Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

އަހަރެނގެ ހިތުގެ މިލްކްވެރިޔަކީ ހަމަ އަހަރެންނެވެ. ( 2ވަނަ ބައި)

Alina
November 21, 2016
4 Mins Read
50 Views
8 Comments

އިރުއޮއްސި އަނދިރިވުމުން ކޮފީއެއް ބޯލުމަށް ނާހިދު ކައިރީހުރި ރެސްޓޯރެންޓްއަކަށް ވެންނިއެވެ. ނާހިދު ކޮފީއަކަށް އޯޑާ ދިނުމުން  ނާލް ދިނީ މައިލޯ އަކަށެވެެ.

” ނާލް ދޮންބެ އެބައޮތް ބޮޑުވާހަކައެއް ބުނަންވެފަ” ނާހިދު ކުޑަކޮށް ލަދުގެންފައި އިނދެ ބުނެލިއެވެ.

” ބުނެބަ…. ހާދަ ބްލަޝް ތިވަނީ….. ވެއިޓް ލެޓް މީ ގެސް…. ފަހަރިއެއް ލިބެނީ” ނާލްއަށް އެހެން ބުނެވުނީ ތަންކޮޅެށް ބާރަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މިއޮށްހުރިހާ ދުވަހު އޭނަ ދެކުނު ހުވަފެނަކީ އެއީއެވެ. އޭރުން ގޭގަވެސް ފޫހިވެގެން އެކަނި އުޅޭކަށް ނުޖެހޭނެއެވެ.

“ނިންނިއަށް ސާބަސް. މިކުއްޖާއަށް އެއްޗެއް ސިއްރުވެސް ނުކުރެވޭނެ” ނާހިދު ލޯބިން ނާލްގެ ނޭފަތްކޮޅުގަ ހިފާލާފަ ބުންޏެވެ. އާއިލާ އެންމެ ކުޑަށް ނާލް ހުންނާތީ ނާހިދު ނާލްއަށް ލޯބިން ކިޔާއުޅެނީ ނިންނިއެވެ.

” ދެން އެޔެއްނޫނޭ ކިޔާދީބަ ފަހަރި ވާހަކަ” ނާލް ކެތްމަދުވެފައިހުރެ އަހާލިއެވެ.

” ހެހެ އަދި ފަހަރިއަކަށް ނުވެޔޭ.  އެއީ ދޮންބެ ފްރެންޑެއްގެ ކޮއްކޮ. އިނގެއެއްނު އަންމަޑޭ. އޭނަ ކޮއްކޮ. ދެން އެގެޔަށް ގޮސްއުޅޭއިރު ފެންނާތީ ލައިކްވާން ފެށީ. އަންމަޑޭ ކައިރީ ބުނިއިރަށް އުފަލުންގޮސް ނަމްބަރވެސް ދީފި. ދެން ދެމީހުން ވާހަކަ ދައްކަންވަރަށް ފޯނުން. އިނގޭ އޭނަވެސް ލައިކްވާކަން. އެކަމް ދޮންބެއަށް އަހަން ނުކެރިގެން”

“ސާބަސް ދޮންބެއަށް. އޭނަވެސް ލައިކްވާކަން އިނގޭއިރު ކީއްވެ ޖެހިލުންވާންވީ” ނާހިދުގެ ވާހަކައާ ގުޅުވައިގެން ނާލް ބުނެލިއެވެ. އޭރު ވެއިޓާ އޯޑާ ކުރި އެއްޗެހި ގެނެސްފިއެވެ.

” ދައްކާލަބަ އަޅެ ދޮންބެދައްތަ” ނާލް ކެތްމަދުވެފަވާ މީހެއް ފަދައިން ނާހިދުކައިރީ ބުނެލިއެވެ. ނާހިދު ވައިބާ ހުޅުވާފަ އެލީޝާގެ ވައިބާ ފޮޓޯ ދައްކާލިއެވެ. ނާލްއަށް ކުއްލިޔަކަށް މޮޅިހިޔާލެއް އައެވެ. ނާހިދުއަތަށް ފޯނުދިނީ އެ ނަމްބަރ ހިތުދަސްކޮށްލާފައެވެ.

