އީޝް އަޝްވާ ދައްކާލުމުން ކާއިން އީޝްއާއި ދިމާލަށް ބަލާލައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އީޝްއަށް ކާއިން އެ ދެއްކި އިޝާރާތުގެ މާނަ އެނގުނެވެ. އެހެންކަމުން އިތުރު އެއްޗެއް ބުނުނެ ކާއިން އާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނެވެ. “ކާއިން ބޭބޭ! އީޝް ބައްޕަ އުޅެނީ އީޝްއަށް ކޮއްކޮ އެއް ހޯދަދޭން.. ކާއިން ބޭބެ ބޭނުންތަ ކޮއްކޮ އެއް” ކާއިންއާއި ޖެހިގެން އިށީދެގެން އިން އީޝް އަހާލިއެވެ. މީގެ ދުވަސްތަކެއް ކުރިން އަޝްވިން އީޝްއަށް ކުއްޖެއް […]
ޝަނުމް ކުޑަކޮށް ތާޒާ ވެލުމަށް ރީމް އާއި އެކީ ގޮސް ކޮޓަރިއަށް ވަނެވެ. އިއްޔެ ވީ ކަންތަކުގެ ވާހަކަ ދައްކަން ދެ މީހުން ވެސް ތިބީ ލަދުންނެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަޝްވާ ދެކެ ކަމަށް ޝަނުމް އޭނާގެ ހިތަށް އެތައް ފަހަރެއްގެ މަތިން ވިސްނުވައިދެވޭތޯ އުޅެއެވެ. އަދި އިތުރު މީހަކަށް އެ ހިތުން ޖާގައެއް ނުދެވޭނެ ކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ރީމްގެ ބަދަލުވަމުން އަންނަމުންދާ މިޒާޖުގެ ސަބަބުން މިކަންތައް ބަދަލުވެގެން ހިނގައިދާނެ ކަމަށްޓަކައި ޝަނުމް […]
“އެއީ ހަމަ އަސްލުވެސް ކައިލްތަ؟ ނޫން ދޯ. އެއީ ކައިލްއެއް ނޫނޭ ބުނޭ. ހެޔޮނުވާނެ.” މިފަހަރު ލަޔާލްގެ ވާހަކަ ހުރި ގޮތުން ޒޭންއަށް ޔަގީންވީ ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމުގައެވެ. ޔާލްއަށް މިހާވަރު ވެގެން މިއުޅެނީ އެހެން ވެގެން ކަމަށެވެ. ޒޭން ވަރަށް އުފާވިއެވެ. އެއީ ނީޒާ އޭނަގެ ފަހަރިއަށް ހަދަން ބޭނުން ނުވާތީއެވެ. “ސިސީ.. ހަމަ ޖެހިބަލަ. ތިއްތޭ ހޭއަރައިފިއޭ. އިރުކޮޅަކުން ރޫމަށް ބަދަލު ކުރާނެ ވާހަކަ ސިސީގެ ދޮންތަ ބުނެފިއޭ. ހުއްޓާލާ ދެން.” ޒޭން ޔާލްގެ ކަރުނަ ފޮހެމުން ބުންޏެވެ. “ކައިލް އެއީ ޒޭންގެ ބޭބެއެއްތަ؟ ކައިލް އަށް ކިހިނެއްވީ؟ ހިއެއްނުވޭ ކައިލްއަށް ޔާލް އިނގޭނެ ހެނެއް” ލަޔާލް ހައިރާންވެ ހުރެ އަހާލިއެވެ. އޭރު އެ ދެލޮލުގައި ވަނީ ޖަވާބެއް ނެތް ސުވާލު ތަކެކެވެ. “ކީކޭ؟ ތިއްތޭ އަކަށް ނޭނގޭނޭ. ދެން ކީއްވެ ސިސް ތިހާވަރަށް ތި ރުއީ؟ އަނެއްކާ ސިސް ތިއްތޭ ދެކެ. އަހަރެން ހީކުރީ ދެމީހުން އުޅެނީ ރައްޓެހި ވެގެން ކަމަށް” ޒޭން ވާނުވާ ނޭނގި ހުރެ އޮޅުން ފިލުވަން ވެގެން އެހިއެވެ. “ކޯޒް އައި ލަވް ހިމް އައި ވޯންޓް ހިމް ސޯ ބޭޑް ލީ” ލަޔާލް ހަޅޭއް ލަވައިގަތެވެ. އެތާ އިތުރު މީހަކު ހުރިނަމަ ޔާލް ބޭޒާރު ވީސް ކަން ޔަގީނެވެ. ޒޭން ވަރަށް އުފާވިއެވެ. ނަމަވެސް ކައިލް ލޯބި ވަނީ ނީޒާ ދެކެކަން ޒޭންއަށް އެނގެއެވެ. އެހެން ކަމުން އެވާހަކަ ކިޔާ ދިނުމަށް ނިންމީ ޔާލް އޮޅުމެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވާތީއެވެ. އެހެން ކަމުން ވަރަށް ހިތްވަރު ކޮށްފައި އެވާހަކަ ކިޔާދޭން ފެށިއެވެ. ލަޔާލް އަށް ހީވީ ހިތަށް މީހަކު ކަށި ހެރި ހެންނެވެ. އެއީ އެއްވެސް ވަރަކަށް އޭނަ އަޑު އަޑުއަހަން ބޭނުންވި ވާހަައެއް ނޫނެވެ. ނަމަވެސް އޭގަ ކުރެވޭނެ ކަމެއް ނެތެވެ. އެވަގުތަކީ ލައިޝާ ނިޔާޝް ދޫކޮށްލައިގެން ގެޔަށް ގެންދަަން އައި ވަގުތެވެ. އެވަގުތު އޭނައަށް ފެނުނީ އޭނަގެ ލޯބިވާ ކޮއްކޮ ގޮނޑިއެއް ގައި އިނދެގެން ރޯތަނެވެ. ކައިރީގައި ޒޭން އިނދެގެން ކޮންމެސް ވާހަކައެއް ދައްކާ ތަނެވެ. ލައި ހީކުރީ ޔާލް ރޮނީ ބައްޕަ އަނެއްކާ ބަލި ވުމުން ކަމަށެވެ. ނަމަވެސް ކައިރި ވުމުން ވީގޮތް ލައި އަށް ސާފު ވެގެން ދިޔައެވެ. އަދި ކޮއްކޮ އަށްޓަކައި ހަމްދަރުދީވިއެވެ. ލައި އަދި ޔާލްއަށް ވިސްނައި ދޭނެއެވެ. ބޭނުން ކޮންމެ އެއްޗެއް، ލޯބިވާ ކޮންމެ މީހެއް ނުލިބޭނެއެވެ. އެކުދިންް ކުޑައިރު މަންމަ މަރު ވުމުގެ ސަބަބުން ވަނީ މަންމައެއްގެ ލޯބިން މަހުރޫމު ވެފައެވެ. ނަމަވެސް އެއްވެސް ކުއްޖަކު އެކަމާ ޝަކުވާއެއް ނުކުރެއެވެ. އެހެން ކަމުން ލައި ނިންމީ އެކަމާއި ވާހަކަ ދައްކައިގެން ޔާލް ހަމައަކަށް އެޅުވުމަށެވެ. ޔާލްއަށް ގޮވާލުމަށް ފަހު ބައްޕަ އާއެކު ގެއަސްދާ ވާހަކަ ބުނުމުން ކުޑަކުއްޖަކު ފަދައިން ބަސް އަހައިގެން ލައިގެ ފަހަތުން ދިޔައެވެ. ގެއަށް އައި ގޮތަށް ޔާލް ވަނީ ކޮޓަރިއަށެވެ. ބޮޑުދައިތަ ކާން ބުނުމުން ވެސް އޮތީ ނުކައެވެ. އެންމެ ފަހުން ނިޔާޝް އަށް އެކަން އެނގިގެން އައެވެ. އަދި ލަޔާލް ލައްވައި ކާން އެއްބަސް ކުރުވުމަށް ފަހު ނިކުތެވެ. ތަންވަޅު ބަލާފައި ލައިޝާ އެ ކޮޓަރިއަށް ވަނެވެ. އޭރު ޔާލް ފާހަނާއިން ނުކުތް ނަނީއެވެ. ލައި އަށް ޔާލްގެ ރަތްވެ ފައިވާ ދެލޯ ފެނުނެވެ. “ޔާލް އެއްވެސް އެއްޗެއް ނުކައެއްނު ތިހުރީ. ދޮންތި މިއުޅެނީ ޕަނީނޯ ކާން. ޔާލް ކާންނަން ދޯ. ދޮންތި އޯޑާވެސް ކޮށްފިން” ލައި ބޭނުންވީ ގަދަކަމުން ވެސް ޔާލް އަށް އެއްޗެއް ކާން ދޭށެވެ. މަންމަ ނެތްއިރު އަދި ބައްޕަ ބަލިއިރު ޔާލް ނުކާ ހުންނަންޏާ ދެރަވާނެތީއެވެ. ޔާލް ބޯ އައްސައި ރީތި ވެލުމަށް ފަހު ނިކުތް އިރު ލައި އޯޑަރާއި ހަވާލު ވެއްޖެއެވެ. ދެކުދިން ކާން އެރީ ޓެރެސް އަށެވެ. އޭރު ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މާހައުލު އޮތީ ފިނިވެފައެވެ. ލަޔާލްގެ ހިތަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބުނެވެ. ހިތްހަމަ ޖެހިގެން ތިބެ ދެކުދިން ކައި ނިންމާލިއެވެ. އެއާކު ވާރޭ ތެރެއަށް ލައިޗާ ނެރުމަށްޓަކައި އޭނަގެ އަތަށް ޔާލް ދަމަން ފެށިއެވެ. އެއީ އަބަދުގެވެސް އާދައެވެ. ވާރޭ ތެރޭ އެކަކު އަނެކަކު ގަޔަށް ފެންޖަހަން އުޅުމަށް ފަހު ވަރުބަލި ވުމުން ޓެރެސް ގައި ހުރި އުނދޯލީގައި އިށީނެވެ. “ޔާލް. މަންމަގެ ލޯބި ނުލިބުނަސް އަހަރެމެން ބޮޑުވީ ބޮއްތަ އާއި ބައްޕަގެ ލޯބި ލިބިގެން. މަންމަ މަރުވީ ޔާލް އަށް ފަސް އަހަރުގަ. އެކަމު ޔާލް ނުލާހިކު ހިތްވަރު ގަދަ. އެހެންވީމަ މިހާރުވެސް ޖެހޭނެ ހިތްވަރު ގަދަ ކުރަން އިނގޭ. ދޮންތި އަށް ކިޔައި ދީބަލަ ވެގެން އުޅޭ ގޮތެއް. ކައިލް އަކީ ކާކުތަ؟ ބުނީމަ ދޯ އެހީތެރި ވެވޭނީ ވެސް.” ލައިޝާ ލޯތްބާއި އެކު ޔާލްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނަމަވެސް ރުއިން ފިޔަވާ އެހެން ކަމެއް ލަޔާލް ނުކުރެއެވެ. ************** ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ލަޔާލް ވެސް ހިތްވަރާ އެކު އުޅޭމުން ދެއެވެ. ކުރީގެ މަޖާ މިޒާޖާއެކުގައެވެ. އެހެން ނަމަވެސް އޭނަގެ ހިތުގައިވާ ޒަހަމް ލައިޝާ އަށާއި ޒޭންއަށް ނޫނީ ނޭނގެއެވެ. ކައިލްގެ ހަނދާން ތަކުން ދުރުވުމަށްޓަކއި ޔާލް އަބަދުވެސް ކޮންްމެސް ކަމެއްގައި ބިޒީވެގެން އުޅެއެވެ. ކައިލްގެ ހާލަކީތޯއެވެ. ނީޒާ އޭނައަމެދު ކަންތައް ކުރި ގޮތުން ކައިލް ވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. މިކަމާއި އޭނަގެ މައިންބަފައިން ވަނީ ފިކުރު ކުރަން ޖެހިފައެވެ. އެންމެ ފަހުން އެމީހުންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ ޒޭން އާއެކު ލަންކާއަށް ފޮނުވުމެވެ. ޒޭން ޔާލްއަށް ގުޅައި އެވާހަކަ ބުނަން އުޅުނު ނަމަވެސް ގުޅާއިރު ފޯނަށް ޖަވާބު ނުުދޭތީ ކޮންމެ ފަހަރަކުވެސް ނާކާމިޔާބު ވަނީއެވެ. ލަޔާލްގެ ގެ ހުންނަ ތަން އެނގޭ ނަމަ ގެއަށް ގޮސް ބުނެވުނު ނަމަވެސް އެ ގެ ހުންނަ ތަން ވެސް ޒޭން އަށް ނޭނގެއެވެ. ************* ލަޔާލް އޭނަގެ އެފްބީ އައިދީ ހުޅުވާލީ ޒޭން އާއި ވާހަކަ ދެއްކުމަށެވެ. ލަޔާލް