އައުޅެން ވީރާނާވީ ޙަޔާތް އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބީގެ ބަގީޗާގައި މާތައް ފަރިވެ ފޮޅުނެވެ. ލޯބީގެ ބަސްތަކުން ހިތަށް ތަސައްލީ ލިބުނެވެ. އަބަދު އެކުގައި ވާނަމޭ ބުންޏެވެ. ދުރުގައި ހުންނަން އުނދަގޫވެއޭ ބުންޏެވެ. ކައިވެނީގެ ފަހުގައި އުޅޭނެގޮތް ތަސައްވަރު ކުރުވިއެވެ. ދަރިން ހޯދާނެ ގޮތުގެ ޕްލޭން ރޭވިއެވެ. ކައިވެނީގެ ފުރަތަމަރޭ ކުރިންބުނި އެތި ކެންސަލްވިއެވެ. މިހާރު ހުންނަން އުޅެނީ ދުރުގައެވެ. ލޯބީގެ މެސެޖް ތަކެއް ނުލިބެއެވެ. ފޯނަށް ޖަވާބު ލިބެނީ ހާދަ ހާލަކުންނެވެ. ދަރިފުޅުގެ އެއްވެސް ކަމަކާ […]
އައުޅެން ޙަޔާތުގެ ނައު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޔާތުގެ ނައު ބެހިގެން ދިޔަ ނުދޭށެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް ނުހަނު އަގުބޮޑެވެ. ކޮންމެ ދުވަހަކު އެތައް ފުރުސަތެއް ލިބެއެވެ. ރާޅު ނަގާވަގުތު ދުވެލި މަޑުކޮލާފައި ކުރިއަށް ދެއެވެ. ގަދަކަނޑު ހުރަސްކޮށްފައި ދޯނި މަންޒިލަށް އާދެއެވެ. ޙަޔާތުގެ ނައު އޮޔާދިޔަދެނީ ކީއްވެހެއްޔެވެ. އީމާންކަމުގެ ނޫރުން ހިތްފުރާލާށެވެ. ދިމާވާދަތިތަކަށް ކެތްތެރިވުމުގެ ބާރުލިބޭނެއެވެ. ކުރިމަތިވާ ކޮންމެ ކަމަކީ އިމްތިޙާނެއް ކަމުގައިދެކޭށެވެ. ފާސްވެއްޖެނަމަ ކާމިޔާބު ލިބުނީއެވެ. ކޮންމެ ކަމެއްގެފަހަތުގައި އެތަކެއް ސިއްރުފޮރުވިފައިވެއެވެ. އެންމެ […]
މަގެ ލޯބި ނޫ މަލޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ ތި ހިތޭ މަލާ ދިނީ އާ އާ މި ފުރާނަ މީ މަލާ ހައްޤޭ މަގެ ލޯބި ނޫ މަލޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ ތި ހިތޭ މަލާ ދިނީ އާއާ މި ފުރާނަ މީ މަލާ ހައްޤޭ ………………………………………………….. މި ހިތާއި ޖާނު އެދިގެން އިރު ހަނދު އެކީގަ ލޯބިން ތިޔަ ލޯބި ހަނދުމަ ކުރަމުން […]
އާޅެން ޚިދުމަތުގެ ފޮނިމޭވާ އިސްމާޢީލްޢަލީ ކަނދޮޅުދޫ ޖިސްމުބަލިކަށިވެ އެތައްވޭނެއް ތަހައްމަލުކުޜީމެވެ. ދެއްވި ރީތިސޫރަގެއްލި އޮނިގަޑަކަށް ބަދަލުވިއެވެ. އެންމެ ކުޑައިރުންފެށިގެން މައިންބަފައިންނަށް ޚިދުމަތް ކުރަން ޖެހުނެވެ. ޒުވާން ދުވަސްވަރުންފެށިގެން ފިރިމީހާއަށް ހޭހަން ކުރީމެވެ. ދަރިން ލިބެންފެށުމުން މުޅިޙަޔާ ވަޤުފުކުރީ އެކަމަށެވެ. މުސްކުޅި މައިންބަފައިން ބެލީ ކުޑަކުދިންނާއި އެއްގޮތަށެވެ. އެކަކަށް ހޭހަންކޮށްދީ ނުނިމެނީސް އަނެކަކުގެ މުހުތާދު އޮވެއެވެ. ފިރިމީހާއަށް ޚިދުމަތްދިނީ އިންތިޒާރީގެ ވަގުތުތަކާއި އެކުގައެވެ. ފިރިމީހާ ކަމަކަށް އެދިގޮވާލަފާނެތީ ހޭލާ އިންނަމެވެ. ކޮންމެ ޚިދުމަތެއް ފިރިމީހާއަށް ދިނީ އުފަލުން އިދެއެވެ. […]
