ދުޢާ 37
ދެތިން ގޯޅި އަޅާލުމާއެކު ދާނިޔަލްއަށް ހުރެވުނު ހިސާބު ޔަގީނާ ގާތަށް އިނގުނެވެ. ގެއާއި އަދި މާ ގާތް ނޫން ކަމުން އަދި ތަންކޮޅެއް ދުރަން ހިނގަން ޖެހޭނެކަމަށް އޭނާގެ ޒަމީރު އޭނާއަށް ވަގުތުން ލަފާ ދިނެވެ. ހިތްވަރާއެކު ކުރިޔަށް ދިޔަ ދާނިޔަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވަނީ އެކޮޓަރިގަނޑުން ސަލާމަތްވެވުމުންނެވެ. ސަލާމަތުގެ އައްސޭރިއާއި ގާތްވާކަމުގެ އިޙުސާސް ކުރެވެމުން ދިޔަ ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ މީހެއްގެ އަޑަށެވެ.
“ކަލޯ އަވަސް.. އެހުރީ އޭނާ..” ޝިޔާމް ބާރުބާރަށް ރިޒާއަށް ގޮވާލުމަށްފަހު ކުރިޔަށް ދުއްވައިގަތެވެ. ދާނިޔަލްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ނެތް ހިތްވަރު ލައިގެން ގައި ހުރި ބާރެއް ލައިފައި ކުރިޔަށް ދުއްވައިގަތް އިރު މި ދެވެނީ ކޮން ދިމާލަކަށް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އަމިއްލަ ހާލަށްވުރެ ބޮޑަށް އެވަގުތު އޭނާގެ ވިސްނުން ހުރީ އެމީހުންގެ ކިބައިން ސަލާމަތް ވުމަށެވެ. ހިތާހިތުން ﷲއަށް ދުޢާ ކުރަމުން އޭނާ ބާރުބާރަށް ދުވެފައި ދިޔައެވެ. އެއިރުވެސް ޝިޔާމްމެން އޭނާގެ ފަހަތުން އާދެއެވެ.
އެ ދެމެދުގައި އޮތް ދުރުމިނުގައި މާ ގާތްކަމެއް ނެތުމުން އެމީހުންނަށް ދާނިޔަލް އަތުވާ ގޮތެއް ނުވެއެވެ. ކުރިން ދާނިޔަލްގެ އަތުން ޖެހިފައި ވެއްޓުނު ފިލާގަނޑުގެ ސަބަބުން ދެމީހުންނަށް ހޭލެވުނީއެވެ. އެޔަށްފަހު ތެދުވި އިރު ދާނިޔަލް ނެތުމުން ޝިޔާމްއާއި ރިޒާއަށް އިންތިހާއަށް ހާސްކަން ލިބުނު އިރު ބޭރަށް ނިކުމެ ބަލައިލި އިރަށް ދާނިޔަލްގެ ވަސްވެސް ނެތެވެ. އެމީހުންނަށް ދާނިޔަލް އެ ފެނުނީވެސް އެތަށް ގޯޅިއެއް އެޅި ފަހުންނެވެ.
ދުވެފައި ދިޔަ ދާނިޔަލް އަނދިރި ގޯޅިގަނޑަކަށް ވަދެ މަޑުކޮށްލީ ޝިޔާމްމެން އެ މަގުން އާދޭތޯ ބަލައިލުމަށެވެ. މައިނޭވާ ލެވެމުން ދިޔަ އިރު ދާނިޔަލްގެ މޫނުމަތިން އޭނާ ވަރުބަލިވެފައި ހުރި މިންވަރު ހާމަވަމުން ދިޔައެވެ. ދެކަކުލުގައި އަތް އަޅުވާލަމުން ދާނިޔަލް ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައެވެ. އޭނާ ފާރުގައި ލައްވެލުމަށްފަހު ނޭވާ ހިފަހައްޓާލީ އެ މަގު ކުރިމަތިން ލައިފައި ދިޔަ ޝިޔާމްގެ އިތުރުން ރިޒާ ފެނިފައެވެ. ދާނިޔަލް މަގަށް ނިކުމެވެން އިން ފާރާއި ތަންކޮޅެއް ގާތަށް ޖެހިލުމަށްފަހު ބޭރަށް ބޯ ދިއްކޮށްލިއެވެ. އެއިރު އެ ދެމީހުން ގޮސް އެމަގު އޮބާލަނީއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ދާނިޔަލް އެ މަގަށް ނިކުތީ އެ ދެމީހުން ގެއްލުމުންނެވެ.
***
އެހެން ރޭރެއާއި ޚިލާފަށް ނިދަން އުޅެ އުޅެވެސް މިރޭ އާލާގެ ލޮލަކަށް ނިންޖެއް ނައެވެ. އެތަށް މަސައްކަތެއް ކުރެވުނު އިރުވެސް ނިދި ވަނީ އޭނާގެ ދެލޮލާއި އެތަށް ހާސް މޭލެއް ދުރުގައެވެ. އޭނާގެ ލޮލަށް ނިދި ސަވާރު ނުވެގެން އެ އުޅެނީ އެހެންވެއެވެ. އެހެން ކަމުން އޮވެ އޮވެފައި އޭނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނީ މޫނުދޮވެލާ ހެދުމަށެވެ.
މޫނުގައި ހުރި ފެންތަށް ބިންމައްޗަށް ތިކި ޖަހައިފާނެތީ އާލާ އޭނާގެ އަތުން މޫނު ފުހެލިއެވެ. އެޔަށްފަހު ތުވާލިން ރީތިކޮށް މޫނު ފުހެލައިފައި އާލާ ކޮޓަރިން ބޭރަށް ނިކުތެވެ. އާލާގެ ރީތި އިސްތަށިގަނޑު ދޫދޫކޮށް ގަތާލައިފައި ގެނެސް ކަނާތް ފަރާތުން ކުރިމައްޗަށް ލައިފައިވާއިރު އޭނާ ލައިގެން ހުރި އަޅިކުލައިގެ ހޫޑީއާއި ކަޅުކުލައިގެ ދިގު ޓައިޓުގެ ސަބަބުން ރޭގަނޑުގެ އެވަގުތުގައިވެސް އޭނާ ނުހަނު ރީއްޗެވެ. ދެފަރާތުން ކަންފަތް ކައިރިން އިސްތަށިކޮޅު ވެއްޓިފައި ހުރުމުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ.
ސޯފާގައި އިށީނދެލަމުން އާލާ ޓީވީ ހުޅުވާލިއެވެ. އެޔަށްފަހު ޕީސް ޓީވިއަށް ލައިގެން އިނީ މިވަގުތުވެސް ކޮންމެވެސް ކަހަލަ ދަރުހެއް އެ ޓިވީއިން އައިސްދާނެތީއެވެ. ކަން ވީވެސް އެހެންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ޝެއިޚެއް އެއިރު ދެމުން ދިޔަ ދީނީ ދަރުހަށް އާލާގެ ހުރިހާ ޝައުޤުވެރިކަމެއް ދެން ހުއްޓާލިއެވެ.
***
ދާނިޔަލް ވަށައިގެން ބަލައިލީ ހުރެވުނީ ކިހާ ހިސާބެއްގައިތޯ ޔަގީންކޮށްލުމުގެ ނިޔަތުގައެވެ. އެއިރު ހުރި ހިސާބަށްވުރެ ގައިމުވެސް މިހާރު ގެޔާއި ކައިރިއެވެ. ހިނިތުންވެލަމުން ދާނިޔަލް ކުރިޔަށް ދިޔައީ މިފަހަރު ކާމިޔާބު ކަމާއި އެކު ގެޔަށް ދެވުމުގެ އުންމީދުގައެވެ. ދާނިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ހެންވޭރަށް ދެވުމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ކުރިޔަށް ދިޔައީ ފޮނި އުންމީދުތަކާއި އެކުއެވެ. ދާނިޔަލްގެ ލޮލުން ކަރުނަ ހިލުނީ އެމީހުން އުޅޭ ގެޔާއި ހަމައަށް އާދެވުމުންނެވެ. ނަމަވެސް މިފަހަރު އެއީ އުފާވެރިކަމުގެ ކަރުނައެވެ. “އަލްޙަމްދުލިއްލާހް..” މޫނުގައި އަތް އަލާލުމަށްފަހު ދާނިޔަލް ބުނެލި އިރު އޭނާގެ ލޮލުން ހަމަ ރަނގަޅަށްވެސް ކަރުނަ އާދެއެވެ. މާ ގިނަ ދުވަސް ތަކެއް ނުވި ނަމަވެސް މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް އޭނާއަށް އެތަށް ކަމެއް ތަޙައްމަލު ކުރަން ޖެހިއްޖެއެވެ.
ގެއަށް ވަނުމުގެ ކުރިން ދާނިޔަލް ފަހަތް ބަލައިލީ ޝިޔާމްމެންގެ ހިލަމެއް ވޭތޯއެވެ. ނަސީބަކުން ދެމީހުން ކުރެ އެކަކުވެސް ފެންނާކަށް ނެތެވެ. ނަމަވެސް އޭނާ ކުރިމަތި ބަލައިލިއިރު ދުރުން ބަޔަކު ދުވެފަ އަންނާތީ ދާނިޔަލްގެ ލޮލުގައި އަޅައިގަތެވެ. ބަލާކަށްނުހުރެ އިމާރާތުގެ ތެރެއަށް އޭނާ ވަނެވެ. އެޔަށްފަހު ލިފްޓަށް އަރުމަށްފަހު އަވަހަށް އެމީހުން އުޅޭ ފްލޯގެ ފިތަށް އޮށްބާލިއެވެ. ކުރިޔަށްވުރެ މިއަދު ލިފްޓުވެސް ލަސްހެން އޭނާއަށް ހީވަމުން ދިޔައެވެ. އަތުން މުއްކަވާލުމަށްފަހު ޖަހާލީވެސް އެހެންވެޔެވެ. ދާނިޔަލް ވެފައި ހުރި ވަރުބަލި ފިލުވާލުމަށްޓަކައި ކަކުލުގައި އަތް ވިއްދާލައިގެން އޮތެވެ.
