Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 6

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 20, 2018 One Min Read
5 Comments

”ޕިސް ޕިސް ޕިސް…. އާދެ ވިއްޖެ ދޯ! މިހާރު ކޮން އިރެއް މިތާ ތިބޭތާ ނިފޫ ނައިސްގެން.. ބަނޑުހައި ވެގެން ގޮސް ހަލާކުވެއްޖެ މިހާރު… ދެންވެސް  އަންނަން ވީ ތިތާ ނުހުރެ ކާން…” ނިފްޝާ އައުމުން ނިޔާޝް ބުނެލިއެވެ. ”ނިފޫ ދޮންބެ މިއަދު އެހިން ވާހަކައެއް ނިފޫމެން ސުކޫލްގަ ވީ ކަމެއް….” ނިޔާޝް ބުނެލިއެވެ. ”ކޮން ވާހަކައެއް އަނެއްކާ؟” ނިޔާޝް އެއުޅެނީ ބުނަން ކޮން ވާހަކައެއް ބާ އޭ ނިފްޝާގެ ހިތަށްއެރިއެވެ. ”ދޮންބެމެންނަށް އަނެއްކާ އިނގުނީ ހެއްޔެވެ؟ ނޫން އެހެންނެއް ނުވާނެ…” ނިފްޝާ ހިތަށް އެރިއެވެ. ނިފްޝާގެ މޫނުމަތިން ދާތިކިތައް ފާޅުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.

”މިއަދު ދޮންބެ ނަމާދުން ފައިބައިގެން ގެއަށް އައި މަގުމަތީގައި ކޮންމެވެސް ކުއްޖަކު ގޮވާފައި އެހީ ތި ނިފްޝާގެ ދޮންބެހޭ… ދެން ދޮންބެ ބުނިން އާއެކޭ… ފިރިހެން ކުއްޖެއް އެއީ.. ބުނީ މިއީ ނިފްޝާގެ ކުލާސް ކުއްޖެކޭ.. ނަމެއް ނުބުނި.. ދެން އެކި ވާހަކަތައް ދައްކާފަ ދޮންބެއަށް ދެއްކީ ފޮޓޯއެއް.. ބުނީ އެއީ ނިފްޝާއޭ… ނިފޫ ހުރީ ފިރިހެން ކުއްޖަކަށް ކޭކު ލަވަން އެ ފޮޓޯގަ.. ދޮންބެ ވަރަށް ރަނގަޅަށް ބެލިން އެފޮޓޯއަށް… ނިފޫ ކޭކު ލަވަން ހުރި ފިރިހެން ކުއްޖަކީ އައިޒަން.. ދޮންބެ ވަރަށް ރަނގަޅަށް ދަންނަން އައިޒަން…. މިސްކިތުން ދިމާވޭ ކޮންމެ ދުވަހަކު ކަހަލައިން…. ދެން ދޮންބެ އެހިން އެ ކުއްޖާގާތު ތި ކޮނދުވަހަކު ނެގި ފޮޓޯއެއް ހެއްޔޭ؟ އެކުއްޖާ ބުނީ އެއީ ނިފޫގެ އުފަންދުވަހު ނެގި ފޮޓޯއެކޭ… ސުކޫލްގެ ޕްލޭ ގުރައުންޑު ގައި ކުރިކަމެކޭ ބުނީ… އެހެން ގޮސް ވަރަށް ވާހަކަ ދެއްކި… މިހާރު މާ ބޮޑަށް ހަނދާނެއްވެސް ނެތް…” ނިޔާޝް ގެ އެ ވާހަކައިން ނިފްޝާއަށް އެއީ އިހްސާންކަން ޔަޤީންވިއެވެ. އިހްސާން ނޫން ދެވަނަ މީހަކު އެކަހަލަ ކަމެއް ނުކުރާނެއެވެ. ނިޔާޝް އެ ކިޔައިދިން ވާހަކައިން ނިފްޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އިހްސާން އަށް އެކަހަލަ ކަމެއް ކުރަން ކެރުނީ ތީއެވެ. މިފަހަރުވެސް ނިފްޝާ ކޮޓަރިއަށް ގޮސް ވަނީ މޫޑު ކެޓުމުންނެވެ. ކާން އެޅި ބަތް ތަށިވެސް ބަހައްޓާފައިއެވެ. ނިޔާޝްގެ އެވާހަކައަށް ބަހެއްވެސް ބުނެނުލައެވެ.

