މާގަނޑުން ފައިބަމުންދިޔަ ފެންތަށް އެރީތި އޮމާން ދޮންމޫނުގައި ޖެހިފައި އޮހޮރިގެން އެދަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. މާގަނޑުދަށުގައި އެހެން އޭނާ ހުންނަތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ ހީވަނީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއްހެން ނެވެ. ލޮލުން ކަރުނަ އަޔަސް، އެކަރުނަތަށް ދަނީ އޮހޮރެމުންދާާ ފެންތަކާއި އެކުވެގެންނެވެ. ނަޔާގެ މުޅި ހަޔާތް އެވަނީ ވީރާނާ ވެފައެވެ. މިއޮއް ހުރިހާދުވަހު ބިނާކުރަމުން އައި ހުވަފެންތައް އެވަނީ ބިލާހަކަށް ވެފައެވެ. މުޅި އުމުރަށް ވޭނާއި ކެކުޅުން ތަކުގައި އުޅެން ޖެހިފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީއަނިޔާގެ ތީރުތަށް އޭނާއާ ދިމާލަށް ދިއްކުރާ ތަނެވެ. އެހެން ހީނުވާންވި ސަބަބެއް ނެތެވެ. އާއިލާގައި ހުރިހަމައެކަނި ދައްތަގެ ފިރިމީހާގެ ޝިކާރައަކަށް އެމައުސޫމް ކުއްޖާވާތާ މިހާރު 3 އަހަރު ވަނީއެވެ. މީހެއް ކައިރީ ބުނާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ގޭގައި އިތުރު މީހަކު ހުރީކީނޫނެވެ. ބައްޕަ ސާހީން އަކީ ދުބާއީގައި މަސައްކަތް ކުރާ ވިޔަފާރި ވެރިއެކެވެ. މަންމަ ހާފިޒާ އަކީ އޭޑީކޭ ގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ދެމީހުންކުރެ އެކަކުވެސް ނަޔާއަށް ދޭންޖެހޭވަރަށް ވަގުތެއް ނުދެވެއެވެ. އެހެންނޫނަސް އެމީހުން ވަގުތު ދޭނެހެއްޔެވެ؟ ނަޔާގެ ކިޔެވުން ހަލާކުވުމުން މަންމަމެން ނަޔާ ބާކީ ކޮށްލިއެވެ. އެމީހުން ގެ ހަޔާތުންނާއި އެމީހުން ގެ ދަތުރުތަކުން ނަޔާ ބާކީކުރީ އެހެން މީހުން ކުރިމަތީގައި އެމީހުން ލަދު ގަންނާތީކަން ނަޔާގެ ސިކުނޑިއަށް ވިސްނުނެވެ. އެކަމަކު އެހެންވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.؟ ދައްތަ ގެއަށް ވެއްދި މީހާގެ ސަބަބުންނެވެ. އޭނާގެ ވަކިތަކުގެ ދަށުގައި ނަޔާ ވާންފެށި ފަހުން ކިޔަވަން ޖެހޭވަރަކަށް ނުކިޔެވުނެވެ. ގްރޭޑް 9 އިން ފަށައިގެން “ޑީ” ރިޕޯޓް އަކައް ވެއްޓުނެވެ. އެންމެފަހުން އޯލެވެލް އިންވެސްް ފާސްވީ އެންމެ 2 މާއްދާ އިންނެވެ. ކޮންމެ ދުވަހަކު އެއަނިޔާތަކާ ކުރިމަތިލާން ޖެހޭއިރު ކިޔަވާނީ ކިހިނެއް ހެއްޔެވެ. ދޮންތަ މަސައްކަތް ކުރަނީ ކްލިނިކެއްގައެވެ. ގެއައް އާދެވެނީ ދަންވަރުއެވެ. އެނުބައި މިހާ ނަޔާއަށް ހަދާނެގޮތެއް ހަދާން ކިހާވަގުތެއް ލިބޭނެ ހެއްޔެވެ؟ ހީކަރުވާހެން ހިވުމުން ނަޔާ އަވަސް ކޮށްލައިގެން ގައިގައި ހުރިފެން ތަށް ފުހޭން އަވަސްވެގަތެވެ. ނަޔާގެ އެނާޒުކު ހަށިގަނޑުގެ އެތަން ތަނެއް ދުޅަވެ ބަޑި އަރައިފައި ވެއެވެ. “ބާތު ރޮބް” ގަޔަށް ހެޔޮވަރުކޮށްލައި އެނދުމަތީއޮތް ފާޒިލް ފެނިފައި ނަޔާ ހުއްޓުން އެރިއެވެ. ދެލޯ ބާރަށް ފިއްތާލީ އެވޭންތަށް މިރޭވެސް ތަހަންމަލް ކުރަން ޖެހޭނެތޯ ހިތާއި ސުވާލު ކުރަމުންނެވެ. އެޖާދުވީ ދެލޮލުން ކަރުނަ މުތީތަކެއްހެން ވިދަމުން ދިޔައިރުވެސް ފާޒިލް އައިސްފައިވާ ނުލަފާހިންޏަކަށް ބަދަލެއް ނާދެއެވެ. އެނދުގައި އޮތް ބެޑްޝީޓް އެއްކައިރި ކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ. ނަޔާގެ ދުލުން އެއްޗެކޭ ނުބުންޏަސް އޭނާގެ އެފެހި ކަޅިން ފާޒިލް އާދިމާލަށް ނުބަލައިވޭތޯ ބެލިއެެވެ. އެންމެފަހުން ފާޒިލް އެނދުން ތެދުވެ ނަޔާކައިރިއަށް އައިސް ނަޔާއެނދާ ދިމާލަށް ގެންދާން މަސައްކަތް ކުރިއެވެ. އޭރުވެސް ނަޔާ ދިޔައީ ގަދަދައް ނަމުންނެވެ. ރޮމުން އާދޭސް ކުރަމުން ނެވެ.. ކުއްލިއަކަށް ދޮރުހުޅުވާލި އަޑަށް ދެމީހުންނަށް ވެސް ބަލާލެވުނެވެ. ދޮރުމަތީ ދެލޯބޮދުކޮށްގެން އެހުރީ ނަޔާގެ ދޮންތައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ ބަލައިލީ ބިންމަތީއޮތް ފާޒިލް ގެ ގަމީހަށެވެ. އަދި ނަޔާގެ މުހިފައިވާ “ބާތު ރޯބް” އަށެވެ. ދޮންތަގެ ހައިރާންކަން ރުޅިއަށް ބަދަލުވީ ނަޔާގެ ލޮލުން އޮހެރެމުންދާ ކަރުނަތަށް ފެނިފައެވެ. ފާޒިލް ގަމީސްނަގައި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދޮންތަ ދޮރުމަތީ ހުރިނަމަވެސް އޭނާގެ ގަދަކަން މަތީ ދިޔައެވެ.ނަޔާއަށް ވެސް ދިޔައީ އިސްދަށަށް ޖަހައިގެން ހުރެގިސް ލެވެމުން ނެވެ. ދޮންތަ ފާޒިލްގެ ކުރި ބެއްދި އެވެ. ދެންއިވުނީ ފާޒިލްގެ ކޯމަތީ ދޮންތަގެ އަތްތިލައިން ވިއްލައިލި ހުނު އެތިފަހަރުގެ އަޑެވެ. ނަޔާ ބަލައިލިއިރު ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޮންތަ ސިޓިން ރޫމްއަށް ނިކުމެ ވަގުތުން ޕޮލިހަށް ގުޅިއެވެ. މަންމައަށް ވެސް ގުޅައިގެން ގެނައެވެ.އޭރުވެސް ނަޔާ ދިޔައީ ގިސްލާ ރޮމުންނެވެ. 3 އަހަރު ފަހުން ނަޔާގެ އުފާވެރި ހަޔާތް އަނދާއަޅިއަށް ވިގޮތް އެންމެން ކުރިމަތީ ނަޔާ ކިޔާދިނެވެ.އެދުވަހަކީ މަންމަ އާއި ބައްޕަގެ ހިމާޔަތުގެ ދަށަށް ނަޔާ އައި ދުވަހެވެ.. މިކަން މިގޮތަށް މެދުވެރިވާން ޖެހުނި ދެމީހުންގެ ފަރުވާކުޑާކަމުންކަން ހާފިޒާ އާއި ސާހީން އަށް އެނގުނެވެ. ޖެހިގެން އައި ދުވަހު ނަޔާގެ ބައްޕަ ސާހީން ވެސް މާލެ އައެވެ. އެދުވަހު ފާޒިލްގެ މައްސަލަ ތަހުޤީގު ކުރަން ފަށައި އޭނާގެ ބަންދަށް 2 މަސްދުވަސް ޖެހިއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ވެދިޔަ ކަންކަން އަނބުރައި އިއާދައެއް ނުކުރެވޭނެއެވެ. ނަޔާ މީހުންގެ ތެރެއައް ނިކުތުމަށް ބޭނުންވަނީ ކުޑަ ހިއްވަރެކެވެ. އެއީ ނަޔާ 3 އަހަރު ވާދެކަށް ކުރި ހިއްވަރެވެ. މިއަދުވެސް އޭނާގެ ލޮލުގައި ފިޔަޖަހަމުން އެދަނީ ހަމަ އެހިއްވަރެވެ.
