Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (އަށާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 22, 2015 8 Mins Read
44 Comments

“މި ސުވާލު ހަދަން އެނގޭތަ؟ މިއީ އިއްޔެގަ މެތްސް އެކްސްޓްރާގަ ދިން ސުވާލެއް.” މިޞްބާޙް އޭނަގެ ފޮތުގައި އެންމެ ފަހަކަށް ލިޔެފައި އޮތް އަލްޖެބްރާ ސުވާލު ދައްކަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަށް އަނެއްފަހަރު މިޞްބާޙަށް ބަލާލިއެވެ. މިޞްބާޙް އޭނައާއި މި ސުވާލުކުރަނީ ހަމަ ޙަޤީޤަތުގައި ވެސް ނޭނގިގެންހޭ އޭނަގެ ހިތަށްއެރިއެވެ. ސުވާލަކީ އުނދަގޫ ސުވާލެކެވެ. ނަމަވެސް މިޞްބާޙަކީ އެ ސުވާލު ނޭނގޭނެ ވަރަށްވުރެ މޮޅު ކުއްޖެކޭ އަފްރީންގެ ހިތް ބުންޏެވެ. މިޞްބާޙްގެ ނިޔަތާއިމެދު ނުބައި ގޮތްގޮތަށް އަފްރީނަށް ވިސްނެން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކާމެދު ގޯސް ގޮތަކަށް ދެކިގެން ނުވާނެކަން ހަނދާންކޮށް އަފްރީން ވާހަކަ ދެއްކިއެވެ.

 

“ސާރ އައިމަ ސާރ ކައިރިން އަހާނީއެއްނު؟ އަހަންނަށްވުރެ މޮޅަށް ސާރއަށް ބުނެދޭން އެނގޭނެ.” އަފްރީން ބުނެލިއެވެ.

 

“އިއްޔެ ސާރ ބުނެދިނީމަ ވެސް ނޭނގުނު.” މިޞްބާޙް ދެރަ މޫނެއް ދައްކައިގެން ހުރެ ދޮގެއް ހަދާލިއެވެ. އަފްރީން ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް އަނެއްކާވެސް މިޞްބާޙާއިމެދު ޝައްކު ކުރެވުނެވެ. މިޞްބާޙަކީ އެހާ ވިސްނުން ބަލި ކުއްޖެއް ނޫންކަން އަފްރީނަށް ޔަޤީނުން ވެސް އެނގޭތީވެއެވެ. އެހެނަސް އޭނަ ދެންވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

 

“އެހެންވިއްޔާ މިޞްބާޙްގެ ފްރެންޑް ފާރިޝް އައިމަ އޭނަ ކައިރިން އަހާ. އޭނައަށް އެނގޭނެ.” އަފްރީން ބުނެލިއެވެ.

 

“ފާރިޝްއަށް ވެސް ރަނގަޅަކަށް ނޭނގޭ. އޭނަ އެހެންނޫނަސް މިހާރު އިނީ ލައިބްރަރީގަ އެއްކަލަ ކެމިސްޓްރީ ޕްރޮޖެކްޓަށް ރިސާޗް ހަދަން. ހިއެއްނުވޭ އިންޓަވަލް ގަޑި ނިމުމުގެ ކުރިން އަންނާނެހެނެއް. ޕްލީޒް އަފްރީން ހެލްޕް މީ. ސާރ އަންނައިރު މީތި ނުނިންމާ އޮތިއްޔާ ސާރ ރުޅި އަންނާނެ. އަހަރެން ލައްވާ ބޯޑުގަ ހައްދަން ވެސް އުޅެފާނެ. ޕްލީޒް!” މިޞްބާޙް ޖެހިލުމެއްނެތި އޮމާންކަމާއެކީ ޙަޤީޤަތް އޮޅުވިއެވެ. އޭނައަށް ފާރިޝް ހުރިތަނެއްވެސް ނޭނގެއެވެ. މުދައްރިސަކު އައިސް މިހާރު ވެސް މިޞްބާޙް ގާތު އެ ސުވާލު ބޯޑުގައި ހަދާށޭ ބުނެފިއްޔާ އޭނައަށް ފަސޭހަކަމާއެކީ އެ ހެދިދާނެއެވެ.

 

އަފްރީން ދެންވެސް ޖެހިލުންވުމަކާއެކީ މިޞްބާޙަށް ބަލަން އިނދެފައި އެންމެ ފަހުން ވާހަކަ ދެއްކިއެވެ.

 

“އެންމެ ރަނގަޅު…އަހަރެން ބުނެދީފާނަން.” އަފްރީނަށް އެންމެ ފަހުބަސްތައް ނުބުނެވެނީސް މިޞްބާޙް އުޖާލާވި މޫނަކާއެކީ ޔެސްއޭ ކިޔާލިއެވެ. އަދި ލަސްތަކެއް ނުކޮށް އަފްރީންގެ ކައިރީގައި ހުރި ގޮނޑީގައި އޮތް ދަބަސް ނަގައި މޭޒުމަތީގައި ބާއްވަމުން އެ ގޮނޑި މައްޗަށް ނަގައިގެން ގޮސް އަފްރީންގެ ކުރިމަތީގައި ބެހެއްޓިއެވެ. މިޞްބާޙް އެ ގޮނޑީގައި އިށީނދެ ގޮނޑި ކުރިއަށް ދަމައި އޭނައާއި ގާތްވެލީ ގޮތުން އަފްރީނަށް ބޭއިޚްތިޔާރުގައި އޭނަގެ އަމިއްލަ ގޮނޑި ފަހަތަށް ޖައްސާލެވުނެވެ.

 

“ވަޓް؟” މިޞްބާޙް ފަނޑުވެފައި ހުރި ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފްރީން އިސްޖަހާލަމުން ވިސްނުމެއްގެ ތެރޭގައި އިރުކޮޅެއް ވަންދެން އިނެވެ.

