Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

މަށަކީވެސް މީހެއް….1

hash Level 1
July 26, 2018 One Min Read
16 Comments

ހިޔާލި ދުނިޔެއިން ބޭރަށް ފީނައިގަންނަން އެނގުނީ ރަނގަބީލުގެ އަޑު އިވުމުންނެވެ. އޭރު ނާޒިމް ސޯވެސް ބޯޑު ފުހުމަށް ފަހު ފޮތްތަށް ހިފައިގެން ބޭރަށް ހިނގައި ގަންނަނީއެވެ. ވަށައިގެން ހޯދާލެވުނީ އޭނާ އިންތޯއެވެ. ނަސީބެކެވެ. ބޭރަށް ދިޔަަގޮތަކަށް އަދި ނާދެއެވެ. ހިތާއި ހިތުން ދުއާ ކޮށްލެވުނީއޭނާ ދުވަހަކުވެސް ލޯމަތިން ނުފެނުމަށެވެ. އެނާކުރާ އުނދަގޫތަކާއި ޖެއްސުންތަށް ހަނދާން ވުމުން އަމިއްލަ ނަފްސު ދެކެ ފޫހިވެއެވެ. މިހަޔާތް ލިބުނި ކީއްވެތޯ ސުވާލު އުފެދެއެވެ. ހިތުގައިވާ އިހުސާސް ތަށް ކިޔާދޭނެ އެކުވެރިއެއް ވެސް އެނާއާ ހެދި ނުހުރެއެވެ. ވާނީވެސް އެހެންތާައެވެ. މީހުންގެ ކުރިމަތީގައި އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. އަހަރެން އިސްތިހާރު ކޮށްފައިހުންނަނީ ނުރައްކާތެރި މީހެއްގެ ގޮތުގައެވެ. ކުލާހުގައިވެސް އަހަރެން ކައިރީ އިންނާނެ ކުއްޖަކު ނުވެއެވެ. ގުރޫޕް މަސައްކަތަކީ އަހަރެން އެންމެ ފޫހިވާ ކަންތަކެވެ. އެއްވެސް ކުއްޖަކު އަހަންނާ އެކީ މަސައްކަތް ކުރާކަށް ބެނުމެއް ނުވާނެއެވެ. “ހަނާ!…” ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި އަވަސް އަވަހަށް ފުހެލީ ދިވެހި މުދައްރިސް ގެ ހަރުކަށި އަޑު އިވުމުންނެވެ. “ކޮން ދުނިޔެއެއްގަ ތިއުޅެނީ….. މިހާރު ގޮވާތާ ކިހާއިރެއް… ކިތަށްްފަހަރު ބުނާނީ މިސް މިދައްކާ ވާހަކަ ތަށް އަޑުއަހާށޭ.. އެއްޗެއް ނޭނގޭތާ އަޑުއަހަން ވީނު…” މިސްގެ އެހަރުކަށި ބަސްތަކުން ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ދިޔައީ ގިނަވަމުންނެވެ. ކަރުނަ ފުހެލުމަށްފަހު ބެލީ ހަމަޖެހިލެވޭ ތޯއެވެ. ނަމަވެސް އިސްއުފުލާލަން ނުކެރިފައި އިނީ އެހެން  ކުދިންގެ ބެލުން އަހަންނަށް އަމާޒުވެފައިވާތީއެވެ. ކޮންމެ ކުއްޖަކުވެސް ހިނިއައިސްފައި، ކައިރީގައި އިންނަ ކުއްޖާއާ ވާހަކަ ދައްކަމުން ދިޔައީ އަހަންނާ ބެހޭ ގޮތުންނެވެ. އެކަން ޔަގީންވަނީ ކޮންމެ ކުއްޖަކުވެސް އަހަންނަށް ބަލާފައި ހެތީއެވެ. ޔަގީނެވެ. އެދައްކަނީ އެވާހަކައެވެ. އަނިއްކާ އެފޮޓޯ ލީކުކޮށްލީ ހެއްޔެވެ.ނޫނެކެވެ. އެހެން ވެޖެނަމަ ދެނެއް ސުކޫލަކަށް ނާންނާމަވެ.ދުނިޔޭގައި ނޫޅޭނަމެވެ.