ލިފްޓު ހުއްޓި ދޮރު ހުޅުވުނު ވަގުތު ދާނިޔަލް އަވަސް އަވަހަށް ބޭރަށް ދެމިގަތެވެ. އެޔަށްފަހު ދޮރުގައި ބާރު ބާރަށް ޓަކި ޖަހާލިއެވެ. އާލާ އޮންނާނީވެސް މިވަގުތު ނިދައިފަ ކަންނޭނގެއެވެ. އެހެން ވެއްޖިއްޔާ އޭނާ ދޮރުގައި ވަރަށް ބާރަށް ޓަކި ދީގެން ނޫނީ އާލާއަށް ނުހޭލެވޭނެއެވެ. ދާނިޔަލް ހިތްވަރު އެލުވައެއް ނުލިއެވެ. އިހުނަށްވުރެ ބާރަށް ދޮރުގައި ތަކި ދިނީ މާތް ﷲއަށް ވަކީލު ކޮށްލަމުންނެވެ.
ސިޓިންގް ރޫމުގައި ދަރުހަށް ގެއްލިފައި އިން އާލާ ސިހިގެން ދިޔައީ ދޮރުގައި ބާރުބާރަށް މީހަކު ޓަކިދޭންފެށި އަޑަށެވެ. އިން ތަނުން ތެދުވެވުނީވެސް ކައްޓެއް ހެރުމުން ތެދުވާ ހެންނެވެ. މިވަގުތު އޭނާގެ ދޮރުގައި ޓަކިދޭނީވެސް ވަކި ކާކުހެއްޔެވެ؟ އަނެއްކާ އެއީ ޕާޓޭންނަށް ވެއްޖެއްޔާ އޭނާ ހަދާނިވެސް ކިހިނެއް ހެއްޔެވެ؟ އާލާ ދޮރު ހުޅުވާ ޚިޔާލެއް ނުކުރިއެވެ. އޭނާގެ މޫނުމަތިން އޮށްދާ ހިތްލާލައިފައި ވުމުން އަވަސް މޫނު ފުހެލަމުން ފަހަތަށް ފިޔަވަޅު އެޅިއެވެ. އަނެއްކާވެސް ދޮރުގައި އެމީހަކު ޓަކިދޭން ފެށިއެވެ. “އަނެއްކާ އެއީ ޕޮލިހުންނަށް ވެއްޖިއްޔާ؟ ދޮރު ހުޅުވާނީ މިފަހަރު.. ހެޔޮ ކޮންމެ ގޮތެއް ވިޔަސް..” ކޮޓަރިއަށް ގޮއްސަ ބުރުގާ އަޅައިގެން އައިސް ދޮރާ ނިވާވެލަމުން އޭނާ ދޮރު ހުޅުވާލިއެވެ. އެޔަށްފަހު ބޭރަށް ބޯ ދިއްކޮށްލި ވަގުތު އާލާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު އޭނާއަށް ހުރިތާ ހުރެވުނީ ޤަބޫލު ނުކުރެވިފައެވެ.
ބޭރުގައި ހުރި ދާނިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި ގޭގެ ދޮރު ހުޅުވުމުންނެވެ. އާލާ މިގަޑީގައި ތެދުވެދާނެ ކަމަކަށް އޭނާ އުންމީދެއްވެސް ނުކުރެއެވެ. ނަމަވެސް އޭނާގެ އާލާ އެހުރީ ދޮރު ހުޅުވައިގެންނެވެ. އާލާގެ މޫނު ފެނުނު ވަގުތު ﷲއަށް ޙަމްދު ކޮށްލަމުން ދާނިޔަލް އަވަސް އަވަހަށް ގޭތެރެއަށް ދެމިގަނެ ދޮރު ލައްޕާ ތަޅުލިއެވެ. ދެން އޭނާއާއި އާލާއަށް އެމީހުންގެ އަތް ފޯރުވުނަ ދޭކަށް ދާނިޔަލް ބޭނުމެއް ނޫނެވެ.
ޤަބޫލު ނުކުރެވިފައި ހުރި އާލާ ގަބުވެފައި ހުއްޓާ ދާނިޔަލް ގޭތެރެއަށް ވަދެ ދޮރު ތަޅުލުމުން އޭނާއަށް ހޭވެރިކަން ވިއެވެ. ލޮލުގައި ވިދަ ވިދާ ހުރި ކަރުނަތަށް އޭގެ މަގާމު ދޫކޮށްފައި އާލާގެ ދޮން ކޯތާފަތުގައި ބީހެމުން ފޭބި އިރު އޭނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. “ދަ.. ދާނިޔަލް؟” ސުވާލު ކުރާ ރާގަށް އަނެއްކާވެސް އާލާ އަހާލީ އަދިވެސް ޤަބޫލު ކުރަން ދަތިވުމުންނެވެ. ދާނިޔަލްގެ މޫނުމަތި އެކި ތަންތަންކޮޅުން ހަލާކުވެ ރަތްވެފައި ހުރި އިރު ބޮލުގެ އިސްތަށިގަނޑުން ފެށިގެން ކަތްފަތާއި ދިމާލުން ލޭ ރޮނގުރޮގަށް ފައިބައިފާ ހުއްޓެވެ. ދާނިޔަލް ލައިގެން ހުރި ގަދަ އަޅިކުލައިގެ ޓީޝާޓުގެ އެކި ތަންތާ ކިލާ ހޭކިފައި ހުރި އިރު ޓީޝާޓުގެ ބައެއް ތަންތާ ލޭވެސް ހޭކިފައި ހުއްޓެވެ. އޭނާ ލައިގެން ހުރި ގަދަ ނޫކުލައިގެ ފަޓުލޫނުގައިވެސް ހުރީ ހުސް ކިލައެވެ. ދާނިޔަލްގެ ހާލު ފެނި އާލާގެ ހިތުގައި ހިފާފައި ފިސްފިސްކޮށްލި ކަހަލަ އިޙުސާސެއް ކުރެވުނެވެ.
އާލާ ސުވާލުކޮށްލި ހިނދު ދާނިޔަލް ފަނޑު ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. އާލާ ކަރުނަވީ ދެލޮލުން ދާނިޔަލްއަށް ބަލައިލަމުން އޭނާގެ މުނުގައި އާލާގެ ކަނާއަތުން ފިރުމާލިއެވެ. އެޔަށްފަހު ދާނިޔަލްގެ ދެއަތް ނަގަމުން އެ ދެއަތަށް އާލާ ބަލައިލިއެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އިތުރުވީ ދާނިޔަލް ދެއަތްވެސް ހަލާކުވެ ލޭއައިސްފައި ހުރިތަން ފެނުމުންނެވެ.
އޭގެ ދެވަނަ ސިކުންތުގައި ދާނިޔަލްއަށް ކުއްލި ސިހުމެއް ލިބުނީ އާލާ ކުރި ކަމަކުންނެވެ. އޭނާއަށް ދުވަހަކުވެސް އާލާ އެގޮތަށް ކަންތައް ކޮށްފާނެކަމަކަށް އުންމީދެއް ނުކުރެއެވެ. ބާރު ބާރަށް ދާނިޔަލްގެ ކަރުގައި ބައްދައިގަންނަމުން އާލާ ރޯންފެށިގޮތުން ދާނިޔަލްއަށް އުފާވެރިކަމާއި އެކު ހިތާމަވެރިކަންވެސް އިޙުސާސް ކުރެވުނެވެ. އުފާވީ އޭނާއަށް އޭނާ ބޭނުންވި ގޮތަށް އާލާގެ ލޯބި ލިބޭނެކަމުގެ ސިގުނަލް ލިބުމުންނެވެ. ދެރަވީ މިވީ ދުވަސްތަކުގައި އާލާ އެކަނި ޙާލަށް ދޫކޮށްލަން ޖެހުމުންނެވެ. އާލާ ބައްދާލީ ގޮތުން ދާނިޔަލްއަށް ފަހަތަށް ފިޔަވަޅެއް އަލާލެވުނީ އެވަގުތު އޭނާ ހުރީ އެކަހަލަ ކަމަކަށް ސަމާލު ނުވެ ކަމުންނެވެ.
