Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރި

ހަޔާތަށް އައި ގިލަންވެރިކަން

Saraa Level 910 Stories100 Comments100 Login500 Comments500 Login
August 5, 2018 One Min Read
9 Comments

ފަރުވާ ހޯދައިގެން ރަށަށް އެނބުރި އައިތާ3 ހަފްތާ ވެގެން ދިޔާ ވަރަށްވެސް އަމާން އޮމާންކަންމަތީއެވެ. އެހެންނަމަވެސް ހިތާމައަކީ އެ އުފާވެރިކަން މާގިނަދުވަހަށް ދެމިގެން ނުދިޔުމުންނެވެ. ތަވީދެއްގެ އެހީގައި އުޅެމުން އަންނަނިކޮށް ދެވަނަ ދަރިފުޅުގެ ތަވީދު މޮހިގެން ވެއްޓުނީއެވެ. ދަވީދު ވެއްޓުނުދާ 1 ގަޑިއިރުވެސް ނުވަނިން އުނދަގޫތަށް ކުރިމަތިވާންފެށިއެވެ.

އޭގެ އިރުކޮޅެއްފަހުން ދޮށީދަރީގެ ކަރުގައި އަޅާފައިވާ ތަވީދު މަޑުމަޑުން ހަށިގަޑުން ވަކިވެގެން ބިންމަށްޗަަށް ވެއްޓުނެވެ. އާއިލާގެ ބޮޑެތި މީހުންގެ މެދުގައި މަޝަވަރާކުރުމަށްފަހު ލަންކާއިން ފަރުމާހޯދި މީހާއަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނެވެ. ފާލުބެލުމުން އެނގުނު ގޮތުގައި ތަވީދު ހަށިގަޑާ ވަކިވިވަގުތު ސިހުރުގެ ސަބަބުން ގޭތެރޭ ހައްޔަރުވެފައިވާ ރޫހެއް ހަށިގަނޑަށް ބާރުފޯރުވީއެވެ.

ދުވަސަވަރަކީ ޓެސްޓު ދުވަސްވަރަށް ވުމުން އާއިލާއިން ނިންމީ ރާއްޖެއިން ރުގުޔާ ކުރާ މީހެއްގެ އެހީ ހޯދާށެވެ. އެގޮތުން ށ.މިލަންދޫގައި ދިރިއުޅޭ މައްޝޫރު ރުގުޔާ ކުރާ 3 މީހަކު ގެނެސްގެން ރުޤުޔާ ކުރިއެވެ. ނަތީޖާއަކަށްވީ 4 ދުވަހުގެ ބުރަމަސެއްކަތުން  ދެކުދިންނަށްވެސް އަލިމަގެއް ފެނިގެން ދިޔުމެވެ.

ދުވަހުގެ އިރު އަރައިގެން އަންނާނީ އަބަދުވެސް ކޮންމެސް އެއްބަޔެއްގެ ހަޔާތަށް ކަނު އަދިރިކަން ގެނެސްދީ އަނެއްބައެއްގެ ހަޔާތް ދިއްލައިދެމުންނެވެ. ދުވަސްގަޑަކަށްފަހު އެއްދުވަހަކު ކުލާހުގައި އިންދާ ދޮށީ ދަރިފުޅު ނޭވައި ހާސްވެގެން ގެޔަށް ފޮނުވާލެވުނެވެ. އެދުވަހު އޭނާގެ ގާތުގައި ރުގްޔާ ކުރުމުން މީހާ ހަމަޔަކަށް އެޅިގެން ދިޔައެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން ނޭވައި ހާސްވެ މީހާ ތެޅިފޮޅިހަދައެވެ. ކަން މިހެން އޮތް އިރުވެސް އާއިލާއިން ހިތްވަރު އެލުވާނުލާ ދަރިން އެކަމުން ސަލާމަތް ކުރުމަށް ކުރެވެން އޮތްކަމެއް ކުރަމުން ދިޔައެވެ.

2017 ވަނަ އަހަރުގެ ރޯދަމަހުގެ ތެރެއިން ދުވަހެއްގެ ރޭގަނޑު ދޮށީދަރިފުޅަށް ސިއްސައިގެން ގޮސް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އެއިރު މެނަދަމުން އަލިވެ 3 ޖަހަނީއެވެ. ދުވެފައިގޮސް މަންމަމެންބަޔަށްވަދެ މަންމަގެ ގައިގާ އޮޅުލައިގަނެގެން ގިސްލަ ގިސްލާފައި ރޯންފެށުމުން އެމަންމައަށް ކުރާނެ އަސަރަކީ ކޮބައިތީއެވެ. އެތަށް އިރަކު ވާހަކަ ދައްކައިގެން މީހާހަމަޔަކަށް އެޅި ހުވަފެނުގެވާހަކަ މަންމައާއި ބައްޕައަށް ކިޔައިދިނެވެ.

