Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ތިރީސްނުވަވަނަބައި (ކަޅުތެލުގެ ބަނަ ނަޒަރުގައި)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
May 6, 2026 5 Mins Read
0 Comments

ޚަބީބުގެ ހިތް ހިތްވަނީ ފުނޑުފުނޑު ވާއިރު އެހެން ކަމެއް ހެންނެވެ. ގެއަށް ދިއުމަކީ މިވަގުތު އެންމެ ރައްކާތެރި ގޮތް ބާވައެވެ؟ އޭނާގެ ޒަމީރު ކުރެން އަހާލިއެވެ. ސިހުމާ ފެންވަރަށް ފޮނުވަން ވެގެންއެވެ. ގޭގައި އެ ހުރި ނާމާންކަމުގެ ތެރެއަށް ހުސީ ގެންދިއުމަކީ ބުއްދިވެރި ކަމެއް ބާވައެވެ؟ އޭނާ އަޒީލުގެ ލޮލަށް ބަލާލިއެވެ. ޒާއިނާއަށްވެސް ރޭކާލިއެވެ.

“ޒާއިނާ: ހުސީ ގޮވައިގެން އަހަރުމެން ދެމީހުން ގޮސްފާނަށް ޚަބީބު މަޑުކޮށްލާ.” ހަމަޖައްސާލަމުން ޒާއިނާ އެންގިއެވެ.

 

ގެއިން ކުރިމަތި ވާނީ ކޮންފަދަ ކަމަކާ ކަމެއްވެސް ނޭނގެއެވެ. ނިވީ ސަލާމަތުން ހުރިބާއެވެ؟ މުލްކު ކިޔެވުން ނިމިގެން އަތުވެދާނެ ބާއެވެ؟ އަޑު ގަދަ ކުރާއެއްހެން އެ ތޫލި އަޑުފަންގަނޑު އިވެމުން އަދިވެސް ދޭބާއެވެ؟ އެހެންނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟

**********************************************************************

ޒާއިނާ އާއި އަޒީލާއެކު ސިހުމާ ގެއަށް ދާން ނިކުތެވެ. ޚަބީބާއި ޚުބާބު ބަލަން ހަސްފަތާލުގައި ހަވާލުކޮށްފައެވެ.

 

ޚަބީބު އިނީ ޚުބާބުގެ އެނދު ކައިރީގައި އިށީނދެގެންނެވެ. އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުގެ ހޭޖާނު ގަނޑެއް ތެރޭ އެވެ. ސިހުމާ އެދިޔައީ އެ ނާމާން ގެއަށްވިއްޔާއެވެ. މިލީހަމްގެ އެ ބިރުވެރި ސިފަ ސިހުމާމެންނަށް އެކޮޓަރިއަށް ވަދެފި ނަމަ ފެންނާނެއެވެ. ފެނިއްޖެނަމަ ވާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ.

 

“ޚުބާބު: ބައްޕާ… ބައްޕަ ކީއްވެފައި ދަހިތްލަނީ ތި؟” ޚުބާބު މަޑުމަޑުން އަހާލިއެވެ.

 

ޚަބީބު ސިއްސައިގެން ދިޔައެވެ. “ޚަބީބު: ދަރިފުޅު. ނުނިދަންތައް. ބައްޕަ ހީކުރީ ލޯ މެރިފައި އޮތީމަ ނިދުނީއޭ ދަރިފުޅަށް!” އޮޅުވާލެވޭތޯ ބަލަމުން ޚަބީބު އަތް މޫނުގައި ހިންގާލިއެވެ.

 

އެވަގުތު ޚަބީބުގެ ފޯނަށް މެސެޖެއް އައެވެ. އެއީ އޮފީހުގެ މެސެޖެކެވެ. ” ‘ސެކެޓްރީ’ ހަޒަރު: ވެރިޔާ! މާދަންވެސް އޮފީހަށް ނުދުރުވާނަންތޯ! ވެރިޔާ ނެތުމުގެ ފަޅުކަން… މުޅި އޮފީހުގައި ހިފާފައި ހުރީ ހިތާމަވެރި ގޮތަކަށް!” “ސެކެޓައްރީގެ” މެސެޖު ކިޔާލުމުން ޚުބާބު އަހާލިއެވެ.