ސިހުނީ އޭނައަށް އައިއްސަ ހުރި ޒޭންގެ މެސެޖުތަކުންނެވެ. ކައިލް އާއެކު ލަންކާގައި ކަމާއި ނީޒާގެ ބޭވަފާތެރިކަމާއި ލަޔާލްގެ ކުއްލި ވަކިވިމުގެ ސަބަބުން ކޮށްފައިވާ އެތައް ޝަކުވާއެކެވެ. ޔާލް އަވަހަށް ޒޭން އޮންލައިން ގައި އިންތޯ ބެލިއެވެ. އެތައް އިރަކު އިނުމަށްފަހު ވެސް ޒޭން އޮންލައިން ނުވުމުން ޒޭންގެ މެސެޖުތައް އައިއްސަ ހުރި ގަޑީގައި އޮންލައިން ވުމަށް ނިންމިއެވެ. ޔާލްއަށް އޭނަގެ ލޯބި ކާމިޔާބު ވާން އުޅެނީ ކަމުގައި ދެކެމުން އައި ހުވަފެން ތެދުވަނީ ހެންވެސް ހީވިއެވެ. އުފާވެފަ ހުރި ވަރުން ޔާލްއަށް އުޅެވޭ ނޫޅެވޭ ގޮތެއް ނޭނގުނެވެ. މިނިވަން ދޫންޏެއް ފަދައިން ޓެރަސް ގައި އިންދާފައި ހުރި ގަސްތަކުގައި އަތްލަމުން ރާގެއް އަޅުވަމުން ދިޔައެވެ. ޓެރަސްގެ ދޮރު މަތީގައި މި މަންޒަރު ބަލަން ހައިރާން ވެފައި ލައި ހުއްޓެވެ. ލައިކަރު ކެހެލިއެވެ. ނަމަވެސް ހިޔާލީ ދުނިޔޭގައި އުޅުނު ޔާލްއަށް ހިލަމެއްވި ހެންވެސް ހިއެއްނުވެއެވެ. އެއާއެކު ލައި ކެއްސަން ފެއްޓިއެވެ. ޔާލްއަށް ސިހުން ލިބި ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. ވަގުތުން އެކުއްޖާގެ މޫނު ލަދުން ރަތްވިއެވެ. “ކިހިނެއް ވެގެންތަ މިއަދު ދޮންތިގެ ކޮއްކި އަށް ވެގެން މިއުޅެނީ؟” ދެއަތުން މޫނު ފޮރުވައިން ހުރި ޔާލްގެ ދެއަތް މޫނުން ނައްޓަމުން ކުރިމައްޗައް އަރައިފައި ލައި އަހާލިއެވެ. “ދޮންތީ ދެން” ޔާލް އަނެއްކާވެސް ލަދުން ފަހަތަށް އެނބުރުނެވެ. “ކޮންމެސް ކަމެއްވެއްޖެ. އެހެން ނޫނީ ތިހިނެއް ނޫޅޭނެ. ބުނެބަލަ ދޮންތަ ކާރީ. އަނެއްކާ ކައިލް” ލައިޝާ ދުލެއްނުކުރިއެވެ. އޭނަ ހުރީ މިފަހަރު ކޮންމެ އެއްޗެއް ކިޔައިގެން ވިޔަސް އެސިއްރު ހޯދުމަށް އަޒުމް ކަނޑަ އަޅައިގެން ކަހަލައެވެ. “ޔެސް ދޮންތީ. ހީސް ގޮނަ ބީ މައިން ސޫން. އިރާދަކުރެއްވިއްޔާ” ނޭނގި ހުރެ ލައި ކައިރީގައި އޭނަގެ ސިއްރު ބޭރު ކޮށް ލެވުނެވެ. އެހާ އުފާވެފައި ހުރުމުން ކިޔޭ ނުކިޔޭ ވެސް ނޭނގޭ ކަހަލައެވެ. އަދި ލައިގެ ކޮނޑުގައި ބޯ އަޅާލިއެވެ. “އެހެންވީމަ ދޮންތިއަށް ހީވީ ރަނގަޅަށް. ދޮންތި ކުރިން ވެސް ބުނީމެއްނު. އިފް ޔޫ ލަވް ސަމްވަން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް. ބިލީވް މީ މައި ލިޓްލް އެންޖަލް. ވަންޑޭ ޔޫ ވިލް ބީ ދަ މޯސްޓް ހެޕިއެސްޓް ސިސްޓާރ” ލައިޝާ ދިޔައީ އަދިވެސް ހިތްވަރުކުރުމަށް ޔާލް އަށް ނަސޭހަތް ދެމުންނެވެ.