ގަޑި ކުޑަތަން ވަނީއެވެ. އަހަންނަށް ހަމަބެލެނީ ގަޑީގެ ސިކުންތު ކައްޓަށެވެ.ހިތުގެ ތެޅުން އަވަސްވާވަަރަކަށް ނޭވާވެސް ދިޔައީ އަވަސް ވަމުންނެވެ.ދެން އަހަރެން ކުރާނީ ކީހެއްޔެވެ؟ ދާކަށް ބޭނުމެއްނެތެވެ. ނުގޮސް ވާކަށްނެތެވެ.. ދާއިން އާހެދި އަހަރެން ގެ މުޅިހަޔާތް މިއޮތްގެން ހަލާކު ވަނީއެވެ. އެ ފޮޓޯތައް އޭނާ ލީކު ކޮށްފިނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ދާއިން ދެއްކިހާ އައްޔަކަށް ދުވަމުން މިދަނީވެސް އެސަބަބާ ހެދިއެވެ. އެހެން ނޫނީ އޭނާ ފުލުން، ބުނާހާކަމެއް ކުރަމުން ދިއުމުގެ ބެނުމަކީ ކޮބާހެއްޔެވެ؟ އަހަރެމެން ދެމީހުންގެ ކުރީގެ ގުޅުމެއް ކުލާހު އެއްވެސް ކުއްޖަކަށް ނޭނގޭނެއެވެ.އެހާމޮޅުވެގެން އެއުޅެނީ އެހެން ވެގެންނެވެ.ރަށުުުުުުުު ސްކޫލު އުޅެފައި މާލެއަށް 10 އަކަށް ބަދަލު ވެވުމަކީ ލިބުނު އެންމެބޮޑު ނަސީބޭ ހިތަށް އެރިއެވެ. ނަމަވެސް މާލެއަށް ބަދަލުވިތާ 3 މަސް ފަހުން ކުލާހުގައި ދާއިން އިންތަން ފެނުންވީ ވިހަލާ ހަރުފައެއް ދަތް އެޅުން ފަދަ ކަމަކަށެވެ.އަހަރެންގެ މުޅި ހަޔާތަށް ވިހަލީ އޭނާއެވެ.އެނުބައި މަކަރުވެރި މީހާއެވެ. ފުރަތަމަ ކުލާހުުގައި ދާއިން އަހަންނާ ވަރަށް ގާތް ކަމަށް ދައްކަން އުޅުނެވެ. ނަމަވެސް އަހަރެން އިޖާބަނުދިނުމުން ޖެއްސުން ކުރަންފެށީއެވެ. އެފޮޓޯތަކުގެ ބިރު އަނިއްކާވެސް ދަށްކަން ފެށީއެވެ. ………………………… އަހަރެން ދާއިންއާއި ރައްޓެހިވީ ގްރޭޑް 7 ގައި އުޅެމުންނެވެ.. ފުރާވަރު އުމުރަށް ނޭޅެނީސް ފެށި މިގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ކުރީ އިންކާރެވެ.މަންމަމެންގެ އަބަދުގެ ވާހަކަ އަކަށްވީ ކުޑައިރު މީހަކާ ރައްޓެހިވެ ލޯބީގެ ގުޅުމެއް ފެށި ވާހަކައެވެ. ބޮޑުނުވަންދެން ބޮޑުވިވާހަކައެވެ. ނަމަވެސް އަރެން ދާއިން ދެކެ އިންތިހާއަށް ލޯބިވީމެވެ.އަހަން ނަށް ލޯބިވާން އޭރު ނޭނގެޔޭ މިހާރު ހިތަށް އަރައެވެ. މަންމަމެން ކިތަންމެ ނުރުހުންވެ އެއްޗިހި ކިޔަސްއަރުމެންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ.ދެމީހުން ބައްދަލު ކުރަނީ ކުލާހުންނެވެ. ކިޔަވާދޭ ގަޑީގައި ދެމީހުން ދެމިހުންނަށް ބަދަލުކުރާ ބެލުންތަކާއި ހިނިތުންވުންތަކާއި ގަނޑުގަަނޑުކޮޅު ތަކުން ދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. 