“ކި.. ކީތްވެ އާލް ދޫކޮށްފަ ދިޔައީ؟ ހަމަ ނޭނގޭތަ އާލް މިސްވާނެ ވަރެއް.. ވަރަށް ފޫހިވޭ..” ދާނިޔަލްއާއި ދުރަށް ޖެހިލަމުން އާލާ ތުންކޮޅު އޫކޮށްލައިފައި ދާނިޔަލްއަށް ބުނެލިއެވެ. ނަމަވެސް ދާނިޔަލް އާލާ ގައިގައި ބައްދާލުމުން އަނެއްކާވެސް އާލާގެ ބަޑި ފަޅައިގެން ދިޔައެވެ. “ދާން އާލް ދޫކޮށްފަ ނުދަމޭ.. މިހުރީނު ކައިރީގަ މިހާރުވެސް.. އިން ޝާ ﷲ އާލްއަށް ދެރައެއް ނުދޭނަމޭ ދެން.. މިފަހަރު ކަންތައް މިވީގޮތުން ސޮރީ އިނގޭ..” ދާނިޔަލްގެ ލޮލުންވެސް ކަރުނަ ހިލިފައި ވެއެވެ. “ނޯ.. އައިމް ސޮރީ..” ދާނިޔަލް ގައިގައި ބައްދައިގެން ހުރިގޮތަށް އާލާ ބުނެލި އިރު އަޑު އައީ ކުރެހިގެންނެވެ. ދުވަހަކުވެސް ދެރަ ނުވާވަރަށް އޭނާ ދެރަވެއްޖެއެވެ. ދާނިޔަލްއަށް އޭނާއަށް ދެވުނު ދެރައިގެ ސަބަބުން އާޅާއަށް ލިބުނު ހިތާމައާއި ލަދުވެތިކަން ނުހަނު ބޮޑެވެ.
“އައިމް ސޮރީ.. އަހަރެން ދާންއަށް ނުދެނީ ކޮން ވޭނެއް؟ ހުރިހާގޮތަކުންވެސް އަހަރެންނަށް ދެވުނީ ދާނިޔަލްއަށް ހިތާމައާއި ހިތްދަތިކަން.. ފެށުނީއްސުރެ ދާނިޔަލްއާއި ދިމާލަށް ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައީ.. އެކަމަކު ދާނިޔަލް އެންމެ ފަހަރަކުވެސް ނުބުނޭ އެއްޗެކޭ.. އަބަދުވެސް ދާނިޔަލް އިޚްތިޔާރު ކުރީ ކެތްތެރިކަން.. އަހަރެން އެ ހުރިހާ ކަމެއް ކުރުމަށް ފަހުވެސް ދާނިޔަލް އަހަންނަށް ކުރީ އިޙްތިރާމް.. ކީއްވެ؟ އަހަންނަށް އަހަރެން ކުރި ކުށުގެ އަދަބު ނުދިނީ ކީއްވެ؟” ދާނިޔަލްގެ މޭގައި އޭނާގެ މޫނު ފޮރުވާލައިގެން އޮތް ގޮތަށް އާލާ ކިޔަމުން ދިޔައެވެ. ދާނިޔަލް އާލާ ދުރުކޮށްލުމަށްފަހު އޭނާގެ ދޮން މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެޔަށްފަހު ސީދާ އާލާގެ ލޮލަށް ބަލަހައްޓައިގެން ހުރިގޮތުން ދެމީހުންގެ ހަތަރުކަޅި ސީދާވެގެން ދިޔައެވެ.
“ކުށް ކުރެވެނީ އިންސާނުންނަށޭ.. އެކުށަށް އިޢުތިރާފްވާނީވެސް ހަމަ އަހަރެމެން.. މާތް ﷲ އަހަރެމެންނަށް ކުރެވޭ ކުށްތަކަށް މަޢާފް ކުރައްވާ އިރު އަހަރެން ވަކި ނުޖެހޭނު ބޭބިޝް އާލް އަށް ގޯސްކޮށް ކަމެއް ކުރެވުމުން އެކަމަށް އެހާވަރަކުން އަދަބުދޭކަށް..” ދާނިޔަލް ލާނެއް ރާގަކަށް ބުނެލިއެވެ. އާލާ ތުންކޮޅު އޫކޮށްލުމަށްފަހު ދާނިޔަލްގެ މޭގައި އަތުން މަޑުމަޑުން ޖަހާލިއެވެ. “އަހަރެން އަހަރެންގެ އަންހެނުން ދެކެ ވަރަށް ބޮޑަށް ލޯބިވެޔޭ.. މިހާ ނާޒުކު އަންހެން ކުއްޖަކަށް އެވަރަށް އަދަބުދޭންވެއްޖެއްޔާ ދެން އޮންނާނީ ބިންމަތީގައެއްނު.. މިހާރުވެސް ތި ރޮނީ.. އަހަރެން އައީމަ އަދި ތި ރޮނީ..” ދާނިޔަލް އެ ހުރިގޮތަށް އާލާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ.
އާލާގެ ދެކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައިން އަނގައިން ނުބުނެ އާލާ އިސްދަށަށް ޖަހާލައިގެން ހުރީއެވެ. “އާލާއަށް ބްލަޝް ވާންވެސް އިނގޭތަ؟ އެއީ އަދި އާ ކަމެއް.. ބައި ދަ ވޭ ދެން ނުކިޔާނަންތަ އެއްޗިއްސެއް؟ ކުޑަކޮށް ފަޅުހެން ހީވޭ އާލާ އެއްޗެހި ކިޔާ އަޑު ނީވޭތީ..” ދާނިޔަލް އަނެއްކާވެސް އެ ދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަން ނަގާލަމުން ބުނެލިއެވެ. އެހިނދު އާލާ ދާނިޔަލްގެ މޫނަށް ބަލައިލިއެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި އޭނާގެ އަތުގައި ހިފައިގެން ދިޔައީއެވެ. ދާނިޔަލް ވާހަކަ ދައްކަމުން ދިޔުމުންވެސް އާލާ އަޅައެއް ނުލިއެވެ.
“ދޭ އިހަށް ފެންވަރައިގެން އަންނަން..” ދާނިޔަލް ކޮޓަރިތެރޭގައި މަޑުކޮށްލުމުން އާލާ ގޮސް އެއްޗެހި ހިފައިގެން އައިސް ދާނިޔަލްގެ އަތަށް ލައިދީފައި ބުނެލިއެވެ. ދާނިޔަލް ސުވާލުގެ ނަޒަރަކުން ބަލައިލުމުން ދެއަތް އުރާލައިފައި އާލާ ފާހާނާއާއި ދިމާލަށް ލޮލުން އިޝާރާތް ކޮށްލިއެވެ. އެހެންކަމުން ދާނިޔަލްވެސް އިތުރު އެއްޗެއް ނުބުނެ ދިޔައީއެވެ. ދާނިޔަލް ދިޔުމުން އާލާ މޫނުގައި ދެއަތް އަޅާލުމަށްފަހު ﷲއަށް ޙަމްދުކޮށްލިއެވެ. އޭނާ ކުރި ދުޢާ އެކަލާނގެ އިޖާބަ ކުރައްވައިފިއެވެ. އޭނާގެ ފިރިމީހާ އެހުރީ ދުވަސްތަކަކަށް ފަހު މިހާރު އޭނާގެ ގާތުގައެވެ. އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން އާލާ ވިސްނަމުން ދިޔައީ ދާނިޔަލްއަށް އެހެން ހަދާފާނެ ބަޔަކާއި މެދުއެވެ.
އާލާއަށް ހޭވެރިކަން ވީ އޭނާގެ މޫނަށް ފެންތިކި ބުރައިގެން ދިޔުމުންނެވެ. އެސްފިޔަތަށް ތަޅުވާލުމަށްފަހު ކުރިމަތި ބަލައިލި އިރު ހުރި ދާނިޔަލް ފެނި އޭނާ އިން ތަނުން ތެދުވެލި އެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ކަނޑު ނޫކުލައިގެ ސޯޓުގައި ހުރި އިރު ދާނިޔަލްގެ ފިރިހެންވަންތަކަށް އިތުރު ކުރުވައިފައިވާފަދައެވެ. އާލާ އަވަސް އަވަހަށް އިން ތަނުން ތެދުވެލުމަށްފަހު މިސްރާބު ޖެހީ ސައިޑް ޓޭބާލް އާއި ދިމާލަށެވެ. އަދި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ދާނިޔަލް ގާތުގައި ހުއްޓިލުމަށްފަހު އޭނާ އެނދުގައި އިށީނެވެ. އަދި ދާނިޔަލްގެ އަތުގައި ހިފާލައިފައި އޭނާ ގާތު ދާނިޔަލް ބޭނދިއެވެ.
ދާނިޔަލް ފަރުވާތެރިވެ އާލާގެ މޫނަށް ބަލަހައްޓައިގެން އިން އިރު އާލާ އޭނާގެ އަތުގައި ބޭސް އަޅައިދެމުން ދިޔައެވެ. ދާނިޔަލް އިނީ އާލާގެ ދޮން ދޮން މޫނުމައްޗަށް ބަލަހައްޓައިގެން އިން ގޮތަށް ގެއްލިފައެވެ. ދާނިޔަލްގެ އަތުގައި ބޭސް އަޅައިދެމުން ދިޔަ އިރު އާލާގެ ލޮލަށް ކަރުނަތައް ބޮނޑިވަމުން ދިޔައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ދާނިޔަލް އުޅޭނެ ހާލު ހިތަށް އެރުމުން އަދި އެޔަށްވުރެ ބޮޑަށް އޭނާ ހިތުގައި ޖެހުނެވެ. އަތުގައި ބޭސް އަޅައި ނިމުމުން އާލާ ދާނިޔަލްގެ ނިތްކުރިމަތިން ހަލާކުވެފައި ހުރި ތަނުގައި ބޭސް އަޅަން ފެށިއެވެ. އޭނާ އަށް ސިހުމެއް ލިބުނީ ދާނިޔަލްގެ އަނގައިން ނިކުތް މަޑު އާހުގެ ސަބަބުންނެވެ. ނަމަވެސް ދާނިޔަލް ދެލޯ މަރާލައިގެން އިނީ އާލާއަށް ފުރުސަތު ދެމުންނެވެ.
