Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ނަޖާ (ދެވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
August 22, 2015 5 Mins Read
42 Comments

ކުޑަ މެހެމާނު

ކާރު މަޑުކޮށްލުމާއިއެކު ޝިޔާނާ ކާރުން ފޭބީ ތުއްތު ކުއްޖެއް އުރާލައިގެންނެވެ. މަތީނު ކާރުން ފައިބާ ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ޑިކީއިން ކުޑަ ކުއްޖާގެ ވަށިގަނޑާއި ދަބަސް ނަގައިގެން އެދެމަފިރިން އެކުއެކީގައި ހިނގައިގަތީ 93 ވަނަ ފްލެޓްގެ އެމީހުން ދިރިއުޅޭ އެޕާރޓްމަންޓަށް ދިޔުމަށެވެ. އެ ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ.

ޝިޔާނާ މަތީނުއާއި ކައިވެނީގެ ގޮތުން ގުޅުނީ އޭނާގެ އުމުރުން 20 އަހަރުގައެވެ. ޝިޔާނާއަކީ އިސްކޮޅުން ދިގު، ހަމުކުލަ މެދުމިނަކަށް ކަޅުކޮށް ހުންނަ އަންހެނެކެވެ. އިސްތަށިގަނޑު ފަންވެފައި ވަރަށް ވަރުގަދައެވެ. އޭނާގެ އެ އިސްތަށިގަނޑު އޮންނަނީ ލޭޔާސްކޮށް އުނަގަނޑާ ހަމައަށް އަންނަ ވަރަށް ދިގުކޮށް، މަޑު މުށިކުލައިން ހައިލައިޓްކޮށް ކުލަ ޖައްސާފައެވެ. ޝިޔާނާއަކީ އެހާހިކި އަންހެނެއް ނޫނަސް އޭނާގެ އިސްކޮޅަށް ބަލާފައި ފަލައެކޭވެސް ނުބުނެވޭނެއެވެ.

އެނާގެ ފިރިމީހާ މަތީނަކީ އޭނާ އެކޭ އެއްވަރަށް ހަމުގެ ކުލަ ކަޅު އިސްކޮޅުންވަރަށް ދިގު ބައިމަތިފުޅާ ފިރިހެން ވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. މަތީނަކީ ޝިޔާނާއަށް ވުރެއް 7 އަހަރު ދޮށީ ފިރިހެނެކެވެ. މާލޭ މީހެއްކަމުން މަތީނަށް މާލޭން ލިބޭ އޭނާގެ ބައްޕަގެ ގޯތި ސަރުކާރަށް ދޫކޮށްލާ، އޭނާ ވަނީ ހުޅުމާލެއިން ފްލެޓެއް ހޯދާފައެވެ. މަތީނުގެ އާއިލާގައި ހުންނަނީ މަތީނާއި އަދި މަތީނުގެ ބައްޕަޔަށް އެހެން ބަނޑަކަށް ލިބިފައި ހުންނަ 3 އަންހެން ކުދިންނެވެ. އެކުދިން ދިރިއުޅެނީ އެކުދިންގެ މަންމައާއި އެކީ ސްރީލަންކާގައެވެ.

މަތީނު ވަރަށް ކުޑައިރު މަތީނުގެ މަންމަ ވަނީ މި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. މި ސަބަބާހުރެ މަތީނުގެ އެކަނިވެރި ދިރިއުޅުން ފަޅުފިލުވުމަށްޓަކައި ބައްޕަ ހަލީމްގެ އެދުމުގެމަތިން، އޭނާގެ ގާތް އެކުވެރި ފުއާދުގެ ދޮށީ އަންހެން ދަރި ޝިޔާނާއާއި ކާވެނީގެ ގޮތުން ގުޅުނީއެވެ. ދެމީހުންގެ މިޒާޖާއި ޚިޔާލު އެއްގޮތްކަމުން އެކަކު އަނެކަކަށް ކަމުދިޔައީތީ ކައިވެނިކޮށް މިއަދާ ހަމައަށްވެސް ދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުން ހީވަނީ ޅަފުރައިގެ ދުވަސްވަރުން ފެށިގެން ގުޅިފައިތިބި ދެ ލޯބިވެރިން ހެންނެވެ.