”ނިޔާޝް ސާބަސް އިނގޭ…. މިއަދު އެއްކޮށް އެހުންނަނީ މޫޑު ކަޓާފައޭ މަންމަ ބުނީ.. ދެން ތި ވާހަކަ އެހެން ދުވަހަކު ވެސް ބުނެވިދާނު މިއަދު ނުބުނެ… ނުވެސް ކާ އެދިޔައީ….” ޒީނާ ނުރުހިފައި ބުނެލިއެވެ. ”ދެން އަހަރެންނަކަށް ވެސް ނޭނގޭ އެހެން ވާނެ ކަމެއް… އެކަން އޮޅުން ފިލުވައިލަން އަހަރެން މި އެހީ…. އެހެން ވާނެ ކަމެއް ކިހިނެއް އިނގޭނީ….” ނިޔާޝް ވެސް ދެރަވެލައިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.

***3 މަސް ފަސް***

މިއަދަކީ ލިމްޝާ އާއި ސުހެއިލުގެ ކައިވެނި އޮންނަ ދުވަހެވެ. ދެ އާއިލާއިން ވެސް އެކަން ފާހަގަ ކުރަނީ ވަރަށް ކުލަގަދަ ކޮށެވެ. ކައިވެނި އޮންނަނީ ސުހެއިލު މެން ގޭގައި ކަމުން އެންމެން ވެސް އަވަދިނެތި އުޅެމުން ދަނީ ގޭ ތައްޔާރު ކުރުމުގައި އާއި ކެއްކުމުގައިއެވެ. އެއްބަޔަކު އެއްޗެހި ކޮށަމުން ދިޔައިރު އެނެއްބަޔަކު އުޅެނީ ކެއްކުމުގައިއެވެ. ޕާޓީގެ ތީމް އަކީ މެރޫން ކުލައާއި ލައިޓް ޕިންކެވެ. މުޅި މާހައުލު ޒީނަތްތެރި ކޮށްފައިވަނީ އެދެ ކުލައިންނެވެ. ތަނަށް ބަލައިލި ކޮންމެ މީހަކުވެސް ތައުރީފުގެ ބަހެއް ބުނެ ނުލައި ނުދެއެވެ. އެއީ ނިޔާޝްގެ ބުރަ މަސައްކަތެވެ. ޕާޓީ އޮންނަނީ މިރޭ އަށެއްގައި ކަމުން އެންމެން ވެސް އަވަދިނެތި އުޅެމުން އެ ދަނީ އަވަހަށް ނިމޭތޯއެވެ.

ހުދު ކުލައިގެ ބޮޑު ހެދުމަކާއި ހަމަ އެކުލައިގެ ވިދާ ޝޯލްއަކާއި އެކު އަތުގައި އޮތް މެރޫން ކުލައާއި ފިޔާތޮށި ކުލައިގެ މާ ބޮޑިން ލިމްޝާގެ ރީތިކަން ދުލުން ބަޔާން ކުރަން ވެސް ދަތި ވާނެއެވެ. އަދި ހެދުމުގައި ހުރި ކުދި ކުދި އެސްތަކުން އެރީތިކަން އިތުރުވެއެވެ. ކޮށްފައިވަނީ ލުއިމޭކަޕްއެކެވެ. ލިމްޝާ ފެންނަ ކޮންމެ މީހަކުވެސް އެ ރީތިކަމަށް ތައިރީފު ކޮށްނުލައި ނުދެއެވެ. ”ދައްތާ… އަޅުގަނޑަށް ހީވޭ މިރޭ ދައްތަ ގެއްލޭނެހެން އަދި…” ނިފްޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. ” ކީއްވެ ގެއްލެން ވީ…” ލިމްޝާއަށް އެ ބުނި އެއްޗެއް ނޭނގިގެން އަހައިލިއެވެ. ” ރީތިކަމުންނެއްނު… މާޝާﷲ… މިރޭ ދައްތަ ވަރަށް ރީތި..” ނިފްޝާ ބުނެލިއެވެ. ” އެހެން ދޯ… ނޭނގޭނުން… އެންމެ ދުރު ދުރުން ވިޔަ ވާހަކަ ފަށަނީ… އެނީވޭ ތެންކްސް ނިފޫ…” ލިމްޝާ އުފާވެލައިފައި ބުނެލިއެވެ. އިރުކޮޅަކުން މަންމަ އައިސް ގާޒީން އައިއްސިއޭ ބުނުމުން ދެން އަވަސްވެގަނީ ކައިވެނި ކުރާ ތަނަށްދިޔުމަށެވެ. މެރޫން ކުލައިގެ ފަޓުލޫނަކާއި ހުދު ކުލައިގެ ގަމީހެއްގެ މަތިން މެރޫން ކުލައިގެ ކޯޓެއް ލައިގެން ހުރި ސުހެއިލުގެ ރީތި ކަން އިންތިހާއެވެ. އަދި އިސްތަށިގަނޑު ސުޓައިލް ކޮށްލައިފައިވާ ގޮތުން އެ ފިރިހެން ވަންތަ ކަން އިތުރު ކޮށްދެއެވެ.  ލިމްޝާ ފެނުމުން ސުހެއިލުއަށް އެހެން ތަނެއް ބަލައިލާންވެސް ނޭނގުނެވެ. ހީވާގޮތުން ސުހެއިލު އެހުރީ ލިމްޝާ ނުފެނިގެން ކެތްމަދު ވެފައިއެވެ. ލިމްޝާއަށްވެސް ސުހެއިލު ފެނުމުން ވީ އެވަރެވެ. ގަބުވެފައި ހުރެވުނީއެވެ. ދެމީހުން ގޮސް މޭޒު ދޮށުގައި އިށީންނުމުން ކައިވެނި ފެށިގެން ދިޔައެވެ. ”އަނބި ގަބޫލުކޮށްފިން..” ސުހެއިލުގެ ދުލުން އެ ބަސް ނިކުތުމާއިއެކު ލިމްޝާއަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރެވުނެވެ.

