ފޮޓޯއަކުން މެނުވީ މީގެކުރިން އަހަންނަކަށް “ޝޫނާ” ފެނިފައި ނުހުންނާނެއެވެ. މީގެ ދުވަސްތަކެއް ކުރިން އަހަރެމެންނަކީ ލޯބިވެރިންނެވެ. ނަމަވެސް، އެގުޅުމަށް މާ ގިނަ ދުވަސްތަކެއް ނުވެ، ދެމީހުން ވަކިވީ ޤަބޫލުކުރެވޭ ޢުޒުރަކާއި އެކީއެވެ. އޯލެވެލްގެ އިމްތިހާނުތަށް ބޯތިވެފައި ވާތީ، ކިޔެވުމަށް ވަޤުތު ދިނުމުގެ މާތް މަޤުޞަދުގައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޤުރުބާނީއެއް ނުވެ ހަޤީޤީ ލޯތްބެއް ނުވެއެވެ. އާއެކެ، އޭނައަށްޓަކައި އެ ލޯބި ގުޅުން މެދުކަނޑާލުމަކީ އަހަންނަށް ވެވުނު ޤުރުބާނީ އެކެވެ. އިންތިހާއަށް ލޯބިވާ މީހަކާ އެގޮތަށް ވަކިވުމަކީ […]
ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިއިރު މަދީނާގައި ތިން ޤަބީލާއެއްގެ ޔަހޫދީން ވަޒަންވެރިވެގެން އުޅުނެވެ. އޭގެތެރެއިން އެއްބަޔަކީ ބަނުއްނަޟީރުވަންހައިގެ ޔަހޫދީންނެވެ. އެބައިމީހުންގެ ޢަދާވާތްތެރިކަމާއި ދެފުށްދެގޮތްކަން އޭގެ އިންތިހާއަށް ދިޔުމުން ކައުއިތުރު ރަސޫލާ އެބައިމީހުން މަދީނާއިން ބޭރުކޮށްލެއްވިއެވެ. ދެން އެބައިމީހުން ގޮސް ވަޒަންވެރިވީ ޚައިބަރޭ ކިޔުނުތަނުގައެވެ. أمّ المؤمنين صفيّة رضى اللّـه عنــها އަކީ މިދެންނެވި ބަނުއްނަޟީރުވަންހައިގެ ރަޢީސް حُيَيُّ بن أخطب އާއި سموئيل ގެ ضرّة އާ ކާވެނި ބައްލަވައިގެން ފުރަސޫތާވެނުފަން […]
ފަރުވާ ހޯދައިގެން ރަށަށް އެނބުރި އައިތާ3 ހަފްތާ ވެގެން ދިޔާ ވަރަށްވެސް އަމާން އޮމާންކަންމަތީއެވެ. އެހެންނަމަވެސް ހިތާމައަކީ އެ އުފާވެރިކަން މާގިނަދުވަހަށް ދެމިގެން ނުދިޔުމުންނެވެ. ތަވީދެއްގެ އެހީގައި އުޅެމުން އަންނަނިކޮށް ދެވަނަ ދަރިފުޅުގެ ތަވީދު މޮހިގެން ވެއްޓުނީއެވެ. ދަވީދު ވެއްޓުނުދާ 1 ގަޑިއިރުވެސް ނުވަނިން އުނދަގޫތަށް ކުރިމަތިވާންފެށިއެވެ. އޭގެ އިރުކޮޅެއްފަހުން ދޮށީދަރީގެ ކަރުގައި އަޅާފައިވާ ތަވީދު މަޑުމަޑުން ހަށިގަޑުން ވަކިވެގެން ބިންމަށްޗަަށް ވެއްޓުނެވެ. އާއިލާގެ ބޮޑެތި މީހުންގެ މެދުގައި މަޝަވަރާކުރުމަށްފަހު ލަންކާއިން ފަރުމާހޯދި މީހާއަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނެވެ. ފާލުބެލުމުން އެނގުނު ގޮތުގައި ތަވީދު ހަށިގަޑާ ވަކިވިވަގުތު ސިހުރުގެ ސަބަބުން ގޭތެރޭ ހައްޔަރުވެފައިވާ ރޫހެއް ހަށިގަނޑަށް ބާރުފޯރުވީއެވެ. ދުވަސަވަރަކީ ޓެސްޓު ދުވަސްވަރަށް ވުމުން އާއިލާއިން ނިންމީ ރާއްޖެއިން ރުގުޔާ ކުރާ މީހެއްގެ އެހީ ހޯދާށެވެ. އެގޮތުން ށ.