ޝިޔާނާ އާއި މަތީނު ކައިވެނި ކުރުމަށްފަހު އެ އެޕާރޓްމަންޓަށް ބަދަލުވީ ޝިޔާނާގެ މައިންބަފައިންނާއި ކޮއްކޮއާއި އެކީގައެވެ. މަތީނުގެ ބައްޕަ ދިރިއުޅެނީ މާލޭގައެވެ. ސަބަބަކީ އޭނާގެ ވިޔަފާރީގެ ކަންތައްތައް ހުންނަގޮތުން ދަތުރު ފަތުރުކޮށް އުޅުން ދަތިކަމަކަށް ވާތީއެވެ. ނަމަވެސް ކޮންމެ ހުކުރު ދުވަހެއްވެސް ހަލީމް ހޭދަކުރަނީ ހުޅުމާލޭގައި މަތީނުމެންގެ އެޕާރޓްމަންޓް ގައެވެ.

އެޕާރޓްމަންޓްގެ ދޮރު ހުޅުވާލި ވަގުތު ޝިޔާނާ ވީ އުފަލުން ކުރިޔަށްޖެހި ދޮރުކައިރީގައި ހުރި ވަހީދާގެ އަތަށް ތުއްތު ކުއްޖާ ހަވާލު ކުރުމަށްފަހު ފުއާދުގެ ގާތަށްޖެހިލިއެވެ.

ޝިޔާނާއާއި މަތީނުގެ ކައިވެންޏަށް ދެ އަހަރު ވީ ދުވަހެވެ. އެ ދެމަފިރިންނަށް އެ ކައިވެނީގެ އުފާވެރި ދިރިއުޅުމުގައި އައު ކުރިއެއް ފަޅައި އެކުރިން މާފޮޅި މޭވާވެސް އަޅައިފިއެވެ. މިހާރު އެ ދެމަފިރިންނަކީ މައިންބަފައިންގެ ލިސްޓަށް އިތިރުކޮށްލެވުނު ވަރަށްޅަ އަދި ފުރިހަމަ ޖޯޑެކެވެ. ޝިޔާނާ ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލި ދުވަސްކަމުން، މިއަދަކީ ޝިޔާނާމެން އެ ކުޑަ މެހެމާނު ގޮވައިގެން ގެއަށް އައި ފުރަތަމަ ދުވަހެވެ. އެ ތުއްތު ކުއްޖާ ވަނީ ނޫކުލައިގެ ރަޖާގަނޑަކަށްލާ އޮޅާލާފައެވެ. ހަތަރެސް ފަޔަށްވަނީ ހުދުކުލައިގެ އަންގި ލައްވާފައެވެ. ވަހީދާގެ އަތުތެރޭގައި އެ ތުއްތު ކުއްޖާއޮތީ ނިދިފައެވެ. ފުއާދުވެސް ވަހީދާ އާއިއެކު އެ ތުއްތު މައުސޫމް ކުއްޖާއަށް ކަޅިޖަލާނުލާ ބަލަންހުއްޓެވެ. އެ ދެމަފިރިންވެސް ތިބީ އެހާމެ އުފަލުންނެވެ. މީ އެ ދެމަފިރިންނަށް އެންމެ ފުރަތަމަ މާމަ، ކާފަ ކިޔާނެ ކުއްޖާއަށް ވީމައެވެ.

ފުއާދާއި ވަހީދާގެ ދެމަފިރިންގެ ކައިވެންޏަށް 25 އަހަރު ވީ އިރު އެދެމަފިރިންގެ ހުންނަނީ އަންހެން ދެކުދިންނެވެ. ޝިޔާނާ އަކީ އެންމެ ދޮށީ ކުއްޖާއެވެ. ޝިޔާނާގެ ކޮއްކޮ ސާނިޔާއަކީ ޝިޔާނާއަށް ވުރެއް 9 އަހަރު ހަގު ކުއްޖެކެވެ. ފުއާދުމެންގެ އުފާވެރިކަން އިންތިހާއަށް ނުދާންވީ ސަބަބެއްނެތެވެ. ކާފަ ދަރިއަކަށް އެދިއެދި ހުރިއިރު ﷲގެ އިރާދަފުޅުން މިލިބުނީ ފިރިހެން ކުއްޖެކެވެ. ވަހީދާވެސް ހުރީ އުފަލުންގޮސް ފޮޅިފައެވެ.

