މިހިތުގައިވާ އުދާސްތައް އަންގަދޭނީ ކިހިނަކުންހޭ، ބޭރުފުށުން ކިތަންމެ އުފާކޮށް އުޅުނަސް، އަޑިއަޑިން މިދަނީ ހިތް ކުދިކުދި ވެގެންނޭ، މިހިތުގައިވާ ކަންތައް ކިޔައިދޭން ބޭނުމޭ، އެކަމަކު އަޑުއަހާނެ މީހަކު ނުވޭ، ކޮންމެ މީހަކުވެސް އެމީހެއްގެ ޝަކުވާއެއް އޮވޭ، ތިމާމެން އެހެން މީހަކުގެ ވާހަކަތައް އަޑުއަހަން އިދެފަ ބުނެފާނެއޭ، ތިމަންނައަށް ވެސް އިނގެއޭ ތި އިހުސާސްތައް، އެހެން ބުނުމުން ތިމީހުން ނުބުނާށޭ، ކަލޭއަށް އަހަރެންނަށް ކުރެވޭ އިހުސާސްއެއް ނޭނގޭނެއޭ، އިނގޭހޭ، އެންމެ ގަދަޔަށް ހީލާފާއި މަޖާކޮށް އުޅޭމީހުންގެވެސް، […]
ހަނދުވަރުގެ އަލި ކަން ގަދަވެ ދޭ ވަސް ތައް މިތާނގައި ފެތުރި ދޭ ބިންގަނޑު މުޅީން އެއް ފަސް ވެ ދޭ ތަރި ތައް ވިދާ ބަބުޅާ ތެދޭ އަހަރެންގެ ހިތް ވެސް މަޑު ނުވޭ ހަށި ފިނިވެގެން ހީކަރު ވަޔޭ ތިޔަ ސޫރަ ފެނުމަށް ހިތް އެދޭ ނާންނާނެ ކަން އިނގުނަސް ހެވޭ ނަޔަކަސް މި ހިތް ލޯބިން ފުރޭ އަހުދާ ވައުދު އަބަދަށް ވެޔޭ ތިހަނދާން ތަކާ ދުރު ވާނަމޭ އުމުރަށް ސަލާމުން ވަކި […]
އާޅެން މާތަކުގެ ރާނީ އިސްމާޢީލް ޢަލީ ކަނދޮޅުދޫ މާތަކުގެ ރާނީއަށް ވުމުން ފަޚުރުވެރިވީމެވެ. ބޮޑާކަމެއްނެތި ހިނިތުންވެ ފަރިވެލީމެވެ. ރައްކާތެރިކަމުގެ ފާރުލެވިފައިވާތީ އުފާކުރީމެވެ. އެންމެ ރީތިކުލަތަކުންޖަރީ ވެވުނީތީ ޙަމްދުކުރީމެވެ. މީރުވަސް ފަޒާގައި ފަތުރާލެވުނީތީ ހިތްހަމަ ޖެހުނެވެ. ގުރުނޑުފިޔަ ފެނުމުން ދެރަވިޔަސް ޝުކުރު ކުރާނަމެވެ. ﷲ ދެއްވި ނިޢުމަތް ޢަދަދު ނުވާހައި ގިނައެވެ. އިންސާނުންގެ މަޤްބޫލްކަން ލިބުނީތީ އުފާކުރަމެވެ. ލޯބިވެރިން ދޭ ޤަދަރުން އާޝޯޚުވާވަރުވެއެވެ. ވަސްބަލަލާފައި އުޅޭގޮތުން ހައިރާންވާވަރުވެއެވެ. ޅެންވެރިން އަމުނާލާބަސްތަކުން ދިރުން ލިބެއެވެ. ކުރެހުންތެރިންގެ މިތުރަކަށްވީތީ ހިތްހަމަ […]