“ނިމުނީ؟” އާލާގެ ހިލަމެއް ނުވުމުން ދާނިޔަލް ދެލޯ ހުޅުވާލައިފައި އަހާލިއެވެ. އެހެންކަމުން އާލާ ބޯ ޖަހާލި އިރު ހީވަނީ ބަސް އަހާ ކުޑަކުއްޖެއް ހެންނެވެ. އޭނާ އަނެއްކާވެސް ދާނިޔަލް ގައިގައި ބައްދާލީ ދެން އޭނާ ދޫކޮށްފައި ނުދާށޭ ބުނާ ފަދައަކުންނެވެ. ދާނިޔަލް ގާތަށް ހިނި އައީ އެއިރު އެހާ ރުޅިގަދަވެގެން އުޅުނު އާލާއަށް މި އައި ކުއްލި ބަދަލުންނެވެ. އޭނާގެ ޓީޝާޓު މަތިން މެޔަށް ފިނިވާންފެށުމުން އާލާ ރޮނީކަން ދާނިޔަލްއަށް އިނގުނެވެ. “ހެއި.. ރޮނީތަ؟ ދާން އެއް ނޫންތަ ރޯންވީ؟ ދާންއަށް ވިއްޔަ ތަދުވީ.. އެކަމަކު އާލް ތި ރޮނީ.. ކަމަކު ނުދެޔެއްނު.. ޑޮކްޓަރސް އެހާ ފަސޭހައިން ނުރޯނެ..” ދާނިޔަލް ހިނިތުންވެލަމުން އެހެން ބުނެލީ އާލާ ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެވެ. އޭނާގެ ހިތަށްވެސް ތަދުވެއެވެ. އެހެން ނަމަވެސް އޭނާ ފިނޑިވެގެން އާލާ ހަމައަކަށް އަޅުވާނީ ކިހިނެއް ހެއްޔެވެ؟ “ޑޮކްޓާރސްވެސް ދެރަވީމަ ރޯނެ.. އެމީހުން ވަރަށް އަނިޔާ ކުރިތަ؟ ކީއްކުރަންތަ އެމީހުން އެހެން ހަދަންވީ؟ ދެން ނުދައްޗޭ.. ޕްލީޒް..” ދާނިޔަލްގެ މޫނަށް ބަލައިލަމުން އާލާ ބުނެލިއެވެ. ދާނިޔަލް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.
“ކާކު ދާން ގެންދިޔައީ؟” ދެލޯ ފުހެލަމުން އާލާ އަވަސް އަވަހަށް ސުވާލުކޮށްލިތަނުން ދާނިޔަލް ބަސް ހުއްޓުނެވެ. އާލާގެ މަންމައޭ ބުނެފި ނަމަ އާލާ މި ވަގުތު ޤަބޫލު ކުރާނެ ހެއްޔެވެ؟ އަނެއްކޮޅުން ދެން ހުރީ އޭނާގެ ކާފައެވެ. ހުރިހާ އެއްޗެއް ބޮލުގައި އެނބުރެމުން ދިޔަ އިރު ދާނިޔަލް އިނީ އާލާ ގާތުގައި ބުނާނެ އެއްޗެއް ނުވިސްނިފައެވެ. “ދެ ފިރިހެނެއް..” ދާނިޔަލް އެހެން ބުނެލުމަށްފަހު އިން ތަނުން ތެދުވެލީ އާލާގެ މޫނަށް ބަލަހައްޓައިގެން އިންނަން ދަތިވުމުންނެވެ. އާލާވެސް އިތުރަށް އެ މައުލޫއަށް ވާހަކަ ދައްކަން ބޭނުން ނުވުމުން އަޅައެއް ނުލިއެވެ.
ދާނިޔަލް މަޑު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިން ބޭރަށް ނިކުތުމުން ބޮލުގައި ސުވާލުމާކެއް ޖަހައިގެން ހުރެ އާލާވެސް އޭނާ ފަހަތުން ނިކުތެވެ. ދާނިޔަލް ގެއަށް އެ އައީ އަދި ދެންމެއެވެ. އެޔަށްފަހުވެސް އަރާމުކުރުމުގެ ބަދަލުގައި އޭނާ އެ ނިކުތީ ބޭރަށެވެ. “ކިހިނެތް ވީ؟” ދާނިޔަލް ބެލްކަންޏަށް ނިކުމެ ރެއިލިންގައި އަތް އަޅުވާލުމަށްފަހު ތިރި ހޯދަން ފެށިއެވެ. އާލާ ސިޓީންގް ރޫމުގައި މަޑުކޮށްލައިގެން ހުރީ ބުރުގާ ނާޅާ ހުރުމުންނެވެ. އެހެން ނަމަވެސް ދާނިޔަލް ކޮންމެވެވެސް އެއްޗެއް ހޯދާތަން އޭނާއަށް ފެނުނެވެ.
“ކަމެއް ނުވޭ.. ދޭ ދެން ނިދަން.. ވަރަށް ލަސްވެއްޖެއްނު.. ހަތަރެއް ޖަހަނީ މިހާރު އެ..” ދާނިޔަލް ކަންވީގޮތް އާލާ ގާތު ނުބުނީ އޭނާ ބިރުގަނެފާތީއެވެ. ނަމަވެސް އަދިވެސް އެމީހުން މިތަނުން ގޮސްދާނެޔެކޭ ދާނިޔަލްގެ ހިތެއް ނުބުނެއެވެ. އޭނާ ސޯފާގައި އިށީންނަމުން ގަޑިއަށް ބަލައިލައިފައި އާލާ ގާތު ނިދަން ދިޔުމަށް އެދުނީ އެހެންވެއެވެ. “ނޫން.. ދެން ދާނީ ފަތިސް ނަމާދު ކުރަން.. ދެން ނިދައިފިއްޔާ ނުހޭލެވިދާނެ..” އާލާ އައިސް ދާނިޔަލް ގާތުގައި އިށީންނަމުން ބުނެލިއެވެ. ދާނިޔަލްގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އާލާ ނަމާދަށް އަހަންމިއްޔަތުކަން ދޭ މިންވަރު އެނގުމުންނެވެ.
“ބުނަންތަ ވާހަކައެއް؟” ދާނިޔަލްގެ މޫނަށް ބަލަހައްޓައިގެން ހުރެ އާލާ އަހާލިއެވެ. އެހެންކަމުން ދާނިޔަލް ބޯ ޖަހާލީ އާލާއަށް ފުރުސަތު ދެމުންނެވެ. “އައިމް ސޮރީ.. ދާނިޔަލް ނަމާދުކުރަން ބުންޏަސްވެސް އެންމެ ފަހަރަކުވެސް އަހަރެން ނަމާދެއް ނުކުރަން.. ދާނިޔަލް މިސްކިތަށް ދިޔައީމަ އަހަރެން ހުންނަނީ.. ފަތިސް ނަމާދުގަ ވިއްޔާ ނިދަނީ.. އަހަންނަށް އެއިރަކު ނުވެސް އިނގޭ ނަމާދުގަ ކިޔާ އެއްޗިއްސެއް.. އަހަރެން ނަމާދު ނުކުރާތާ އެތަށް ދުވަހެއް ވީ ފަހުން އަދި ކިރިޔާ އަހަރެން މި ނަމާދު ކުރަނީ.. ވުޟޫ ކުރަން އެހާ ގިނަ އިރު ނެގީވެސް އެހެންވެ.. އެކަމް ﷲ އިރާދަފުޅުން މިހާރު އަހަންނަށް ވިސްނިއްޖެ.. އަހަންނަށް ކުރެވުނު ފާފަ އިޙުސާސްވެ ތައުބާ ވެއްޖައިން.. ދާނިޔަލްއަށް ދޮގު ހަދާ އޮޅުވާލެވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދެން.. ތެދަށް ބުނަންޏާ އަހަރެން ލަދުވެސް ގަނޭ މިހާރު ދާނިޔަލްއާއި ކުރިމަތިލާން..” އާލާގެ ލޮލުން ފާއްދާލި ކަރުނަ ތިއްކާއި އެކު އޭނާ ކިޔައިދެމުން ދިޔަ އިރު ދާނިޔަލް އިނީ ސިހުމެއްގައެވެ.
ނަމަވެސް އޭނާ ހިނިތުންވެލުމަށްފަހު އާލާގެ އަތުގައި ހިފާލިއެވެ. “ސޮރީ ބުނަން ޖެހޭނީ އަހަންނަކަށް ނޫނެއްނު.. ﷲގެ ޙަޟްރަތުން މަޢާފަށް އެދެން ޖެހެނީ.. އެކަން އާލް ކޮށްފި.. އަލްޙަމްދުލިއްލާހް.. އެހެން ވީމަ ދެން އެކަންތައް އެ ނިމުނީ.. ގިނަ ގިނައިން ތައުބާ ވާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންވޭ.. ދެން އެކަހަލަ ކުށެއް އާލް ތަކުރާރު ނުކުރައްޗޭ.. އަހަންނާއި ކުރިމަތިލާން ލަދުގަތަސްވެސް ދެން އަހަންނާއި ދުރަކުން ނޫޅެވޭނެ އިނގޭ.. ތިއީ މަގޭ ވައިފީއެއްނު..” ސީރިއަސް ކަމާއެކު ފެށި ވާހަކަ ދާނިޔަލް ނިންމާލީ އާލާގެ ކޮނޑަށް އަތް ވައްޓާލަމުން ސަމާސާ ރަގެއްގައެވެ. އާލާ ލުއި ހުނުމަކާއެކު ދެލޯ ފުހެލިއެވެ.