މުޅި އެޕާރޓްމަންޓް ވަނީ ނޫ ކުލައިގެ ފުއްޕާހަމުން ޒީނަތްތެރި ކުރެވިފައެވެ. ފާރުގައި ލިޔެފައިވާ ލިޔުންކޮޅު ޝިޔާނާ ކިޔާލިއެވެ. “ހެޕީ އެނިވާރސަރީ އެންޑް ވެލްކަމް ލިޓްލް ހީރޯ” ކާމޭޒުމަތިވަނީ ތަފާތު ގިނަ ވައްތަރުތަކުގެ ހެދިކާތަކުން ފުރާލާފައެވެ. މިއަދަކީ އެމީހުންގެ ކައިވެންޏަށް 2 އަހަރު ވީ ދުވަސްކަން ޝިޔާނާ ހުރީ ހަނދާން ނެތިފައެވެ.

ޝިޔާނާ މުޅިގޭތެރެއަށް ކަޅި ހިންގާލިއެވެ.

“ބައްޕާ، މީ ސާނީގެ ކަމެއް ދޯ؟ ކޮބައިތަ އޭނަ” ޝިޔާނާ އޭނާގެ ލޯބިވާ ކޮއްކޮ ހޯދަމުން ފުއާދު ގާތު އަހާލިއެވެ.

“ސަރޕްރައިޒް” ޝިޔާނާމެންގެ ކޮޓަރިން ސާނިޔާ ނުކުންނަމުން ތުއިވެލާފައި ބުންޏެވެ. ޝިޔާނާ އާއި މަތީނު ކޮޓަރިއަށް ވަނެވެ. އެ ކޮޓަރީގެ ތަރުތީބު ވަނީ ބަދަލު ކޮށްލާފައެވެ. އެ ކުޑަކުޑަ މެހެމާނަށް ނޫކުލައިގެ ކުޑަ އެނދެއް ބަހައްޓާފައި ހުއްޓެވެ. އެނދާ ދިމާލަށް ހުރި ފާރުވަނީ ސްޓިކާ ތަކަކުން ޒީނަތްތެރިކޮށްފައެވެ. ޝިޔާނާއަށް އުފަލުން ރޮވުނެވެ. އަދި ލޯބިވާ ކޮއްކޮ ގައިގާ ބައްދާ ލިއެވެ.

ތަހުޤީގުގެ މަރުހަލާ

ޝިޔާނާ ލޯހުޅުވާލީ އޭނާގެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތުގައި ބީހެމުންއައިސް ތުންފަތުގައި ޖެހުމުންނެވެ. އެ ވަގުތަކީ ފުލުހުންގެ ޖިޕް އައިސް ހުޅުމާލޭ ޕޮލިސް ހެޑްކުއާރޓާރސް އަށް މަޑުކޮށްލި ވަގުތެވެ. ޖިޕްގެ ދޮރު ހުޅުވުމަށްފަހު ފުލުހުންގެ ދެއަންހެނުން ޝިޔާނާގެ އަތުގެ އުޅަބޮއްޓާވީ ހިސާބުގައި ހިފަހައްޓައިގެން ނުކުތެވެ. ޝިޔާނާ އަދިވެސް ހުރީ އިސްދަށަށް ޖަހައިގެންނެވެ.

އެހިސާބުގަނޑަށް ވަނީ ފުދޭ ވަރަކަށް މީހުން އެއްވެފައެވެ. އެއްބަޔަކު ފޯނުން ފޮޓޯނަގަމުން ދިޔައެވެ. އަނެއް ބަޔަކު ފޮޓޯ ނަގަމުން ދިޔައީ ކެމެރާތަކުންނެވެ. ތަފާތު ނޫސްވެރިން ހަރަކާތް ވަމުން ދާތަން ފެނެއެވެ. ޝިޔާނާ ފުލުސް އޮފީހުގެ ކޮޓަރިއަކަށް ގެންދެވުނެވެ. އަދިވެސް ޝިޔާނާ އިނީ ދެ އަތް ފުރަގަހަށްލާ ބިޑި އަޅުވާފައެވެ.

