ހައިކަލްގެ މާމަ އާ ހައިކަލްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަހަރެންމީ ދުރުހިލޭ މީހަކަށް ވެ ހުރެވެސް އެދެމީހުން އަހަރެންނާ ދޭތެރޭ އެ ކަންކުރަނީ ނުލާހިކު ލޮއެއްބާ އޯގާތެރި ކަމާއެކުގައެވެ. އަމިއްލަ އާއިލާ ފަރާތުންވެސް އަަހަރެންނަށް އަޅާނުލިތާންގަ އަަހަރެންނާއޮތް ހުރިހާ ގުޅުމެއްވެސް ކަނޑާލިއެވެ.
” ޔަލްވީ ކޮންވިސްނުމެއްގަ… އިފް ޔޫ ޑޯންޓް މައިންޑް ކެންއައި އާސްކް ޔޫ ސަމްތިންގް” ކައިރިން ހައިކަލްގެ އެ ފިރިހެންވަންތަ އަޑުއިވުނެވެ.
” އޯކޭ” އަހަރެން ހައިކަލް ދިން ހެދިކާއެއް ކަމުން ބުނެލީމެވެ.
” އެ ދުވަހު ހޮސްޕިޓަލް ގަ އެހުރީ އަސްލުވެސް ޔަލްވީގެ މަންމަތަ؟” އެ ސުވާލް ކޮންމެވެސް ދުވަހަކުން އަހަރެންނާ ހައިކަލް ކުރާނެކަން އޭރުވެސް އިނގެއެވެ.
” އެއީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ… މަންމައަކީވެސް ބައްޕައަކީވެސް އެއީ” ހައިކަލްއާ އަހަރެން ދިމާވިތާ އަދި މިވީ ކުޑަ ދުވަސް ކޮޅެކެވެ. އެހެން ކަމުން އަހަރެންގެ ހަޔާތުގެ ކަންތައް ކިޔާދެން ކުޑަކޮށް ޖެހިލުންވެއެވެ. ނުވެސް ދަންނަ މީހަކަށް ދިރިއުޅުމުގެ ކަންތަށް ހިއްސާ ކުރުމަކީވެސް ފަސޭހަކަމެއްނޫނެވެ.
” އަދި ބޭނުން މަންމައާ ބައްދަލް ކޮއްލަން.. އަހަރެން އެގެޔަށް ގެންގޮސްދީފާނަންތަ” އަހަރެން މަންމަ ކައިރިޔަށް ދާން ބޭނުންވާތީ ބުނެލީމެވެ.
” އޯކޭ ހިނގާ ދާން ދޯ..” އެހެން ބުނުމަށް ފަހު ނާރީއަށް ގޮވާލާފަ ތަށިތަށް ނަގަން ބުނެފަ ހައިކަލް އަހަރެން ގޮވައިގެން ތިރިޔަށް ދިޔައެވެ. ހައިކަލްގެ އަތުގަ ހިފައިގެން ތިރިއަށް ފޭބި އިރު ހައިކަލްގެ އޯގާތެރިކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ.
ހައިކަލްގެ ކާރަށް އެރުމަށް ފަހު އަހަރެން ދާންވީ ތަން ކިޔާ ދިނީމެވެ.
“ޑާކް ގްރީން ކުލަލާފަ މީތަ ޔަލްވީގެ ގެޔަކީ” ކާރު މަޑުކޮއްލަމުން ހައިކަލް ބުނެލިއެވެ.
އަހަރެން މަޑު މަޑުން އާނ އެކޭ ބުނެލީމެވެ.
ކާރުން ފައިބައިގެން ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ގެ ކައިރިޔަށް ދިޔައެވެ.
” ތާޑް ފްލޯ” ލިފްޓަށް އަރަމުން އަހަރެން ބުނެލީމެވެ.
ތާޑް ފްލޯއަށް ދެވުމުން ހައިކަލް ބެލް ޖެހިއެވެ. ހައިކަލް ހުއްޓާ މަންމަ ކަންކޮއްފާނެ ގޮތް ނޭންގޭތީ އަހަރެން ކުޑަކޮށް ޖެހިލުން ވިއެވެ.
