Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 36

hygge Level 510 Stories100 Comments100 Login500 Comments
November 19, 2018 13 Mins Read
31 Comments

“އާލް.. އަހަރެން ދޭން އޮތީ އެންމެ ނަސޭހަތެއް.. ނަމާދުކޮށްފަ ކޮންމެ ނަމާދެއް ފަހުގަ ދާނިޔަލްއަށްޓަކައި ދުޢާ ކުރޭ.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާ އޭ ބުނެޔެއްނު.. ދުޢާ އަކީ ވަރަށް ބާރުގަދަ އެއްޗެއް.. ދުޢާ ކުރުމުން ނެގަޓިވް ފީލިންގްސް ތަކުން ދުރުވެ ރުޅިއާއި ހާސްކަމުން ދުރުވާނެ.. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމުން މި ކަންކަމުން ދުރުވާނެ، އިން ޝާ ﷲ.. ﷲއަށްޓަކައި އެންމެ ނަމާދެއްވެސް ކޮށްލަބަލަ.. އެ ނަމާދަށްފަހު އާލް ހަމަ ކުރާނެ ވަރަކަށް ދުޢާ ކުރަންވީ.. އެކަލާނގެ އާލްގެ އަޑު އައްސަވާނެ.. އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ.. ތި ދެލޮލުން ކަރުނަ އަޔަސްވެސް އެއީ އެއްވެސް މައްސަލައެއް ނޫން.. އާލްއަށް ވިސްނިއްޖެއްކަން ދޯ އެ ކަރުނަތައް އެ ކިޔައިދެނީ؟ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމަށްވުރެ ވަކި ކޮންކަމެއް އުފާވެރިކަން ބޮޑީ؟ މިއީ އާލާގެ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން އަހަރެން އާލްއަށް ދޭނެ ނަސޭޙަތަކީ..” ހިނިތުންވެލަމުން ރުކާ އާލާ ގާތު ބުނެލިއެވެ.

“ހުމްމް.. ދެން ހިނގާބަލަ ކޮންމެސް އެއްޗެއް ކާލަން.. ދެމީހުން ވެގެން އެއްޗެއް ކެއްކޭތޯ އުޅެބަލަ.. އިނގިދާނެތާ ކާކުކަން ކައްކަން މޮޅީ..” ތަނަށް ވެރިވެފައިވީ ހަމަހިމޭންކަން ކަނޑުވާލަމުން ރުކާ ހިނިތުންވެލައިފައި ބުނެލިއެވެ. އެޔަށްފަހު އާލާގެ އަތަށް ދަމަމުން އެތަނުން ގެންދިޔައެވެ.

***

އަޒާން އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. ހީވާގޮތުން އޭނާ ހުރީ ވަރަށް މުހިއްމު ވާހަކައެއްގައެވެ. އިރުކޮޅަކާއި މޫނުމަތިވެސް ފުހެލައެވެ. “އޯކޭ.. އަޅުގަނޑުމެންގެ ފަރާތުން އިންވެސްޓިގޭޝަންއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދޭނަން، އިން ޝާ ﷲ..” އަޒާން އެހެން ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. ޕޮލިހުންނަށް މައްސަލަ ހުށަހަޅައިގެން އޭނާ މިހާރު އެއުޅެނީ ދާނިޔަލް ހޯދުމުގެ މަސައްކަތް ފަށައިގެންނެވެ.

އޭނާ ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. މޫނުމަތި ދެއަތުން ފުހެލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ގޮސް އަޒާން ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ އާދިން އެވެ. “މައްސަލައެއް ނެތްތަ ބައްޕަ ކޮޓަރިއަށް ވަނަސް؟” އެކޮޓަރިއަށް ވަނުމުގެ ހުއްދައަށް އެދުމުން އަޒާން ތިއީ އަހާކަހަލަ ވާހަކައެއް ނޫނެއް ނޫންހޭ ބުނެ އާދިން އެކޮޓަރިއަށް ވެއްދިއެވެ. “ދަރިފުޅާ އަޒާން.. ކޮބާތަ ކުޑޭ؟ މި ދެދުވަހުވެސް ކުޑޭ ނުދޭ ހޮސްޕިޓަލަކަށް..” ސީދާ އަޒާންގެ މޫނަށް ބަލަހައްޓައިގެން ހުރެ އާދިން ސުވާލު ކޮށްލުމުން އަޒާންއަށް ހީވީ އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރަކުން ޖެހި ހެންނެވެ. ނޭވާ ހިފަހައްޓާލަމުން އިރުކޮޅަކު މަޑުކޮށްލީ ބުނާނެ އެއްޗެއް ހިތަށް ނައުމުންނެވެ. “ކުޑޭ ކުޑަކޮށް ބަލިވެ އުޅޭ ވާހަކަ ބުނި ގުޅާފަ.. ބައްޕަ ކައިރީ ނުބުނޭތަ؟” އެވަގުތު ހިތަށް އައި އެންމެ މޮޅު ވާހަކަ އަޒާން ބުނެލިއެވެ. ނަމަވެސް ކަންތައް ވާން މިއުޅެނީ ކިހިނެތް ކަމެއް އެފަކީރަށް ކުޑަކޮށްވެސް ރޭކާނުލައެވެ.

“އަޒާން ބައްޕަކައިރީ ވާހަކައެއް ދައްކަންވެފަ އެބައޮތްތަ؟” އާދިން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. އެހިނދު އަޒާން އަވަސް އަވަހަށް ދެފަރާތަށް ބޯ ހުރުވާލަމުން އެކަމާއި ދެބަސްވިއެވެ. “އަޒާން.. އަޒާންމެން ކޮންމެވެސް ކަމެއް އެބަ ފޮރުވަމެއްނު.. ބައްޕައަށް އެކަން އިނގެޔޭ.. ބުނޭ ތި ވެގެން އުޅޭ ގޮތެއް ބައްޕަގާތު.. ހުރިހާ ޙަޤީގަތެއް ކިޔައިދީ.. ބައްޕަ އަޒާންއަށް ދޮގުހަދަން ދަސްކޮށްދިނީ ކޮން އިރަކު؟” އާދިން ހިތްހަމަ ނުޖެހިފައި ބުނެލިގޮތުން އަޒާންއަށް ގޮތް ހުސްވި ކަހަލައެވެ. ދެފިކުރެއްގައި ހުރެފައި އެންމެ ފަހުން ހަދާނެ ގޮތް ހުސްވުމުން ކަންތައް ވީގޮތް އަކުރުން އަކުރަށް އޭނާ އާދިންއަށް ކިޔައިދިނެވެ.

“މިވަރު ބޮޑުކަމެއް ހިނގައިގެން އުޅޭއިރު އަޒާން ތިއުޅެނީ ބައްޕައަށް މިކަން ސިއްރުކުރަންތަ؟ އެއީވެސް ހަމަ ބައްޕަގެ ދަރިއެކޭ.. އުފަން ބައްޕަ ނޫނަސްވެސް ދަރިއަކާމެދު ބައްޕައެއްގެ ހިތުގައި އޮންނާނެ ކުލުނު ބައްޕަގެ ހިތުގައިވެސް ދާނިޔަލް އާއި މެދު އޮވޭ.. ބައްޕަގާތު މި ވާހަކަ ބުނެ ބައްޕައާއި އެކު މަސައްކަތް ކުރުމުން އަޒާންއަށްވެސް ފަސޭހަ ވާނެއްނު.. ދަރިފުޅާ.. މިކަހަލަ ބޮޑެތި ކަންކަން ބައްޕަމެންނަށް ސިއްރުކުރުން އަދި އެންމެ ބުއްދިވެރި ގޮތެއް ނޫން.. ބައްޕަމެންނަށްވެސް މިކަންކަން އެނގުމުގެ ޙައްޤު އޮންނާނެ..” އާދިން އަޒާންގެ ކޮނޑުގައި ޖަހާލި އިރު އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑަ އެޅިއެވެ.

***

ރުކާ އެގެއިން ދިޔުމުން އާލާ ހުރީ ބެލްކަންޏަށް ނިކުމެއެވެ. މުޅި ގޭތެރެއިން ފަޅުކަން އިޙުސާސް ކުރެވެމުން ދިޔައިރު އޭނާއަށް އިޙުސާސްކުރެވެމުން ދިޔައީ އެކަނިވެރިކަމެވެ. އާލާގެ ނަޒަރު ހުއްޓިފައިވަނީ ހުރި ސީދަލަށް ކުރިމައްޗަށެވެ. ސާފު ރީތި އުޑުމަތީގެ އެކި ދިމަ ދިމާލުން ރަތްވިލާތައް އަތްގަދަ ކުރަމުން ދިޔަ އިރު ބަލާފޫހިނުވާނެހާ ރީއްޗެވެ. ދުރުދުރަށް ފެތުރިފައިވާ ދޫލައެއްފަދަ އޮމާން ކަނޑުގައި ދުއްވަމުންދާ ލާންޗާއި ފެރީތަކުގެ ސަބަބުން ކަނޑުގެ އޮމާންކަން ނަގާލަމުން ދިޔަ ނަމަވެސް ހިތްގައިމެވެ. ކުޑަކުދިން ގޮވައިގެން ސައިކަލު ބުރުޖަހަމުން ދިޔަ ބައްޕައިންނާއި މައިންމައިންގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެވެ. ހީވާގޮތުން އެމީހުންވެސް އިރުއޮއްސެން ގާތްވުމުން އެވަނީ ގެތަކަށް މިސްރާބު ޖަހައިފައެވެ.

ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އާލާއަށް ސިހުން ގެނުވީ ގެއާއި މާ ދުރުނޫން ހިސާބެއްގައި ހުރި މިސްކިތުން ބަންގި ގޮވަމުން ދިޔަ އަޑު ކަންފަތާއި ހަމައަށް ފޯރުމުންނެވެ. އެހެންޏާ އޭނާއަށް ނުކުރެވޭ މުޅިން އާ އިޙުސާސެއް އާލާގެ ހިތަށް ކުރުވިއެވެ. އެވަގުތު ކުއްލިއަކަށް އާލާގެ ސިކުނޑީގައި ކޮއްޓާލީ ރުކާ އޭނާގާތު ދެއްކި ވާހަކައެވެ. ނަމާދުކުރުމުގެ މުހިއްމުކަމުގެ ވާހަކައާއި ދުޢާގެ ބާރުގަދަ ކަމާއި ދާނިޔަލްއަށްޓަކައި އޭނާ ދުޢާ ކޮށްދިނުމުގެ ވާހަކައެވެ. ހަމަ އެއާއެކު އާލާގެ ހަނދާނަށް އައީ ދާނިޔަލް އޭނާ ގާތު ނަމާދުކުރަން ބުނާ ގޮތެވެ.

ކޮންމެ ފަހަރަކު ދާނިޔަލް އެހެން ބުނެފައި ދިޔުމުން އޭނާ ނަމާދުނުކޮށް ހުންނަނީއެވެ. އޭނާއަށް ކަންތައް ކުރެވުނު ގޮތް ހިތަށް އަރާ އާލާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. އަދި ހިތަށް ތަދުވެސް ވެލިއެވެ. އާލާ ހުރިތަނުން ގުޑާލީ ކޮޓަރިއާއި ދިމާލަށް ދިޔުމަށެވެ.

އެތަށް އިރަކުން ވުޟޫކޮށް ނިންމާލުމަށްފަހު އާލާ ނަމާދުކުރާ ބުރުގާ ބޮލަށް މަހާލިއެވެ. އެޔަށްފަހު ޤިބުލަޔަށް ކުރިމަތިލައި މުޞައްލަ މަތީ ހުއްޓުނު އިރު މުޅިން ތަފާތު ޝުޢޫރުތަކެއް އާލާގެ ހިތުގައި ދަތުރުކުރަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ދާތިކިތައް ފާޅުވަމުން ދިޔަ އިރު ކުރިން އުޅެވުނު ގޮތް ފިލްމެއް ފަދައިން ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ނަމާދެއް ކޮށްފައި ނުވާކަން ހަނދާނަށް އައުމުން ލޮލުން ކަރުނަ ހިލި ހިތް ބިރުވެރިކަމުން ވަށާލިއެވެ.

އޭނާއަކީ ކޮންފަދަ ނުބައި އިންސާނެއް ހެއްޔެވެ؟ މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާން ނުކޮށް އެ ނިޢުމަތްތައް ހިތުހުރިގޮތަކަށް ބޭނުންކުރަމުން ދިޔައިރު އެއްފަހަރުވެސް އެކަލާނގެއަށް ޝުކުރުވެރިނުވެއެވެ. ނުވިތާކަށް އެކަލާނގެއަށްޓަކައި އެންމެ އަޅުކަމެއްވެސް ކޮށްފައިނުވެއެވެ. ރޯދަ ހިފިޔަސްވެސް ހަމައެކަނި ނުކައި ދުވާލުދާ ހަތަރުދަމު ހުންނަ ކަމެވެ. އޭނާއަށް މި ވީހާ ދުވަހު ހިފި ރޯދައިގެ ސަވާބު ލިބޭނެ ބާވައެވެ؟

ނަމާދުކޮށް ނިންމުމަށްފަހު ދުޢާއަށް ދެއަތް އުފުލާލި އިރު އާލާގެ އަތުގައި ތުރުތުރުލުމެއް ވިއެވެ. ފުރަތަމަފަހަރަށް ދުޢާއަށް އަތް ނަގައިގެން ﷲގެ ޙަޟްރަތުގައި ދުޢާ ކުރަން އުޅޭތީވެ އާލައަށް އެކަން ވެގެން ދިޔައީ ތަފާތު ތަޖުރިބާއަކަށެވެ. ލޮލުން ކަރުނަތައް އޮހޮރެމުން ދިޔައީ އިޚްތިޔާރަކާއި ނުލައެވެ. ޙަޤީގަތުގައިވެސް އޭނާއަށް އުޅެވުނު ގޮތް ހިތަށް އަރާ އާލާގެ ހިތަށް އަސަރު ކޮށްފިއެވެ. އެކަމާއި ނުހަނު ދެރަވެސް ވެއްޖެއެވެ. ހިތަށް ބިރުވެރިކަން ވަދެފައިވަނީ އިންތިހާއަށެވެ. ފާފަ ފުއްސެވުމަށް އެދި އޭނާ ﷲގެ ޙަޟްރަތުގައި އެތަށް ފަހަރެއް މަތިން ދުޢާ ދަންނަވަމުން ދިޔަ އިރު އާލާއަށް ހަމަ ރަނގަޅަށްވެސް ގިސްލެވެމުން ދިޔައެވެ. އެތަށް އިރެއް ވާންދެން އޭނާގެ ފާފަ ފުއްސެވުމަށް އެދި އާލާ ދުޢާ ކުރި އިރު އޭނާއަށް ހިދާޔަތް ލިބުނު ކަމަށްޓަކައި އެތަށް ހާސްފަހަރެއް މަތިން އާލާ ﷲއަށް ޙަމްދުކުރިއެވެ. އަދި އޭނާގެ މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލެއްވުމަށާއި ދާނިޔަލްގެ މައިންބަފައިންނަށްވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރި އިރު ދާނިޔަލް ހެޔޮޙާލުގައި ލެއްވުން އެދިވެސް އެތަށް ފަހަރެއް މަތިން ދުޢާ ކުރިއެވެ. ހަމަ އެއާއެކު އޭނާ ދާނިޔަލްއާއި އަވަހަށް ބައްދަލުކޮށްދެއްވުން އެދިވެސް އާލާއަށް ދުޢާ ކުރެވުނު ޢަދަދެއް ނޭނގެއެވެ.

ނަމާދުކޮށް ނިމުމުން އާލާ އިންތަނުން ތެދުވެލި އިރު ބުނެދޭން ނޭނގޭހާ ހިތްހަމަޖެހުން އޭނާއަށް އިޙުސާސްވަމުން ދިޔައެވެ. މިއިން ދުވަހަކު އާލާ މިހާ ހިތްހަމަ ޖެހުނު ހަނދާނެއް ހަމަ ގައިމުވެސް އޭނާ ނުވެއެވެ. އަދިވެސް އެއްފަހަރު ހިތާހިތުން އާލާ ﷲއަށް ޙަމްދުކޮށްލިއެވެ. އޭނާއަށް ތެދުމަގު ދެއްކެވުން އެއީ އޭނާއަށް ޙަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ނަސީބު ކަމުގައި އާލާ ޤަބޫލު ކުރިއެވެ.

***

ކުޑަ ކޮޓަރިގަނޑުގައި އޮން ދާނިޔަލް އޮތީ ގޮނޑީގައި ލައްވެލައިގެންނެވެ. އޭނާއަށް މިގޮތުގައި ހޭދަކުރަން ޖެހޭނީ ކިތަށް ދުވަސް ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް ވެހެވެ. އޭނާ ކެތްކުރާނެއެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާއި އެކުއެވެ. ހަމަ އެއާއެކު އަޑިގަނޑެއް އަތުވެއްޖެނަމަ އުސްގަނޑެއްވެސް އަންނާެތާއެވެ. އޭނާ ދެން ޖެހޭނީ އެދުވަހަކަށް އިންތިޒާރު ކުރާށެވެ. މާތް ﷲ އެއްވެސް އިންސާނަކަށް އޭނާއަށް ނުއުފުއްލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެކަން ދާނިޔަލް ދަނެއެވެ. މާތް ﷲ ރަސޫލުބޭކަލުން މިއަށްވުރެވެސް ދަތި ގޮތްގޮތުން އިމްތިޙާނު ކުރެއްވެވިއެވެ. މިއަށްވުރެ މާ ދަތި އިމްތިޙާނުތަށް އެބޭކަލުންނާއި ކުރިމަތި ކުރެއްވެވިއެވެ. ވީ އިރު މިއަދު އޭނާގެ މި ދަތިކަމާމެދު ސުވާލު އުފެއްދުމުގެ އެއްވެސް ޙައްޤެއް އޭނާއަކަށް ނުވެއެވެ.

