މީގެތެރެއިން އީވާނާއި ލީވާނަކީ ވެސް ވަރަށް އެކަނިވެރިކޮށް އެލޯންޗުގައި ހުރި ދެ ޒުވާނުންނެވެ. ނަމަވެސް އެކަން އެހެން މީހުންނަށް ފާހަގައެއް ނުވެއެވެ. އެމީހުން އޭރުވެސް ދިޔައީ ލޯންޗުގައި އެމީހުން ގެނައި ދެބެރުން ބެރުޖަހާ އަޑު ގަދަކޮށް ލަވަކިޔަމުންނެވެ. އީވާނާއި ލީވާނަކީ ކުޑަހުވަދޫގެ ބޮޑުވިޔަފާރި ވެރިއެއްގެ ހުރި އެއްމާބަނޑު ދެ ކުދިންނެވެ. މި ދެމީހުންގެ ވައްތަރުކަމުން ދެމީހުން އެކަކު އަނެކަކާއި އަޅާކިޔަން ވަރަށް އުނދަގުލެވެ. ދޮން، ހެޔޮވަރުގެ އިސްކޮޅަކާއި އެކު ލިބިފައިވާ ހަށިގަނޑު އެހާމެ ފުރިހަމައެވެ. އެމީހުންނަކީ މާލޭގެ […]
މި ވާހަކައަކީ އަރާމަގުގައި އަޅުގަނޑު ޝާއިރުކޮށްފައިވާ ވާހަކައެކެވެ. އޮޔާ (1) ފައިހާއަށް ހޭލެވެމުން ދިޔައިރު ވެސް ކީބޯޑުން ޓައިޕްކުރަމުންދިޔަ އަޑު އިވިއިވި ހުއްޓެވެ. “ނޫން، އެހެނެއް ނުވާނެ” ފައިހާއަށް އެއަޑާއި ދޭތެރޭ ޝައްކުވިއެވެ. ކުރިންވެހެމުން ދިޔަ ވާރޭ ހުއްޓާލާފައިވާތީ، ސިޓިން ރޫމްބައިން އިވެމުން ދިޔަ އަޑު ސާފުކޮށް އިވިއިވި ހުއްޓެވެ. ފައިހާ ގަޑިއަށް ބަލާލިއިރު ގަޑިން މެންދަމު 2 ޖަހާ ބޮޑު ވެއްޖެއެވެ. ރޭގަނޑުގެ ބޮޑުބައި އަނޫޝް ނިމޭތޯ އިނދެ އިނދެ ވަރުބަލިވި ފަހުން މިނިމުނީ އޭ ބުނުމުން […]
އިނގިރޭސިވިލާތުގެ ފަރސްޓު ކުލާހުގެ މަތިންދާބޯޓަކުން ދަތުރުކުރަމުންދިޔަ މުސްލިމް ފިރިހެނެކެވެ. ކްރޫގެ ވަރަށް ޒުވާން ޖިންސުއްލަތީފެއް އައިސް މިމީހާއަށް ދިއްކޮށްލީ ތައްޓެކެވެ. ބަލާލިއިރު އެތަށީގައި ހުރީ ރަލެވެ. އެހެންކަމުން، މިމީހާ އެތަށި ބުއިމަށް ދެކޮޅުހެދީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. އަނެއްކާވެސް ހަމަ ކްރޫގެ މިމެންބަރު ދެވަނަ ފަހަރަށް އައިސް މުސްލިމް މީހާއަށް އެތަށި ދިއްކޮށްލިއެވެ. މިފަހަރު އެތަށި ގެނައީ ރީތި ގޮތަކަށް ފަރުމާކޮށްފައި ހުރި ދޮލަނގަކަށް ލައިގެންނެވެ. މިފަހަރުވެސް އެމީހާ ވަރަށް އިޙްތިރާމާ އެކީގައި ތަށި ބުއިމަށް ދެކޮޅުހެދީ ތިމަންނަ […]
1- 2006 ގައި އޮސްޓްރޭލިއާގެ ފިރިހެނަކު އީ-ބޭގައި ނިއުޒީލޭންޑު ވިއްކާލަން އުޅުނެވެ. އީބޭއިން އޭތި ޑިލީޓު ކުރިއިރު އޭގެ އަގު ތިންހާހަށް އަރާފައި ހުއްޓެވެ. 2- އިނގިރޭސިވިލާތުގެ މީހަކު ޓެލެމާރކެޓަރުންނަށް އޮޅުންބޮޅުން އެރުވުމަށް އޭނާގެ ނަން ” ޓިމް ޕްޕްޕްޕްޕްޕްޕްޕްޕްޕްރައިޒް ” އަށް ބަދަލުކުރިއެވެ. 3- ޖޭޕީ. މޯރގަން، އޭނާގެ މޫނު އެހާ ރަތްކޮށް ހުންނަނީ ކީއްވެތޯ ހޯދާ މީހަކަށް އެއްލައްކަ ޑޮލަރު ހުށަހެޅިއެވެ. އެކަމަކު އެކަކަށްވެސް ނުހޯދުނެވެ. 4- ޕްރިއަރީ ކިޔާ ކުއްތާތައް އޭގެ ސަލާމް […]
ނަމްބަރު އެކެއް: މިނަންބަރަކީ 1991 ގައި މީޑިޔާގައި ހުރި ވެބްސައިޓުތަކުގެ ޢަދަދެވެ. ( މިއަދު ގާތްގަނޑަކަށް 850 މިލިއަނެއްހާ ސައިޓުތައް އެބަހުއްޓެވެ. ) ނެބްރާސްކާގެ މެނޮވީގައި ދިރިއުޅޭ ރައްޔިތުންގެ ޢަދަދަކީވެސް އެކެކެވެ. ނަމްބަރު ސުމެއް: ގްރީކު މީހުންނާއި ރޯމް މީހުންނެއް މިނަންބަރެއް ބޭނުމެއް ނުކުރެއެވެ. ކުރީގެ ބެބިލޯނިއަނުން އީޖާދުކުރި މިނަންބަރަކީ އެންމެ ބޮޑު ނަންބަރެވެ. ނަންބަރު ތިނެއް: ވިއެޓްނާމުގެ މީހުން ޤަބޫލުކުރާ ގޮތުގައި ތިން މީހުން އެއްކޮށް ފޮޓޯ ނަގާކަށް ނުވާނެއެވެ. ސަބަބަކީ މެދުގައި ހުރި މީހާ […]