 

“އަމް……އަހަރެން އެ ސުވާލު ބުނެދެމުން ބޯޑުގަ ހަދައިދީފާނަން. އެ ގޮތް އޯކޭއެއްނު؟” އަފްރީން އޭނަގެ ދަބަހުގެ އަރިމަތީގައި ހުރި ޖީބުން ވައިޓް ބޯޑު މާކަރެއް ނަގައި މިޞްބާޙަށް ދައްކާލިއެވެ.

 

“އޯކޭ.” މިޞްބާޙް އަނގަޔަށް ގޮތެއް ހަދާލަމުން ބުންޏެވެ.

 

އަފްރީން މާކަރު ހިފައިގެން ބޯޑު ކައިރިއަށް ގޮސް ސުވާލު ކިޔައިދިނުމަށް އެދުނެވެ. މިޞްބާޙް ސުވާލު ކިޔައިދެމުން ބޯޑު ކުރިމައްޗަށް ދިޔައެވެ. އަދި ކިޔައިދީ ނިމުމުން އަނެއްފަރާތުގެ ފުރަތަމަ ބަރީގައި ހުރި މޭޒެއްގެ މަތީ ފޮތް ބާއްވަމުން ދެއަތް އުރައި މޭޒަށް މަޑުމަޑުން ލެނގިލިއެވެ. އަފްރީން އެ ސުވާލު ހަދަމުން ބުނެދެމުން ދިޔައެވެ. އެންމެ ހަރުފަތެއް ވެސް ދޫނުކޮށް އަފްރީން ހަދަމުން ދިޔައިރު މިޞްބާޙްގެ ސަމާލުކަން ވީ ބޯޑުގައި ލިޔެވެމުން ދިޔަ އެއްޗަކަށް ނޫނެވެ. މިޞްބާޙް އިނީ އަފްރީންގެ ރީތިކަމަށް ގެއްލިފައެވެ. އަފްރީންގެ ކޮންމެ ޙަރަކާތެއްވެސް މިޞްބާޙް އާޝޯޚު ކުރުވިއެވެ. އެ ޙަރަކާތްތައް ފެންނަމުން ދިޔައީ ވެސް އޭނައަށް ފެންނަންޖެހޭ ވަރަށްވުރެ ލަސްކޮށްހެން އޭނައަށް ހީވިއެވެ. މިޞްބާޙަށް އަމިއްލަ ނަފްސާއި މަޑުމަޑުން ހީލެވުނެވެ. މިއީ ފިލްމެއްގެ މަންޒަރަކަށްވިނަމަ މިއަދު އޭނައަށް ފުރަތަމަ ފަހަރަށް ޙަޤީޤީ ލޯތްބެއްވެއްޖެއޭ ބުނެ ފަހަތުން މީހަކު ވާހަކަ ކިޔައިދިނީހެވެ. އާދަޔާ ޚިލާފަށް ވައިބާރުވެ ލަވައެއްގެ އަޑު އިވެން ފެށީހެވެ. މިޞްބާޙަށް އެ ހުރިހާ ކަމެއް ސިފަވަނީ މޮޔަ ކަންތައްތަކެއްގެ ގޮތުގައެވެ. އަންހެން ކުއްޖަކު ރީތިވާއިރަށް އެއީ ލޯބިވެވުނީ ހެއްޔެވެ؟ އެހެންވިއްޔާ އޭނައަށް ބައިވަރު ފަހަރު ލޯބިވެވިއްޖެއެވެ. އަދި މުސްތަޤްބަލުގައި ވެސް އިތުރަށް ލޯބިވާނެކަން ޔަޤީނެވެ.

 

އަފްރީން ބޯޑުގައި ލިޔަމުން މިޞްބާޙަށް ބަލާލާ ކޮންމެ ފަހަރަކު މިޞްބާޙްގެ ތޫނު ނަޒަރު އޭނައަށް އަމާޒުވެފައިވާތަން ފެނިފައި އޭނަ ފިލަން ބޭނުންވެއެވެ. ނަމަވެސް ފަށާފައިވާ ކަމެއް ނުނިމެނީސް ދާން އުޅެފިއްޔާ އިތުރު ސުވާލުތަކާއި ކުރިމަތިވާނެކަން އެނގި އަފްރީން އޭނަގެ އަތްމަތި އަވަސް ކުރެވޭތޯ ބެލިއެވެ. އަފްރީންގެ އިންތިޒާރު ނިމުމަކަށް އަންނަމުން ދިޔަ ވަގުތު އޭނަގެ ހިތް އަވަސްވިއެވެ.

 

“އެންޑް ދެއަރފޯރ…..އެކްސް އިޒް އީކުއަލް ޓު ޓޫ.” އަފްރީން ޖަވާބު ލިޔެ އޭގެ ދަށުގައި ދެ ރޮނގު ދަމާލިއެވެ. އެއާއެކު މިޞްބާޙް އަތްތިލަ ބަޑި ޖަހަން ފެށިއެވެ. އަފްރީން ޙައިރާންވެހުރެ މިޞްބާޙަށް ބަލާލަމުން އަތުގައި އޮތް މާކަރުގެ ދޯރި ޖަހާލިއެވެ.

 

“އައިމް ރިއަލީ އިމްޕްރެސްޑް. އަފްރީން ވަރަށް މޮޅު.” މިޞްބާޙް ސީދާވެލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަގެ އެ ވާހަކައިން އަފްރީންގެ ހީ ޔަޤީނަކަށް ބަދަލުވިއެވެ. އަންހެން ކުދިން ހައްލާލުމަށްޓަކައި ފިރިހެން ކުދިން ގެންގުޅޭ އުކުޅުތައް އަފްރީނަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އޭނަ މާޒީގައި އެކަންތައް އެނގިހުރެ ވެސް ނޭނގޭ ކަމަށް ހަދައިގެން ހުރީ ފިރިހެން ކުދިންގެ ސަމާލުކަން އިތުރަށް ބޭނުންވެގެންނެވެ. ނަމަވެސް އޭނަ ދެން އެހެންނެއް ނަހަދާނެއެވެ. އޭނަ މިތަނުން ވީހާވެސް އަވަހަކަށް ނިކުންނަން ވީ ކަމަށް އޭނަގެ ސިކުނޑި އެންގިއެވެ. އެއާއެކު އަފްރީން އޭނަގެ ގޮނޑިއާއި ދިމާލަށް ދިޔައެވެ. އެ ތަން ފެނިފައި މިޞްބާޙް ތެޅިގެންފައި އަފްރީނަށް ގޮވާލިއެވެ. އަފްރީން މަޑުކޮށްލަމުން ފަސްއެނބުރި ބަލާލިއެވެ.

