaanunnehnu dhw? ehn v ma kuh ves kureveyne.. it’s ok ingey.. noor ge hithuga neiyy dear aa dheytherey evves bura kameh.. 🙂 aww.. jazakillah khairan dear.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂

  18. H@woo says:
    June 30, 2018 at 8:53 am

    noor sis hawwo hithuga onna suvale mee. kuree episode egga ayanee adhyan dheke rulhi ai vahak ovey. adhyan maa rulhi gadha eeyo den ekalaha vahaka aanee dhekki. den kulli aka marry kuri vahaka othyma.. noor sis handhan nethuny kama mi hykurany

    1. noor says:
      July 3, 2018 at 4:53 pm

      yess dear.. nooney dear aee alyan.. alyan aky ayaanee ge kuryge BF.. dhn mihaaru ayaanee marry kohgen eulheny adhyan aa.. adhayan aky kurin ves ayaanee mennaa eky ulhunu boy eh.. yaeesh ge best friend eh.. zayaan gothah.. 🙂 nooney noor handhaan nethunyky noon ingey dear.. kudakoh ehvatharu 2 name dhw aee.. 🙂 kudakoh name eh vahtharu v ma dear ah olhun ery dhw? hehe.. it’s ok ingey.. vrh ufaavehje dear ge hithuga oiyy suvaalu noor aa kohlyma.. 🙂

  19. naash says:
    June 30, 2018 at 9:06 am

    maasha allah vvvv reeethi

    1. noor says:
      July 3, 2018 at 4:55 pm

      jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  20. Gud says:
    June 30, 2018 at 9:38 am

    Nooreenmn ah vaanii kihineiibaa… maashaallah vrh reethi mi part vx… avahah aneiibai up kohlahcheii igey …

    1. noor says:
      July 3, 2018 at 5:52 pm

      hehe.. balamaa dhw vaagotheh.. 🙂 jazakillah khaira dear.. 🙂 vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 vrh bodah sorry 35th part las v ma ves.. ekam noor ah hama v varu.. keeh kuraany.. 🙁

  21. Livee says:
    June 30, 2018 at 10:13 am

    Masha Allah varah reethi

    1. noor says:
      July 3, 2018 at 5:53 pm

      jazakillah khairan dear.. 🙂

  22. A fan of noon stories says:
    June 30, 2018 at 11:00 am

    Varah reethih masha allah
    Miadu upload koh laa thih please varah bodu eh dumeh

    1. noor says:
      July 3, 2018 at 5:54 pm

      jazakillah khairan dear.. 🙂 aalhey vrh vrh vrh bodah sorry ingey dear buneli dhuvahu up nukohdhevythy.. 🙁

  23. Kokee says:
    June 30, 2018 at 11:46 am

    alheyy….hama wait eh nukureve ey mi syory kiyaa lan…..hehe…..avahah up kohdheeba….noor dear pls pls pls

    1. noor says:
      July 3, 2018 at 5:56 pm

      alhey vvvvvvvvvvvv bodah sorry ingey dear.. 🙁

  24. Reny says:
    June 30, 2018 at 4:48 pm

    Alhey….naaish islaahu vejjiyya eyna jheheyne raifa huttuvan….

    1. noor says:
      July 3, 2018 at 5:57 pm

      hehe.. balamaa dhw dhn vaagotheh.. 🙂

  25. tweety says:
    June 30, 2018 at 9:38 pm

    Masha allah. Mi part ves hama varah habeys.????❤❤Keep it up dear.waitin for the next part.

  26. najla says:
    June 30, 2018 at 10:39 pm

    Aee alyan eynuh adhyan eh nooneh nuh

  27. Jinn says:
    July 1, 2018 at 12:04 pm

    Waiting for next part……

  28. Nunnu says:
    July 1, 2018 at 2:26 pm

    what do you mean
    alyan ey yaanee ah olhuvaali kuhjaa
    adhyan ey yaeesh ge best friend eh kureegaves
    and now yaanee ge husband

  29. Nunnu says:
    July 1, 2018 at 2:27 pm

    noor koba tha next part

  30. Niher says:
    July 1, 2018 at 3:10 pm

    Kobaa next part?

  31. Hey says:
    July 1, 2018 at 3:26 pm

    When is the next part? Are you a school student?? Just asking nge please don’t mind?..

  32. H@woo says:
    July 1, 2018 at 3:47 pm

    Yea, thats alyan. sorry hehe.

