Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ޒަވާ – 4

Huxam Ibrahim Level 1
April 22, 2019 One Min Read
6 Comments

އަހަރެން ފުރަން ލޯންޗުގައި އިންދަ އަހަރެން ފޯނަށް ޖަޒްވާގެ މެސެޖެއް އައެވެ.

” ދަނީތަ؟ ދެން ކޮންއިރަކުން ދިމާވާނީ؟ ވަރަށް މިސްވާނެ އަދި ވަރަށް ލޯބިވޭ ”

” ނޫން ދުވަހަކުވެސް ޖަޒްވާ ދޫކޮއްލާފަ އެއް ނުދާނަން. ދެން އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނީ ޖަޒޫއާ މެރީ ކުރަން. މިސް ޔޫ ޓޫ. ލަވް ޔޫ ޓޫ ” އަހަރެން ޖަޒްވާގެ މެސެޖަށް ރިޕްލައި ދިނީމެވެ.

އެއީ ހަމަ އަޖައިބެފަދަ ކުއްޖެކެވެ. މި ދުނިޔެއިން އަހަންނަށް ދީމާވި އަހަރެން އެންމެ ކަމުދާ ކުއްޖަކަށްވީ ޖަޒްވާއެވެ.

އަހަންނާ ޖަޒްވާގެ ގުޅުމަށް 3 މަސްވެއްޖެއެވެ. އަހަރެން ހެނދުނު ހޭލިއިރު ފޯނަށް ބައިވަރު މިސްކޯލް އަދި މެސެޖުވެސް އައިސްސަ ހުއްޓެވެ. އަހަރެން ތެދުވެ ފޯނު ރަނގަޅަށް ބަލައިލީމެވެ. ޒަޒްވާ މެސެޖު ކުރިޔަސް އަދި ގުޅިޔަސް ގުޅަނީ ޖަޒްވާގެ މަންމަގެ ފޯނުންނެވެ. އެހެންވެ އަހަންނަކަށް އިސްވެ މެސެޖުކޮށް ގުޅާ ހަދާކަށް ނުކެރެއެވެ.

” ހުޒާމް މަންމަ އަހަރެމެން ދެމީހުންގެ ގުޅުމަކަށް ނުރުހެ…އެކަމުވެސް އަޅުގަނޑަށް ލޯބި އެއީ ކޮއްޗެއްކަން އަދި އުފާވެރި ހަޔާތެއްވެސް ފައްޓާދިނީ ހުޒާމް…އަޅުގަނޑަކަށް ހުޒާމްއާއި ނުލައެއް ނޫޅެވޭނެ” ޖަޒްވާގެ މެސެޖުގައި އޮތީ އެހެނެވެ.

އަހަރެން ފެންކަޅިވިއެވެ. އަހަންނަށް ޖަޒްވާ ލޯބިވާވަރު އިހުސާސް ކުރެވުން ކަހަލައެވެ. ޖަޒްވާގެ އާއިލާ ކިތައްމެ ނުގަބޫލުވިޔަސް އަހަރުމެން ބެނުންވީ އެކީގައި އުޅޭށެވެ. ދެމީހުން އެކަކު އަނެކަކުދެކެ ވަނީ ހަމަ ހަޤީޤީ ލޮއެއްބެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރުމެންގެ ގުޅުމަށް އަހަރެއްވީއެވެ. ލޮއެއްބަކަށް ބަދަލެއް ނާދެއެވެ. އަދިވެސް އަހަރުމެންގެ ގުޅުމަށް ޖަޒްވާގެ އާއިލާއަކުން ޤަބޫލެއްނުވެއެވެ.

ޖަޒްވާ ކިޔަވާނިމި އަމިއްލަ ފޯނެއް ލިބުން ފަހުން އަހަންނަށް ބޭނުން އިރަކު ޖަޒްވާއަށް ވާހަކަ ދެއްކެއެވެ. އަބަދުވެސް އަހަރެން ކަމަކީ ޖަޒްވާޔާ ވާހަކަ ދައްކަން އޮތުމެވެ. އަހަރެން އަދި ޖަޒްވާޔާ ގުޅުމެއް އޮންނަކަން ޖަޒްވާގެ މަންމައަށް އަދި އާއިލާގެ އެހެން މީހުންނަށްވެސް އިނގިއްޖެއެވެ. އަނެއްކާވެސް އަހަރުމެންގެ ގުޅުމަށް އަނދިރިކަމެއް ވެރިވެގަތީއެވެ. އާއިލާއިން ޖަޒްވާ އަށް ބިރު ދައްކާ ހަދަންފަށައިފިއެވެ. އަހަންނާ ގުޅުން ބާއްވާކަމަށް ވަންޏާ ޖަޒްވާގެ ފޯނު އަތުލާނެކަމަށް ޖަޒްވާގެ ބޮޑުބެ އިންޒާރު ދިނެވެ.