7 ނިމި 8 އަށް ދިޔަ އަހަތު ދެމިހުންގެ ގުޅުމަށް 1 އަހަރު ވިއެވެ. 8 ގެ އަހަރު މަންމަ ކައިރީ ފޯނެއް ގަނެދިނުމަށް ކީމެވެ. ބަައްޕައަށްވެސް އުނދަގޫ ކުރީމެވެ. މަންމަ އިންކާރު ކުރިނަމަވެސް ބައްޕަ ކުރީން ގެންގުޅުނު ފޯނު އަހަންނަށް ދިނެވެ. އެއީވެސް ސްމާޓް ފޯނެއްކަމުން، ކިތަންމެ ބާވެފައި އޮތަސް ހިންހަމަ ޖެހުނެވެ.ނަމަވެސް އެފޯނުވީ އަހަރެންގެ ހަޔާތް ވިހަކަށި ތަކަކުން ފުރިފައިވާ ވަޅުގަނޑަކަށް ވައްޓައިލި އެއްޗަކަށެވެ. ފުރަތަމަވެސް ފޯނު ހުޅުވައިލައިފައި ކޯލް ލޮގުގައި ޖެހުނީ ދާއިންގެ ނަންބަރެވެ. ހިތްބޭނުންވި އަޑު ކަންފަތުގައި ޖެހުމުން ހުވަފެނީ ދުނިޔެއަށް ޣަރަގުވިއެވެ.އެޖާދުވި އަޑުއަހަން އެރޭ ދަންވަންދެން އޮތީމެވެ. ވަރަށް މިނިވަން ކޮށެވެ. މަންމަގެ ފޯނުން ގުޅަަން ވެއްޖެނަމަ ހުންނަން ޖެހެނީ އަބަދު ސިހި ސިހިއެވެ. އޭގެފަހުން އަހަރެމެން ކޮންމެރެއަކު ވާހަކަ ދައްކަމެވެ. ދާއިން ބުނާ ކޮންމެ ކަމެއް ކުރަން ފަށައިފީމެވެ. ދާއިންގެ އެދުމުގެ މަތިން މެސެންޖާ އަދި ވައިބަރ ވެސް ބޭނުން ކުރަން ފެށީމެވެ. އަދި ދާއިން އަހަންނަށް ފޭސްބުކް އައިޑީއެއް ވެސް ހުޅުވައި ދިނެވެ.ގޭގައި ވައިފައި ހުންނާތީ ކިޔެވުމުގެ ބަހަނާގައި ދެންކުރަން ފެށީ އެކަންތަކެވެ.. ދާއިން ބުނާއެއްވެސް ކަމަކަށް އިންކާރު ނުކޮށް ކޮންމެ އެދުމަކަށް އާބަސް ބުނަން ފެށީވެސް އެހިސާބުންނެވެ…….. (ނުނިމޭ)
ހިޔާލި ދުނިޔެއިން ބޭރަށް ފީނައިގަންނަން އެނގުނީ ރަނގަބީލުގެ އަޑު އިވުމުންނެވެ. އޭރު ނާޒިމް ސޯވެސް ބޯޑު ފުހުމަށް ފަހު ފޮތްތަށް ހިފައިގެން ބޭރަށް ހިނގައި ގަންނަނީއެވެ. ވަށައިގެން ހޯދާލެވުނީ އޭނާ އިންތޯއެވެ. ނަސީބެކެވެ. ބޭރަށް ދިޔަަގޮތަކަށް އަދި ނާދެއެވެ. ހިތާއި ހިތުން ދުއާ ކޮށްލެވުނީއޭނާ ދުވަހަކުވެސް ލޯމަތިން ނުފެނުމަށެވެ. އެނާކުރާ އުނދަގޫތަކާއި ޖެއްސުންތަށް ހަނދާން ވުމުން އަމިއްލަ ނަފްސު ދެކެ ފޫހިވެއެވެ. މިހަޔާތް ލިބުނި ކީއްވެތޯ ސުވާލު އުފެދެއެވެ. ހިތުގައިވާ އިހުސާސް ތަށް ކިޔާދޭނެ އެކުވެރިއެއް ވެސް އެނާއާ ހެދި ނުހުރެއެވެ. ވާނީވެސް އެހެންތާައެވެ. މީހުންގެ ކުރިމަތީގައި އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. އަހަރެން އިސްތިހާރު ކޮށްފައިހުންނަނީ ނުރައްކާތެރި މީހެއްގެ ގޮތުގައެވެ. ކުލާހުގައިވެސް އަހަރެން ކައިރީ އިންނާނެ ކުއްޖަކު ނުވެއެވެ. ގުރޫޕް މަސައްކަތަކީ އަހަރެން އެންމެ ފޫހިވާ ކަންތަކެވެ. އެއްވެސް ކުއްޖަކު އަހަންނާ އެކީ މަސައްކަތް ކުރާކަށް ބެނުމެއް ނުވާނެއެވެ. “ހަނާ!…” ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި އަވަސް އަވަހަށް ފުހެލީ ދިވެހި މުދައްރިސް ގެ ހަރުކަށި އަޑު އިވުމުންނެވެ. “ކޮން ދުނިޔެއެއްގަ ތިއުޅެނީ….. މިހާރު ގޮވާތާ ކިހާއިރެއް… ކިތަށްްފަހަރު ބުނާނީ މިސް މިދައްކާ ވާހަކަ ތަށް އަޑުއަހާށޭ.. އެއްޗެއް ނޭނގޭތާ އަޑުއަހަން ވީނު…” މިސްގެ އެހަރުކަށި ބަސްތަކުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ދިޔައީ ގިނަވަމުންނެވެ. ކަރުނަ ފުހެލުމަށްފަހު ބެލީ ހަމަޖެހިލެވޭ ތޯއެވެ. ނަމަވެސް އިސްއުފުލާލަން ނުކެރިފައި އިނީ އެހެން ކުދިންގެ ބެލުން އަހަންނަށް އަމާޒުވެފައިވާތީއެވެ. ކޮންމެ ކުއްޖަކުވެސް ހިނިއައިސްފައި، ކައިރީގައި އިންނަ ކުއްޖާއާ ވާހަކަ ދައްކަމުން ދިޔައީ އަހަންނާ ބެހޭ ގޮތުންނެވެ. އެކަން ޔަގީންވަނީ ކޮންމެ ކުއްޖަކުވެސް އަހަންނަށް ބަލާފައި ހެތީއެވެ. ޔަގީނެވެ. އެދައްކަނީ އެވާހަކައެވެ. އަނިއްކާ އެފޮޓޯ ލީކުކޮށްލީ ހެއްޔެވެ.ނޫނެކެވެ. އެހެން ވެޖެނަމަ ދެނެއް ސުކޫލަކަށް ނާންނާމަވެ.ދުނިޔޭގައި ނޫޅޭނަމެވެ. ބާރުއަޑާ އެކު ދޮރު ހުޅުވާލުމަށްފަހު ކުލާހަށް ވަދެގެން އެއަންނަނީ އޭނާއެވެ. އެ ދެލޮލުގައި ވަނީ މަކަރުވެރިކަމެވެ.”ދާއިން!!! ސަލާންވެސް ގޮވަން ނުޖެހޭތަ؟”މިސް މިހެން ބުނުމާއެކު އަނބުރާގޮސް ސަލާން ގޮވުމަށް ފަހު އެއަންނަނީ އަހަރެންގެ ޑެސްކާ ދިމާލަށެވެ. އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. އެއައިގޮތަށް އައިސް އަރެންގެ މޭޒުމައްޗަށް ވައްޓާލީ ގަނޑު ކޮޅެކެވެ. ހީފައިހުރެއެވެ. ދެން އޭނާ ހިނގައިގަތީ އަހަރެންގެ ފަހަތުގައި ހުންނަ އޭނާގެ ޑެސްކަށެވެ. އޭނާ އެދިން ގަނޑުކޮޅުގައި އަހަރެން އަތްވެސް ނުލަމެވެ..އިސްއުފުލާ ބަލާވެސް ނުލަމެވެ. ބިރުން ހިއްތެޅޭއަޑު އަހަންނަށް ވެސް އިވޭކަހަލައެވެ. ސިއްސައިގެން ދިޔައީ ގޮނޑީގައި މީހަކު ޖެހުމުމުންނެވެ. އޭގެމާނަ އަކީ ކޮބައިކަން ވަގުތުން އަހަރެންގެ ހާސްވެފައިވާ ސިކުނޑިއަށް ނަގައިގަނެވުނެވެ. ވަގުތުން ގަނޑުކޮޅު ނިއުޅުވައިލައި ބަލައި ލީމެވެ. އަތް ފިނިވެގެން ދިޔައީ ލިޔެފައި އޮތްއެތި ފުނުމުންނެވެ.” ދެން އޮތްގަޑީ ފާހާނާއަށް ދާތި..” ކުރާނެ ކަމެއް ނޭނގުނެވެ. ހާސްވާން ފަށައިފިއެވެ. ގަޑި ނިމެން ބާކީ އޮތީ 5 މިނުޓެވެ. އަަހަރެން ދާކަށް ބޭނުމެއް ނެތެވެ. ވަންޏާ މިހާރު މިތަނުން ފިލާފާނަމެވެ. ނަމަވެސް މިއީ މިއަދު އަހަރެންގެ ހާލެވެ…….. (ނުނިމޭ)