މިލަންދޫގައި ދިރިއުޅޭ މައްޝޫރު ރުގުޔާ ކުރާ 3 މީހަކު ގެނެސްގެން ރުޤުޔާ ކުރިއެވެ. ނަތީޖާއަކަށްވީ 4 ދުވަހުގެ ބުރަމަސެއްކަތުން ދެކުދިންނަށްވެސް އަލިމަގެއް ފެނިގެން ދިޔުމެވެ. ދުވަހުގެ އިރު އަރައިގެން އަންނާނީ އަބަދުވެސް ކޮންމެސް އެއްބަޔެއްގެ ހަޔާތަށް ކަނު އަދިރިކަން ގެނެސްދީ އަނެއްބައެއްގެ ހަޔާތް ދިއްލައިދެމުންނެވެ. ދުވަސްގަޑަކަށްފަހު އެއްދުވަހަކު ކުލާހުގައި އިންދާ ދޮށީ ދަރިފުޅު ނޭވައި ހާސްވެގެން ގެޔަށް ފޮނުވާލެވުނެވެ. އެދުވަހު އޭނާގެ ގާތުގައި ރުގްޔާ ކުރުމުން މީހާ ހަމަޔަކަށް އެޅިގެން ދިޔައެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން ނޭވައި ހާސްވެ މީހާ ތެޅިފޮޅިހަދައެވެ. ކަން މިހެން އޮތް އިރުވެސް އާއިލާއިން ހިތްވަރު އެލުވާނުލާ ދަރިން އެކަމުން ސަލާމަތް ކުރުމަށް ކުރެވެން އޮތްކަމެއް ކުރަމުން ދިޔައެވެ. 2017 ވަނަ އަހަރުގެ ރޯދަމަހުގެ ތެރެއިން ދުވަހެއްގެ ރޭގަނޑު ދޮށީދަރިފުޅަށް ސިއްސައިގެން ގޮސް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެއިރު މެނަދަމުން އަލިވެ 3 ޖަހަނީއެވެ. ދުވެފައިގޮސް މަންމަމެންބަޔަށްވަދެ މަންމަގެ ގައިގާ އޮޅުލައިގަނެގެން ގިސްލަ ގިސްލާފައި ރޯންފެށުމުން އެމަންމައަށް ކުރާނެ އަސަރަކީ ކޮބައިތީއެވެ. އެތަށް އިރަކު ވާހަކަ ދައްކައިގެން މީހާހަމަޔަކަށް އެޅި ހުވަފެނުގެވާހަކަ މަންމައާއި ބައްޕައަށް ކިޔައިދިނެވެ. އެހުވަފެން ފެނުމުގެ 3 ދުވަސްކުރިން ލަންކާއިން ރުގްޔާކުރާ މީހާގުޅާ އި ދޮށީދަރިފުޅު ނުރައްކަލަށް ނުށައެޅިފަިވާވާހަކަ ވަނީބުނެފައެވެ. އަދި ފާޑުފާޑުގެ ހުވަފެން ފެންނާނެކަމަށާއި ބިރުނުގަތުމަށްވެސް ވަނީ ބުނެފައެވެ. ލަންކާގައި ހުއްޓުމެއްނެތި ކުރަމުންދިޔަ މަސެއްކަތުން ދޮށީދަރިފުޅުގެ ފުރާނަ ނުރައްކަލުން ބޭރުވެގެން ދިޔައެވެ. އެހެންނަމަވެސް ކުރިޔެކޭވެސް އެއްފަދައިން ނޭވައި