ދާނިޔަލް ކުރިމައްޗަށް ނަޒަރު ހުއްޓާލީ ދޮރު ހުޅުވުނު އަޑު އިވިގެންނެވެ. އެއިރު ޝިޔާމްއާއި ރިޒާ އެތަނަށް ވަންނަނީއެވެ. “އަހަންނަށް ނަމާދުކޮށްލެވޭނެ ގޮތް ހަދައިދީ.. ހެޔޮނުވާނެ.. ﷲއަށްޓަކައި އަހަންނަށް ނަމާދުކުރެވޭ ގޮތް ހަދައިދީ..” ދާނިޔަލް އާދޭހާއި އެކު ބުނެލި ނަމަވެސް އެމީހުންގެ ހަރުހިލަ ހިތްތަކަށް އެއިން އަސަރެއް ނުކުރިއެވެ.

ދެމީހުން ބާރުބަރަށް ހޭން ފެށިގޮތުން ދާނިޔަލް އެދެމީހުންނަށް ބަލަހައްޓައިގެން އިނީ ސުވާލުގެ ނަޒަރަކުންނެވެ. “ކާކު މިޒަމާނުގަ ނަމާދު ކުރާނީ؟ މުސްކުޅިއެއް ދޯ ތީ؟ މުސްކުޅިން ކުރާ ކަމެއް އެއީ.. ކަލޭ ހާދަ ނުވިސްނެޔޭ ދޯ.. އަދިވެސް ހަތްދިހައިގަ ދޯ ތިއުޅެނީ.. ތަރައްޤީވެފައި މިއޮތްޒަމާނުގަ ކާކު ތިހެން އުޅޭނީ؟ އަހަރެމެން ދަންނަ ކަމެއް ނޫން ތިއީ.. މަޖާ ކުރުން އޮންނާނީ މިހާރު.. ހެހެހެހެ..” ޝިޔާމް ދާނިޔަލްއާއި ދިމާލަށް މަލާމަތްކުރާ ފާޑަކަށް ބުނެލިއެވެ. އޭނާގެ ވާހަކަ ދެއްކުން ހުރިގޮތް ދާނިޔަލްއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ރުޅި އައި ނަމަވެސް ކެތްތެރިވެލީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާތިއެވެ.

“މަރުވުމަށް ވަކި އުމުރެއް އޮވޭތަ؟” ދާނިޔަލް ސާބިތުކަމާއި އެކީ ބުނެލި ޖުމުލައިން ދެމީހުންގެ އަނގައިގައި ތަޅު އެޅުބުނު ފަދައެވެ. އިތުރު އެއްޗެކޭ ނުބުނެ ދެމީހުން އަވަހަށް އެތަނުން ނިކުމެގެން ދިޔައީއެވެ. އަނގަ ސަކަރާތްވެ ބުނާނެ އެއްޗެއް ހިތަށްވެސް ނައީ ކަންނޭނގެއެވެ.

ދާނިޔަލްގެ ހިތަށް ހަމަޖެހުމެއް ލިބިފައި ނުވަނީ އޭނާއަށް ނަމާދު ކުރެވޭނެ ގޮތެއް ނެތުމުންނެވެ. ހިތާހިތުން އަނެއްކާވެސް ކުރިއެކޭ އެއްފަދައިން ﷲގެ ޙަޟްރަތުގައި އޭނާ ދުޢާ ކުރަމުން ދިޔައެވެ. ރަނގަޅަށް ކާން ނުލިބުމުގެ ސަބަބުން ދާނިޔަލްގެ ގައިގައި އިހު ހުރި ވަރަށް ވަރެއްވެސް ނެތެވެ. ނަމަވެސް އޭނާ ދިޔައީ ހިތްވަރު ކުރަމުންނެވެ. ކަރުހިތްކަމުން ދިޔަޔަސް އޭނާގެ ޙާލަތަށް ޝުކުރުވެރިވަމުން ކެތްތެރިވެލިއެވެ.

***

“އާލާ.. އެބަދަން ތިގެއަށް ޕޮލިހުންނާއި އެކީ..” ސިޓިންގް ރޫމަށް ނިކުމެ ނިކުމެ ހުރި އާލާގެ ފިޔަވަޅުތައް މަޑުޖެހުނީ ފޯނަށް ކޯލެއް އައުމުންނެވެ. އަޒާންގެ ކޯލަކަށް ވުމުން އަވަހަށް ނެގި ތަނުން އަޒާން އޭނާ ބުނަން ބޭނުންވީ މިންވަރަށް ބުނުމަށްފަހު އިތުރަށް އެންމެ ލަފްޒެއްވެސް ބޭރުނުކޮށް ފޯނު ކަނޑާލީއެވެ. އާލާ އެނބުރި ކޮޓަރިއަށް ވަނީ އެއްޗެހި ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ގަޔަށް ދޫ ކަކުލާ ހަމައަށް އަންނަ ގަމީސް ޓޮޕާއި އެކު އާދައިގެ ކަން ބުރުގަލެއް އަޅައިގެން އާލާ ބޭރަށް ނިކުމެ ސޯފާގައި އިށީނދެލިއެވެ. އޭނާ ގުނަމުންދިޔަ އިންތިޒާރުގެ ވަގުތަށް ނިމުމެއް އައީ ދޮރުގައި މީހަކު ޓަކި ޖަހާލި ވަގުތުއެވެ.

އާދައިގެ ހިނގުމެއްގައި ގޮސް އާލާ ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ތިބި އަޒާން އާއި ޕޮލިހުން ފެނި އާލާ ދުރަށް ޖެހިލީ އެމީހުންނަށް ތަންދެއްކުމަށެވެ. ޕޮލިހުން ތަފާތު ސުވާލު ކުރަމުން ދިޔައިރު އާލަ އޭނާއަށް އިނގުނު މިންވަރަކުން ދިޔައީ ޖަވާބު ދެމުންނެވެ. “އެއްވެސް ވަރަކަށް ޝައްކު ކުރެވޭ މީހަކު އެބަހުރިތަ؟” ޕޮލިސް މީހާ ދެން ކުރި ސުވާލުން އާލާގެ އިތުރުން އަޒާންވެސް އިރުކޮޅެއް ވާންދެން ވިސްނާލަން ޖެހުނެވެ. “އަނެއް ހެން ޝައްކު ކުރެވޭ މީހަކު ނެތް.. އަދިއެއް ހަމަގައިމުވެސް ނެތް..” އާލާ ވިސްނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. ޙަޤީގަތުގައިވެސް އޭނާއަށް ޝައްކު ކުރެވޭ މީހަކު މިވަގުތު ނެތެވެ.

އެތަށް އިރެއް ވާންދެން ތިބުމަށްފަހު ޕޮލިހުން އެގެއިން ނިކުމެގެން ދިޔައީއެވެ. އެމީހުން ދިޔުމާއެކު އާލާ ޚިޔާލީ ދުނިޔެއަށް ގެނބިގެން ދިޔައެވެ. ބަންގީގެ އަޑު އިވުމުން އާލާ އަށް ހަމަ ބިމަށް އާދެވުނެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލައިފައި އޭނާ ކޮޓަރިއަށް ދިޔައީ އިޝާ ނަމާދު ކުރުމަށެވެ.

ރޭގަނޑުގެ އެ ހިތްގައިމު ވަގުތުވެސް މާލޭގެ މަގުމަތީގައި ދުއްވާއެއްޗެހި މަދެއް ނޫނެވެ. އަނދިރިކަން ފަނޑުކޮށްލައިފައިވަނީ ދުއްވާއެއްޗެހީގެ އަލިގަދަ ބޮކިތަކުންނެވެ. ހުއްޓަމުން ނަމަވެސް އާލާ ކާރު ދުއްވާފައި ދިޔައީ ކެތްތެރި ކަމާއެކުއެވެ. ވަރަށް ހާލުން މަގުތަކުގައި ދުއްވާފައިގޮސް އަރީފްމެންގޭގެ މައި ދޮރޯށި ހުރަސްކޮށް އާލާ ކާރު އެގޭތެރެއަށް ވެއްދިއެވެ. އެޔަށްފަހު ކާރުން ފައިބައިގެން ގޮސް ގޭތެރެއަށް ވަދެގެން ދިޔައެވެ.