 

“އަފްރީން…..އައިމް ރިއަލީ ސޮރީ. އަހަންނަށް އެނގޭ އަހަންނަށް ވަރަށް މޮޔަކޮށްކަން އުޅެވުނީ މި ވޭތުވި ދުވަސްކޮޅުގެ ތެރޭގަ. އަހަންނަށް އެނގޭ އަހަރެން އެގޮތަށް ކަންތައް ކުރަން ނުޖެހޭނެކަން. ބަޓް އައި ރިއަލީ ލައިކް ޔޫ. އަފްރީން ކަހަލަ ދީންވެރި ކުއްޖަކު ދުވަހަކުވެސް ނުދެކެން. އަހަރެން ބޭނުން އަފްރީން ކައިރިން ދީނާއިމެދު އިތުރަށް އުނގެނެން. އަހަންނަށް ދަސްކޮށްދޭނަންތަ؟” މިޞްބާޙް މައުސޫމުކަމަށް ހެދެމުން މޭމަތީގައި އެއްއަތް ޖައްސައި އަހާލިއެވެ. އަފްރީން ނުރުހުންވެފައިވާ މޫނަކާއެކީ މިޞްބާޙަށް ބަލަންހުރެ އޭނަގެ އަތުގައި އޮތް މާކަރު މޭޒުމަތީގައި ބާއްވައި ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލިއެވެ.

 

“ފުރަތަމަ ކަމަކަށް…..އަހަންނަށް ހިއެއްނުވޭ މިޞްބާޙަށް އަހަރެން ކަމުދަނީ އަހަރެންގެ ދީންވެރި ކަމުގެ ސަބަބުން ކަމެއް. ހަނދާންވާ ގޮތުގަ މިޞްބާޙް އަހަރެން ފެނުނީއްސުރެ އަހަރެންގެ ސަމާލުކަން ހޯދުމުގެ މަސައްކަތް ފަށައިފި. ދެވަނަ ކަމަކަށް……ދީން އުނގެނެވޭނެ ބައިވަރު ގޮތްތައް އެބަހުރި. ކީއްވެ އަހަރެން ކައިރިން ވަކި އުނގެނެން ތި އުޅެނީ؟ އަހަރެން މިއީ ވަކި މުޅި ދުނިޔޭގައި ހުރި އެންމެ ބޮޑު ޢާލިމެއް ނޫން. އަހަންނަށް ޔަޤީން އުނގެނެންވީ އެހެން ގޮތްތައް މިޞްބާޙަށް ފެންނާނެކަން. ﷲ ތިބާއަށްޓަކައި ޢިލްމުގެ ދޮރުތައް ހުޅުއްވަވާށި!” އަފްރީން ސާބިތުކަން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ. މިޞްބާޙްގެ ގޮށްމުއްކެވިގެން ދިޔަ ވަގުތު އޭނައަކަށް އޭނަގެ ރުޅިވެރިކަން މޫނުމަތިން ނުފޮރުވުނެވެ. އަފްރީން ކުއްލިއަކަށް އޭނަ ފަސްދީފައި ކުލާހުގެ ދޮރުން ނިކުމެގެން ދިޔައެވެ. މިޞްބާޙް އެ ދިމާލަށް ބަލަހައްޓައިގެން ހުރެ އައި ރުޅީގައި އެތާ މޭޒުމަތީގައި އޮތް ދަބަސް އަތުން ފޮޅުވައި ބިމަށް ވައްޓާލިއެވެ.

 

އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ޔޫނުސް އޮފީހުގައި އިންދާ އޮފީހުގެ ފޯނަށް މީހަކު ގުޅާފައި ދިން ޚަބަރަކުން އޭނައަށް ގޮނޑިން ތެދުވެވުނެވެ. އެކޮޅުން ބުނި ގޮތުގައި “ރާއްޖޭގެ ދުނިޔެ” ގެ އޮފީހުގައި ވަނީ ބޮޑު ހުޅުގަނޑެއް ރޯވެފައެވެ. ވާހަކަ އަޑުއަހަން ހުރި ޔޫނުސް ދެލޯ ބޮޑުކޮށްގެން ހުރިއިރު އޭނަގެ ނިތުން ދާ ތިކިތައް ހިއްލިއެވެ. މިފްތާޙްބެއާއި ނާސިފް ކޮބައިތޯ  ހިތް ސުވާލު ކުރި ވަގުތު އެކޮޅުން އިވެމުން ދިޔަ ވާހަކަ ނުނިމެނީސް އޭނައަށް ފޯނު ބޭއްވުނެވެ. އެއަށްފަހު އޭނަ އަވަސްއަވަހަށް އޭނަގެ ރޫމުން ނިކުމެގެން ދިޔައެވެ.

