ޖެހިގެން އައި ދުވަހު އިސްމާއިލް ރާޔާއާއި ކައިވެނިކޮށް މާލެދާން ފުރައިފިއެވެ. އެންމެ ފަހު ވަގުތު ކޮއްކޮމެން ރާޔާއާއެކު ގެންނަން އިސްމާއިލް އެއްބަސްނުވީއެވެ. އެކަމާ ރާޔާ ވަރަށް ދެރަވެ ރުއިއެވެ. މަންމަގެ އަޅާލުމެއް ކޮއްކޮމެންނަށް ނުލިބޭނެކަން ރާޔާއަށް އެނގެއެވެ. ނަމަވެސް އިސްމާއިލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. މާލެ އާދެވުމާއިއެކު އިސްމާއިލް އޭނާގެ ގެއަށް ރާޔާ ގޮވައިގެންދިޔައެވެ. ގެއަށް ވަނުމާއެކު ރާޔާއަށް ފުރަތަމަވެސް ފެނުނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން ހިންދީ ޑްރާމާއެއް ބަލަން އިން މެދު އުމުރުގެ އަންހެނެކެވެ. […]
އޭރު އަހަރެން ގެ އުމުރުން އަދި އެންމެ ހަތް އަހަރެވެ. އަހަރެން ނަކީ އާއިލާގެ އެންމެ ހަގު މިހާއެވެ. އެންމެންގެ ލޯބި އިންތިހާއަށް އަހަރެންނަށް ލިބެމުން ދެއެވެ. ބޭބެ މެންނަކީ ރިސޯޓްގައި މަސައްކަތް ކުރަމުން ދާ ބަޔަަކަށް ވާތީ ބައްޕައަށް މަސައްކަތް ކޮށް ނޫޅެވުނަސް ހަމަޖެހިލައިގެން އާއިލީ ޚަރަދުތައް މަންމަ ހަމަޖައްސަމުން ދެއެވެ. އަވަށްޓެރި ދެއަންހެން ކުދިންނާއެކު ގޯތިތެރޭ ބަތްކައްކާ ކުޅެން އުޅުނީ މެވެ. މިޒަމާނުގެ ތަރަށްޤީ އަދި އައިސްފައި ނުވާ ދުވަސްވަރުކަމުން އޭރު ބަލާނެ ޓީވީ […]
-މިއީ ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ހިޔާލު އެކުލަވައިގެން ލިޔެފައިވާ ވާހަކައެކެވެ.- ނިވިފައިވި ބައްތިއެއް ދިއްލޭނެކަމުގެ ކުޑަ އުންމީދަކާއި އެކު އަހަރެން މިއަދު ދަތުރު މިފެށީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ހަޔާތައް އައި ހަރީފު މޫސުން ބަހާރު މޫސުމަށް ބަދަލުކުރެވޭތޯއެވެ. މީގެ ދެއަހަރު ކުރިން ރައިނާގެ ހަޔާތުގައި ހިނގި ހާދިސާއެއްގެ ސަބަބުން މިއަދު ރައިނާއަކީ މޯޅިވެފައިވާ މަލެކެވެ. އޮއްސިފައިވާ ތަރިއެކެވެ. ގަލަމު ތުނޑުން މީހުންގެ ހިތްތަކާއި ކުޅެމުންއައި ލިޔުންތެރިޔާ މިއަދު ގަލަމެއް ފެނުނަސް ފޫހިވެއެވެ. […]
އެނދުން ތެދުވުމާއި އެކު މޯޅިއަކަށް ދެމިލެވުނެވެ. ބޮލުގައި ހުރި ރިހުމާއި އެކު ނޭވާއަށް ކުރުވުމުގެ އިޙްސާސް ތައް ކުރެވެން ފެށި އެވެ. ކައިރިގައި ހުރި ޖަގުން ތައްޓަށް ފެންފޮދެއް އެޅުމާއި އެކު މަންމަ އަށް ގޮވާލީމެވެ. މަންމާއެވެ. ދެފަހަރަކު ގޮވާލުމުންވެސް މަންމަގެ އެއްވެސް ޚަބަރެއ ނުވިއެވެ. ލައިގެން ހުރި ކުޑަ ޓީ ސާޓްގެ މަތިން އެއްއަތުން ބުރަކަށި ކަހަމުން ބަދިގެއާއި ދިމާލަށް ހިނގައި ގަތީމެވެ. މަންމާ! މަންމާ! ގޭގެ ކުޑަތަންކޮޅެއް ދުރުގައި ގޯތިތެރޭ ހުރި ބަދިގެ ދޮރުމަށްޗަށް އަރާ […]