ކަށިމައްޗާއި ހަމައަށް އަރާ ކަޅުކުލައިގެ ގަމީސް ޓޮޕާއި އެކު މަޑު ނޫކުލައިގެ ޖީންސްގައި އާލާ ފެންނަލެއް ނުހަނު ރީއްޗެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މަޑު ފިޔާތޮށިކުލައެއްގެ ޝޯލްއަކުން އޭނާގެ ބޯ ފޮރުވާލައިފައިވީ ގޮތުންނެވެ. ހުދުކުލައިގެ ސްނީކާސް ބޫޓަކަށް އަރައިގެން ހުރި އާލާ މޮޑެލަކަށް މިރޭ ވަކިން ރީތިކަމަށް ފާހަގަކުރެވެއެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް މޭކަޕްގެ އެއްވެސް ބާވަތެއް އޭނާ ބޭނުންކޮށްފައި ނުވާއިރު އިސްޓާކީނަކުން ފައިވެސް ފޮރުވާލައިފައިވެއެވެ. މޭކަޕަކާއި ނުލައިވެސް އާލާގެ އެ ރީތިކަމަކަށް ފަނޑުކަމެއް ނާދެއެވެ. ގުދުރަތީ ރީތިކަމުގެ މިސާލެކެވެ. ދޮން މޫނަށް އަލި އެޅިފައި ހުންނަ އިރު ހީވަނީ ހޫރުޕަރީއެއް ހެންނެވެ.

އަރީފްގެ އިތުރުން ޝަޒިއްޔާގެވެސް ހިލަމެއް ނުވުމުން އާލާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ބަދިގެތެރޭގައިހުރި އައިޝްވާރިޔާ ގާތުގައި އޭނާގެ މަންމަމެންނަށް ގޮވާލަދިނުމަށް އެދުނީ ރީތި ހިނިތުންވުމަކާއެކުއެވެ. އައިޝްވަރިޔާ އިރުކޮޅެއް ވާންދެން ޤަބޫލު ނުކުރެވިފައި ހުރި ފާޑަކަށް އާލާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މީގެ ކުރިން އާލާ ދުވަހަކުވެސް އެހާ މަޑުމައިތިރިކޮށް އަދި ހިތްހެޔޮކޮށް އެމީހުންނާއި ވާހަކަ ދައްކައިފައި ނުވެއެވެ. އާލާ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލުމުން އައިޝްވަރިޔާވެސް ހިނިތުންވުމެއް ދީފައި އަރީފްމެންނަށް ގޮވަން ދިޔައީއެވެ.

އާލާ އައިސް ސިޓިންގް ރޫމުގައި މަޑުކޮށްލަމުން ފޯނާއި ކުޅެން ފެށީ އަރީފްމެން އަންނަންދެނެވެ. ފޯނުގެ ލޮކް ސްކްރީނުން އޭނާއާއި ދާނިޔަލްގެ ކައިވެނީގެ ފޮޓޯ ފެނުނު ތަނާހެން އާލާގެ ދެލޯ ކަރުނުން ބަރާވިއެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް އޭނާ ދާނިޔަލް މަތިން ނުހަނު ހަނދާންވެއެވެ. ކޮންމެ ސިކުންތެއް ހޭދަވެގެން ދަނީ އޭނާގެ ހިތުގައި އެތަކެއް ވޭނެއް އެޅުމަށްފަހުއެވެ. ނަމަވެސް ހިތް ހަމައަކަށް އަޅުވާލަމުން އޭނާ އެވަގުތު ފޯނުން ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔަން ފެށީ ކިޔާހިތުންނެވެ.

އެއީވެސް އޭނާ މިއަދުންފެށިގެން ކުރަން ހިތުގައި ކަނޑައެޅި ކަމެކެވެ. އާލާ އަމިއްލައަށް ފެނިގެން އޭނާގެ ނަފްސު އިސްލާހުކުރުމަށް އޭނާއަށް ކުރެވުނު މިންވަރަކަށް މަސައްކަތް ކުރަމުން ދިޔައެވެ. ހިތަށް އަސަރު ކުރަމުން ދިޔަކަށް އެ ދެލޮލުން ފާޅުވެއެވެ. “އަނހަ ދަރިފުޅު އައީތަ؟” ސިޑިން ފައިބަމުން ދިޔަ އަރީފްގެ އަޑު ކަންފަތުގައި ޖެހުމާއި އެކު އާލާ އަވަސް އަވަހަށް އޭނާގެ ދެލޯ ފުހެލިއެވެ. އަދި ހިނިތުންވުމަކުން އޭނާގެ މޫނުމަތީގައި ވީ ހިތާމަވެރިކަން ފޮރުވާލިއެވެ.

“ދާނިޔަލް ނާދޭތަ މިރޭ؟ ދަރިފުޅު އެކަނިތަ ތި އައީ؟” އެ ސުވާލު ބައްޕަ ކުރާނެކަން އިނގޭތީ އާލާ އިނީ ދޭނެ ޖަވާބެއްވެސް ހިތުގައި ކަނޑައަޅައިގެންނެވެ. އެހެން ނަމަވެސް ބައްޕައަށް ދޮގުހަދަން ޖެހުމުން އޭނާއަށް ދަތިވިއެވެ. ކައިރީގައި އިން ޝަޒިއްޔާ އިނީ ވަރަށްވެސް ހަމަޖެހިލައިފައެވެ. އާލާގެ ޖަވާބަކަށް އޭނާ ވަރަށް ބޮޑަށް އިންތިޒާރު ކުރާފަދައެވެ. “ދަ.. ދާނިޔަލް ވީ މީގެ ދެތިން ދުވަސް ކުރިން ބެންގްކޮކަށް ގޮސް ކޮންފެރެންސަކަށް..” ހިތްވަރު ކޮށްލައިފައި އިސްދަށަށް ޖަހައިގެން ހުރެ އާލާ ބުނެލި އިރު އޭނާގެ ނިތްމަތިން ދާތިކިތަން ފާޅުވަން ސިކުންތެއްވެސް ނުނެގިއެވެ.

އާލާ އޭނާގެ މޫނުމަތި ފުހެލިއެވެ. އާލާގެ ޖަވާބުން ހަމަޖެހިލައިފައި އިން ޝަޒިއްޔާގެ ތުންފަތަށް ވެރިވެގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. އެ މަންޒަރު އާލާއަށް ފެނުނު ނަމަ އޭނާއަށް ވަގުތުން ހުރިހާ ކަމެއް ނަގައިގަނެވޭނެކަން ގައިމެވެ. ނަމަވެސް ތަޤުދީރުގައި ލިޔުއްވާފައިވަނީ ކީކޭކަމެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟

އާލާ ބުނި ވާހަކަ އަރީފް ވަރަށް ފަސޭހައިން ޤަބޫލު ކުރި ކުރުމުން އާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އައިމް ސޮރީ ޑޭޑް.. އެކަމް މިވަގުތު ޙަޤީގަތް ހާމަކުރެވޭކަށް ނެތް..” އާލާ ހިތާހިތުން ކިޔާލީ އޭނާ އަރީފްއަށާއި ޝަޒިއްޔާއަށް ދޮގުހަދަން ޖެހުމުންނެވެ. އެފަކީރަށް ނޭނގުނީ މި ހުރިހާކަމެއްގެ ފަހަތުގައި ފައިވިއްދާލައިފައި ހުރީ ޝަޒިއްޔާ ކަމެވެ.

އާލާ އެގޭގައި އެތަށް އިރެއް ވާންދެން ހޭދަކުރުމަށްފަހު އޭނާ އާއި ދާނިޔަލް ދިރިއުޅޭ އެޕާޓްމެންޓަށް ދިޔުމުން އަރީފްއާއި ޝަޒިއްޔާ އެކަނިވިއެވެ. ވަގުތުގެ ބޭނުން ހިފައި ޝަޒިއްޔާ އޭނާގެ ދެން އޮތް ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދަން ތައްޔާރުވެލިއެވެ. “އަރީފް.. ދާނިޔަލް އެހާ ދުރަށް އެ ދިޔައީ އާލާ އެކަނި ބަހައްޓާފަ.. އެވަރުންވެސް އަހަރެމެން ގާތު ބުނެވެސް ނުލައެއްނު..” ޝަޒިއްޔާ އަރީފްއަށް ވައްކަޅިން ބަލައިލަމުން ކަންބޮޑުވާކަން ދައްކަމުން ބުނެލިއެވެ. އަރީފްވެސް އެހިނދު ބޯ ޖަހާލިއެވެ. “އެ ވެދާނެއްނު އެހާ ކުއްލި ގޮތަކަށް ދާން ޖެހުނީމަ ނުބުނެވުނީކަމަށް..” އަރީފް ހަމަޖެހިލައިފައި ބުނެލިއެވެ.