  33. Kokee says:
    July 1, 2018 at 5:37 pm

    alhey…dear up koh dheeba…pls pls sis…waiting waiting….ly

  34. Khaleesi says:
    July 1, 2018 at 8:21 pm

    Kobaa vaahaka dear can’t wait too long

  35. Reen says:
    July 1, 2018 at 10:51 pm

    Alhey…avahah up kohdheeba….kiyaaa hithun hurevenyky eh noon….pls pls noor sis.

  36. kitty says:
    July 2, 2018 at 1:32 am

    wat happeend sis?? u buxy v dhw. avahah up kohla dhyba.. vv kiyaa hiyy vejje

  37. Anonymous says:
    July 2, 2018 at 9:10 am

    Avahah up kohdheebr dhn

  38. ޖިންނި says:
    July 2, 2018 at 11:23 am

    ނޫރު ކޮބާ ވާހަކައިގެ އަނެއްބައި؟ ހާދަ ލަސް ވެއްޖެޔޭ. ތަންކޮޅެއް އަވަހަށް އަޕް ކޮށްލަ ދީބަލަ ޕްލީޒް

  39. ??? says:
    July 2, 2018 at 1:21 pm

    noor vaahka liyelaa iru lolah hama sifa velaa..☺☺haadha Haaguru hama ey mivaahaka.??..mashaAllah?thank u?? noormihaareethivaahakaeh genesdhevvaathee??xiv n yaeevs haadha matching ey???noor I am so swrry,that I haven’t comment to the story before??…will u forgive me???I had a big question….actually what is ur name????noor,be mi vaahaka aky mihaathanah kiyunu emme heart touching vaahka…????MASHA ALLAH????

  40. ??? says:
    July 2, 2018 at 1:22 pm

    When next noor?

  41. abaa says:
    July 2, 2018 at 3:52 pm

    noor kobaa naext part mihaaru 2 days vejje ehnnu up nukuraathaa
    mee rulhi aissgen buni ehcheh noon ingey thankolheh lasvaathee mihen bunely 🙂

  42. Sana says:
    July 2, 2018 at 6:45 pm

    Kobaatha next part????????????

  43. Blue ? says:
    July 2, 2018 at 7:01 pm

    Noor dear kobaa tha next part? Abadhu beleny up vefa intho ??? please please please avahah up kodheeba ??❤❤❤❤❤❤❤??.

  44. Fathimath says:
    July 2, 2018 at 8:43 pm

    Mi part ves varah reethi Maasha Allah…Haadha lasvehjey next part…Plx thankolheh avas kohladheeba..

  45. ޖިންނި says:
    July 2, 2018 at 8:44 pm

    Noor Dear, Koba hey next part?

  46. Saaii says:
    July 2, 2018 at 11:21 pm

    Alhey kobaatha vaahaka…can’t wait too long noor drln ?? btw maasha allah v rythi mi vaahaka kuriah gendhaaleh..keep it up..v love ?

  47. Rash says:
    July 2, 2018 at 11:26 pm

    Alhe kobaatha next part ….
    Waiting Hama next part ah …

  48. Khaleesi says:
    July 3, 2018 at 8:05 am

    Alheyy adhi vx up nuvey tha?? Noor dear are you okay??? Iru irukolhaaa Beleny hama
    V v v kiyaaa hithun mi innany please avas kohdhybah dear

  49. Anonymous says:
    July 3, 2018 at 8:53 am

    Adhivx noolhey thr up kuraakah ?

  50. Farrdhaa says:
    July 3, 2018 at 9:49 am

    Waiting waiting

  51. Baby girl ❤ says:
    July 3, 2018 at 10:39 am

    Noor..
    Koba tha next part can’t wait much……..to read

  52. Shairee says:
    July 3, 2018 at 12:52 pm

    Alhe adhives up nuvey???? Haadha las vany???

  53. Flower says:
    July 3, 2018 at 3:07 pm

    Huttaalee tha mi vaahaka kuri ah gen dhiun?? ? haadha dhera ey mi site ga gina vaahaka thah kuri akah nudhey??.

  54. Eny says:
    July 3, 2018 at 3:32 pm

    Whn next part??

  55. Zelll says:
    July 3, 2018 at 3:35 pm

    NOOOR DEAR, after so long mi on vevuny but i’ve kept in touch and emme hit vy ehdhuvaskolhu comment nukurevuny sorry but adhivesss this is my faaaaav!!!!!!!!!!!!!! Keep it up dear

Comments are closed.


All Right Reserved!