އެކިވާހަކަތަކުގަ ދެމީހުން ތިބެފައި ގެއަށްދާން ނިކުތްއިރު އަށެއް ޖަހަނީއެވެ. “ދޮންބޭ ނިންނި ބޭނުން ރެޑް ރޯސް އެއް ގަންނަން މިރޭ. ހިނގާބަ ފްލާވާ ޝޮޕަކަށް”  ސައިކަލަށް އަރަމުން ނާލް ބުނެލިއެވެ.

” ނިންނި ބޯއީފްރެންޑެއްނެގީތަ؟ . ނުވެސް ބުނަމެއްނު” ނާހިދު ސަމާސާކޮށްލިއެވެ.

” ސާބަސް ދޮންބެއަށް. އެއީ ގާލް އަކަށް ދޭންވެގެންނޭ. ” މާ ވިއްކާ ފިހާރަކައިރީ މަޑުކޮށްލުމުން ނާލްވަދެ ހުސް ރަތްފިނިފެންމަލުމެ މާބޮނޑިއެއް ގަނެގެން ނިކުތެވެ.

” ވާއު. ދޮންބެވެސް ތިކަހަލަ މާ ބޮޑިއެއްކަންނޭންގެ އެލީއަށް ދޭން ހަދަންވީ” ނާހިދުވެސް އެމާބޮޑިފެނިފަ ތައުރީފްކޮށްލިއެވެ.

ސަނާ ގުޅަންފެށުމުން ނާލް ފޯންނެގިއެވެ.

” ދަރިފުޅާ މާދަންމީ ދޮންބެ ބާތްޑޭ އެއްނު. އާދެބަ އަވަހަށް. ކޭކްވެސް ގަންނަން ޖެހެއެއްނުއަދި” ސަނާ އެހެން ބުނުމުން ނާލް މިދަނީއޭ ބުނެ ފޯން ކަނޑާލިއެވެ.

” ދޮންބެ މަންމަ ގުޅައިފި ލަސްވެގެން” ނާލް ބުނެލިއެވެ.

” އެހެންތަ. ހިނގާ އަަވަހަށް ދަމާ ދޯ” ނާލް ގެޔަށްލާފަ  ނާހިދު ދިޔައީ ރައްޓެއްސަކާއެކީ ކޮފީއަކަށެވެ.

ނާލްގެޔަށްވަދެ ފުރަތަމަވެސް ގުޅާލީ ނާހިދު ފޯނުން ހިތުދަސްކޮއްލި އެލީޝާ ނަންބަރަށެވެ. އެލީޝާ ފޯންނެގުމުން މާދަމާއަކީ ނާހިދު އުފަންދުވަސްކަމާ ނާހިދު ފަރާތުން އެލީޝާއަކީ ވަރަށް ގާތް އެކުވެރިއެއްކަން އެނގިފަވާކަމަށް ބުނެލިއެވެ. އަދި މިރޭ ބާތުޑޭ ސެލެބްރޭޝަންއަށް އަންނަން ދައުވަތު ދިނެވެ. އެލީޝާ ދައުވަތު ޤަބޫލްކުރީ ނުހަނު އުފަލުން ހުރެއެވެ. ހީވަނީ އޭނަ އެފަދަ ފުރުސަތެއް ނުލިބިފަ ހުންނަ ހެންނެވެ. އެގާރަގަޑި ބަޔަށް ގެޔަށް އަންނަން ބުނެފަ ނާލް ފޯން ބާއްވާފައި އެޑްރެސް މެސެޖްކޮށްލިއެވެ. އެވަގުތު އަނެއްކާވެސް އެއްކަލަ ނުދަންނަ ނަމްބަރުން ގުޅަންފެށިއެވެ. ޖެހިލުންވެ ހުރެ ނަމަވެސް ނާލް ފޯން ނެގީ އެމީހަކާ އެއްގަޑިއިރު ފޯނުން ވާހަކަ ދެކެވުނު ކަމަށް އިނީމަ އެއީ ކާކުތޯ ބަލާލުމަށެވެ.

