ބިކަހާލު
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ރީތި މާތައް ފަރިވެ ފޮޅިފައިވެއެވެ.
ގަދަކުލަތަކާއި މީރުވަހުން ދިރުން ލިބެއެވެ.
ކާއިނާތުގައިވާ ކޮންމެ އެއްޗެއް ހިތާކުޅެލައެވެ.
ކޮކާ މާމަލުން ފޮނިބޮމުންދާއިރު ހިތްތެޅެއެވެ.
ޖިންސުއްލަތީފުންގެ ހާލާމެދު ހަމްދަރުދީ ވެވެއެވެ.
އެފަކީރުން ހާލުގައި ޖައްސަނީ ރަހުމެއް ނެތިއެވެ.
ޒުވާންކަމުން ކަރު ހިއްކުން ފިލުވަނީ އޯގާތެރި ވުމެއްނެތިއެވެ.
އަލާކެނޑުމުން ހަށިގަޑު ނީލަމަށް ލެވެއެވެ.
ނަސީބުގައި ހުރިގޮތްކަމުހިތުން ނޫންގޮތެއް ނެތެވެ.
މީސްތަކުންގެ މަލާމާތުގެ އަމާޒުފަތްގަޑަކަށް ވެދެއެވެ.
ބަނޑުފުރާނަ މުއްތި ކުރެވޭނެގޮތެއްނެތެވެ.
އޯގާތެރިކަމުގެ އަތުން ފިރުމާލާނެ މީހަކުނެތެވެ.
ގޮތްހުސްވެ އާވާރާވެވި މަގުމަތިވެދެއެވެ.
ބޮލަކަށްފަހުބޮލެއް އިތުރުކުރެވެނީ ނަހަލާލަށެވެ.
ފަތިހަދައިގެން ސަލާންޖަހަންދާން ލަދުހީވާނެތާއެވެ.
މީހުންގެ ދިރިއުޅުމާއި ކުޅެލާން ވެދާނެހެއްޔެވެ؟
އިމުގެތެރެއިން ކަރުހިއްކުން ފިލުވައިލިނަމައެވެ.