ކޮޓަރިއަށް ވެއްދުމަށް ފަހު ޝިޔާނާ ފާރު ކައިރީގައި ލައްވުމަށް އަންހެން ފުލުހެއް އެދުނެވެ. ޝިޔާނާ ފަހަތަށް ތިން ވަރަކަށް ފިޔަވަޅު އެޅުމަށް ފަހު ފާރުގައި ލައްވެލިއެވެ. އެވަގުތު ފުލުހުންގެ ޒުވާން ފިރިހެނެއް ކެމެރާ ހިފައިގެން އެ ކޮޓަރިއަށް ވަނެވެ. އަދި ޝިޔާނާގެ ފޮޓޯ ނެގިއެވެ. ކުރިމައްޗަށް ބަހައްޓައިގެންނާއި ދެފަރާތަށް ބަހައްޓައިގެން ފޮޓޯ ނެގިއެވެ.

އެ ކޮޓަރީގެ މެދުގައި މޭޒަކާ ދެ ގޮނޑި ހުއްޓެވެ. ކެމެރާއާއި އެކު އައި ފުލުސް އެ ކޮޓަރިން ނުކުތުމުން އަންހެން ފުލުސް ޝިޔާނާގެ އަތުގައިވާ ބިޑި ނައްޓާލިއެވެ. އަދި ގޮނޑީގައި އިށީނުމަށް އިޝާރާތް ކުރުމުން ޝިޔާނާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީންދުނެވެ. މޭޒުމަތީގައި އޮތް ފައިލް ހުޅުވާ އޭގެ ތެރެއިން ގަނޑަކާއި ގަލަމެއް ނަގާ ގޮނޑީގައި ހަމަ ޖެހިލިއެވެ. ހީވާ ގޮތުން އެއީ ފޯރމެކެވެ. ފުން ނަޒަރަކުން އެ ފުލުސް ޝިޔާނާގެ މޫނަށް ބަލާލިއެވެ. ޝިޔާނާއާއި އޭނާ ހަތަރު ކަޅި ހަމަކުރި އިރު ނަފްރަތުގެ ހުޅު ރޯވެފައިވާ ލޮލުން ރިހުމުގެ އަސަރު އެ ފުލުހަށް ފާހަގަ ކުރެވުނެވެ. ޝިޔާނާ ގާތު ތެދުތެދަށް ޖަވާބުދޭން ބުނުމަށްފަހު އޭނާ ފޯމު ފުރުމުގެ މަސައްކަތް ފެއްޓިއެވެ.

ޕުލުސް؛ “ފުރިހަމަ ނަން”

ޝިޔާނާ: “އާމިނަތު ޝިޔާނާ ފުއާދު”

ޕުލުސް؛ “އުމުރު”

ޝިޔާނާ: “26 އަހަރު”

ޕުލުސް؛ “ދާއިމީ އެޑްރެސް”

ޝިޔާނާ: “އަލިވާގެ، ށ. ކޮމަންޑޫ”

ޕުލުސް؛ “ކައިވެނީގެ ގޮތުން”

ޝިޔާނާ: “މީހަކާ އިންދެގެން، 4 އަހަރުގެ ފިރިހެން ކުއްޖެއްވެސް ހުރޭ”

ފުލުސް މީހާ ކުރަމުން ދިޔަ ސުވާލުތަކަށް އެއްވެސް ޖެހިލުމެއް ނެތި ޝިޔާނާ ޖަވާބު ދެމުން ގެންދިޔައެވެ. އަދި ޖަވާބު ދެމުން ދާވަރަކަށް ފުލުސް މީހާ ފޯމު ފުރިހަމަ ކުރަމުން ގެންދިޔައެވެ.

“މި ފޯމުގައި ދެވިފައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް އެއްބަސްވެ، ދޮގު މަޢުލޫމާތެއް ދެވިފައިވާނަމަ އެކަމާ ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެ… ދެން މި ފޯރމްގެ ތިރީގައިވާ ގޮޅިގައި ސޮއި ކޮށްލާ، އަދި އިނގިލީގެ ނިޝާންވެސް ޖަހާލާ..” ފުލުސް މީހާ އިރުޝާދު ދިނުމަށްފަހު ފޯމާއިއެކު ގަލަން ޝިޔާނާއަށް ހަވާލުކުރިއެވެ.

