އާއެކޭ ލޯބިވޭ… ތިރީސްއަށްވަނަބައި (ނުރައްކަލަކުން އުދަވީ ސިހުން )
“ސިހުމާ: ނޫނޭ! ދަރިފުޅާ މަޑުކުރޭ! ތިފުޅި ހުސްވަންދެން!” ސިހުމާ ލޯބިން ބުނެލިއެވެ.
އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަރުހެކެވެ. އޭނާގެ އަތުގައި އޮތީ ހުދު ކަރުދާސް ގަނޑެކެވެ. އޭނާގެ މޫނުމަތީގައި އެކުލެވިގެން ވަނީ ސީރިއަސްކަމެވެ.
“ނަރުސް ކުއްޖާ: ޚުބާބު… ކިހިނެއް. މި އެކެއް ޖަހާކަށް ހާއިރު ގެއަށް ދޫކޮށްލާނެ! ދެރަނުވޭ ހުރިހާ ކަމެއްވެސް ރަނގަޅު. މާ ބޮޑު ކަމެއް ދިމާވެފައި ހުރިކަމަކަށް ނުބެލެވޭ.” ނަރުސް ކުއްޖާގެ އޯގާތެރި އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހާ އިރު ވަންދެން ޚުބާބަށް ކެތްކޮށްލެވޭނެބާއެވެ؟ ގޭގެ ހާލަތުވެސް އެނގެނީއެއް ނޫނެވެ. ހަރު މީހަކު މިހާލަތުގައި ގޭގަވުންވެސް މުހިންމުވާނެ އެވެ. ސިހުމާ އާއި ޚަބީބު ހަދާނީ ކިހިނެއް ހެއްޔެވެ؟ ހުސީ ބައިންދާފައި ޚަބީބު ދާނީ ބާވައެވެ؟ ނޫނީ ޚަބީބު ހުރެފައި ހުސީ ގެއަށް ފޮނުވާނީ ހެއްޔެވެ؟
**********************************************************************
” ޚުބާބު: ތެދެއް ބައްޕަ ގޮސްލާ ސައިބޮއި ހަދައިގެން އޮފީހަށްދާން. މަންމަ އިންނާނު މިތާ.” މިއަދު ޚަބީބު އޮފީހަށް ދާކަށް ގަސްތެއް ނުކުރެއެވެ. މިކަން ތަންގަނޑު ކޮޅަކަށް ޖެހެން ދެން އޭނާ ކުޑަ ޗުއްޓީއެއް ނަގާލާނީއެވެ. އޮފީހުގެ އިސްވެރިޔާއަށް ވުމުން ބޮޑު ޒިންމާއެއް ޚަބީބުގެ ބޮލުގައި އެޅިފައި ވެއެވެ. ސަޅީހަށްވުރެ ގިނަ މުވައްޒަފުންގެ ކަންތައް ބަލަން ޖެހެ އެވެ.
ޚަބީބު ފުން ނޭވާއެއް ފާޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާގެ ހިތްވަނީ ނުތަނަވަސްކަމެއްގެތެރޭއެވެ. ގޭގައި ހުރި މިލީހަމްގެ ހާލަތަތެއް ނޭނގޭތީއެވެ. ކާފަ ދެދަރިންނަށް އެފަޅިއަށް ދެވިއްޖެނަމަ މަރުވެސް ވެދާނެއެވެ. އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ޖެހިފައި މިއޮތީ އޭގެ ނުރައްކާ އިންތިހާ ބޮޑު ކަމެކެވެ. އެއިން އެއްވެސް ކަމެއް ޚަބީބު ޚުބާބުމެންގެ ކުރިމަތީގައި ދައްކާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ މަސައްކަތްކުރީ ދުރުދުރުން ދެވޭތޯއެވެ.
“ޚަބީބު: ބައްޕަ މިއަދު އޮފީހަކަށް ނުދާނަން. ދަރިފުޅު ކައިރީ މަންމަ މަޑުކޮށްލާނެ. ބައްޕަ ސައި ބޮއެގެން ސައި ހިފައިގެން އަންނާނަށް.” ޚަބީބު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “ޚަބީބު ހުސީ، މަޑުކޮށްލާ އިނގޭ. މައަންނާނަށް ކުދިވެރިންގެ ހާލެއްވެސް އެނގެނީ އެއް ނޫން.”
