ދެތިން ގޯޅި އަޅާލުމާއެކު ދާނިޔަލްއަށް ހުރެވުނު ހިސާބު ޔަގީނާ ގާތަށް އިނގުނެވެ. ގެއާއި އަދި މާ ގާތް ނޫން ކަމުން އަދި ތަންކޮޅެއް ދުރަން ހިނގަން ޖެހޭނެކަމަށް އޭނާގެ ޒަމީރު އޭނާއަށް ވަގުތުން ލަފާ ދިނެވެ. ހިތްވަރާއެކު ކުރިޔަށް ދިޔަ ދާނިޔަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވަނީ އެކޮޓަރިގަނޑުން ސަލާމަތްވެވުމުންނެވެ. ސަލާމަތުގެ އައްސޭރިއާއި ގާތްވާކަމުގެ އިޙުސާސް ކުރެވެމުން ދިޔަ ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ މީހެއްގެ އަޑަށެވެ. “ކަލޯ އަވަސް.. އެހުރީ އޭނާ..” ޝިޔާމް ބާރުބާރަށް ރިޒާއަށް […]
”ޕިސް ޕިސް ޕިސް…. އާދެ ވިއްޖެ ދޯ! މިހާރު ކޮން އިރެއް މިތާ ތިބޭތާ ނިފޫ ނައިސްގެން.. ބަނޑުހައި ވެގެން ގޮސް ހަލާކުވެއްޖެ މިހާރު… ދެންވެސް އަންނަން ވީ ތިތާ ނުހުރެ ކާން…” ނިފްޝާ އައުމުން ނިޔާޝް ބުނެލިއެވެ. ”ނިފޫ ދޮންބެ މިއަދު އެހިން ވާހަކައެއް ނިފޫމެން ސުކޫލްގަ ވީ ކަމެއް….” ނިޔާޝް ބުނެލިއެވެ. ”ކޮން ވާހަކައެއް އަނެއްކާ؟” ނިޔާޝް އެއުޅެނީ ބުނަން ކޮން ވާހަކައެއް ބާ އޭ ނިފްޝާގެ ހިތަށްއެރިއެވެ. ”ދޮންބެމެންނަށް އަނެއްކާ އިނގުނީ ހެއްޔެވެ؟ ނޫން އެހެންނެއް ނުވާނެ…” ނިފްޝާ ހިތަށް އެރިއެވެ. ނިފްޝާގެ މޫނުމަތިން ދާތިކިތައް ފާޅުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ”މިއަދު ދޮންބެ ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީގައި ކޮންމެވެސް ކުއްޖަކު ގޮވާފައި އެހީ ތި ނިފްޝާގެ ދޮންބެހޭ… ދެން ދޮންބެ ބުނިން އާއެކޭ… ފިރިހެން ކުއްޖެއް އެއީ.. ބުނީ މިއީ ނިފްޝާގެ ކުލާސް ކުއްޖެކޭ.. ނަމެއް ނުބުނި.. ދެން އެކި ވާހަކަތައް ދައްކާފަ ދޮންބެއަށް ދެއްކީ ފޮޓޯއެއް.. ބުނީ އެއީ ނިފްޝާއޭ… ނިފޫ ހުރީ ފިރިހެން ކުއްޖަކަށް ކޭކު ލަވަން އެ ފޮޓޯގަ.. ދޮންބެ ވަރަށް ރަނގަޅަށް ބެލިން އެފޮޓޯއަށް… ނިފޫ ކޭކު ލަވަން ހުރި ފިރިހެން ކުއްޖަކީ އައިޒަން.. ދޮންބެ ވަރަށް ރަނގަޅަށް ދަންނަން އައިޒަން…. މިސްކިތުން ދިމާވޭ ކޮންމެ ދުވަހަކު ކަހަލައިން…. ދެން ދޮންބެ އެހިން އެ ކުއްޖާގާތު ތި ކޮނދުވަހަކު ނެގި ފޮޓޯއެއް ހެއްޔޭ؟ އެކުއްޖާ ބުނީ އެއީ ނިފޫގެ އުފަންދުވަހު ނެގި ފޮޓޯއެކޭ… ސުކޫލްގެ ޕްލޭ ގުރައުންޑު ގައި ކުރިކަމެކޭ ބުނީ… އެހެން ގޮސް ވަރަށް ވާހަކަ ދެއްކި… މިހާރު މާ ބޮޑަށް ހަނދާނެއްވެސް ނެތް…” ނިޔާޝް ގެ އެ ވާހަކައިން ނިފްޝާއަށް އެއީ އިހްސާންކަން ޔަޤީންވިއެވެ. އިހްސާން ނޫން ދެވަނަ މީހަކު އެކަހަލަ ކަމެއް ނުކުރާނެއެވެ. ނިޔާޝް އެ ކިޔައިދިން ވާހަކައިން ނިފްޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އިހްސާން އަށް އެކަހަލަ ކަމެއް ކުރަން ކެރުނީ ތީއެވެ. މިފަހަރުވެސް ނިފްޝާ ކޮޓަރިއަށް ގޮސް ވަނީ މޫޑު ކެޓުމުންނެވެ. ކާން އެޅި ބަތް ތަށިވެސް ބަހައްޓާފައިއެވެ. ނިޔާޝްގެ އެވާހަކައަށް ބަހެއްވެސް ބުނެނުލައެވެ. ”ނިޔާޝް ސާބަސް އިނގޭ…. މިއަދު އެއްކޮށް އެހުންނަނީ މޫޑު ކަޓާފައޭ މަންމަ ބުނީ.. ދެން ތި ވާހަކަ އެހެން ދުވަހަކު ވެސް ބުނެވިދާނު މިއަދު ނުބުނެ… ނުވެސް ކާ އެދިޔައީ….” ޒީނާ ނުރުހިފައި ބުނެލިއެވެ. ”ދެން އަހަރެންނަކަށް ވެސް ނޭނގޭ އެހެން ވާނެ ކަމެއް… އެކަން އޮޅުން ފިލުވައިލަން އަހަރެން މި އެހީ…. އެހެން ވާނެ ކަމެއް ކިހިނެއް އިނގޭނީ….” ނިޔާޝް ވެސް ދެރަވެލައިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. ***3 މަސް ފަސް*** މިއަދަކީ ލިމްޝާ އާއި ސުހެއިލުގެ ކައިވެނި އޮންނަ ދުވަހެވެ. ދެ އާއިލާއިން ވެސް އެކަން ފާހަގަ ކުރަނީ ވަރަށް ކުލަގަދަ ކޮށެވެ. ކައިވެނި އޮންނަނީ ސުހެއިލު މެން ގޭގައި ކަމުން އެންމެން ވެސް އަވަދިނެތި އުޅެމުން ދަނީ ގޭ ތައްޔާރު ކުރުމުގައި އާއި ކެއްކުމުގައިއެވެ. އެއްބަޔަކު އެއްޗެހި ކޮށަމުން ދިޔައިރު އެނެއްބަޔަކު އުޅެނީ ކެއްކުމުގައިއެވެ. ޕާޓީގެ ތީމް އަކީ މެރޫން ކުލައާއި ލައިޓް ޕިންކެވެ. މުޅި މާހައުލު ޒީނަތްތެރި ކޮށްފައިވަނީ އެދެ ކުލައިންނެވެ. ތަނަށް ބަލައިލި ކޮންމެ މީހަކުވެސް ތައުރީފުގެ ބަހެއް ބުނެ ނުލައި ނުދެއެވެ. އެއީ ނިޔާޝްގެ ބުރަ މަސައްކަތެވެ. ޕާޓީ އޮންނަނީ މިރޭ އަށެއްގައި ކަމުން އެންމެން ވެސް އަވަދިނެތި އުޅެމުން އެ ދަނީ އަވަހަށް ނިމޭތޯއެވެ. ހުދު ކުލައިގެ ބޮޑު ހެދުމަކާއި ހަމަ އެކުލައިގެ ވިދާ ޝޯލްއަކާއި އެކު އަތުގައި އޮތް މެރޫން ކުލައާއި ފިޔާތޮށި ކުލައިގެ މާ ބޮޑިން ލިމްޝާގެ ރީތިކަން ދުލުން ބަޔާން ކުރަން ވެސް ދަތި ވާނެއެވެ. އަދި ހެދުމުގައި ހުރި ކުދި ކުދި އެސްތަކުން އެރީތިކަން އިތުރުވެއެވެ. ކޮށްފައިވަނީ ލުއިމޭކަޕްއެކެވެ. ލިމްޝާ ފެންނަ ކޮންމެ މީހަކުވެސް އެ ރީތިކަމަށް ތައިރީފު ކޮށްނުލައި ނުދެއެވެ. ”ދައްތާ… އަޅުގަނޑަށް ހީވޭ މިރޭ ދައްތަ ގެއްލޭނެހެން