އާޅެން ޙަޤީޤީ ރީތިކަމަކީ…… އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާގެ ހިނިތުންވުން މާތައް ފޮޅޭފަދައެވެ. ދެތުންފަތުގެ ރަތްކަން ޗެރީފަދައެވެ. ކޯތާފަތުގައިވަނީ ޖަންބުކުލަކަން ކަށަވަރެވެ. ހިތިފަތުފަދަ ދެބުމަ ފެންނަހިނދު ހިތްތެޅެއެވެ. ކަޅިރަވައިގެ ތޫނުކަމުން ގެނބިގެންދާހެން ހީވެއެވެ. އެންދެރިފަދަ އިސްތަށިގަޑުއަނދިރިރެއެއްފަދައެވެ. ތިބާއަށް ލިބިފައިވާ ކޮންމެ ރީތިކަމަކީ ﷲގެ މަދަދެވެ. ޝުކުރުވެރި ވުމުގެ ބަދަލުގައި ބޮޑާވީތީ ދެރައެވެ. އަގުބޮޑުގަހަނާތަކުން ޖަރީވެ ޒީނަތްތެރިކަން ފާޅުކުރީއެވެ. މަލުގެ ފޮނިބޯން ބޭނުންވި ކޮންމެ ކޮކާލަކަށް ޖާގަދިނީއެވެ. ވަފާތެރި އެކަކަށްޓަކައި ފޮރުވާނެ އެއްޗެއް ނެތުނީއެވެ. މިއަދު ތިބާގެ […]
މާޒީ ހަނދާންވީމާ… އިސްމާޢީލް ޢަލީ ކަނދޮޅުދޫ މާޒީ ހަނދާންވީމާ ލޭކަރުނަ އޮހެރެއެވެ. ހިތަށް ތަދުވެ މޭގަރިހެއެވެ. އެ ހިތިރަހަ ކަރުބުޑުން ނުފިލައެވެ. ޖިސްމަށް ލިބުނު ތަދު ނުފިލާ އެބަހުއްޓެވެ. އެ ހަނދާންތަކާއި ދުރު ނުމެވެވުނެވެ. މުޅި ޙަޔާތް ބަރުބާދުވެގެން ދިޔަ ހަނދާންތަކެވެ. ލައްޒަތެއް އަރާމެއް ނުލިބި ގިސްލާ ރޯންޖެހުނު ޙަޔާތެވެ. މައިންބަފައިންނާއި ބައްދަލުވެލާނެ ފުރުސަތެއް ނުދިނެވެ. އެކުވެރި މިތުރެއްގެ ލަފާ ހޯދޭނެ ގޮތެއް ނެތެވެ. ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރިއެވެ. ނަހަމަ ގުޅުންތަކަކާއިއެކު ދިރިއުޅުން މަތީން ފޫހިކުރުވިއެވެ. […]
ބިކަހާލު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތި މާތައް ފަރިވެ ފޮޅިފައިވެއެވެ. ގަދަކުލަތަކާއި މީރުވަހުން ދިރުން ލިބެއެވެ. ކާއިނާތުގައިވާ ކޮންމެ އެއްޗެއް ހިތާކުޅެލައެވެ. ކޮކާ މާމަލުން ފޮނިބޮމުންދާއިރު ހިތްތެޅެއެވެ. ޖިންސުއްލަތީފުންގެ ހާލާމެދު ހަމްދަރުދީ ވެވެއެވެ. އެފަކީރުން ހާލުގައި ޖައްސަނީ ރަހުމެއް ނެތިއެވެ. ޒުވާންކަމުން ކަރު ހިއްކުން ފިލުވަނީ އޯގާތެރި ވުމެއްނެތިއެވެ. އަލާކެނޑުމުން ހަށިގަޑު ނީލަމަށް ލެވެއެވެ. ނަސީބުގައި ހުރިގޮތްކަމުހިތުން ނޫންގޮތެއް ނެތެވެ. މީސްތަކުންގެ މަލާމާތުގެ އަމާޒުފަތްގަޑަކަށް ވެދެއެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެގޮތެއްނެތެވެ. އޯގާތެރިކަމުގެ އަތުން ފިރުމާލާނެ މީހަކުނެތެވެ. ގޮތްހުސްވެ […]