ސިހުމާ ހިނިތުންވެލީއެވެ. އޭނާވެސް ބޭނުންވަނީ ޚަބީބު ފޮނުވާލާށެވެ. ދައްކަން ބޭނުންވާ ބައިވަރު ވާހަކަ ޚުބާބާއި ހުރުމާއެކުއެވެ. މިއަދު ޚުބާބަށް އެވީ ކުޑަކަމެއް ކަމަކަށް ސިހުމާ ނުދެކެއެވެ. އޭނާގެ ހިތް ވަނީ ކަރުނައިން ފޫގޮސްފައެވެ. ރަނގަޅަށް ނުނިދޭ ތާއި ދެރޭ ދެދުވާލު ވީއެވެ.
“ސިހުމާ: ދަރިފުޅާ ކީއްވެތަ ވެއްޓި ބޯފެޅުނީ. ނިކަން މަންމައަށް ވީގޮތެއް ކިޔާދީބަލަ. ” ސިހުމާ މަޑުމަޑުން އަހާލިއެވެ.
ޚުބާބު އޮތީ ޖަވާބެއް ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އެއަށްވުރެ ފުން ހިތާމައިގެ ކަނޑަކަށް އެހިތްވަނީ އޮޔާ ބެހިފައެވެ. ދިރިހުއްޓާއި ފުރާނަ ވަޅު ލެވިއްޖެއެވެ. ހަށިގަނޑު އޮޔާ ވަޔާއެކު މާ ދުރަށް ބުރައިގެން ގޮސްފިއެވެ. އޭނާގެ ހަނދާންތަކުގައި ވީ މާކުރީގެ ހަނދާންތަކެވެ. ފިޔާތޮށިކުލައިގެ ބައިސްކަލު ގައި އިން ޖާދޫވީ އަންހެން ކުއްޖާއެވެ. އަލަތު ފެނިލުމުވެސް ހިތް ދޫވި އެއް ފެންމިންޔެވެ. “ފުލޭސް ޕެކެއްގެ” ސިފައިގައި އެދުވަހުގެ މަންޒަރުތައް އޭނާގެ ކުރިމަތީ ނިއުޅިގެން ދިޔައެވެ.
އެއީ ރޯދަ މަހުގެ ފުރަތަަމަ ދުވަހެވެ. ލަންޑަނުގައި ކިޔަވަން އުޅެފައި ރާއްޖެ ބަދަލުވި ދުވަހެވެ. ބާރު ދުވެލީގައި ޚުބާބު ދަތުރުކުރަމުން ދިޔައީ މާފަނުންލާފައެވެ. ސައިކަލުގައެވެ. “ޓުރެފިކް”ގެ ކިއުގައި ޖެހުމާއެކު އޭނާ އިނީ މަޑުކޮށްލައިގެން މެވެ. މާފަނުން ގުޅިއަޅަމުން ދިޔަ ޒުވާން ޖީންސުން ލަތީފު ޚުބާބުގެ ލޮލުގައި އަޅައިގަތީ އެތަނުންނެވެ. އެތާ އޭނާ އިނީ ދީވާނާވެފައެއެވެ. މިވީ ކުރު މުއްދަތުގައި ރާއްޖެ ކުރިއަރާފައިވާ ވަރުފެނި ދުލުން ތަލިގޮސްފައެވެ. “ލަންޑަނުން” ވެސް ނުދެކޭ ހައި ރީތިކުއްޖަކަށް އެ ޕަރީ ވިއެވެ.
” ސިހުމާ: ދަރިފުޅާ” ސިހުމާގެ ލޮލުން ކަރުނަ ހިލުނެވެ. މަންމަގެ އަސަރުން ފުރިގެންވި އަޑުން ‘ދަރިފުޅު’ ކިޔާލުމުން ޚުބާބު ދިޔައީ ސިއްސައިގެންނެވެ. ހިޔާލުގެ ސަހުވާނީ ވާފަށް ކެނޑިގެންދިޔައެވެ.