އެބައިގައި އުޅޭ އެއްމެން ޑިޔުޓީ އަށާއި އެކި ތަންތަނަށް ދިޔުމުން ގޭގައި ތިބީ ޝަނުމް އާއި ކާއިން އެކަންޏެވެ. ރަނގަޅަށް ނިދާލުމަށްފަހު އާފުރެމުން ކާއިން ސިޓިންރޫމަށް ދިޔައިރު ޝަނުމް ބަދިގޭގައި އުޅެއެވެ. “ކާއިން! އާދޭ ސައިބޯން” އަޝްވާ އޭނާ ކައިރީ އެދުމުން ޝަނުމް ކާއިން ދެ މީހުންގެ ގުޅުން ރަނގަޅު ކުރެވޭނެ ގޮތަކާއި މެދު ވިސްނިއެވެ. ކޮންމެ ގޮތެއް ވިޔަސް ޝަނުމްއަށް މިހާރު ކާއިން އަކީ ދުރު މީހެއް ކަމަށް ނުދެކޭވެނެއެވެ. “އަހަރެން ސައިނުބޯނަން” ކާއިން އަކީ […]
ކާއިން އޮތް ތަނުން ތެދުވެ ޝަނުމްގެ ގައިގައި ޖަހަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަޝްވާ ކާއިންގެ ގައިގައި ހިފައި އެނދުން ތެދުވުމަށް ހުރަސް އެޅިއެވެ. “މަޑު ކުރޭ.. އަހަރެން އެބަ އަންނަން” އެހެން ބުނެލުމަށްފަހު އަޝްވާ ޝަނުމްގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން ގޮސް މަލަކާ މެން ކޮޓަރިއަށް ވަނެވެ. “ކިހިނެތް ވެގެންތަ ޝަނުމް ތިއުޅެނީ.. ކާއިންގެ ބައްޕަ ގެއްލި އަދި އެޔަށްފަހު އެހާ ބޮޑު އޮޕެރޭޝަނެއް ކޮށްގެން ރަގަޅު ނުވަނީސް ތިހެން ބުނަން ހެޔޮވާނެތަ؟” […]
ނައީމާ ސައި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނު އިރު އައިރީން އާއި އުލްޔާ ވެސް ދިޔައީ އެހީތެރި ވަމުންނެވެ. ގޭގައި ކުޑަ ކުއްޖެއް ނެތް ނަމަވެސް 18 އަހަރުގެ އުލްޔާގެ މިޒާޖު ހުންނަ ގޮތުން ގޭތެރޭގެ ފަޅުކަން ފިލައެވެ. އައިރީން އާއި އުލްޔާ އަކީ އެއްބަފާ ދެމީހުން ކަމާ މެދުވެސް މީހުން ޝައްކު ކުރެއެވެ. ދެމީހުންގެ މިޒާޖު އެހާވެސް ތަފާތެވެ. އައިރީން ގޭތެރޭގައި އުޅެމުން އުލްޔާގެ ސަކަރާތުގައި ބައިވެރި ވިޔަސް ބޭރު މީހުންގެ ކުރިމަތީގައި އަލިފެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. “ފެށޭ މަސް ތެރޭ މޮމްއަށްް ބޭސް ކުރަން ދާން ކަމަށް މި ވިސްނަނީ” އައިރީން ބުނަން ނުބުނަން ހުރެފައި ބުނެލި ބަސްތަކުން ނައީމާގެ ހިނިތުންވުން ފަނޑުވިއެވެ. “ކަމް އޯން މޮމް. މިތާ ތިބެގެން ތިބަލީގެ ފަރުވާ ކުރެވޭކަށް ނެތް. އެހެން ނޫނަސް ރީން އަކަށް ކެތެއް ނުވޭ މޮމް ތިހާލުގައި އުޅޭތަން ބަލާކަށް. އެއް ދުވަހު ރަނގަޅަށް ހުރިއްޔާ އަނެއް ދުވަހު ތި އުޅެން ޖެހެނީ އެނދުން ތެދުވާނެ ހިތްވަރު ނެތިފައި. ޕްލީސް މޮމް.” ނައީމާއަށް ވީގޮތް ފެނި ދާން ބޭނުން ނުވާކަން އެނގުމުން އެހިތައް ވަރަށް އަސަރު ކުރިއެވެ. އިތުރަށް އެއްޗެއް ބުނަން އުޅުމުން އުލްޔާ ދެފަރާތަށް ބޯ ހޫރާލި ތަން ފެނުމުން އައިރީނަށް ހިމޭން ވާން މަޖުބޫރުވިއެވެ. އިތުރަށް އެތާ މަޑުކުރާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. މިމަންޒަރު ބަލަން