އަދި…” ނިފްޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. ” ކީއްވެ ގެއްލެން ވީ…” ލިމްޝާއަށް އެ ބުނި އެއްޗެއް ނޭނގިގެން އަހައިލިއެވެ. ” ރީތިކަމުންނެއްނު… މާޝާﷲ… މިރޭ ދައްތަ ވަރަށް ރީތި..” ނިފްޝާ ބުނެލިއެވެ. ” އެހެން ދޯ… ނޭނގޭނުން… އެންމެ ދުރު ދުރުން ވިޔަ ވާހަކަ ފަށަނީ… އެނީވޭ ތެންކްސް ނިފޫ…” ލިމްޝާ އުފާވެލައިފައި ބުނެލިއެވެ. އިރުކޮޅަކުން މަންމަ އައިސް ގާޒީން އައިއްސިއޭ ބުނުމުން ދެން އަވަސްވެގަނީ ކައިވެނި ކުރާ ތަނަށްދިޔުމަށެވެ. މެރޫން ކުލައިގެ ފަޓުލޫނަކާއި ހުދު ކުލައިގެ ގަމީހެއްގެ މަތިން މެރޫން ކުލައިގެ ކޯޓެއް ލައިގެން ހުރި ސުހެއިލުގެ ރީތި ކަން އިންތިހާއެވެ. އަދި އިސްތަށިގަނޑު ސުޓައިލް ކޮށްލައިފައިވާ ގޮތުން އެ ފިރިހެން ވަންތަ ކަން އިތުރު ކޮށްދެއެވެ. ލިމްޝާ ފެނުމުން ސުހެއިލުއަށް އެހެން ތަނެއް ބަލައިލާންވެސް ނޭނގުނެވެ. ހީވާގޮތުން ސުހެއިލު އެހުރީ ލިމްޝާ ނުފެނިގެން ކެތްމަދު ވެފައިއެވެ. ލިމްޝާއަށްވެސް ސުހެއިލު ފެނުމުން ވީ އެވަރެވެ. ގަބުވެފައި ހުރެވުނީއެވެ. ދެމީހުން ގޮސް މޭޒު ދޮށުގައި އިށީންނުމުން ކައިވެނި ފެށިގެން ދިޔައެވެ. ”އަނބި ގަބޫލުކޮށްފިން..” ސުހެއިލުގެ ދުލުން އެ ބަސް ނިކުތުމާއިއެކު ލިމްޝާއަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވުނެވެ. ދެމަފިރިންވެސް ތިބެން ޖެހިފައިވާ ތަނަށް ގޮސް ކުޑަ އިރުކޮޅެއް ނުވަނީހެން މީހުން އަންނަން ފަށައިފިއެވެ. ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމުން ހަމައެކަނި އަންނަނީ އަވައްޓެރިންނާއި އާއިލާމީހުންނާއި ތިމާގެ މީހުންނާއި ރައްޓެހިންނެވެ. އާއިލާ އެންމެން ވެސް ތިބީ މެރޫން ކުލައިގެ ހެދުމާއިއެކު ފިޔާތޮށި ކުލައިގެ ޝޯލް އަޅައިގެންނެވެ. މެރޫން ކުލައިގެ ބަޓަފުލައި އަބާޔާއަކާއިއެކު ފިޔާތޮށި ކުލައިގެ ޝޯލް އެއް ބޮޑުކޮށް އަޅައިގެން ހުރި ނިފްޝާ އެހެން ދުވަސް ދުވަހާއި ތަފާތެވެ. ކަޅުހެދުން ލާ ކުއްޖަކު ކުލަ ހެދުން ލީމަ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެ ރީތިކަން ވީ ދެގުނައެވެ. ހެދުމުގެ މޭމަތީގައި ހަރުކުރެވިފައިވާ ފިޔާތޮށިކުލައިގެ މާގަނޑުގެ ސަބަބުން ނިފްޝާއާއި އެހެދުން ވަރަށް ގުޅެއެވެ. އެންމެންވެސް ތިބީ އެއްގޮތަކަށެވެ. ނަމަވެސް ނިފްޝާއަކީ ބަޓަފުލައި އަބާޔާ ލާ ކުއްޖެއްކަމުން ހަމައެކަނި ތަފާތީ ނިފްޝާގެ ހެދުމެވެ. ފޮޓޯ ނެގުމަށްޓަކައި އާއިލާއެންމެން ގޮސް ލިމްޝާމެން ގާތު ހުއްޓުނެވެ. ނަމަވެސް ނިފްޝާއަށް ނޭނގުނު ކަމަކީ މިރޭވެސް އޭނާއަށް މީހުންތަކެއް ޕާޓީ ތެރޭގައި ފާރަލަމުން ދިޔަކަމެވެ. ”ދަރިފުޅުމެން ދެން ދޭ ކާން… މިހާރު މީހުންވެސް މަދެއްނު…” އިނާޝާ އެހެން ބުނުމުން ލިމްޝާ ނޫނީ އިނާޝާގެ ހުރިހާ ދަރިން ކާން ދިޔައެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑު ކަމުން ކަމަށްވެސް ވެދާނެއެވެ. ތަށްޓަށް ކާ އެއްޗެހި އަޅަން ހުރި ނިފްޝާއަށް ތަންކޮޅެއް ދުރުގައި ހުރި ހަނާން ފެނުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ހަނާން ގާތު ނިފްޝާ ހުއްޓުނެވެ. ”ނިފޫ… ހާދަ ރީއްޗޭ މިރޭ… ކިރިޔާ ވަކި ކުރަން ވެސް އިނގުނީ..” ކައިރިއަށް އައިސް ހުއްޓުނު ނިފްޝާ ފެނުމުން ހަނާން ބުނެލިއެވެ. ”ހަނާ ވެސް ވަރަށް ރީތި މިރޭ… މާޝާﷲ…. ކީއްވެފަ މިތާ އެކަނި ތި ހުންނަނި؟؟” ނިފްޝާ ހަނާން އަށް ތައުރީފު ކޮށްލަމުން އަހައިލިއެވެ. ”މިހުރީ ޝާނާ ނައިސްގެން… ފާހަނާއަށޭ ކިޔައިފަ ދިޔައީ… އަދިވެސް ނާދެ.. މިހާރު ތިރީސް މިނެޓް ވަރަކަށް ވެދާނެ…” ހަނާން ބުނެލިއެވެ. ”ހިނގާ ދާން ހޯދަން ދާން.. ކޮންމެވެސް ކަމެއް ވީމަ އެއްނު ލަސް ވަނީ އެ…” ނިފްޝާ އެހެން ބުނެފައި ހިނގައިގަނެވެ. ހަނާންވެސް ނިފްޝާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަނެވެ. ފަހުން ފަހުން އައިސް ނިފަޝާއަށް ނޭނގުނު ކަމަކީ އޭނާގެ ފަހަތުން ހަނާން ނާންނަކަމެވެ. ނިފްޝާ ހުރީ ހާސްވެ ކަންބޮޑުވެފައިއެވެ. އެއީ އޭނާގެ ރަހުމަތްތެރިޔާއަށް ކަމެއްވެދާނެތީއެވެ. ނަމަވެސް ނިފްޝާއަށް ނޭނގުނުކަމަކީ އޭނާގެ އެ ދެ ރައްޓެހިން އޭނާއަށް ހެޔޮ ނޭދޭ ކަމެވެ. ”އާހް……….” ނިފްޝާއަށް ހަޅޭލަވައިގަނެވުނީ އޭނާގެ ނޭފަތާއިކައިރީ މީހަކު އައިސް ފޮތަގަނޑެއް އެޅުމުންނެވެ. އެމީހާގެ ކައިރިން ސަލާމަތްވެވޭތޯ ނިފްޝާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ބާރުގަދަ ދެ އަތުން ނިފްޝާއަށް ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ހުރިހާ ފަހަރަކު ވެސް ވަނީ ނާކާމިޔާބެވެ. ނިފްޝާއަށް އެމީހެއްގެ މޫނު ފެންނަ ގޮތެއް ނުވެއެވެ. ސަބަބަކީ އެމީހާގެ މޫނުގައި އަޅައިފައިވާ މާސްކުންނެވެ. ނިފްޝާ އެމީހެއްގެ އަތް މައްޗަށް ހަބަރު ހުސްވީ އެތައް އިރަކު ތެޅި ތެޅި އޮއްވައެވެ. އޭގެ ތަންކޮޅެއް ފަހަތުގައި ދެ އަންހެން ކުދިން