ފަތިސް ނަމާދު ބަންގީގެ އަޑަށް ސިޓިންގް ރޫމުގައި ތިބި އާލާ އާއި ދާނިޔަލް އިން ތަނުން ތެދުވެގެން ގޮސް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއިރު ޓިވީއިން އަޅުވާފައި ހުރި މައްކާ ޗެނަލް އިން ނަން މަޝްހޫރު ޤާރިއެއްގެ ކިޔެވުން އަޑުއިވެމުން ދެއެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް އުޅޭ މީހުން ޠަވާފް ކުރަމުންދާ މަންޒަރުވެސް ދައްކަމުން ދިޔައެވެ.
ދާނިޔަލް އިސްވެ އިމާމަކަށްހުރެ ނަމާދު ކުރަމުން ދިޔައިރު އާލާ ހުރީ އޭނާގެ ތަންކޮޅެއް ފަހަތުގައެވެ. އާލާއަށް ޝައުޤުވެރިކަމާއެކު އަޑުއަހަން ހުރެވުނީ ދާނިޔަލްގެ ފިރިހެންވަންތަ އަޑުން ކިޔަވަމުން ދިޔަ އާޔަތްތަކެވެ. ކުރިންސުރެވެސް އޭނާއަށް ދާނިޔަލް ކިޔަވާތަން ހަމައެކަނި ފެނުނުކަމެވެ. އަޑު މި އިވުނީ އަދި އަލަށެވެ. ޢަބްދުއް ރަޙްމާން އައް ސުދައިސްގެ ރާގަށް ކިޔަވަމުން ދިޔަ އިރު އަޑުއަހާލަން ނުހަނު ފަސޭހައެވެ. އާލާއަށް އޭނާގެ ޢަމަލުތަކާއި މެދު ވިސްނުނު ވަރަކަށް ހިތަށް ކުރަމުން ދިޔަ އަސަރު ބޮޑުވެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ގިނަވާން ފެށިއެވެ. ނޭފަތް ދަމާލަމުން އޭނާ ދުޢާއަށް އަތް ނަގައިގެން ހުރެ ކުރީ ފަހަރުތަކެކޭ އެއްފަދައިން އަސަރާއި އެކު ދުޢާ ކުރަމުން ދިޔައެވެ.
ދާނިޔަލްގެ ހާލަކީތޯއެވެ؟ އޭނާގެ ލޮލުންވެސް ކަރުނަ އޮހޮރިފައި ވެއެވެ. އެއީ އޭނާއަށް އާންމު ކަމެކެވެ. ކިޔަވަމުން ދިޔަ ހިނދު އާޔަތްތަކުގެ މާނަ ސިކުނޑިއަށް ނަގައިގަނެވުނުހެން އެޔާއި މެދު ވިސްނި ހިތަށް ބިރުވެރިކަން ވަންނަމުން ދެއެވެ. އެހެން ކަމުން އޭނާއަށް އެ ކަރުނަތައް ހިފެހެއްޓުން ވީ ދަތިކަމަކަށެވެ. އެންމެ ފަހު ކަމަކަށް ނަމާދުކޮށް ނިމުމުން ދުޢާ އަތް އަތް ނަގައިގެން ހުރެ ކުރިއެކޭ އެއްފަދައިން އޭނާ ދުޢާ ކުރަމުން ދިޔައެވެ. މައިންބަފައިންގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު އަދިވެސް އޭނާގެ ހިތަށް ތަދުވެއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ހިނިތުންވެލީ މިއަދު އޭނާ ސަލާމަތް ވުމުންނެވެ. އެތަށް ފަހަރެއް މަތިން ދުޢާގައިވެސް އޭނާ ﷲއަށް ޙަމްދުކުރިއެވެ. އަދި އޭނާގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްވެސް ދާނިޔަލް ދުޢާ ކުރިއެވެ.
ދެމީހުން ނަމާދުކޮން ނިންމުމަށްފަހު ވަކިން ހުރި ދެ ސޯފާގައި އިށީނީ އަލިވާންދެން ޤުރުއާން ކިޔަވާލައި ހެނދުނުގެ ޛިކުރު ކުރުމަށެވެ. “ދާނިޔަލް.. އަދި އެއްފަހަރު ކިޔަވާލަ ދީފާނަންތަ؟ ޕްލީޒް..” އާލާ ކުޑަކުއްޖެއްހެން ދާނިޔަލް ގާތު އެދުނު ގޮތުން އޭނާ ގާތަށް ހިނި އައެވެ. އާލާގެ އެ ހުންނަ މައުސޫމް ގޮތްގަނޑުން ދާނިޔަލް އަށް އޭނާދެކެ އިތުރަށް ވެވެނީ ލޯތްބެވެ.
“ތިހާ ކިއުޓް ފޭސް އެއް ނެހެދިޔަސް ކިޔަވަދީފާނަމޭ.. ކޮން ރާގަކަށް ކިޔަވަންވީ؟” ހިނިތުންވެލަމުން ދާނިޔަލް ސުވާލުކޮށްލިއެވެ. އާލާއަކަށް މާ ގިނަ ޤާރީންގެ ނަމެއް އަދިއެއް ނޭނގެއެވެ. “ކޮން ރާގުތަކެއް އިނގެނީ؟ ދާންގެ ފޭވަރީތް ރާގަށް ކިޔަވާލާ.. އަހަރެން އަޑުއަހަން އިންނާނަން..” އާލާ ދަތްދޮޅީގައި އަތް ވިއްދާލަމުން ބުނެލިއެވެ. އޭނާގެ ހުރިހާ ޝައުޤުވެރިކަމެއް ހުސްކޮށްލީ ދާނިޔަލްގެ ކިޔެވުމަށެވެ. އޭގެ ދެވަނަ ސިކުންތުކައި ދާނިޔަލް ކިޔަވަން ފެށުމުން އާލާއަށް އިނދެވުނީއެވެ. ބަހެއްވެސް ބުނަން ނޭނގިފައި ހިނިތުންވެލައިގެން އާލާ އިން އިރު ހީވަނީ ދިވާނާ ވެފައި އިން ކުއްޖެއް ހެންނެވެ. އެސްފިޔައެއްވެސް ޖަހާލަން ނޭނގިފައި އާލާ އިނއެވެ. މުލްކު ސޫރަތް ދާނިޔަލް އެއްކޮށް ކިޔަވާ ނިންމުމަށްފަހު އިސް އުފުލާލައި އާލާއަށް ބަލައިލިއެވެ.
“މާ ޝާ ﷲ.. ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ރީތި..” ދާނިޔަލްއަށް ތަޢުރީފް ކޮށްލާނެ މާ ފަށުވި ޢިބާރާތްތަކެއް އޭނާއަށް ނޭގުމުން އާލާ ބުނެލީ އެހެންނެވެ. ދާނިޔަލްއަށް ހެވުނީއެވެ. “ވަރަށް އުފާވެއްޖެ ދީނަށް ލޯބިކުރާ ޒުވާނެއް އަހަރެންގެ ލައިފް އަށް އައީމަ.. އެއިރު ރުޅި އަޔަސް މިހާރު ﷲއަށް ޙަމްދުކުރަން.. ތެދެއް.. ކޮންމެ ކަމެއްވެސް ﷲ މެދުވެރި ކުރައްވަނީ އެންމެ ރަނގަޅަކަށް.. އެކަމުގެ ހެއްކެއް މިހާރު އަހަރެން ކުރިމަތީ މީނީ..” އާލާ ހިނިތުންވެލަމުން ބުނެލިއެވެ. އެހިނދު ސަކަރާތް ޖަހާލުމުގެ ބޭނުމުގައި ދާނިޔަލް ކޮބައިހޭ ކިޔަމުން ތަންތަން ހޯދަން ފެށިއެވެ.
“ނޫޅެން ދައްކާކަށް.. އޭނާ މިހާރު ނެތް މިތާކު.. އެކަމު އާލްގެ މިތާ އެބައިން..” އާލާ އޭނާގެ ހިތުގައި އަތް ޖައްސާލަމުން ބޯ ކުޑަކޮށް އަރިކޮށްލައިފައި ނިކަން ލޯބިކޮށް މޫނު ހަދާލަމުން ބުނެލިއެވެ. ދާނިޔަލް މިފަހަރުވެސް ރީތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެޔަށްފަހު އާލާ ގާތަށް ޖެހިލައިފައި އޭނާގެ ނިތަށް ބޮސް ދިނީ އަބަދުވެސް އޭނާއަށް ލޯތްބާއި ޙިމާޔަތާއި ރައްކާތެރިކަން ދޭނަމޭ ބުނާ ފަދަޔަކުންނެވެ. އާލާ އިސްޖަހާލިގޮތަށް އިނީއެވެ. ދެކޮލަށް ޖަންބުކުލަ ވެރިވެފައިވާއިރު މީހަކު އާޝޯޚު ކުރުވާހާވެއެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ރީތި މިސާލެކެވެ.