” ހެލޯ” އެކޮޅުން އިވުނީ ޒުވާން ފިރިހެންކުއްޖެއްގެ އަޑެވެ. ހިތްގައިމު އަޑެކެވެ.  ނުަހަނު ފިރިހެންވަންތަ ގޮތެއް އެއަޑުގައިވެއެވެ.

“ހެލޯ. އަޅުގަނޑު ނިދާލާފަ އޮއްވާ ގުޅާފަ އޮތީމާ ގުޅާލީ. ވަންއަވާ ވާހަކަ ދައްކާފަވެސް އިން” ނާލް ބުނެލިއެވެ.

“ނާލް” އެ ފިރިހެންވަންތަ އަޑުން ނާލްއަށް ގޮވާލިއެވެ.

” ކިހިނެތް އަހަރެންގެ ނަން އިނގުނީ” އަނެއްކާ އެއީ ނާލް ދަންނަ ކުއްޖެއްބާއެޭ ނާލް ހިތާށްއެރިއެވެ.

“ދެން ނަން އިނގިދާނެއްނު ހޯދަން އުޅެންޔާ” އެފިރިހެންކުއްޖާ ބުނެލިއެވެ.

އެކުއްޖާ ވާހަކަ ތަކުން ނާލްވެސް އޭނައާ ވާހަކަ ދެއްކުމަށް ޝައުޤުވެރިކަން އުފެދުނެވެ.

“އެނީވޭސް މިއުޅެނީ ދޮންބެ ބާތްޑޭ ސެލެބްރޭޓް ކުރަން. ފްރީވެލާފަ ވިލް ލެޓް ޔޫ ނޯ” ސަނާ ނާލް ހޯދަމުން ކޮޓަރިއަށް އައުމުން ނާލް އެހެން ބުނެލާފަ އަވަހަށް ފޯންބޭއްވިއެވެ.

ނާލްގެ މިރޭގެ ޕްލޭން ކޮންމެސް ވަރަކަށް ސަނާއަށް ކިޔާދިނެވެ. ސަނާ ހުރީ ނުހަނު އުފަލުންނެވެ. އޭނަވެސް ގޭތެރެ ފަޅުފިލުވާލަން ދަނބިދަރިޔެއް  ނުހަނު ބޭނުން ވެއެވެ.

ނާލްއަށް މެސެޖެއް ލިބުމުން ފޯންބަލާލިއިރު އެލީޝާއެވެ. ގޭގެ ބޭރުގައި ހުރި ވާހަކަ ބުނެލިއެވެ. ނާލް ދުވެފައި ބޭރަށް ނިކުތެވެ. އޭރު ނާހިދު އައިސް ސައިކަލް މަޑުކޮއްލަނީއެވެ.

” ނިންނި މިގަޑީގަ ބޭރަށް ތި ނިކުތީ.؟” ނާހިދު މިހާ ދަންވެފައި ހުއްޓާ ނާލް އެގޮތަށް ބޭރަށް ނިކުތުމުން ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ.

” ދޮންބެ ކައިރީ ވާހަކައެއް ބުނަން ވެގެން. އެކަމް ތިހާ ރޫޑުކޮށް ބުނީމަ ދެން ނޫޅެން. ”  ހިތްހަމަނުޖެހިފަ ހުރިގޮތް ދައްކަމުން ނާލް ގޭތެރެއަށް ވަދެ ސިޓިންރޫމް ސޯފާއެއްގައި ޖައްސާލަމުން އެލީޝާއަށް މެސެޖް ކުރިއެވެ.

ނާހިދު ކޮޓަރިޔަށް ދިޔަކަން ޔަގީންވުމުން ނާލް އެލީޝާ ކޮބައިތޯ ބަލާލަން ބޭރަށް  ނިކުތެވެ. އެލީޝާއާ އެކު އަދި އެހެން ފިރިހެނެއްވެސް ހުއްޓެވެ.