އޭނާގެ ހިތުގައި ދާނިޔަލްއާއި މެދު ފުރިހަމަ އިތުބާރު އޮވެއެވެ. “އެކަމަކު އެކޮޅަށް ގޮސްފަވެސް އަންގާލަން ވާނެއްނު.. ބަލަ އަންހެން ކުއްޖެއް އެކަނި އެހެން ދޫކޮށްލައިފަ ދާންވާނެތަ؟ ހަމަ ކޮންމެފަދަ ގޮތެއްވެސް ވެދާނެއްނު.. އޭނާ އާލްއާއި މެދު ވިސްނާނަމަ އެހެން ކަންތައް ކޮށްފާނެޔެކޭ އަހަރެންގެ ހިތެއް ނުބުނޭ..” އެއްފަހަރުން އޭނާގެ ޕްލޭން މަސައްކަތް ނުކުރުމުން ޝަޒިއްޔާއަށް އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. އޭނާގެ ބޭނުމަކީ އަރީފްގެ ހިތުގައި ދާނިޔަލްއާއި މެދު ނަފްރަތު އުފެއްދުމެވެ. އެޔަށްފަހު ދާނިޔަލް ބޭޒާރު ކުރުމެވެ. ނަމަވެސް އަރީފް ދާނިޔަލްއަށް މިޔޮށް ކުރާ އިތުބާރެއްގެ ސަބަބުން އޭނާއަށް މިކަން ފަސޭހައިން ވާކަށްވެސް ނެތެވެ. ޝަޒިއްޔާ ހިތާހިތުން އަރީފްއަށް ކުދިކިޔަމުން ދިޔައެވެ.

“މަ ވަރަށް ފޫހިވޭ އެހެން ކަންތައް ކުރަންޏާ.. އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅޭ އެއީ.. އެ ދަރިފުޅަށް ކަމެއް ވެއްޖިއްޔާ މަގޭ ހިތަށް ކުރާނެ އަސަރު އަރީފްއަށް ހަމަ ނުވިސްނޭތަ؟ އަހަންނެއް ނުހުންނާނަށް މިހެން މަޑަކުންނެއް.. ފުރާ ފުރިހަމަވެފަ ހުރި ފިރިހެނަކަށް އެވަރު ވިސްނެން ވާނެ.. ތިމާގެ އަނބިމީހާ އެހެން އެކަނި ދޫކޮށްލައިފަ ދާއިރު އެ އަންހެން ކުއްޖާގެ މައިންބަފައިންނަށް އަންގާލެވެން ވާނެއްނު.. އެގޮތަށް އޭނާ ކަންތައް ކުރާތީ އަހަރެން ދާނިޔަލްއާއި މެދު ހިތްހަމަ ނުޖެހެނީ.. އަރީފްއަށް އަދިވެސް ޤަބޫލު ނުކުރެވޭތަ؟ އަހަރެން ކުރިންވެސް ބުނީމެއްނު އޭނާ އަކީ ރަނގަޅު ފިރިހެން ކުއްޖެއް ނޫނޭ.. އެކަމު ހަމަ ބުނާއިރަށް މީނަ ބުނާނެ އެޔަށްވުރެ ރަނގަޅު ފިރިހެނަކު ނުލިބޭނޭ.. ހުސް އެ ދާނިޔަލްގެ ކަންތައް..” އެވަގުތު އޭނާގެ ހިތަށް އައިހާ އެއްޗެއް ދާނިޔަލްއާއި ދިމާލަށް ކިޔަމުން ދިޔަ އިރު މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ޝަޒިއްޔާއަށް ހަމަ ކުޑަކޮށްވެސް ރޭކާ ނުލަނީ ބާވާއެވެ؟ ނޫނީ އޭނާ އެކަން ޤަބޫލުކުރަން ބޭނުން ނުވަނީ ބާވައެވެ؟ ކޮންމެޔަކަސް ޝަޒިއްޔާ ކެތްތެރިކަން އިސްކުރަމުން އަރީފްގެ މޫނަށް އަރަމުންދާ ކުލަވަރު ބަލަން އިނެވެ.

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ.. ހާލަތު ނިޔާކުރާ ގޮތަކުން އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވިދާނެއްނޫންތަ؟ ޝަޒިއްޔާވެސް ޖެހޭނީ އެކަން ޤަބޫލު ކުރަން.. އަހަރެން މިބުނި ވާހަކަ ޝަޒިއްޔާވެސް ޖެހޭނީ ޤަބޫލު ކުރަން.. ދާނިޔަލް އެއީ އާލާއަށް އެންމެ އެކަށޭނެ ފިރިހެން ކުއްޖާ..” އަރީފް ހަރުކަށިކަމާއެކު ބުނެފައި ކޮޓަރިއަށް ދިޔުމަށް ސިޑިން އަރަން ދިޔައެވެ. ދެއަތް މުއްކަވާލުމަށްފަހު ގައި ހުރިބާރެއް ލައިފައި ޝަޒިއްޔާ ސޯފާގައި ޖަހާލިއެވެ. އޭނާގެ ހުރިހާ ރުޅިއެއް އެ ބާލުވަނީ އެޔަށެވެ. އެތަށް މަސައްކަތެއް ކުރުމުންވެސް އަރީފްގެ ހިތް އޭނާގެ ކޮޅަށް ލެންބުވޭ ގޮތެއް ނުވިއެވެ. ހުސް އެ ދާނިޔަލްގެ ފަންޑިތައިގެ ސަބަބުން ވާ ކަންކަމެވެ. ހިތް ހަމަ ނުޖެހިފައި ހުރިނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ގޮސް ޝަޒިއްޔާވެސް ސިޑިން އަރަން ފެށިއެވެ. ދެން ފަހަރަކުން އަރީފްގެ ބޮލުތެރެއަށް ވަނުމުގެ ނިޔަތުގައެވެ އޭނާއަކީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާނެ އަންހެނެއް ނޫނެވެ .

***

މުޅިން އާދުވަހެކެވެ. އާ ކުލަތަކާއި އާ ތަޖުރިބާ ތަކެވެ. އާލާވެސް ފަތިސް ނަމާދަށް ތެދުވުމަށްފަހު ނަމާދުކޮށްގެން ދުޢާ ކުރަން އިނެވެ. ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައިރުވެސް އެކަމަށް ފަރުވާލެއް ނެތް ފަދައެވެ. ކުރީ ރެއެކޭ އެއްފަދައިން ފާފަ ފުއްސެވުމަށާއި މައިންބަފައިންގެ އިތުރުން ދާނިޔަލްއަށްޓަކައި އާލާ އެތަށް އިރެއް ވާ  ންދެން ދުޢާ ކުރިއެވެ. ހަމަ އެފަދައިން ﷲއަށް އެތަށް ފަހަރަކު ޙަމްދު ކުރިއެވެ. ހިތްފުރޭވަރު ވުމުން އާލާ އިންތަނުން ތެދުވެލުމަށްފަހު ގޮސް ކަބަޑުން ޚަތިމެއް ނަގައިގެން އައިސް ކިޔަވަން މަސައްކަތް ކުރަމުން ދިޔައެވެ.

މިހާރު އޭނާ ޤުރުއާނުން އަކުރެއް ނުކިޔަވާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެހެން ކަމުން އޭނާއަށް އެންމެ ކަލިމައެއް ކިޔަންވެސް އެތަކެއް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް އެކަމަކަށް އޭނާ އަޅައެއް ނުލިއެވެ. އޭނާގެ ޢަޒުމަކަށްވެސް ބަދަލެއް ނާދެއެވެ. އެތަށް މަސައްކަތެއް ކޮށްގެންވިޔަސް އޭނާއަށް އެ މާތް ފޮތުން އެންމެ އަކުރެއް ކިޔާލެވެނިކޮށްވެސް އާލާއަށް އެއީ ވަރަށް ބޮޑުވަރެވެ. އާލާއަށް އެކަމުން ލިބޭ ހިތްހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. އެހެން މީހުންގޮތަށް ފަރިތަކަމާއެކު ކިޔަން ބޭނުންވިއަސް އެއްފަހަރުން ނުވާނެކަން އާލާ ޤަބޫލުކުރެއެވެ.

އިރު އަރައި އެތަށް އިރެއް ވީފަހުން ބަނޑުހައިކަން އިޙުސާސްވާންފެށުމުން އާލާ ބޭރަށް ނިކުތެވެ. ޙަޤީގަތުގައި މިހާރު އޭނާ ކާހިތްވެސް ނުވަނީއެވެ. ކުރިން ދާނިޔަލްއާއި ޒުވާބުކޮށް ހެދި ނަމަވެސް މިހާރު އެހަނދާންތަށްވެސް އާވެއެވެ. އާލާ ޚިޔާލުތަކުގައިހުރެގެން ހިނިތުންވަމުން ދިޔައެވެ. ދާނިޔަލް ބުނެލާ ލާނެތް އެއްޗެހި ހަނދާނަށް އައުމުން އޭނާއަށް ހެވެންފެށޭ ފަހަރުވެސް އާދެއެވެ.

“ދާނިޔަލް.. ބަލާބަ މިހުރީ އާލް އަމިއްލައަށް ޕާސްތާ ހަދާފަ.. އެއިރު ނުބައި ނުބައި އެއްޗެއް ކައްކާފަ ކާން ދެވުނީމަ މިހުރީ އޭގެ ބަދަލު.. ވަރަށް މީރު.. އިނގޭތަ؟ އާލް ވަރަށް މިސްވޭ ދާން މަތިން.. ޕްލީސް އަވަހަށް އާދެބަލަ…” އެކަނި އިނދެގެން އާލާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދާނިޔަލް މަތިން ހަނދާންކުރަމުން ދިޔައީ އިންތިހާއަށެވެ. ކިތަންމެ ދެރަވިނަމަވެސް ކެތްކުރުން ނޫންގޮތެއް އޭނާއަކަށް ނެތެވެ. ކައި ނިންމުމަށްފަހު ދެލޯ ފުހެލަމުން އާލާ އިންތަނުން ތެދުވެލީ ވަރުގަދަ ޢަޒުމަކާއި އެކުއެވެ. އޭނާ އަދި ދާނިޔަލްވެސް ހޯދާނެއެވެ. އޭގެ ކުރިން އޭނާ ދާނިޔަލް ބޭނުންވާ ކަހަލަ އަތްބަކަށްވެސް ބަދަލުވާނެއެވެ.