“ސިހުމާ: ތީ މިމަންމަގެ ހުރި ހަމައެކަނި ފިރިހެންދަރި. ދަރިފުޅަށް ގޮތެއްވެއްޖެއްޔާ މަންމަ މަރުވެސް ވެދާނެ އެއްނު.” އަސްލަށްވެސް އޭނާއަށް ރޮވިއްޖެއެވެ. ޚުބާބަކީ އޭނާގެ ފުރާނައެވެ. ކުޑަވެސް ގެއްލުމެއް ލިބެން އެދޭނީ ކިހިނެއް ހެއްޔެވެ؟ ކިރިޔާ ކަމެއް ވިޔަސް ހިތް ކުދި ކުދިވެގެން މޮޔަވާނެއެވެ.
މަންމަގެ ބަސްތަކުން ފުން އަސަރުތަކެއް ޚުބޭ އަށް ކުރިއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. މިދުނިޔެއިން ޚުބާބު އެންމެ ލޯބިވާ ފުރަތަަމަ އަކީ މަންމައެވެ. ދެން ބައްޕައެވެ. އަބަދުވެސް އިސްވާނީ އޭނާގެ ދިރިއުޅުމުގައި މަންމައެވެ. ” ޚުބާބު: މަންމާ” މަންމަގެ ކަރުނަތައް ފުހެދެމުން ޚުބާބު ގޮވާލި އެވެ.
ފެނުނު ހުވަފެން ޚުބާބު މަންމައަށް ކިޔައިދިނެވެ. އެވާހަކަތައް މަންމަ ޤަބޫލުކުރާނެ ކަމަކަށް ނޫނެވެ. އޭނާ ހީކުރި ގޮތާއި ހިލާފަށް އެ ހުރިހާ އަޑެއް އެއްކަންފަތުން އަހައި އަނެއް ކަންފަތުން މަންމަ ބޭރެއް ނުކޮށްލައެވެ. އެކަން ޤަބޫލުކުރިއެވެ. ކެތްތެރިވެ ނަމާދުން ވާގި ހޯދުމަށް އެންގިއެވެ. އެކުގައި އަބަދުވެސް މަންމަ ހުންނާނެ ކަމުގެ ޔަޤީންކަން ދިނެވެ.
ފާރުގައި ހުރި ބޮޑު ގަޑިއަށް އިރުއިރު ކޮޅާ ޚުބާބު ބަލާލައެވެ. ގަޑީގެ ކަށި ހިނގަމުން ދިޔައީ އެހެން ދުވަސްތަކާއި ހިލާފަށް މާބޮޑަށްވެސް ލަހުން ކަހަލައެވެ. އެކެއް ޖަހަންދެން އަދި ގަރުނެއްގެ އިރު ޚުބާބަށް އެބޮތުވެ. ގަޑިން އަދި އެޖަހަނީ ނުވައެއް ވިއްޔާއެވެ.
ޚަބީބު ސައިކަލު މަޑުކޮށްލީ ސީދާ ގޭގެ ދޮރުމައްޗަށެވެ. މާލޭގެ މަގުތަކުގައި އާންމުކޮށް އޮންނަ ހަލަބޮލިކަމެއް ފެންނާކަށް ނެތެވެ. އެމަގު ވަށައިގެންވީ ބީރައްޓެހިކަމެވެ. ހާހަކުން މީހަކު ދަތުރު ނުކުރެޔެކޭ ނޫނެވެ. ބާރު ބޮޑު މަގެއް ހިމޭންވީއެވެ. ހުދު ޚަބީބުވެސް އަންތަރީސްވިއެވެ. އޭނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ކުދިވެރިންނަށް ސައިދީފައި ހުއްބާ ދިޔައީ މުލްކު ކިޔަވާ ގެއަަށްލާށެވެ. އަޑެއް ބަޑެއް ނީވީ ގޭގެތެރެ އޮތީ ނުހަނު މަޑުމައިތިވެފައެވެ.
ހުއްބާ ބޭރުން އައީ ޚަބީބު ފެންވަރައިގެން ސިޓިންރޫމު ސޯފާގައި އިންދައެވެ.
“ޚަބީބު: އަހާ ދަރިފުޅާ! އެސޮރު ކިޔަވަން ލާފައި ދޯ ތިއައީ ބައްޕައަށް ތަށިބަރިއެއް ހަދާލަ ދެއްޗޭ. ދޮންބެއަށް ގެންދަން” ޚަބީބު އުޅުނީ މާ އަވަސް އަރައިގެންނެވެ.
ބަދިގެއަށް ވަދެ، ތެލިތަކުގެ މަތި ޚުއްބާ ނެގިއެވެ. ތަށިބަރީގެ ތަށިތައް ދޮއެ ހިއްކާލިއެވެ. ކާއެއްޗެހި އަޅާ ނިންމާލިއެވެ. ކޮފީ ގިރައިދީ ބައްޕައަށް ސައި ހެދިއެވެ. ރޭގައި ކައްކާފަހުރި ބަތުގެ މުޅަވަސް އުކާލުމުންވެސް ކާކޮޓަރީގައި ނުފިލައި ހުއްޓެވެ.
“ހުއްބާ: ބައްޕާ… އަސްލު… ކީއްތަ ދޮންބެއަށް ވީ…” ސައިބޮމުން ޚުއްބާ ބައްޕަ ކުރެން އެހިއެވެ.
އެ ޖުމްލައާއެކު ހީވީ ގޭގައި ބަޑިއެއް ޖެހިހެންނެވެ. އިވިގެން ދިޔައީ ހަރުކަށި ބާރު، އަޑެކެވެ. ޚަބީބުވެސް ބިރުން އިސްޖަހާލިއެވެ. ޚުއްބާ ދުވެފައި ގޮސް ނިވީ ގެނައެވެ.
“ޚަބީބު: ދަރިފުޅާ… ކާއެއްޗެހި ގެނޭ.. މިލީއަށް ވައްދަން؟” ޚަބީބުގެ އަޑުން ބިރުގެންފައި ހުރިވަރު ހާމަވެއެވެ. ކާތަށި ހިފައިގެން ޚަބީބު އެދިމާލަށް ދިޔައެވެ. ބިއްގަނޑު އެކަހެރި ކޮށްލާފައި ވަދެގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ. ނަމަވެސް، ކަނެއްގައި އިށީނދެގެން އިން މިލީހަމްގެ ދެލޯ ފާޅުވެވޭ ހުއްޓެވެ. އަނދިރީގެ ތެރޭގައިވެސް ފެހިކުލައިގެ އައްޔަކުން އެދެލޯ ދިއްލިފައި ހުއްޓެވެ. އޭނާގެ އަތުގައި އޮތީ ކައްނެއު އުރައެވެ. ކަތުރަކުން އޭނާ ދިޔައީ އެ އުރަ ކަފާއި ކުދި ކުރަމުންނެވެ.
މިލީހަމް އިސްއުފުލާ ފަހަތަށް އެނބުރިލިއެވެ.
. އޭނާގެ ތުންފަތްމަތީގައިވަނީ ނާމާން ހިނިތުންވުމެކެވެ. “މިލީހަމް: ބައްޕާ، ކާއެއްޗެހިތޯ؟ އެނިވީ ކޮބާ އޭނާގެ މަސްގަނޑު މާ މީރުވާނެ… ކުޅިމަސް ހަދައިން ކާންވެސް.”
ޚަބީބަށް ފަހަތަށް ޖެހިލެވުނެވެ. އަލިފުޅުބޭ ބުނި ވާހަކަތައް ހަނދާން އާވިއެވެ.
” އަލިފުޅުބޭ: ހުއްބާގެ ދެދަރިންނާއި ކައިރިނުކުރާތި. އެ ކުދިންވާނީ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކަށް.” ކާއެއްޗެހި މޭޒުމަތީ ބަހައްޓާފައި ޚަބީބު އަވަސް އަވަހަށް ނިކުތެވެ. އޭރުވެސް އޭނާގެ ހިތް ދިޔައީ ނެގި ނެގިފައި ތެޅެމުންނެވެ.
