Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާދީނީ

އަލީގެ މުސައްލަ

GuDuMeena Level 310 Stories500 Comments100 Comments
September 17, 2015 2 Mins Read
21 Comments

އަލީއަކީ ނަމާދަށަށް ފަރުވާކުޑަ ކުއްޖެކެވެ. ގިނަ ދުވަސް ދުވަހު ހުކުރަށްވެސް ދާނީ ސަފަށް ގޮވާ ފަހުންނެވެ. އަލީގެ މަންމަ ކިތަންމެ ވަރަކަށް ނަސޭހަތް ދިން ނަމަވެސް އަލީގެ މި އާދަ ރަނގަޅު ކުރާކަށް އަލީއެއް ނުވިސްނައެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

އަލީ ކޮމްޕިއުޓަރ ދޮށުގައި ގޭމް ކުޅެން އިންދައި ހުކުރު ވަގުތު ބަންގި ގޮވައިފިއެވެ. އަލީގެ މަންމަ އަލީ ފެންވަރަން ވައްދާފައި ބަދިގެދޮށަށް ކައްކަން ދިޔަތާވެސް މިހާރު ބައި ގަޑިއިރު ވަނީއެވެ. ބަންގި ގޮވީމައިވެސް އަލީ ބޭނުންވީ އަދި އިރުކޮޅަކު ކުޅެލާފައި ފެންވަރަން ވަންނާށެވެ.

އިރުކޮޅަކުން އަލީގެ މަންމަ އަލީ ހުކުރަށް ދާން ތައްޔާރުވީތޯ ބަލަން ކޮޓަރީގެ ދޮރު ހުޅުވާލައި ބަލައިލިއެވެ. އޭރުވެސް އަލީ އިނީ ގޭމް ކުޅެލަ ކުޅެލައެވެ. އަލީގެ މަންމަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އިލޮށިފަތި ހިފައިގެން ހަޅޭލަވަމުން އައެވެ rxcare.net/. އަލީ ގަންނާ ކުރެއްވި ބިރުން މަންމަގެ އަތު ނުޖެހި ދުވެފައި ގޮސް ފާހާނައަށް ވަނެވެ.

އަލީ ފާހާނައިގައި ތަތްކަމުން ނުކުތް އިރު ޚުތުބާ ކިޔާ ނިމެނީއެވެ. އަވަސް އަވަހަށް އިސްތިރި ކޮށްފައި އޮތް ފަޓުލޫނު ލައި ޓީޝާޓު ބޮލަށް މަހާލަމުން ދުވެފައި ކަހަލަ ގޮތަކަށް މުސައްލަތައް ބަހައްޓާ ތަނުން އޮޅާލާފައި އޮތް މުސައްލައެއް ހިފައިގެން ނިކުތެވެ. އޭރުވެސް އަލީގެ މަންމަ އަލީދެކެ ހިތްހަމް ނުޖެހިފައި ހުރެ އަޑުލަމުން ގެންދިޔައެވެ.

އަލީ ދުވެފައި ނުކުމެގެން މިސްކިތް ދޮށަށް ދިޔައިރު ހުކުރު ނަމާދަށް މީހުން ހަށަން ބަންނަނީއެވެ. އޭރު މިސްކިތް ފުރި މަގުމަތީގައި ސަފު ހަދާފައި އޮތެވެ. އަލީވެސް އެންމެ ފަހުބަރީގައި މަޑުކޮށްލާ އަވަހަށް މުސައްލަ ރޫޅާލުމަށް އެއްކޮޅުގައި ހިފަހައްޓައިގެން ހުރެ ކުރިއަށް ވާގޮތައް ހޫރާލިއެވެ. އެއާއިއެކު މުސައްލަ ތެރެއިން އެއްޗެހިތަކެއް އެތަން މިތަނަށް ބުރައިގެން ދިޔައެވެ. އަލީ ރަނގަޅަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަލީއަށް އަވަސް އަރުވާލައިފައި ހިފައިގެން އިއިސް ހުރެވުނީ މަންމަގެ ދޮޅިބޮނޑިއެވެ. މަންމަގެ ދޮޅި އޮތީ ކުރީސަފުގައި ހުރި މީހާގެ ބޮލުގައި އެޅިފައެވެ. އިސްޓާކީނުތައް އެތަންމިތަށް ބުރައިގެން ގޮސްފިއެވެ. މިމަންޒަރު ފެނި އަލީ ގަތްލަދުން ބިންފަޅާފައި އަޑިއަށް ވަންނަންވީއޭ ހިތަށް އެރިއެވެ. އޭރު މިމަންޒަރު ބަލަން ނަމާދަށް ހަށަން ބަނދެގެން ތިބި މީހުންނަށް ވެސް ހިނިއަންނަ ގޮތް ވިއެވެ les en anmeldelse. އަވަސް އަވަހަށް އެމީހުންނަށް އަލީގެ މޫނު ފެނިދާނެތީ ދޮޅި އާއި އިސްޓާކީނުތައް މުސައްލަ އަށް ލައިގެން ދުވެފައި ގެއަށް ދިޔައެވެ.