 

ޔޫނުސް ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ގޮސް ނާސިފްމެންގެ ގެ ހުންނަ ގޯޅިއަށް އެޅި ވަގުތު އެ ގޭގެ ޞަރަޙައްދަށް އެތައް ބަޔަކު އެއްވެފައި ތިއްބެވެ. ފަޔާރ ޓްރަކެއް ގޭގެ ކުރިމަތީގައި އޮތް އިރު ފެންޖަހާތަން ފެންނަމުން ދިޔައެވެ. ގޭގެ ކައިރީގައި ހުރި ފިހާރައިގެ ފުރާޅުމަތިން ހުޅުގަނޑުގެ ބައެއް ފެނުމުން ޔޫނުސްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަ ކުރިމައްޗަށް ބަލާލި ވަގުތު މީހުންތަކާއި ނުހަނު ކައިރިވިތަން ފެނިފައި ކުއްލިއަކަށް ސައިކަލު ބުރަކި ޖައްސާލެވުނެވެ. އެއަށްފަހު އަވަސްވެފައިވާ ހިތަކާއެކީ ސައިކަލުން ފައިބައިގެން މީހުންގެ ތެރެއިން ގެއާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ފޯނުންނާއި ކެމެރާތަކުން ފޮޓޯ ނަގަމުން ދިޔަ މީހުންގެ ތެރެއިން ޔޫނުސްއަށް އޭނަގެ އޮފީހުގައި އުޅޭ ޝިފާޒް ވެސް ފެނުނެވެ. ޝިފާޒް ފަހަނަޅައި ދެވުނު ފަހުން އޭނަ ގޮވާލި އަޑަށް ޔޫނުސް އެދިމާލަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މީހުންތައް ދުރުކުރަމުން ޔޫނުސްއަށް އެންމެ ފަހަކަށް އެންމެންގެ ކުރިއަށް އައިސް މަޑުކޮށްލެވުނެވެ. އެއާއެކު ޔޫނުސް ހުއްޓުން އެރިއެވެ. ގޭޓު ފަހަނަޅައި ދެވެން އޮތް ބޮޑު ގޯތީގެ އެއްފަރާތެއްގައި ހުރި ޢިމާރާތުގައި އެއްކޮށް ހުޅުހިފާފައިވިތަން އޭނައަށް ފެނިފައެވެ. މެދުން ފެންނަމުން ދިޔަ ދެ ބުރިއަށް ނަގާފައިވާ އެއްބައިގައި އަލިފާނުގެ އަސަރެއް ނެތަސް އެ ގޭގެ ވެސް އެއްބައި ދެލި ކުލައަށް ބަދަލުވެފައިވިތަން ފެނިފައި ޔޫނުސްގެ މެއަށް ފިނިވިއެވެ.

 

“ގޭގަ ވެސް ހުޅު ހިފީތަ؟” ޔޫނުސްއަށް އޭނަގެ ކައިރީގައި ހުރި ނުވެސް އެނގޭ މީހެއް ކައިރިން އަހާލެވުނެވެ.

 

“އާނ…..ކުޑައިރުކޮޅެއް ކުރިން އެ ހުޅުގަނޑު އެއްކޮށް ނިވުނީ.” އެ މީހާ ބުނެލިއެވެ.

 

“ކޮބައިތަ ގޭގަ އުޅޭ މީހުން؟” ޔޫނުސްއަށް ކަންބޮޑުވެފައިހުރެ އަހާލެވުނެވެ.

 

“ދެންމެ އެންބިއުލާންސްގަ ނާސިފް މިފްތާޙް ގޮވައިގެން ހޮސްޕިޓަލަށް ގެންގޮސްފި. ހުޅު ހިފިއިރު މިފްތާޙް އެކަނި ގޭގަ ހުރީ. އޭނަ ނިކުންމި އިރު ހޭނެތިފަ އޮތީ. ގެންދިޔައިރު އަތުގެ ނުފުށް އަނދާފަ ހުރިތަން އަހަރެން ދުށިން.” އެ މީހާ ކިޔައިދިނެވެ. ޔޫނުސްއަށް ޤަބޫލުކުރަން ވެސް ދަތިވެފައި އެމީހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު އޭނަ ކުއްލިއަކަށް މީހުންތަކުގެ ތެރެއިން ފެންނަމުން ދިޔަ އޭނަގެ ސައިކަލާއި ދިމާލަށް ދާން ހިނގައިގަތެވެ.

 

ޔޫނުސްގެ ސައިކަލު މިފަހަރު ގޮސް މަޑުކޮށްލީ ހޮސްޕިޓަލުގެ ކައިރިއަށެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ހޮސްޕިޓަލް ތެރެއަށް ވަދެ ރިސެޕްޝަން ކައިރިއަށް ގޮސް މިފްތާޙް ވީ ތަނެއް ހޯދިއެވެ. އެއާއެކު އޭނަ މިޞްރާބުޖެހީ އައި.ސީ.ޔޫ އާއި ދިމާލަށެވެ. އައި.ސީ.ޔޫ ހުންނަ މަގަށް އެޅުނު ވަގުތު އައި.ސީ.ޔޫގެ ކުރިމަތީ ހުރި ހުސް ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި ދެއަތުން މޫނު ފޮރުވައިގެން އިން ނާސިފް ޔޫނުސްއަށް ފެނުނެވެ. އޭނަ ވައި އަޑަކުން ނާސިފްގެ އަޑުން ގޮވާލަމުން އޭނަ ކައިރިއަށް ދިޔައެވެ.

 

“ނާސިފް! މި….މިއީ ކިހިނެއް ހިނގި ކަމެއްތަ؟ މިފްތާޙްބެ ކިހިނެއް؟” ޔޫނުސް ނާސިފްގެ ކޮނޑުގައި އެއްއަތް އަޅާލަމުން އަވަސްއަވަހަށް ސުވާލުކުރިއެވެ. ނާސިފް އޭނަގެ މޫނުން ދެއަތް ނަގައި އަސަރެއް ނެތް ގޮތަކަށް މައްޗަށް ބަލާލިއެވެ. އެ މޫނުމަތިން ޔޫނުސްއަށް ފެނުނީ ހިތާމަވެރިކަމާއި ރުޅިވެރިކަން އެކުލެވިފައިވި އަސަރެކެވެ. ނާސިފް އޭނައަށް ބަލަން އިނދެފައި ކޮނޑުން އޭނަގެ އަތް ފޮޅުވާލުމުން ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ނާސިފް ވާހަކަ ދެއްކިއެވެ.