ހާސްވެއެވެ. އެތަށް ދުވަހެއްގެ ބުރަ މަސެއްކަތުން ދޮށީދަރިއަށް ލިބެމުން އައި ވޭން ލުއިވެގެން ދިޔައިރުން ހަގަށް ދެވަނަދަރިފުޅު ލޮލުގައި ރިއްސާތީ ރެއާދުވާޅު ރޮނީއެވެ. އަދި އަދަށް ދާންދެންވެސް މިއާއިލާއަށްވަނީ މިކަމުން ސަލާމަތް ނުވެވިފައެވެ. މިއަދާ ހަމަޔަށް ކަންތަށް ގޮސްފައިވާ ހިސާބަށް ބަލާލާއިރު ދަރިންގެ ކިބައިން ފެށުނު މިކަންތަކުގެ ހަގީގަތަކީ އެކުދިންގެ މާމައަށް ހަދާފައިވާ ފަންޑިތައަކާއި އާއިލާއަށް ހަދާފައިވާ ސިހުރެކެވެ. މިކަމުގެ ޝިކާރައަށް ދަރިން ވެފައި ވާއިރު މިހާރު އެވޭނުގައި އުޅެމުން ދަނީ ހަމައެކަނި ދަރިންނެއްވެސް ނޫނެވެ. މުޅިއާއިލާ ކަހަލަ ގޮތަކަށެވެ. ދުއާއަކީ މިއާއިލާ މިމުސީބާތުން ސަލާމަތް ކޮށްދެއްވުމެވެ.
ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އާއި މުސްލިމުންނަށް ދެކޮޅުވެރިވެ، ހަނގުރާމަކުރި އެއްބަޔަކީ މުޞްޠަލިޤުވަންހައިގެ މީސްތަކުންނެވެ. أمّ المؤمنين جويرية بنت الحارث رضى اللّـه عنــها ގެ ބަފައިކަލުން الحارث بن أبى ضرار އަކީ އެވަންހައިގެ ރައީސްއެވެ. ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ ތެރޭގައި ކުރެވުނު މުރައިސީޢު ހަނގުރާމަ ނުވަތަ މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގެ ވާހަކަތަކީ ސީރަތު ފޮތްތަކުގައި ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިފައިވާ ވާހަކަތަކެވެ. ދެންފަހެ މިހަނގުރާމައިގެ ތެރޭގައި މުޞްޠަލިޤުވަންހައިގެ ދިހަ މީހުން […]
މާޒީގެ ދުވަސްތައް ލޯމަތިން ސިފަވާތީ ގިސްލާ ރޮވެއެވެ.އަހަރެން ކިޔައިދޭން މިއުޅެނީ އާދައިގެ ކަމެއް ނޫނެވެ. އަޑުއަހާށެވެ! ***** އަހަންނަކީ ފިރިހެނުންގެ މެދުގައި ނަންހިނގާ ބައްޓަން ރީތި ކުއްޖެކެވެ.މީހުންގެ ކަޅިއެޅުންތަކަކީ އަހަންނަށް ލިބޭ އިތުރު ކުރިއެރުމެއް ފަދައެވެ.އަހަންނަކީ އަންހެނެއް ނަމަވެސް މީހުންމެރުމަކީ އާކަމެއް ނޫނެވެ.ސަބަބަކީ، އަހަންނަކީ މީހުންމެރުމުގައި ހައްދުފަހަނަ އަޅާފައިވާ މީހަކަށް ވުމެވެ.އަހަރެން ހެދުން އަޅާ ވައްތަރުން އެކަމަށް ފާޑުކިޔާ މީހަކަށް ހުންނަނީ މަންމައެވެ.ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރީ މަންމަ އެކަނި ވިއްޔާއެވެ.މަންމަ ދޭ ނަޞޭހަތަށް ބީރު ކަންފަތެއްދީ […]