”  ސޮރީ ނާލް. މަމް ނުފޮނުވި މިހާ ދަންވީމަ އެކަންޔެއް. އެހެންވެ ކޮއްކޮ ގޮވައިގެން މިއައީ.” އެލީޝާ އިމްޖާދު ތައާރަފްކޮށްދެމުން ބުނެލިއެވެ. ނާލް އެ ދެ މީހުން ގޮވައިގެން ދިޔައީ ނާލްގެ ކޮޓަރިއަށެވެ. އެކޮޓަރި ފެނިފަވެސް ނާލް ދެކެ އެންމެން ލޯބިވާވަރު އިހުސާސް ވިއެވެ. އެހާވެސް ފުރިހަމައެވެ. މަޑު ފިޔާތޮއްޓާ ގަދަ ފިޔާތޮއްޓާ ދެކުލައިން މުޅި ކޮޓަރި ޖަރީކޮއްލާފައިވެއެވެ. އެލީޝާވެސް ކުޑަކޮށް ހަސަދަވެރިވާ ގޮތްވިއެވެ.

” އެބަ އަންނަން އިނގޭ” އެހެން ބުނެ ނާލް ދިޔައީ ސަނާގެ ކޮޓަރިއަށްށެވެ. އޭރު ސަނާ ހުރީ ތައްޔާރުވާށެވެ.

” މަންމަ ތާކަށް ދާންތަ ތިއުޅެނީ” ނާލް އަށް ސަނާ ފެނިފަ ސުވާލް ކޮއްލެވުނެވެ.

” އާން ދަރިފުޅާ. ބުނީމެއްނު ބައްޕަ ރައްޓެއްސެއްގެ ބައްޕަ ވަރަށް ބަލިވެގެން އެޑްމިޓް ކުރިވާހަކަ. އޭނަ މިރޭ ނިޔާވެގެން ދެންމެ އެގުޅީ. އެހެންވެ އެތަނައް ގޮސްލާފަ އަންނާނަން ދަރިފުޅު މަންމައާއި ދެމީހުން” ގަފޫރް ފާހާނާއިން ނިކުންނަމުން ބުނެލިއެވެ.

” ދެން މިރޭ  މަންމަމެން ނެތަސް އެލީޝާވެސް އެހެރީނު. މާދަންރޭ ދެން ފެމިލީ ޑިނާރ އަކަށް އެންމެން ދާނީ” ނާލް ދެރަވެފަ ހުރިކަން އެނގިގެން ނާލް ހިތްހަމަޖައްސާ ދިނުމަށް ސަނާ ބުނެލިއެވެ.

ނާލް އެރޭގަތް ރަތް ފިނިފެން މަލުގެ މާބޮނޑި ހިފައިގެން ނާހިދު ކޮޓަރިއަށް ދިޔައިރު ނާހިދު ފެންވަރައިގެން ނިކުންނަނީއެވެ.

” ދޮންބެ މީގެ ހިފާބަ… ނާލް އެބަ އަންނަން… ވަން މޯ ތިންގް. ޓީޝާޓެއްލައްޗޭ” ނާހިދު ބުނާއެއްޗަކަށް ބަލާލުމެއްނެތި ނާލް ނިކުމެގެން ހިނގައްޖެއެވެ.

” މިއޮއް ދަންގަޑީގަ ކޮންތާކަށް ދާންތަ ނިންނި ތި އުޅެނީ” ދޮރު ހުޅުވި އަޑަށް ނާހިދު އެހެން ބުނެލިއެވެ. އެކޮޅުން ޖަވާބެއް ނައުމުން އެނބުރި ބަލާލި އިރު ކުރިމަތީގަ ހުރީ އެލީޝާއެވެ.

” އެލީ” ނާހިދު ހައިރާންވެފަ ބުނެލިއެވެ.

“ހެޕީބާތުޑޭ ނާހިދު” އެލީޝާ މަޑުމަޑުން ބުނެލިއެވެ.

“ލެޓް މީ ގެސް، ނިންނިގެ ކަމެއްދޯ” ނާހިދު ވިސްނުންތެރިކަމާއެކު ބުނެލިއެވެ. އެލީޝާ ލަދުން ހުރެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ނާހިދު ބޭނުންވި ކަހަލަ ފުރުސަތެއް ނާލް ހޯދަދީފިއެވެ.