“ޚަބީބު: ބައްޕަ ދަނީ ދޮންބެ ކައިރިއަށް. ކުދިވެރިންނަށް ބަލާތި. އެފަޅިއަށް ނުދާތި. ” ޚަބީބު އަމުރުވެރި ރާގުގައި ބުނެލިއެވެ. ހުއްބާ ބޯޖަހާލިއެވެ.
ހަސްފަތާލަށް ދިއުމަށް ޚަބީބު ސައިކަލު ދުއްވާލިއެވެ. އޭނާގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. މިލީހަމް ގެ ދުލުން އެއިވުން ބަސްތައް އޭނާގެ ބޯ ހިސޯރުކޮށްފިއެވެ. “މިލީހަމް: ބައްޕާ، ކާއެއްޗެހިތޯ؟ އެނިވީ ކޮބާ އޭނާގެ މަސްގަނޑު މާ މީރުވާނެ… ކުޅިމަސް ހަދައިން ކާންވެސް.”
އޭނާއަށް އެނގިއްޖެއެވެ. ފަހު ވެއްޖެއެވެ. އަލިފުޅު ބެއްޔާ އެހެން އެބުނީ އޭގައި ހިކުމަތެއް ވީތީއެވެ. އަހަރުމެންނާއި އެކުދިންގެ ވެސް ރައްކަލަކަށެވެ.
މި އާއިލާއަށް ޖެހިފައި މިވަނީ އާދައިގެ މުސީބާތެއް ނޫނެވެ. ބިރުވެރިކަމުގެ އިންތިހާއެވެ. މިއީ “މިލީހަމްގެ ބަނޑުގައި އުފަންވަމުންދާ ދަރީގެ ސަބަބުން ޖެހުނު ގޯނާއެއް” ހިންދެމިލަމުން ޚަބީބު ހިތާއި ހިތުން ކިޔާލިއެވެ.
ޚަބީބު ހަސްފަތާލުގެ ކޮރިޑޯއިން އެތެރެވި އެވެ. މީހުން މަދު ހިތްފަސޭހަ ދުވަހެކެވެ. ހިނގާފައި އައިއިރު، އޭނާއަށް ކަމެއް އިހްސާސްވިއެވެ. ޚަބީބުގެ ފިޔަވަޅުތަކުގައި ކުރިން ހުންނަށް ބާރުކަމެއް ނެތެވެ. އެއްވެސް ވަރަކަށް ސާބިތުކަމެއް ނެތެވެ. އަތުގައި އޮތް ތަށިބަރީގެ ތެޅޭ އަޑުގެ ” ޓަށް،ޓަށް” އަޑުފިޔައި އެހެން އެއްވެސް އަޑެއް ނީވެއެވެ. އެހިމޭން ކޮރިޑޯގެ ތެރޭގައި އިތުރު ކަމެއްވެސް ނެތެވެ. ޚުބާބު އޮތް ކޮޓަރިއާ އަރާ ހަމަވިތަނާ، އަޒީލުމެން ދެމަފިރިންނާއި ދިމާވެއްޖެއެވެ. އެމީހުން އައީ ކުރީ ކޮޅުންނެވެ. އަހަންނަށް މިއާދެވުނީ ފަހަތުކޮޅުންނެވެ.
“އަޒީލު: އަހާ އެއްޗެހި ހިފައިގެން ދޯ؟ އަހަރުމެން ވެސް މިއައީ ކާއެއްޗެއް ހިފައިގެން.” އަޒީލް އަވަސް އަވަހަށް ބުނެލިއެވެ. ޒާއިނާގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ.
ސިހުމާ ގުޅާފައި ދެއްކި ވާހަކައަކުން ވެސް ކަމުގެ ބިރުވެރިކަން ވަނީ އިންތިހާ ދަރަޖައަކަށް ބޮޑުވެފައި ކަން ހާމަވެއެވެ. އެތެރެއަށް ވަނުމުގެ ކުރިން ގޭގައި ހިނގި ހާދިސާ ޚަބީބު ހިއްސާކުރިއެވެ. ޒާއިނާ އަނގަމަތީ އަތް އަޅަމުން ‘ސުބުޚާނަ ﷲ’ ކިޔެއެވެ.