“ހުޒާމް އަނެއްކާވެސް މަންމަ މެންނަށް އިނގިއްޖެ…ދެން ކިހިނެތް ހަދާނީ؟”

“ކެތްކުރޭ………އިރާދަކުރެއްވިއްޔާ އަދި ޖަޒްވާގެ އާއިލާއިން އަހަރުމެންގެ ގުޅުމަށް ގަބޫލުވާނެ” އަހަރެން ހިތްވަރު ދެރައެއް ނުކުރަމެވެ.

3 މަސްދުވަސް ވަންދެން އަހަރުމެން ވާހަކަ ނުދައްކާ ހުރީމެވެ. އެއީ ޖަޒްވާގެ ފޯނު އަތުލާނެކަމުގެ ބިރަށްޓަކައެވެ. 3 މަސް ފަހުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީމެވެ.

އަހަރެން ހުރީ އޮފީހުގައި މަސަކަތެއްގައެވެ. ވައިބާއިން އަހަރެން ދިޔައީ ޖަޒްވާ އަށް މެސެޖުކުރަމުންނެވެ.

” ޖަޒް…..އައި ވިލް ޓެކްސްޓު ޔޫ ލޭޓާ….އައި އޭމް ގޮއިންޓު ފިނީޝް ދަ ރިޕޯޓް”

“ޔާ އޯކެ…..ލަވް ޔޫ ހަޒް” ޖަޒްވާ ޖަވާބުގައި ފޮނުވިއެވެ.

ރިޕޯޓް ނިންމުމަށް ފަހު އަހަރެން އޮފީހުން ބޭރަށް ނިކުތީމެވެ. ފޯނުނެގުމަށް ފަހު ޖަޒްވާ އަށް ގުޅަނިކޮށް އޮފިސް ކައިރި އަށް ފުލުހުން އައެވެ. ކޯޓް އަމުރެއްގެދަށުން އަހަރެން ހައްޔަރުކޮއްގެން ގެންދެވުނެވެ. ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެކަމެއް ފުލުހުން އަހަންނަކަށް ނާންގައެވެ. އޭރު ގަޑިން ދަންވަރު 12 ޖަހާ ބޮޑުވީއެވެ. އަހަރެންގެ ހަބަރެއް ނުވެގެން ޖަޒްވާ އަހަންނަށް ގުޅައެވެ. ނަމަވެސް އަހަރެން އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ އަހަންނަކަށް އެފޯނަށް ޖަވާބެއް ނުދެވުނެވެ……..(ނުނިމެ)

Share Article

Follow Me Written By

Huxam Ibrahim

Level 1

Other Articles

Previous

އަހަރެން

Next

މާޒީ (ނުވަވަނަބައި)

Next
April 22, 2019

މާޒީ (ނުވަވަނަބައި)

Previews
April 22, 2019

އަހަރެން

6 Comments!

  1. jiji says:
    April 22, 2019 at 10:42 pm

    Heii kihineh mi v..mistakes rangalhu kohlahchey..BTW me first dhw ????. .nd next part dhigukohdhehchey

    1. Huxam Ibrahim says:
      April 23, 2019 at 1:27 am

      Which mistakes?

    2. jiji says:
      April 23, 2019 at 1:20 pm

      Cux hama dhn assu jazva alhugandu kiyaafa inyma kudakoh odd vrkah mibuny.Nd kudhi kudhi silly mistakes huri vhk?

  2. mai says:
    April 23, 2019 at 2:14 pm

    story v nice…☺ mistakes faahaga eh nuve… v fasheyha kiyaalan… wen next part?

  3. Jijasa says:
    April 25, 2019 at 10:23 pm

    Hi…. Im jijasa…. Ingey kujjaku pls bunedyba mi story ge 1st part hoadaane goiyy??? pls tell in deteil…

    1. Huxam Ibrahim says:
      April 27, 2019 at 2:23 am

      https://www.esfiya.com/64444/

Comments are closed.



All Right Reserved!