ޚާޝިޔާ ހަމަޖެހި ބުދެއްހެން ވިސްނުމާ ފިކުރުގަވިޔަސް، ތާނިޔާ އަންނާނެހޭ އަނބުރާ އުޅެން އެ ނަސީބުގާ؟.. ކާމިޔާބަށް އެދި ދެކެން މަންމަގެ ދެލޯ ހަމަ އެދުނަކަސް، ތާނިޔާ ފެނުމެއް ނުވޭ މައިލަގޮނޑި އެދުނަސް ހަމަހިލާ… ރާޅުނެގި އުސްމިން ހަޔާތުގެ ދަތުރުގާ ގޮސް ބެހުނަކަސް، ވާޅުނުވެއޭ މަންމަމެން ހަމަ ފަތަފަތާ ނުމެގެނބި އެތާ… ތާނިޔާއަށް ވީނުވީއެއް ނޭނގި ތިން ހަފްތާ ވިޔަސް، އާއިލާއާ ރައްޓެހިންވީ ދެރަވެ ނިކަމެތިވެފަ ހުވާ… އާދެ ހިތް ކުދިކުދިވެ ތެޅެމުން ގޮސް އެކީގާ ރޫޅުނަސް، ނާދެޔޭ […]
***** ޝުކުރުން ފުރޭ ހިތްތައް އުޖާލާ، ކައު ސާހިބާއަށް އަދާ ނިއުމަތް ދެވުނު މީ ހަމަ އެދުވަހޭ އަދު ބުނަން އޭސާޙިބާ ހިތްދަތި ކަމާ އެކުގައި އުޅުނު އެދުވަސްތަކޭ ހަމަވީ ފަނާ ވީނެތިވެގެން އުޅެވުނު އުފާ އަނބުރައި މިއައި ދުވަހަށް އަޚާ އަޅުވެތިކަމާ، އަނިޔާތަކާއި އެކުގައި އުފުލި ވީބުރަ ވިދާ މާލަސްތަކެއްނުވެ ގެން އައީ ކައުސާހިބާ ނަސްރުން ހިތާ ވީމާތްވި އިސްލާމްދީނުގައި ސާބިތުވެގެން ހުރި ބޭކަލާ ފެތުރުއްވި މާތް ވީދީނުގައި ހުރި […]
ދުވަހަކީ އާދައިގެ ދުވަހެއް، ރީތި އުޑުމަތި ސާފު ދުވަހެއް، ދެގަޑި ސުންއެސިކުންތު ވެވިގެން ބޮޑުގަޑިން އެއެޅީ އެލާރމް ދުވެފައޭ ނިކުތީ ގެއިން އައިޝާ ކިޔާ ކުުއްޖެއްމެ އަންހެން ބާރު ހިނގުމެއްގާ ދިމާކޮށްލީ އަނެއް ގޯޅިން ލަބަން މާޔޫސްވެގެން ހުއްޓައިލުމަށް ޖެހުނީ އެފެންނަން އޮތް ގުރޫޕް ބޮޑު އެކެމެރާތައް ހިފައިގެން ތިބިބައެއް، ހަމަކޮސް ވެގެން ވީގޮތެއް، ވާންއޮތް ގޮތެއް، ނުބަލާ ބެލީ އައިޝާމެ ދާން މާ އަވަސް އަރުވައިގެނެއް ދާން އުޅުނަކަސް ނުދެވުނު […]
ދައްތަ ހަށިގަނޑުން މަގޭ މިންތަކެއް ނަގައިފިޔޭ ތިއްތި ތިއްތި ފޮއްޗަކުން ތިން ހެދުން ކަނޑައިފިޔޭ މަންމަ އަށްވުރެ ވަކިން ދެރަނުވާނެޔޭ ފެހުން ނިންމަމުން ހެދުން ފަހާ މަންމަ ގާތު ބުނެލިޔޭ ކޮއްކޮ ދެން މި ލާބަލާ ލޯގަނޑުން ބަލަބަލާ ދައްތަ ބުނެ މިހެން އެކީ ތިން ހެދުން މެ އެއްލިއޭ ގޯނިހެންނެ ހީވަނީ ތިން ހެދުން މެ ސިފަވަނީ ބޯ އަޅައި ނުގައިން ކަރުން ހަށިގަނޑަށް މެހިއްޖެޔޭ ދައްތަ ހާދަހާ މޮޅޭ ފައްކަލޭ ހެދުން ފަހަން ކޮއްކޮ […]