 

” ޚުބާބު: ކިހިނެއް ވީ ބައްޕާ؟”

 

ޚަބީބު ދަރިއަށް ބަލާލިއެވެ. އޭނާގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ދިއްލާފައި ހުރި ބޮކި ނިވިފައި ދިއްލުމާއެކު ޚުބާބަށް ކުރިން ދުވި މަލުގެ ވަސް އަނެއްކާވެސް ދުވަން ފެށިއެވެ. ޚުބާބު ޖެހިލުންވި ތަނާއި ޚަބީބު ވާހަކަ ފެށިއެވެ.

 

“ޚަބީބު: ބައްޕަގެ… ސެކެޓްރީ… ހަޒަރު، ބައްޕަ ނެތުމުން އޮފީސް ހިތާމަ ކުރަނީއޯ. މާދަންވެސް ނާދެވޭހޯ. ސަހާދެއް މިބުނީ ލާނެއް ސޮރެއް އެއީ.” ޚުބާބަށް ވެސް  ހެވުނެވެ. ހަޒަރަކީ މަޖާ މިޒާޖެއްގެ އެންމެންވެސް ގުޅޭ މީހެކެވެ. އަބަދުވެސް ފެންނާނީ ހިނިތުންވެފައި ހުނަންތަނެވެ. ބޮޑެތި މީހުންނަށް އިހްތިރާމު ކުރަން ދަންނާނެއެވެ. އޭހާ ގަޑިއަށް ސަމާލުކަން ދޭނެއެވެ. މަސައްކަތް ފަރުވާތެރިވާނެ އެވެ. އަމިއްލަ ގޮތަކާއި ފޮތެއް އޮންނާ އެވެ. އަމަލުކުރާއި ވަކި އުސޫލުތަކާއި ހަމަ ތަކެއް ހުންނާނެއެވެ.

“އަޒީލު: ސުބުޙާނަ ﷲ އެއީ ކޮން އަޑެއް؟” ގެއަށް ވަދެވުމާއެކު ސިހުމާގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. އަޒީލަށް އެންމެ ފުރަތަމަވެސް އެހުނީ އެހެންނެވެ.

 

އަޒީލް ކުރިއަށް ޖެހިލާ ސޯފާގައި އިށީދެލިއެވެ. ފަހަތުންހެން ޒާއިނާވެސް އިށީނެވެ.

 

” ސިހުމާ: ހުއްބާ، ހުއްބާ ދަރިފުޅާ މިތިބީ މުލްހަމުގެ މަންމެން އައިސް ” އެއަޑަށް ކޮޓަރިން ނިކުމެގެން އައީ މުލްކު އެވެ.

 

“މުލްކު: މާމާ ” ދުވެފައި އަައިގޮތަށް އައިސް ޒައިނާގެ އުރަށް އެރިގަތެވެ.

 

“ޒާއިނާ: ކޮބާ މަންމަ އާއި ކޮއްކޮ މާމާ ދޫނީ.”

 

” މުލްކު: ކޮއްކޮ އަބަދު ނިދާނީނު މިހާރުވެސް ނިދާފަ. މަންމަ ފާޚަނާގަ” މުލްކުގެ ޅައަޑުން ކިޔައިދިން ގޮތުން ނާއުންމީދުވެފައި ތިބި އެންމެން ހެތްވާލިއެވެ.

 

ސިޓިންރޫމުގައި އެހެން ހޭން ތިއްބާ ޚުއްބާ އަތުވެއްޖެއެވެ. އައިގޮތަށް އެންމެ ފުރަތަމަ ވެސް އެހީ ހެނީ ކޮން ސަބަބަކާ ހުރެ ތޯއެވެ.

 

” ހުއްބާ: ހާދަ ވަރަަކަށް ތިހެނީ އެންމެން” ދެންވެސް އެއްޗެއް ނުބުނެ ފެށީ ހޭށެވެ.