އާދަކޮށް ހިތްވަރު އެދޭއިރު ދެއަތުގާމެ ހިފާލިޔަސް، ވާދަވެރިކަން އޮތްގޮތެއްގާ ލޯބިކޮން ބައްދާލިތާ…. ތާނިޔާގެ އެހަށިގަނޑަށް އެތަކެއްމެ އަނިޔާ ލިބިވިޔަސް، ތާށިވެފަވީ ތާނިޔާ ގާދިރު ހަޔާތުން މާ ބަނޑުވެފާ…… ތާނިޔާއަށް ނެތެ ގޮތެއް އެތަނުން ސަލާމަތް ބޭނުމަސް، ތާނިޔާ އެހުރީ ފިދާ ވުމަށޭ އެ ދަރިފުޅު ހައްޤުގާ…. ދާއިމީ މިނިވަންކަމަށް އަނިޔާތަކުން ބޭނުން ވިޔަސް، ތާއިދެއް ނުކުރޭ އެ ޤާދިރު ތާނިޔާގެ އެ ޙައްޤުގާ….. “ހާދަހާ އަނިޔާތަކެއް ދެއަތުގެ އެބާރުން ދެއްކިޔަސް، ދާނަމޭ ޤުރުބާންވަމުން ދަރިފުޅު ފެނުން އެދިއެދި […]
ޚާޝިޔާ ސައިބޮއެމެ ނިމުމުން މަޑުކުރަން ބޭނުންވިޔަސް، ތާނިޔާއާ ބަދަހި ވާހަކަ ދެއްކުމަށް ނުކުޅެދިފަ ވިތާ…. މާމަޑުންހުރެ ހުސްވެގޮތް އެތަނުން ނުކުންނަން ދިޔަޔަކަސް، ފާރަލާން ބޭނުންވެގެން އޮތް ގާދިރަށްމެ ބަލައިލިތާ… ދާދި އަވަހަށް ނުކުތުމަށްއެޅި ފިޔަވަޅަށް ހުއްޓުންއަޔަސް، ގާދިރާ ކުރިމަތިލަމުން ވަގުތުން އެގޭން ނުކުމެއްޖެތާ….. ހާދިޘާ ހިނގި ގޮތްގޮތާމެދު ޚާޝިޔާ ވިސްނަން އިނަސް، ކާރިޘާ ފަދައިން ހިތަށްއަދު ދުއްތުރާ ފެތުރިއްޖެތާ……. ފާރުގާ އިންނެވި ގަޑިން ރޭގަނޑުގެ ނުވައެއް ޖެހިޔަކަސް، ފާރުކޮށްފާ ވީ ހިތަށް ދިނުމަށް ތަސައްލީ އިނދެފިތާ…. މާއަރާމު […]
ކަޅު އަނދިރިވީ މިދުވަސްތަކޭ ދެން ބަނަކުރީ މިހަޔާތް މަގޭ ފަޅު ރޭދުވާ ކޮށްލީ މިތާ އައި ގަދަ ވަޔާ ތޫފާނެކޭ އެކުގާ އަނާ މުޅި އާއިލާ ޕިކުނިކު ދަތުރު ދިޔައޭ އިނގޭ އެކުގައި ދިޔައި ފަޅު ރަށަކަށޭ ނަށަމުން ދިޔައި އުފަލެއްގައޭ އެރަށަށް ދެވުނު އިރުގާ އިރެއް އަދި ނާރައޭ ހަމަ ރީތިކޮށް ތެތްފިނިކަމޭ ވައިގާ ވަނީ ދޯނިން ނިކަން ފޭބީމު އޭ އެއްޗިހި އޮޑިން ބާލާ ހެދީ އެންމެން އެކީ އެއްޖޯޝުގާ ފިލުވާލުމަށް ވަރުބަލި ކަމެއް […]