ދެމަފިރިންވެސް ތިބެން ޖެހިފައިވާ ތަނަށް ގޮސް ކުޑަ އިރުކޮޅެއް ނުވަނީހެން މީހުން އަންނަން ފަށައިފިއެވެ. ޕާޓީއަކީ ކުޑަ ޕާޓީއެއް ކަމުން ހަމައެކަނި އަންނަނީ އަވައްޓެރިންނާއި އާއިލާމީހުންނާއި ތިމާގެ މީހުންނާއި ރައްޓެހިންނެވެ. އާއިލާ އެންމެން ވެސް ތިބީ މެރޫން ކުލައިގެ ހެދުމާއިއެކު ފިޔާތޮށި ކުލައިގެ ޝޯލް އަޅައިގެންނެވެ. މެރޫން ކުލައިގެ ބަޓަފުލައި އަބާޔާއަކާއިއެކު ފިޔާތޮށި ކުލައިގެ ޝޯލް އެއް ބޮޑުކޮށް އަޅައިގެން ހުރި ނިފްޝާ އެހެން ދުވަސް ދުވަހާއި ތަފާތެވެ. ކަޅުހެދުން ލާ ކުއްޖަކު ކުލަ ހެދުން ލީމަ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެ ރީތިކަން ވީ ދެގުނައެވެ. ހެދުމުގެ މޭމަތީގައި ހަރުކުރެވިފައިވާ ފިޔާތޮށިކުލައިގެ މާގަނޑުގެ ސަބަބުން ނިފްޝާއާއި އެހެދުން ވަރަށް ގުޅެއެވެ. އެންމެންވެސް ތިބީ އެއްގޮތަކަށެވެ. ނަމަވެސް ނިފްޝާއަކީ ބަޓަފުލައި އަބާޔާ ލާ ކުއްޖެއްކަމުން ހަމައެކަނި ތަފާތީ ނިފްޝާގެ ހެދުމެވެ. ފޮޓޯ ނެގުމަށްޓަކައި އާއިލާއެންމެން ގޮސް ލިމްޝާމެން ގާތު ހުއްޓުނެވެ. ނަމަވެސް ނިފްޝާއަށް ނޭނގުނު ކަމަކީ މިރޭވެސް އޭނާއަށް މީހުންތަކެއް ޕާޓީ ތެރޭގައި ފާރަލަމުން ދިޔަކަމެވެ.