ގަޑި ކުޑަތަން ވަނީއެވެ. އަހަންނަށް ހަމަބެލެނީ ގަޑީގެ ސިކުންތު ކައްޓަށެވެ.ހިތުގެ ތެޅުން އަވަސްވާވަަރަކަށް ނޭވާވެސް ދިޔައީ އަވަސް ވަމުންނެވެ.ދެން އަހަރެން ކުރާނީ ކީހެއްޔެވެ؟ ދާކަށް ބޭނުމެއްނެތެވެ. ނުގޮސް ވާކަށްނެތެވެ.. ދާއިން އާހެދި އަހަރެން ގެ މުޅިހަޔާތް މިއޮތްގެން ހަލާކު ވަނީއެވެ. އެ ފޮޓޯތައް އޭނާ ލީކު ކޮށްފިނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ދާއިން ދެއްކިހާ އައްޔަކަށް ދުވަމުން މިދަނީވެސް އެސަބަބާ ހެދިއެވެ. އެހެން ނޫނީ އޭނާ ފުލުން، ބުނާހާކަމެއް ކުރަމުން ދިއުމުގެ ބެނުމަކީ ކޮބާހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ކުރީގެ ގުޅުމެއް ކުލާހު އެއްވެސް ކުއްޖަކަށް ނޭނގޭނެއެވެ.އެހާމޮޅުވެގެން އެއުޅެނީ އެހެން ވެގެންނެވެ.ރަށުުުުުުުު ސްކޫލު އުޅެފައި މާލެއަށް 10 އަކަށް ބަދަލު ވެވުމަކީ ލިބުނު އެންމެބޮޑު ނަސީބޭ ހިތަށް އެރިއެވެ. ނަމަވެސް މާލެއަށް ބަދަލުވިތާ 3 މަސް ފަހުން ކުލާހުގައި ދާއިން އިންތަން ފެނުންވީ ވިހަލާ ހަރުފައެއް ދަތް އެޅުން ފަދަ ކަމަކަށެވެ.އަހަރެންގެ މުޅި ހަޔާތަށް ވިހަލީ އޭނާއެވެ.އެނުބައި މަކަރުވެރި މީހާއެވެ. ފުރަތަމަ ކުލާހުުގައި ދާއިން އަހަންނާ ވަރަށް ގާތް ކަމަށް ދައްކަން އުޅުނެވެ. ނަމަވެސް އަހަރެން އިޖާބަނުދިނުމުން ޖެއްސުން ކުރަންފެށީއެވެ. އެފޮޓޯތަކުގެ ބިރު އަނިއްކާވެސް ދަށްކަން ފެށީއެވެ. ………………………… އަހަރެން ދާއިންއާއި ރައްޓެހިވީ ގްރޭޑް 7 ގައި އުޅެމުންނެވެ.. ފުރާވަރު އުމުރަށް ނޭޅެނީސް ފެށި މިގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ކުރީ އިންކާރެވެ.މަންމަމެންގެ އަބަދުގެ ވާހަކަ އަކަށްވީ ކުޑައިރު މީހަކާ ރައްޓެހިވެ ލޯބީގެ ގުޅުމެއް ފެށި ވާހަކައެވެ. ބޮޑުނުވަންދެން ބޮޑުވިވާހަކައެވެ. ނަމަވެސް އަރެން ދާއިން ދެކެ އިންތިހާއަށް ލޯބިވީމެވެ.އަހަން ނަށް ލޯބިވާން އޭރު ނޭނގެޔޭ މިހާރު ހިތަށް އަރައެވެ. މަންމަމެން ކިތަންމެ ނުރުހުންވެ އެއްޗިހި ކިޔަސްއަރުމެންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ.ދެމީހުން ބައްދަލު ކުރަނީ ކުލާހުންނެވެ. ކިޔަވާދޭ ގަޑީގައި ދެމީހުން ދެމިހުންނަށް ބަދަލުކުރާ ބެލުންތަކާއި ހިނިތުންވުންތަކާއި ގަނޑުގަަނޑުކޮޅު ތަކުން ދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. 7 ނިމި 8 އަށް ދިޔަ އަހަތު ދެމިހުންގެ ގުޅުމަށް 1 އަހަރު ވިއެވެ. 8 ގެ އަހަރު މަންމަ ކައިރީ ފޯނެއް ގަނެދިނުމަށް ކީމެވެ. ބަައްޕައަށްވެސް އުނދަގޫ ކުރީމެވެ. މަންމަ އިންކާރު ކުރިނަމަވެސް ބައްޕަ ކުރީން ގެންގުޅުނު ފޯނު އަހަންނަށް ދިނެވެ. އެއީވެސް ސްމާޓް ފޯނެއްކަމުން، ކިތަންމެ ބާވެފައި އޮތަސް ހިންހަމަ ޖެހުނެވެ.ނަމަވެސް އެފޯނުވީ އަހަރެންގެ ހަޔާތް ވިހަކަށި ތަކަކުން ފުރިފައިވާ ވަޅުގަނޑަކަށް ވައްޓައިލި އެއްޗަކަށެވެ. ފުރަތަމަވެސް ފޯނު ހުޅުވައިލައިފައި ކޯލް ލޮގުގައި ޖެހުނީ ދާއިންގެ ނަންބަރެވެ. ހިތްބޭނުންވި އަޑު ކަންފަތުގައި ޖެހުމުން ހުވަފެނީ ދުނިޔެއަށް ޣަރަގުވިއެވެ.އެޖާދުވި އަޑުއަހަން އެރޭ ދަންވަންދެން އޮތީމެވެ. ވަރަށް މިނިވަން ކޮށެވެ. މަންމަގެ ފޯނުން ގުޅަަން ވެއްޖެނަމަ ހުންނަން ޖެހެނީ އަބަދު ސިހި ސިހިއެވެ. އޭގެފަހުން އަހަރެމެން ކޮންމެރެއަކު ވާހަކަ ދައްކަމެވެ. ދާއިން ބުނާ ކޮންމެ ކަމެއް ކުރަން ފަށައިފީމެވެ. ދާއިންގެ އެދުމުގެ މަތިން މެސެންޖާ އަދި ވައިބަރ ވެސް ބޭނުން ކުރަން ފެށީމެވެ. އަދި ދާއިން އަހަންނަށް ފޭސްބުކް އައިޑީއެއް ވެސް ހުޅުވައި ދިނެވެ.ގޭގައި ވައިފައި ހުންނާތީ ކިޔެވުމުގެ ބަހަނާގައި ދެންކުރަން ފެށީ އެކަންތަކެވެ.. ދާއިން ބުނާއެއްވެސް ކަމަކަށް އިންކާރު ނުކޮށް ކޮންމެ އެދުމަކަށް އާބަސް ބުނަން ފެށީވެސް އެހިސާބުންނެވެ…….. (ނުނިމޭ)
ޔޫނުސްގެފާނު ނައިނަވާ ދޫކޮށްވަޑައިގެންނެވުން يونس عليه السّلام އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުނަށް ކޯފާއިސްކުރައްވައި،ނައިނަވާއިން ނުކުމެވަޑައިގެންނެވިއެވެ. އެ ރަށުގެ އަޙްލުވެރިންނަށް ތިން ދުވަހުގެ ތެރޭގައި މާތް ﷲ ގެ ގަދަފަދަ އަޛާބު އަންނާނެކަމުގެ އިންޒާރުދެއްވުމަށްފަހުގައެވެ. يونس عليه السّلام ރަށުންނުކުމެވަޑައިގަތީ މާތް ﷲ އެކަލޭގެފާނު ރަށުން ނުކުމެވަޑައިގަތުމުގެ އިލާހީ އަމުރުފުޅު ދެއްވުމުގެ ކުރިންނެވެ. ކީރިތި ޤުރުޢާނުގެ އަންބިޔާޢު ސޫރަތުގެ 87 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن […]
