Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެންއުފެއްދުންތެރި ލިޔުން

ގެއްލުނު އެކުވެރިޔާ 7

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 2, 2021 One Min Read
2 Comments

ޚާޝިޔާ ސައިބޮއެމެ ނިމުމުން މަޑުކުރަން ބޭނުންވިޔަސް،
ތާނިޔާއާ ބަދަހި ވާހަކަ ދެއްކުމަށް ނުކުޅެދިފަ ވިތާ….

މާމަޑުންހުރެ ހުސްވެގޮތް އެތަނުން ނުކުންނަން ދިޔަޔަކަސް،
ފާރަލާން ބޭނުންވެގެން އޮތް ގާދިރަށްމެ ބަލައިލިތާ…

ދާދި އަވަހަށް ނުކުތުމަށްއެޅި ފިޔަވަޅަށް ހުއްޓުންއަޔަސް،
ގާދިރާ ކުރިމަތިލަމުން ވަގުތުން އެގޭން ނުކުމެއްޖެތާ…..

ހާދިޘާ ހިނގި ގޮތްގޮތާމެދު ޚާޝިޔާ ވިސްނަން އިނަސް،
ކާރިޘާ ފަދައިން ހިތަށްއަދު ދުއްތުރާ ފެތުރިއްޖެތާ…….

ފާރުގާ އިންނެވި ގަޑިން ރޭގަނޑުގެ ނުވައެއް ޖެހިޔަކަސް،
ފާރުކޮށްފާ ވީ ހިތަށް ދިނުމަށް ތަސައްލީ އިނދެފިތާ….

މާއަރާމު ވައެއްގެ ފިނިކަން ހަށިގަނޑަށް ލިބެމުން ދިޔަސް،
ވާއަޖައިބު އަޑުން ސަލާމް ގޮވަމުން އެ ވަދުނީ ތާނިޔާ….

ހާދަ ލަސްވީމާ އައީ ފަހެ ކީއްކުރަންހެ އަހާލިޔަސް؟،
މާނަ ފުން ގޮތަކަށް ބުނީ “ބައްދަލުވުމަށެ އެކަހެރިވެލާ”…..

ޚާޝިޔާއަށް ކަނޑުގެ ފުންކަން ހޯދިފާ އަދި ނުވިޔަކަސް،
ތާނިޔާ ބުނި ބަސްތަކުން ވަގުތުން އިނީ ޝޯޚޭ ވެފާ….

ވާހަކައިގަ އެވާ އުދާސްތައް ކެކުޅުމާ އެ ކިޔައިދިނަސް،
ތާނިޔާ ހިތްވަރު ކުރާކަން އަޑު އެހީން މަޑުމޮޅިވެފާ…..

“ހާދަ ދަތި ދިރިއުޅުމެކޭ އަނިޔާތަކަށް ކެތްކުރިޔަކަސް،
ހާދަ ހިތުގާ ޖެހިދެޔޭ ގާދިރު “ބިޓުން”ނާ އެކުގަވާ….”

ނޯޓް:- މި “ވާހަކަ ޅެން” ކިޔުމަށް އިންތިޒާރު ކުރަމުންދިޔަ ހުރިހާ ބޭފުޅުންނަށް މަރުހަބާ!!
ރަމަޟާންމަހުގެ ބްރޭކަށްފަހު އަޅުގަނޑަށް މި ވާހަކަ ޅެން ތިޔަ ބޭފުޅުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ލަސްވި ކަމަށްޓަކާ މާފަށް އެދެން. އެހެން ނަމަވެސް ކޯވިޑްގެ ނުރައްކާތެރި ބަލިން ސަލާމަތްވުމާއެކު އަޅުގަނޑުގެ މި ވަޢުދު ފުއްދުމަށްޓަކާ ތިޔަ ބޭފުޅުންނަށް މިޕާރޓް މިދޫކޮށްލެވުނީ..
ދެން އިންނާނީ މި ޅެމުގެ ފަހުބައި.. އެހެންކަމުން އެ ޕާރޓް އަޅުގަނޑު ގެނެސްދޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުކަމުގައި ދަންނަވަން.

ކެތްތެރިކަމާއެކު އިންތިޒާރުކޮށްލީތީ ވަރަށް އުފާކުރަން. ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޖަނާގެ ވާހަކަތަކަށް ލޯބިކުރައްވާ ކިޔުންތެރިންގެ ސަމާލުކަމަށް!

Next

4 ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު

Next
June 3, 2021

4 ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު

Previews
June 2, 2021

ޖަނާގެ ވާހަކަތަކަށް ލޯބިކުރައްވާ ކިޔުންތެރިންގެ ސަމާލުކަމަށް!

2 Comments!

  1. Nayaa Nayaa says:
    June 4, 2021 at 12:38 pm

    hey leen sisoooo… how are u? vrh miss vi ingey sis mathin… sorry maa lahun dhw mi cmnt eh kohlevunee… aslu alhuganduge comp halaaku vgn ulhuneema… reyga rangalhu kurevuneeevx… anyways mi prt vx vvvvvvv reethi ingey… alheyyy i’m waiting for the last prt… so curious… faharegga ekm cmnt eh kohleveynee… alhuganduge final term-test ge exam thah feshey sunday ga… 2 weeks nagaane exam ah… ekam remember that i’ll support u ingey… vvv try kuraanan cmnt ehh kureveythw insha allah… stay safe and take care leen sis… i love u sooooooooo muchhhh… missed u…..

    1. Shaleen says:
      June 4, 2021 at 4:32 pm

      Hi Nayaa
      I am really glad to hear your precious words
      V v ufaavejje mi vaahakaiga inthizaaruga hurikamun.
      Dhen it’s ok Hama kiyevumah avahah nagaa Gina vaguthuthah ingey. Leen sis abadhuves hunnaanan Nayaa aaeku .
      Okay ?
      Thanks a lot

Comments are closed.

Next Episodeގެއްލުނު އެކުވެރިޔާ ( ފަހުބައި )←


All Right Reserved!