ޚަބީބު އެތެރެއަށް ވަންނަމުން މައުލޫ ބަދަލުކޮށްލިއެވެ. “ޚަބީބު: އާ…އާ ކީއްކުރާނީ ދޯ. އެކެއް ޖަހާއިރު ގެއަށް ދޫކޮށްލާނީ. އެހެން ކަމަށް ނަރުސް މަންޖެ ބުނީދޯ ހުސީ.” އެތާ އެނދުކައިރީ ގޮޑިއެއްގައި އިން ސިހުމާއަށް ޚަބީބު ބަލާލިއެވެ.
ޚަބީބުގެ އަޑުގައި ކުޑަ އަޅައިގަތުމެއް ހުއްޓެވެ. ކަމެއް ގެއިން ހިގައިފިކަން އޭނާއަށް ފަހުމު ވިއެވެ. އެންމެ ބޮޑަށް އޭނާ ޖެހިލުންވީ މާމަ ދަރިންނަށް ކަމެއް ވީ ހެން ހީވުމުންނެވެ. އެ ދެކުދިންނަކީ ކުށެއް ނެތް މައުސޫމު ބައެކެވެ.
” ޒާއިނާ: އަޅުގަނޑުމެން މިތިބީ ވަރަށް ބިރުން. ވީގޮތެއްވެސް ނޭނގި ޚުބާބު، ވެއްޓި ބޯ ފެޅުމުން” ޒާއިނާ މަޑުމަޑުން އަހާލިއެވެ. “ޒާއިނާ: ދަރިފުޅާ! ރިއްސާތަ އަދިވެސް ވަރަށް. މަންމަ މިއައީ ހަނާކޮރި ބޯށިވެސް ހިފައިގެންނޭ.” ލޯބިން ފުރިގެންވި ފަދައަކުން ޒާއިނާ ޅީދަރިފުޅާއި މުޚާތަބު ކުރި އެވެ. މިހާ ނާދިރު ވަގުތަކު މައިދައިތަ އައުމުން ޚުބާބަށް ހިނިތުންވާން ވެސް ދަތިވިއެވެ.
“ސިހުމާ: ރަނގަޅު ދޯ ދަރިފުޅާ މިހާރު.” ޚުބާބުގެ ފަރާތުން ޖަވާބެއް ދިނީ އޭނާގެ މަންމަ ސިހުމާއެވެ. ހަމައެކަނި ޚުބާބު ބޯޖަހާލިއެވެ.
“ސިހުމާ: ކޮބާ ކޮފީތަށި؟” ސިހުމާ ތަށިބަރި ތަކުގައި ހިފަމުން އަހާލިއެވެ. އަނެއް އަތުގައި އޮތް ކޮތަޅު ޚަބީބު ދިއްކޮށްލީ ދެނެވެ.
ޚުބާބު ބޯޖަހާލުމާ އެކުގައި ތަށިބަރި ތަކުގެ މަތި ހުޅުވާލިއެވެ. ޚުބާބު އޮތީ އެނދުގެ ބުރަކަށިޖެހޭ ބައި އުފުލާލައިގެންނެވެ. އެނދު ހިއްލާލަމުން މޭޒު މެދަށް ވަށްދާލިއެވެ. ކާއެއްޗެހީގެ މީރުވަސް ނޭފަތުގައި ޖެހުމާއެކު ކުޅުދިޔާވާ ގޮތްވިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ބިސްމިނުގެ ބަރަކާތުން އޭނާ ކާން ފެށިއެވެ. ކުޑަ ތައްސާލީއެއް ވެސް ޚުބާބަށް ލިބުނީ ކާލެވުމުންނެވެ.
“ޚަބީބު: މުލްކު… ވީ ކިޔަވާ ގޭގައި ކުޑަ މަންޖެއާއި ޚުއްބާ ގޭގައި ތިބީ” ޚަބީބު ގޮނޑިއެއްގައި އިށީނދެލިއެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ގުގުމަމުން ދިޔައީ މިލީހަމް އިއްވާލި ބިރުވެރި ބަސްތަކެވެ. އެކަން ޚުބާބު އިނުމުން ނުދައްކައި ވޭތޯ އޭނާ ބެލިއެވެ.