ހިޔާލި ދުނިޔެއިން ބޭރަށް ފީނައިގަންނަން އެނގުނީ ރަނގަބީލުގެ އަޑު އިވުމުންނެވެ. އޭރު ނާޒިމް ސޯވެސް ބޯޑު ފުހުމަށް ފަހު ފޮތްތަށް ހިފައިގެން ބޭރަށް ހިނގައި ގަންނަނީއެވެ. ވަށައިގެން ހޯދާލެވުނީ އޭނާ އިންތޯއެވެ. ނަސީބެކެވެ. ބޭރަށް ދިޔަަގޮތަކަށް އަދި ނާދެއެވެ. ހިތާއި ހިތުން ދުއާ ކޮށްލެވުނީއޭނާ ދުވަހަކުވެސް ލޯމަތިން ނުފެނުމަށެވެ. އެނާކުރާ އުނދަގޫތަކާއި ޖެއްސުންތަށް ހަނދާން ވުމުން އަމިއްލަ ނަފްސު ދެކެ ފޫހިވެއެވެ. މިހަޔާތް ލިބުނި ކީއްވެތޯ ސުވާލު އުފެދެއެވެ. ހިތުގައިވާ އިހުސާސް ތަށް ކިޔާދޭނެ އެކުވެރިއެއް ވެސް އެނާއާ ހެދި ނުހުރެއެވެ. ވާނީވެސް އެހެންތާައެވެ. މީހުންގެ ކުރިމަތީގައި އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. އަހަރެން އިސްތިހާރު ކޮށްފައިހުންނަނީ ނުރައްކާތެރި މީހެއްގެ ގޮތުގައެވެ. ކުލާހުގައިވެސް އަހަރެން ކައިރީ އިންނާނެ ކުއްޖަކު ނުވެއެވެ. ގުރޫޕް މަސައްކަތަކީ އަހަރެން އެންމެ ފޫހިވާ ކަންތަކެވެ. އެއްވެސް ކުއްޖަކު އަހަންނާ އެކީ މަސައްކަތް ކުރާކަށް ބެނުމެއް ނުވާނެއެވެ. “ހަނާ!…” ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި އަވަސް އަވަހަށް ފުހެލީ ދިވެހި މުދައްރިސް ގެ ހަރުކަށި އަޑު އިވުމުންނެވެ. “ކޮން ދުނިޔެއެއްގަ ތިއުޅެނީ….. މިހާރު ގޮވާތާ ކިހާއިރެއް… ކިތަށްްފަހަރު ބުނާނީ މިސް މިދައްކާ ވާހަކަ ތަށް އަޑުއަހާށޭ.. އެއްޗެއް ނޭނގޭތާ އަޑުއަހަން ވީނު…” މިސްގެ އެހަރުކަށި ބަސްތަކުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ދިޔައީ ގިނަވަމުންނެވެ. ކަރުނަ ފުހެލުމަށްފަހު ބެލީ ހަމަޖެހިލެވޭ ތޯއެވެ. ނަމަވެސް އިސްއުފުލާލަން ނުކެރިފައި އިނީ އެހެން ކުދިންގެ ބެލުން އަހަންނަށް އަމާޒުވެފައިވާތީއެވެ. ކޮންމެ ކުއްޖަކުވެސް ހިނިއައިސްފައި، ކައިރީގައި އިންނަ ކުއްޖާއާ ވާހަކަ ދައްކަމުން ދިޔައީ އަހަންނާ ބެހޭ ގޮތުންނެވެ. އެކަން ޔަގީންވަނީ ކޮންމެ ކުއްޖަކުވެސް އަހަންނަށް ބަލާފައި ހެތީއެވެ. ޔަގީނެވެ. އެދައްކަނީ އެވާހަކައެވެ. އަނިއްކާ އެފޮޓޯ ލީކުކޮށްލީ ހެއްޔެވެ.