މީޝެލް ދިޔައީ ސުޕަރ މާރކެޓުން އެއްޗެހި ގަންނަމުންނެވެ. 260 ނެޕީއާއި 2 ކޭސް ކިރު ދަޅު އެއެޅީ ޓްރޯލީއަށެވެ. ދެއަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ ލޫކާއި ލިލިއަން ތިބި ގޮނޑި ކުރިއަށް ޖައްސަމުން، އޭނާ ޕާސްޓާ ޕެކެޓުތަކާއި ޗޮކްލެޓުތައް ޓްރޯލީއަށް އަޅާލިއެވެ. އޭނާގެ ފަހަތުން، ފިރިމީހާ ކަމަށްވާ ކްރިސް. 34 ދިޔައީ ހަތަރު މަހުގެ ދެކުދިން ކަމަށްވާ އޮލީއާއި އޮލީވިއާ ތިބި ގޮނޑި ކުރިއަށް ޖައްސަމުންނެވެ. އެދެމަފިރިން ދިޔައީ ދެ ސަފްހާގެ ބާޒާރު ލިސްޓުގައިވާ ތަކެތި ހަމަކުރަމުންނެވެ. […]
ކައިވެނީގެ ކުރިން: ފިރިހެންކުއްޖާ: އަޅޭ، އެންމެ ފަހުން. އަހަންނަށް ކެތެއް ނުކުރެވޭނެ މިކަން ނުވަނީހެއް. އަންހެންކުއްޖާ: އަހަރެން ދޫކޮށްލާނަންތަ؟ ފިރިހެންކުއްޖާ: ނޫން ތިކަމާ އެއްގޮތަކަށްވެސް ނުވިސްނާތި! އަންހެންކުއްޖާ: އަހަރެންދެކެ ލޯބިވޭތަ؟ ފިރިހެންކުއްޖާ: އާނ ގައިމެއްނު. އަބަދުވެސް. އަންހެންކުއްޖާ: ދުވަހަކުވެސް އަހަންނަށް އޮޅުވާލިންތަ؟ ފިރިހެންކުއްޖާ: ނޫން، ކީއްވެ ތިއަހަނީ؟ އަންހެންކުއްޖާ: އަހަންނަށް ބޮސްދޭނަންތަ؟ ފިރިހެންކުއްޖާ: އަހަންނަށް ލިބޭ ކޮންމެ ފުރުސަތަކު. އަންހެންކުއްޖާ: އަހަރެން ގައިގަ ޖަހާނަންތަ؟ ފިރިހެންކުއްޖާ: ނޫން! މޮޔަވީތަ؟ އަންހެންކުއްޖާ: އަހަންނަށް ތީނައަށް އިތުބާރުކުރެވިދާނެތަ؟ ފިރިހެންކުއްޖާ: އާނ! […]
“ޔެސް… ޔެސް… ޔޭސްސްސް…” ލިންކް ހުޅުވާލަން ފިއްތާލުމަށްފަހު މަޑުމަޑުން މިހެން ބުނެލީ މުއްކަވާއިގެން ހުރި އަތުން ފައިގެ ފަލަމަސްގަނޑުގައި ތަޅަމުންނެވެ. ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތް ކަޔާނަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެވޯޑް ލިބިފައިވުމުން މިހާރު އެ ވާހަކަ ވަނީ ސައިޓުތަކުން ނަގާފައެވެ. ވީ ދެރައިން ފޯނު ނަގާ މިޝްކާއަށް ގުޅާލީ އެވާހަކަ ލިބޭނޭގޮތެއް ހޯދާލާށެވެ. ތިންފަހަރުވެސް ފޯނު ދިޔައީ ވޮއިސް މެއިލަށެވެ. ކަޔާން ޖަވާބެއް ނުދީ ފޯނު ބޭއްވީ އެކަމާ ވަރަށް މޫޑު ޚަރާބުވެ […]
ކަޅު ކާރެއްގައި އައިސް މަޑުކޮށްލުމަށްފަހު އެ ކާރުން ފޭބީ ޕަރީއެއް ފަދަ ރީތި ޒުވާނެކެވެ. އެ ޒުވާނާ ހުރީ ހުދުކުލައިގެ ބޮޑު ޕްރޮމް ޑްރެސްއެއް ލައިގެންނެވެ. ހެދުމުގެ މޭމަތީގައި ވަނީ ރިހި ކުލައިން ދިއްލޭ އެސްތަކަކުން ޖަރީ ކޮށްފައެވެ. އޭނާގެ ރާޅުބާނި ދިގު އިސްތަށިގަނޑުވަނީ ނިއުޅުވާލާފައެވެ. އަތުކުރީގައި އަޅާފައިވާ ބޯ، ރިހި ތަނޑުގަނޑު ފިޔަވާ އިތުރު ގަހަނާއެއް ބޭނުން ކޮށްފައެއް ނުވެއެވެ. ކާރުން ފޭބުމާއި އެކީ ވަށައިގެން އެއްވެ ތިބި މީހުންގެ އަމާޒަކަށް އެ އަންހެން […]