“ރޫ މެންނަށް ގުޅަންތަ ބްރެކްފާސްޓަށް؟ ދާނިޔަލް އައިކަމެއް އެމީހުންނަކަށް ނޭނގޭނެއްނު އަދި..” އިރު އެރުމުން ދާނިޔަލްއާއި އާލާ ސިޓިންގް ރޫމަށް ނިކުތް އިރު ބަދިގެއާއި ދިމާލަށް ދަމުން އާލާ ދާނިޔަލްއަށް ބަލައިލައިފައި އަހާލިއެވެ. “ކޮން ރުލެއް؟” ދާނިޔަލް އަނގައަށް ވައްތަރެއް ޖައްސާލަމުން ސުވާލުކޮށްލިއެވެ. “ރުކާ.. މަގޭ ރުކާ.. އަހަރެންގެ ބެސްޓީ.. ދާނިޔަލްގެ ކޮއްކޮއެއް ހުރެޔެއްނު އަޒާން ކިޔާ.. އޭނާގެ އަންހެނުން..” އާލާ ދެ އަތުން އުނަގަނޑުގައި ހިފަހައްޓާލަމުން ދެކޮޅަށް ކުޑަކޮށް ބޯ ހުރުވާލައިފައި ބުނެލިއެވެ. ދާނިޔަލްއަށް ހިނިގަނޑު ނުހިފެހެއްޓިގެން ބޭރުކޮށްލެވުނީއެވެ. އާލާ ބަލަހައްޓައިގެން ހުރުމަށްފަހު އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލީއެވެ. “ހޫމް ބުނޭ.. އަޒާން އަށްވެސް އަދި ނޭނގޭނެއްނު.. އަޒާން މަ ހޯދަން އުޅުނުތަ އަނެއްކާ؟” ދާނިޔަލް ދެޖީބަށް އަތް ޖަހާލަމުން ސުވާލު ކޮށްލިއެވެ.
“ހަމަ ހީވޭތަ ދެން ދާނިޔަލް ގެއްލިގެން އުޅޭއިރު އޭނާ ދެފައި ދަމާލައިފައި ހަމަޖެހިގެން އޮންނާނެހެން؟ ޕޮލިހުންނަށް ހުށަހަޅައިގެން މިހާރު އޭނާ އެ މައްސަލަ ބަލަނީ.. ސާބަސް ދާނިޔަލް އަށް..” އާލާ ބުނެލި ގޮތުން ދާނުޔަލް ގާތަށް މިފަހަރުވެސް ހިނި އައި ނަމަވެސް ޕޮލިހުންނަށް މައްސަލަ ހުށަހެޅި ވާހަކަ ބުނުމުން އޭނާ ނުތަނަވަސްވިއެވެ. އޭނާގެ ކާފަ ޖަލަށް ދާތަން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަމަ އެފަދައިން ޝަޒިއްޔާ ޖަލަށް ދާތަން ދެކޭކަށް އާލާއަކަށްވެސް ވަކި ކުޅަދާނައެއް ނުވާނެއެވެ. “މި ގުޅަނީ އިނގޭ.. ދާނިޔަލް ގުޅައިފިއްޔާ ސަޕްރައިޒަކަށް ނުވާނެއްނު..” ޚިޔާލަކަށް ގެއްލިފައި ހުރި ދާނިޔަލް އަށް ޚިޔާލީ ދުނިޔެއިން ހޭލެވުނީ އާލާގެ އަޑަށެވެ. ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު އޭނާ ސޯފާގައި އިށީނދެލީއެވެ.
“ކޯންޗެއް ހަދާނީ މިއަދު؟ މިހާރު އާލްއަށް ކައްކަންވެސް އިނގެޔޭ.. ދާން ނެތީމަ އެހެން އުޅެމުން ގޮސް ދަސްވީ..” އާލާ ފޮނިވެލައިފައި ބުނެލިއެވެ. އެހެން ކަމުން ދާނިޔަލް ނިކަން ޝައުޤުވެރިކަމާއެކު އެހެން ހެއްޔޭ އަހާލުމަށްފަހު އާލާ ގާތު ހަދަންވީ އެއްޗެހީގެ ބޮޑު ލިސްޓެއް ދިނެވެ. އެއިރު އާލާގެ މޫނަށް ޖައްސާލައިގެން އިން ވައްތަރު ފެނި ދާނިޔަލްއަށް ހިނިގަނޑު މަތަކުރެވެނީ ކިރިޔާއެވެ. “އޯކޭ؟ ނިމުނީ؟ އެކަމް ހާދަ ބައިވަރެއް؟” މަޑު މަޑުން އާގަމަވެފައިހުރެ އާލާ އަހާލިއެވެ. އެހިނދު ދާނިޔަލް ބާރުބާރަށް ހޭންފެށުމުން ސޯފާއިން ކުށަން އެއް ނަގައި އެ ބާރުބާރަށް ދާނިޔަލްއާއި ދިމާލަށް އެއްލުމަށްފަހު އާލާ ބަދިގެއަށް ދިޔައީއެވެ.
“ދޮގެއް ވާ ނޫން.. މާސްޓަރ ޝެފްއެއް މިގެއަށް ގެނެވިފަ މިހުރީ..” އާލާ ކުރާ ކަމެއް ބަލައިލުމުގެ ނިޔަތުގައި ބަދިގެއަށް ވަތް ދާނިޔަލްއަށް ލިބުނީ ހައިރާންކަމެކެވެ. ކުރިން އެހާ ހާލުން ކައްކަން އުޅުނު އާލާ މިހާރު ހީވަނީ އާންމުކޮށް ކައްކާ އުޅޭ ކުއްޖެއް ހެންނެވެ. ޔަގީނުންވެސް ކޮންމެ ހާލަކާއި ލައިގެންވެސް އޭނާ ކައްކަން ދަސްކޮށްފައި އެބަހުއްޓެވެ. އާލާ ދާނިޔަލްއަށް ބަލައިލުމަށްފަހު އެއްބުމަ އަރުވާލީ ފޮނިވެލަމުންނެވެ.
ދާނިޔަލްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން އާލާއަށް ޖެއްސުން ކޮށްލާނަމޭ ހިތާ އޭނާ ގާތަށް ދިޔައެވެ. އެޔަށްފަހު އެތާ ހުރި ފުށް ތަށި ތެރެއަށް އަތް ކުޑަކޮށް ލައިފައި އިނގިލި ތަކުގައި ފުއް ހޭކިލުމުން ސިއްރު ސިއްރުން އާލާ ގާތަށް ޖެހިލިއެވެ. “އެޔަށްފަހު ޓޮމާޓޯއެއް ކޮށަށް އެވަގުތު ހުރި އާލާއަށް އިނގުމުގެ ކުރިން އަވަހަށް އޭނާގެ ދެކޮލުގައި ދެ އިނގިލި ހާކާލިއެވެ. އެއިރު އޭނާގެ ދޮން ކޯތާފަތުގައި ރަނގަކަށް ފުއް ހުއްޓެވެ.
“ހޫން..” އާލާއަށް ވީ ކީއްކަން ނޭނގުނު ނަމަވެސް އެވަގުތު އެދޭތެރެއަށް ދާނިޔަލްގެ އަތް ބޭނުމުން ދުރަށް ޖެހިލިއެވެ. “ކީތް ތިކުރީ؟” ދާނިޔަލްގެ ލާނެއްކަން ވެރިވެފައިވީ މޫނު ފެނި ކޮންމެވެސް ނުބައެއް އުޅޭކަމަށް އާލާގެ ހިތް ބުނަމުން ދިޔައެވެ. އެވަގުތު ފަހަތަށް ލައިގެން ހުރި ދާނިޔަލްގެ އަތް އޭނާއަށް ފާހަގަ ވިއެވެ. އެހެން ކަމުން ކޮލުގައި މަޑުމަޑުން އަތް ޖައސާލީ އެއްޗެއް ހުރިތޯ ބެލުމުގެ ނިޔަތުގައެވެ. އަތަށް ބަލއިލި އިރު އަތުގައި ފުއް ހުރިތަން ފެނި އާލާ ދެބުމަ ގޮށް ޖަހާލިއެވެ. “ހުރެބަލަ..” އާލާ އެހެން ބުނުމަށްފަހު ފުއްކޮޅެއްގައި އަތް ޖައްސާލައިފައި ދާނިޔަލްއާއި ދިމާލަށް ދުއްވައިގަތެވެ. ދާނިޔަލް ސިޓިންގް ރޫމަށް ނިކުތުމުން އާލާއަށް އޭނާ އަތުވާ ގޮތެއް ނުވިއެވެ.
“މިފަހަރު އިނގޭ ތި ސަލާމަތް ވެވުނީ.. ދެން ފަހަރަކުން ނުވާނެ.. އިން ޝާ ﷲ..” ވަރުގަދަ ޢަޒުމަކާއި އެކު އާލާ ބުނެލުމުން ދާނިޔަލް މައްސަލައެއް ނެތޭ ބުނެލިއެވެ. އާލާ ދެން އަނެއްކާވެސް އޭނާގެ މަސައްކަތަށް އަނބުރާ ދިޔައީއެވެ.