ނޫނެކެވެ. އެހެން ވެޖެނަމަ ދެނެއް ސުކޫލަކަށް ނާންނާމަވެ.ދުނިޔޭގައި ނޫޅޭނަމެވެ. ބާރުއަޑާ އެކު ދޮރު ހުޅުވާލުމަށްފަހު ކުލާހަށް ވަދެގެން އެއަންނަނީ އޭނާއެވެ. އެ ދެލޮލުގައި ވަނީ މަކަރުވެރިކަމެވެ.”ދާއިން!!! ސަލާންވެސް ގޮވަން ނުޖެހޭތަ؟”މިސް މިހެން ބުނުމާއެކު އަނބުރާގޮސް ސަލާން ގޮވުމަށް ފަހު އެއަންނަނީ އަހަރެންގެ ޑެސްކާ ދިމާލަށެވެ. އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. އެއައިގޮތަށް އައިސް އަރެންގެ މޭޒުމައްޗަށް ވައްޓާލީ ގަނޑު ކޮޅެކެވެ. ހީފައިހުރެއެވެ. ދެން އޭނާ ހިނގައިގަތީ އަހަރެންގެ ފަހަތުގައި ހުންނަ އޭނާގެ ޑެސްކަށެވެ. އޭނާ އެދިން ގަނޑުކޮޅުގައި އަހަރެން އަތްވެސް ނުލަމެވެ..އިސްއުފުލާ ބަލާވެސް ނުލަމެވެ. ބިރުން ހިއްތެޅޭއަޑު އަހަންނަށް ވެސް އިވޭކަހަލައެވެ. ސިއްސައިގެން ދިޔައީ ގޮނޑީގައި މީހަކު ޖެހުމުމުންނެވެ. އޭގެމާނަ އަކީ ކޮބައިކަން ވަގުތުން އަހަރެންގެ ހާސްވެފައިވާ ސިކުނޑިއަށް ނަގައިގަނެވުނެވެ. ވަގުތުން ގަނޑުކޮޅު ނިއުޅުވައިލައި ބަލައި ލީމެވެ. އަތް ފިނިވެގެން ދިޔައީ ލިޔެފައި އޮތްއެތި ފުނުމުންނެވެ.” ދެން އޮތްގަޑީ ފާހާނާއަށް ދާތި..” ކުރާނެ ކަމެއް ނޭނގުނެވެ. ހާސްވާން ފަށައިފިއެވެ. ގަޑި ނިމެން ބާކީ އޮތީ 5 މިނުޓެވެ. އަަހަރެން ދާކަށް ބޭނުމެއް ނެތެވެ. ވަންޏާ މިހާރު މިތަނުން ފިލާފާނަމެވެ. ނަމަވެސް މިއީ މިއަދު އަހަރެންގެ ހާލެވެ…….. (ނުނިމޭ)
އެއްފަހަރަކު، މުސްކުޅި މީހަކު އޭނާގެ ފިރިހެން ދަރިފުޅާއެކުގައި ބާޒާރަށްދާން ނުކުމެއްޖެއެވެ. އޭގެ ދެބަފައިން ބާޒާރަށް ދިޔައީ ބާޒާރުން ގަންނަތަކެތި ގެއަށް ގެންނަން ފަސޭހައަކަށް އެބައިމީހުން ގެންގުޅޭ ހިމާރުވެސް ގޮވައިގެންނެވެ. އޭތީގެ ބުރަކަށި މައްޗަށް ލައިގެން މުދާގެއާ ހަމައަށް ގެނައުމަށެވެ. މުސްކުޅި މީހާ ދިޔައީ ހިމާރުގެ ލަގަނުގައި ހިފަހައްޓައިގެންނެވެ. އޭނާގެ ފަހަތުން އޭނާގެ ދަރިފުޅު އާދެއެވެ. އެ މަންޒަރު ބަލަން ތަންކޮޅެއް ދުރުގައި މީހަކު ހުއްޓެވެ. އޭގެދެބަފައިން އޭނާގެ ކައިރިން ދާންފެށުމުން އޭނާ ބުންޏެވެ. ” މިތިބަދާ ދެ […]