މާޒީ ހަނދާންވީމާ…
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މާޒީ ހަނދާންވީމާ ލޭކަރުނަ އޮހެރެއެވެ.
ހިތަށް ތަދުވެ މޭގަރިހެއެވެ.
އެ ހިތިރަހަ ކަރުބުޑުން ނުފިލައެވެ.
ޖިސްމަށް ލިބުނު ތަދު ނުފިލާ އެބަހުއްޓެވެ.
އެ ހަނދާންތަކާއި ދުރު ނުމެވެވުނެވެ.
މުޅި ޙަޔާތް ބަރުބާދުވެގެން ދިޔަ ހަނދާންތަކެވެ.
ލައްޒަތެއް އަރާމެއް ނުލިބި ގިސްލާ ރޯންޖެހުނު ޙަޔާތެވެ.
މައިންބަފައިންނާއި ބައްދަލުވެލާނެ ފުރުސަތެއް ނުދިނެވެ.
އެކުވެރި މިތުރެއްގެ ލަފާ ހޯދޭނެ ގޮތެއް ނެތެވެ.
ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރިއެވެ.
ނަހަމަ ގުޅުންތަކަކާއިއެކު ދިރިއުޅުން މަތީން ފޫހިކުރުވިއެވެ.
އަހަރެންގެ ރީތިކަން ފޭރިގަތެވެ.
އަހަރެންގެ ކުށަކަށްވީ ލޯބިވާ މީހަކު ހުރިކަމެވެ.
އޭނައަށް ނުވިސްނުނީ ޙަޤީޤީ ލޯތްބެވެ.
ރީތި ސޫރަ ގެއްލުނަސް ބަލައިގަންނާނޭ ކަމެވެ.
ކުލުނު އުފެދޭނީ ލޯބި ދީގެނެވެ.