“އެބަ އަންނަން ފްރެޝް ވެލައިގެން.. އަޒާންމެން އައިއްސިއްޔާ ދޮރު ހުޅުވާލާތި..” މޭޒުމައްޗަށް ކާއެއްޗެހިތަށް ނެގުމަށްފަ އާލާ ކޮޓަރިއާއި ދިމާލަށް ދަމުން ދާނިޔަލްއަށް ބުނެލިއެވެ. އޭނާ އެއިރު އިނީ ޓީވީ ބަލަން ކަމުގައިވިޔަސް އާލާގެ ބަހަށް އޭނާ އެއްބަސްވިއެވެ. އާލާ ގޮސް އިރުގަނޑެއް ވީއިރުވެސް ދޮރުގައިވެސް މީހަކު ޓަކި ނުޖެހުމުން ދާނިޔަލް އިނީ ވަރަށް ހަމަޖެހިލައިފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ކޮންމެވެސް މީހަކު ގޭގެ ދޮރުގައި މަޑުމަޑުން ޖަހާލި އަޑު އިވުމުން ދާނިޔަލް ސޯފާއިން ތެދުވެލިއެވެ. އެ ވާނީ އަޒާންމެންނަށެވެ. “އަވަހަށް ދޭބަލަ ދާނިޔަލް.. ޓަކި ޖަހަނީ އެޔޮށް..” ކޮޓަރިން ނިކުންނަމުން އާލާ ގޮވާލި އަޑަށް މި ދަނީ ނޫންހޭ ކިޔާ ދާނިޔަލް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ.
“ސަޕްރައިޒް..” ދާނިޔަލް ފުޅާ ހިނިތުންވުމަކާއެކު ކުރިމަތީ ހުރި އަޒާންއަށާއި ރުކާއަށް މަރުޙަބާ ކިއެވެ. އަޒާންއަށް އަނގަ ހުޅުވާލެވުނު އިރު ރުކާވެސް ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ދާނިޔަލް ނުފެނުމުން އަޒާން ހާސްވެފައި އުޅުނު ގޮތް އެންމެ ގާތުން ފެނުނީ ރުކާއަށެވެ. އެ ދެމެދުގައިވާ ގާތް ގުޅުން ރުކާގެ އިތުރުން އާލާއަށްވެސް އޮޅިފަކައި ނުވެއެވެ. އަޒާން އައި ގޮތަށް އައިސް ބާރުބާރަށް ދާނިޔަލް ގައިގައި ބައްދާލިއެވެ. “ކޮން ތާކު އުޅެފަތަ ތި އައީ؟ ކުޑޭ ނުފެނިގެން އަހަރުމެން އެންމެން ކިހާ ހާލެއްގަ އުޅުނީ.. ގައިމު ނުހޯދާ ތަނެއް ނޯންނާނެ.. އެއްކަލަ އިޝާންވެސް ފުރަތަމަ ފަހަރަށް ކަމަކާ ސީރިއަސް އެވީ އަދި ކިރިޔާ.. ކުޑޭ ނުފެނިގެން..” ދާނިޔަލް އާއި ދުރުވެލުމަށްފަހު އަޒާން ބުނެލިއެވެ. އިޝާންގެ ނަން އަޑު އިވުމުން ދާނިޔަލްއަށް ހިނި އާދެވުނީ އޭނާގެ މަޖާ މިޒާޖު ދާނިޔަލްގެ ލޯމައްޗަށް ސިފަވުމުންނެވެ.
“އަނެއްހެން މާބޮޑު ކަމެއް ނުވެޔޭ.. ކުޑަ ދުވަސްކޮޅެއް ވާންދެން ގޮނޑިއެއްގައި އިނީ.. އެހާ ކަމެއް؟” އަޒާން ދާނިޔަލްގެ ކޮނޑަށް އަތް ވައްޓާލުމުން ދެމީހުން އެކީ މަޑުމަޑުން ހިނގާލައިފައި ދިޔަ އިރު ދާނިޔަލް ބުނެލިއެވެ. “އެހެން ވީމަ މަ މިއަދު ޕޮލިހުންނަށް އަންގާނަށް.. އޯކޭ އެއްނު؟” ދާނިޔަލް ކުރީފަހަރެކޭ އެއްފަދައިން މިފަހަރުވެސް ހުއްޓުން އެރީ ޕޮލިހުންގެ ވާހަކަ ބުނުމުންނެވެ.
“މީ ދޯ މިއަދު މާ އުފާވެގެން ވާހަކަ ދެއްކި ކަމަކީ.. ސާބަސް.. އެއިރުވެސް މަ ބުނީމެއްނު އިރާދަކުރެއްވިއްޔާ އަދި ދާނިޔަލް ފެންނާނޭ.. އެއިރު ބޭލުވި ކަރުނަ ތަކުގެ ބަދަލުގެ ދެން ސްމައިލް ވެފަ ހުރޭ އިނގޭ.. އަލްޙަމްދުލިއްލާހް..” އާލާގެ އަތުގައި ކުޑަކޮށް ޖަހާލަމުން ރުކާ އޭނާއާއި ދިމާކޮށްލިއެވެ. އާލާވެސް ބަދަލުގައި ދެރަނުވާންވެގެން ރުކާއާއި ދިމާލަށް އެއްޗެކޭ ބުނެލުމަށްފަހު ނިންމާލީއެވެ.
އެންމެން ސައިބޮއެގެން އެކި ވާހަކަ ތަކުގައި ތިއްބައި އާލާ ބެލްކަންޏަށް ނިކުތީ ފޯނެއް އައުމުންނެވެ. ދެން ތިބީ ދެ ފިރިހެނުން ކަމުން ރުކާވެސް އާލައާއި އެއްބައިވެލަން ބެލްކަންޏަށް ނިކުތެވެ. “ހިނގާ މިރޭ އެއްކަލަ ދައްތަމެން ގެއަށް.. ބުނީ މިރެއަށް ހެދުން ނިމޭނެޔޯ..” ރުކާ އައިސް ހުއްޓުނު ވަގުތު އާލާ ބުނެލިއެވެ. އެހެން ކަމުން ރުކާވެސް އެކަމާއި އެއްބަސްވެލަމުން ބޯ ޖަހާލީއެވެ. ދެމީހުން ހަވިރު ބައްދަލުވާން ނިންމަމުން އެތެރެއަށް ވަތް އިރުވެސް އަޒާންގެ އިތުރުން ދާނިޔަލް ފޯރީގައި ވާހަކަ ދައްކަމުން ދިޔައެވެ. “މަޑުކޮއްލައްޗޭ ބައްޕައަށް އެބަ ގުޅަން..” އަޒާން އެހެން ބުނެފައި ފޯނު ނަގައި އާދިންއަށް ގުޅާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.





assalaamu a’laikum my dear readers.. 🙂 miothee vaahakaige 37 vana bai.. ummeedhu kuran mi part ves thikudhinnah kamudhaane kamah.. 🙂 kuree dhethin part ge comment thakah reply nukurevunythy nihaayathaha ma’aafah edhen huribaa readers ge faraathun ves.. noor ah v varakun comment thakah reply kureveytho balaanan, in sha allah.. 🙂 hurihaa kudhinge haalu kihineh? hurihaa kudhin thi dhey support ah vvvvvvvvv bodah shukuriyyaa.. thikahala kudhinkolheh mi story ge readers ge gothuga libuneethee vrh bodah ufaavey.. al’hamdhulillaah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3
Masha Allah! Thanks sis for uploading this.. love u ??
al’hamdhulillaah & jazakillah khairan dear.. 🙂 wa iyyaki.. aww.. <3<3<3<3<3 🙂
Varah reethi
jazakillah khairan Ibsha dear.. 🙂
Yeesssss!!!! Finalllyyy dhaaan salaaamaiy vee o?
Alheyyyyyyy. Haadha loabi eyyy dhaan aa aalaa aa. I’m soo happpyyy dhemeehun ehaa loabi koh ulheyythee and Aalaa ah visnuneetheeee?
Dhenn ekamm dhaan kidnap kuri meehunn police ah gendhan vaane ehnuuu. Ingey family meehun veema dhera vaane kann ekamvess.?
