އަނެއްދުވަހުގެ ހަވީރު އަހަރެން އިނީ އަހަރެން އުޅޭ ގެ ކައިރި އިން ޖޯލިފަތީގައެވެ. އަހަރެން އިންތިޒާރު ކުރަމުން އައީ ޖަޒްވާގެ ޖަވާބަކަށެވެ. އަހަރެން ލޮލުގައި އަޅައިގަތީ އީމާ އަންނަ ތަނެވެ.
” ކޮބާ؟ ޖަވާބެއް ލިބުންތަ؟ ” އަހަރެން ވަރަށް އުއްމީދާއެކު އީމާ އައިސް އަރާ ހަމަކުރިތަނުން އެހީމެވެ.
“ނޫން… ޖަޒްވާ ބުނީ އަދި ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާ ވާހާކަ ” ޖަވާބުގައި އީމާ ބުންޏެވެ.
މައްސަލައެއް ނެތެވެ. އަހަރެން ޖަޒްވާގެ ލޮއެއްބަށް އިންތިޒާރުކުރާނަމެވެ. އަހަރެން މުޅި އުމުރު ހޭދަކުރަން ބޭނުންވަނީ ޖަޒްވާޔާ އެކުގައެވެ.
ހަމަ އެދުވަހު ފިނިކޮއްލުމަށް އަހަރެން ދިޔައީ އަތިރިމައްޗަށެވެ. ހަމަ އެވަގުތު ޖަޒްވާވެސް އެތަނަށް އައެވެ. އަހަރެން ޖަޒްވާގެ ކައިރިއަށް ދިޔައިމެވެ.
” ހާއި….ހާދަ މީރުވަހެކޭ އެދުވަނީ ” ޖަޒްވާ އެއަޑަށް ބަލާލިއެވެ.
އަހަރެން ޖަޒްވާގެ މޫނުމަތީ އަތް އެޅީމެވެ. އަދި ޖަޒްވާ އަހަންނާ ދިމައަށް އެނބުރިލިއެވެ.
” ހުޒާމް މީހަކަށް ފެނިދާނެ. އެހެން ނޫނަސް ރަށުން ބޭރު މީހަކާ އަހަރެން ކިހިނެތް ރައްޓެހިވާނީ؟ ހީކުރީތަ ތަންކޮޅެއް ފައިސާ ގިނަވީމަ ބޭނުންހާ އެއްޗެއް ހެދޭނެ ކަމަށް؟” އަހަންނަށް ހީވީ ގައިގެ އެކި ތަންތާ ހަންޖަރަކުން އަނި އަޅާފަ އެތަންތަނަށް ލޮނުމިރުސް އެޅިހެނެވެ. ވަރަށް އަސަރު ކުރިއެވެ.
” އޯކޭ… އޯކޭ ޖަޒްވާ އަހަރެން ހިއެއް ނުކުރަން މި ކުޅެވުނީ ކުޅިވަރެއް ކަމަކަށް. އަހަރެން ޖަޒްވާގެ ސިޓީއަކަށް އިންތިޒާރު ކުރާނަން. އަދި އަހަރެން މި ރަށުން ފުރައިގެން ދާނީވެސް ޖަޒްވާގެ ޖަވާބެއް ލިބުނީމަ. އެ ޖަވާބު ލިބޭގޮތަކުން އަހަރެން ބަލާނަން އަހަންނަށްވެސް މި ކުޅެވުނީ ކުޅިވަރެއް ކަމަށް” އަހަރެން ވަރަށް އަސަރާއެކު އެހެން ބުނެފައި އެތަނުން ދިޔައިމެވެ.