”ދަރިފުޅުމެން ދެން ދޭ ކާން… މިހާރު މީހުންވެސް މަދެއްނު…” އިނާޝާ އެހެން ބުނުމުން ލިމްޝާ ނޫނީ އިނާޝާގެ ހުރިހާ ދަރިން ކާން ދިޔައެވެ. ބަނޑުހައިވެފައި ހުރިލެއް ބޮޑު ކަމުން ކަމަށްވެސް ވެދާނެއެވެ. ތަށްޓަށް ކާ އެއްޗެހި އަޅަން ހުރި ނިފްޝާއަށް ތަންކޮޅެއް ދުރުގައި ހުރި ހަނާން ފެނުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ހަނާން ގާތު ނިފްޝާ ހުއްޓުނެވެ. ”ނިފޫ… ހާދަ ރީއްޗޭ މިރޭ… ކިރިޔާ ވަކި ކުރަން ވެސް އިނގުނީ..” ކައިރިއަށް އައިސް ހުއްޓުނު ނިފްޝާ ފެނުމުން ހަނާން ބުނެލިއެވެ. ”ހަނާ ވެސް ވަރަށް ރީތި މިރޭ… މާޝާﷲ…. ކީއްވެފަ މިތާ އެކަނި ތި ހުންނަނި؟؟” ނިފްޝާ ހަނާން އަށް ތައުރީފު ކޮށްލަމުން އަހައިލިއެވެ. ”މިހުރީ ޝާނާ ނައިސްގެން… ފާހަނާއަށޭ ކިޔައިފަ ދިޔައީ… އަދިވެސް ނާދެ.. މިހާރު ތިރީސް މިނެޓް ވަރަކަށް ވެދާނެ…” ހަނާން ބުނެލިއެވެ. ”ހިނގާ ދާން ހޯދަން ދާން.. ކޮންމެވެސް ކަމެއް ވީމަ އެއްނު ލަސް ވަނީ އެ…” ނިފްޝާ އެހެން ބުނެފައި ހިނގައިގަނެވެ. ހަނާންވެސް ނިފްޝާގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަނެވެ. ފަހުން ފަހުން އައިސް ނިފަޝާއަށް ނޭނގުނު ކަމަކީ އޭނާގެ ފަހަތުން ހަނާން ނާންނަކަމެވެ. ނިފްޝާ ހުރީ ހާސްވެ ކަންބޮޑުވެފައިއެވެ. އެއީ އޭނާގެ ރަހުމަތްތެރިޔާއަށް ކަމެއްވެދާނެތީއެވެ. ނަމަވެސް ނިފްޝާއަށް ނޭނގުނުކަމަކީ އޭނާގެ އެ ދެ ރައްޓެހިން އޭނާއަށް ހެޔޮ ނޭދޭ ކަމެވެ.

”އާހް……….” ނިފްޝާއަށް ހަޅޭލަވައިގަނެވުނީ އޭނާގެ ނޭފަތާއިކައިރީ މީހަކު އައިސް ފޮތަގަނޑެއް އެޅުމުންނެވެ. އެމީހާގެ ކައިރިން ސަލާމަތްވެވޭތޯ ނިފްޝާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ބާރުގަދަ ދެ އަތުން ނިފްޝާއަށް ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ހުރިހާ ފަހަރަކު ވެސް ވަނީ ނާކާމިޔާބެވެ. ނިފްޝާއަށް އެމީހެއްގެ މޫނު ފެންނަ ގޮތެއް ނުވެއެވެ. ސަބަބަކީ އެމީހާގެ މޫނުގައި އަޅައިފައިވާ މާސްކުންނެވެ. ނިފްޝާ އެމީހެއްގެ އަތް މައްޗަށް ހަބަރު ހުސްވީ އެތައް އިރަކު ތެޅި ތެޅި އޮއްވައެވެ. އޭގެ ތަންކޮޅެއް ފަހަތުގައި ދެ އަންހެން ކުދިން ހެވިފައި ތިއްބެވެ. ހީވާގޮތުން އެދެ ކުދިންނަކީވެސް އެކަމުގެ ތެރޭގައި އުޅޭ ކުދިންނެވެ.