ޝިޔާނާ އެ ފޯމް ކިޔާލިއެވެ. އެއީ ކުށްވެރިޔާގެ މަޢުލޫމާތު ފުރިހަމަ ކުރާ ފޯމެވެ. ޝިޔާނާ ގަލަމުން ތިރީގައި އިން ގޮޅީގައި ސޮއިކުރިއެވެ. އަދި އެ ފުލުސްމީހާ ދިއްކޮށްލި އިންކްޕޭޑް ގައި ބޮޑުވައި އިނގިލި ޖައްސާ ފިއްތާލުމަށްފަހު ސޮއިކުރި ގޮޅީގެ ކައިރީގައި ބޮޑުވައި އިނގިލީގެ ނިޝާން ޖެހިއެވެ. ފުލުސްމީހާ އެ ފޯމް އަނބުރާ ފައިލަށް ލިއެވެ. ހަމަ އެދަނޑިވަޅުގައި އިތުރު އެހެން ފުލުހެއް އެ ކޮޓަރިއަށް ވަނެވެ. އޭނާ ވަނީ ވަރަށް ބައިވަރު ސާމާނު ހިފައިގެންނެވެ.

ޝިޔާނާއަށް ފުރަތަމަ ދިއްކޮށްލީ ތެތްތުވާލިކޮޅެކެވެ. ރަނގަޅަށް އަތް ފޮހެލަން އެދުނެވެ. ޝިޔާނާ ރަގަޅަށް ދެ އަތް އެ ތުވާލިން ފޮހެލިއެވެ. ދެން އެ ފުލުސް ޝިޔާނާ ކުރިމައްޗަށް ވާގޮތަށް މޭޒުމަތީގައި ބޮޑު ޓެބްލެޓެއްފާޑުގެ އެއްޗެއް ބޭއްވިއެވެ. އަދި އޭގެމަތީގައި ޝިޔާނާގެ ދެ އަތްތިލަ ޖައްސާ ފިއްތާލިއެވެ. ޝިޔާނާ އަތްތިލަ ނެގިއިރު އޭގެ ކަޅު ސްކްރީނުގައި ހުދުކުލައިން ޝިޔާނާގެ ދެ އަތްތިލައިގެ ނިޝާން އަރާފައި ހުއްޓެވެ. ދެން ޝިޔާނާއަށް އަމުރުކުރެވުނީ އެ ކޮޓަރިތެރޭ ހުރި ފާހާނައަށް ދިޔުމަށެވެ.

ފާހާނައަށް ވަދެ ޝިޔާނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެއީ އާދައިގެ ކުޑަކުޑަ ފާހާނައެކެވެ. ނަމަވެސް ފެންލައިޓާ ދިމާލަށް ހުރި ކުޑަ ދޮރުގައިވަނީ ޖަލެއްހެން ގާތްގާތުގައި ތޭރިޖަހާފައެވެ. ޝިޔާނާގެ ފަހަތުން އެ ދެ އަންހެން ފުލުހުންވެސްވަނެވެ. އަދި ޕްލާސްޓިކް ކޮތަޅެއް ނެގިއެވެ. އެ ކޮތަޅުގައި އިން ޒިބު ކަހާލާފައި އޭގެތެރެއިން ނެގީ ގަދަ ނޫކުލައިގެ ހަރުވާޅަކާއި ޓީޝާޓެކެވެ. އަދި ލައިގެން ހުރި ހެދުން ބޭލުމަށް އަމުރު ކުރިއެވެ. ޝިޔާނާ ހުރީ ހަދާނޭގޮތް ހުސްވެފައެވެ. ދެވަނަ ފަހަރަށް ފުލުސް މީހާ ބުނީ ކުރިޔަށް ވުރެއްބާރަށެވެ.

“ބަލަ އަވަސްކޮށްބަލަ، ތި ހެދުން ބާލާފަ ދިނީމަ އަހަރެންނަށް މި ތަކެތި އިންވެސްޓިގޭޝަން ޓީމާ ހަވާލުކުރަން ދެވޭނީ”

ޝިޔާނާ ވަރަށް ޖެހިލުން ވިޔެވެ. ” ބޭރުގަ މަޑުކޮށްލާ. އަހަރެން ހެދުން ބާލާފަ މި ދެނީ” ޝިޔާނާ ހުރީ އެމީހުން ކުރިމަތީ ހެދުން ބާލަން ނުކެރިފައެވެ.