” ވިލް ޔޫ ބީ މައި ވައިފް” ނުހަނު ލޮބުވެތިކޮށް އެއްކަކޫ މައްޗަށް ތިރިވެ ނާހިދު އަތުގަ އޮތް މާބޮނޑި އެލީޝާއަށް ދިއްކޮށްލަމުން ބުނެލިއެވެ.

ލަދުން ހުރެ އެލީޝާ ނާހިދުގެ މާބޮޑީގަ ހިފާލީ ޔެސް އޭ ބުނަމުންނެވެ.

ނާހިދުވެސް ފުން ނަޒަރަކުން އެލީޝާގެ މޫނަށް ބަލާލެވުނުވެ. އެލީޝާ ލަދުން އިސް ޖަހާލިއެވެެ.

” ތިހާ ލަދުވެތި ކުއްޖަކު މި ކޮޓަރިއަށް އަންނަން ކެރުނީ ކިހިނެތްބާއޭ ހިތަށް އަރާ” ނާހިދު ބޭނުން ވީ އިތުރަށް އެލީޝާ ލަދުގަންނަވާލަންށެވެ. ނާހިދު ކުޑަކޮށް އެލީޝާއާ ކައިރިވެލިއެވެ. އެލީޝާގެ ގަނޑުފެންކޮޅެއް ފަދަ އަތުގަ ހިފާ އެލީޝާ އިތުރަށް ގަޔާ ކައިރިކޮށްލިއެވެ.

ނާލްއާ އިމްޖާދް ސިޓިންރޫމް ޑެކަރޭޓް ކުރަން އުޅުމުގެ ތެރޭގަ ބީރަށްޓެހިކަން ފިލާގޮސް ދެމީހުންގެ މެދުގައި އެކުވެރިކަން އާލާވެއްޖެއެވެ. ސިޓިންރޫމް ނާލް ބޭނުންވިގޮތަށް ޑެކްރޭޓްކޮށްލެވުނީ އިމްޖާދުގެ އެހީއާއެކުއެވެ. އެންމެފަހުން ދެމީހުން ސޯފާގަ ޖައްސާލީ ވަރުބަލިވެގެންނެވެ. ނާލް އެތަނުގެ ފޮޓޯއެއް ނުނެގޭކަން ހަދާންވެފައި ސޯފާމައްޗަށް ކޮޅަށްްއަރާ އުޅުނީ އެކި ގޮތްގޮތުން އެތާގެ ފޮޓޯނަގާށެވެ. ނާލްއަށް ފައި އެޅުނު ގޮތަކުން ފައިކައްސާލައިގެން ވެއްޓުނީ  ސޯފާގައި ފޯނާ ކުޅެންއިން އިމްޖާދުގެ އުނގަށެވެ. އެހާގާތްކޮށް ނާލް އިނުމުން އިމްޖާދުއަށްވެސް ބުނެދެން ނޭންގޭފަދަ އިހުސާސްތަކެއް ކުރުވިއެވެ. ނާލްއަށްވެސް ވީ ހަމަ އެހެންނެވެ. އިމަޖާދުގެ އެ ފިރިހެންވަންތަ މޫނަށް ބަލަަން އިދެވުނީ ހައިރާންވެފައެވެ. އިމްޖާދު ހެޔޮވަރުވަރަކަށް ތުނބުޅިކޮށާލާފަ ހުރުމުން އަންހެންކުދިންގެ ހިތްތަށް ކަތިލާހާވެއެވެ. ކުއްލިޔަކަށް  ނާލް ސިއްސައިގެން ދިޔައީ ފޯނައް މެސެޖެއް އައުމުންނެވެ. ދެމީހުނަށްވެސް ހަމަ ހޭވެރިކަން ވީ އެހިސާބުންނެވެ.

” ނިންނި ބަލައިގެން އުޅެއްޗޭ. ކޮންމެ ފަހަރަކު އިމޫއެއް ނުހުންނާނޭ ސަލާމަތްކޮށްދޭކަށް” އިމްޖާދް އެއް ލޯ މަރާލާފަ ސަމާސާ ރާގަކަށް ބުނެލިއެވެ.

“ދޮންބެދައްތަ އެ މަސެޖް ކުރީ ތިރިއަށްށޭ މި އަންނަނީ ކިޔާފަ”  ނާލް ސޯފާއިން ތެދުވަމުންް ބުނެލިއެވެ.

އިމްޖާދް ތެދުވެގެންް ގޮސް ސިޓިންރޫމްގެ ލައިޓް ނިންވާލިއެވެ. ނާހިދުއާ އެލީޝާ އައުމުން ނާލް ކެންޑަލްތަށް ރޯކޮށްލުމުން ނާހިދު ހުރީ ވަރަށް ސަޕްރައިސްވެފައެވެ.

” ރިއަލީ ނިންނި. ޔުއާ ދި ބެސްޓް” ލައިޓްޖައްސާލުމުން ނާލްކޮއްފައިހުރި މަސައްކަތް ފެނިފައި ނާހިދު ބުނެލިއެވެ.  ކޭކު ފަޅާ އެކަކު އަނެކަކު މޫނުގެ ކޭކު އުނގުޅާ ސަކަރާތް ޖަހަމުން ދިޔައިރު އެމަންޒަރުތަށް ފޮޓޯނަގަމުން އިމްޖާދުދިޔައެވެ. އެންމެފަހުން ގޭތެރެ ސާފްކޮށްލާފައި ނާލްއާ އެލީޝާވެސް އައިސް ނާހިދުއާ އިމްޖާދުއާ ދެމީހުން ކައިރީ ސޯފާގައި ޖައްސާލިއެވެ.

” ސޯ އޮފިޝިއަލީ ދޮންބެދައްތައަށް ވީ ދޯ” ނާލް އެލީޝާގައިގަ ހަގްކޮއްލަމުން ބުނެލިއެވެ.

” ޔެސް. އޭރުން ނާލް އެކަންޔެއް ނުހުންނާނެއްނު” ނާހިދު ނާލްގެ ވާހަކައިގަ ބައިވެރިވެލިއެވެ.

” އަޅެ ނާލްގެ ފޯންއިން ފޮޓޯއެއްވެސް ނަގަން ހަދާން ނުވި. އިމޫ ނެގި ޕިކްތައް ވައިބާ ކޮއްލަބަ” ނާލްގެ އެހެންބުނެފަ އޭނަގް ފޯން ނަމްބަރ އިމްޖާދުއަށް ކިޔާދިނުމުން އިމްޖާދު ފޮޓޯތައް ފޮނުވާލިއެވެ.

އެހެން އެއްޗެއް ހީވެގެން އިމްޖަދް އަލުން ނާލްގެ ނަންބަރަށް ބަލާލިއެވެ.

” ސޯ އިޓްސް ޔޫ” ނާލް ހައިރާންވެފަ އިނދެ ބުނެލިއެވެ.

 

 

~ނުނިމޭ~

 

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Alina

Other Articles

Previous

ބީރައްޓެހިޔާ 11

Next

ޝެލީން 3

Next
November 21, 2016

ޝެލީން 3

Previews
November 21, 2016

ބީރައްޓެހިޔާ 11

8 Comments

  1. Rosy says:
    November 21, 2016 at 10:11 pm

    Vvvvvv reethi….
    waiting…

  2. mixoo says:
    November 21, 2016 at 10:24 pm

    avahah up kohdhehchey.. nice story?

  3. Alina says:
    November 21, 2016 at 11:07 pm

    Thank you mixoo nd rosy ?. Avahah update kohdheveythw varah try kuraanan ?

  4. Anonymous says:
    November 22, 2016 at 7:36 am

    VV vv reethi

  5. liyaa says:
    November 22, 2016 at 8:19 am

    nice.

  6. Herrr says:
    November 22, 2016 at 12:10 pm

    Konme kujjege life gaves hunnane kanthah dhimaavefa…
    vaahaka eh gothah genes dhinumun varah salhi.. Next part avahah up kohdhechey

  7. Maain says:
    November 23, 2016 at 1:58 pm

    wow..
    Alina keep it up <3

  8. Niusheen says:
    November 23, 2016 at 1:59 pm

    Varah reethi. next part konirakun up kohdheyni?

Comments are closed.

All Right Reserved!