“ރުކާ.. ހިނގާބަލަ މިއަދު އާލްއާއި އެއްކޮށް ޝޮޕިންއަށް.. އެބަޖެހޭ ބައެއް އެއްޗެހި ގަނެލާ ހަދަން..” އާލާ ތަށިތައް ދޮވެފައި ބަހައްޓަމުން ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ރުކާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ މިއަދު އެއުޅެނީ ދާނިޔަލް އެންމެ އެދޭފަދަ އަތްބަކަށް ވުމުގެ ދެވަނަ ފިޔަވަޅު އަޅާށެވެ. ދާނިޔަލް ބޭނުންވި ގޮތަށް މިހާރު އޭނާއަކީ ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ އަންހެން ކުއްޖެކެވެ. ދެން އޭނާއަށް ޖެހޭނީ ލާ ހެދުންތަކަށް ބަދަލު ގެންނާށެވެ. ދާނިޔަލް އޭނާގެ އަމިއްލަ ދުލުން ނުބުނި ކަމުގައިވިޔަސް އޭނާގެ ވާހަކަ ދެއްކުން ހުންނަގޮތުން އާލާއަށް އެކަން އިނގެއެވެ.

***

“އަލްޙަމްދުލިއްލާހް.. ވަރަށް އުފާވެއްޖެ މިއަދު.. ހަމަ އަސްލުގަވެސް އާލްއަށްޓަކައި އެންމެ އުފާވީ އެއްދުވަސް މިއީ.. ތިމާގެ އެކުވެރިޔާއަށް ހިދާޔަތް ދެއްކެވުމުން ކިހާ އުފާވާނެ.. އަދި ވަރަށް އުފާވެއްޖެ އާލްގެ ހެދުންތަކަށް ބަދަލު ގެނައީކަން އެނގުނީމަ.. މިހާރު އާލް އެ ހެދުންތަކުގަ ހުންނާނެ ގޮތް ބަލައިލާ ހިތުން ހުރެވެނީއެއްވެސް ނޫން.. އަސްލު ބުނަންތަ؟ އިސްލާމީ ޖިލްބާބުން ޖިލްބާބުވެ ނިވާވުމުން އަންހެނާގެ ރީތިކަން އެތަށް ގުނަޔަކަށް އިތުރުކޮށްދޭނެ.. ގަޔަށް ބާރު ހެދުން ލައިގެން ތިމާގެ ވަނާތަށް ހާމަވުމުން ބަލަން ތިބޭމީހުންވެސް ލަދުގަންނާނެ ކަންނޭނގެ.. އަނެއްކޮޅުން އަންހެނާގެ ރީތިކަމަކީ އެހެން މީހުންނަށް ދައްކަން އޮންނަ އެއްޗެއް ނޫނެއްނު.. ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށްވުރެ އަހަރެމެންގެ ޤަދަރު މަތި..” އާލާ އެއައީ ރުކާ އާއި އެކު ގޮސް ފޮތިގަނެގެން އަބާޔާ ފަހަން މީހަކާއި ހަވާލުކޮށްފައެވެ. އެކަމާއި އުފަލުން ރުކާ އެންމެ ހިނދުކޮޅަކަށްވެސް ހުއްޓާނުލައެވެ. ދެމީހުން ރަސްފަންނުގެ ހިތްގައިމު މަންޒިލުގައި ތިބި އިރު ކޮންމެ މީހެއްގެ އަތުގައި މެގްނަމެއް އޮތެވެ.

“ކެތްކޮށްލާ އިނގޭ.. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ.. އެ ދައްތަ ބުންޏެއްނު މާދަން ނޫން އަނެއް ދުވަހަށް ނިންމަދޭނަމޭ.. ވަރަށް އުފަލުންނޭ އާލްވެސް މިހުރީ އެހެންވެ..” އާލާވެސް ރުކާގެ ވާހަކައަށް އެއްބަސްވެ ވާހަކަ ދައްކަމުން ދިޔައެވެ. “އަދި ދާނިޔަލްވެސް ވަރަށް އަވަހަށް ފެންނާނެ، އިން ޝާ ﷲ.. އެކަލާނގެ ޙަޟްރަތުން އުންމީދު ކަނޑާލާކަށް ނުވާނެ.. އަޒާން މިއަދުވެސް އުޅޭ ދެ ފަހަރުން އެއްފަހަރު ޕޮލިހުންނާ ގުޅައިގެން.. އޭނާވެސް ވަރަށް މަސައްކަތް ކުރޭ އެބަ.. ބައްޕަވެސް އުޅުނު އެކަމުގަ..” ރުކާ ފޯރިޔާއި އެކު ވާހަކަ ދައްކަމުން ދިޔައިރު އެކަހަލަ ހެޔޮލަފާ ދީންވެރި އެކުވެރިޔެއް އޭނާއަށް ލިބުނީތީ އާލާ ﷲއަށް ޙަމްދުކޮށްލިއެވެ.

“ކީކޭ؟ ބައްޕަ މިކަމުގަ އުޅުނޭ؟ ކިހިނެއް ތިއްތިބޭއަށް އިނގުނީ ދާނިޔަލް ގެއްލިގެން އުލޭކަމެއް؟ އަހަރެން އަޒާން ގާތު ބުނިން ނުބުނައްޗޭ ތިއްތިބެ ގާތު..” އާލާ ކަންބޮޑުވެފައި ބުނެލިއެވެ. އޭނާ އާއިލާގެ އެއްވެސް ބޮޑުމީހަކަށް އެކަން އަންގާކަށް އަދި ބޭނުމެއް ނޫނެވެ. “ވެދާނެ އަޒާންއަށް އިތުރުގޮތެއް ނެތިގެން ބުނީކަމަށް.. އެހެން ނޫނަސް ބައްޕަވެސް އެހީތެރިވެދިނިއްޔާ ފަސޭހަވާނެ ނޫންތަ އާލް؟ މި ބޮލުގެ ބޭނުން ކޮށްބަލަ ދޯ..” އާލާގެ ހާސްކަމާއި މާޔޫސްކަން ދުރުކޮށްލުމުގެ ބޭނުމުގައި ރުކާ ސަމާސާ ރާގެއްގައި ބުނެލިއެވެ. ހިތާދެކޮޅަށް ނަމަވެސް އާލާ އެންމެފަހުން އެވާހަކަ ޤަބޫލު ކުރީއެވެ.

“ބައި ދަ ވޭ، ރޫ ވަރަށް ރީއްޗޭ މިއަދު.. އެހެން ބުނަން އުޅެނީ މިހާރު ކޮން އިރެއް.. އެކަމު މީނާގެ އަނގަޔާއި ހެދި ބުނެވޭ ވަރެއް ނުވި ވިއްޔަ..” އާލާ އޭނާ އިން ޖޯލިން ތެދުވެލަމުން ރުކާއަށް ތައުރީފް ކޮށްލިއެވެ. ކަނޑު ނޫކުލައިގެ އަބާޔާއަކާއި މުށިކުލައިގެ ޝޯލްގައި ރުކާ އެހެން ދުވަސް ދުވަހާއި ހާސްބައި ތަފާތު އިރު އޭނާގެ ރީތިކަންވެސް ދެގުނަ އިތުރުވެފައިވެއެވެ. ދެމީހުން ހިނިތުންވެލަމުން ގެއަށް ދާން ހިނގައިގަތީ އިރު އޮއްސެންވެސް ގާތްވެފައި ވުމުންނެވެ.

***

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ދަންވެފައިވުމުން ފަނިފަކުސާގެ އަޑު ނޫނީ އެހެން އެއްވެސް އަޑެއް ނީވެއެވެ. މުޅި މާލެތެރޭ ނިދައިފައި ވީ ނަމަވެސް ހާހަކުން ފަހަރަކު ފުލް ސްޕީޑުގައި ދުއްވާފައިދާ ސައިކަލެއްގެ އަޑު އިވިދާނެއެވެ. ހަށިގަނޑަށް ވަރުބަލިކަން ވެރިވެފައިވުމާއެކު ދަންވަރުގެ އެ ވަގުތު ދާނިޔަލް އިނީ ދެލޯ މެރި މެރިއެވެ. ނަމަވެސް އިސާހިތަކު އިވުނު އަޑުފައްގަނޑުން އޭނާއަށް ދެލޯ ހުޅުވާލަން މަޖުބޫރުވިއެވެ. ބާރަށް ދޮރުގައި ޖަހައިފައި ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަދެގެން އެ އަންނަނީ ޝިޔާމްއާއި ރިޒާ ނޫން އިތުރު ބައެއް ނޫނެވެ. ދެމީހުންގެ ލޯ ހުޅުވެނީ ކިރިޔަ ކިރިޔާއެވެ. ދެކޮޅަށް ހެލެމުން އައި އިރު އެތިބީ ހަމައިގައި ނޫންކަން ގައިމެވެ. ދާނިޔަލް ދެލޯ ބޮޑުކޮށްލުމަށްފަހު ބަލަހައްޓައިގެން އިނީއެވެ.