ފުލުސް މީހާ އިހުނަށް ވުރެއް ހަރުކަށިކޮށް ބުންޏެވެ. “ތި ހެދުން ބާލާފަ ދޭންޖެހޭނީ އަހަރެމެން މިތާ ތިއްބާ. މީ ތަހުގީގަށް ނަގާނެ އެއްޗަކަށް ވާތީ!… ޝިޔާނާ އަށް ބޭނުމިއްޔާ ފާހާނަ ތައްޓަށްލާ ފްލޭޝްވެސް ކުރެވިދާނެ…. މިކަހަލަ ކަމެއް ހިނގާފާނެތީ… މީ މިކަން ކުރަން އޮންނަ ގޮތް. އަވަސް ކުރޭ، ލަދެއް ނުގަތްދޯ މީހަކު މަރާލި އިރަކު”

ޝިޔާނާ ފުލުސް މީހާއަށް ފުރަގަސް ދީފައި އޭނާ ލައިގެން ހުރި ޓޮޕާއި ޖީންސް ބޭލުމަށްފަހު ދިއްކޮށްލިއެވެ. އެމީހުން އަތުގައި އޮތް ޕްލާސްޓިކް ކޮޓަޅު ހުޅުވާލުމަށްފަހު އޭގެތެރެއަށް އެ ހެދުން ލުމަށް އެންގިއެވެ. ޝިޔާނާ އަށް ގަދަ ނޫކުލައިގެ ހަރުވާޅާއި ޓީޝާޓް ދިނުމަށްފަހު ތާހިރުވެގެން އަވަހަށް ނުކުތުމަށާއި އެމީހުން އެ ކޮޓަރީގައި އެބަތިބީމޭ ބުނުމަށްފަހު އެ ކުޑަ ފާހާނައިން ނުކުމެއްޖެއެވެ.

ޝިޔާނާ ހުރީ ވަރަށް ލަދުންނެވެ. މޭމަތީގައި އަތް އަޅައިގެން ހުރި އިރު ލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުން ދަނީއެވެ. ހަޔާތުގައިވެސް މިފަދަ ކަމަކާއި ކުރިމަތިލާ ފުރަތަމަ ދުވަސް ކަމުން ޝިޔާނާ ހުރީ ބިރުގެންފައެވެ. އިންތިހާއަށް ލަދުވެސް ގަނެފައެވެ. މޫނުދޮންނަ ތަށި ކުރިމަތީހުރި ލޯގަނޑުން ޝިޔާނާގެ މޫނަށް ބަލާލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަގަޅުކޮށްލިއެވެ. އެ ވަގުތުވެސް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ލާން ދިން ހަރުވާޅާއި ޓީޝާޓް މޫނު ދޮންނަ ތަށި މަތީ ބާއްވާފައި މާގަނޑު ދަށަށް ވަދެ އިސްކުރު ދޫކޮށްލިއެވެ. ގައިގައި ހުރި ލޭތައް ސާފުކޮށްލަން ޝިޔާނާ ބޭނުންވީ ފެންވަރާލާށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ނަޖާ (ފުރަތަމަ ބައި)

Next

އަލްމާޝް 12

Next
August 22, 2015

އަލްމާޝް 12

Previews
August 21, 2015

ނަޖާ (ފުރަތަމަ ބައި)

42 Comments!

  1. zee says:
    August 22, 2015 at 7:55 pm

    vvvvvvvvvv reethi and im 1st

    1. Shax Lyn says:
      August 23, 2015 at 1:45 am

      Thanks zee….. u will enjoy the upcomming part…. will upload soon…. ?

  2. ram says:
    August 22, 2015 at 7:55 pm

    nice waitn 4 nextpart

  3. sau says:
    August 22, 2015 at 8:06 pm

    Wow.. varah nice.. waiting fir the next part.. mmwahhxx

  4. rysh says:
    August 22, 2015 at 8:10 pm

    waiting for the next part kehmadhu kamaa eku…

  5. ink says:
    August 22, 2015 at 8:12 pm

    Salhi.

