“ދަރިފުޅާ.. ބައްޕަ އެބަވިސްނަން ބައްޕަގެ ދޯނި ދަރިފުޅުގެ ނަންމައްޗަށްް ރަޖިސްޓަރީކުރަން.” ހަސަނު ފާއިޒުގެ މޫނަށް ފުންކޮށްބަލައިލަމުން ބުންޏެވެ. އެވަގުތު ފާއިޒުގެ މޫނުމަތިން ފެނިގެންދިޔަ ހައިރާންކަމުންވެސް އޭނާއަށް ހަސަނު ބުނިބަސް ގަބޫލުނުކުރެވޭކަމަށް ހެކިދެއެވެ.ބުނާނޭ އެއްޗެއްވެސް ނޭންގިފައި ފާއިޒުއިނެވެ.ބައްޕަ އޭނާއަށް މިހާރު މާ ހެޔޮވެގެންމިއުޅެނީ ކީއްވެބާއޭހިތަށް އަރަމުންދިޔައެވެ. “ދަރިފުޅު މިކަމާއި ބުނަނީ ކީކޭ؟” ހަސަނުވެސް ނުކެރިފައިންކަހަލަގޮތަކަށް އަހާލީ ފާއިޒު އަނގައިން ނުބުނުމުންނެވެ. “އަހަރެން ބޭނުމެއްނޫން.” ފާއިޒު އޭނާގެ ޖަވާބުދިނީވެސް އެއިންގޮތަށް އިސްޖަހައިގެން އިނދެއެވެ. “އެކަމަކު ބައްޕަ ބޭނުމީ ދަރިފުޅަށް ދޯނިދޭން.ނޫނީ ބައްޕަ ނެތްދުވަހަކުން އާމިރާ ދަރިފުޅަށް ހަދާނެގޮތެއްވެސް ނޭންގެ.ކޮއްކޮމެންވެސް ފާއިޒުއަށް ހެޔޮވާނެއެކޭ ބައްޕަ ހިތެއްނުބުނޭ.” ހަސަނު ވާހަކަދައްކަމުންދިޔައެވެ. “ކޮއްކޮމެންނާއި ދައްތަ މިއަދު ހެޔޮނަމަތާ ފަހުން އެކަމާއި ދެރަވާންޖެހޭނީވެސް.އެހެންނޫނަސް އަހަރެން ބޭނުމެއްނޫން ތި އާއިލާ މީހުންގެ މުދަލެއް.” ފާއިޒުއަށް ރުންކުރު ރާގަކަށް ވާހަކަދެއްކުނީވެސް އޭނާ ހިތުގައި ޖެހިފައިވާލެއްބޮޑުކަމުންނެވެ. ދައްތަ އާއި ކޮއްކޮމެން އޭނާއަށް ހަތުރުންނަށްވީވެސް ހަމަ ބައްޕަގެ ސަބަބުން ނޫންހެއްޔެވެ؟ދެން މިއަދު އެކަމާއި ބައްޕަ ވިސްނުމުގެ ބޭނުމެއް ކޮބައިހެއްޔެވެެ؟ އެހަށްވެސް އުޅުނުހެން ދެންވެސް އުޅެވޭނެ ނޫންހެއްޔެވެ؟ އެހަށް ބެލިމީީހުން މިހާރުވެސް ބަލާނެނޫންހެއްޔެވެ؟ “ބައްޕައަށް އެނގޭ ފާއިޒު ބައްޕައާއިމެދު އެހާ ހިތްހަމަނުޖެހޭކަން.އެއީ ބައްޕައަށް ތިކުދިންކުޑައިރު ކަންތައްކުރެވުނުގޮތުންކަންވެސް ގަބޫލުކުރަން. އެކަމަކު މިހާރު ބައްޕަ ބޭނުންވަނީ އެދުވަސްތައްމަތިން ހަނދާންނެތޭވަރަށް ދަރިފުޅުމެނަށް އަޅާލަން.