ސިހުމާ ތަށިބަރިތަށް ދޮވެގެން އައެވެ. އޭނާ ޒާއިނާއަށް ތަޢުރީފު ކޮށްލިއެވެ. “ސިހުމާ: ވަރަށް، މީރު ބޯށި ކޮޅު ތެލުލާފައި ހުރިފާޑު ޖަހަނީ.” ޒާއިނާ ‘އާއެކޭ’ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ޚުބާބު މަޑުމަޑުން ދެލޯ މަރާލި އެވެ. ރޭގައިވެސް ރަނގަޅަށް ނުނިދުނީތީއެވެ. “އަޒީލު: އާ މިގޭގައި ތި ނުތެލުލާއި އަލުއްވެސް ނަހަދާނެ” ދިމާކުރާ ރާގުގައި އަޒީލު ބުނެލިއެވެ.
” ޚަބީބު: ތިގޭގައި ތެލެއްނު އަޅަނީ މިގޭގައި ފެނުއަޅައި މަޑުކުރަނީ” ޚަބީބުވެސް އެ ސަމާސާގެ އެއްފަޅީގައި ބައިވެރިވި އެވެ.
ޚުބާބަށް ދުވަމުން ދިޔައީ އެތަނުން ފެނުނު މާތަކުގެ ވަހެވެ. ބައްޕަ އާއި ބަފައިބެމެން ވާހަކަ ދައްކަމުން ދިޔައެވެ. އެއިން ކަމަކަށް ޚުބާބުގެ ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ. ލޯ މެރުން ހާއިރު ސިކުނޑި ހުރީ އެހެން ދިމާލެއްގައެވެ.
” އަޒީލު: ޚުބާބަށް، ނިދުނީ ކައްނެދޯ؟” އަޒީލު ސީރިޔަސް ރާގަކަށް އަހާލިއެވެ.
” އާ..އާ އެކެއް ޖަހަންދެން… މަޑުކުރަން، ޖެހޭނެ ވިއްޔާ” ޚަބީބު މަޑުމަޑުން ބުނެލިވެ. “ސިހުމާ: ގެއަށް ދާން ބޭނުންވެފައި އެއޮތްނަނީ އެކަމު.” އެވަރަށް ގަޑިއަށް ބެލުމުން ހުސީއާށް އިތުރުކޮށް ލެވުނެވެ.
ޚަބީބުގެ ހިތް ހިތްވަނީ ފުނޑުފުނޑު ވާއިރު އެހެން ކަމެއް ހެންނެވެ. ގެއަށް ދިއުމަކީ މިވަގުތު އެންމެ ރައްކާތެރި ގޮތް ބާވައެވެ؟ އޭނާގެ ޒަމީރު ކުރެން އަހާލިއެވެ. ސިހުމާ ފެންވަރަށް ފޮނުވަން ވެގެންއެވެ. ގޭގައި އެ ހުރި ނާމާންކަމުގެ ތެރެއަށް ހުސީ ގެންދިއުމަކީ ބުއްދިވެރި ކަމެއް ބާވައެވެ؟ އޭނާ އަޒީލުގެ ލޮލަށް ބަލާލިއެވެ. ޒާއިނާއަށްވެސް ރޭކާލިއެވެ.
“ޒާއިނާ: ހުސީ ގޮވައިގެން އަހަރުމެން ދެމީހުން ގޮސްފާނަށް ޚަބީބު މަޑުކޮށްލާ.” ހަމަޖައްސާލަމުން ޒާއިނާ އެންގިއެވެ.
ގެއިން ކުރިމަތި ވާނީ ކޮންފަދަ ކަމަކާ ކަމެއްވެސް ނޭނގެއެވެ. ނިވީ ސަލާމަތުން ހުރިބާއެވެ؟ މުލްކު ކިޔެވުން ނިމިގެން އަތުވެދާނެ ބާއެވެ؟ އަޑު ގަދަ ކުރާއެއްހެން އެ ތޫލި އަޑުފަންގަނޑު އިވެމުން އަދިވެސް ދޭބާއެވެ؟ އެހެންނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