  6. mee says:
    August 22, 2015 at 8:30 pm

    Reeth

  7. SaM says:
    August 22, 2015 at 9:08 pm

    Waaaaaao…. Mi hama ehvana eynun… 🙂

  8. Naax says:
    August 22, 2015 at 9:47 pm

    Heevanee v reethivaanehen….when next part

    1. Shax Lyn says:
      August 23, 2015 at 1:44 am

      Hopefully v soon…..

  9. shif says:
    August 22, 2015 at 9:48 pm

    Interestin..waiting for the next part

  10. Anonymous says:
    August 22, 2015 at 10:18 pm

    Nice

  11. Niyu says:
    August 22, 2015 at 10:24 pm

    Varah varah reethi next episode ge inthizaaruga ??? dhen vaane goie adu ahan kehmadhuvefa ?

    1. Shax Lyn says:
      August 23, 2015 at 1:40 am

      Inthizaarukollaaa.. thanks

  12. Fathun says:
    August 22, 2015 at 10:42 pm

    This part is much better.. Still u came improve …Nice story

    1. Shax Lyn says:
      August 23, 2015 at 1:41 am

      Thanks fathun…. kuriyah huribaithahves furihama koh genesdheveytho balaanan…

  13. azoo says:
    August 22, 2015 at 11:20 pm

    Eyna ge ehbandu kokko maralaigen e ulhenee…. hehehe… aslu varah interesting….

  14. zai says:
    August 23, 2015 at 12:24 am

    Wow great..???

  15. Axoo says:
    August 23, 2015 at 12:30 am

    Vv reethi vaahakaeh. Heevany maraaly kokko nuvatha firimeehaahen

    1. Shax Lyn says:
      August 23, 2015 at 1:43 am

      inthizaarukollaa… varah avahah ingeyne maraalee kaakukan…..

  16. abee says:
    August 23, 2015 at 1:26 am

    U can b one of the best author in maldives… This story is so unique so far…welldone

    1. Shax Lyn says:
      August 23, 2015 at 1:42 am

      Thanks abee…. ❤

  17. Esha says:
    August 23, 2015 at 2:22 am

    V nice ? waiting waiting

  18. Annaarey says:
    August 23, 2015 at 2:23 am

    v furihama….v molhu….next episodes pls

  19. nooora says:
    August 23, 2015 at 3:11 am

    V nice ?

  20. kokeelaa says:
    August 23, 2015 at 9:40 am

    V nice
    Waitting for the next part

  21. Aaa eeee says:
    August 23, 2015 at 10:08 am

    Eyna ga firemeeha tha maraaleeeee

    1. Shax Lyn says:
      August 23, 2015 at 11:48 am

      First episode ga eynage husband… mathyn zaan govaigen cyclega dhaa vaahaka innaane…. so its not mathyn

  22. mode says:
    August 23, 2015 at 11:51 am

    waiting for next episode

  23. ixoo says:
    August 23, 2015 at 1:22 pm

    Vv reethe vaahakaeh

    1. Shax Lyn says:
      August 23, 2015 at 1:25 pm

      Shukuriyyaaa…. ?

  24. saamy says:
    August 23, 2015 at 4:10 pm

    saaniyaa hen hyvany

  25. nihaa says:
    August 24, 2015 at 6:00 am

    Hama habeyss

  26. apoo says:
    August 24, 2015 at 9:28 am

    soo perfect…

  27. gurey says:
    August 24, 2015 at 7:55 pm

    Alhey upload kuraanee kon irakun….. varah beynun kiyaalan

  28. ash says:
    August 25, 2015 at 1:24 pm

    V v reethi story eh mi

  29. Saee says:
    August 28, 2015 at 9:25 pm

    nice

  30. Shax Lyn says:
    August 30, 2015 at 11:39 am

    Thanks alll….. ??

  31. saadhu says:
    August 30, 2015 at 9:23 pm

    Nice story

  32. amina gadu :) says:
    September 1, 2015 at 11:05 am

    this very nice story 🙂

    1. Shax Lyn says:
      September 6, 2015 at 2:50 am

      Amina gandaaaa…. varah bodah shukuriyyaaa… 🙂

  33. shau says:
    October 1, 2015 at 10:49 pm

    Nice

Comments are closed.

Next Episodeނަޖާ (ތިންވަނަ ބައި)←


All Right Reserved!