ހުރި ނައީމާ ލޯކަރުން ފުރިފައިވާ ހާލު ހުއްޓުން އަރާފައި ހުރީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. “މޮމް. ދޮންތަ އެހެން އެ ވާހަކަ ދެއްކީ މޮމްދެކެ ރުޅި އައިސްގެނެއް ނޫން. މޮމްދެކެ ލޯބި ނުވާތީއެއް ވެސްނޫން. މޮމްއަށް ކެއާރ ކުރާތީ. މޮމް އަވަހަށް ރަނގަޅު ވާން ބޭނުން ވާތީ. މޮމްއަށް ކެއްކުރެވޭނެތަ މާމަ ބަލިކޮށް އުޅޭތަން ބަލަން؟؟ ނުވާނެ ދޯ. ހަމަ އެގޮތަށް ދޮންތައަށްވެސް ނުހުރެވޭނެ އެއްނު. ޕްލީސް މޮމް ގޮތްދޫކޮށްބަލަ.” އުލްޔާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލޯއްބެވެ. އެތައް ގޮތަކުން ވިސްނައި ދިނުމުން އެންމެ ފަހުން ނައީމާ ދާން އެއްބަސްވިއެވެ. “މޮމް އެއްބަސްވެއްޖެ. ކޮން އިރަކުތަ ފުރުން އޮތީ؟ އުލީއަށް ދެވޭނެތަ؟” އައިރީން ބެލްކަނިން ބޭރު ބަލަން ހުއްޓައި އުލްޔާ އައިސްއަހާލިއެވެ. އޭނާގެ އަޑުންވެސް ދާން ބޭނުން ވެފައި ހުރި މިންވަރު އައިރީންއަށް ސިއްރެއް ނުވިއެވެ. “ސޮރީ ކިރިޔާ ދެ ޓިކެޓް ހަމަޖެހުނީ ލޯން ނަގައިންވެސް.” އައިރީންގެ ޖަވާބުން އުލްޔާ މާޔޫސްވީ ނަމަވެސް މޫނު މަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ. “ތި ވާހަކަ އެއް ނޫނޭ. ކޮބާތަ އެއްކަލަ ޓޫތްޕޭސްޓް ބޯއީ؟” ކުއްލިއަކަށް އެއްޗެއް ހަނދާންވި ފާޑަށް އުލްޔާ ބުނެލީ ލާނެތް ކަމާއެކުގައެވެ. “ނޭނގެ. އަހަންނަށްތަ އިނގެނީ އޭނަ ވާތަނެއް؟” އައިރީން ފޫހި ވާކަމަށް ހެދިފައި ބުންޏަސް އެވަގުތު އޭނަގެ ތުންފަތުގައި ސިއްރުހިނިތުންވުމެއް ވިއެވެ. “މިއަދު ތިހެން ފޫހި ވައްތަރު ޖެއްސިޔަސް ފަހުން ތި ރީތި ދެލޯ ބޭގަރާރު ވާނެ އޭނަ ދުށުމަށް.” އުލްޔާ އަނެއްކާވެސް ދިމާކޮށް ލިއެވެ. “ހައް. އަހަރެން އޭނަ ފެނޭތޯ އުޅެނީ؟ ނޯވޭ އަހަރެން ނޫޅެން އެކަހަލަ މީހަކު ނުފެނިގެން.” އައިރީން ތުންކޮޅު އޫކޮށްލާފައި ބުންޏަސް އޭނައަށް އުލްޔާ ބުން ވާހަކަ އަކީ ތެދެއް ކަން އެނގެއެވެ. މިހާރު ވެސް އޭނަގެ ދެލޯ އެސޫރަ ދެކުމަށް ބޭގަރާރު ވާކަން އައިރީނަށް އެނގެއެވެ. “ރުޅިއަކީ ލޯބީގެ ފެށުމޭ ބުނާ އަޑު އަހަންތަ؟” އުލްޔާ އުޅުނީ އައިރީން ރުޅި އަރުވާލާ ހިތުންނެވެ. “އޯ ޕްލީޒް……ލޯބި މައި ފުޓް” އައިރީން ދެން ބުނެލި އެއްޗަކުން އުލްޔާ މިއޮއް ހުރިހާ އިރު ވަންދެން ގަދަކަމުން ހިފަ ހައްޓައިގެން ހުރި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އައިރީން ވެސް އެ ހުނުމުގައި ބައިވެރި ވިއެވެ. “އެކަމް ވެސް މިއުޅެނީ އޭނަ ކައިރީ ސޮރީ ބުނަން ކަމަށް.” ހުނުން މަތަކޮށް ހަމައަކަށް އަޅުވާލުމަށް ފަހު އައިރީން އެހެން ބުނެލީސީރިއަސް ވެފައެވެ. “އޯ މައި ގޯޑް. ޔޫ އެންޑް ސޯރީ އެވެސް ބޯއީ އަކަށް.” އުލްޔާ ދެލޯ ބޮޑު ކޮށްލާފައި ބުން ގޮތުން ހީވީ ދުވަހަކު ވެސް އަޑު އިވޭނެ ކަމަށް ހީކޮށްފައި ނުވާ އެއްޗެއް އައިރީނަށް ބުނެވުނު ހެންނެވެ. އައިރީނަށް ބަދަލެއް އައިހެން އުލްޔާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވީ އެންމެ ފަހުން އައިރީން އިއްވާލި ބަސްތަކުންނެވެ. އެއީ އެހެންޏާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކަން ފަށާ އިރަށް ކޮންމެސް އެއްޗެކޭ ކިޔާ ރެކެން ވެގެން އުޅޭ ކުއްޖާ މިއަދު ހަމަ ޖެހިލާފައި އިނުމުންނެވެ. ލީވާން އޭނާގެ ބައްޕަގެ ކެބިން އިން ނުކުތް ތަނުން ފޯނެއް އައުމުން އަވަހަށް ފޯނު ނެގިއެވެ. އެއާއެކު އިވުނީ ރިސެޕްޝަނުގައިއިންނަ ކުއްޖާގެ އަޑެވެ. “ސާރ. ކުއްޖަކު އެބަހުރި މީޓް ކޮށްލަން އައިސް” “ޓެލް ޓު ވެއިޓް އިން މައި ކެބިން” އޭ ބުނެ އޭނާާ އަވަސް ވެގަތީ ކެބިން އަށް ދިޔުމަށެވެ. “ޔޫ އަގެއިން” އައިރީން ސިހުނީ ދޮރު ކައިރީގައި ހުރި ލީވާންގެ އަޑަށެވެ. މިފަހަރު ވެސް އެއަޑުގައި ވަނީ ހަރުކަށި ކަމެވެ. “މީ..އެއްކަލަ ރޭ” އައިރީން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ފެނުނީ ލީވާން އޭނަ އާއި ދިމާލަށް ހިނގައިގަތް ތަނެވެ. ވަގުތުން އައިރީންގެ އަނގަ ވެސް ބަންދުވި ކަހަލައެވެ. ލީވާން ކުރިއަށް ޖެހޭ ވަރަކަށް އައިރީން އަށް ފަހަތަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް އައިރީން ހުއްޓުނީ ފާރުގައި ޖެހުމުންނެވެ. އޭރު ދެމީހުންނަށް ވެސް ތިބެވުނީ ކިރިޔާ މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލީވާން އޭނަގެ މޫނު އައިރީންގެ މޫނާއި މަޑު މަޑުން ކައިރި ކުރިއެވެ. އައިރީންގެ ހިތް ހީވީ މޭ ފަޅާފައި ނުކުމެދާނެހެންނެވެ. ލީވާންގެ އަމަލުތަކުން އޭނައަށް ކުރެވުނު ހާވެސް ކަމަކީ ލޯ މަރާލުމެވެ. “އެދުވަހު އަހަރެންނަށް ދިން ބަދަލު ބޭނުން ވަނީ ކޮން ގޮތަކަށް؟” އައިރީން އަށް ވީގޮތުން ލީވާނަށް މަޖާވިއެވެ. “އައިމް ސޮރީ” އައިރީންގެ ބަސްތަކުން ލީވާންގެ ހިނިތުންވުން ފުން ވެގެން ދިޔަތަން އައިރީނަށް ނުފެނުނީ ލޯ މެރި ގޮތަށް ނުހުޅުވާ ހުރުމުންނެވެ. “ސޮރީ ގަބޫލު ކުރާނީ ޝަރުތެއްގެ މަތިން” ލީވާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އައިރީނަށް ދެ ލޯ ބޮޑު ކޮށްލާފައި ބަލާ ލެވުނީކުއްލި އަކަށެވެ. “އަނެއްކާ މިމީހާގަނޑު އަހަރެން ލައްވާ ކީއްކުރަން ހިތުލައިގެން މިއުޅެނީ” އައިރީން ހިތާ ހިތުން ކިޔާލިއެވެ. “ލުކް. އަހަރެން މިތަނަށް އައީ ތިމީހާގެ ޝަރުތުތައް އަޑު އަހާކަށް ނޫން. އެރޭ އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނީމަ މާފަށް އެދެން ވެގެން. ސޯ ވެދާ ޔޫ ފޮގިވް މީ އޯރ ނޮޓް އިޓްސް ނޮޓް މައި ޕްރޮބްލަމް. ހިތަށް ނާރު ވައްޗޭ އެހެން އަންހެން ކުދިންހެން އަހަރެން ތިމީހާގެ ކޮންމެ ބަހަކަށް އާއެކޭ ބުނާނޭ. ނޯޯ ވޭ. މި އައިރީނެއް ނޫޅެން ފިރިހެނުން ތަޅާހާ ބެރަކަށް ނަށާކަށް.” އައިރީން އެއްނޭވާ މަތިން އިއްވާލި ބަސްތަކުން ލީވާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. […]