 

“އިންޓަވިއުއެއްދޭންވީތަ އެޗް.އެން ނިއުސްއަށް؟ އިންޓަވިއު ދީފާނަން ޙަޤީޤަތާ އެއްގޮތަށް. އެކަމަކު ހިތާމައަކީ ތި ބޭފުޅުންނަށް އެ ގޮތަށް ނުލިޔެވޭނެތީ.” ނާސިފް ނުރުހުމުގެ ލޮލަކުން ބަލަން އިނދެ ރާގަކަށް ބުނެލިއެވެ. އޭނަގެ ބަސްތަކަކުން ޔޫނުސްގެ ހިތް ދެރަވިއެވެ.

 

“ނާސިފް؟” ޔޫނުސް އިވޭ ނުއިވޭ އަޑަކުން ގޮވާލިއެވެ.

 

“މިއީ ދޮގެއްތަ؟” ނާސިފް އަހާލިއެވެ.

 

“އަހަރެން މި އައީ މިފްތާޙްބެގެ ޙާލު ބަލަން.” ޔޫނުސް އޭނަގެ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސަމުން ބުންޏެވެ. ނާސިފް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ބައްޕައަށް މި ޙާލު ޖެއްސި މީހުންނަށްޓަކައި މަސައްކަތް ކޮށްދޭ މީހަކު ބައްޕަގެ ޙާލު ބަލަން އައިމަ ވަރަށް ހެއްވާ.” ނާސިފް ވާހަކަ ނިންމާލީ ބުމަގޮށްޖެހިފައި ހުރެއެވެ. ނާސިފް އެހެން ބުނެލުމުން ޔޫނުސްއަށް ހީވީ މީހަކު އޭނަގެ ސިކުނޑީގައި ކޮއްޓާލިހެންނެވެ. އޭނަ މިހާއިރު ހީކޮށްގެން ހުރީ ހުޅުހިފީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް…….

 

“އެމީހުންތަ؟” ޔޫނުސްއަށް އަހާލެވުނެވެ. އެއާއެކު ނާސިފް ކޮޅަށް ތެދުވިއެވެ. އެއަށްފަހު ޔޫނުސްގެ ގަމީހުގެ ގިރުވޯނުގައި ހިފާލަމުން ދެދަތްޕިލް ޖައްސައިގެން ހުރެ ވާހަކަ ދެއްކިއެވެ.

 

“ދެން ކޮން ބައެއްހެންތަ ހީވަނީ؟ މިއަދު އެކަން ހިނގި ފަހުން އަހަރެން ގެއަށް އައިއިރު އަމިއްލަ ލޮލުން ދުށިން އަމީން އެގެއިން ނިކުމެގެން އަންނަތަން. އެކަމަކު އެއީ ނުވާކަމަކަށްވާނީ. އެޗް.އެން ނިއުސް ރިޕޯޓުގަ އޮންނާނީ މިއީ މިއަދު ހިނގި ހިތާމަވެރި އެކްސިޑެންޓެކޭ. އެހާ ހިސާބުން ވާހަކަ ނިމުނީ. އަހަރުމެންގެ ސައިޓް އަނބުރާ ނުގެނެވޭނެ ގޮތަށް ހެކްކުރި ވާހަކަ ނާންނާނެ. މީގެ ކުރިން ބައްޕައާއި އަހަންނަށް ދެއްކިހާ ބިރެއްގެ ވާހަކަ ނާންނާނެ. އަހަރުމެންނަށް ދިންހާ ގެއްލުންތަކެއްގެ ވާހަކައެއް ނާންނާނެ. ދެން ކީކޭ ކިޔަންތަ ތި އުޅެނީ؟” ނާސިފް ޔޫނުސްގެ ގިރުވޯނުން ދޫކޮށްލަމުން އޭނަގެ މޭގައި އަތް އަޅައި ކޮއްޕާލިއެވެ. ޔޫނުސް ކުޑަކޮށް ދުރަށް ޖެހުނެއްކަމަކު އޭނަ ނުވެއްޓެވެ. އޭނަގެ ގާތް އެކުވެރިޔަކު އޭނައާއި ވާހަކަ ދެއްކި ގޮތުން ޔޫނުސްގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެ އެކުވެރިޔާ އެހެން ވާހަކަ ދައްކަން ޖެހުނީ ފުން ހިތާމައެއްގެ ސަބަބުންކަން ކުރިމަތިން ފެނުނު މަންޒަރުން ޔޫނުސްއަށް އެނގުނެވެ. ނާސިފް އަމިއްލަ ލޯމަތީގައި އެއްއަތް އަޅާފައި ނަގާލި ވަގުތު އެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އޭނަ ތުންފަތުގައި ދޫ ކާއްތަމުން އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ޔޫނުސްއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. ދޮރުގައި ވަށްކޮށްހުރި ބިއްލޫރި ކުޑަދޮރުން އެނދުގައި އޮކްސިޖަން މާސްކެއް އަޅައިގެން އޮތް މިފްތާޙް ފެނިފައި ޔޫނުސްއަށް އެ ދޮރާއި ގާތަށް ޖެހިލެވުނެވެ. މިފްތާޙަށް ބަލަހައްޓައިގެން ހުރެ ޔޫނުސްއަށް ކުޑަދޮރުގެ ކައިރީގައި އެއްއަތް ޖައްސާލެވުނެވެ. އެނދުމަތީގައި އެއޮތީ އޭނަ ނޫސްވެރިޔަކަށް ހެދި ފަރާތޭ ހިތަށްއެރިއެވެ. މިފްތާޙްބެއަށް ނުވިނަމަ އޭނައަށް ދުވަހަކުވެސް އޭނަގެ ހުރި ހުނަރެއް ނޭނގުނީހެވެ. އޭނަގެ ހުނަރަށް އިތުބާރު ކުރި ފުރަތަމަ މީހަކީ މިފްތާޙްބެއެވެ. ވީއިރު މި ހުނަރުގެ ބޭނުން މިފްތާޙްބެގެ ދުޝްމިނުންނަށްޓަކައި ކުރުން ހެޔޮވާނެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން ޔޫނުސްގެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭނަ އިރުކޮޅަކު ހުރެފައި އެތަނުން ދާން ހިނގައިގަތީ ވަރުގަދަ ޢަޒުމެއްގައި ކަން އޭނަގެ މޫނުމަތީގައި ހުރި ކުލަވަރުން ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ.