އަލީގެ މަންމަ އެދުވަހުގެ މެންދުރު އަލީއަށް ކާކަށް ނުދެއެވެ. ވީގޮތުން ލަދުން އަލީއަށް ގެއިން ބޭރަށް ދާން ނުކެރުނެވެ. އޭގެފަހުން އަލީ އަކީ ނަމާދަށް ފަރުވާތެރިވާ ބަސްއަހާ ކުއްޖަކަށް ވިއެވެ.

-ނިމުނީ-

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

އިންތިޒާރު (ހަތަރުވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9

Next
September 17, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 9

Previews
September 16, 2015

އިންތިޒާރު (ހަތަރުވަނަ ބައި)

21 Comments!

  1. LOL says:
    September 17, 2015 at 2:39 pm

    Hehehe. V majaa ?

  2. marry says:
    September 17, 2015 at 2:58 pm

    Moya ali

  3. vaahaka ky meeha says:
    September 17, 2015 at 3:00 pm

    Lol!
    ???

  4. Crazi says:
    September 17, 2015 at 3:02 pm

    Hehehe v majaa..thankolhe dhogu vahaka eh genes dhy bah

  5. GuDuMeena says:
    September 17, 2015 at 3:05 pm

    Thanks all.. Glade that u liked it.. 🙂
    btw Crazi, miulheny mihaaru vx dhigu vaahaka eh liyan fashaigen ninmaa nulevi.. ehen ve ehen vaahakaeh kihineh fashaanee.. 😉
    adhi iraadha kureviyyaa fahun thankolheh dhigu majaa vaahaka eh liyaanana.. ?

  6. isha says:
    September 17, 2015 at 3:16 pm

    gudu thee girl ehtha..boy ehthr????

    1. GuDuMeena says:
      September 18, 2015 at 10:34 pm

      I think u knw already.. 🙂

  7. friend says:
    September 17, 2015 at 7:54 pm

    gudu is a boy….meena is his lovely wife…..dhe meehun ehkkoffa gudumeenaa kiyanee….DHW GUDU????

    1. GuDuMeena says:
      September 18, 2015 at 10:35 pm

      You are absolutely right friend.. 🙂 I appreciate ur help.. ?

  8. Ayya ayya says:
    September 17, 2015 at 10:11 pm

    Ali abadhu vess moya kanthah kurany kommevess ehen nameh jehyma salhi vaany 🙁

    1. GuDuMeena says:
      September 18, 2015 at 10:37 pm

      Sorry Ayya.. yageenun vx mi thi ayyage vaahaka eh noon ingey.. mi thankolheh naughty vegen ulhey Ali eh.. anehhen v.bas ves ahayey baeh faharu mi Ali.. 🙂

  9. lovely girl says:
    September 18, 2015 at 10:12 am

    Ayya ah kiyany ali tha ?
    Btw the story is nice

  10. sumone says:
    September 18, 2015 at 8:18 pm

    Nooone ayya ah kiany andhiri

  11. shifa says:
    September 19, 2015 at 6:11 am

    gudu meenaa akeee konrashehge kuhjehtha

  12. zai says:
    September 19, 2015 at 6:44 am

    Salhi..gudu ur the best..?

  13. nuzoo says:
    September 19, 2015 at 12:44 pm

    Alhey konirakuntha dheevaanaa loabin vehjey up kuranyy… plz up kohdheebala

  14. meena says:
    September 19, 2015 at 11:36 pm

    Gudu… real story eh liye ba. U life .

  15. ayya says:
    September 24, 2015 at 1:19 am

    very funny story eh.heeeeeheeeeeee

  16. shinyyy says:
    January 1, 2016 at 7:13 pm

    OMG… heehee halaaku.. moya ali……. adhivx guduge mokahala storyeh kiyan keh madhu vaneeee.. i realy like funny stories:);)
    Hope adhivx guduge mikahala funny story eh kiyan libeyne kamah.. all the best:)
    Waiting 4 nxt sory….

  17. reader says:
    April 25, 2018 at 3:38 pm

    heehee halaaku vaa vareh nuvey…….

  18. myler says:
    April 29, 2018 at 5:34 pm

    Cool ❄

Comments are closed.


All Right Reserved!