ބަރަކާތުންނޭ އޮހެމުންދަނީ.. ނޫރުންއުފާވެރި ކަންމަތީ… އުފަލައްޓަކާ ހުޅުވޭމަގެއް.. އިސްލާހުވާން ހުޅުވޭ ދޮރެއް.. މަރްހަބާ ރަންއަކުރުން ފެވޭ.. އާ އަހަރަކަށް މަރްހަބާ ދަންނަވަން… HAPPY NEW YEAR TO ALL THE READERS AND AUTHORS…. may your 2017 is blessed with joy and rizq… 🙂 … happy new year.. 🙂 😛 <3 luv u alll with love, meemi
ޖުލައި 26 ވަަަނަވީ ދުވައެވެ. ކުދިބޮޑު އެންމެން މަގުތަންމައްޗައް ނުކުމެ އެކި އެކި ކުޅިވަރުތަށް ކުޅެހަދަނީއެވެ. ހަމައެކަނި ޖުލައި 26 ވީމައެއްނޫނެވެ. އީދެއްއަޔަސް ހަމަމިހާ ފޯރިގަދައެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ބޮޑުބެރު ޖަހާއިރު އަނެއްކޮޅުން އަންހެންކުދިން އެއްބާރުލުން ދިނުމުގެ ގޮތުން ނަށާ، އަތްތިލަބަޑިޖަހައިހަދަައެވެ. ފެންޖެހުމާއި ކުލަޖެހުމަކީ މިރަށުގައި ކާބަފައިން ޒަމާނުއްސުރެން އޮންނަ ކަމެކެވެ. ދުރުގައި ކުޅިވަރުތަށް ބަލަންހުރި ރާޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް އޮހެންފަށައިގަތެވެ. މިއަދު މީ މިރަށުގައި އޭނާގެ އެންމެ ފަހު ދުވަހަށް ވުންވެސް އެކަށީވެގެންވެއެވެ. އެހެންކުދިންނެކޭ ހަމަ އެއްގޮތަށް […]
ޒައިން ދިޔުމުން ހައިކަލް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީ އިން އަންނަމުން ދިޔައީ ވަރަށް ރީތި ލޯބީގެ ހިންދީ ލަވައެކެވެ. ” ޔަލް ހާދަ ރީއްޗޭ” އިވެމުން ދިޔަ ލަވައިގެ ތެރަށް ގެއްލިއިނދެ ހައިކަލް ބުނެލި ކަހަލައެވެ. އެވަގުތު ހައިކަލްގެ އަޑުއައި ދިމާއަށް އެނބުރިލީމެވެ. މޫނުގޮސް ޖެހުނީ ހައިކަލްގެ މޫނުގައެވެ. ހައިކަލް އެހާ ކައިރީގަ ބަލަންއިން ކަމެއް އަހަރެންނަކަަށް ނޭންގެއެވެ. އިނގޭނީވެސް ވަކި ކިހިނެތްހެއްޔެވެ. އަހަރެންގެ ނުކުޅެދުންތެރިކަން އެންމެބޮޑަށް އިހްސާސްވަނީ މިކަހަލަ ގަޑިތަކުގައެވެ. އަހަރެންގެ ލޮލަށް ފެންނަ […]
ހައިކަލްގެ ބަސްތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބެމުންދިޔެވެ. ހިތް ނުތަނަވަސްވާ ގަޑީގަ އަހަރެންގެ ހިތުގެ ޝިފާއަކީ ހައިކަލްގަ އެ އޯގާތެރި ބަސްތަކެވެ. ” އަނހާ ޔަލްވީ..ކޮންއިރަކު އައީ..މާމަ މިއައީ ޔަލްވީ ހޯދަން ރޫމަށްވެސް ގޮސްފަ..” ހައިކަލްމާމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ. ***** ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެންވެސ މިހާރު އެ މާހައުލަށް ވަރަށް ބޮޑަށް ހޭނިއްޖެއެވެ. މާމަވެސް އަހަރެންނާ ހެދި އުޅޭގޮތުން ހީވަނީ މާމަގެ ގެއްލިފައިވާ ދަރިއެއް ލިބިގެން އުޅޭ ހެންނެވެ. […]