 

އަމީން އޭނަގެ ސިޓިންގް ރޫމުގެ ސޯފާގައި ކުރިމަތީގައި ހުރި މޭޒަށް ދެފައި އަރުވައިގެން ޓީވީ ބަލަން އިންދާ ގޭގެ ދޮރުގައި މީހަކު ބާރަށް ޓަކި ދޭ އަޑު އިވެން ފެށިއެވެ. އަމީން ދޮރާއި ދިމާލަށް ބަލާލި ވަގުތު ގޭގެ މަސައްކަތު މީހަކު ގޮސް އެ ދޮރު ދެ ފަރާތަށް ހުޅުވާލިއެވެ. ދޮރުމަތީގައި ރުޅިން ރަތްވެފައި ހުރި ޔޫނުސް ފެނިފައި އަމީން އޭނަގެ ދެފައި މޭޒުމަތިން ބޭލިއެވެ. ޔޫނުސް އަތްތިލަ ބަޑި ޖަހަމުން ގޭތެރެއަށް ވަދެގެން އައެވެ. އޭނަ ލަސް ހިނގުމެއްގައި ސިޓިންގް ރޫމުގެ ސޯފާތައް ހުރި ހިސާބަށް އައިސް މަޑުކޮށްލި ވަގުތު އަމީން ޙައިރާންވެހުރެ ކޮޅަށް ތެދުވިއެވެ.

 

“ވަރަށް މޮޅު ރޭވުމެއް. އެކަމަކު ވަރަށް ޅަ ކުދިން ހިފާ ކަހަލަ ބަދަލު ހިފުމެއް. އަމިއްލަ ނޫހަކަށްވުރެ އެހެން ނޫހެއް މަޝްހޫރުވީމަ އެ ނޫސް ތި ނެތިކޮށްލީ އަމިއްލަ ނޫސް ކުރިއަރުވާނެ ގޮތްތައް ހުސްވީމަތަ؟” ޔޫނުސް ރުޅިވެރި ގޮތަކަށް އަހާލިއެވެ. އަމީން އެއްވެސް އަސަރެއްނެތް ގޮތަކަށް ޔޫނުސްއަށް ބަލަން ހުރެފައި ހީލިއެވެ.

 

“ޔޫނުސް ވެސް ދެން ދައްކާ ވާހަކަދޯ؟ އަހަރުމެން ކީއްކުރަން އެކަހަލަ ކަމެއް ކުރަންވީ؟ އަހަރުމެންގެ ނޫހުން އަބަދުވެސް އެންމެ އަވަހަށް ޚަބަރުތައް ގެނެސްދެނީ. އެހެން ބަޔަކަށް މާ ގިނަ ކިޔުންތެރިން ލިބުނަސް ޙަޤީޤަތުގަ އެންމެ މޮޅީ އަދިވެސް އަހަރުމެން.” އަމީން ބުނެލިއެވެ.

 

“މޮޅީ ދޮގު ޚަބަރު ފަތުރަން. އެ ފެތުރިދާނެ ކިތަންމެހާވެސް އަވަހަކަށް. ލަދުވެސް ގަނޭ މިހާ ދުވަސްވަންދެން އެ ނޫހަށްޓަކައި މަސައްކަތް ކޮށްދެވުނީތީ. އެކަމަކު ދެން ނޫން. މިއަދު ހުރިހާ ހައްދެއް ފަހަނަޅައި ގޮއްސި. މިއަދުން ފެށިގެން އަހަންނަކީ އެ ނޫހާއި ތި މީހުންނާއި ވެސް ބެހޭ މީހެއްނޫން. އަހަރެން ދެން މަސައްކަތް ނުކުރާނަން އެހެން މީހުންނަށް އަނިޔާ ދޭ ބަޔަކަށްޓަކައި. އަހަރެން މަސައްކަތް ކުރާނީ އެ މީހުންނާއި ދެކޮޅަށް. ހީކުރީ ތަނެއް އަންދާލީމަ ތިމާ ކުރާ ކުށްތަކުން ރެކޭނެ ކަމަށްތަ؟ މި ދުނިޔޭގައި ސަލާމަތް ވިޔަސް އަދި ތިމާ ކުރި ހުރިހާ ކުށެއް ތިމާގެ ކުރިމަތިން ފެންނާނެ ދުވަހެއް އަންނާނެ. އަދި އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ތި މީހުންގެ އެއްވެސް ގޯސް ރޭވުމެއް ކާމިޔާބު ވިޔަކަ ނުދޭނަން. އަހަރެން ފަހަތަށް ނުޖެހޭނަން އިރާދަކުރެއްވިއްޔާ. ވަރިހަމަ އަހަރެން މަރާލަން މަސައްކަތް ކުރިޔަސް!” ޔޫނުސް ހަރު އަޑުން އިއްވާލިއެވެ. އަމީން ބުމަގޮށްޖަހައިގެން އަނގަ ލައްޕައިގެން ހުރީ އެއްޗެކޭ ނުބުނަން ކަހަލައެވެ. ޔޫނުސް އޭނައަށް ބަލަހައްޓައިގެން ހުރެފައި އޭނައަށް ފަސްދެމުން އެގެއިން ނިކުންނަން ދިޔައެވެ. ޔޫނުސް ދޮރާއި ހަމަވި ވަގުތަކީ ސްކޫލުން ގެއަށް އައި މިޞްބާޙް ގޭގެ ގޭޓުން ފެންޑާއަށް ވަތް ވަގުތެވެ. މިޞްބާޙްގެ މޫނުމަތީގައި ވެސް ވީ ޔޫނުސްގެ މޫނުމަތީގައި ވި ފަދަ ރުޅިވެރިކަމެކެވެ. ނަމަވެސް ހިނގަމުން ދަނިކޮށް މިޞްބާޙަށް ޔޫނުސް ފެނުމުން އޭނަގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. އެއީ އޭނަ ނުދަންނަ މީހަކަށްވާތީވެއެވެ. ޔޫނުސް އޭނަ ފަހަނަޅައި ދިޔުމުން ވެސް މިޞްބާޙް ފަސްއެނބުރި ބެލިއެވެ. އެއަށްފަހު އަނެއްކާވެސް ގެއާއި ހަމައަށް ގޮސް ގެއަށްވަނެވެ.