މިހާލަތުގައި އެމީހުން ކޮންމެފަދަ ކަމެއް ކުރަންވެސް ފަހެއް ނުޖެހޭނެއެވެ. ދާނިޔަލްގެ ހިތް ތެޅިލީ ޝިޔާމް އަތުގައި އޮތް ބޮޑު ބިއްލޫރި ފުޅި ފެނިފައެވެ. އެ ދެމީހުން އެތިބީ މަސްތުވެފައިކަން ނަގައިކަންނާކަށް ދާނިޔަލްގެ ތޫނު ސިކުނޑިއަށް ސިކުންތެއްވެސް ނުނެގިއެވެ. “ކަލެއަށް އިނގޭތަ.. ބޮސްމެން އަހަރެމެންނަށް ދޭ ވަން މި.. ލިއަން ރުފިޔާ.. އަހަރެމެން އެހެން ވީމަ ކަލޭ ދޫ ނުކުރާނެއްނު.. ދެން ނުބުނައް.. ޗޭ މިނިވަން ކޮށްދޭށޭ..” ޝިޔާމް ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަނގައިގައި ވަރެއްވެސް ނެތެވެ. ނަމަވެސް އެވަރުންވެސް އޭނާ ވާހަކަ ދައްކަން އުޅުނެވެ. ދާނިޔަލް ދެލޯ ތަގުޅިކޮށްލުމަށްފަހު ނޭވާ ހިފަހައްޓާލީ ދުވި ނުބައި ވަހުންނެވެ.

އޭނާ މަސްތުވެފައި ހުރެގެން ބުނި ވާހަކައިން ދާނިޔަލްއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާގެ ކާފަ ހަމަ އެހާވެސް ހިތް ހަރީ ހެއްޔެވެ؟ އޭނާއަށް މިވަރުގެ އަނިޔާއެއް ދޭން އެވަރު ބޮޑު ޚަރަދެއް ކޮށްފާނެ ކަމަކަށް ދާނިޔަލް ދުވަހަކުވެސް ހީ ނުކުރެއެވެ. އޭނާގެ ކާފަ އޭނާއާއި މެދު ކުޑަކޮށްވެސް ނުވިސްނާކަށް މިރޭ އޭނާއަށް ޔަގީން ވެއްޖެއެވެ. ހިތަށް ތަދުވުމާއި އެކު ދާނިޔަލްގެ ލޮލުގައި ކަރުނައިގެ ފަށަލައެއް ވިއެވެ.

ދާނިޔަލް ގެނބެމުންދިޔަ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ އައިސް ނުހަނު ގާތުގައި ހުއްޓުނު ޝިޔާމްގެ ސަބަބުންނެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީ ދެން ވާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭތީއެވެ. ދެކޮޅަށް ހެލެމުން ނަމަވެސް ދެފައި ބިމުގައި ހަރުލެއްވޭތޯ ޝިޔާމް މަސައްކަތް ކުރަމުން ދިޔައެވެ. ދެން އޭނާ ކޮށްލި ކަމަކުން ދާނިޔަލްގެ އަނގައިން އާހެއް ބޭރުވެގެން ދިޔަ އިރު ދެލޯ ފިއްތާ ބާރުކޮށްލަމުން އޭނާ ކެތް ކޮށްލިއެވެ. އަތުގައި އޮތް ފުޅިން އޭނާ އެ ޖެހީ ދާނިޔަލްގެ ބޮލުގައެވެ. ބިއްލޫރިކޮޅުތައް ތަޅައިގެން ދިޔަ އިރު ދާނިޔަލްގެ ބޮލަށް އެނބުރުން އެރިއެވެ. ލޭތަށް ރޮނގުރޮގަށް ފައިބަމުން ދިޔަ އިރު ދެލޯ ފުސްވަމުން ގޮސް ދާނިޔަލް ހޭނެތުނެވެ.

އޭގެ ދެތިން ހަތަރު ގަޑިއިރު ފަހުން ދާނިޔަލްއަށް ހޭވެރިކަން ވިއެވެ. ބޮލުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން އުނދަގުލުން އޭނާ ލޯ ހުޅުވާލިއެވެ. އެޔަށްފަހު މުޅި ތަނަށް އޭނާ ނަޒަރު ހިންގާލިއެވެ. އެއިރު ޝިޔާމްއާއި ރިޒާ އެތާ ހުރި ގޯނިތަކެއް މައްޗަށް ބިއްޖެހިފައި ތިއްބެވެ. ދެމީހުންވެސް ވަނީ ފުން ނިންޖެއްގެ ތެރޭގައެވެ. ދާނިޔަލްގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން އޭނާ ވަށައިގެން ބަލައިލީ ސަލާމަތް ވެވޭނެ ގޮތެއް ހުރިތޯއެވެ. އެ ދެމީހުން މިތާ އޮތިއްޔާ ހަމަ ގައިމުވެސް އެކޮޓަރީގެ ދޮރު ހުންނާނީ ހުޅުވައިފަ ތާއެވެ. ދާނިޔަލްއަށް ހިތާހިތުން ﷲއަށް ޙަމްދުކޮށްލެވުނީ އޭނާގެ އުނގުގައި ހުރި ބިއްލޫރިތައް ފެނިފައެވެ. ދެއަތް ގޮނޑީގައި އައްސާފައި ހުރި ނަމަވެސް އަތް ކޮޅުކޮޅަށް އަނބުރަމުން ގޮސް ކުޑަކޮށްވެސް ދޫވޭތޯ އޭނާ ބެލިއެވެ.

މުޅިން އާ ހިތްވަރެއް ދާނިޔަލްއަށް ލިބިފައިވާ ފަދައެވެ. އަތުން ހަން މެށެމުން ދިޔަ ނަމަވެސް އެ ވޭނަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ޙަޤީގަތުގައި ހިތުގައި އުފެދިފައިވީ ވަރުގަދަ ޢަޒުމުގެ ސަބަބުން ތަދު އޭނާއަށް އިޙުސާސްވެސް ނުވީއެވެ. ކުޑަކޮށް އަތް ދޫވެ އެންމެ ގާތުގައި އޮތް ބިއްލުރިގަނޑަށް އަތް ފޯރާ ވަރު ވުމުން އެ ނަގާ ދާނިޔަލް ވާގަނޑު ކަނޑާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

އެތަށް އިރެއްގެ ބުރަ މަސައްކަތުން އެ ވާގަނޑު ކަނޑާލެވުނު ވަގުތު ހިތާހިތުން ﷲއަށް ޙަމްދުކޮށްލުމަށްފަހު ދާނިޔަލް ހިނިތުން ވެލިއެވެ. ނަމަވެސް އެއިރު އޭނާގެ އަތް ހަލާކުވެގެން ލޭ ހިލިފައި ހުއްތޓވެ. އެއް އަތް މިނިވަން ވުމުން ފަސޭހަ ކަމާއެކު ދާނިޔަލް އަނެއް އަތުގައި އޮތް ވާގަނޑު ކަނޑާލައި ގޮނޑިން ތެދުވެލިއެވެ. ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވޭން އަޅަމުން ދިޔުމުން ކުރިޔަށް ދިޔުމަށް ކުޑަ ހިތްވަރެއް ލާން ޖެހުނެވެ. ވަރަށް ބަލައިގެން ހިންޏަކަށްވެސް ނޭނގޭނެހާ ސިއްރުން ދާނިޔަލް ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔައެވެ. ފުން ނިދީގައިތިބި ޝިޔާމަށާއި ރިޒާއަށް ކުޑަވެސް ހިލަމެއް ނުވިއެވެ.