 

” ޒާއިނާ: މާމާ ބޮޑު އަނގަ ކިޔާ އެއްޗެއްހިން ދޯ މިހެވެނީ ދަރިފުޅޫ” ހެމެން ހެމުން ޒާއިނާ ދިޔައެވެ.

 

“ހުއްބާ: މަންމެން ހާދަ ހެނދުނަކާ ނިވީ ހަމަ އެނިދީއޭ ދެންމެ،” ހުއްބާ ހިނިތުންވެފައި އަހާލިއެވެ. މާ ނުގަޑިއެއްގައި އައުމުންނެވެ.

 

ސިހުމާ އެހެން ހުރެ ލާފައި ދިޔައީ ފެންވަރާށެވެ. ” ޒާއިނާ: އާ މި ޚުބާބު ކައިރިއަށް ވަދެލާފައި ދަމުން! ހިތަށް އެރީ ދަރިފުޅުމެން ދެކިލާފައޭ ދާނީ! އެހެންވެ ޖައްސާލީ؟”

 

ފާޚާނާއިގައި ހުރި އިރު އަނެއް ފަރާތުން ސިހުމާއަށް އިވުނީ ބިރުވެރި ހިނިގަނޑެއްގެ އަޑެވެ. “ޔާރައްބީ… މާތް ކަލާގެ އާއި ވަކީލު. މިކަމުން ރައްކާތެރިކޮށްދެއްވާށި…” ހިތުގައި އެއްއަޅަމުން ސިހުމާ މާތް ﷲ އަށް ވަކީލުކޮށްލިއެވެ.

 

ގެ ނާމާންވެފައި ވާވަރު އޭނާއަށް ތަސައްވަރުކޮށްލަންވެސް ދާތިވެފައިވާކަން އެނގުނެވެ. އެ ކުޑަދެކުދިންނަށް ރޮވޭނެ ވަރު ހިތަށް އެރިޔަސް ސިހުމާގެ މެއަށް ތޫނު ވަޅިއެއް ހެރޭފަދައެވެ. އެހާވެސް ތޫނު ދިލައެއް މޭގައި އަށަގަނެވެ.

 

” މުލްކު: އެންމެން ކުޅެންވާނެ! ދުވަންވާނެ!” މުލްކު ފުމެމުން ފުމެމުން ދިޔައެވެ.

 

ސިހުމާ ފާޚާނާއިން ނިކުމެ، ފުނާއެޅައި ރީތިވިއެވެ. ބޭރަށް ނިކުތުމާއެކު ކުރީގެ ބިރުވެރިކަން ފިލާދިޔައެވެ. ސިޓިންރޫމުގައި ތިބި މުލްކާއި، ޒާއިނާ އަދި އަޒީލްގެ ހިނިތުންވުން ފެނިފައިވެ. ހުއްބާވެސް އިނުމާއެކު އެކަން އޭނާ ހިންދާލީއެވެ. ފަހުން އަޒީލުމެންނަށް ކިޔައިދޭ ގޮތަށެވެ.

 

“ހުއްބާ: މަންމާ، ނިމުނީދޯ؟ ކޮޅަށް ނުހުރެ އިށީނދޭ ވަރަށް ވަރުބަލިވެފައި އެނު ތިހުރީވެސް،” ގޮނޑިއަށް އިސާރާތްކުރަމުން ހުއްބާ ބުނެލިއެވެ.

 

ސިހުމާ އޮޅުވާލުމަށް ހިނިތުންވެލިއެވެ. ” ސިހުމާ: އާނ… މި ޚުބާބު ކައިރީ އިންނަށް ޖެހުނީމަ ކޮޅަށް ދޯ ކަރަށް ނާރެއްވެސް އަރައިފި ކައްނެ.” ކަރުގައި އެއްޖައްސާލަމުން ސިހުމާ އިށީނެވެ.