އެރޭވެސް އަހަރެން ނިދަން ވަރަށް މަސަކަތްކުރީމެވެ. ހަމަ އެއްވެސް ވަރަކަށް ނިއްޖެއް ނާދެއެވެ. އަހަރެން ތެދުވުމަށް ފަހު ބޭރަށް ނިކުތީމެވެ. މުޅި ރަށްވަނީ ހަމަހިމޭންކަންމަތީއެވެ. ބޭރު ޖޯލިފަތީގައި އަހަރެން އޮއްވައި އަހަންނަށް ނިދިޖެހެން ފެށިއެވެ. އަހަންނަށް ހޭލެވުނީ މާޒިން އައިސްސަ އަހަނަށް ގޮވިތަނުންނެވެ.
” އޭ ކިއްވެފަ މިތާ؟ ”
” ކަމެއް ނުވެ. ޖައްސާލާ އޮއްވަ ނިދުނީ.” އަހަރެން ތެދުވަމުން ބުނީމެވެ.
ފާހަނައަށް ވަދެ ފެންވަރާލައިގެ ނިކުތްއިރު ވަރަށް ހިނިއއިސްސަ މާޒިން އިނެވެ.
” ހުޒާމް އިއްޔެ ޖަޒްވާޔާ މީޓް ކުރިން ދޯ؟”
“އާނ…. އެކަމް އަހަންނަށް ހީވީ އެގަޑީގައި ބޮލުގައި އެއްޗަކުން ޖެހިހެން. ވަރަށް އެހެން ކަހަލަ ގޮތަކަށް ވާހަކަވެސް ދެއްކީ. އަހަރެން ވަރަށް ވިސްނަން އެބަ އެކަމާ ” މާޔޫސްކަމާއެކު އަހަރެން ބުނީމެވެ.
” މާޔޫން ނުވޭ! މިއޮތީ އީމާ އައިސްސަ ދިން ސިޓީއެއް ” އަހަރެން އަތަށް މާޒިން ސިޓީ ދިއްކޮލަމުން ބުންޏެވެ.
އަހަރެން ވަރަށް އަވަސް ކޮއްލާފައި ސިޓީ ހުޅުވާއިލީމެވެ. ސިޓީގައި އޮތީ ޖަޒްވާ އަހަރެން ކަހަލަ ވަފާތެރި ތެދުވެރި ލޯބިވާ މީހަކާއެއްކޮށް އުޅެން ބޭނުންވާ ވާހަކަ އަދި ދުވަހަކުވެސް ދޫކޮއްލާފަ ނުދާނެކަމެވެ. އަހަރެން ވަރަށް އުފާވިއެވެ. 21 އޮކްޓޫބަރ 2014 އަކީ އަހަރެން ހިތުގެ އަޑީގައި ލިޔެވޭނެ ދުވަހެކެވެ. ހަމަ އެވަގުތު އަހަރެން ވެސް ސިޓީއެއް ލިޔުނީމެވެ. އަހަރެން ވެސް އިންތިހާ އަށް ލޯބިވާ ވާހަކަ އަދި އަބަދުވެސް ޖަޒްވާ އަށް ޓަކާ ޖަޒްވާގެ މީހެއްގެ ގޮތުގައި ހުންނާނެކަމަށެވެ. އަދި އަހަރެންނާއި ގުޅޭނެ ނަންބަރު ވެސް ލިޔުނީމެވެ. އަހަރެން ތައްޔާރުވީ ދަބަހަށް އެއްޗެހީ އަޅައިގެން ފުރާށެވެ.
” ބަލަ ތީޔޯ؟ ”
” ފުރަން މިއުޅެނީ. މާޒިން އަހަރެން އަންނަން ދެން ޖަޒްވާ އަށް ބަލައްޗޭ. އަހަރެން ދެން އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނީ ޖަޒްވާޔާ މެރީ ކުރަން……(ނުނިމޭ)
7 Comments!
Comments are closed.

Haadha kurey brw.. bt vvv salhi.. waiting for the nxt prt…
Salhi stry eh..bt too short inge mi part..waiting for the next part?????
Jiji… I’m first
Fare eh noon ingey ????
Short Inge.. Ekm vvvv reethi???
Nice
Maa kurey
Reethi ekam varah kuru