Ma Sha Allah. Vrh reethi mi part es. Can’t wait for the next parttt. Update asap. Ly? you are the best noor sis?☺
hehehe.. 🙂 balamaa dhw dhn vaagotheh.. ehfaharaa hurihaa kameh nuvedhaane ehnu.. dhn vaagotheh balan inthizaaru kohlamaa.. 🙂 al’hamdhulillaah, vrh ufaavehje dear ah mi part kamudhiyaeema.. jazakillah khairan.. 🙂 in sha allah i’ll try.. 🙂 aww.. <3<3<3<3<3 dear ves thiee hama best ingey.. 🙂
v reethi..maasha allah..thankx for up loading fast..finally dhaan salaamaih vejje..alhamdhulillah…but police ah nugendhiyas tell them that is aal mom n dhaan ge kaafa kan..eirun azaan n his dad will know what should they do..ly sis
al’hamdhulillaah, vrh ufaavehje.. 🙂 jazakillah khairan kokee.. 🙂 wa iyyaki.. 🙂 al’hamdhulillaah yes.. 🙂 hehe.. balamaa dhw dhn kihinehthoa vanee.. ehfaharaa hurihaa kameh nuvedhaaneyehnu dhw? ehn v ma inthizaaru kohlamaa.. 🙂 aww.. <3<3<3<3<3
Hithugai aiy jessey kameh nu dhena hurin…..??..????? ekamaku vx vrh reethi…. ماشاء الله… hama habeys….. kn iraku NXT PRT?? Curiously waiting for the NXT PRT ….. LY sis <3<3<3<3?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤?????❤❤❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤??❤❤❤❤?❤❤❤❤❤?❤❤❤❤❤?❤❤❤❤❤
dhivehi bahakee ishaaraathekey
ahaha aee aslu ibaaraiyy kuri iru nubai koh noor ah liyevifa in thankolheh.. edit kurevey goiyy vehjeyyaamu ethankolhu rangalhu kohleveytho masahkaiyy kuraanan, in sha allah.. 🙂 al’hamdhulillaah.. vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan blue.. 🙂 maadhamaa, in sha allah.. 🙂 aww.. <3<3<3<3<3
Wonderful ❤️❤️❤️?????????????????????… Maa Sha Allah mi story ge knme partehvx v v v v reethi ???❤️❤️❤️???… Superb ???… Noor sis ge knme story eh vx hama v v reethi n v ragalhu important message thakeh libigendhey ?????????❤️❤️❤️… I love your stories ❤️❤️❤️??????… Hulhukolhu n mi story ge vx hurihaa parteh hama regular koh kiyan ❤️❤️❤️???… I just love the way you describe the scenes n the way you include the important messages ??????… I can imagine each n every scene in it ❤️❤️❤️???… Good job ??????… N keep going ❤️❤️❤️??????… Ur one of my favourite story writer in esfiya ???… Curiously waiting for the next part ???… Lots of love ❤️❤️❤️?????????…
al’hamdhulillaah.. vrh ufaavehje… 🙂 jazakillah khairan Pinky shifoo.. 🙂 hageegathuga ves vrh ufaavefa mihury ingey dear.. 🙂 ehentha? jazakillah khairan dear.. 🙂 al’hamdhulillaah, noor ah neyngey dhn bunelaane ehcheh ves.. hehe.. hama shukuriyyaa ey buneleveynee.. 🙂 aww.. <3<3<3<3<3
Masha Allah wow wow wow wow wow this is my favourite story mihaathanah kiyunu love you sis. May Allah help you to get more knowledge s??????????????????????????????????????? and I am really curious dhen vaane gothakaai dheytherey?? insha allah will wait for next part?☺?☺?☺?☺?????????????????????????????????
jazakillah khairan dear.. 🙂 ehentha? al’hamdhulillaah.. 🙂 aww.. <3<3<3<3<3 maaiyy allah thibaa ge faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. 🙂 balamaa dhw.. in sha allah kuriyah huri baithah kiyaaleema dhn ingeynethaa dhw? hehe.. 🙂 🙂
Yay dhaaniyal salaamaih vee❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????
al’hamdhulillaah yes.. jazakillah khairan dear.. 🙂
Masha Allah varaha reethi alhe dhen vaane gothakaa medhu mi visnanee …. Noor kon irkakun aneh part?
jazakillah khairan dear.. al’hamdhulillaah.. vrh ufaavehje dear ah mi part kamudhiyaeema.. 🙂 hehe.. kuriyah huri baithah kiyaaleema ingeynethaa dhw? in sha allah.. 🙂 iraadhakurevviyyaa maadhamaa up kohladheveytho mi balanee.. 🙂
Wow gud job vv reethi next part waitting
jazakillah khairan dear.. 🙂
Wow ? they are made for each other ❤❤❤
jazakillah khairan dear.. 🙂 hehe..
Noor kba tha dhaange mom dhin ethi kadaa bala…❤❤❤❤❤❤❤❤Esfiya ga mihaathanah kiunu ehme reethi vaahaka mee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????varah varah varah reethi mivaahaka fesigen mihisaabah miky.
alhey dear.. adhi ebai ves annaaney, in sha allah.. kuriyah huri baithah kiyaaleema engidhaaneyehnu dhw.. in sha allah.. 🙂 asluvestha? al’hamdhulillaah vrh ufaavehje.. jazakillah khairan dear.. 🙂
Dhaan aa aaalaa ah kid eh libeyy husaabah vxxx mii vaahaka dhigu kurahche ingeyy… plxx plxx nunimahche mii vaahka???
dear.. konme kamakah ves nimumeh annahen mi vaahaka ah ves nimumeh annaanennu dhw dhn? mi vaahaka kuda dhuvaskolhehge thereyga dhn nimeyne kamah noor mi balanee.. 🙁 vrh bodah sorry dear.. btw dear mn thi dhey hiyyvarah fah fashun shukuru dhannavan.. 🙂
Kurin part eh ga ves aalaa room ah vanna aissa dhaan quran kiyaa adu ivigen dhoru kaireega madu kuri kamah in handhaaneh vey. Ehen kamah vaanan mi part ga aalaa ah meege kurin dhaan kiyavaa adu meevey kamah inumun hama eh nujehey dhw
aslu noor ethan thankolhu handhaan nethigen ehn jehifa einy.. kurin ves hama ekahala gothakah innaane mistake eh hedhifa.. kuriyah oiyy thaa ekahala thankolhu kolhu rangalhu kohleveytho baalaanan, in sha allah.. 🙂 jazakillah khairan dear.. vrh ufaavehje ethankolhu faahaga kohladhinyma.. 🙂
Mashaa Allah v reethi v furihama kiyaahithun ovva e nimuny. Dhaan salaamaiy v dhw ekam ekan kury kon baehkan falhaa aruvaalaathi waiting 4the next part
al’hamdhulillaah.. vrh ufaavehje.. 🙂 jazakillah khairan dear.. hehe.. yes dear.. 🙂 balamaa dhw dhn vaagotheh.. 🙂
Mashaa Allah v reeth nv furihama mi story ah abadhuvx inthizaaru kurevey up veythoa vx v beley ehaa vx reethi story eh mi maai Allah thibaa ah barakaathi heyo Rahmai lahvaashi. Waiting 4the next part
al’hamdhulillaah.. vrh ufaavehje dear ah mi part kamudhiyaeema.. jazakillah khairan Ashwa.. 🙂 maaiyy allah thibaage faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. adhi thibaa ah kaamiyaabee minvaru kohdhevvaashi.. 🙂
I’m really sorry ingey kury prt ah vx comment nukohlevunyma??..Masha allah???BTW vrh vrh rythi mi prt vx????whn nxt???..curiously waiting for the nxt prt??vrh vrh happy vejje dhaan salaamaiy vyma??..Jazakhallah khairan for uploading this prt ????..Lysm❤????
Nooon kuryy part ga inii dhaaan kiyavaa adu ivun vaahka.. mii part mii kiyawanii hma lolah vxx fenign dhwa aaalaa ah dhaaan.. kuryy part ga vyy gothakyy aalaa kotrii dhoru mahchah erii irah dhaaan kiyawaa adu ivunii.. ? vaahka vrh reethi nooor.. maasha allah
whn nxt??? vrh reethi mi part ves???….maashaa allah??shixiyya n maniku polihunnaa havaalu kureema rangalhu vaane ??……. in sha allah?
Vhk vrh furihama…..and aish ge liyun theri kan vx hama ehaame furihama….masha allah…. avahah next episode up kohdhehche…..waiting….and dhaaniyal and aalaa is madefor each other….avahah lwbivaa vhk aalaa lavva dhaniyal kairi bunuvvaa…and avahah next part up kohdhehche…..luv you @aish noor…..hope that you will comment….
al’hamdhulillaah.. 🙂 vrh ufaavehje.. jazakillah khairan Girl.. 🙂 in sha allah, maadhamaa 38 vana bai up kohladheveytho noor mi masahkaiyy kuranee.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 aww.. <3<3<3<3<3
Kn irakun vaahka up vaaanii?? Still waiting
Noor vrh reethi and interesting mi vrhaka. You are one of my inspirations and i just love it. even tho kuryge baeh parts ah comment nukurevunas i read this regularly. Love you
Assalaamu a’laikum my dear readers.. 🙂 jazakumullah khairan all.. vrh ufaavehje thikudhinnah mi part kamudhiyaeema.. al’ahmdhulillaah.. 🙂 thikudhin thi dhey support ah ves shukuru adhaakuran.. 🙂 ekam dhn othy hithaamaveri khabareh.. i’m sorry ekam mirey noor ah up kurevey gotheh nuvi miadhu kudakameh dhimaa vegen.. 🙁 maadhamaa in sha allah up kohladheveytho balaanan ingey.. 🙂 noor ah heevanee dhn neennaane hen maa gina part thakeh ves story nimen.. in sha allah dhethin part ah fahu mi story ves nimmaaleveyne.. al’hamdhulillaah.. 🙂 jazakumullah khairan and LY all.. 🙂
What???story nimenyy?????no make it a little bit longer this is the best story ever and you are the best writer i ever saw????????? mi part vx vvvvvv reethi maasha allah and dhaan salaamayy v ma vvv happy vejje.. aaala and dhaan are made for each other 4 ever n ever ?????noor ge story thakun v iburaiitheri msg libey thy vv ufaave ?????? luv yuh ???✌✌✌????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1 more thing mi story ah fahu noor ge ithuru story akah hama inthizaaru kuraanan inshaa allah??? u r the best n ive been reading all your storys from the start
Yes i agree with Minnnnu, you are one of the best writer i ever saw MashaAllah, and yes varah gina ibraii haasil vehjje. vrh bodethi good changes thakeh life ah aissi. Ummeedhu kuran “Hulhukolhu” “Dhuaa” mifadha ithuru reethi vaahaka thakeh adhives Noor liyaane kamah. Hard copy eh publish kurann feney Noor.
And curiously waiting 4 the next part????????????????????✌✌✌
I’m curiously waiting for anothor part…aish…tomorrow morning ga up kolla dhehche…..plx……waiting 4 next part…;]