އެހުވަފެން ފެނުމުގެ 3 ދުވަސްކުރިން ލަންކާއިން ރުގްޔާކުރާ މީހާގުޅާ އި ދޮށީދަރިފުޅު ނުރައްކަލަށް ނުށައެޅިފަިވާވާހަކަ ވަނީބުނެފައެވެ. އަދި ފާޑުފާޑުގެ ހުވަފެން ފެންނާނެކަމަށާއި ބިރުނުގަތުމަށްވެސް ވަނީ ބުނެފައެވެ. ލަންކާގައި ހުއްޓުމެއްނެތި ކުރަމުންދިޔަ މަސެއްކަތުން ދޮށީދަރިފުޅުގެ ފުރާނަ ނުރައްކަލުން ބޭރުވެގެން ދިޔައެވެ. އެހެންނަމަވެސް ކުރިޔެކޭވެސް އެއްފަދައިން ނޭވައި ހާސްވެއެވެ.

އެތަށް ދުވަހެއްގެ ބުރަ މަސެއްކަތުން ދޮށީދަރިއަށް ލިބެމުން އައި ވޭން ލުއިވެގެން ދިޔައިރުން ހަގަށް ދެވަނަދަރިފުޅު ލޮލުގައި ރިއްސާތީ ރެއާދުވާޅު ރޮނީއެވެ.

އަދި އަދަށް ދާންދެންވެސް މިއާއިލާއަށްވަނީ މިކަމުން ސަލާމަތް ނުވެވިފައެވެ. މިއަދާ ހަމަޔަށް ކަންތަށް ގޮސްފައިވާ ހިސާބަށް ބަލާލާއިރު ދަރިންގެ ކިބައިން ފެށުނު މިކަންތަކުގެ ހަގީގަތަކީ އެކުދިންގެ މާމައަށް ހަދާފައިވާ ފަންޑިތައަކާއި އާއިލާއަށް ހަދާފައިވާ ސިހުރެކެވެ. މިކަމުގެ ޝިކާރައަށް ދަރިން ވެފައި ވާއިރު މިހާރު އެވޭނުގައި އުޅެމުން ދަނީ ހަމައެކަނި ދަރިންނެއްވެސް ނޫނެވެ. މުޅިއާއިލާ ކަހަލަ ގޮތަކަށެވެ. ދުއާއަކީ މިއާއިލާ މިމުސީބާތުން ސަލާމަތް ކޮށްދެއްވުމެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ފުން އިހުސާސެކޭ 13

Next

ހިތުގެ ތެޅުން 9

Next
August 6, 2018

ހިތުގެ ތެޅުން 9

Previews
August 5, 2018

ފުން އިހުސާސެކޭ 13

9 Comments!

  1. Vaph says:
    August 5, 2018 at 1:03 pm

    Mi part Wes varah reethi. Vaahaka ehkoh mi nimuny tha??

    1. saraahu says:
      August 5, 2018 at 3:01 pm

      yeah…….

  2. saraahu says:
    August 5, 2018 at 3:07 pm

    here is the stry.. hope you guys will like it.. sry for been late… alhugadu rashun beyruga ulhen jehumuge sababun vaahaka up koh nulevunee

  3. Moana says:
    August 5, 2018 at 4:11 pm

    Mee story eh tha or haqeeqee haadhisa eh tha
    Stry ey mi buny khiyaalee stry eh hey mee
    Aslu mi stry ehaa shauqu veri eh noon
    Ehaa kiyaa hiyvaa gothakah noon huriyyeh
    Sorry to say but this is my opinion
    Varah boring vey please make the mistake correct
    Don’t mind ngey
    Hama bunely dhen

    1. saraahu says:
      August 5, 2018 at 8:29 pm

      mistakes hedigen ragalhu kureveynee vx. this is my first. so thnkx for the cmmnt.. i will try hard next time.. yeah its true stry

  4. Neera says:
    August 5, 2018 at 5:48 pm

    Varah reethi Vefa varah realistic mi vaahaka.. ❤️❤️❤️❤️Sis

    1. saraahu says:
      August 5, 2018 at 8:30 pm

      thnkxx sis..

  5. Afaf. says:
    August 5, 2018 at 8:43 pm

    Varah reethi maasha Allah keep it up.

    1. dhiraa wish says:
      March 14, 2019 at 6:29 pm

      thnks

Comments are closed.



All Right Reserved!