” އަހަރެން މިތާ ސިޑި މަތީގަ މަޑުކޮށްލާނަން އިނގޭ” ހައިކަލްއަށް އަހަރެންގެ ހިތުގަވީ އެއްޗެއް އިނގުނު ކަހަލައެވެ.
” ދޮންތީ” ދޮރު ހުޅުވާލުމަށް ފަހު ނާހީ އަހަރެންގެ ގައިގަ ބައްދާލިއެވެ.
” ކޮބާ މަންމަ” އަހަރެން ނާހީ ކައިރީ އަހާލީމެވެ.
” ކޮން މަންމައެއް.. ކަލޭ ކައިރީ ކިތަށް ފަހަރު ބުނާނީ މީ ކަލޭގެ މަންމައެއް ނޫނޭ.. ހުރިހާ ގުޅުމެއް ކަނޑާލީމަވެސް ކަލެޔަށް ނުހުރެވުނު ދޯ.. ދެލޯ ކަނު ވީމަކޮންމެހެން މަގޭ ކައިރިޔަށް އަންނާނެ ކަމެއްނެތް” ކައިރިން މަންމަގެ ރުޅިވެރި ބަސްތަކުގެ އަޑު އިވުނެވެ.
” މަންމާ ތީ ކޮންކަމެއް.. މީ ޔަލްވީގެ ބައްޕަގެ ގެ. ޔަލްވީއަށް މިގެޔަށް ނުވަދެވެންޔާ މިގެޔަށް ދެން ވަދެވޭނީ ކާކަށް” ނާހީ އަހަރެންގެ ދިފާއުގަ ވާހަކަ ދެއްކިއެވެ.
” މަ އަދި ކަލެޔަވާ ވާހަކައެއް ނުދައްކަމެއްނު.. އަނގަ މައިތިރިކޮއްގެން ހުރޭ” މަންމަ ގެ ރަހުމު ކުޑަ ބަސްތަކާއެކު ހޫނު އެތިފަހަރެއް ނާހީގެ މޫނުމައްޗަށް އެރި އަޑުއިވުނެވެ.
” ކަލޭ ދެން މިގެޔަށް ނާންނާތި… ކިހާ ބޮޑު ނޮހޮރޮއްޕާނެއް މީ މަށަށް ޖެހިފަހުރި..” އެހެން ބުނުމަށް ފަހު މަންމަ އަހަރެން ދުރަށް ކޮއްޕާލިއެވެ. އެއްވެސް ވަރަކަށް ނުވިސްނާ ހުރުމުން އަހަރެން ގޮސް ޖެހުނީ ފާރުގައެވެ. މަންމަ ދޮރު ޖެހިލެއްބާރުކަމުން ހީވީ ކަންފަތް ފަޅައިގެން ގޮސްދާނެ ހެންނެވެ.
” ޔަލްވީ” ކައިރިން ހައިކަލް އަހަރެން ގައިގަ ހިފެހެއްޓިއެވެ. އަހަރެންނަށް ކެތް ކުރެވުނީ އެހިސާބަށެވެ. އެއްވެސް އިހްތިޔާރަކާ ނުލައި އަހަރެންނަށް ރޮވިއްޖެއެވެ. ހައިކަލްގެ އެ ބާރުގަދަ ދެއަތުގެ ހިމާޔަތުގަ ހުރެ ހިތް ފުރެންދެން އަހަރެން ރޯލީމެވެ. ބަހެއްވެސް ނުކިޔާ އަހަރެންގެ ބޮލުގަ ފިރުމާލަަ ފިރުމާލާ ހައިކަލް އިނެވެ.
އަހަރެނަށް މި ހުރެވުނުގޮތް ހަނދާންވެފަ ހައިކަލްއާ ދުރަށް ޖެހިލީމެވެެ.
” ސޮރީ” ރުއިމުގެ ސަބަބުން އަޑުވެސް ވަނީ ބެދޭގޮތްވެފައެވެ.
” އިޓްސް އޯކޭ.. ލެޓްސް ގޯ ހޯމް” ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ދާން ހިނގައިގަތެވެ.