 

“އެއީ ކާކުތަ ޑޭޑް؟” ގޭގެ ދޮރުމައްޗަށް އެރި ވަގުތު ސިޓިންގް ރޫމުން އަމީން ފެނިފައި މިޞްބާޙް އެހިއެވެ.

 

“މާ ބޮޑު މީހެއްނޫން. މިގޭގެ ތެރޭގަ މަސައްކަތް ކުރުމުގެ ފުރުޞަތެއް އޮތްތޯ ބަލަން އައި މީހެއް.” އަމީން އެހެން ބުނެލީ ދެންމެ އެއްވެސް ކަމެއް ނުވާހެން ހީވާ ފަދައަކުންނެވެ.

 

“އޮވް…..” މިޞްބާޙް އެހެން ބުނެފައި އަދިވެސް އެއްފަހަރު ބޭރު ބަލާލިއެވެ. ޔޫނުސް ގޭޓުން ނިކުމެ ސައިކަލަށް އެރިތަން ފެނިފައި އެއީ ހަމަ ގޭގަ މަސައްކަތް ކުރަން އައި މީހެއްހޭ މިޞްބާޙްގެ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ކޮންކަންހޭ ހިތައި މިޞްބާޙް ގޭގެ ތެރެއަށް ވަދެގެން ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. މިޞްބާޙް ލޯމައްޗަށް ގެއްލުމުން އަމީން އެތާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ކީކޭ އަމީން؟ ހުރިހާ ކަމެއް ރަނގަޅުތަ؟” ފޯނުގެ އެކޮޅުން ނަވާޒް ވާހަކަ ދެއްކީ މަގުމަތިން ދުއްވާފައި ދިޔަ ކާރެއްގެ ފަހަތުގައި އިނދެއެވެ.

 

“ހުރިހާ ކަމެއް ރަނގަޅެއްނޫން.” އަމީން ބުނެލިއެވެ.

 

“އެއީ؟ މިހާރު މިފްތާޙްމެންގެ ހުރިހާ ނިޝާނެއް ގެއްލިއްޖެއެއްނު؟ އަނެއްކާ މީހަކަށް އެނގުނީތަ؟” ނަވާޒް ބުނެލިއެވެ.

 

“ޔޫނުސް އަހަރުމެންނާ ވަކިވެއްޖެ.” ނަވާޒްގެ ސުވާލަކަށް ޖަވާބެއް ދިނުމެއްނެތި އަމީން ބުނެލިއެވެ.

 

“ކީކޭ؟!” ނަވާޒް ހާސްކަން އެކުލެވިފައިވި ގޮތަކަށް އަހާލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިޒާރު ( ހަތްވަނަ ބައި )

Next

ދީވާނާ ލޯބިން ވެއްޖޭ. . [24]

Next
September 23, 2015

ދީވާނާ ލޯބިން ވެއްޖޭ. . [24]

Previews
September 21, 2015

އިންތިޒާރު ( ހަތްވަނަ ބައި )

44 Comments!

  1. Sheeby says:
    September 22, 2015 at 8:23 pm

    Yey!!!me first… Finally kiyaalan libihje… thnkx jana… luv ur stry… nxt part kon irakun

    1. jana says:
      September 22, 2015 at 8:51 pm

      hehe….Alhamdhulillah! 🙂 dhen oiy bai hukuru dhuvahu In Sha Allah. jana kuran jehey muhimmu kanthah adhives mulhin nunimey. adhi mi ulheny balives me. jana ahtakai dua kohdhehchey Sheeby 😉 Jazakallah Khairan 🙂

  2. Anonymous says:
    September 22, 2015 at 8:25 pm

    Mifaharu kihineh thi hedhy haadha kury hen hyvey

    1. jana says:
      September 22, 2015 at 8:52 pm

      safhaa number ah balaairu mi bai kuree bayah vure dhigu anonymous. hehe…maa madhu kanthah hingeema kanneyge dho?

  3. aabhy says:
    September 22, 2015 at 8:28 pm

    Varah salhi.

    1. jana says:
      September 22, 2015 at 8:53 pm

      Alhamdhulillah! 😀

  4. rifa says:
    September 22, 2015 at 8:32 pm

    Haadha kurey

    1. jana says:
      September 22, 2015 at 8:53 pm

      nooney rifa kureh noon. maa madhu kanthah hingeema kanneynge thihen heevy 🙂

  5. reem says:
    September 22, 2015 at 8:56 pm

    v v v reethi mi part vx…the best story ever…nxt part miah vure dhigukoh genesdhehcheyyy….:) 🙂 🙂

    1. jana says:
      September 24, 2015 at 6:33 am

      Alhamdhulillah! 😀 ekamaku mee best story ekey jana nubunaanan. emme emme emme best stories thah hunnaany Quranuga. aslu e stories thah hunna gothun inspire vegen jana gina faharu liyany ves. jana share kuraanan ingey eyge baeh stories thah In Sha Allah 😉 Next part plan koffa oiy gothun dhigu vaane hen heevany. ekamaku miadhu noon ebai. hukuru dhuvahu In Sha Allah 🙂 Eid Mubarak Reem 🙂

  6. zeek says:
    September 22, 2015 at 9:12 pm

    Ehkala janaage fankaa mi. Hehe
    V salhi mi bai vx hama. Keep it up!! 😉

    1. jana says:
      September 24, 2015 at 6:35 am

      Hi fankaa! 😛 hehe…..
      Eid Mubarak Zeek 😀

  7. Anonymous says:
    September 22, 2015 at 9:21 pm

    Mi part in kusheh alhugadah fàahaga vi. Ae yòoni gos ehaa thibi sofa gondithah kairiah.mi jumlaigai sofa ah thibi beynun kohfa iny aslu beynun kuran jeheynee huri.. Ae sofa aky thibey ehcheh nun ae bahattaafa huñna ehcheh. Rangalhu kohlaafa kamah ummeedh kuran.. jazaakallah khairan. .. Jana.. aan vedhane ehn v kamah vx kury kamah hyvy…

    1. jana says:
      September 24, 2015 at 6:36 am

      anonymous, thi thankolhu rangalhu koffin ingey? Jazakallah Khairan 😀
      Eid Mubarak Anonymous 😀

  8. aish says:
    September 22, 2015 at 9:48 pm

    V salhi mi part ves.