އަދި އޭގެ ބަދަލެއްގެ ގޮތުން ބައްޕަގެ އަތުގައިއޮތް އެންމެއަގުބޮޑުމުދާ ދަރިފުޅަށްދޭން މިނިންމީވެސް.” ހަސަނު ދެރަވެލާފައި ފާއިޒުގެ ކޮނޑުގައި ހިފަހައްޓާލިއެވެ. “އެދުވަސްތައްމަތިން އަހަރެންހަނދާނެއް ނުނެތޭނެ.އެހެންނޫނަސް މައިންބަފައިންގެ ފަރާތުން ދަރިންނަށްް އެންމެބޮޑަށް ބޭނުންވާނީ ލޯބި… މުދަލެއްނޫން.. އެލޯބި އަހަރެމެން ދެބެންނަށްވެސްދިނީ ހަސީނާ މަންމައާއި ހުސޭނުބޭ. އެއީ އަހަރެންގެ މަންމައާއި ބައްޕަ. އެހެންވީމަ އަމިއްލަ އަނބިދަރިންނަށް ތިމުދާތައް ދީ..” ފާއިޒުގެ ކޮނޑުމަތީގައި ހަސަނު ބާއްވާލިއަތް ދުރުކޮށްލަމުން ވާހަކަދައްކަމުންދިޔައިރު ކަރުނަތިއްކަކުފުލުން ކަރުނައެއް ލޮލުން ވެއްޓެމުންދިޔައެވެ.ފާއިޒު ކިތަންމެ ހިތްވަރުކުރިނަމަވެސް އެތައްދުވަހެއްވަންދެން އޭނާގެ ހިތުގައި ފޮރުވިފައިވީ ޝަަކުވާތައް ބައްޕަގެ ކުރިމަތީ ކުރެވިއްޖެއެވެ. ހަސަނަށް މިމަންޒަރު ބަލާކަށް ކެތެއްނުވިއެވެ. ގިސްލާ ރޯންފެށުނެވެ. “ދަރިފުޅާ ބައްޕައަށް މާފުކުރޭ..ބައްޕަ ގަބޫލުކުރަން މިއީ ބައްޕަގެ ކުށްކަމަށް.ދަރިފުޅު ބައްޕައަށް މައާފުކޮށްފައި މިކަމަށް އެއްބަސްވޭ.” ހަސަނު ގިސްލުމުގެތެރެއިން ބުންޏެވެ. “ނޫން. އަހަރެންނަށް މުދަލެއް ވާރުތަކުރާނެ މައިންބަފައިންނެއް ނުތިބޭނެ. އަހަރެންނަށް މާފުކުރޭ.” ހަސަނަށް ވީގޮތުން ފާއިޒުވެސް ދެރަވިިއެވެ.ނަމަވެސް އޭނާ ހަސަނު އެދޭގޮތާއި އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟ ހަސަނަަކީ ހަމައެކަނި އޭނާގެ އުފަންބައްޕައަށްވުން ފިޔަވައި އިތުރު އެއްވެސް ގުޅުމެއް އެދެމެދުގައިވާކަމަށް އޭނާއަށް އެއްބަސް ނުވެވެނީއެވެ. ހިތަށްވެރިވި ހަމްދަރުދީ އެއްފަރާތްކޮށްލަމުން ފާއިޒު ތެދުވެ ހިނގައިގަތެވެ. “ދަރިފުޅާ.. ބައްޕަ ވަރަށް ލޯބިވޭ ތިދެބެއިންދެކެވެސް.ތިއީ އަހަރެން އެންމެ ލޯބިވީ މީހާގެ ބަނޑުން އުފަންވި ދެދަރިން.