” ޔަލްވީ ރޭޑިއޯ އަޑު އަހަންތަ” ކާރަށް އެރުމަށް ފަހު ރާއްޖެ އެފް އެމްއަށް ލަމުން ހައިކަލް އަހަރެންނާ ސުވާލް ކޮއްލިއެވެ. ހައިކަލް މަސައްކަތް ކުރަމުންދިޔައީ ދެންމެ ވީ ކަންތަކާ އަހަރެންވިސްނަ ނުދިނުމަށްކަން އަހަރެންނަށް އިނގެއެވެ. ނަމަވެސް އެވާހަކަ ތަކަށް އަހަރެންނަކަށް ސަމާލު ކަމެއް ނުދެވުނެވެެ. އެވަގުތު އެ ޗެނަލްއިން އަންނަމުން ދަނީ ލޯބީގެ ހިތާމަވެރި ލަވައެކެވެ.
“ކަރުނައިން ފޯވެފާ ގިސްލަމުން ވޭނުގާ، މަރުވެދާން ވީހެ އަދު ނުކުޅެދޭ ހާލުގާ
ހަރުއަޑުން ރޮއެ އެމާޒީ ތަސައްވަރު ވެފާ، ފަރުދުނޭ ފަހެ ނިމެންވީހެ ބިކަ ހާލުގާ
ކޮން ކުށެއްހޭ މަގޭ ފަހެ އޮތީ ބުނެބަލާ، ކޮންމެ މީހަކުމެ ނަފްރަތުގެ ނަޒަރުން ބަލާ”
އެ ލަވައިން ހީވީ އަހަރެންގެ ހިތުގެ ހާލު ބަޔާންކޮއްދިން ހެންނެވެ. އަމިއްލަ ހާލާ ދޭތެރޭ ވިސްނިފަ ފެންކަޅިވިއެވެ. ހައިކަލްއަށްވެސް އެކަހަލަ އެއްޗެއް ހީވީ ކަންނޭންގެއެވެ. ވަގުތުން ލަވަ ނިވާލާފަ ކޮންމެވެސް ވާހަކައެއް ދައްކަންފެށިއެވެ.
ނަމަވެސް އެ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އަހަރެންނަކަށް ސަމާލްކަމެއް ނުދެވުނެވެ. ގެޔަށް އާދެވުނު ކަންވެސް އިނގުނީ ހައިކަލްއައިސް ކާރު ދޮރުހުޅުވާފަ ފައިބަން ބުނުމުންނެވެ.
” ޔަލްވީ އަހަރެންނަށް އިނގޭ ޔަލްވީ އަހަރެންނަށް ކަމެއް ސިއްރު ކުރާކަން. އަދި އިނގޭ އެހާ ފަސޭހައިން ކަންތައް ޝެއާކުރަން އުނދަގުވާނެކަންވެސް… އެކަމް ތިހެން ދެރަވެފަ އިނުން ތީ ހައްލެއް ނޫންދޯ. އަހަރެންނާ ޝެއާ ކުރީމައެއްނު ހެލްޕެއްވެސް ވެދެވޭނީ. ” ސިޓިން ރޫމް ސޯފާގަ އަހަރެން ބޭންދުމަށްފަހު ކައިރީ އިށީނަމުން ހައިކަލް ވާހަކަ ދެއްކިއެވެ.
އަހަރެން އެއްވެސް ކަމެއް ހައިކަލްއަށް ސިއްރު ކުރާކަށް ބޭނުމެއްނުވިއެވެ. ދުރުހިލޭ މީހަކަށް ވިޔަސް އަހަރެންނަށް ހެޔޮހިތުން އެހީވާން ހުރި މީހަކީ އެއީއެވެ.