    1. jana says:
      September 24, 2015 at 6:38 am

      Alhamdhulillah! (All praise and thanks belongs to Allah) 😀 Eid mubarak Aish 😀

  9. hiba khan says:
    September 22, 2015 at 10:07 pm

    Jana baly tha??! ? v sad vehje. Avas shifa akah edhen ingey. Mi part vx hama v nyc. Jana thi kiyavaa kuhjeh tha??! I myn hyvany a level kiyavaa hen. Ehnve ahaaly 😉

    1. jana says:
      September 24, 2015 at 6:41 am

      hmm hiba jana miulheny varah balikoh. iyyega mulhin araamu kureemaves adhives ehkoh rangalhu nuvey. ekamaku miadhu vaahaka liyeveynehen heevany. ehenvyma hukuru dhuvahu up kureveytho balaanan In Sha Allah 🙂
      jana mee kiyavaa kujjeh noon. ekamaku A level ga kiyevin. anekka hee nukurahchey mi baiga hury hageegy manzarekey 😛 ey khiyaaly thankolheh. vaahakaiga vaa baeh kanthahthakaky haqeeqaiythakah viyas evves manzareh huri gothah real eh nuvaane 😀
      Eid mubarak hiba 😀

  10. sha zaa says:
    September 22, 2015 at 10:10 pm

    Jana, islaam dheenuga kudhihnaa rahtehi vumaky kn kahala kameh tha??
    I just asked becox i hv no idea abt this

    1. Arcane_Belle says:
      September 22, 2015 at 11:55 pm

      http://www.therevival.co.uk/what-does-islam-say-about-relationships-whats-wrong-with-having-boygirlfriends

    2. sha zaa says:
      September 23, 2015 at 4:34 am

      Thnkx 😉

    3. jana says:
      September 24, 2015 at 6:43 am

      Jazakillah Khairan Arcane_Belle 🙂
      Eid Mubarak dhekudhinnavves 😀

  11. sha zaa says:
    September 22, 2015 at 10:17 pm

    N Do u no anything abt esfeena??! Cox i hv a ques abt it!! N i think u wil hv sum idea abt it!!
    Btw stry is awesum 🙂

    1. jana says:
      September 24, 2015 at 6:45 am

      no Sha zaa i dont know much about esfeena. 🙁

  12. lilyyy says:
    September 22, 2015 at 10:33 pm

    Nukummi irey nukiyaanenu jaan dear
    Nerunu iru
    just change that
    By the way story is awsome

    1. Aanaa says:
      September 23, 2015 at 11:57 pm

      Kon kan hey hithaa eh noon kon kameh hey hithaa?. Ethankolhuves ingey jana

    2. jana says:
      September 24, 2015 at 6:47 am

      lilyyy ge comment jana iyye dhushin. ekamaku varubalivefa hurivarun edit kuran kanneyvvy. dhen miadhu edit eh nukureveyne. ey mi site ga hunnany shaaiu kuraatha dhedhuvas fahun edit nukurevey gothah. dhen liyaairu visnaigen liyeveytho balaanan In Sha Allah. Jazakumullah Khairan lilyyy and Aanaa and Eid Mubarak 😀

  13. Anonymous says:
    September 22, 2015 at 10:58 pm

    Haadha shauguveri ey mi bai… Avas shifa akah edhen.. Mihaaru yunus ge bai ves varah kiyaa hiy vejje..

    1. jana says:
      September 24, 2015 at 6:48 am

      jana ves mihaaru mi hunnany varah liyaa hithun anonymous. hehe….Alhamdhulillah! 😀

  14. zee says:
    September 22, 2015 at 11:33 pm

    Vvv nice

    1. jana says:
      September 24, 2015 at 6:49 am

      Alhamdhulillah! 🙂 Eid mubarak zee 😀

  15. Arcane_Belle says:
    September 22, 2015 at 11:48 pm

    At last. Ma Sha Allah

    1. jana says:
      September 24, 2015 at 6:50 am

      Alhamdhulillah! 😀 Eid Mubarak

    2. jana says:
      September 24, 2015 at 6:51 am

      Alhamdhulillah! 😀 Eid Mubarak

  16. ema says:
    September 23, 2015 at 10:55 am

    beautiful………………..

    1. jana says:
      September 24, 2015 at 7:21 am

      Alhamdhulillah! Eid Mubarak ema 😀

  17. Sheeby says:
    September 23, 2015 at 3:38 pm

    Jana ah avas shifa akah edhen…

    1. jana says:
      September 24, 2015 at 7:21 am

      Jazakillah Khairan Sheeby! Eid Mubarak 😀

  18. RV says:
    September 23, 2015 at 3:40 pm

    Nice

    1. jana says:
      September 24, 2015 at 7:22 am

      Alhamdhulillah! Eid Mubarak RV 😀

  19. elsa says:
    September 23, 2015 at 5:30 pm

    god job jaan , vr salhi , curious to c wat heappens next , love u sis

    1. jana says:
      September 24, 2015 at 7:23 am

      Alhamdhulillah! Love you too sis. Eid Mubarak 😀

  20. shaany says:
    September 24, 2015 at 10:30 pm

    Vaahaka v reethi. Eid mubaarak to all

  21. Anonymous says:
    September 25, 2015 at 9:42 pm

    Kobaa tha story

Comments are closed.


All Right Reserved!