އަހަރެންނަށް ކަންތައް މިކުރެވުނުގޮތުން ހަދީޖާ ދުވަހަކުވެސް އަހަރެންނަށް މަޢާފުކުރާނެހެނެއް ހިޔެއްނުވޭ.. ” އަނެއްކާވެސް ހަސަނަށް ރޮވޭވަރުން އަޑުބެދިއްޖެއެވެ. ފާއިޒުއަށް ހުއްޓެވުނެވެ.”އަދި އެއްވާހަކަ. ދަރިފުޅު އަބަދުވެސް ބައްޕަ ކިޔަންވާނީ ހުސޭނަށް.އެއީ ދަރިފުޅުގެ ބަލަދުވެރިޔަކީ. އެކަމަކު މިބައްޕައާއި ރުޅިވެރިކަން ނުބޭއްވުމަށް ވަރަށް އެދެން.” ހަސަނު އަސަރުން ފުރިގެންވީ ގޮތަކަށް އިއްވާލިބަސްތަކުން ފާއިޒުގެ ހިތަށް ގޮތްތަކެއްވެގެންދިޔައެވެ.ހިތަށްވެރިވި ކުލުނެއްގެ ސަބަބުން އެތަނުގައި ހަސަނު ބަހައްޓާފައި ދާކަށްވެސް ނުކެރުނެވެ.އެހެންކަމުން އެއްޗެކޭ ބުނާނަމޭހިތާ ފަސްއެނބުރި ބަލާލިއިރު ހަސަނު ގޮސް މަގުކޮޅުންް އޮބާލަނީއެވެ.
ބަދިގެތެރޭގައި ރޮށިފިހަންއިން ސާނިޔާ އިރުއިރުކޮޅުން ލޯފޮހެލައެވެ.ދަރުއުނދުނުން އަރާ ދުންތަކުން އެދެލޮލުން ދިލަނަގާތީއެވެ.އޭނާގެ ރީތި ދޮން މޫނުވެސްވަނީ އުނދުނުގެ ހޫނުން ރަތްވެފައެވެ.”ތިއްތާ ފާއިޒުބޭ ސައިބޯން އައިސްފި.” ހަސީނާގެ ދަަރިފުޅު ސާޖިދު އައިސް ބަދިގެއަށް ބޯދިއްކޮށްލަމުން ބުންޏެވެ. “ފާއިޒުބޭބެ މިއަދު މަހަށްވެސް ނުދަނީތަ؟” ތަވާމަތީގައިއޮތް ރޮށި ފުށުންޖަހާލަމުން ސާނިޔާއެހިއެވެ. “ތިއްތާ މިއަދުމީ ހުކުރުދުވަހޭ.” ސާޖިދު ހިނިގަނޑެއްޖަހާލަމުން ބުންޏެވެ.”އާނ.އެބުނާހެން.މަ ހަނދާންވެސްނެތް… އޭތް ސާޖިދޫ. ޒަހުރާ ކޮއްކޮއަށް ރަނގަޅަށްބަލައްޗޭ. އޭނަ އެއްޗެއް އަނގަޔަށްވެސް ލާފާނެ.މާމަ ގާތުބުނޭ ޒައިދުކޮއްކޮ ފެންވަރުވާލާށޭޭ އިނގޭ..” ސާނިޔާ މަސައްކަތައިގެން ކުރިޔަށްދަމުން ބުނެލިއެވެ. “ހާޝިޔާ އާދެބަލަ.