ހެވިފައި ތިއްބެވެ. ހީވާގޮތުން އެދެ ކުދިންނަކީވެސް އެކަމުގެ ތެރޭގައި އުޅޭ ކުދިންނެވެ. ”ނިފޫ…. ނިފޫ….. ނިފޫ…..” ނިޔާޝް ވެފައިހުރި ހާސް ކަމާއިއެކީ އޭނާ ހޯދަމުން އެދަނީ އޭނާގެ ކޮއްކޮ ނިފްޝާއެވެ. މިހާރު ނިފްޝާ ހޯދައިތާ އެއް ގަޑިއިރު ވަނީއެވެ. ނަމަވެސް ނިފްޝާފެންނަ ގޮތެއް ނުވިއެވެ. ނިފްޝާގެ ރައްޓެހި ހުރިހާ ގެއެއް މިހާރު ބަލައިފިއެވެ. ”ނިޔާޝް! ދެން ހިނގާ ފުލުނުންނަށް އަންގަން… މިހާރު ހޯދައިތާ ކޮޮންއިރެއް… ނުބަލާކަށް ތަނެއް ނެތް… މި ކުޑަ ކުޑަ ރަށުގަ ކިހިނެއް ކުއްޖަކު އެހައި ފަސޭހައިން ގެއްލޭނީ… މިތާ ތިބި އެންމެން ކައިރީ އެހީމަވެސް އެބުނީ ނުފެނޭ..” އިނާޝާ ރޮވިފައި ހުރިހާ ވާހަކައެއް ކިޔަމުން ދިޔައެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިއެއް ގެއްލުމުން އަސަރުނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ އާއިލާ އެންމެން ވެސް ހޯދަމުން އެދަނީ ނިފްޝާފެނޭތޯއެވެ. ނިފްޝާގެ ބައްޕަ ސުޖާއުއަށް އެހަބަރު ލިބުމުން ވީ ގޮތް ބުނަން ވެސް ނޭނގެއެވެ. މިހާރު ސުޖާއު އެއުޅެނީ ރަށަށް އައުމުގެ މަގުމަތީގައިއެވެ. ނިފްޝާއަށް ހޭވެރިކަން ވީ އިރު އޭނާ އޮތްތަނުން ދިޔައީ ސިއްސައިގެންނެވެ. ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ތަންކޮޅަކުއެވެ. ކަނު އަނދިރި ތަނެކެވެ. އެއްވެސް ދިރޭ މަޙްލޫގެއްގެ ހިލަމެއްނުވެއެވެ. ނަމަވެސް އޭގެ ކުޑަ އިރު ކޮޅެއްފަހުން ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ނިފްޝާ އަވަހަށް އެތަނުން ތެދުވަން އުޅުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ނިފްޝާއަށް ތެދުވެވޭ ގޮތެއްނުވިއެވެ. މުޅިގައިގާ ރިއްސާތީއެވެ.އަދި ހަތަރެސް ފައި ބަނެފައިވާތީއެވެ. އިރުކޮޅަކުން އެތަނުގެ ދޮރު ހުޅުވައިފައި ވަނީ އިސްކޮޅު ދިގު ހިކި ޒުވާނެކެވެ. އަނދިރިވުމުގެ ސަބަބުން ނިފްޝާއަށް އެމީހެއްގެ މޫނު ސާފެއްނުވިއެވެ. އެމީހާގެ ފަހަތުން ދެ އަންހެން ކުދިން ވަދެގެންއައެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނިފްޝާއަކަށް އެއް ގޮތަކަށްވެސް ނޭނގުނެވެ. އެ ފިރިހެން މީހާ ވާހަކަ ދައްކަން ފެށުމުން ނިފްޝާއަށް އެއީ ކާކުކަން ރަނގަޅަށް އެނގުނެވެ. ނަމަވެސް ފަހަތުގައި ހުރި އަންހެންކުދިންގެ ގޮތެއް ނޭނގުނެވެ. ނިފްޝާ އިނީ ބިރުން ތުރުތުރު އަޅައިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހާ ނިފްޝާގެ ގާތަށް އައީ މިނިކާވަގެއް ފަދައިންނެވެ. (ނުނިމޭ)
ނިފްޝާއަށް ހޭވެރިކަން ވީ އިރު އޭނާ އޮތްތަނުން ދިޔައީ ސިއްސައިގެންނެވެ. ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ތަންކޮޅަކުއެވެ. ކަނު އަނދިރި ތަނެކެވެ. އެއްވެސް ދިރޭ މަޙްލޫގެއްގެ ހިލަމެއްނުވެއެވެ. ނަމަވެސް އޭގެ ކުޑަ އިރު ކޮޅެއްފަހުން ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ނިފްޝާ އަވަހަށް އެތަނުން ތެދުވަން އުޅުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ނިފްޝާއަށް ތެދުވެވޭ ގޮތެއްނުވިއެވެ. މުޅިގައިގާ ރިއްސާތީއެވެ.އަދި ހަތަރެސް ފައި ބަނެފައިވާތީއެވެ. އިރުކޮޅަކުން އެތަނުގެ ދޮރު ހުޅުވައިފައި ވަނީ އިސްކޮޅު ދިގު ހިކި ޒުވާނެކެވެ. އަނދިރިވުމުގެ ސަބަބުން ނިފްޝާއަށް އެމީހެއްގެ މޫނު ސާފެއްނުވިއެވެ. އެމީހާގެ ފަހަތުން ދެ އަންހެން ކުދިން ވަދެގެންއައެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނިފްޝާއަކަށް އެއް ގޮތަކަށްވެސް ނޭނގުނެވެ. އެ ފިރިހެން މީހާ ވާހަކަ ދައްކަން ފެށުމުން ނިފްޝާއަށް އެއީ ކާކުކަން ރަނގަޅަށް އެނގުނެވެ. ނަމަވެސް ފަހަތުގައި ހުރި އަންހެންކުދިންގެ ގޮތެއް ނޭނގުނެވެ. ނިފްޝާ އިނީ ބިރުން ތުރުތުރު އަޅައިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހާ ނިފްޝާގެ ގާތަށް އައީ މިނިކާވަގެއް ފަދައިންނެވެ. ނިފްޝާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ފުލުހުންނަށް ވެސް މިހާރު އަންގާފިއެވެ. ނަމަވެސް ފެންނަ ގޮތެއް އަދިވެސް ނުވެއެވެ. އިނާޝާގެ ރުއިމަކަށް އެއްވެސް ބަދަލެއްނާދެއެވެ. ސުޖާއުވެސް އަދި ނިޔާޝްވެސް މިހާރު އިނާޝާއަށް ނަސޭހަތްދީފިއެވެ. ލިމްޝާމެން ވެސް ހުރީ ދެރަވެ ކަން ބޮޑުވެފައިއެވެ. އެއުފާވެރި ރޭ ހިތާމަވެރި ރެއަކަށް ބަދަލުވެދާނެ ކަމެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ދުނިޔޭގައި އުޅޭއިރު ހީނުކުރާ ކަހަލަ ކަންތައްތައްވެސް ވާނެއެވެ. އެކި ކަހަލަ އިމްތިހާނުތަކާއި ކުރިމަތިވާނެއެވެ. އެ އިމްތިހާނުތަކުން ފާސް ވުމަށް ކޮންމެ އިންސާނަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެއެވެ. ”އަ…އާދޭސްކޮށްފަ… އަހަރެންނަށް ތިހެން ނުހަދާ….. އަހަރެންގެ ކޮން ކުށެއް އޮތީމަތަ ތިހެން ތި ހަދަނީ….”