މިހިތުގައިވާ އުދާސްތައް އަންގަދޭނީ ކިހިނަކުންހޭ،

ބޭރުފުށުން ކިތަންމެ އުފާކޮށް އުޅުނަސް،

އަޑިއަޑިން މިދަނީ ހިތް ކުދިކުދި ވެގެންނޭ،

މިހިތުގައިވާ ކަންތައް ކިޔައިދޭން ބޭނުމޭ،

އެކަމަކު އަޑުއަހާނެ މީހަކު ނުވޭ،

ކޮންމެ މީހަކުވެސް އެމީހެއްގެ ޝަކުވާއެއް އޮވޭ،

 

ތިމާމެން އެހެން މީހަކުގެ ވާހަކަތައް އަޑުއަހަން އިދެފަ ބުނެފާނެއޭ،

ތިމަންނައަށް ވެސް އިނގެއޭ ތި އިހުސާސްތައް،

އެހެން ބުނުމުން ތިމީހުން ނުބުނާށޭ،

ކަލޭއަށް އަހަރެންނަށް ކުރެވޭ އިހުސާސްއެއް ނޭނގޭނެއޭ،

 

އިނގޭހޭ، އެންމެ ގަދަޔަށް ހީލާފާއި މަޖާކޮށް އުޅޭމީހުންގެވެސް،

ކޮންމެވެސް ކަމެއް ދިމާވެފަ ހުރެދާނެއޭ،

އެހެންކަމުން ނުބުނާށޭ، ތިމަންނައަށް އަޅާ ވޭން ނޭނގޭނެޔޭ

32

1 Comment

  1. Nayaa

    September 20, 2021 at 5:56 pm

    masha allah… heevanee hama alhuganduge ihusaas thah meegaa angadheyhen… hehe.. liyutheriyaa ah ithuru kurierumaai kaamiyaabee thakah edhen.. may Allah bless u <3

Comments are closed.