 

އެވަގުތު މީހެއްގެ ރޫޚާނީ ހިޔައްނެ އެތަނުން ދިޔަހެން ހީވިއެވެ. ބިރުން ތިބޭ ބަޔަކަށް އެފަދަ ހީތަށްވެސް ކުރެވޭނެ ނޫން ހެއްޔެވެ؟ އެހެން މާގިނަ އިރެއް ނުވިއެވެ. އަޑު ފައްގަނޑު ގަދަވިއެވެ. ދުވަމުން ދިޔަ މުލްކުވެސް ބާރަށް ރޮއެ ގަންނަމުން މަންމަގެގޭގައި އޮޅުލޭގަތެވެ. މުލްކު: އެ ކޮޓަރިން އެ އިވެނީ ކޮން އަޑެއްތަ މަންމާ؟ ކުޑަ ކުޑަ މުލްކު ރޮމުން އަހާލިއެވެ.

” މުލްކު: މަންމާ! ކޮއްކޮ ހޭލައިފި ކަންނޭނގެ،” މުލްކު އަނެއްކާވެސް ބުނެލިއެވެ. ދުވެފައި ގޮސް ޒާއިނާ ނިވީ އުރާލިއެވެ. މަސަލަސް ވޭތޯ އޮޅެގަތެވެ.

 

” ހުއްބާ: މުލްކު! ހުއްޓާލާ ދޫނީ!” މުލްކުގެ ރުއިން ބާރު ވާން ފެށުމުން ހުއްބާގެ ގޮތް ހުސްވިއެވެ. ޓީވީ ހުޅުވާއި ޤުރުއާން ޖަހާލިއެވެ. ކިރިޔާވެސް އަޑު މަޑުވީ ދެނެވެ. ނިވީވެސް ހަމަ އެހިންދުން ނިދާލައިފިއެވެ.

 

ސިހުމާގެ ހިތް ތެޅެމުން ދިޔައަޑު ބޭރަށް ވެސް އިވެމުން ދިޔައެވެ. ހުއްބާއަށްވެސް މަންމަގެ ހިތުގެ ތެޅުން އަވަސްވެފައި ހުރިކަން އަންދާޒާވިއެވެ.

ފާޚާނާގައި ހުރިއިރު އިވުނު އެ ބިރުވެރި ހިނިގަނޑުގެ ކަންތައް އަދި އެ ކަންފަތުން ފިލާނުދެއެވެ. އަނެއް އަޑުފަންގަނޑެއް އިވުނީއެވެ.

 

ޚުބާބުގެ ކޮޓަރިއަށް ސިހުމާ ދިޔައެވެ. އެކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. އެކަމަކު އެނދުމަތީ ފެނުމުން ސިހުމާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. މުޅި އެނދުމަތީ އޮތީ ކަޅުތެޔޮ ކަހަލަ އެއްޗެކެވެ. އެތަން ފެނި ޒާއިނާގެ ހެޔަށްވެސް ގޮތްވިއެވެ.

 

 

 

” ހުއްބާ: މަންމާ…. ކިހިނެއް ވީ ކޮންއެއްޗެއް އޮތީ؟ ” ހުއްބާއަށް ވެސް އެތަން ފެނިވީ އެވަރެވެ. އޭނާގެ ހެޔަށްވެސް ގޮތެއްވެލިއެވެ. އޯކަށް ދެމިފަިއި ހުރިތަނަށް ހޮޑު ލެވުނެވެ.

 

އަޒީލްވެސް އެތާ ނީނދެ އެތެރެއަށް ބޯދިއްކޮށްލއެވެ. އޭނާގެ މޭގަނޑު އެތަންފެނިފައި މާދުރަށް އުދުހިގެން ކަހަލަ އެވެ.

 

އަޒީލް އަވަސް އަވަހަށް ގޮސް ހުއްބާގެ ކައިރީގައި ހުއްޓާލުމުން އަތުގައި ހިފާލިއެވެ. “އަޒީލު: ހުއްބާ! ހިތްވަރުކުރޭ! ދަރިފުޅާ އަނގަދޮވެ ހަދާލަން ދޭ ބައްޕަ މިތަން ސާފުކޮށްލާނަށް” އޭނާގެ އަޑުވެސް އައި ބުރިބުރިވަމުން ދިޔަ ފަދަގޮތަކަށެވެ.