މިރޮށިކޮޅު ކާގެއަށް ގެންގޮސްދޭން؟” ސާނިޔާގެ އަޑަށް ހާޝިޔާއައިސް ރޮށިކޮޅު ހިފައިގެންގޮސް ކާމޭޒުމަތީގައި ބަހައްޓާފައި ނިކުމެގެންދިޔައީ މޭޒުދޮށުގައިތިބި ފިރެހެންވެރިންނަށް ސައިޖޯޑެއްވެސް އަޅާލަނުދީއެވެ. އެއީ ކޮންމެދުވަހެއްގެވެސް އާދައެވެ. ސާނިޔާ އަބަދުވެސް އުޅޭނީ މަސައްކަތުގައެވެ. އެންމެކުޑަ ޒައިދު ވިހެއުމަށްފަހު ހަސީނާ ނިޔާވިފަހުން ހުރިހާ ކުދިންތައްވެސް ބެލުމާއި ހަވާލުވީ ހަމަ ސާނިޔާއާއެވެ.މަރީނާވެސް ގޭތެރޭގައި އޭނާއަށް އެހީތެރިވެދީ ހަދައެވެެ. ސާނިޔާ ނިކަން ފަރިތަކަމާއިއެކު ރިހަބޯތަށްޓެއް ހިފައިގެންގޮސް ކާމޭޒުމަތީގައި ބޭންދިއެވެ. “ދޮންބޭބޭ. ކޮބާ ޝާާހިދުކޮއްކޮ.ސައިބޯންވެސް ނާދޭތަ؟” ސާނިޔާ އޭނާގެ ދޮންބެ ސަމީރު ގާތު އަހާލިއެވެ. އެވަގުތު ސަމީރުގެ ނަޒަރުގޮސް ހުއްޓުނީ މޭޒުގެ އެއްފަރާތުގައި ސައިބޯންއިން ފާއިޒުއަށެވެ.ފާއިޒު އިސްޖަހައިގެންއިނދެ ސައިބޮމުން ދިޔައެވެ. ސާނިޔާއަށް ވީގޮތް ވިސްނުނެވެ. ޝާާހިދު އަބަދުވެސް ހުންނާނީ ފާއިޒުދެކެ ރުޅިއައިސްފައެވެ. އެއީ ހުސޭނު ފާއިޒު މާގާތްކޮށްގެން ގެންގުޅޭކަމަށްބުނެއެވެ.އަމިއްލަ ދަރިންނަށްވުރެ ފާއިޒުދެކެ ހުސޭނު ލޯބިވާކަމަށް ބުނެއެވެ. ހިތުގައިވާ ހަސަދައިގެ ސަބަބުން ޝާާހިދު އެއްވެސް ހާލެއްގައި ފާއިޒުއާއި އެއްތަށިމައްޗަށް ކާންވެސް ނާރާވޭތޯބަލައެވެ. ސާނިޔާ މަޑުމަޑުން ބޯހޫރާލަމުން ކާގެއިންނިކުތީ އިތުރަށް އެއްޗެއްބުނަން ބޭނުން ނުވީމައެވެ.
“ފާއިޒު.. ދޭބަލަތި ފެންވަރައިގެން ހުކުރަށް.ނަމާދުުނުކޮށް ޤުރުޢާން ނުކިޔަވާ އުޅެން ހެޔޮވެސްނުވާނެ. ތިނުން ދިރިއުޅުމެއް ދައްކަވާތޯ ދުޢާކޮށްބަލަ.ރަނގަޅަށް އުޅޭމީހުނަށް ރަނގަޅު ގޮތްވާނީވެސް.ރަނގަޅުގޮތް ހޯދަންއުޅޭމީހަކަށް ރަނގަޅުމަގު ދައްކަވާނެ އެފަރާތުން… ސޮއިބޮއެގެންނިކުމެ ބޭރު އަށިގަނޑުމަތީގައި ދުފަންއިން ފާއިޒު ފެނުމުން ސާނިޔާ ނަސޭހަތްދޭންފެށިއެވެ..ފާއިޒު ބަހަކުންބަހެއް ބުނުމެއްނެތި ދުފަމުންދިޔައެވެ.އެވަގުތު ގޭތެރެއިން ޒައިދު ރޯންފެށިއަޑަށް ސާނިޔާ ގޭތެރެއަށް ވަދެގެންދިޔައީވެސް ފާއިޒު ނަމާދު ނުކުރާތީ އެކަމާއި އަޑުލަމުންނެވެ.