” އެއީ އަސްލު އަހަރެންގެ މަންމައެއް ނޫން..ދޮންމަންމަ..ހަނދާން ހުންނަ އިރުއްސުރެ އަހަރެންގެ މަންމައެއް ނުހުރެ…މާމަ ފަރާތުން އަހަރެންނަށް އިނގުނީ މަންމަ އަހަރެން ވިހެއުމުގެ ތެރޭގަ ނިޔާވެފަ ވާކަން..ބައްޕަ ދޮންމަންމައާ ކައިވެނިކޮށްގެން އުޅޭތާ މިވީ ދިހައަހަރު..ނަމަވެސް ދެ އަހަރު ކުރިން ބޯޓް ދަރުކުރަން އުޅުމުގެ ތެރޭގަ ބައްޕަވަނީ ވީނުވީއެއް ނޭންގި ގެއްލިފަ…ޕޮލިހުންވެސް ބައްޕަ ހޯދަން ވަރަށް މަސައްކަތް ކުރި.. އެންމެފަހުން އެންމެން ނިންމީ ބައްޕަ މަރުވީކަމަށް..އެކަމް އަހަރެންނަށް އެކަން ގަބޫލެއްނުކުރެވޭ… ބައްޕައަދި އަންނާނެއޭ އަހަރެންގެ ހިތް ބުނަނީ.. ބައްޕަ ގެއްލުމަށްފަހު އެއީ އަހަރެންގެ އުފާވެރި ދިރިއުޅުން ނިމުނު ސިއްކަ ޖެހުނު ދުވަސް…ދޮންމަންމައަކީ ދޮން ނިޔަދުރެކޭ ބުނާ އަޑު އަހަރެންވެސް އަހަން… ނަމަވެސް އަހަރެންނަށް އެކަން ޤަބޫލް ކުރަން މަޖުބޫރު ވީ ދޮންމަންމަ އަހަރެންނާ ދޭތެރޭ ކަންތަށް ކުރަންފެށިގޮތުން…މަންމަގެ ރަހުމެތް ނެތް ބަސްތަަކަށް އަހަރެން ޝަކުވާއެއް ނެތި ކެތްކުރަމުން އައީ މައިވަންތަކަމުގެ ލޮއެއްބަށް އަހަރެން ފެންބޮވާގަންފައިވާލެއް ބޮޑު ކަމުން.. އެހެން ކުދިން މަންމައާ އެކު ލޯބިން އުޅޭތަން ފެނިފަ ހިތައްއަރާ އަހަރެންނަށް އެ ނަސީބު ނުލިބުނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ބާއޭ؟ މަންމަގެ ލޯބި އަހަރެންނަށް ހައްޤުނުވަނީ ބާއޭ..ދޮންމަންމައާ ދޭތެރޭ އަހަރެން އަބަދުވެސް ދެެކެނީ މަންމައެއްގެ ނަޒަރުން…ދޮންމަންމަ އަހަރެންނާ ދޭތެރޭ ކިތަންމެ ރަހުމުކުޑަކޮށް ކަންތަށް ކުރިޔަސް މިފަދަ ހާލެއްގަ އަހަރެން އޮއްވާ އަހަރެން ދޫކޮށްލާފަ ދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން…” ފުރަތަމަ ފަހަރަށް ދިރިއުޅުމުގެ ބައެއްކަންތަށް ހައިކަލް އާ ހިއްސާ ކުރީމެވެ.
” ދެން އެދުވަހު ޔަލްވީ އާ އެކު އެ އެކްސިޑެންޓްވީ ދޮންމަންމަގެ ދަރިތަ؟” ކުޑަ ވިސްނުމެއްގެ ތެރޭގަ އިނދެ ހައިކަލް އަހާލިއެެވެ.
” ހޫމް.. އެއީ ދޮންމަންމަގެ ހުރި ހަމައެކަނި ދަރި. އަސްލު އެދުވަހު އޮފީހަށް ދާން އުޅެނިކޮށް ނާހީ ބުނީ ތާކަށް ޑްރޮޕް ކޮއްލަދޭށޭ.. ދެން ޔަލް ނޯމަލީ އޭނަ ޑްރޮޕް ކޮށްދެނީ ތަންތަަނަށް.. ދެން ދަނިކޮށް ގޯޅިއަކުން ނިކުތް ސައިކްއަކުން ނެއްޓެންވެގެން ބުރެކްހިފީ އެކަމްް ބުރެކި ވޯކްއެއް ނުކުރި. ދެން އަނބުރާލަން ހަދާލިގޮތަކުން ގޮސް ފާރުގަ ޖެހުނީ” އަހަރެން ހަދާނުގަ ހުރި ކަންތަށް ހައިކަލްއަށް ކިޔާދިނީމެވެ.