ނިފްޝާ އާދެހާއިއެކު ދައްކަމުން ދިޔަ ވާހަކަތަކަށް ބީރު ކަންފަތެއްދީފައި އެ ގޮތެއް ނެތް މީހާ އެ ކުރާކަމެއް ހުއްޓާ ނުލައި ކުރަމުން ދިޔައެވެ. އިންސާނިއްޔަތުގެ ކަން ފުޅެއްވެސް ނެތެވެ. އެއީވެސް ހަމަ ނިފްޝާ ކަހަލަ އިންސާނެއްވިއްޔާއެވެ. ނިފްޝާ އެވަރަށް ރޮއިފައި އާދޭސް ކުރަމުން ދިޔަ އިރުވެސް އެ ހިލައެއް ކަހަލަ ހަރު ހިތައް އެކައްޗެކޭވެސް ނާރައެވެ. ހާދަ ރަހުމުކުޑައެވެ. އެ ގޮތެއް ނެތް މީހާ އެ ކުރިކަމެއް ކޮށް ނިންމައިފައި އަނެއްކާވެސް ނިފްޝާގެ ހޭވެރިކަން ދުއްވާލިއެވެ. ދެން އެމީހާ ހިނގައިގަނީ އެޓިނުން ހަދައިފައިވާ ތަންކޮޅުގެ އެނެއް ފަރާތަށެވެ. އެއީ އޭނާއާއެކު އައި ދެ އަންހެން ކުދިންވީ އެތާކަމަށްވާތީއެވެ. ”ކޮބާ މިހާރު؟” އެ މީހާ ފެނުމުން އެތާ ހުރި އަންހެން ކުއްޖެއް ނުލަފައި ގޮތަކަށް ބުނެލިއެވެ. ”ވެއްޖެ އެތާ…. ހޭނައްތާލާފަ އޮންނާނީ….” އެމީހާ ބުނެލިއެވެ. ”ހަހަހަހަހ….. އޭނާއަށް ހަދަން ޖެހޭނީ އެހެން…. އަދި މާ މޮޅުމީހަކަށް ވެގެން އައިޒަންގެ ފަހަތުން ދުވެއޭ… ލަދެއް ހަޔާތެއްވެސް ނެތް އޭނާގެ ގަޔަކު…” ހަމަ އެއަންހެން ކުއްޖާ ނިފްޝާއާ ދިމާއަށް ކުދި ކިޔަމުން ދިޔައެވެ. ”އެމީހުން މިހާރު ފުލުހުންނަށް އަންގައިފި.. މިކަން ފަޅާނާރާ ގޮތަށް އުޅެން ޖެހޭނީ.. ވަރަށް ބަލައިގެން… ދެންމެ ވެސް މިމަގުން ދިޔަ ޕޮލިސް ޖިޕު….” ދެން ހުރި އަންހެން ކުއްޖާ ވަރަށް ހާސްވެފައި ބުނެލިއެވެ. ހީވާގޮތުން އެކުއްޖާ އެހުރީ ވަރަށް ބިރުގަނެފައެވެ. ”ކަމް އޯން… މިކަމެއް ނޭނގޭނެ އަހަރެމެން ތިން މީހުން ފިޔަވައި އެކަކަށްވެސް… އެނެއްކޮޅުން ނިފްޝާއެއޮތީ އޮތް ހާލު… އޭނާއަކަށް ނުބުނެވޭނެ މީހެއް ކައިރިއަކު އެއްޗެކޭ… އަހަރެން މިކަން ހުއްޓާނީ ނިފްޝާގެ ވަސް ވެސް މުޅި ދުނިޔެއިން ފޮހެލައިފަ… އޭނާގެ ސަބަބުން އަހަރެންނަށް އެންމެން މަލާމާތް ކުރީ… އެކަމުގެ ބަދަލު އަހަރެން ދޭނަން….” އެމީހާގެ ވާހަކަކޮޅު ނިންމާލަމުން އެންމެ ފަހު ޖުމުލަ ބުނެލީ ދަތްތައް ފިއްތާލައިފައިއެވެ. އިންސާނަކަށް އެހެން ހަދަން ކެރޭނީ ހާދަ ހިތަވަރެއް ހުރުމުންނެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ އިއްފަތްތެރިކަން ވެއްޔާ މޮޑެލީ އެ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންނެވެ. ”އައިޒަން…އައިޒަން.. ވަރަށް ބޮޑު ވާހަކައެއް ބުނަން މިއައީ…” ސިމާލު ނިދައިފައި އޮތް އައިޒަންއަށް ގޮވަމުން ބުނެލިއެވެ. އޭނާ އަދިވެސް ތެދުވާ ހިޔާލެއް ނުކުރެވެ. ރޭގައި ނުނިދައި އުޅުމުގެ ސަބަބުން އޭނާގެ ލޮލަށް ނިދި އަންނަނީ ތިޔަހެންނެއް ނޫނެވެ. ”އައިޒަން… ނިފްޝާ ގެއްލިގެން ހޯދައިބަ…” ސިމާލު ދެން ބުނި ވާހަކައިން އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހުރީ ކޮޅަށެވެ. މިހާރު އެ މޫނު މަތިން ނީދީގެ އަސަރު ފެންނާކަށް ނެތެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އެމޫނުމަތިން ފެންނަން ހުރީ ހާސް ކަމާއި ހިތާމަވެރިކަމެވެ. ” ކޮން އިރަކު ގެއްލުނީ؟؟” އައިޒަންގެ އަޑުނެވެސް އޭނާއަށް ކޮށްފައިވާ އަސަރު ފާޅުވާން ހުއްޓެވެ. ”ރޭގަ ޕާޓިގައި.. މީހުން އެވާހަކަ އެކި ގޮތް ގޮތައް ކިޔާއެބަ… ބައެއް މީހުން ކިޔާއެބަ ނިފްޝާ ރޭގަ ޕާޓީ ތެރެއިން ހަނާން އާއިއެކީ ހުރިތަން ފެނުނޭ… ނޭނގެ ދެން ކިހިނެއް ކަމެއް ވީ…” ސިމާލުވެސް އޭނާއަށް އިނގޭ އެއްޗެއް އައިޒަންއަށް ކިޔައިދެމުން ދިޔައެވެ. ”ނޫން ނުވާނެ އެހެންނެއް…. ނިޝްއެއް ނުގެއްލޭނެ…..” އައިޒަން ނިޝް އޭ ބުނެލި ގޮތުން ސިމާލު ގެ ހީ ޔަގީނަކަށްވިއެވެ. ”އައިޒަން ނިފްޝާދެކެ ލައިކް ވޭދޯ؟” ސިމާލު އެކަން ބޮޑަށް ޔަގީން ކުރަން އަނެއްކާވެސް ސުވާލެއްކުރިއެވެ. ” އާން ވަރަށް ވަރަށް ބޮޑަށް.. އަހަރެންނަށް ނިފްޝާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގައި އެ ސޫރަ ކުރެހުނު.. އޭނާގެ ކޮންމެ ހަރަކާތެއް އަހަރެންނަށް ޝައުގުވެރިކަމާއިއެކު ބެލޭ… އަހަރެން ނިޝް ހޯދާނަން…” އައިޒަން ބޭއިޙްތިޔާރުގައި އޭނާގެ ހިތުގެ ހާލަތު ސިމާލުއަށް ކިޔާދެވުނެވެ. އޭނާއަށް ކޮށްފައިވާ އަސަރަކުންވެސް ވެދަނެއެވެ. ”އަހަރެމެން ކާރީ ނުވެސް ބުނެލަ… ކުރިން ބުނިނަމަ ތިކަން ކޮށްދިނީމުސް…. މަށަށް ކުރިން ވެސް ހީވިއޭ އައިޒަން ނިފްޝާދެކެ ލައިކް ވާހެން…” ހައިޝަމް ލާނެއް ގޮތަކަށް އެހެން ބުނެލިއިރު ސިމާލުއާއި އައިޒަން ފަހަތަށް އެބުރިލީ ސިއްސައިގެން ގޮހެވެ. ދެމީހުން ވާހަކައިގައި ތިބިއިރު އެތަނަށް ހައިޝަމް އާއި ކަން ވެސް ނޭނގުނީއެވެ. ދެން މިޖެހުނީ ކަންތަކާއޭ އައިޒަންގެ ހިތަށްއެރިއެވެ. ” ދެންވެސް ހިނގާބަލަ ނިޝް ހޯދަން ދާން…” އައިޒަން އަވަހަށް ނިފްޝާ ހޯދަން ދާން ބުނެލިއެވެ. މީހަކު ލޯބި ވާމީހަކަށް ކަމެއްވާތަން ދެކެން ބަލަން ހުންނާނީ ފަހެ ކާކު ހެއްޔެވެ؟ ނިފްޝާއަށް ކަމެއް ނުވުމަށް އެދި އައިޒަން ދިޔައީ ހިތާހިތުން މާތްﷲއަށް ދުޢާ ކުރަމުންނެވެ. ނިފްޝާއަށް ހޭވެރިކަން ވީއިރު އޭނާ ލައިގެން ހުރި ހެދުމެއް ގަޔަކުނެތެވެ. މާދުރަށް އޮތީ ހެދުން އެއްލައިލާފައިއެވެ. ނިފްޝާގެ ދިގު ފަން އިސްތަށިގަނޑުވެސް އޮތީ ރޫޅައިލާފައިއެވެ. ގެންފައިވާ ބިރާއެކުން ތުރުތުރު އަޅަމުން ދިޔަ އަތުން ނިފްޝާބެލީ އޭނާގެ ހެދުން އަތުގައި ޖެހޭތޯއެވެ. ނަމަވެސް ހެދުން އޮތްލެއް ދުރުކަމުން އަތުގައި ޖެހޭ ގޮތެއް ނުވިއެވެ. ނިފްޝާގެ މައިންބަފައިންގެ މަތިން ހަނދާން ވުމުން އަޑުން އަޑުނަގައި ރޯން ފެށުނެވެ. އަދި ހިތާހިތުން މާތްﷲއަށް ދުއާދެންނެވީ އެނާ މިކަމުން ސަލާމަތްކުރެއްވުމަށް އެދިއެވެ. މާތްﷲއަށް އޭނާ ދުވަހަކުވެސް ހިތްވަރު އެލުވައެއް ނުލާނެއެވެ. އަބަދުވެސް މާތްﷲއަށް ދުޢާ ދެންނެވުން މަތީ ހުންނާނެއެވެ. އެކަލާނގެއީ އެންމެހައި މީސްތަކުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ އިލާހެވެ. ދެރަގޮތެއް މެދުވެރިވެއްޖެ ނަމަ އެކަމުންވެސް ސަލާމަތް ކޮށްދެނީ ހަމަ އެއިލާހެވެ. ނިފްޝާއަބަދުވެސް އެކަން ގަބޫލުކުރެއެވެ. ”މިހާރު އޮންނާނީ ހޭ އަރައިފަ ކަންނޭގެ… އަންނާނަން..” ނިފްޝާއަށް މީހަކު ވާހަކަ ދެއްކީ އަޑު އިވުނެވެ. އަދި އެމީހާ އެބުނި އެއްޗެއް އިނގުމުން އެނާ އަވަހަށް ބެލީ ކުރިން އޮތްގޮތަށް އޮންނާށެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހަދާންވީ އޭނާގެ ގައިގައި ހެދުމެއްވެސް ނެތްކަމެވެ. އެހެންނަމަވެސް އެކަން ހަނދާން ނައްތާލުމަށްފަހު އެމީހާވަނުމުގެ ކުރިން އޮއްތީ އެނާ ހޭލާ އޮވެއްޖެނަމަ އޭނާގެ ވަކިތަކުން ސަލާމަތް ނުވާނެކަން އިނގުމުންނެވެ. އެމީހާ އައިސް ނިފްޝާގެ މޫނުގައި ފިރުމަންފެށިއެވެ. ނަމަވެސް ނިފްޝާ ގުޑިވެސް ނުލައި އޮތީ ހާދަ ހިތްވަރެއް ކޮށްލާފައިއެވެ. އިރުކޮޅަކުން އެތަނަށް ވަތް ދެ އަންހެން ކުދިންނަށް އިޝާރާއްކޮށްލަމުން އެމިހާ ބުނެލީ އަދިވެސް ހޭ ނާރާކަމެވެ. އެމީހާއަށް ނޭނގުނު ކަމަކީ ނިފްޝާއޮތީ ހޭ އަރައިފައިކަމެވެ. އަދި އެމީހުންނަށް ނޭނގޭނެހެން ނިފްޝާ ލޯހަނި ކޮށްލައިފައި ބަލައިލިއެވެ. ނިފްޝާއަށް ސިހުން ގެނުވީ ކުރިމަތީގައި ހުރި ތިން މީހުންފެނިފައެވެ. އެމީހުން ކުރިން މޫނުމަތީގައި އަޅާފައި ހުންނަ މާސްކު ނާޅާ ހުރުމުން ނިފްޝާއަށް އެމީހުން ފެންނަ ގޮތްވީއެވެ. އޭނާގެ ކުރިމަތީގައި އެހުރީ އިހްސާން ނޫން ދެވަނަ މީހެއްނޫނެވެ. އަދި އޭނާގެ ފަހަތުގައި އެހުރީ ނިފްޝާގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމުގައިވާ ހަނާން އާއި ޝާނާއެވެ. ނިފްޝާގެ ދެ ރަހްމަތްތެރިން ފެނުމުން އޮތްތަނުން ތެދުވެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ”ހަނާ… ޝާނާ… އަހަރެން ސަލާމަތްކޮށްދީ މިތަނުން… އާދެސްކޮށްފައި…” ނިފްޝާގެ އަޑަށް އެތާތިބި ތިން މީހުންވެސް ބަލައިލިއެވެ. ހަނާން އާއި ޝާނާ ފަހަތަށް އެބުރިލިގޮތުން އެ މީހުންވެސް އެތިބީ އިހްސާންއާއި އެކީކަން ނިފްޝާއަށް ވިސްނުނެވެ. އެންމެ ގާތް ދެ ރަހްމަތްތެރިން އެހެން ހަދާފާނެއެކޭ ވެސް ނިފްޝާގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ. ނިފްޝާ ސަލާމަތްވާނެކަމަށް ދިއްލުނު ހުޅުކޮޅު ވެސް ނިވުނީއެވެ. ވިސްނުމެއްގައި އިން ނިފްޝާއަށް ހޭވެރިކަން ވީ ދޮރެއް ލެއްޕުނު އަޑަށެވެ. ނިފްޝާ މުޅިތަން ބަަލައިލިއިރު އޭނާއާއި އިހްސާން ނޫން އިތުރު މީހަކު އެތާކުނެތެވެ. ”އަހަރެންނަށް ފެން ފޮދެއް ދީބަލަ…” ނިފްޝާ ތުރުތުރު އަޅަމުން ބުނެލި ޖުމްލައާއިއެކު އިހްސާން އެތަނުން ދާން ހިނގައިގަނެވެ. ނިފްޝާ ކަރު ހިތްކާ ގަނެފައިވާ މިންވަރު ވަޒަން ކޮށްލެވުނީ ކަމަށްވެސް ވެދާނެއެވެ. އޭގެ މިނެޓެއް ފަހުން އިހްސާން އައީ ތަށީގެ ކިރިޔާ ފޫ ފޮރުވޭ ވަރަށް ތަށްޓަކަށް ފެން އަޅައިގެންނެވެ. ނިފްޝާއަށް އެ ދިނުމުން އެއްވެސް ޝާކުވާއަކައި ނުލާ އެ ބޯލިއެވެ. އޭނާއަށް ލިބުނު ކުޑަ ފެން ފޮދާާ މެދުވެސް މާތްﷲ އަށް ހަމްދުކުރިއެވެ. ދެން އިހްސާން އައިސް ނިފްޝާގެ ގައި މައްޗަށް ފުންމާލީ މޮޔަވެފައިވާ މީހަކު ފަދައިންނެވެ. އައިޒަން މުޅި ރަށް އެ ހޯދަނީ ނިފްޝާފެނޭތޯއެވެ. ނުބަލައި ތަނެއްނެތެވެ. ނަމަވެސް އޭނާ ނިފްޝާ ހޯދައިފައި ނޫނީ ހުއްޓައެއް ނުލާނެއެވެ. ފުލުހުންވެސް އަދިވެސް ދަނީ ނިފްޝާ ހޯދަމުންނެވެ. ނިފްޝާ ގެއްލިގެން އުޅޭތާ މިހާރު ހަފްތާއެއް ވަނީއެވެ. ނިފްޝާ ހޯދަން ކުރާ މަސައްކަތަށް ކުރިއެރުމެއް ނުލިބެއެވެ. ކައިރި ރަށް ރަށް ވެސް ބަލައިފިއެވެ. ނިފްޝާ ފެންނަ ގޮތެއް ނުވެއެވެ. ނިފްޝާ ގެއްލުނުތާ ހަފްތާއެއް ވީ އުރުވެސް އިނާޝާގެ އަނގައަށް ކާ އެއްޗެއް ނުލައެވެ. އެތައް ފަހަަރަކު މިހާރުއެކި މީހުންވެސް ނަސޭހަތްދީފިއެވެ. ނަމަވެސް ކާކަށް ނޫޅެއެވެ. އަބަދު ހުންނަނީ ގަބު އަރައިފައެވެ. ލިމްޝާވެސް މަންމަ އަށް ކާންދޭން ކުރާ މަސައްކަތްވަނީ ނާކާމިޔާބެވެ. ލިމްޝާގެ ފިރިމީހާ ސުހެއިލުގެ އާއިލާގެ މިހުންވެސް އެތައްފަހަރަކު އިނާޝާއަށް ނަސޭހަތް ދީފިއެވެ. އިނާޝާއަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ. ނިފްޝާއަށް ވަނީ މިހާރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިއެވެ. އަދި ފިރިހެނުންދެކެ އޭނާ އިންތިހާއަށް ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ބިރުވެސް ގަނެއެވެ. ނަމަވެސް އެނާ ކުރާނީ ކީއްހެއްޔެވެ؟ އެ އޮތްތަނުން ތެދުވެވެނީކީ ނޫނެވެ. ހަތަރެސްފައި ވަނީ ބަނދެފައެވެ. މުޅި ހަށިގަނޑުވަނީ އަނަރޫފަވެފައިއެވެ. އެތާ އޮވެގެން ނިފްޝާއަށް މިހާރު މާތްﷲ އަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިހްސާން އޭނާއަށް މިހެން އެހަދަނީ ކީއްވެބާއޭ ނިފްޝާގެ ހިތަށް އެތަށް ފަހަރަކު އަރައެވެ. (ނުނިމޭ)
“ކޮބާ ހުރިހާ ކުދިން ތި ކުދިން ތިބެންވާ ތަނަށް ދާންވީ އިނގޭ. ލީޝާ ހުންނާނީ މިތާ ދުރުގަ ނެރޭޝަން ކިޔައިދޭން. ޝައްމު އިންނާނީ މި އުނދޯލި ހެއްލަން ޕާކްގަ. ޢަލީއާ އަހުމަދާ ސާއިމް ފެށޭއިރު މިތާ ބޭރުން ހިނގާފަ ދާނީ. އިއްޔެގަ ޕްރެކްޓިސް ކުރިގޮތައް. ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟” މިރްޒާން އޭނަގެ ކުރިމަތީގައި ތިބި 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިން ގާތު ސުވާލު ކުރިއެވެ. އެއާއެކު ސްޓޫޑިއޯގައި ތިބި ހުރިހާ ކުދިން އެކުއެކީގައިހެން ‘ލައްބަ’އޭ […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ނަމާދު ތިބާ ހެއްދެވި ޚާލިޤު ވަންތަ އާ ކުއްތަން ކުރުވައެވެ. ތިބާގެ ހިތުގެ ޚާލިސްކަން ފާޅުކޮށް ﷲ އަށް ބޯ ލެބުމުގެ ފުރުސަތު ހޯދައިދެއެވެ. ރައްބުގެ މަތިވެރިކަން ހާމަކޮށް އެއިލާހަށް ދުޢާ ދެންނެވުމުގެ މަގު ހުޅުވިގެން ދެއެވެ. އިންސާނީ ރިވެތި ސިފަތައް ދަސްކޮށް ދެއެވެ. ނަމާދު ތިބާ ނުބައިކަންތައްތަކުން ދުރުކުރުވައެވެ.ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދެއެވެ. ރޫޙަށް ދިރުން ގެނެސްދީ ހިތަށް ހަމަޖެހުން ގެނެސްދެނީ ނަމާދެވެ. ރޫޙަށް ދިރުން ގެނެސްދީ ތިބާއަށް ހިތްހަމަޖެހުން ގެނެސްދެނީ ނަމާދެވެ.ޚުޝޫޢަތްތެރިކަމާއިއެކު […]
މާހިލް ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް އޭނާގެ ސިކުނޑިން ހިބާގެ ހަނދާންތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. އޭނާ މީހަކާއި އިނދެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބޭނުންވާ ކަހަލަ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖަކާއި ދިމާނުވިއެވެ. އޭނާގެ ބައްޕަ ގާތުގައިވެސް އެއްފަހަރު އެވާހަކަ ދައްކާފައިވަނީ ބައްޕައަށް ކަމުދާ ރަނގަޅު ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޕަވެސް އެކަމާއި އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ހިބާ ޔަކީ ކުރިންވެސް ދީނާއި […]
“އާލް.. އަހަރެން ދޭން އޮތީ އެންމެ ނަސޭހަތެއް.. ނަމާދުކޮށްފަ ކޮންމެ ނަމާދެއް ފަހުގަ ދާނިޔަލްއަށްޓަކައި ދުޢާ ކުރޭ.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާ އޭ ބުނެޔެއްނު.. ދުޢާ އަކީ ވަރަށް ބާރުގަދަ އެއްޗެއް.. ދުޢާ ކުރުމުން ނެގަޓިވް ފީލިންގްސް ތަކުން ދުރުވެ ރުޅިއާއި ހާސްކަމުން ދުރުވާނެ.. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމުން މި ކަންކަމުން ދުރުވާނެ، އިން ޝާ ﷲ.. ﷲއަށްޓަކައި އެންމެ ނަމާދެއްވެސް ކޮށްލަބަލަ.. އެ ނަމާދަށްފަހު އާލް ހަމަ ކުރާނެ ވަރަކަށް ދުޢާ […]
ހިނގާލައިގެން އައިސް ނިފްޝާ ކޮޓަރިއަށްވަނެ އިރުކޮޅެއްނުވަނީހެން އަނެއްކާވެސް އެ ނަމްބަރުން ގުޅަން ފެށިއެވެ. ނިފްޝާ ފޯނު ނަގައި ހިޔާލެއް ނުކުރެއެވެ. ނަަމަވެސް އެ ގުޅާ މީހަކަު އެކަން ހުއްޓާކަށް ވެސް ނޫޅެއެވެ. އެންމެ ފަހުން ދެ ހިޔާލެއްގަ މަތީގައި ހުރެނިފްޝާ ފޯނު ނެގިއެވެ. އެ ގުޅަނީ ހަނާން ކަމަށް ވެސް ވެދާނެތީއެވެ. ފޯނު ނަގައިފައި ނިފްޝާ ވާހަކަ ނުދައްކާ ހުރީ އެކޮޅުން ޖަވާބެއް ލިބެންދެންނެވެ. ފަަނަރަ ވަރަކަށް ސިކުންތު ފަހުން އެކޮޅުން އިވުނު އަޑުގެ ސަބަބުން ނިފްޝާ ދިޔައީ ސިއްސައިގެންނެވެ. ”ހަލޯ.. ކީއްވެ ވާހަކަ ނުދައްކަ ތި ހުރީ؟ ވާހަކަ ދައްކަބަލަ… ހަލޯ….” އެކޮޅުން ވާހަކަ ދެއްކި މީހާ ވަރަށް މަޑުމައިތިރި ކަމާއިއެކު ވާހަކަ ދެއްކިއެވެ. ނަމަވެސް ނިފްޝާ ވާހަކަ ނުދައްކާ ފޯނު ކަނޑާލިއެވެ. ނިފްޝާއަކީ ނުދަންނަ މީހުންނާ ފޯނުން ވާހަކަދައްކާ މީހެއްނޫނެވެ. އަދި ފިރިހެނުންނާ ވެސް އެގޮތަށް ވާހަކަ ދައްކާ މީހެއް ނޫނެވެ. ފޯނު ކަނޑާލި އިރަށް ދެވަނަ ފަހަރަށް ވެސް ހަމަ ގުޅަން ފެށިއެވެ. މިފަހަރު ނިފްޝާ ފޯނު ނުނަގައި ފޯނު ނިއްވާލީއެވެ. އެއީ މިވަގުތު ކުރުން އެންމެ ރަނގަޅު ކަމަކަށް ވީމައެވެ. ފޯނު އެނދުމަތީ ބާއްވާފައި ދެން ނިފްޝާ ދިޔައީ އިޝާ ނަމާދު ބަންގި ގޮވަން ކާއިރި ވެފައި ވުމުން އަވަހަށް މަޣްރިބު ނަމާދުކޮށްލާށެވެ. މަޣްރިބު ނަމާދު ކޮށް ނިންމައިފައި އިޝާ ނަމާދު ބަންގި ގޮވަން އަދި ދިހަ ވަރަކަށް މިނެޓް ހުރުމުން ދެން ނިފްޝާ އަވަސްވެގަތީ ޤުރްޢާން ކިޔަވައިލާށެވެ. މިއީ ނިފްޝާގެ މައިންބަފައިންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އިނާޝާ އާއި ސުޖާއުގެ ކޮންމެ ދަރިއަކީ ކޮންމެ ދުވަހަކު ފަރުޟު ފަސް ނާމާދު ކުރާ ކޮންމެ ނަމާދަކަށް ފަހުގައި ޤުރްޢާން ކިޔަވައި ކުދިންނެވެ. އަދި މާތްﷲ އަށް ބިރުވެތިވާ ކުދިންނެވެ. ”ނިފްޝާ ފޯނެއް ނުނަގަ އޭ…. މީ އަނެއްކާ އޭނާގެ ނަމްބަރުތަ؟ މިހާރު އޮތީ ފޯނުވެސް ނިއްވާލާފަ…” އިހްސާން އޭނާގެ ރައްޓެހިންނަށް ކުދި ކިޔަމުން އެދަނީ ނިފްޝާ ފޯނު ނުނެގުމުންނެވެ. އިހްސާން އަކީ ކުޑަ ކުޑަ ކަމެއްގައި ވެސް ރުޅި އަންނަ މީހެކެވެ. ކޮންމެ ފަހަރަކުވެސް އެ ރުޅި ގަނޑު ބާލާނީ އޭނާގެ ގާތުގައި ހުންނަ އެހެން މީހަކަށެވެ. އޭނާގެ ރައްޓެހިންވެސް މިހާރު އެތައް ފަހަރަކު އެރުޅިގަނޑު މައިތިރި ކުރަން ބުނެފިއެވެ. ނަމަވެސް އިހްސާން އެ ރުޅިގަނޑު މައިތިރި ކުރާކަށް ނޫޅެއެވެ. ” ހުރެބަލަ ނިކަން… އަހަރެން ނިފްޝާ ހާސިލް ކޮށްފައި ނޫނީ މިފަހަރު މިކަމެއް ނުހުއްޓާނަން…” އެތާނގައި ހުރި ގަހަކަށް ހުރިހާ ވަރެއް އަރުވަމުން އިހްސާން ދަތްތަކަށް ބާރުލާފައި ބުނެލިއެވެ. ************* ދުވަހަކަށް ފަހު ދުވަހެއް ނިމެމުން ދަނީ ހަލުވިކަމާއިއެކުއެވެ. ނިފްޝާމެންގެ ދެވަނަ ޓާމު ޓެސްޓު ވެސް މިހާރު ވަނީ ބޯމަތިވެފައެވެ. އެހެންކަމުން ނިފްޝާ މިހާރު ދަސްކުރުމުގައި އަވަދިނެތި އުޅެއެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް މުޅި ގުރޭޑުން އެއްވަނަ ހޯދަން ބޭނުންވެއެވެ. އަދި މުޅި ރާއްޖޭން ވެސްމެއެވެ. މިއީ ނިފްޝާގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ފުރަތަމަ އޮތީ އިސްލާމް ޓެސްޓު ކަމުން އެފޮތް ދަސްކުރުމުގައި އުޅެއެވެ. މިހާރު ޓެސްޓު ފެށެން ބާކީ ދެން އޮތީ ހަފްތާއެކެވެ. ނަމަވެސް ނިފްޝާއަށް ވަނީ ގިނަ މާއްދާތައް ދަސްވެފައިއެވެ. އެހެން ކުދިން ވެސް މިހާރު އުޅެނީ ޓެސްޓަށް ތައްޔާރުވުމުގައިއެވެ. ގުރޫޕު ސްޓަޑީސް ހެދުމުގައި އާއި އެކަހަަލަ އެކި ކަންތައްތައް ކުރުމުގައިއެވެ. ޓެސްޓަކަށް ފަހު ޓެސްޓެއް ނިމި މިއަދަކީ ޕޭޕަރު ދައްކާ ދުވަހެވެ. ކޮންމެ ޓީޗާރ އެއްވެސް އައިސް ދަނީ ނިފްޝާއަށް ތައުރީފުގެ ބަސްތައް އޮއަސަމުންނެވެ. ސަބަބަކީ ނިފްޝާވަނީ ހަ މާއްދާއިން އޭ ޕުލަސް ހޯދައި އެއް މާއްދާއިން އޭ ހޯދައިފައިއެވެ. ހިސާބަކީ އަބަދުވެސް ނިފްޝާއަށް އެންމެ އުދަނގޫ އެއް މާއްދާއެވެ. ނިފްޝާ އިރުކޮޅަކާ ވިއްޔާ މާތްﷲ އަށް ޝުކުރުކުރެއެވެ. އޭނާކުރި ބުރަ މަސައްކަތުގެ ނަތީޖާ ކިހާ ފޮނި ހެއްޔެވެ؟ މީހުން އަބަދުވެސް ބުނެއެވެ. ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެކެވެ. ނިފްޝާގެ މަންމައަށް ޕޭޕަރު ދެއްކުމުން ވަގުތުން އިނާޝާއަށް ރޮވުނީއެވެ. އުފަލުންނެވެ. ކޮންމެފަހަރަކުވެސް ނިފްޝާގެ ޕޭޕަރު ދެއްކުމުން އިނާޝާ ރޯން ފަށާނެއެވެ. ”އަހަރެންގެ ކޮންމެ ދަރިއެއް ވެސް މިގޮތަށް ކިޔަވައިނަމަ” އަބަދުވެސް އިނާޝާގެ ހިތުގައި އޮންނަނީ މިހެންނެވެ. ނިފްޝާ ނޫނީ ދެން ހުރި ދަރިންނަކީ ކިޔަވަން އެހައި މަސައްކަތް ކުރި ކުދިންނެއް ނޫނެވެ. ފަސް މާއްދާއިން އޭ ލިބި ދެ މާއްދާއިން އޭ ޕްލަސް ހޯދި އައިޒަންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އައިޒަން އެ ދަނީ އޭނާގެ މަންމައަށް އޭނާއަށް ލިބުނު ކާމިޔާބު ދައްކާލާށެވެ. އައިޒަންއަކީ ވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ކުލާހުގެ ތިން ވަނާގައި އަބަދުވެސް އުޅޭނީ އައިޒަންއެވެ. މިއީ އަބަދުވެސް އައިޒަންގެ މަންމަ އުސްވާ އެންމެ އުފައިވާ އެއް ކަމެވެ. އައިޒަންގެ ބައްޕަ ހުޒާމުވެސް މިކަމާ ފަޙުރުވެރިވެ އުފާކުރެއެވެ. ސަބަބަކީ އޭނާގެ ދަރިފުޅު މިޒަމާނުގެ ފިރިހެން ކުދިންނާ ތަފާތުވީމައެވެ. މިޒަމާނުގެ ފިރިހެން ކުދިންނަކީ ނުކިޔަވައި އަބަދުވެސް އެހެނިހެން ކަންކަމުގައި އުޅޭ ކުދިންނެވެ. ހުޒާމު އަބަދުވެސް އޭނާގެ ދަރިންނަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. އިހްސާންގެ އުނދަގުލެއް ނިފްޝާއަށް ކުރިމަތި ނުވާތީ ނިފްޝާ މިހާރު ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައިއެވެ. ކުރީގައި އިހްސާން ކޮންމެ ދުވަހަކު ގުޅައެވެ. އަދި އެވަރު ނުވެގެން މެސެޖުވެސް ކުރެއެވެ. ނަމަވެސް ނިފްޝާ އެއިން އެއްވެސް ކަމަކަށް އަޅައެއްނުލައެވެ. މިއިން އެއްވެސް ވާހަކައެއް އަދި ނިފްޝާ އެކަކު ކައިރީވެސް ނުބުނެއެވެ. ނިފްޝާއަށް ނޭނގުނު ކަމީ އޭނާ ފޯނު ނުނަގައިގެން އިހްސާން ރުޅި އައިސްފައި ހުރި ވަރެވެ. އަދި އޭނާގެ ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ކަންތައްތައް ވާނެ ގޮތެވެ. ތަޤްދީރު އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ *********** ”ނިފްޝާ! ވިލް ޔޫ ބީ މައި ޕުރިންސެސް؟” ނިފްޝާ ސުކޫލްގެ ޕްލޭ ގުރައުންޑުގައި ހުއްޓާ އިހްސާން އޭނާގެ މޫނުމަތީގައި މާބޮޑި އެއް ހިފައިގެން އައިސް ހުރިހާ ކުދިންގެ ތެރޭގައި ބުނެލިއެވެ. އަދި އެއް ފައި މައްޗަށް އިށީންދެލައިފައި މާ ބޮޑި ނިފްޝާއަށް ދިއްކޮށްލިއެވެ. ”ސޮރީ… އަހަރެން އަދި ބޭނުމެއް ނޫން މީހަކާ ރައްޓެހިވާކަށް…. ކިޔަވައި ނުނިމެނީހެން ނުވާނަން… އިރާދަކުރެއްވިއްޔާ އަހަރެން މީހަކާ ރައްޓެއްސެއް ނުވާނަން.. ހަމަ ސީދާ ކައިވެންޏަކާ ހަމައަށް ދާނީ… އިހްސާން ވެސް ކިޔަވައިގެން މޮޅު ކުއަޖަކަށް ވޭ…. ފުރަތަމަ ޖެހޭނީ ކިޔަވަން… އެއަށްފަހު އެހެން ކަންކަމަށް ވިސްނާނީ….” ނިފްޝާ ލަދު ގަނެފައި ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ބުނެލިއެވެ. ނިފްޝާއަށް ނޭނގުނު ކަމަކީ ނިފްޝާގެ އެ ޖަވާބުން އިހްސާން ރުޅިއައިކަމެެވެ. އޭނާ ވީ ދެރައެއް ނޫނެވެ. ”އެކަމަކު ނިފްޝާ…. އަހަރެން ބޭނުން ނިފްޝާ….. އަހަރެންނަށް ފުރުސަތެއް ދީ..” އިހްސާން ދެރަވެލައިފައި ކަހަލަ ގޮތަކަށް އަހައިލިއެވެ. ”އަހަރެން ބުނެފީމެއްނު އަދި އަހަރެން ބޭނުމެއް ނޫނޭ މީހަކާ ރައްޓެހިވާކަށް….” ނިފްޝާ އެހެން ބުނެލައިފައި އެތަނުން ދާން ހިނގައިގަތެވެ. ނިފްޝާގެ އެ ޖުމުލައިން އިހްސާންގެ އަތުގައި އޮތް މާބޮނޑި ވެއްޓި ދެ އަތް މުއްކެވުނެވެ. އަދި ވެއްޓިފައި އޮތް މާބޮނޑި މައްޗައް އަރައިފައި އޭނާ ދިޔައީ ކުދިން އޭނާއަށް މަލާމާތް ކުރަން ފެށުމުންނެވެ. ކުދިން އޭނާއަށް މަލާމާތް އެ ކުރީ ނިފްޝާގެ ސަބަބުންނެވެ.އޭގެ ބަދަލު އަދި އޭނާ ނިފްޝާއަށް ދޭނެއެވެ. ނިފްޝާ ، އިހްސާން އަށް ދިން ޖަވާބު އިވިފައި އައިޒަން އަށް ލިބުނު އުފާު ބުނެދޭން ވެސް ނޭނގެއެވެ. ނަމަވެސް އައިޒަން ވެސް އަދީ މީހަކާ ރައްޓެހި ވާކަށް ބޭނުމެއް ނުވެއެވެ. ސަބަބަކީ އައިޒަން އަކީ ވެސް ދީނަށް ލޯބު ކުރާ މީހަކަށް ވީމައެވެ. ”އައިޒަނޫ…. ހާދަ އުފައި ވެފަ ތި ހުރީ…. އަނެއްކާ ކިހިނެއް ވީ؟” ސިމާލު ސަމާސާއަކަށް ބުނެލިއެވެ. ”އުފާ ވެފަތަ މިހުރީ…؟” އައިޒަން ވެސް ކޮށްލީ ސުވާލެކެވެ. ”އާން… ތި މޫނުން އެނގެއޭ އުފާ ވެފަ ހުރި ވަރު…. ހީކުރީ މަށަށް ނޭނގޭނެ ކަމަށްތަ؟ އަނެއްކާ ނިފްޝާ ، އިހްސާން އަށް ދިން ޖަވާބުންތަ ހެވި ދިލިފަ ތިހުންނަނީ؟” ސިމާލު ގޮތް ދޫކުރާ ހިޔާލެއް ނުކުރެއެވެ. ”މަށަށް ހީވޭ މި އައިޒަން ވަރަށް ނިފްޝާ އާ ހެދި އުޅޭހެން ދޮގެއްތަ މީ؟” މިފަހަރުވެސް ވާހަކަ ދެއްކީ ސިމާލުއެވެ. ”އާން ހަމަ ދޮގެއް ތީ… ހަހަހަހަހާ…” އައިޒަން ވާހަކައެއް ބުނަން އަނގަ ހުޅުވާލި ތަނާ ފަހަތުން ހައިޝަމް ވާހަކަ ދެއްކިއެވެ. ދެ މީހުން ވާހަކަ ދައްކަން ތިބި އިރު އެތަނަށް ހައިޝަމް އާކަން ވެސް ނޭނގުނީއެވެ. ”ކަލޯ ގަޔާ! ދުވަހެއްވެއްޖޭ ދައްކާ ނުލާތާ… ކޮން ތާކުތަ ތިއުޅެނީ…” އައިޒަން ވާހަކަ އޮޅުވައިލުުމުގެ ގޮތުން ހައިޝަމް އާ ވާހަކަދައްކަން ފެށިއެވެ. ”މިހާރުވެސް މިހިރީނު ފެންނަން…. ހެހެހެހެ….” ހައިޝަމް ބުނެލިއެވެ. ތިން މީހުން މަޖާކުރަމުން އެކި ވާހަކައިގައި ތިބިއެވެ. ”ދަރިފުޅާ ނިފްޝާ… އާދޭ ކާން… މިއަދު ބަނޑުހާ ވެސް ނުވަނީތަ؟ ދޮންބެ މެން ވެސް އެބަތިބި އައިސް… އާދޭ އަވަހަށް ކާން…” ނިފްޝާ މިއަދު އަދި ބަނޑަށް އެއްޗެއް ނުލާ ހުރުމުން އެނާގެ މަންމަ މިހާރު ތިން ފަހަރަށް ގޮވައިފިއެވެ. އެވަރުންވެސް ނިފްޝާ އޮތްތަނުން ގުޑާލާކަށް ނޫޅެއެވެ. މިއަދު ވީ ކަމަކުން އޭނާގެ މޫޑު އެއްކޮށް ދިޔައީއެވެ. ”ދޮންތީ! ދޮންތީ! ހިނގާ ކާން ދާން…. މިހާރު ކޮއްކޮ މެން އައިޝް ވަރަށް ގިނަ އިރު ވެއްޖެ… ދޮންތި ނުނިކުމެގެން ކޮއްކޮ ނުވެސް ކާ މިހިރީ… ޑެޑީ ވެސް ނުކައި…” ކުޑަ ކުޑަ އައިނީ އައިސް ނިފްޝާގެ ގައި މައްޗަށް އަރައި ފުންމަން ފެށިއެވެ. ނިފްޝާ އެންމެ އަވަހަށް ތެދުވަންނަނީ އެހެން ހެދުމުން ކަން އެ ކުޑަ ކުޑަ ސިކުނޑި އަށް ވިސްނެއެވެ. ” ކޮއްކި އައީ ކޮން އިރަކުތަ؟” ނިފްޝާ އައިނީ އަށް ސުވާލެއް ކުރިއެވެ. ނިފްޝާއަކީ ކުޑަ ކުދިންދެކެ ވަރަށް ލޯބިވާ މީހެކެވެ. އެހެން ކަމުން އޭނާ އިނީ އައިނީ އޭނާގެ ބަނޑު މަތީގައި ބައިންދާގެން އައިނީގެ ފަން ފަން ދިގު އިސްތަށިކޮޅާ ކުޅޭށެވެ. ”ކޮއްކޮ މެން އައިޝް މިހާރު ކޮން އިރެއްތަ… ދެން ދޮންތީ ހިނގާބަ ކާން ދާން… ކޮއްކޮ ވަރަށް ބަޑުހައި ވެއްޖެ..”އައިނީ ، ނިފްޝާގެ އުނގުން ފައިބާގެން އަތަށް ދަމަން ފެށިއެވެ. ”ދޮންތި ނުވޭ ބަނޑުހައެއް.. ކޮއްކި ދޭ ކާލަން… ނިފްޝާ ބުނެލިއެވެ. ”ދޮންތި ނުކަންޏާ ކޮއްކޮ ވެސް ނުކާނަން..” އައިނީ ބޮޑާ ހާކައިލައިފައި ބުނެލިއެވެ. އައިނީއަކީ ނިޔާޝް އާއި ޒީނާގެ ފުރަތަމަ ދަރިއެވެ. […]