ދުވހަކަށްފަހު ދުވަހެއް މާޒީވަމުންދެއެވެ.މިހާރު ސާނިޔާާ އާއި ސިޔާމާވެސް މީހުނާއި އިނދެފިއެވެ. ނަމަވެސް އެދެމީހުންވެސް އަަދިވެސް އުޅެނީ ހަމަ އެއްގެއެއްގައެވެ. ސާނިޔާގެ ދޮށީ ދެދައްތަވެސް ދިރިއުޅެނީ އެމީހުންގެފިރިންނާއިއެކު އެމީސްމީހުންގެ ގޭގައެވެ.ސިޔާމާ އަކީ ފެށުނީއްސުރެވެސް ގޭގައި އިތުރު މަސައްކަތްތަކެއް ކުރާމީހެއް ނޫނެވެ. އެހެންކަމުން ދަރިން ބަލަމުން ގެޔަށް އިތުރުވި މީހުނަށްވެސް ކައްކާ ކާންދީ ހަދަނީ ސާނިޔާ ފަކީރު އެކަންޏެވެ.ރަށުގައިި ތިބޭ ދުވަހެއްނަމަ ސާނިޔާގެ ފިރިމީހާ އާމިރުު އާއި ފާއިޒުގެ ފާރާތުންނޫނީ އޭނާގެ ދަރިއަކަށްވެސް އަޅާލުމެއްދޭމީހަކު ނޫޅެއެވެ.މަރީނާވެސް ސާނިޔާގެދެވަނަ ދަރިފުޅު ވިހޭތާ ދުވަސްކޮޅެއްގެތެރޭގައި ނިޔާވުމުން ހީވެސްނުކުރާހާ ބޮޑެތި ދަތިތަކާއި އޭނާއަށް ކުރިމަތިވެގެން ދިޔައެވެ. އެންމެ ބޮޑު އުނދަގުލަކަށްވީ ސިޔާމާގެ ޖެއްސުން ކުރުންތަކެވެ.. އޭނާ ނިކަމެތިވީދުވަހު ގެންގުޅެ ބޮޑުކުރީ ސާނިޔާގެ މައިންބަފައިންކަންވެސް ހަނދާނުގައިނެތްފަދައެވެ. އަމިއްލަގޭގައި ނޯކަރެއްހެން ސާނިޔާއުޅެމުންދިޔައިރު ސިޔާމާވީ އެގޭގައި ރާނީއެއްހެންއުޅޭ މީހަކަށެވެ.
=ނުނިމޭ=
11 Comments!
Comments are closed.



Thi varu heyo vaahaka up nukuriyas aharaku ehfaru 2 ahkuru thi vaahaka liya meehun nan huthuru aharuvanee???????
Aaaa. V bodah sorry lasvaathyve. Leem aky ehaa free meehehnun. Ehnveema vaagoih mee. Nd busy viyas kuraahihvakamehveema timeh libunyma mi up kohlany. V dheravejje aaaaa hihhama nujehuneema..
V rythi. .
Thanxs aby
Haha
Dhen vaki hiasaabakun habarakas nivehe
Yea.thibuni kanthah rangalhu kohlaanan ingey. Andhu thihen nubuney. Leem kithanme busy viyas vaahaka vaki hisaabakun huttaeh nulaanan iraadha kureviyya. Leem gadhavesalaamathun hure kerikulhadhaanavi minvarakun tey kuraanan leemge bestah hama.
Pls emotional kollabala. Maa bodah kurugalhuvaalaafa mionnany. Kulli kulli ah plot
Yea.thibuni kanthah rangalhu kohlaanan ingey.
so siyaamaa aki faaix ge kokko dhw?
Shiyama akee faizge dhahtha.eynayah 2yearsga faiz libuny.nd saaniya e ee faiz libunuiru faizge mom hadhyjage kokko haseena gengulhunu thuhthu kujja.faiz n saaniya eyee ekkirugegothun dhe ahunn.