ކޮޓަރީގެ ދޮރު ފެނުމުން ދާނިޔަލް ކެތްތެރިކަމާއެކު ގޮސް އެކޮޓަރިން ނިކުންނަން އުޅުނު ވަގުތު އޭނާގެ އަތުން ޖެހިފައި އެތާ ފާރުގައި ލައްކޮށްފައި ހުރި ފިލާބުރިއެއް ވެއްޓުނެވެ. އެޔާއެކު ނިދީގައިތިބި ޝިޔާމާއި ރިޒާ ތިބި ތަނުން ގުޑިލިގޮތުން ދާނިޔަލްގެ މޭގަނޑު އަތަށް އައި ކަހަލައެވެ. ﷲގެ އިރާދަފުޅުން އެދެމީހުން ތެދުވާކަހަލަ ޚިޔާލެއް ނުކުރިއެވެ. އަވަސް އަވަހަށް ކޮޓަރިން ނިކުމެ އޭނާ މޫނުގައި އަތް އަޅާލަމުން “އަލްޙަމްދުލިއްލާހް” އޭ ބުނެލިއެވެ. އެޔަށްފަހު މަގަށް ނިކުމެ ވަށައިގެން ބަލައިލިއެވެ. އޭނާއަށް ކުރިޔަށް ދާން އިނގޭނީވެސް މިއީ ކިހާ ހިސާބެއްކަން އިނގިގެން ނޫންހެއްޔެވެ؟

ދެތިން ގޯޅި އަޅާލުމާއެކު ދާނިޔަލްއަށް ހުރެވުނު ހިސާބު ޔަގީނާ ގާތަށް އިނގުނެވެ. ގެއާއި އަދި މާ ގާތް ނޫން ކަމުން އަދި ތަންކޮޅެއް ދުރަން ހިނގަން ޖެހޭނެކަމަށް އޭނާގެ ޒަމީރު އޭނާއަށް ވަގުތުން ލަފާ ދިނެވެ. ހިތްވަރާއެކު ކުރިޔަށް ދިޔަ ދާނިޔަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވަނީ އެކޮޓަރިގަނޑުން ސަލާމަތްވެވުމުންނެވެ. ސަލާމަތުގެ އައްސޭރިއާއި ގާތްވާކަމުގެ އިޙުސާސް ކުރެވެމުން ދިޔަ ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ މީހެއްގެ އަޑަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ލަފްޒަކުން 1

Next

ހޯދޭތޯ މަންޒިލެއް… 23

Next
November 19, 2018

ހޯދޭތޯ މަންޒިލެއް… 23

Previews
November 18, 2018

ލަފްޒަކުން 1

31 Comments!

  1. shaha says:
    November 19, 2018 at 12:26 am

    Yay me first.

  2. aki says:
    November 19, 2018 at 12:27 am

    haadha rangalhey v ufaavehje .. thanks

  3. Sham says:
    November 19, 2018 at 12:29 am

    Alhe….. Plx dhaan ah dhera gotha nuhadhachche… Dhn aal aa dhaaniyal dhimaakobba…. Komme gothe hadhaafa vx

    1. Misbaah says:
      November 20, 2018 at 2:29 pm

      Aslu kaaku tha

  4. Ibsha says:
    November 19, 2018 at 12:59 am

    Varah reethi

  5. Someone? says:
    November 19, 2018 at 1:50 am

    Ma sha allahhh. Mi part ves vrhh reethii?
    Im soo happyyy aalaa ah finallyyyy realise veemaa?
    Yessss dhaan free vee. Anehka kaakubaa eii. Plx dhera gotheh nuhadhahcheyyy?
    Ly? update asap?

  6. Athoof says:
    November 19, 2018 at 5:44 am

    Masha Allah. v reethi.mibaives, anekkaa kaaku eii.

  7. Mai shar says:
    November 19, 2018 at 8:46 am

    Oh salhi..insha allah ehves alhakah dhera gotheh medheri nukurahvaane…vvv reethi dhen vaane gotheh dhw neygeni ragalhu vaane insha allah..??

  8. noor sis ge fan says:
    November 19, 2018 at 9:16 am

    Alheyy ehaa kiyaa hirthun ovvaa eyh ninmaaly anyway mi part vx varah reethi as usual dhen inna part vx varah avaha up loh dhechey ly noor sis

  9. shaa says:
    November 19, 2018 at 9:54 am

    plxxxxxx next part avhah up kodheeba…mi part ves varah reethi

  10. Nee says:
    November 19, 2018 at 10:49 am

    Varah varah reethi mi part ves thanks next part miadhu up kohleveyne tha

  11. kookie says:
    November 19, 2018 at 11:51 am

    Alhey Mash Allah mi part vx haadha reehchey. Alhe noor pls avahah next part up kohdhyba plx. kiyaahithun nuvx hurevey.Dhaaniyal ah dhn dheragotheh nahadhahchey

  12. Naira says:
    November 19, 2018 at 12:02 pm

    Mashaa Allah mi vaahaka varah reethi. Avahah up kohdhehchey

  13. riy@ says:
    November 19, 2018 at 1:35 pm

    masha allah varah reethi mibaives

  14. Lover says:
    November 19, 2018 at 2:14 pm

    Wow vvvv salhi. Unmeedhu kuranee vvv avahah upkuraanekamah. Love u

  15. Susu says:
    November 19, 2018 at 2:22 pm

    Ohhh wowwww.. vaahkaaage keki erun is comming??.. vrh reethii kohllahcheyyy.. nd onething ehkka kurin aaalaa ah fenuneh nun dhww dhaaan fahathun.. eyru adhii marry vxx nukuraa iru.. ruka aa eku hingan gos ulhenii kn dhww.. aaalaa ah kiyaadheeba eh dhaaan eyy eh fenunii.. eyrun vrh reeethii vaaane kohmme akas i guess???
    Vaahka vrh reeethii maasha allah.. vrh inthixaar kureveyy.. whn wll be next?

  16. Mamdhooha says:
    November 19, 2018 at 2:46 pm

    vrh reethi….dhaan salaamai vaane tha…..nxt part up kohdheynee kon irakun tha?

  17. Yalvy says:
    November 19, 2018 at 4:45 pm

    Alhey dhaan ah dheragotheh nahadhahchey. ??

  18. Anonymous says:
    November 19, 2018 at 5:12 pm

    ماساء الله v v furihama.❤❤❤❤❤❤❤
    Dhaan ah edhimavee Ishan noonee Axan dho☺

  19. Susu says:
    November 19, 2018 at 5:19 pm

    Yes.. heevanii dhaaan ah heyo edheyy meehakah hn fehnnaanii.. ehn vaanama dhww.. aaalaa mnnah kid eh libeyy hisaabah vxx mii vaahka gendhahcheyy.. nihmmaa nulahche mivaahka?

  20. Snow says:
    November 19, 2018 at 5:37 pm

    Up vaa dhuvas writer nubunathy rulhi Anna kudhinves vaahaka kiyan vaki dhuvas thakeh vaki gadi thakeh kanda Alhany. Den edhuvahaku balany up v tho hehe. BTW vaahaka v reethi. ??

    1. Huhh says:
      November 19, 2018 at 6:22 pm

      Haadha baaru kohfiyey dhw adhi mi snow ah
      Writers in up mukuranyaa kihinehtha balanee vaki dhuvaheh kanda alhaigen ves
      Alhe ajaibeh mi

  21. Snow says:
    November 19, 2018 at 6:33 pm

    Thima amilla ah schedule hadhashey mi bunany. Writers up kuriyas nukuriyas e schedule aa eggotha dhiyaeema vahaka kiyene thaa konmes dhuvahakun noony dhuvas thakegga. Misalaka 2 part kiyan jehidhaane edhuvahegga.Gaimu 2 mas 1 mas up nukoshe nudhaane hen hyvany mi writer.
    Anyway writers men ves dhuvas kanda alhafa noonee up kuranne dhuvas bunyma rangalhy. ?

  22. Ashwa says:
    November 19, 2018 at 8:08 pm

    Vvvv reeethi mi part vx ehaa avahah mi story ninmaa nulaathi v kiyaahihvey noor haadha molhey. Sifa kohdhey goeh vx dhw bunaane ehchehvx nyge hama. Adhi vx buneveyny vvv reehchey. Alhe dhen dhaan ah dheragotheh nahadhahchey Aal ah vissnuni dhw v salhi dhen dhekudhin bahdhal kuruvaba plz plz.

  23. Anonymous says:
    November 19, 2018 at 8:30 pm

    Masha allah v reethi mi partvx..wating for next part??

  24. Ansh says:
    November 19, 2018 at 9:52 pm

    Kon dhuvahakun tha kuda foshi hulhuvaneeeeeeee

  25. Kokee says:
    November 19, 2018 at 10:36 pm

    alhey..eii kaaku he adeh tha??? Maniku? Shaziyya? Areef? Aalaa? Rukaa? Azaan? Ishaan?..who is that????..many questions..hehe
    oh yess..I forgot to tell that this part is amazing..maasha allah..Your a talent writer..Sis you can do it..hehe..love yah sisss bodu koh n miss ya

  26. Minnu says:
    November 20, 2018 at 12:19 am

    Mi part vx vvvv reethi maasha allah??? next part thankolheh avahah up kohdhehchey ??? u r the best writer ever maashaa allah??????????????????????????????????????????

  27. Meee says:
    November 20, 2018 at 12:36 pm

    Kobaa tha next part??? Vrh kiyaaa hiyve migady eba

  28. Aimm Saajii says:
    November 22, 2018 at 11:02 pm

    Yaayyy noorrr… you are so good at writing… maasha allah… i love reading your stories

  29. Story lover says:
    March 20, 2019 at 8:40 am

    Very nice???????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????

Comments are closed.

Next Episodeދުޢާ 37←


All Right Reserved!