މާތް ރިވެތި ހުލްގުގެ އެސަބަބުން، ކާމިޔާބޭ ދެއްވަނީ ނިޔަނެތިވި އަޚްލާގުގައި ހިފެއްހެއްޓުމުން ލިބިގެން ދަނީ މާތް ފަރާތުގެ ހަޟްރަތަށް އަދު ދަންނަވާ ފުރިހަމަ ދުޢާ ޝައްކު ލިބިގެން އޮއެވަރެއްގާ ފެތުނަކަސް ތެދަކީ މިއީ މާތް ފޮތުން ކިޔަވާ އަވަސްކޮށް، ތެދު މަގުން ފަރުޟާއި އެކީ ޒިކުރުކޮށް ތައުބާ އެވާންވީ ކުދިކުށަށް، އަވަހަށް މެއީ ބޮޑު ކުށަށް އަވަހަށްމެ މާފް ދޭނެ ފަރާތީ މާތް އިލާހް ދެރަވަނީ މިޒަމާނު ޅަ ސިކުނޑިއަށް މިކަން ނޭނގޭނެތީ […]
** ވެހެމުން ދިޔައި ވާރޭ އެހެންދުވަހަށް ވުރެން ބޯކޮށްފިޔޭ ގުގުރައި ވިދާ އަޑުތައް އަހަން، އިން ހިތްވަނީ ބިރުގަނެފަޔޭ ދުވަހަކު އެހެން ބޯކޮށްމެ ނުވެހުނު ވާރެޔޭ ވެހެމުންދިޔޭ މާވެސް ކުޅެން އިން ކުޑައަލީ ހުއްޓާމެލާކަށް ނުވިޔެއޭ އިރުކޮޅަކު ގޭކުޑަ ކޮޓަރި ތެރެއިން ރޯއަޑޭ ޖެހުނީ މަގޭ ކުޑަކުޑަ އެތުއްތުވި ރުއިމެކޭ، ކޮރަމުން ދިޔައި މާމާ މަގޭ ގޮސް ބެލިއިރުގަ ފެނުނީ އެވެއްޓިފަ އޮތް ފުރާނަޔޭކޭ ވިންދެއް ނެތިސް ހަށިގަނޑު އޮތަސް، ވާނޭ […]
ހާދަ މަތިވެރި ގުޅުމެކޭ، ދެމެދުގަ މި އެންމެން އޮންނަނީ ހާދަ އެކުވެރިކޮށް ތެދޭ، އެންމެން އެކީގައި އުޅެލަނީ ބުނަމޭ އައިޝް ލޯބީ އިނގޭ، ހަމަ ލޯބިކަން އިތުރަށް ވެޔޭ ބުނަމޭ އެކީގައި ގޮތްގޮތަށް، ތި މަޖާކުރާ އިރު އުޅެލަނީ ރިލް ސިސީ މީ ދެން ނިކަން ހަމަ، އެންމެ ފުރަތަމަ ދައްތައޭ ރިލް ސިސީ އެކުގައި ކުޅޭ އިރު، ހާދަ ލޯބިން އުޅެލަނީ ޒީން ސިސޫ ވެސް މީ ނިކަން، ހަމަ އެންމެ ލޯބިވި ދައްތައެއް ހިންމަތާ […]
މާދަމާ ވާނޭގޮތެއް ވާން އޮތްގޮތެއް ވިސްނިފަނެތަސް، ހާދަހާ އުންމީދުގާ މިތުރުން ތިބީ ގޮސް ބަނދަރުގާ… އާދެ އޮލައޮލަކޮށް އެތާ ވާހަކަތަކެއް އަދި ދެއްކިޔަސް، ދާނެ މަންޒިލް މާދަމާ ނޭނގިފަ ތިބީ ކޮށްލަން މަޖާ… ދާދި އަނދިރި ވުމާއެކީ ގޮސް ޙާޝިޔާ ގޭގާ ވިޔަސް، ދާދި ކުޑަ ހިނދުކޮޅު ތެރޭ ފޯނަށް އައީ މިސް ކޯލްތާ… ތާނިޔާއަށް ވީގޮތެއް އަދި ވީކަމެއް ނޭނގިފަވިޔަސް، ޙާޝިޔާ ގުޅިޔޭ ޚަބަރު ބެލުމަށް ވަރަށްވެސް ހާސްވެފާ… އާދުވަސް އުންމީދުގާ އިރު މަރުޙަބާ އެ […]
ކުރެވޭ މިއީ ޝަކުވާ ހިތާ ނުލިބޭނެހޭ ދުވަހަކު އުފާ ހުރެވޭ މިތާ އެކި ގޮތްތަށް ކުރަމޭ ފިކުރު ގޮތްހުސްވެފާ އަދަދެއްނުވާ މަސްކަތްތަކުން ކުރިޔަސް މިތާ އަހަރެން ބިޒީ އަދުވެސްވެޔޭ އުއްމީދުތަށް ހިތުގައިމަގޭ އާރޯވެފާ އެދެމޭ ލިޔަން ވާހަކަ މިތާ ލަވަޔާ ޅެމާ ހުއްޓާނުލާ އެދުމޭ މިއީ ވާހަކަތަކާ މޮޅު ލަވަ ލިޔުން ހިނިތުންވެފާ އެދެމޭ ކިޔަން ލަވަތައް މިމޮޅު ރާގާއި މިޔުޒިކު އެއްވަރަށް އެދެނީ މިހިތް ބަބުޅާވިދާ ތަރިއެއް ފަދައިން މޮޅު ލަވަކިޔަން ރާގާއި މިޔުޒިކު […]