Skip to content
އެސްފިޔަ

ބޭހަކަށްވެސް ފުދޭ ތާފަނާ ފެނު ‘ލުނބޯ’ ސައި

Listen to this story Audio · 2:01 Powered by Esfiya Voice
0:00 2:01

‘ސިޓްރަސް’ އާއިލާއަށް ނިސްބަތްވާ ލިނބޯއަކީ ހުތް ރަހައެއް އެކުކެވޭ މޭވާއެކެވެ. ދެވައްތަރެއްގެ ލުނބޯ އުޅޭއިރު ފެހި ކުލައާއި ރީނދޫ ކުލަ ހިމެނެއެވެ. “އެންޓިއޮކްސިޑެންޓްސް” ،”ވިޓަމިން ސީ” ގިނަ އަދަދަކަށް މި މޭވާގައި އެކުލެވިގެންވެއެވެ.

 

ދިފާއި ބާރު ވަރުގަދަކޮށްދީ ހަޖަމުކުރަން ލުނބޯ އެހީވެދެއެވެ. ހަމަ އެގޮތުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ ހަދާނެއެވެ.

 

މާ ބޮޑަށް މިމޭވާ ބޭނުން ކުރެވެންޔާއި ދަތުގެ އެނަމަލް ހަލާކުވުމަކީ އެކަށޭނަ ކަމެކެވެ. ގޭސް ހުންނަ، ބޭފުޅުންނަށް މޭ އެންދުން ފަދަ ކަންތަކާއި ކުރިމަތިވުމަކީ އެކަށޭނަ ކަމެކެވެ.

 

ރީތި ހަށިގަނޑެއް އެދިގެން ބަރުދަން ލުއިކުރާއިރު މިއީ މުހިންމު ދައުރެއް އަދާކޮށް ދޭނެއެއްޗެކެވެ. ހެނދުނު ހުސްބަނޑާ ހުރެ ބޯލުމުން މެޓަބޮލިޒަމްގެ ބައި ރަނގަޅުކޮށްދެއެވެ. ހަށިގަނޑު ހޭލައްވާލައިދެއެެވެ. ހަޖަމް ކުރަން އުނދަގޫވާ ފަރާތްތަކަށް މިބުއިން ކައިނިމިގެން ބޭނުން ކުރެވިދާނެއެވެ. ބަރުކޮށް ކާލައިގެން 30 މިނެޓު ފަހުން ބޯލުމުން ބަނޑަށް ފަސޭހަވެ މުޅިންހެން ލުއިވާނެވެ.

 

އާދައިގެ ބަލިތަކަށް ވެސް މީ ޖާދޫގެ ފަރުވާއެކެވެ. ބަނޑުގައި ރިއްސުން ބޮލުގައި ރިއްސުމާއި ހުމަށްވެސް އެދެވޭ ހައްލެއް ހޯދައިދެވެއެވެ.

ބޭނުންވާ ތަކެތި:

ލުނބޯ 1 ފަޅި (ދިޔަފެލައިގެން)

 

އިނގުރު ކުޑަ އެތިކޮޅެއް (ގާނާފައި )

 

1 ނުވަތަ 2 ސައިސަމުސާ މާމުއި (ރަހަޔަށް ބަލާފައި)

 

2 ކަރަންފޫ (ބޭސްވެރިކަމުގެ އަސަރު ގަދަކުރަން)

 

1 ތަށި ހޫނުފެން

 

ތައްޔާރުކުރާނެގޮތް

 

ފެން އަޅާފައި ހޫނު ފެން ޖަގު ޖައްސާލަމާހެވެ. ދެން ތައްޓެއްގެ ތެރެއަަށް ގާނާފައި ހުރި އިނގުރު ކަރަންފޫ ކޮޅު އަޅާލާށެވެ. ރަނގަޅަށް ތާފަނާ ވުމުން ފެން ތަށްޓަކަށް ފުރާނާލައިގެން އަޅާލާނީއެވެ. ލިނބޯ ހުއިތް ކޮޅުވެސް އަޅާލާށެވެ. އެންމެފަހު ކަމަށް މާމުއި ކޮޅު އަޅާލާނީއެވެ. ރަހަލާ ވަރަށް ގިރާލައިގެން ހޫނު ކޮށް ބޯލަން ވާނެއެވެ. ބިސްމިނުގެ ބަރަކާތުން ހީހޫ ނުވަނީސް އޭގެ އަސަރުގައި ބޯލެވިއްޖެއްޔާއި ތަފާތު ފެންނާނެއެވެ. ބައްޔަށް ލުއެއް ލިބުމަކީ ހަމަ އެކަށޭނަ ކަމެކެވެ.

Comments (1)

  1. Lunboa

    Vaahaka site ehga mikahala ehchis gennanee kyhwe?

Comments are closed.