ބާރުއަޑާ އެކު ދޮރު ހުޅުވާލުމަށްފަހު ކުލާހަށް ވަދެގެން އެއަންނަނީ އޭނާއެވެ. އެ ދެލޮލުގައި ވަނީ މަކަރުވެރިކަމެވެ.”ދާއިން!!! ސަލާންވެސް ގޮވަން ނުޖެހޭތަ؟”މިސް މިހެން ބުނުމާއެކު އަނބުރާގޮސް ސަލާން ގޮވުމަށް ފަހު އެއަންނަނީ އަހަރެންގެ ޑެސްކާ ދިމާލަށެވެ. އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ. އެއައިގޮތަށް އައިސް އަރެންގެ މޭޒުމައްޗަށް ވައްޓާލީ ގަނޑު ކޮޅެކެވެ. ހީފައިހުރެއެވެ. ދެން އޭނާ ހިނގައިގަތީ އަހަރެންގެ ފަހަތުގައި ހުންނަ އޭނާގެ ޑެސްކަށެވެ. އޭނާ އެދިން ގަނޑުކޮޅުގައި އަހަރެން އަތްވެސް ނުލަމެވެ..އިސްއުފުލާ ބަލާވެސް ނުލަމެވެ. ބިރުން ހިއްތެޅޭއަޑު އަހަންނަށް ވެސް އިވޭކަހަލައެވެ. ސިއްސައިގެން ދިޔައީ ގޮނޑީގައި މީހަކު ޖެހުމުމުންނެވެ. އޭގެމާނަ އަކީ ކޮބައިކަން ވަގުތުން އަހަރެންގެ ހާސްވެފައިވާ ސިކުނޑިއަށް ނަގައިގަނެވުނެވެ. ވަގުތުން ގަނޑުކޮޅު ނިއުޅުވައިލައި ބަލައި ލީމެވެ. އަތް ފިނިވެގެން ދިޔައީ ލިޔެފައި އޮތްއެތި ފުނުމުންނެވެ.” ދެން އޮތްގަޑީ ފާހާނާއަށް ދާތި..” ކުރާނެ ކަމެއް ނޭނގުނެވެ. ހާސްވާން ފަށައިފިއެވެ. ގަޑި ނިމެން ބާކީ އޮތީ 5 މިނުޓެވެ. އަަހަރެން ދާކަށް ބޭނުމެއް ނެތެވެ. ވަންޏާ މިހާރު މިތަނުން ފިލާފާނަމެވެ. ނަމަވެސް މިއީ މިއަދު އަހަރެންގެ ހާލެވެ……..

(ނުނިމޭ)

 

Share Article

Follow Me Written By

hash

Level 1

hi all.. I am 15 and i study grade 10 in Maavashu school.. i love reading and writing... hope u guys will like my stories..plx leave a feedback.. ur feedback is always my success..??

Other Articles

Previous

ލުޤުމާނުލް ޙަކީމު

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 1

Next
July 26, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 1

Previews
July 26, 2018

ލުޤުމާނުލް ޙަކީމު

16 Comments!

  1. Baby Girl says:
    July 26, 2018 at 9:24 am

    Vrh reethi..when next part…curiously waiting waiting

  2. Twinkle? says:
    July 26, 2018 at 10:21 am

    Yay I’m first dhw

    1. hash says:
      July 27, 2018 at 4:57 am

      haha..congra..ur are my first ever..this is my first story and inshaallah it will be coming more..thnkss for readling all..and twinkle thnks….<3

  3. Twinkle? says:
    July 26, 2018 at 10:25 am

    Alhey v kiyaa hiyy vey eba… specially hagygy stry eh v ma… curiously waiting for the nxt part??????

    1. hash says:
      July 27, 2018 at 4:58 am

      insha allah tomorrow upkoh dheynan

  4. naash says:
    July 26, 2018 at 10:30 am

    twinkle sis first dhw…. mii second… wow wonderful stry…. waitng 4 nxt part

    1. hash says:
      July 27, 2018 at 4:59 am

      insha allah tomorrow upkoh dheynan …thanks naash..hope u will read mmy stories more..:)

  5. dhonkanbulo says:
    July 26, 2018 at 11:47 am

    Ey. V salhi mivaahaka kuriahh midhaa goii.. v kiyaa hiyy vey eba. Waiting 4 da nxt prt

    1. hash says:
      July 27, 2018 at 5:05 am

      Thnks sooo much dhonkanbulo??
      Insha allah tomorrow next part up kohdheveytho balaanan..

  6. hash says:
    July 27, 2018 at 5:10 am

    Hi all.. This is my first story which I’m uploading.. Hope all of u will like my story and will be reading them.. Plx comment ur ideas and I’ll try to make my stories better than next.. Thnkx all.. ??
    =hash=

  7. Mishkaa says:
    July 27, 2018 at 9:32 pm

    Varah salhi

    1. hash says:
      July 28, 2018 at 10:39 am

      thnk u.. 😉

  8. Musai Fa says:
    August 14, 2018 at 6:15 pm

    Hey inba the thiyaa?? ☺Maasha allah v rythi story ingey….

    1. hash says:
      August 14, 2018 at 6:52 pm

      aan mihaaru engijje.., musai dhw…alhey v happy vejje kiyaleema…???

    2. hash says:
      August 14, 2018 at 6:53 pm

      and thnks for reading..plx keep reading ingey.. ??

  9. rai says:
    August 28, 2018 at 11:35 am

    wowowowo..******

Comments are closed.



All Right Reserved!