އައްސަލާމްޢަލައިކުމް! ތި ކުދިންނަށް އަނދިރިފަރާތް ސީޒަން 2 ގެ ކަވަރ ކަމުދޭތަ؟ ވަރަށް އަވަހަށް ސީޒަން 2 ގެނަސްދޭނަން އިރާދަކުރެއްވިއްޔާ! އެކަމަކު، ސީޒަން2 ގެނަސްދިނުމުގެ ކުރިން ލިއާ މިއުޅެނީ އަނދިރިފަރާތް ސ1 ގެ ކިއު އެންޑް އޭ ސެކްޝަންއެއް ގެނަސްދޭންވެގެން. މިއީ ކުއްޖަކު ލިއާ އަށް ދިން އައިޑިއާ އެއް. ތިކުދިން ހަދަން ޖެހޭނެ ގޮތަކީ،”އަނދިރިފަރާތް” ގެ ކެރެކްޓާރ ތަކަކީ އަސްލު ކަމަށް ބަލައިގެން، ކޮންމެ ކެރެކްޓާރއަކަށް ވެސް ބޭނުން ސުވާލެއް ކޮމެންޓް ސެކްޝަންގަ ކުރަންވީ. ސުވާލުކުރެވޭނީ މި ކެރެކްޓާތަކާ އެކަނި: 1) ޝުބާ 2) އަރޫން 3) ޝާކިން 4) ޝިބާން 5) އާރިފް ސާރ 6) މާޒް 7) ރިޒާމް 8) ރޫޝިން ކޮންމެ ކެރެކްޓާ އަކަށް ސުވާލުކުރުމުގެ ކުރިން، @ކެރެކްޓާރ ޖަހާފަ ސުވާލުކުރުން އެދެން. މިސާލަކަށް ޝުބާއަށް ސުވާލެއް ކުރާނަމަ @ޝުބާ، މިހެން ޖަހާފަ ސުވާލުކުރަންވާނީ. ސުވާލުކުރުމުގެ އެންމެ ފަހު ދުވަހަކީ 27 ފެބްރުއަރީ 2018. އުންމީދުކުރަން ބައިވަރު ސުވާލު ލިބޭނެކަމަށް. އެތަނުން ބައެއް ސުވާލު ހޮވާލާފަ ކިއު އެންޑް އޭ ސެކްޝަންއެއް ގޮތަށް ޖަވާބުތައް ގެނަސްދޭނަން.
“އައްދިއްޔޯ މަންމާ” ޝައިމް ދޮރުން ނިކުތުމާއި އެކު އަޝްވާ ކާއިންގެ އަތުގައި ބާރަށް ވިކައިގަތެވެ. “ތަދު ވި ތަ؟ އެހެންވީމަ ކާއިންއަށް އެނގޭ ދޯ ތަދަކީ ކިހާ ވޭން ހުރި އެއްޗެއްކަން… އަދިވެސް މާ މޮޅުވެގެން އެކަނި ކަންތައް ކުރެވޭ ބަލަން އުޅޭތި!! އަހަރެން އެވަރަށް ނުދާސް ޢާދޭސްކުރުމުން ވެސް ކާއިން މާ ގަޓް ދައްކާލާފަ ދިޔައީ ކޯއްޗެއް ލިބޭނޭ ހިތާތަ؟ ކާއިން ގެޔަށް ނައިސްގެން އަހަރަމެން ކިހާ އިންތިޒާރެއް ކުރަން ޖެހުނުކަން އެނގޭތަ؟ ކާއިންއަށް ކީއްވެތަ […]
ކާއިންގެ އިންތިޒާރުގައި އަޝްވާ އާއި ކައުސަރު ވަގުތުތައް ގުނާލަ ގުނާލައި ތިއްބެވެ. ޝައިމް ކާއިންގެ ރައްޓެހިންނަށް ގުޅައި ކާއިން އެ މީހުންނާއި ބައްދަލު ކުރިތޯ ސުވާލުކޮށް ހެދިއެވެ. އަދި ކާއިން ދާނެ ގޮސްދާނެހެން ހީވާ ތަންތަނަށް ގޮސް ހެދިއެވެ. އެހެންނަމަވެސް އަދިވެސް ކާއިންގެ ހަބަރެއް ނުވެއެވެ. “ދޮންބޭ! ހޮޓަލަށް ދިޔައިން ތަ؟” ފަހަރެއްގަ ކާއިން އެތަނަށް ގޮސްދާނެ އެއްނު” ދޮރުން ވަދެގެން އައި ޝައިމް ފެނިފައި އަޝްވާ ބުނެލިއެވެ. “ދޮންބެ އެތަނަށް ވެސް ދެތިން ފަހަރެއްގެ މަތިން […]