އާޅެން ހިތުގެ ރިހުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ ވޭނީ ޝަކުވާއަށް ދިނީ ބީރުކަންފަތެވެ. ހިތުގައި ވާތަދަށް އިތުރަށް ދަރުއަޅަމުން ދިޔައެވެ. ކުރިމަތީގައި ބޭވަފާތެރި ވަމުން ދިޔައެވެ. ރީތިހާ ކުދިން ގެއަށް ގެނެސް އެނދު ފަޅު ފިލުވިއެވެ. ދަރިފުޅުގެ ރުއިމުގެ ޒިންމާ އެޅުވީ މަގޭ ބޮލުގައެވެ. ޖެއްސުން ކުރުމުގެ ބޭނުމުގައި ދަރިރޮއްވަނީއޭ ބުންޏެވެ. އަނިޔާވެރި ޢަމަލުތައްކޮށް އިންޒާރު ދެމުން ދިޔައެވެ. މަލާމާތުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ. މައިންބަފައިންގެ އަބުރާއިބެހި ހުތުރުހާ އެއްޗެހި ކިޔެވެ. މިހުރިހާ ކަމަކަށް ކެތްކުރަމުން […]
އާޅެން ތައުބާގެ ދޮރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަޅުގެއަށް ވަނީ ބޯވާރެއިން ސަލާމަތް ވުމަށެވެ. ފިނިމެންދަމުގައި ތިބާގެ ހޫނުން އަރާމުލިބުނެވެ. ތިބާގެ ނޭވާގެ މީރުކަމުގައި ހިތް ގެބެމުން ދިޔައެވެ. ބީހުމުގައިހުރިފޮނިކަން އިޙްސާސް ކުރެވުނެވެ. އަނދިރީގެ ތެރެގައި އަނދިރި ދުނިޔެއަށް ވަދެވުނެވެ. ހޭލެވުނީ ފަތިހުގެ ހާ ގޮވާ އަޑަށެވެ. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅިތަނަށްވެރި ވެފައިވަނީ ހަމަހިމޭންކަމެވެ. ބަރަހަނާ ހާލު އެކަނިވެރިކަމުގއި ހިތަށް އެރިއެވެ. ފާފައިގެ ފޭރާމުގައި އުފަލެއްނެތެވެ. އެކަނިއޮންނަން ޖެހޭ ދުވަހާއި މެދު ސަމާލުވާންޖެހެއެވެ. ހިތް […]
އާޅެން މަންޒިލް އިސްމާޢީލް ޢަލީ ކަނދޮޅުދޫ މާތްވިދީނުގެ ހިޔާ ލިބުމީ ސަލާމަތުގެ އަށްސޭރިއަށް އާދެވުމެވެ. ސީދާ މަގުންގޮސް މަންޒިލަށް ވާސިލުވާންވީއެވެ. އީމާންކަމުގެ މާތައް ބިނދެ ހިތަށް ތަސައްލީ ހޯދާށެވެ، ކަށިގަސްތަކުން ސަލާމަތްވެ ހިއްވަރު ލިބިގަންނާށެވެ. ޝައިތާނީ ބާރުތަކާއި ދުރުވާން މަސައްކަތް ކުރާށެވެ. ބެލުންތައް ތިރިކޮށްގެން ހިގާށެވެ. އިވޭކޮންމެ އަޑަކަށް އިޖާބަ ނުދޭށެވެ. ބަންގީގެ މަތިވެރި ކަލިމަތައް އަޑުއަހައި އިޖާބަދޭށެވެ. ވަޢުޞާއި ދީނީ ނަސޭހަތުން ހިތްފުރާލާށެވެ. ޒިކުރުކުރުމުން ހިތަށް ހަމަޖެހުން ގެންނާށެވެ. ދަތުރުގެ ދިގުމިން އެކަކަށްވެސް ނޭގޭނެއެވެ. ކިތަންމެ […]
އަބަދުވެސް ވުން ގާތުގައި ހިތް އެދި ރޮނިއްޔޭ ލޯބިވާ ހިނދުކޮޅަކު ވެސް ދުރުގުވާކަށް ކެތްނުވާނޭ ލޯބިވާ މޭތެރޭ ހިތްވެސް ވެސް ރޮނިއްޔޭ އެކުއެކީ މިފުރާނަޔާ އަތުތެރޭގާ ރޭދުވާ ނިމި ދާން އެދެން މަގެ ލޯބިވާ ހިތުގެ ވިންދާ ގުޅިފަވޭ އަދު ތިޔަ ހަނދާންތައް ނުމެ ފިލާ ލޯމަތިން ސިފަ ވެސް ވަނީ ތިޔަ ސޫރައޭ މަގެ ލޯބިވާ މުޅި ހަޔާތް ރޯޝަންމެ ކޮށް އަލިކޮށް ދިނީ މަގެ ލޯބިވާ ފޮނިވިހާ ހުވަފެން ތަކެއް ދައްކައި ދިނީ އަދު […]
މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ މިހިތުގައިވަނީ ތިޔަ ލޯބިވާގެ މޫނޭ އެކަމަކު މިހިތުގައި އެވާ ލޯބި ބަޔާން ކޮށްދޭން އުނދަގުލޭ ތިޔަ ލޯބިވާއަށް އަންގަދޭނީ ކިހިނަކުންހޭ އަހަރެންގެ މޭމަތީ އަތްއަޅާ މިހިތުގަ ތެޅޭ ވިންދު އިޙްސާސް ކޮށްލަ ބަލާށޭ ކަލާ އަހަރެން ކައިރި ހުންނައިރު މިހިތުގަ ވިންދު ތެޅޭލެއް އަވަސްވެޔޭ ކަލާ އަހަރެން ކައިރި ނުހުންނައިރު ކަލާ ދެކެ ހަނދާން ކުރެވެނީ ކިތައް އިރެއް ނުވަތަ ކިތައް ރެއެއް ވަންދެން ނުނިދަ ހުންނަ ކަމެއް ހަމަ ހުދު […]