 

ޒާއިނާ ހުރީ ސިހުމާގެ ކޮނޑުގައި އަތްލައިގެން ގުޑިލަންވެސް ނުކެރިފައެވެ. ކޮޓަރީގެ ތެރެއިން ދުވަމުންދިޔަ ކުނިވަހުން ނޯށް ދަމާލާން ދައްޗެވެ. މުޅި ގޭތެރެއަށް އެވަސް އެހާ އަވަހަށް ފެތުރިގެންދިޔައެވެ. ނޭފަތުގައި އެތްއަތުން އެއް އަޅަމުން އަޒީލު ހޮޑުތައް ސާފުކުރިއެވެ.

 

” ހުއްބާ: ކިހިނެއްތަ މިވަނީ؟” ކެތްކުރަން ދަތިވެގެން ހުއްބާއަށް ބުނެވުނެވެ. ހާދާހާ ކެތް ކުރެވިއްޖެއެވެ. ހަތިޔާރު ބަހައްޓަމުން ކަންތައްތައް ވެގެން އުޅޭގޮތުގެ ހުލާޝާއެއް އަޒީލުމެން ކިޔައިދިނެވެ. ހުއްބާގެ އަނގަދިޔައީ ތަންމިންނަށް ހުޅުވިގެންނެވެ. ހިނދުފުކަކަށް އޭނާއަށް ޤަބޫލުކުރަން ދަތިވެފައި ހުއްޓެވުނެވެ. މިހާތަށް ފެނި އިވިފައި ހުރި ކަންތަކުން ހުއްބާވެސް އެއީ ތެދެއް ކަމަށް ޔަޤީންކުރިއެވެ.

 

ސިހުމާގެ އިނގިލިތަކުގެ ކުރިން އިޝާރާތްކޮށްލިއެވެ. އެންމެގެ ނަޒަރު އެދިމާއަށް ދަތުރު ކޮށްލިއެވެ. ދޮރުފޮތިގަނޑު ހެލިގެންފައި މުށިތައް މައްޗަށް ވެއްޓެނީއެވެ. ހަމަ ވެއްޓުމާއެކު ކަޅު ވެއްޖެއެވެ. ނިދާ އެނދު މައްޗެކޭ ތަފާތެއް ނެތިއެވެ. މާ ބިރުކުޑަވެގެން އަޒީލު އެދިމާލަށް ދިޔައެވެ. ގޮސް އޭގައި ހިފިއެވެ. އެނދުތަންމަތިވެސް ނަގާ ދިނެވެ. އޭނާގެ މުޅިގޭގައި ކަޅުތެޔޮ އުނގުޅުނެވެ. ކަޅުތެލުން އަޒީލު މުޅިން ތަޤައްޔަރުވިއެވެ.

 

“ޒާއިނާ: ކޮބާ… އަޒީލު ފެނޭ. އަޅެ ތީ ކަޅުތެޔޮ ހަންޑިއެއްތަށް،” ޒާއިނާއަށް ދިމާކޮށްނުލައި ނުހުރެވުނެވެ.

 

” އަޒީލު: އެކަމަކާ ހާސްނުވޭ… ކޮންމެ އަނދިރިކަމަކަށްފަހު އަލިކަމެއް ވާނެ. ދެން ވެސް ތި އެއްޗެހި އެއްލާލާފައި. އައޫޒު ކިޔަމުން އާ ތަކެތި އަޅުވާ ހަދާ” އެވަރު ކަމަކަށް އަޒީލު ކަޅުތެޔޮ އުނގުޅުން ނުދެކެއެވެ.

