އާޅެން
މާތަކުގެ ރާނީ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މާތަކުގެ ރާނީއަށް ވުމުން ފަޚުރުވެރިވީމެވެ.
ބޮޑާކަމެއްނެތި ހިނިތުންވެ ފަރިވެލީމެވެ.
ރައްކާތެރިކަމުގެ ފާރުލެވިފައިވާތީ އުފާކުރީމެވެ.
އެންމެ ރީތިކުލަތަކުންޖަރީ ވެވުނީތީ ޙަމްދުކުރީމެވެ.
މީރުވަސް ފަޒާގައި ފަތުރާލެވުނީތީ ހިތްހަމަ ޖެހުނެވެ.
ގުރުނޑުފިޔަ ފެނުމުން ދެރަވިޔަސް ޝުކުރު ކުރާނަމެވެ.
ﷲ ދެއްވި ނިޢުމަތް ޢަދަދު ނުވާހައި ގިނައެވެ.
އިންސާނުންގެ މަޤްބޫލްކަން ލިބުނީތީ އުފާކުރަމެވެ.
ލޯބިވެރިން ދޭ ޤަދަރުން އާޝޯޚުވާވަރުވެއެވެ.
ވަސްބަލަލާފައި އުޅޭގޮތުން ހައިރާންވާވަރުވެއެވެ.
ޅެންވެރިން އަމުނާލާބަސްތަކުން ދިރުން ލިބެއެވެ.
ކުރެހުންތެރިންގެ މިތުރަކަށްވީތީ ހިތްހަމަ ޖެހެއެވެ.
ރީތިވެގެންބުނާ ބަސްތަކުން ޖަޒުބާތު އުތުރިއަރައެވެ.
ހިކިފިޔަތަކަށް ރައްކާތެރިވާތީ ހަމްދަރުދީ ވެވެއެވެ.