” ޔަލްވީ.. ކޮންމެ މީހެއްގެ ހަޔާތުގަވެސް ދިމާވާނެ އެކި ކަހަލަ އިމްތިހާންތަށް އަހަރެމެން ޖެހޭނީ ކެތްތެރި ކަމާއެކު އެ ކަންކަމާ ކުރިމަތިލާން. އަމިއްލަ ނަސީބާ ދޭތެރޭ ވިސްނާފަ އަމިއްލައަށް މަރުވުމުގެ ހިޔާލް ގެނގުޅުމަކީ ރަނގަޅުގޮތެއްނޫން. މިއަދު ތިހެން ކަންތައް ވިޔަސް މާދަމާ ކަންވާނެ ގޮތެއް އިނގެނީ ކާކަށް. ހަމަ ޔަލްވީގެ ނަސީބް މާދަންވެސް އައިސް ޔަލްވީގެ އަތުގަ ހިފާފާނެ. ސޯ ދެން ނުރޮއްޗޭ. އަހަރެން އަބަދުވެސް ޔަލްވީ އާ އެކު ހުންނާނަން. ކޮންސިޑާ މީ އޭސް އަ ގުޑް ފްރެންޑް” ހައިކަލްގެ ބަސްތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ހިތް ނުތަނަވަސްވާ ގަޑީގަ އަހަރެންނަށް ލިބޭ ހަމަ އެކަނި ބަސް ތަަކަކީ ހައިކަލްގަ އެ އޯގާތެރި ބަސްތަކެވެ.
” އަނހާ ޔަލްވީ..ކޮންއިރަކު އައީ..މާމަ މިއައީ ޔަލްވީ ހޯދަން ރޫމަށްވެސް ގޮސްފަ..” ހައިކަލްމާމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ.
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެންވެސ މިހާރު އެ މާހައުލަށް ވަރަށް ބޮޑަށް ހޭނިއްޖެއެވެ.
ނުނިމޭ
30 Comments
Comments are closed.
Nice
Thankx sham ?
Alhe haadha kurey aeoh kiyaahithun ovvaa thiahvure dhigukoh liyaabala pretty Vv reethi adhi haikal yalvee dheke lobi veema V salhivaane??
hahhahhaa
Thankx khajjja ?
Nice
Thankx Malaa ?
Haadha kurey
Next episode dhigu kohdheynan ?
salhi
Thankx gorgeous ?
Vaahaka up kohfa habareh ves Nuve…. Anyways salhi varah.. Bt maa kurey dhontha…
Thankx kokky ? sorry ingey update kohfa nubunuvenu.. dhen up kohfa first bonaanu koky kairy ?
Furihama..
Thankx mac ?
Haadha kury..anekkaa ehaa ginadhuvas koffa
Sorry ?
Ajaaibeh.kiya kiya hutaa e nimuni.v foohi
Sorry ?
Vara reethi. Haadha kurey Ekamaku. Mi week ga adhi 1 part kiyaalan libeyne kama ummeedhu kuran
Thankx faathee ? okey will try ?
Mioh reethi vaahaka ehaalahun upload kurany ehaa kuru….very sad…?
Sorry pinker ?
Sorry akun nuvaane…buney atleast week aku 3 parts up kuraanamey..eyrun maaf kuraanee…?
Anyways yalvy ge lolah dhen nufennaanetha??
Hehe sure 3 parts update kohdheynan.. thi suvaaluge ans maa kurin dhinyma foohivedhaane. alhe dhen anna baithaha kiyaaleema ingeyne ?
Mi thiulheni vaahakaage kurimaran tha? Vreethi vaahakaeh koh dhuvaheh mibayah inthizaar kuraathaaves
Hehe Dhw… thankx zaa ?
Hey pretty where r u. Story up kohla dheebaa. Mihaa reethi vaahaka eh kiyan haadha inthizaareh kuranshey dhw mi jehenee
Haadha lahunnay dhw episoaduthah up kurany thankolheh avas kohdheebala
alhe mivaahaka dhen nugenesdhaygothahtha haadha dhera ay dhw