 

މީރުވަސް ދުވާ ފުޅިއެއް ނަގައި، ކޮޓަރީގެ ހަތަރު ކަނަށް ސިހުމާ ތުން ތަޅުވަމުން ބުރުވާލިއެވެ. ހީވާ ގޮތުން ވިއްޔާ ހެޔޮ އެއްޗެއް ކިޔާވާލީއެވެ. ވަސް ކެނޑި ކޮޓަރިތެރެ ނިނމާލެވުނީ ހަމަ ކިރިޔާއެވެ. ގަޑިން މެންދުރު އެއްކެއް ޖަހައި ބޮޑުވެއްޖެއެވެ. އެންމެ ލަސްނުކޮށް މެންދުރު ނަމާދު ޖަމާއަތުގައި ކުރިއެވެ. އެކޮޓަރި ތެރޭއެވެ. އެއްގަޑި ސާޅީސް ވިއިރު ޚުބާބު ގޮވައިގެން ޚަބީބު އަތުވެއްޖެއެވެ. މެންދުރު ކެއުން އޭރު ބަނީ މޭޒަށް އެރުވިފައެވެ. އަޒީލުމެން ދިއުމުގެ ކުރިން އެއްތަށި މަތިން އެންމެން ކެއެވެ.

 

ޒާއިނާމެންނަށް ގެއަށް ދެވުނު އިރު ދެގަޑި ބައިވެ ބޮޑު ވެއްޖެއެވެ. އާދެވުމާއެކު ދެމީހުންވެސް ބޭނުންވީ ގައިން ތާޙިރުވެގަންނާށެވެ.

 

ޒާއިނާ ފެންވަރައިގެން ނިކުމެ ފުން ނޭވާއެއްލިއެވެ. ބޮޑު ކަމަކުން ސަލާމަތްވި ފަދައަކުންނެވެ. ކަޅުތެޔޮ އުގުޅުން އަންނައުނު ތައް އޭނާ ބަދިގެއަށް ގޮސް އަންދާލި އެވެ. ހޫނު ބާރު އާވި އެއް އަނދަމުން ދިޔަ އަރައިގެން ދިޔައެވެ. އަނދައި އަޅިއަށް ވުމުން އެކަން ކެނޑިގެން ހިނގައްޖެއެވެ.

 

ނިދާ ކޮޓަރިއަށް ވަދުމުން ޚުބާބު އަށް ގެނުވީ ސިހުމެވެ. މުޅިކޮޓަރި އޮތީ ތާޒާ ފެނުން ފެންވަރުލާއި އަސުރުމަލުގެ ހުވަނދުލާފައެވެ. ބަލީހު އުރަތަކުން ފެށިގެން ދޮރުފޮތިގަނޑު ވެސް ހުރީ އާކޮށްފައެވެ.

 

“ކޮންމެ ހުވަފެނަކީ ނުރައްކަލެއްގެ ހަޤީޤީ ކޮޅުމައްޗޭ. އީމާންތެރިކަމާއި ހުސޫއާތްތެރިކަން ވަރުގަދަކޮށް ދޭ އިމްތިހާނެއް ބާއޭ؟” ޚުބާބު ހަމައެކަނި މަޑުމަޑުން އޭނާއަށް އިވޭ ވަރަށް ބުނެލިއެވެ.

 

ސިހުމާ އާއި ޚަބީބު އެކަކު އަނެކަކަށް ލޮލުގެ ނަޒަރު ތަކެއް ދިނެވެ. ދެމީހުން އެކަހެރި ވި ސިކުންތު ބަލާ ވެދިޔަ ކަންތައް ގަނޑު އަވަސް އަވަހަށް ހިއްސާކުރިއެވެ. ގޮތް ހުސްވެގެން ހުއްބާއަށް ކިޔައިދިންކަން ވެސް އެންގިއެވެ. އެންމެންގެ ހިތުގައިވެސް މީހާރު ވަނީ އެއް ސުވާލެކެވެ. މިލީހަމްއަށް މިހެން ވާންވީ ކީއްވެހެއްޔެވެ؟ މިލީއާއި ޖިންނިއެއް އަވަލީ ހެއްޔެވެ؟ ޖެހިގެން މިއުޅެނީ އެ ޖިންނީގެ އުނދަގޫ ހެއްޔެވެ؟

 

 

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ…12

Next

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (27)

Next
May 6, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (27)

Previews
May 6, 2026

ގޮތް ހުސްވެފައި ހުރީމޭ…12



All Right Reserved!