”ނިފޫ…. ނިފޫ….. ނިފޫ…..” ނިޔާޝް ވެފައިހުރި ހާސް ކަމާއިއެކީ އޭނާ ހޯދަމުން އެދަނީ އޭނާގެ ކޮއްކޮ ނިފްޝާއެވެ. މިހާރު ނިފްޝާ ހޯދައިތާ އެއް ގަޑިއިރު ވަނީއެވެ. ނަމަވެސް ނިފްޝާފެންނަ ގޮތެއް ނުވިއެވެ. ނިފްޝާގެ ރައްޓެހި ހުރިހާ ގެއެއް މިހާރު ބަލައިފިއެވެ. ”ނިޔާޝް! ދެން ހިނގާ ފުލުނުންނަށް އަންގަން… މިހާރު ހޯދައިތާ ކޮޮންއިރެއް… ނުބަލާކަށް ތަނެއް ނެތް… މި ކުޑަ ކުޑަ ރަށުގަ ކިހިނެއް ކުއްޖަކު އެހައި ފަސޭހައިން ގެއްލޭނީ… މިތާ ތިބި އެންމެން ކައިރީ އެހީމަވެސް އެބުނީ ނުފެނޭ..” އިނާޝާ ރޮވިފައި ހުރިހާ ވާހަކައެއް ކިޔަމުން ދިޔައެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިއެއް ގެއްލުމުން އަސަރުނުކުރާނީ ކޮން ހިތަކަށް ހެއްޔެވެ؟ އާއިލާ އެންމެން ވެސް ހޯދަމުން އެދަނީ ނިފްޝާފެނޭތޯއެވެ. ނިފްޝާގެ ބައްޕަ ސުޖާއުއަށް އެހަބަރު ލިބުމުން ވީ ގޮތް ބުނަން ވެސް ނޭނގެއެވެ. މިހާރު ސުޖާއު އެއުޅެނީ ރަށަށް އައުމުގެ މަގުމަތީގައިއެވެ.

ނިފްޝާއަށް ހޭވެރިކަން ވީ އިރު އޭނާ އޮތްތަނުން ދިޔައީ ސިއްސައިގެންނެވެ. ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ތަންކޮޅަކުއެވެ. ކަނު އަނދިރި ތަނެކެވެ. އެއްވެސް ދިރޭ މަޙްލޫގެއްގެ ހިލަމެއްނުވެއެވެ. ނަމަވެސް އޭގެ ކުޑަ އިރު ކޮޅެއްފަހުން ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ނިފްޝާ އަވަހަށް އެތަނުން ތެދުވަން އުޅުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ނިފްޝާއަށް ތެދުވެވޭ ގޮތެއްނުވިއެވެ. މުޅިގައިގާ ރިއްސާތީއެވެ.އަދި  ހަތަރެސް ފައި ބަނެފައިވާތީއެވެ. އިރުކޮޅަކުން އެތަނުގެ ދޮރު ހުޅުވައިފައި ވަނީ އިސްކޮޅު ދިގު ހިކި ޒުވާނެކެވެ. އަނދިރިވުމުގެ ސަބަބުން ނިފްޝާއަށް އެމީހެއްގެ މޫނު ސާފެއްނުވިއެވެ. އެމީހާގެ ފަހަތުން ދެ އަންހެން ކުދިން ވަދެގެންއައެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނިފްޝާއަކަށް އެއް ގޮތަކަށްވެސް ނޭނގުނެވެ. އެ ފިރިހެން މީހާ ވާހަކަ ދައްކަން ފެށުމުން ނިފްޝާއަށް އެއީ ކާކުކަން ރަނގަޅަށް އެނގުނެވެ. ނަމަވެސް ފަހަތުގައި ހުރި އަންހެންކުދިންގެ ގޮތެއް ނޭނގުނެވެ. ނިފްޝާ އިނީ ބިރުން ތުރުތުރު އަޅައިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހާ ނިފްޝާގެ ގާތަށް އައީ މިނިކާވަގެއް ފަދައިންނެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 32

Next

ވާ ލޯބި އިނގޭ ނަމަ 12

Next
November 20, 2018

ވާ ލޯބި އިނގޭ ނަމަ 12

Previews
November 20, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 32

5 Comments!

  1. mariyanbu says:
    November 20, 2018 at 12:09 pm

    assalam alaikum….. fanally 6 mioh up v…. anyway mi part lasvi kamah takai maafah edhen… so story kiyaalaafa comment eh kohlahchey…….

  2. rosy says:
    November 20, 2018 at 12:27 pm

    nice story. den part kon irakun

  3. Mee says:
    November 20, 2018 at 12:57 pm

    Limsha aky sujau dhari ekehnu…dhn keevve sujau nethi marry kury… anyways varah salhi story??

  4. Shahaaf says:
    November 20, 2018 at 1:29 pm

    Kon irakun anehpart

  5. mariyanbu says:
    November 20, 2018 at 4:01 pm

    thanks rosy, mee, nd shahaaf……tomorrow next part genes dheveytho balaanan..insha allah..

Comments are closed.

Next Episodeކުރެހުން އެޅުނޭ ހިތުގެ އަޑީގައި 7←


All Right Reserved!